Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުރުހުން ވިއަސް……(1)

Secret Princess Level 1
September 7, 2020 2 Mins Read
14 Comments

ތުނިކޮން ވެހެމުންދިޔަ ވާރޭގެ ތިކިތައް އަލްޔަޝްގެ ގައިގައި ބޮސްދެމުން ދިޔައެވެ.ފަޒާގައި ހިފާލާފައި ވަނީ ހަމައެކަނި ވައިގެ ބޫން އަޑެވެ.މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތައް ވަޔާއެކު ނަށާލާއިރު ހީވަނީ އަލްޔަޝްއަށް ހަނާއަޅާލާ ހެންނެވެ.ނަމަވެސް މި އެއްވެސް ކަމަކަށް އަލްޔަޝް ގެ ސަމާލުކަން ހުރިހެނެއް ހިއެއްނުވެއެވެ.އެރީތި ދޮން މޫނަށް ވެރިވެފައިވަނީ މާޔޫންކަމާއި ހިތާމަވެރިކަމުގެ އަސަރުތަކެވެ.އަލްޔަޝްގެ ދެމިލާފައިވާ ހެޔޮވަރުގެ އިސްކޮޅާއެކު ލިބިފައިވަނީ ކަސްރަތީ ރީތި ހަށިގަނޑެކެވެ.ހަމުގެ ކުލަ އަލިވެފައި ދޮންއިރު ލިބިފައިވާ ކަޅުކަންގަދަ އެރީތި ބުމައިން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.ލާފައި ހުރި އަޅިފުސް ކުލައިގެ އަތްދިގު ޓީޝާޓާއި ކަޅުކުލައިގެ ސޯޓު އޭނާއާއި ވަރަށް ގުޅެއެވެ.އަލްޔަޝްގެ ފުން ދެލޮލުގައިވާ އަޅިފުސް ކުލައިގެ ކަޅިރަވަ ނިވާވެފައިވަނީ އޭނާގެ ބޯ އެސްފިޔަ ތަކުންނެވެ.

ޝަބްނަމްގެ ވާރޭތިކިތައް އެދޮން މޫނުގައި ބީހިލާގޮތް ވަރަށް ހިތްގައިމެވެ.އަލްޔަޝް ހީވަނީ ދުނިޔޭގައި ވާހާ ރީތިކަމެއް ހުސްކޮށްގެން ހުރިހެންނެވެ.ހަރު ފިޔަވަޅު ތަކެއްގައި ހިނގަމުން ދިޔަ އަލްޔަޝްގެ ހިންގުން ހުއްޓުމަކަށް އައީ އޭނާގެ މަންޒިލާ ހަމައައް އާދެވުމުންނެވެ.ފަން،ބޯ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އިސްތަށިގަނޑު އެގޮތް މިގޮތަށް ހާވާލިއެވެ.އެއާއެކު މުތީތަކެއް ފަދައިން އެ ރީތި އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތަށް އެކިދިމަދިމާލަށް ބުރައިގެން ދިޔައެވެ.

ލިލީހައުސް އަށް ވެރިވެފައިވަނީ ކަޅު އަންދިރި ކަމެވެ.ގޭގެ އެކިދިމަދިމާލަށް ކަޅި އުކަމުން ދިޔަ އަލްޔަޝް ގެ ދެލޯ ކޮންމެވެސް އެއްޗެއް ހޯދުމަށް ހެކިދޭ ފަދައެވެ.ދުނިޔެ ވަށާބައްދަމުން ދިޔަ ކަޅުފުސް ވިލާތައް އިރުގެ ރަންދޯދިތަކާ ހަނގުރާމަކޮށް ދުނިޔެ މައްޗަސް އަތްގަދަކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ.ތިރިކޮށް ހަނިކޮށް ހަދާފައިވާ ދޮރުން ގޭތެރެއަށް އަލްޔަޝް ވަންނަން ޖެހުނީ ކުޑަކޮން ގުދުވެލައިގެން ހުރެއެވެ.ގޭތެރެއަށް ވަން އަލްޔަޝް ސިޓިންރޫމުގެ މެދެއްހާ ހިސާބު ގައި ހުއްޓިލިއެވެ.ގޭތެރޭގައި ރަސްކަންކުރަމުން ދަނީ ކަނު އަނދިރި ކަމެވެ.ތެޅިގަލުން ހަދާފައިވާ ލިލީހައުސް އިމާރާތުން ފެންނަނީ ވީރާނާކަމާއި ފަޅުކަމެވެ.ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވަމުން ދިޔައީ ގޭގެ ފާރުގައި ހަރުކޮށްފައި އިން ގަޑީގެ ސިކުންތު ކަށީގެ ހިނގުމުގެ އަޑުންނެވެ.ހުސްކޮށް އޮތް ބޮޑު ސިޓިންރޫމުގެ އެއްފަރާތުގައި ލަކުޑިންހަދާފައިވާ ދެ ގޮނޑި ބަހައްޓާފައި ވިއެވެ.ސިމެންތިން ހަދާފައިވާ ތަޅުންގަނޑުމަތީ ކުދި ވެލިފުއްތަށް ވިއެވެ.އާސާރީކޮށް ހަދާފައި ވިއެއްކަމަކު އެގޭތެރޭގައި ދިރުމެއް ނެތެވެ.އަލްޔަޝް ކޮޓަރި އަށް ވަދެ އަވަސްވެގަތީ ފާހާނާއަށް ވަނުމަށެވެ.

ޖާގައިގެ ގޮތުން ބޮޑު ކޮޓަރި އެކެވެ.ނަމަވެސް ކޮޓަރި ތެރޭގައި ވަނީ މަދު ފަރުނީޗަރު ކޮޅެކެވެ.އެހެންނަމަވެސް ކޮޓަރީގެ ސާފުތާހިރުކަމައި އެއްޗެހީގެ ތަރުތީބުކަން ވަރަށް ފުރިހަމައެވެ.ކޮޓަރީގެ ތަޅުންގަނޑު ފޮރުވައި ލެވިފައި ވަނީ މަޑު ޗޮކުލެޓު ކުލައަކާއި ސާފު ހުދުކުލައިން ޑިޒައިން ކުރެވިފައިވާ ރީތި ތަރަފާލި ގަނޑަކުންނެވެ.ކިތަންމެ ވަރަކަށް ބެލިޔަސް އެކޮޓަރި ތެރެއިން ކުޑަ ވެލިފުކެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ.ކޮޓަރީގެ އެއްފަރާތުގައި ފާރުކައިރީ ބެހެއްޓިފައިވާ އެންދުމަތީ ތިން ބާލީސް ތަރުތީބުން ބެއްވިފައިވެއެވެ.އެންދުކައިރީގައި ކުޑަ މޭޒެއް ހުއްޓެވެ.މޭޒުމަތީގައި އަލްޔަޝް ކިޔަވަން ގެންގުޅޭ ފޮތްތައް ބެހެއްޓިފައި ވިއެވެ.

ފާހާނާއިން ނުކުތް އަލްޔަޝްގެ އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތައް އޭނާގެ ދޮން ކަނދުރާގައި ބޮސްދޭން ފެށިއެވެ.އުނުގައި ހަރުކޮށްފައިވާ ތުވާލި ގަޔާ ވަކިކޮށްލަމުން ސުކޫލު ޔުނީފޯމު ގަޔަށް ހެޔޮވަރު ކޮލިއެވެ.އަލްޔަޝް އަކީ ކިޔަވާ ކުއްޖެކެވެ.އެހެން ކުދިންނެކޭ އެއްފަދައިން ތައުލީމު އުނގެނުމަށް ހިތްވަރާއެކު މަސައްކަތްކުރާ މޮޅު ދަރިވަރެކެވެ.ތައުލީމުގެ އެންމެ ފަހު ބިންގާ ކަޑަތު ކުރަމުން ދާއިރު އަލްޔަޝްގެ ވެސް ވަރުގަދަ އަޒުމެއްވެއެވެ.ފާރުގައި އިން މޮހޮރުގައި އަޅުވާފައިވާ ކުޑަ ލޯގަނޑާ މޫނު ސީދާކޮއްލި އަލްޔަޝްގެ ބަނޑުގައި އަތް ޖައްސާލިއެވެ.ބަނޑުހައި ހުނުކަން އިހުސާސް ވަނީ ކަންނޭންގެ އެވެ.ސުކޫލަށް ދިޔުމަށް ތައްޔާރުވި އަލްޔަޝް އަންނައުނު ބަހައްޓާފައިވާ ދިގު ދަނޑީގެެ އެއް ކޮޅުގައި އަޅުވާފައިން ސުކޫލު ދަބަސް ނެގިއެވެ.ކުޑަ މޭޒުމަތީ ގައި އޮތް ފޮތެއް ނަގާ ހުޅުވާލުމަށް ފަހު ލައްޕާލިއެވެ.އޭގެން ކޮންމެވެސް އެއްޗެއް ބަލާލީކަންނޭނގެ އެވެ.އެނދުމަތީގައި ދެންމެ ބޭއްވި ދަބަހައް ފޮތްތައް އަޅަންފެށިއެވެ.ފޮތް އަޅާ ނިމުމުން ދަބަހުގެ ޒިބު އަޅުވާލަމުން އެނދުމަތީ ރީތިކޮން ދަބަސް ރީތިކޮން ބާއްވާލިއެވެ.އަލްޔަޝް ކިޔަވަމުން ދަނީ ގުރޭޑް 10 ގާ ކަމުން ކިޔެވުމަށް ފުދޭވަރަކަށް ބުރަކޮން މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ.ލިބޭ ހުސް ވަގުތު ތަކުގައި އަލްޔަޝް މަސައްކަތް ކުރަނީ ފައިސާ ހޯދުމަށެވެ.ރަށުގެ ބޮޑު  ވިޔަފާރި ވެރި އެއްގެ ގާތުގައެވެ. އުމުރުން 13 އަހަރުން ފެށިގެން އެ ބޮޑު ފިހާރައިގާ އަލްޔަޝް މަސައްކަތް ކުރަމުން އަންނަތާ މިހާރު 4 އަހަރު ވުމާ ގާތްވަނީ އެވެ. ނަމަވެސް އޭނަގެ ކިޔެވުމަށް ބުރު ނާރާނޭ ގޮތަށެވެ.އަލިބެގެ ހިތްހެޔޮކަމުން ފިހާރައަށް ދާންޖެހެނީ ކިޔެވުމަށް އުނދަގޫ ނުވާ ގޮތަށެވެ.އާއިލާގައި އިތުރު މެމްބަރުން ތިއްބެއްކަމަކު އަލްޔަޝް ބޭނުންވަނީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ ލާރިއެވެ.

ހޮނިހިރު ދުވަހައްވިއަސް އަލްޔަޝް އަކީ ގުރޭޑް 10 ގައި ކިޔަވާ ކުއްޖަކަށް ވުމުން މިއަދުވެސް ސުކޫލަށް ދާންޖެހެއެވެ.އިތުރު ގަޑީގެ ތާވަލް ރޭވިފައިވާ ގޮތުން މިއަދު ސުކޫލަށް ދާންޖެހެނި މެންދުރުފަހުއެވެ.ހެނދުނުވަގުތު ލިބުނިީ ހުސްކޮށެވެ.އެހެންކަމުން އަލްޔަޝް ހެނދުނުވަގުތު އުޅުނި އަލީބެގާތު ފިހާރައިގައި އަވަދިނެތިއެވެ.ހެނދުނު ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ހަށިގަނޑުގައި ވަރުބަލިކަން ހައްޓެއްކަމަކު އަލްޔަޝް ކުލާހައް ނުގޮސް ހުންނާކަށް ބޭނުމެއްނޫނެވެ.ބުރަކޮން މަސައްކަތް ކުރުމަކީ ކާމިޔާބީގެ އަސްލޭ ބުނާއަޑު އަހަމެވެ.ކޮޓަރިން ނުކުންނަން ހިނގައިގަން އަލްޔަޝް ގަޑިއަށް ބަލާލިއެވެ.ގަޑިނުޖެހި ކުލާހަށްދާން އޭނާބޭނުމެވެ.ކޮންމެ ތާކަށް ދިޔަޔަސް ގަޑިނުޖެހި ދިޔުމަށް އޭނާ ބަހައްޓާ ސަމާލުކަމަކީ އޭނަގެ ކަށީގައި ހިފާފައިވާ ވަރަށް ރަނގަޅު އާދައެކެވެ.ކޮޓަރިން ނުކުތް އަލްޔަޝް މިސްރާބު ޖެހީ ކާކޮޓަރިއާ ދިމާލަށެވެ.އަދި ކުޑަވަގުތު ކޮޅެއް އޮތުމުން ބަނޑުހައި ހޫނުކަން ފިލުވާލުމުގެ ނިޔަތުގައެވެ.ކާކޮޓަރިއަށް ވަން އަލްޔަޝް އަވަސްވެގަތީ ޖުސްތައްޓެއް ހަދާލުމަށެވެ.ތަށީތެރޭގައި ސަމްސާ ތަޅުވާލުމަށް ފަހު ތުނބާ ތަށި ކައިރި ކޮށްލިއެވެ.ތުނބުގައި ތަށި ޖެހުމުގެ ބަދަލުގައި ތަށި ތިރިކޮށްލީ ކާކޮޓަރީގެ ދޮރުމަތީގައި މީހަކު ހުރިހެން ހީވުމުންނެވެ.ދޮރާދިމާލަށް ބަލައިލި އަލްޔަޝް ދެވަނަ ސިކުންތުގައި މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.އިސާހިތަކު އަލްޔަޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.ފޫހިކަމުގެ ކުލަވަރުން އެރީތި މޫނުމަތި ބަނަކޮށްލައިފިއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Secret Princess

Level 1

Other Articles

Previous

ފިޔަފަތް 23

Next

ޒާޔާ (ސައްބީސްވަނަ ބައި)

Next
September 7, 2020

ޒާޔާ (ސައްބީސްވަނަ ބައި)

Previews
September 7, 2020

ފިޔަފަތް 23

14 Comments!

  1. Secret Princess says:
    September 8, 2020 at 12:02 pm

    Alhuganduge first vaahaka ah vumun v unmeedu kuran negative and positive koments libeyne kamah…… please comment and like………..

  2. Aron says:
    September 8, 2020 at 2:19 pm

    ❤️❤️❤️❤️❤️❤️❤️❤️❤️ wow

    1. Secret Princess says:
      September 8, 2020 at 6:29 pm

      Thank you Aron

  3. Kylie says:
    September 8, 2020 at 3:05 pm

    V reethi feshumeh…. Ekm nxt part dhigu kohlan vaane ngey?… Waiting fr nxt…. Stay safe ?

    1. Secret Princess says:
      September 8, 2020 at 6:31 pm

      Thank you….Insha allah varah avahah next part kiyaalan libeyne

  4. Kiyer says:
    September 8, 2020 at 5:50 pm

    Masha Allah varah reethi ?????? waiting for next part ?????

    1. Secret Princess says:
      September 8, 2020 at 6:35 pm

      Thank you kiyer……..

  5. Noo_ra says:
    September 8, 2020 at 7:38 pm

    Varah reethi.. Masha allah…. ❣️❣️?
    Waiting for the next part…. ??

    1. Secret Princess says:
      September 9, 2020 at 6:45 pm

      Thanks Noo_ra

  6. R¥N says:
    September 8, 2020 at 8:08 pm

    Maasha Allah ???varah salhi ???waiting for the nxt

    1. Secret Princess says:
      September 9, 2020 at 6:47 pm

      Thank you RYN……Insha allah varah avahah next part libeyne…..

  7. Shaima shaee says:
    September 9, 2020 at 8:41 am

    Vrrrr Reethi ???????????

    1. Secret Princess says:
      September 9, 2020 at 6:48 pm

      Thank you………..

  8. Secret Princess says:
    September 9, 2020 at 6:49 pm

    hurihaa kudhin stay safe ingey…….

Comments are closed.



All Right Reserved!