ހިތަކުންހަމަނުފިލާނޭ…. (ހަތަރުވަނަ ބައި)
ދަންވަރު ވަގުތެވެ. ގަޑިން މެންދަމުން އަލިވެ 3ޖަހާ ބޮޑުވީއެވެ. އާދައިގެ މަތިން ނާޒް އިނީ އޭނާ ނިދުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި ހުރި މޭޒުކައިރީގައި، މޭޒުގައި ބޯޖަހާލައިގެން ނިދިފައެވެ. އެއީ މިހާރަކަށް އައިސް އޭނާގެ އާދައެވެ. ރޭގަނޑު އެގޭ މީހުން ކައިގެން ނިމުމުގެ ކުރިއަކުން ނާޒްއަށް ފިލާވަޅުހަދަން ކީއްކުރަން ނިދިގެން ވެއްޓުނަސް ކޮޓަރިއަށް ނިދަން ދިއުން އެއީ ފާޑަކަށް މަނާކުރެވިފައި އޮންނަކަމެކެވެ. އެހެންކަމުން އެކަން ކަމުން އަވަދިވެގެން ނާޒް ދެން ފަށަނީ ފިލާވަޅެއް ހަދަން އޮތިއްޔާ އެކަން ނިންމާލާފައި ކުޑަކޮށް ފިލާވަޅުތައް މުޠާލިއާ ކުރުމަށެވެ. އެހެން އިންނައިރު ކޮންމެ ރެއަކުވެސް ނިދެނީއެވެ. ދެން ހޭލެވެނީ ފަތިހު ގަޑި އެލާމްވާ އަޑަށެވެ. އެހެންކަމުން އެނދުގައި ނިދާލެވެނީ ހަމައެކަނި ސްކޫލް ޗުއްޓީ ރެއެއްގައެވެ. މާދަމާ ޔުނިޓް ޓެސްޓެއްވެސް އޮތުމާއެކު މިރޭވެސް ފިލާވަޅު ދަސްކުރަން ފެށިތަނާ ނާޒް އަށް ނިދުނީއެވެ. މަޢުސޫމްކޮށް ނިދިފައި އިން ނާޒްއަށް އެކޮޓަރީއަށް އެހެން މީހަކު ވަން ކަމެއް ނޭނގެއެވެ. ތަޅުލާފައިވާ އެކޮޓަރިއަށް ސިއްރު ސިއްރުން އެމީހަކު ވަނީ ކޮޓަރީގެ ޑަބަލް ތަޅުގަނޑިއަކުންނެވެ. އެމީހެއްގެ ފިޔަވަޅުތަކުގެ މިސްރާބު ހުރީ މަޢުސޫމްގޮތަކަށް ނިދާލާފައި އޮތް ނާޒްއާ ދިމާއަށެވެ.
ނާޒްއާއި ދާދިގާތަށް ދެވުނުފަހުން އެމީހާ ކުރިއަށް އަޅައަޅާހުރި ފިޔަވަޅުމަތީގައި ހުއްޓިއްޖެއެވެ. އަދި އެކޮޓަރީގެ ވަށައިގެން ހޯދާ ބަލައިލީ ކޮންއެއްޗެއް ނުފެނިގެން ކަމެއް ނޭނގެއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ އެހޯދާ އެއްޗެއް ފެނުނީކަންނޭނގެއެވެ. ދެން ފެނުނީ އެދިމާއަށް ހިނގައިގަތްތަނެވެ. އެދިޔަގޮތަށްގޮސް ހުއްޓުނީ ކަރަންޓް ސްވިޗް ބޯޑުތައް ހަރުކޮށްފައިވާ ދިމާގައެވެ. އެއާއެކު ކޮޓަރީގައި ދިއްލާފައިވާ ހޮޅިބުރި ނިއްވާލަމުން އެހެން ސްވިޗެއް ޖައްސާލުމާއެކު ކޮޓަރިތެރެއަށް ވެރިވެގެންދިޔައީ ރަތްކުލައިގެ ނިދާބޮކީގެ ފަޑުއައްޔެކެވެ. ހަމައެއާއެކު އަދި އެއަށްވުރެވެސްބޮޑަށް އެކޮބީގެ އަލި ފަނޑުކޮށްލަމުން އަނެއްކާވެސް އޭނާ ހިނގައިގަތީ ނާޒްއާ ދިމާއަށެވެ. ފިޔަވަޅުގެ ހިލަމެއްވެސް ނުވާނެހެން ވަގުފިޔަވަޅުތަކެއް އަޅަމުން އޭނާ ކުރިއަށް ހިނގައިގަތްއިރު މިހާރު އެކޮޓަރީގެ ތެރެއިން މީހެއްގެ މޫނު ވަކިކުރަން އެނގުމަކީ ދަތިކަމަކަށްނޫނީ ނުވާނެއެވެ.
ގަދަނިދީގައިއޮތް ނާޒްއަށް ކުޑަކޮށް ހޭވެރިކަންވީ އެމީހާގޮސް ނާޒްގެ ގާތުގައި ހުއްޓުނުތަނާހެންނެވެ. މީހެއްގެ ހިލަންވެގެންކަހަލައެވެ. ނާޒްއާ ދިމާއަށް ގުދުވެގެން އޮތް މީހާ އެއީ ކާކުކަން ވަކިކުރަން ނޭނގުނު ނަމަވެސް ކުއްލިއަކަށް އެގޮތަށް ދާދިގާތުން މީހަކު ފެނުމުން ބިރުންގޮސް ނާޒްގެ ނިދިވެސް ފިލާދިޔަކަހަލައެވެ. ލިބުނު ބިރާއި ސިހުމާއެކު ނާޒްއަށް ހަޅޭއްލަވައިގަނެވުނެވެ. އެހެންނަމަވެސް ކައިރީގައިހުރި މީހާ ހުރީ މާކުރިއްސުރެ އެކަމަށް ތައްޔާރުވެގެން ކަހަލައެވެ. އޭނާ ހުށިޔާރުކަމާއެކު ނާޒްގެ އަނގަމަތީގައި އަތްއެޅިއެވެ. އަދި އަވަސް ޙަރަކާތަކާއެކު އޭނާގެ ހަށިގަނޑު އޭނާގެ ބާރުގެ ދަށުގައި ހައްޔަރުކޮށްލިއެވެ. ނާޒްއަށް ލިބުނު ބިރުވެރިކަމާއި ހާސްކަން އެތައް ގުނައަކަށް އިތުރުވެގެންދިޔައީ ކިތައްމެ ގަދައެއް ދެއްކިނަމަވެސް އޭނާގެ ބަލިކަށިކަމާއެކު ފަރާތަކަށް ހިރިވެސް ނުލެވޭނެކަން އެނގުމުންނެވެ. އެއާއެކު އެމީހާ ނާޒްގެ ކަންފަތްބުޑުގައި ބުނެލިއެވެ. “ކާކަށް އަޑުއިއްވަންތަ މާބާރަށް ހަޅޭއްލަވައިގަތީތި. އެކަކުވެސް ނާންނާނެ މިތަނަކަށް ކަލޭގެ އަޑުއަހާކަށް. އަދި ބުނަން މީހެއްގެ ކައިރީގައި މިވާހަކަ ބުނެފިއްޔާ ނިމުނީ. މަމީ ކާކުކަން ރަނގަޅަށް ކަލެއަށް ދައްކާލާނަން.” އެއަޑު ނާޒްއަށް އިވުނީ ބިރުވެރި އިފްރީތެއް ފަދައިންނެވެ. އެއަޑު ކަންފަތުގައި ހަމަޖެހުމާއެކު އެއީ ކާކުކަން ނާޒްއަށް އެނގި ކަށަވަރުވެއްޖެއެވެ. އާނއެކެވެ. އެއީ ހަމަ އޭނާއެވެ. އޭނާގެ ވަހުޝީ ބެލުންތައް ނާޒްއަށް އަމާޒުކުރެވިފައިވަނިކޮށް ނާޒްއަށް ވަނީ ދެތިންފަހަރަކު ފާހަގަކުރެވިފައެވެ. ނަމަވެސް އެއީ މާބޮޑުކަމަކަށް ނުހަދައި ނާޒް އެހުރީ އެއީ ހަމައެކަނި ވަހުމެއްކަމުގައި ހީކޮށްލައިގެންނެވެ. “މަ ތިރީތިމަލުގައި ބީހިލަން ބޭނުންވެފައި ހުންނަތާ މިހާރު ކޮން ދުވަހެއް. ހާދަ ފޮނިކޮޅު މީރުވާނެޔޭ އަހަރެންގެ ހިތަންއަރާ. މިރޭ އަހަރެންގެ ހުރިހާ އެދުމެއް ފުއްދާލައިގެން ނޫނީ މިތަނުން ދިއުމެއް ނެތް” އަނެއްކާވެސް ވާހަކަ ދެއްކީ އެނުލަފާ މީހާއެވެ. އޭނާގެ ދުލުން ބޭރުކުރަމުންދިޔަ ބަސްތަކުން އޭނާގެ ނުބައި ނިޔަތް ނާޒްއަށް އެނގުނެވެ. އެއާއެކު ބިރުންގޮސް މީހާ ރޫރޫއަޅައިގަތެވެ. އަދި ސަލާމަތްވުމަށްޓަކައި ތެޅިފޮޅެން ފެށުނީ ތިހެނެއް ބަލާފައެއްނޫވެވެ. އޭނާގެ ހިތްވެސް މަރަށްތެޅޭ ރޯމަހެއްހެން ތެޅެމުންދިޔައެވެ. އަނގައިން އަޑު ބޭރުކުރެވެން ނެތްނަމަވެސް ނޫނެކޭ ތިހެން ނުހަދާށޭ ބުނެ ދެފަތާރަށް ބޯހޫރަމުން ދިޔައީ އާދޭހާއެކުގައެވެ. ނާޒްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދިޔައިރު އެމޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އެއީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހުރި މީހަކުނަމަ އެމޫނުމަތީގައިވާ އާދޭސްތައް ކުލަކޮށް ފެންނާނެކަން ހަމަ ޔަޤީނެވެ. އެހެންނަމަވެސް ނާޒް އެވަނީ އެއަށްވުރެ މާ ނުބައި ނުލަފާ އިފުރީތެއްގެ ވަކިތަކުގެ ދަށުގައެވެ. އޭނާގެ ހިތުގައި ނިކަމެތި އަންހެންކުއްޖާއަށްޓަކައި ރަހުމުގެ ކުނޑިފުކެއްވެސް ނުވާކަހަލައެވެ. އޭނާގެ މަޤުޞަދު ޙާޞިލްކުރުމަށްޓަކައި އޭނާގެ ހިއްސުތައްވެސް އަވަސްވެފައިވާކަހަލައެވެ. ދާދިގާތުގައި ހުރި ގޮޑިއެއްގައި އަޅުވާފައިއޮތް ނާޒްގެ ޝޯލްއެއް ނަގައިގެން ހަޅޭއްލަވައި ނުގަނެވޭހެން އޭގެއިން އޭނާ ނާޒްގެ އަގަނމަތީ ބަންދުކޮށްލިއެވެ. އަދި އެހެން ފޮތިގަނޑެއްގެ ބޭނުމުގައި ވަށައިގެން ހޯދައިލުމަށްފަހު އެކޮޓަރީގެ އެއްފަރާތު ފާރުކައިރީގައި ހުރި އަންނައުނު އަޅުވާ ހަރުގަނޑު ފެނިގެން އެދިމާއަށް ގަދަކަމުން ދަމާފައިކަހަލަ ގޮތަކަށް ނާޒް ދަމާފައި ގެންދިޔައެވެ. އެއްލިއަތުން އެންމެފުރަތަމަ އަތުޖެހުނީ އަނެއްކާވެސް އެތަނުގައި އޮތް ޝޯލްއެއްގައެވެ. އޭގެއިން އޭނާ ނާޒްގެ އަތް ފުރަގަހަށް ރަނގަލަށް އައްސާލިއެވެ. އެވީކުޑަވަގުތުކޮޅުގެ ތެރޭގައިވެސް އޭނާގެ ކިބައިން ސަލާމަތްވުމަށްޓަކައި އަތުންނާއި ފައިން އޭނާގެ ގައިގައި ތަޅައި ނާޒްވެސް ދިޔައީ އޭނާއަށް ހެދެންއޮތް އެއްޗެއް ހަދަމުންނެވެ. އެހެންނަމަވެސް އެނުލަފާ މީހާގެ ކުރިމަތީގައި ނާޒްގެ އެ ބަލިކަށި ކުޑަކުޑަ ހަށިގަނޑުވީ އެއްވެސް އާރެއްބާރެއްނެތް ފީ އިލޮއްޓެއްފަދަ އެއްޗަކަށެވެ. ސަލާމަތްވުމަށްޓަކައި ތެޅިފޮޅުނުހެން ނާޒުގެ ހަށިގަނޑަށް ލިބުނީ އިތުރު ވޭނެވެ. އެމީހާ ނާޒް ގެންގޮސް ނިދާއެދުމަށްޗަށް އެއްލާލީ އެއްވެސް ރަޙުމެއް ނެތްގޮތަކަށެވެ. އަދި ނާޒްގެ އެތުނިތުނި ހަށިގަނޑުގެ މައްޗަށް ޖެހިގަތީ ބަނޑުހައިވެފައިވާ ސިންގާއެއް އޭނާގެ ޝިކާރައިގެ މައްޗަށް ޖެހިގަންނަ ގޮތަށެވެ. ސަލާމަތްވުމަށް ތެޅިފޮޅުނުހެން އެއަނިޔާވެރި ފިރިހެނާގެ އަތުގެ ހޫނު އެތައް ޙަމަލާއެއް ދިޔައީ ނާޒްގެ ހަށިގަނޑަށް އަމާޒުވަމުންނެވެ. އެންމެފަހުން ވަރުބަލިވެ ހަކަތަހުސްވެގެންގޮސް ނާޒް ފަކީރުގެ ހަށިގަނޑު މުޅިން ހަމަހިމޭންވިއެވެ. ހޭނެތުނީ ނޫންކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް، އެއިން ކަމަކަށް ފަރުވާލެއްނެތި އެއަނިޔާވެރިޔާ ދިޔައީ އޭނާގެ ކަރުހިއްކުން ފިލުވަމުންނެވެ. ދާދިކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ވަކިތަކުގެ ދަށުގައި ނާޒްގެ ޢިއްފަތްތެރިކަން ވެއްޔާއި މޮޑެވިގެން ދިޔައީއެވެ. އޭނާގެ ބޭނުން ފުދުމުން، ނާޒްގެ އަތާއި އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑު މޮހާލުމަށްފަހު ސިއްރު ސިއްރުން އެކޮޓަރިން ނުކުމެގެންދިޔައީއެވެ. ނާޒް އޮތީ މަރުވެފައިކަމެއް ނުވަތަ ނޫންކަމެއްވެސް ބަލާލުމެއް ނެތިއެވެ.
ނާޒްއަށް ހޭވެރިކަންވީ ފަތިސް ވީފަހުންނެވެ. އޭރު އޭނާގެ މުޅިގައިގެ އެކިދިމަދިމާލުގައި ރިއްސައެވެ. އެރިހުމާއެކު ލިބެމުންދިޔަ ވޭނަށްވުރެ އޭނާގެ ހިތަށްލިބެމުންދާ ވޭން މާބޮޑެވެ. އޭނާއަށް އޮވެވެނު އޮތް ޙާލު އިޙްސާސްވުމާއެކު މީގެ 02ގަޑިއެއްހައިއިރު ކުރިން އެކޮޓަރީގައި ހިނގާދިޔަ ހާދިސާ އޭނާގެ ކުރިމަތީގައި ބިރުވެރި ފިލްމެއް ފަދައިން ސިފަވަމުން ދިޔައެވެ. އެއާއެކު އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. އެހެންނަމަވެސް އަޑެއް ބޭރެއްނުވިއެވެ. ރޮއިރޮއި އޭނާގެ ލޮލުން ކަރުނަ ހުސްވާވަރުވީއިރުވެސް ރުއިން ހުއްޓައެއް ނުލެވުނެވެ. މީހުންގެ ކުރިމައްޗަށް އޭނާ ނުކުންނާނީ ކޮންމޫނަކާ ހެއްޔެވެ. އޭނާގެ މައިންބަފައިންނަށް މިކަން އެނގިއްޖިއްޔާ ވާނީ ކިހިނެތްހެއްޔެވެ. ތަފާތު ޚިޔާލުތަކުން އޭނާގެ ސިކުނޑި އިތުރަށް ހާސްވަމުން ދިޔައެވެ. އެހެން އޮންނަތާ އެތައްއިރެއްވީފަހުން އޭނާ ފާރުގައިހުރި ގަޑިއަށް ބަލާލިއެވެ. ގަޑިން މިހާރު ހެނދުނު 8ޖަހަނީއެވެ. އެގޭގައި ދިރިއުޅޭ އެހެން މީހުންވެސް މިހާރު ހޭލާނެއެވެ. ސައިހެދިފައި ނެތިއްޔާ އަނެއްކާވެސް ލައިގައިގަންނާނީ އިތުރު ކަންތަކާކަން ނާޒްއަށް އެނގޭތީ، ހިތްވަރުކޮށްފައި މަޑުމަޑުން އެނދުން ތެދުވެގެން އޭނާ ވަނީ ފާޚާނާއަށެވެ. ފެންވަރާ މާގަނޑު ދޫކޮށްލައިގެން އެއްވެސް ޙަރަކާތެއްނެތި، ބުދެއް ފަދައިން އެތަނުގައި އޭނާ ހުރީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. މާގަނޑުން އޮހެމުންދިޔަ ފިނިފިނި ފެން މެދުނުކެނޑި އޭނާގެ ހަށިގަނޑަށް އޮހެމުންދިޔަ ނަމަވެސް އޭގެ ފިނިކަމުން އޭނާގެ ހަށިގަނޑަށް އެއްވެސް އަރާމެއް ލިބެމުންދާހެނެއް ހިޔެއްނުވެއެވެ. އަދި ކީއްހެއްޔެވެ. އޭނާގެ ހިތަށް ލިބިފައިވާ ވޭނާއި ނޫހަށްވެސް އެއިން ފިނިކަމެއް ލިއްބައިދޭނެހެނެއް ހިއެއް ނުވެއެވެ. އެއީ ދުވަހަކުވެސް ވާނޭކަމެއް ނޫނެވެ.
ހެނދުނުގެ ސައި ހަދަންޖެހޭކަން ހަނދާންވުމުން ފެންވަރާލުމަށްފަހު ވީއެންމެ އަވަހެއްކޮށްގެން ނާޒް ވިސްނީ ބަދިގެފަރާތަށް ދިއުމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ހަކަތައެއް ނެތްފަދައެވެ. ޙަރަކާތްތައް ހުރީ އެހާވެސް ލޮޑުވެފައެވެ. ރޮއިރޮއިގޮސް މީހާގެ ދެލޯ ދުޅަވެފައިވާއިރު މޫނުމަތިވެސް ހުރީ ފޮއްސިވެފައިހުންނަ ކަހަލަ ގޮތެއްވެފައެވެ. މަޑުމަޑުން ދެފަރާތަކަށް ހެއްލެމުން ކޮޓީގެ ދޮރާ ހަމަވިތަނާ ބޭރުން މީހަކު ދޮރުގައި ޓަކިދިން އަޑު ނާޒް އަށް އިވުނެވެ. މިގަޑީގައި ކާކުބާއޭ ހިތައްއަރާހުރެ ނާޒް މަޑުމަޑުން ދޮރުހުޅުވާލިއެވެ. ކޮޓަރީގެ ދޮރުމަތީގައިހުރި މީހާ ފެނުމުން ނާޒުގެ ދެލޯބޮޑުވެގެން ދިއުމާއެކު އަވަސްގޮތަކަށް ކޮޓަރީގެ ދޮރުލައްޕާލުމަށް ނާޒް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެމީހާ އެއަށްވުރެ މާހުށިޔާރުކަމާއެކު ދޮރުން އެތެރެއަށް ދެމިގަތެވެ. އަދި ދޮރުލައްޕާލުމަށްފަހު ކުރިމަތީގައި ދެލޯ ބޮޑުކޮށްގެން ހުރި ނާޒްއަށް ބަލާލިއެވެ. ކަރުނުން ފުރިފައިވާ ނާޒްގެ ދެލޯ ފެނުމުން ކުޑަވަގުތުކޮޅަކަށް ނަމަވެސް އޭނާގެ ހިތުގައި ނާޒްއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. އެހެންނަމަވެސް އެކަން އޭނާގެ މޫނުމަތިން ފާޅުވިޔަނުދީ ދާދިކުޑަ ހިނދުކޮޅެއްތެރޭގައި އޭނާގެ މޫނުގެ ކުލަވަރު ބަނަކޮށްލިއެވެ. “ހަނދާންކުރާތި. ރޭގަ މިކޮޓަރީގެ ތެރޭގައި ހިނގި އެއްވެސްކަމެއް އެއީ 3ވަނަ ފަރާތަކަށް އެނގެންޖެހޭ ކަމެއް ނޫން. އެހެން މީހަކަށް އެނގިއްޖިއްޔާ އަހަރެންގެ ހުރި ނުބައިކަން ފުރިހަމައަށް ދައްކާލާނަން. ރޭގަ އެފެނުނީ އަދިހަމަ ކުޑަކުޑަ ކުލަވަރެއް. އެހެންވީމަ، އަސްލު އަހަރެންގެ ހުރި ކުލަވަރު ދައްކާލުމުން ކިހާވަރެއްވާނެކަން އަމިއްލައަށް އަންދާޒާކޮށްލާ. ކޮންމެ މީހަކު ކައިރީގައި ބުންޏަސް އަހަރެން އެކަމުން ރެކިގަންނާނަން. ބަދުނާމްވާނީ ނާޒްއާއި ނާޒްގެ ޢާއިލާ. އަޑުއިވިއްޖެތަ؟” ލަފްޒުތަކަށް ބާރުލަމުން ދެދަތްޕިލަ ޖައްސައިގެންހުރެ އެނުލަފާ ކަލޭގެ ވާހަކަދެއްކިއެވެ. އޭރު ނާޒްއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެއާއެކު އަނެއްކާވެސް ވާހަކަދެއްކީ އެނުލަފާ ކަލޭގެއެވެ. “ނާޒް ކީއްވެގެން ތިރޮނީ. އަހަރެން ނާޒްއަށް އަނިޔާއެއްކޮށް ތަދު އަދި ނުކުރަމެއްނު. ދެން ކީއްވެގެން ތިރޮނީ. އަހަރެން ހަމައެކަނި އަނގައިން ކިޔާއެއްޗެއްދޯ މިކިޔަނީ. އޭނ… ނާޒްވެސް މަޑުމަޑުން އަހަރެން ކުރާކަންތައް ސިއްރުކޮށްގެން އަހަރެންގެ ބަސްއަހައިގެން އުޅެންޏާ އަހަރެން ނާޒްއާ ދިމާއަށް އެއްޗިހި ކިޔާކަށްނުޖެހޭނެ. އަހަރެން ނާޒްއާ ދޭތެރޭގައި ގޯސްކޮށް އެއްވެސް ކަމެއް ނުކުރާނަން. ނާޒްގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނަން. ރޮންޏާ އަހަރެން ވަރަށް ރުޅިއާދޭ.” މިފަހަރު އޭނާ ވާހަކަދެއްކީ ތަންކޮޅެއް ލޯބިންކަހަލަ ގޮތަކަށެވެ. ނާޒް ފަކީރު އޭނާއާ ދިމާއަށް ބަލަހައްޓައިގެންހުރީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ބުނާނެ އެއްޗެއްވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހިގާދިޔަ ޖަރީމާ ސިއްރުކުރުމަށް އެމީހާ އެތައް ގޮތަކަށް ނާޒްއަށް އިންޒާރުދީ، އޭނާ ކުރީ ގޯސްކަމެއް ނޫންކަން ނާޒްއަށް ވިސްނައިދޭން މަސައްކަތްކުރުމަށްފަހު ނުކުމެގެންދިޔައިރުވެސް ނާޒް ހަމަ ހުރި ފިޔަވަޅު މަތީގައި ބަސްހުއްޓިފައި ހުރީއެވެ. އޭނާ ކޮޓަރިން ނުކުމެގެން ދިއުމާއެކު ނާޒްގެ ބަޑިފަޅައިގެން ދިޔައެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގެންއޮވެ ނާޒް ރޮމުންދިޔައިރު ހިތުތެރޭގައި އެތައްހާސް ޝަކުވާތަކެއް ދިޔައީ އުތުރި އަރަމުންނެވެ.
ހިނގާދިޔަ ހާދިސާގެ ޚަބަރެއް 03ވަނަ މީހަކަށް އެނގިފައިނުވިނަމަވެސް، އެހާދިސާގެ ފަހުން ނާޒްގެ އުޅުމާއި މިޒާޖަށް ވަރަށްބޮޑު ބަދަލެއް އަތުވެއްޖެކަން ކުރިއްސުރެ ނާޒް ދެކޭ ކޮންމެ މީހަކަށްވެސް ފާހަގަކުރެވެއެވެ. އޭނާގެ ސަމާސާ މިޒާޖުވަނީ މުޅިން ބަދަލުވެފައެވެ. ހިނިތުންވުމާއި އުފާވެރިކަމަކީ މިދުނިޔޭގައިވާ އެއްޗެއްކަމެއްވެސް އޭނާއަށް ނޭނގޭކަހަލައެވެ. މީހުންނާއި ވާހަކަދައްކާ އުޅުން މުޅިންހެން ހުއްޓިއްޖެއެވެ. އެންމެ ބޮޑަށް ބަދަލުއައީ އޭނާއާއި ޝާންގެ ގުޅުމަށްހެން ހީވެއެވެ. ނާޒްއަށް އަންނަމުންދިޔަ ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވުނީ ޝާންއަށެވެ. ޝާންއާ ވާހަކަދެއްކުން ހުއްޓިގެންދިއުމުގެ އިތުރުން ކުޑަމިނުން ނާޒް ޝާންއާ ހަތަރުކަޅި ހަމަކޮށް ބަލާވެސް ނުލައެވެ. އޮޅިގެން ދެމީހުންގެ ހަތަރުކަޅި ހަމަވިޔަސް އަވަސް އަވަހަށް ނާޒްއިސްޖަހައެވެ. ޝާން ފެންނަ ހިސާބުގައިވެސް ނުހުރެވޭތޯ ނާޒް ބަލައެވެ. ގޭގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ނެތިއްޔާ އަބަދު އޮންނަނީ ކޮޓަރީގައެވެ. ނާޒްގެ މޫނުމަތިން ފެންނަމުންދާ ހިތާމަވެރިކަން ކިތަންމެ ރަނގަޅަކަށްވެސް ޝާންއަށް ތަރުޖަމާކޮށްލެވެއެވެ. ޚާއްޞަކޮށް ނާޒް ޤަސްތުގައި ޝާންއާ ދުރުވެގެން އުޅޭކަން ޝާންއަށް އިޙްސާސްކުރެވުނެވެ. ނާޒްއަށް މިއަންނަ ބަދަލަކީ އެއްގޮތަކަށްވެސް ޝާންގެ ހިތަށް ކެތްވާވަރުގެ ކަމަކަށްނުވިއެވެ.
17 Comments!
Comments are closed.

Wowww!! Nice
Wow nice but haadha kurey miahvureh dhigukoh genrsdheynama lahun up kuraa iru
PIS PIS ……… aharaku ehfaharu nukuna vaahakaehtha mee nuvanya huttaalaa, mihaaru mivaahaka mathin vvvvv foohivejjeh
maa bodah ves kuru…bt nice
Wow!! Alhey kihineh tha thi hedhy naaz ah..vv dhera vejjeh..
Hurihaa story eh ves mihen
Saabahey aharaku ehfaharu up kohdhey iru vx vaahakaage fukeh…. thi dhn boduvarehnun nuvanyaa vaahaka nuliyebala… ekam v nice…
v fake maa kuree nuvanyaa huhtaalaa…. ehaa dhigu inthizaareh kuryma vx vaahakaa v kuru genes dhinleh
Haadha bodu baeh laafa mibai kiyan mi jehuny kury ge part kiyaafa ehenve foohi
mi vaahaka v reethi. ekamaku maa laheenu up kuraaleh. dhen foohivaakudhin nukiyaanee dho. ekahala comment kuraanekameh nethennu. pls… pls avahah up kurahchey ingey.
Vahaka v salhi ekam v kuru and varah Las koh upkohlanew
Vaahaka v reethi.. ekm dhera ee maa lahun up vaathi.. ummeedhu kuran avahah anehbai up kohdheyne kamah..
mi vaahaka fenuneema heekuree aa vahaka eh kamah.. ekamu kiyan feshuneema enguny mee kurin fashaafa in vahaka eh kan.. vaahak in kurina v goi thah handhaan kuran part 1 in feshigen kiyaalan jehunee.. evarunves part 3 nufenunu.. plz vahaka kiyany varah kiyaahithun. thigothah aharaku ehfaharu vahaka genesdhevenya foohivedhaane.. vahaka liya myhunna kiyuntheringe hiyaalakee ves muhimmu ehcheh…vahaka baraabarah up kuraa liyuntheringe vahaka thakah hunna loabi mikahala vahaka thakah nudhevey goi vedhaane.. ny ways… vaahaka varah reethi
huriha emmenge khiyaalahves ufalaaeku marhabaa kiyan. Kihiyaalakee thafaathu ehcheh. kiyaahithu thibeyiru ehaalahun up kuranyaamu hithhama nujeheynekan vs gaboolkuran. hurihaa kiyuntheringe kibain vs ma aafah edhen. Vaahaka liyaa meehage haisiyyathun rangalhu kuran huri kankan ragalhukurrumah massakath kuraanan.
e haada nulata myhekey dhw…valujanavaareh kan neynge…anyeay vaahaka v obi
Vaahaka varah nice … But thankolhehe lahy up kuraaleh ehenve kiyann varah foohi .. .. Nuvanyaa huhtaalaa…
omg… thihen naaz ah hadhaakah nuvaane…. Avahah thi kan polihah angaa