އެ ނާމާން ދަތުރު
ނޯޓު: މިއީ އަޅުގަނޑު މި ސައިޓަށް އަޕްލޯޑް ކުރާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ކުށް ހުރުން އެކަށީގެންވެއެވެ. އަދި މި ވާހަކައަކީ އަޅުގަނޑު އަމިއްލަ ޚިޔާލަށް ލިޔެފައިވާ ވާހަކައެކެވެ. ހުރިހާ ކިޔުންތެރީންނަށް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
*****
ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. އަހަންނާއި އަހަރެންގެ ކްލާސް އެންމެން ބަނދަރު މަތީ ތިބީ ދޯނި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މާ ގިނައިރަކު ތިބޭކަށް ނުޖެހުނެވެ. ދޯނި ކައިރިކުރުމުން އެންމެން ވެގެން ސާމާނު އެރުވީމެވެ. އިތުރު ލަސްތަކެއް ނުކޮށް ފުރީމެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން މެދުމިނުގެ ދުވެލީގަ ކުޑޭފުށްޓަށް ބަނދަރު ކުރިއެވެ.
ބަނދަރު ކުރުމާއެކު އަހަރެމެން ދޯނިން ފޭބީ ލޮނުގަނޑުގައި ފައި ބީއްސާލަމުންނެވެ. ފަޅު ރަށެއް ކަމުން ބަނދަރެއް ނެތުމުން އަހަރެމެންނަށް ލޮނުގައި ނުޖެހި ފައިބެވޭނެ ހެއްޔެވެ. ދޯނިން ބޭލި ސާމާނު ގަސްދޮށެއްގައި ބެހެއްޓުމަށްފަހު އަހަރެމެން ރަށުތެރެ ބަލާލުމަށް ހިނގައިގަތީމެވެ. ” ހަރުފައެކޭ…..” ނާއިފް ހަޅޭލަވައިގަތެވެ. އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ޔަލާ ހަޅޭއްލަވަނިއްޔެވެ. ” މަންމާއި…ހަރުފައެކޭ…..އޭތް” ދެން އިވުނީ ނާއިފް ޕަކަ ޕަކަ ލާފައި ހޭންފެށިއަޑެވެ. ނާއިފް ކަމެއް ކުރީކަން ރޭކައިލީ ދެނެވެ. އާނއެކެވެ. ނާއިފް ވާގަނޑެއް އޮޅާލާފައި ޔަލާގެ ބޮލުގައި އަޅުވާފައި ހަރުފައެކޭ ކިޔައި ޔަލާ ބިރުގަންނަވާލިއްޔެވެ.
މިގޮތަކަށް ސަކަރާތް ޖަހަމުން ރަށުތެރެ ބަލައި ނިންމާލުމައްފަހު އަހަރެމެން ފައިގަތަޅާ ކުޅުނީއެވެ. ކުޅެނިމިގެން އަހަރެން ގޮވައިލީމެވެ. ” ކެޓި މީހުން ކައްކަން ޖެހޭނި. އަހަރެމެން ކަށިން ހިތްވަރު ނެރެގެން މޮޅުވީ. ދެން ތިމީހުން ކައްކާ. ނޫޑްލިސްގަނޑު ކުޅިގަދަކުރައްޗޭ. ބޭބީ ކުދިންނަށް ނުކެވުނަސް ރަނގަޅުވާނެ.” އަހަރެން މިހެން ބުނީ ގަސްތުގައި ފައިހާ ރުޅި އަރުވާލަންވެގެންނެވެ. ފައިހާއަށް ކުޅި އެއްޗެހި ނުދިރޭތިންނެވެ. އޭރު ފައިހާ އަހަންނާ ދިމާއަށް ލޯއަޅައިގެން ހުއްޓެވެ. އަހަރެން ވަރަށް ނޫން ކަމަށް ހެދިފައި އެހެން ކުދިންނާ އެއްކޮން އަތިރި މައްޗަށް މިސްރާބު ޖެހީމެވެ.
ކުއްލިއަކަށް އަހަންނަށް ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. އާނއެކެވެ. ރަށުތެރެ ބަލާލުމަށް ދިޔުމުގެ ކުރިން އެއްޗެހި ބެހެއްޓިއިރު އެތާ އުނދޯތްޔެއް ނެތްކަން ކަށަވަރެވެ. އެހެންނަމަވެސް މިހާރު އެހުރީ އުނދޯތްޔެއް ނޫންހެއްޔެވެ. ހީވި ހީވުމެއް ކަމަށް ނިންމާފަ ސަކަރާތް ޖަހަން ތިބި ކުދިންނާ ބައިވެރިވެލީމެވެ.
ތިރީސް މިނަޓު ފަސް
*****
” އޭތް ފޮނި ވިޝާމުމެން އަންނަންވި ކާން. އަހަރެމެން ކެއްކީމަ ކައިގެން މޫދަށް އެރެން.” ރީމް ގޮވާލިއެވެ. އަހަރެން ކުޑަކޮށް ހިނިވެސް އައެވެ. އެއި އަހަންނާ ދިމާލަށް ފޮނި ވިޝާމުއޭ ކިޔާ މުހާތަބުކުރީތީއެވެ. އެހެންނަމަވެސް ހިނިގަނޑު ހިފަހައްޓައިލައިގެން ކެއީއެވެ.
ކައިނިންމާލުމައްފަހު އަހަރެމެން ގޮސް އެރުނީ މޫދަށެވެ. އަހަރެން އެއްގަމަށް އެރުމަށްފަހު ބޯޅަ ހިފައިގެން އައިސް ގޮވާލީމެވެ. ” އޭތް! އާދެ ހޭންޑްބޯލް ކުޅެން. ފުންތަނުގަ ކުޅުނީމަ މަޖާ ވާނި. ދޯ ނާޒް.”
އަހަރެން ޝިނާޒަށް ދޯ އެއްލީމެވެ. ޝިނާޒް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.
އަނެއްކާވެސް އަހަންނަށް ތަފާތު އެހެންކަމެއް ފާހަގަ ކުރެވުނެވެ. ފަތަން ނޭނގޭތީ އެއްގަމުގައިވެސް އެހުރީ ނޫރާއެވެ. އަހަރެމެންނާއެކު ހޭންޑްބޯލް ކުޅެންވެސް މިހުރީ ހަމަ ނޫރާބާއެވެ. އަހަރެން ހިތްބިރުގަންނަން ފެށިއެވެ. އަހަރެންގެ އަތުގައި ބޯޅަ ޖެހުމުން ބޯޅަ ހިފައިގެން އެއްގަމަށް އަވަހަށް އެރީމެވެ. ” ވިޝާމް…. ކޮންމެހެން ފިލަން ދާނި ކަމެއް ނެތް. ހައްހައްހައްހައްހާ…” ބަރު އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އޭރު އެހެން ކުދިންވެސް ހަޅޭއްލަވަނީއެވެ. އަހަރެންގެ ބޮލުގައި ބާރު އެއްޗަކުން ޖެހި ތަދު އިޙުސާސް ކުރެވުނެވެ. ދެން ވީގޮތް ޚުދު އަހަންނަކަށް ވެސް ނޭނގުނެވެ.
އަހަރެން ހޭވެރިކަން ވީއިރު އަހަރެން ގާތުގައި ބައްޕައާއި މުދިންބެ އިނެވެ. މުދިންބެ އިރުއިރުކޮޅާ ކިޔާވާލާފައި އަހަރެންގެ މޫނުގައި ފެން ހާކަނިއްޔެވެ. ” ވިޝާމް! ގަސްދޮށުގައި އެއްޗިހި ބެހެއްޓިއިރު ބިސްމި ކީންތަ؟” މުދިންބެ އަހާލިއެވެ. ” ނޫން. ނުކިޔަން.” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. “ތިއީ ހުރިހާ ކަމެއްގެ ފެށުން” މުދިންބެ ބުނެލިއެވެ. އެކިޔާ އެއްޗެއް ސާފު ނުވާތީ އަހަރެން ބުމަ އަރުވާލީމެވެ.
މުދިންބެ އަކީ ފަންޑިތަވެސް ދަންނަ މީހެކެވެ. އެހެންކަމުން މުދިންބެ ކިޔަވާލާފައި ވީ ގޮތް ކިޔައިދިނެވެ. މުދިންބެ ބުނި ގޮތުގައި އަހަރެމެން ގެންދިޔަ ސާމާނުތައް ބެހެއްޓުނީ ޖިންނީން ނިދާފައި ތިބި ގަސްދޮށެއްގެ ބުޑުގައެވެ. އެހެންކަމުން ޖިންނީންނަށް އަނިޔާވުމުން އޭތީން އަހަރެމެންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އެތަނުން އެކަތި ނޫރާގެ ސިފައިގައި އަހަރެމެންނާ ބައިވެރިވީއެވެ. އަދި އަހަންނަށް އެކަން އިނގުމުން އޭތި އަހަންނަށް ހަމަލާދިނީ ކަމުގައެވެ. މުދިންބެ ބުނި ގޮތުގައި އޭތި ނޫރާގެ އިތުރުން ދެކުއްޖަކު އޭތި މަރާލިއެވެ. މިހާރު އެ ޖިންނީން އަންދާލައިފި ކަމުގައިވެސް މުދިންބެ ބުންޏެވެ. ބިރުވެރިކަން އިންތިހާއަށް ދިއުމުން އެންމެން ލަސްނުކޮށް ރަށަށް އައި ވާހަކަ މުދިންބެ ބުންޏެވެ.
މި ވާހަކަ އިވުމުން އަހަރެން އިންތިހާއަށް ދެރަވިއެވެ. ސޯޅަ އަހަރުގެ ފިރިހެނަކަށް ވެ ހުރެ އަހަރެން އަޑުން އަޑު ނަގައި ރޯން ފެށީމެވެ. ދެރަ ނުވާނީ ކާކު ހެއްޔެވެ. ހިތުގަނުޖެހޭނީ ކާކު ހެއްޔެވެ. އެންމެ ގާތް އެކުވެރިން މި ދުނިޔެއާއި ޢަލްވަދާޢު ކީއެވެ.
މިއީ އަހަރެންގެ ހިތުން ނުފިލާނޭ އެއް ހިތާމަވެރި ހާދިސާއެވެ. މިކަން ހަނދާންވާ ކޮންމެ ފަހަރަކު އަހަންނަށް ރޮވެއެވެ. މިހާރު މި ކަމެއް ހިނގިތާ ދެއަހަރު ވަނީޔެވެ. އަހަރެން މިހުރީ ދުވަހަކުވެސް ދަތުރު ނުދާން ނިންމައިގެންނެވެ.
( ނިމުނީ )
9 Comments!
Comments are closed.

Salaam to all. This is my first story in this site.
Ehn v ma kuh hurun ekashygenvey.??
Kuh faahaga kohladhinumaky alhugaduge vrh bodu edhumeh.☺✌
Masha allah.. Varah Varah reethi vaahaka eh ❤️❤️?
Keep it up… ☺️☺️
Stay home and stay safe.. ???
Thankyou Noo_ra. Means a lot. ??❤️
Stay home Nd stay safe.
☺️?
Wow v.reeti this is your first story dhw
Keep it up
Stay safe
Lysm
Miee first story eh noon. Vaahaka hunnaane liyefa. Alhugadah vaguthu Vee varakun genes dheynan.
Thankyou Anonymous. ??☺️
Stay safe ??
Wow ? miee u ge first Vaahaka dhw..
Vara Salhi adhi V Reethi ?
Keep it up ?
Thankyou Secret name.
☺️??
Vrh furihama
Thankyou Jumana ???