Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ޒާވީ

Fathimath Athifa Hussain Level 210 Stories
September 9, 2020 3 Mins Read
3 Comments

ލޮލުން ކަރުނަ އައީ އަހަރެންގެ އެއްވެސް އިހުތިޔާރަކާނު ލައެވެ. މޭގައިވާ ހިތްފިތިގެން ދިޔަފަދަ އިހުސާސެއް އަހަންނަށް ކުރެވެނުވެ. އެހެން ނުވާންވީވެސް ފަހެކީއްވެގެން ހެއްޔެވެ. ފާއިހްގެ އަންބަކަށް އަހަރެންވީ ވަކިވުމުގެ ނިޔަތުގައެއް ނޫނެވެ. މަންމަގެ ނުރުހުމުގައިވެސް ފާއިހް އާއި ކައިވެނި ކުރެވުނީ ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނާއި އިންތިހާ ދަރަޖައަށް  ލޯބިވާތީއެވެ.

ފާއިހް އަހަރެންގެ ހަޔާތުގެ ރާޑަރަށް އެރީ މީގެ ދެތިން އަހަރު ކުރިންނެވެ. އެއިރު އަހަރެންނަކީ ޓީޗިން ހަދަމުންދިޔަ ދަރިވަރަކީމެވެ. ޓީޗިން ޕުރެކްޓިހަށް ތުލުސްދޫއަށް ތިންމަސްދުވަހަށް އަހަރެން ދާންޖެހުނެވެ. އަހަރެން ތުލުސްދޫއަށް ދިޔުމަށް މަންމަ އެހާ ހިތްހަމައެއް ނުޖެހުނެވެ. އަހަރެންގެ އަބުރާއި އިއްޒަތައް ހުތުރެއް އަރާފާނެޔޭ ބުނަމުންނެވެ. އެހެނަސް އެރަށަށް ނޮގޮސް ވާކަށްވެސް ނެތެވެ.

ތުލުސްދޫއަށް ދެވުނެވެ. ރަށަކީ ހިތްގައިމު ރީތި ރަށެކެވެ. މާލޭގެ ހަލަބޮލިކަމުން އަމާން އައްސޭރިޔަކަށް އާދެވުނުފަދަ އިހުސާސެއް އަހަންނަށް ކުރެވުނެވެ. ސުކޫލަށް ކިޔަވައިދޭން ގޮސްއުޅުމަށްފަހު ކޮންމެ ދުވަހަކުވެސް އަހަރެން އެރަށު އަންހެންވެރިން ބަށިކުޅޭތަން ބަލަންދަމެވެ. ކުޑައިރު އަހަރެން ގޭތެރެޔަށް ވެއްޓި އަތަށް ލިބުނު އަނިޔާއަކުން އަހަންނަށް ކުޅިވަރު ކުޅެއުޅުމަކީ މަނާކަމެކެވެ. އެހެނަސް އަހަރެން މަންމައަށް ސިއްރުން އަހަރެން ކުޅިވަރުތަކުގައި ބައިވެރިވަމެވެ.

އެހެން ދުވަސްތަކާއި އެއްފަދައިން އަހަރެން އިނީ ބަށިކުޅޭތަން ބަލަން އައިސް އެތާގަ ރާނާފަހުރި ފާރެއްގެމަތީ އިށީނދެލައިގެންނެވެ. އަހަރެންގެ އެކުވެރިން ފޯރީގައި ބަށިކުޅުމުގައި އުޅުނެވެ. އަހަރެން ސިއްސައިގެންދިޔައީ މީހަކު އަހަރެންގެ އަތުގައި ހިފައިލުމުންނެވެ. އަހަރެން އެމީހާއާއި ވީފަރާތައް އެބުރުނީމެވެ. އެއީ ރީތި ފިރިހެނެކެވެ. ނޫކުލައިގެ ޖިންސަކާއި އަޅިކުލައިގެ ގަމީހުގައި އެޒުވާނާ ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.

ހައިރާންކަމާއި ނުތަނަވަސްކަން އެއްފަރާތްކޮށް އަހަރެން އެޒުވާނާ އާއި ވާހަކަ ދައްކަން ފެށީމެވެ. އަޑަށް ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ގެނެސް އަހަރެން ބުނީމެވެ. ” ތީ ކާކު? ނުދަންނަމީހުންގެ ގަޔަށް ބޮލަށް އެރުމަކީ ވަރަށް ބޭއަދަބީ ކަމެއް. ކާކު ހުއްދަދިނީ އަހަރެންގެ އަތުގަހިފަން. އަހަރެންނަކީ މިރަށު ކުއްޖެއްވެސް ނޫން. އެހެންވީމަ ކާކުކަން ނޭނގި ތިފާޑަށް އުޅުމަކީ ގޯހެއް. ހަމަގައިމުވެސް އަހަރެން ނުދަންނަން ތީ ކާކުމެއްވެސް.” އެއްނޭވާއިން ހުރިހާވާހަކައެއް ގޮވާލީމެވެ.

އެމީހާ ހީލިތަން އަހަންނަށް ފެނުނެވެ. އަހަރެން ދެއްކި ވާހަކަޔަކުން އޭނަގެ ހިތައް އެއްޗެކޭ އެރިހެނެއް އަހަންނަކަށް ހީނުވެއެވެ. އެމީހާ ވާހަކަ ދައްކަންފެށިއެވެ. “އަހަރެންގެ ނަމަކީ ފާއިހް. ވަރަށް ފަހުން ރަށަށް މިއައީ. މެލޭގަ ކިޔަވަންހުރެފަ ކިޔެވުން ނިމުނީމަ މިއައީ. އަހަންނަށް ލިބިފައިވާ މައުލޫމާތު ދޮގު ނޫންނަމަ ތިކުއްޖާގެ ނަމަކީ ޒާވީ. ޒާވީ ފެނޭ ސުކޫލްދޮށުން ވަރަށް. އަހަރެންނަށް ޒާވީއަށް ވަރަށް ބެލޭ. އަތުގަހިފީ ނުބައިނިޔަތެއްގަ ނޫން. ޖެއްސުމެއް ކޮއްލާހިތުން. ވާހަކަދައްކަން ބޭނުންވެފަ ހުރީމަ. ހިތްހަމަނުޖެހޭ ކަމަކަށް ވަނީނަމަ ވަރަށް ބޮޑަށް މާފަށްއެދެން. ” ފާއިހް އޮޅުންފިލުވާލަދިނެވެ.

އަހަރެން ފާއިހްއަށް މާފްކުރީމެވެ. އެފަދަކަމެށް ތަކުރާރު ނުކުރުމަށްވެސް އެދުނީމެވެ. އެދުވަހަށްފަހު  މަދުމަދުން ފާއިހް އާއި އަހަރެން ވާހަކަދައްކައި ހަދަމެވެ. މަޑުމަޑުން ގާތްވަމުންގޮސް އަހަރެމެން ދެމީހުން ދިމާވެ ފޯނުންގުޅައި ވާހަކަދައްކައި ހަދަމެވެ. އަހަރެންގެހިތް ފާއިހް ފަތަކުރަމުން ދިޔައެވެ. ތުލުސްދޫއަށް ދިޔަތާ ދެމަސްވީއެވެ.މިހާރު ފާއިހް އަކީ އަހަރެންގެ އެކުވެރިޔެއް ނޫނެވެ. އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރެންގެ އުފަލާއި ހިތްހަމަޖެހުމެވެ.

ތިންމަސް ނިމުމާއެކު އަހަރެން އެނބުރި މާލެއައީމެވެ. މަންމަ ގާތުގައި ފާއިހްގެ ވާހަކަ އަހަރެން ދެއްކީމެވެ. އަހަރެން ބޭނުމީ އަވަހަށް ކައިވެނިކުރަން ކަމުގައިވެސް ބުނީމެވެ. މަންމަ ފާއިހް އާއި އަހަރެން އިންނަން އެއްބަސްނުވިއެވެ. އެހެން ރަށެއްގެ މީހެކޭބުނެއެވެ. އެހެނަސް އަހަރެން ހަތިޔާރު ބަހައްޓާކަށް ގަސްތެއްނުކުރަމެވެ. މަންމަގެ ނުގަބޫލުގައި އަހަރެންނާއި ފާއިހްގެ ކައިވެނި ކުރެވުނެވެ. މަންމަ އަހަރެންނާއި އަނގައިން ބުނުންވެސް ހުއްޓާލިއެވެ.

ފާއިހް އާއިއެކު އަހަރެން ފާއިހްގެ ރަށަށް ބަދަލުވީމެވެ. ފާއިހް ވަޒީފާ އަދާކުރަނީ ރަށުގެ މެޖިސްޓުރޭޓް ކޯޓުގައެވެ. ކައިވެނީގެ ކުރީކޮޅު އަހަރެންނަށް ފާއިހްގެ ނިމުމެއްނެތް  ލޮތްބާއި އަޅާލުން ލިބިގެންދިޔައެވެ. ވަފާތެެރި ތެދުވެރި ފިރިޔެއް އަހަންނަށް ލިބުނުކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ނަމަވެސް ކައިވެންޏަށް އަހަރެއް ވީތަނާ ފާއިހް ބަދަލުވާންފެށިއެވެ. ކިތަންމެ ކުޑަކަމެއްވިޔަސް ހުންނާނީ މޫނުކުނި ކޮއްގެންނެވެ. ގެއައް އަންނާނީ އަނެއްކޮޅުން އިރުއަރަން ކައިރިވެފައި ހުންނައިރުއެވެ.

ފާއިހަށް ކާންހަދައިގެން އިންދާ އަހަންނަށް ކިތަންމެ ރެޔަކު ނިދެއެވެ. ފާއިހް ގެޔަށް ވަންނަގޮތަށް ފެންވަރައިގެން އަރާނީ ނިދަން އެނދަށެވެ. އަހަރެންނާއި އަނގަޔަކުން ބުނެނުލާތާނގައި އަހަރެންނަށް އަނިޔާކުރަންވެސް ފެށިއެވެ. ދުވާލު ހަތަރުދަމު އަހަރެންގެ ކަމަކީ ރުއިމެެވެ. ފާއިހް އަހަރެންގެ ސުވާ ލުތަކަށް ޖަވާބެއް ނުދެއެވެ. މަންމަވެސް އަހަރެންގެ ފޯނުކޯލްތަކަށް ޖަވާބުނުދެއެވެ. ހަތަރުއުދަރެސް ފެނުޖެހުނުހެން އަހަންނަށް ހީވިއެވެ.

އަހަރެން ގޮތެއް ނިއްމީމެވެ. ފާއިހްގެ އަނިޔާތަކުން މިންޖުވެ މިނިވަންވުމަށެވެ. ކަށިން ހިތްވަރުނެރެ ފާއިހް އާއި ކުރިމަތި ލީމެވެ. މާނައެއްނެތް ކަރުނައަޅައި އުމުރުފަނާކުރުމުގެ މާނައެއް އަހަންނަކަށް ނުފެނުނެވެ. ފާއިހް ޑިއުޓީ ނިއްމާލުމަށްފަހު ގެޔަށް އައުމުން އަހަރެން ފާއިހް އާއި ސުވާ ލުކުރީމެވެ. ޖަވާބު ލިބޭނެ ކަމުގެ އުއްމީދެއް އަހަރެންގެ ނެތެވެ. “ފާއިހް, އަހަންނަށް ބުނެދީފާނަންތަ އަހަރެންގެ ކުށް. އަހަރެންގެ ކުށެއްނެތި ވޭނާއި ކެކުޅުން އަހަންނަށް ދޭން ތިހިތައް ކެތްވޭތަ. ފާއިހް އަހަރެންގެ ލޮތްބާއި އަޅާލުން ބޭނުންނުވަންޏާ އަހަރެން ވަރިކޮއްދީ. އެވަރު އަހަންނަށް ފުދޭނެ. ވަރަށް ކެތްކޮށްފިން. ކެތްކޮއްގެން ފާއިހްގެ އަޅަކަށް ވެގެން އަހަރެން އުޅޭކަށްނެތިން.” ލޮލުން އޮހިގަތް ކަރުނައިގެ މުތީތައް އަހަރެން ފޮހެލީމެވެ.

ފާއިހް ވާހަކަ ދައްކަންފެށިއެވެ. “ޒާވީ ދެކެ އަހަރެން ފޫހިވެއްޖެ. ޒާވީގެ ކުށެއްނެތް. އަބަދު އެކަކާއެކު އަހަންނަކަށް ނޫޅެވޭނެ. ޒާވީ ތީ އަހަރެންގެ އަންބެއް ނޫން. ތިހިރީ ވަރިކޮއްފަ. ޒާވީ އަކީ އަހަރެންގެ ދަތުރުގެ މެހެމާނެއް. ދާއިމީ ބައިވެރިޔެއް ނޫން. ސޯ ޔޫކޭން  ލީވް ނައު ބޭބީ ގާލް. އައި ކާންޓް ގިވް ވަޓް ޔޫ ވޯންޓް. އެންޑް ތެންކުޔޫ ފޯ ބީން މައި ވައިފް. އައި އޭމް ޑަން ވިތްޔޫ ހަނީ. އައި ކާންޓު ޑޫދިސް އެނީމޯ…ފާއިހް އަހަރެން އެދުނުފަދައިން އަހަރެން މިނިވަންކުރިއެވެ.

އަހަރެންގެ ކުށަކީ ފާއިހްއަށް އިތުބާރުކުރުމެވެ. ފާއިހުގެ ލޯބީގައި ގައިދުވެ މަންމަގެ ނިންމުމަށް ބޯނުލެނބުމެވެ. އެހެނަސް އަހަރެން ށަކުވާކުރާކަށް ނެެތީމެވެ. ފާއިހް އަކީ އަހަރެންގެ މާޒީއެވެ. އަހަރެންގެ މިއަދާއިގެން އަހަރެން ކުރިޔަށް ދާނަމެވެ. މަންމަގެ މާފު ލިބުމަކީ އަހަރެންގެ ދުޢާއެވެ. އެހެނަސް އަހަރެންގެ ޖިސްމުގައި އެޅިވޭނާއި މޭގައިވި ރިހުން ދުވަހެއްގެ ކޮޅުންވެސް ފިލައިނުދާނެއެވެ. އެހެނަސް ހިނިތުންވުމާއެކު ދިރިއުޅުމާއިގެން އަހަރެން ކުރިޔަށް ދާނަމެވެ. ފާގަތި މުސްތަގުބަލެއް ލިބިގެންދިޔުމަށް އެދިގެންނެވެ.

ދިރިއުޅުމުގެ ނާ އެންމެ މީހެއްގެ ވަކިވުމަކުން ހުއްޓާލާކަށް އަހަރެން ނެތީމެވެ. ހިތާމަތަކާއި ހިތްދަތިކަމަށްފަހު އުފަލާއި ހިންހަމަޖެހުން  އަހަރެންނަށް ލިބިގެންދާނެއެވެ.ﷲގެ މިންވަރުފުޅަށް އަހަރެން ފުރިހަމަޔަށް ރުހެމެވެ. އަހަރެންގެ ހަޔާތައް ދިރުން އަދި އަންނާނެއެވެ. ހިތްވަރާއި މިންނަތާއެކު މަސައްކަތް ކުރާ މީހަކަށް ކާމިޔާބު  ލިބޭނެއެވެ.

ނިމުނީ

 

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ފިޔަފަތް 24

Next

އިންތިހާ – 3

Next
September 9, 2020

އިންތިހާ – 3

Previews
September 9, 2020

ފިޔަފަތް 24

3 Comments!

  1. ?AISH? says:
    September 9, 2020 at 3:43 pm

    Mi vaahaka series eh gothah nugeneveyne thr?story reethi kamun

    1. Fathimath Athifa Hussain says:
      September 9, 2020 at 10:59 pm

      Dear AISH
      I will surely think about it
      anyway thanq for the comment?

  2. BTS ARMY says:
    October 1, 2020 at 12:31 pm

    Vaahaka varah reethi… ☺️

Comments are closed.



All Right Reserved!