Skip to content
އެސްފިޔަ

އެކުގައިވާނަމޭ(2)

ހެނދުނުގެ ސައިން ނިމިގެން ކާގެއިން ދުމެއް ޖަހާފައި ނުކުތް ކިޔާރާ ފެނިފައި އޭނާގެ މަންމަ އަމީނާ ވެގެން އުޅޭގޮތެއް އެއްސެވެ.”މިދަނީ ދޮންބެއަށް ގޮވަން. މިއަދު ފަތިހު ސައިކަލް ދުއްވާލަން ދާނަމޭ ކިޔާފައި ނުދިޔަ. ގޮވާގޮވާވެސް ހޭލެވޭ ކަމަކަށް ނުވި. ހުރެބަލަ ވަރުގަދަ ލަނޑެއް ދޭނަމޭ. މިހާރު އެއޮށް އަށެއް ޖަހާ ބޮޑުވީ.” އާމީނާ ބޯހޫރާލުމަށްފަހު ދިޔައީ އެއީ އާކަމަކަށް ނުވާތީއެވެ.

ކިޔާރާ އޭނާގެ ދޮންބެ، ކައިލްގެ ކޮޓަރިއަށް ވަތްއިރު ކައިލް އޮތީ އެނދު ހުރަހަށް ވާގޮތަށް ނިދާފައެވެ. ކިޔާރާ ދޮންބެއަށް ގޮވަން ނަހަދާ ހަދާނެހަދާނެގޮތަކާ ދޭތެރޭ ވިސްނާލާފައި އައީ މޭކަޕްސެޓު ހިފައިގެންނެވެ. ސެޓުގައި ހުރި ކުލަތަކަށް ބަލާލާފައި ނުލަފާ ވައްތަރަކަށް ހީލިއެވެ. އަދި ޖޯކާރ ސިފަ ޖެހޭނެހެން ކައިލްގެ މޫނު މޭކަޕްކޮއްލިއެވެ. އެއޮށްހާއިރު ވީއިރު ވެސް ކައިލް އަށް ހޭވެރިކަމެއް ވީކަމަކަށް ނުވިއެވެ. ހިތްހަމަޖެހޭވަރަށް މޭކަޕްކުރެވުމުން ކިޔާރާ އޭނާގެ ފޯނު ނަގާ ބިރުވެރި ވީޑިއޯ އެއް ޕްލޭ ކޮއްފައި ކައިލްގެ ކަންފަތް ކައިރި ބޭއްވި އެވެ. އަދި ކޮޓަރި ދޮރުމަތީގައި ހުރީ ދުއްވައިގަންނަން ތައްޔާރަށެވެ.

ވީޑިއޯ ގެ އަޑުގަދަ ބައި ޕްލޭވުމާއެކު ކައިލް ސިއްސައިގެންގޮސް ބިންމައްޗަށް ވެއްޓުނެވެ. ދޮރުމަތީގައި ހޭން ހުރި ކިޔާރާ ފެނިފައި ބަލާކަށް ނުހުރެ އޭނާ ފަހަތުން ދުއްވައިގަތެވެ. ބޭރު ދޮރާ ދިމާއަށް ދުވަމުން ދިޔަ ކިޔާރާ ހުއްޓުނީ އެތެރެއަށް ވަތް މީހުން ފެނިފައެވެ. ފަހަތުން އައި ކައިލް އައިސް ކިޔާރާ ގައިގަ ޖެހިފަ ނުވެއްޓުނީ ކިރިޔާ އެވެ.

ދޮރުމަތީގައި ތިބި ނައިނާ އައިޒަން އަދި މާނިހު އަށް ދެލޯ ބޮޑު ކޮއްލެވުނީ ކައިލްގެ މޫނު ފެނިފައެވެ. އައިޒަން އަށް އެއީ ކައިލް ކަން އެނގި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭރު މާނިހު އާއި ނައިނާ ވެސް ހެނީއެވެ. އަޑުގަދަ ވެގެން އެތަނަށް އައި އަމީނާއަށްވެސް ނުހީ ނުހުރެވުނެވެ. ވާނުވާ ނޭނގި ހުރެ ކައިލް އޭނާގެ ކޮޓަރިއަށް ވަދެ ލޯގަނޑުން އޭނާގެ މޫނު ބަލައިލިއެވެ. ވަގުތުން މީ ކިޔާރާ ކަމެއްކަން އެނގުނެވެ. ފަހުން ރަނގަޅަށް ބަދަލު ހިފާނަމޭ ހިތާ މިވަގުތު އޭނާ ވަނީ ފެންވަރާށެވެ.

“އަނހާ! ދެކުދިން އަވަހަށް އެތެރެއަށް ވަދޭ.” އަމީނާ އައިޒަން އާއި ނައިނާ އަށް ބުންޏެވެ. މާނިހު ދެކުދިންގެ ދަބަސްތައް ދެކުދިންނަށް ހާއްސަކުރެވިފައިވާ 2 ގެސްޓް ރޫމަށް ލިއެވެ. އަމީނާ އަވަސްވެގަތީ ސައި ތައްޔާރު ކުރުމަށެވެ. އޭރު ކިޔާރާ ފެންނާކަށް ނެތެވެ. ކައިލް އައިސް ދާނެތީ ބިރުން ކޮޓަރިއަށް ވަނީ ކަންނޭނގެ އެވެ.

ނައިނާ އާއި އައިޒަން މާނިހު އާއި އަމީނާ އާއެއްކޮށް ސަޔަށް އިންސާފު ކުރަމުން ދިޔައެވެ. ކުޅިމަސް ހަދާފައި ހުރުމުން ދެކުދިން ހިތްހަމަ ޖެހިގެން ކަމުން ދިޔައީ ދެކުދިންނަށް ވެސް މީރު އެއްޗަކަށް ވާތީއެވެ. އިރުކޮޅަކުން ކައިލް އަތުވެއްޖެއެވެ. ހަތަރު މީހުންނަށްވެސް އެތެރެއިން ހެވުނީ ކައިލް ހުރިގޮތް ހަނދާން ވެފައެވެ. ކައިލް އައިޒަން އަށް ހީލުމަށްފަހު ބަހެއް ނުބުނެ އިނދެ ސައިބޯން ފެށިއެވެ. އޭރު މާނިހުއާއި އަމީނާ ދެންތިބި ދެ ކުދިންނާ އެކި ވާހަކަ ދައްކަމުން ދިޔައެވެ.

ސައިން ނިމިގެން އައިޒަން އާއި ނައިނާ ދިޔައީ ކޮޓަރި އަށެވެ. އައިޒަން އޭނާގެ ފޮށިން ހެދުންތަކާއި ރީތިވާ ސާމާނާއި ފޮތްތައް ނަގާ ކޮޓަރީގައި ތަރުތީބު ކޮއްލި އެވެ. އެއަށްފަހު އޭނާ ނުކުތީ ބޭރަށެވެ. އޭރު ކައިލް އިނީ ޕީއެސް ކުޅޭށެވެ. އައިޒަން ފެނިގެން ޕީއެސް ކުޅެން އަންނާށޭ ކައިލް ބުނެލި އެވެ. “ބްރޯ ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ.” ކައިލް ކުޅުމުގެ ތެރެއިން ބުނެލި އެވެ. “އާނ! އެކަމު ހާދަ ސަޅިކޮށޭ ވެލްކަމް ކީ” އައިޒަން ހީގަތެވެ. “މީ އެ ކިޔާރާ ކަންތަކޭ. މިއަދު ފަތިހު ދުއްވާލަން ދާނަމޭ ކިޔާފައި ނުގެންދިޔައީމަ ކޮއްލި ވަރު އެއީ. ރޭ ހަތަރުދަމު ޕަބްޖީ ކުޅެފަ ފަތިސްނަމާދު ކޮއްގެން ނިދީ. ދެން ހަޔެއް ނުލެވުނު.” ކައިލް ބުންޏެވެ. އިރުކޮޅެއްވަންދެން ކުޅެން އިނދެފައި ދެ ޒުވާނުން މިސްކިތައް ދިޔައީ ބަންގި ގޮވަން ފެށުމުންނެވެ.

 

 

 

 

 

Comments (11)

  1. Noo_ra

    Varah reethi mi part ves…. Waiting for the next part…

    1. mysticaldoe
      Noo_ra

      ?Thankyou

  2. xoxo

    v nice

    1. mysticaldoe
      xoxo

      ♥️ Thankyou

  3. Caroline

    V reethi mi pet ves

    1. Caroline
      Caroline

      Part*

    2. mysticaldoe
      Caroline

      ? Thanks a lot

  4. R¥N

    Maasha Allah ??v reethi

    1. mysticaldoe
      R¥N

      ? Thank you ryn

  5. ?KIMSAMUEL?

    Yowwwwwww ? Varah rythi mi part vess ? Dying to read next part ? When is next coming up?

    1. mysticaldoe
      ?KIMSAMUEL?

      ? Thankyou so much
      Liyevunuhaa available insha allah 3 vana bai genesdheynan

Comments are closed.