ފެވިފާނަން ވިޔޭހިތުގާ-1
މަޑު ހިނގުމެއްގައި މަގުމަތިން އިސްޖަހައިގެން ހިނގާލާފައި ދިޔަ އަންހެން ކުއްޖާ އަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ބަލާބެލުމަށް ހީވަނީ ހިޔާލެއްގެ ތެރެޔަށް ގޮސް ގެއްލިފައިހުރިހެންއެވެ. އިރު އިރު ކޮޅާ ކޮނޑުގައި އަޅުވާފައިވާ ސުކޫލް ދަބަސް ރަނގަޅު ކޮއްލައެވެ.ފަހަތުން އައިސް މީހަކު ކޮނޑުގައި ވަރަށް ބާރަށް ޖަހާލުމާއި އެކު ސިއްސައިގެން ގޮސް އެއަންހެން ކުއްޖާ އެނބުރި ފަހަތް ބަލާލިއެވެ.”މާއީީލީނޫ…މިހާރު ކޮން އިރެއް ގޮޮވާތާ އަޅެ.މަ މިހާރު ދުވެެދުވެ ވަރުބަލި ވެއްޖެއޭ..ކޮން ދުނިޔެ އެއްގަ ތިހުރީ އަޅެ..ބަލާބަ ޓައިމް ވީވަރު”ފަހަތަށް އެނބުރުނު އިރު ކުރިމަތީ ގައި ދާހިއްލާ ފޯވެފައި ހުރި އަލައިކާ ފެނުމުން މައިލީން ކައިރިޔަށް ކުޑަ ކޮން ހިނި އައެވެ.”އަޅެ ލީން ދިޔައީ ސިއްސައިގެން އޭ..އީކާ ތަންކޮޅެއް މަޑުން ހިނގާފަ އައި ނަމަ ވެސް ލީން އާ އެއްވަރު ކުރެވުނީސް ދޯ..ބަލާބަ މީހާ ތިހުރީ ދާހިއްލާ ފޯވެފަ…”ހިނިތުން ވެލުމަށް ފަހު އެހެން ބުނުމުން ކުރި މަތީ ގައި ހުރި އަލައިކާގެ އަނގަ ކުޑަކޮން ހުޅުވުނެވެ.
އެވަގުތު އަލައިލާ ކަމެއް ހަނދާން ވި ފަދައިން އަތުގައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ.އެވަގުތު އޭނަގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ.އަދި ކުރި މަތީގައި ހުރި މައިލީން ގެ އަތުގައި ހިފައިގެން ސުކޫލް އާއި ދިމާ އަށް ދުއްވައިގަތެވެ.ވާނުވާ ނޭން ގުނަސް މައިލީން ދިޔައީ އަލައިކާގެ ފަހަތުން ދުވަމުން އެވެ.ސުކޫލްގެ ތެރެއަށް ވަދެވުމާއި އެކު އަލައިކާ މައިލީން ގެ އަތުން ދޫކޮއްލިއެވެ.އޭރު ދެމީހުން ވެސް ތިބީ މައިނޭވާ ލެވިލެވި އެވެ. މޫނު މަތީގައި ހޫނު ވުމުގެ ސަބަބުން ދާކިތިތަށް ވިދަ ވިދާ ހުއްޓެވެ.އެހެން ނުވާން ވީ ވެސް ކީއްވެ ހެއްޔެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ.
ސުކޫލްގެ ތެރެއަށް ވަދެވުމާއި އެކު މުޅި ހިސާބް އަށް ނަޒަރު ހިނގާ ލެވުނެވެ.ސުކޫލް ގޭޓް އިން އެތެއެއަށް ވަދެގެން ދެވެން އޮންނަ މަގުގެ ދެފަރާތް ވަނީ އެކި ކުލަ ކުލާގެ މާ ގަހުން ޖަރީ ކޮށްފައެވެ. ފޮޅިފައިވާ މާ ތަކުގެ މީރުވަސް މުޅި ހިސާބް އަށް ފެތުރި ފައި ވެއެވެ.ދެން އޮތް ބޮޑު ހުސް ބިމުގައި ހެދިފައި ހުރި ބޮޑު ހިތިގަސް ތަކުގެ ހިޔާ މުޅި ހިސާބު އަށް ފެތުރިފައި އޮތެވެ.ކޮންމެ ހިތި ގަހެއް ގެ ބުޑު ގައި އިނީން ނާނޭ ބެންޗްއެއް ހުއްޓެވެ.މުޅި ހިސާބު އަށް ފެތުރިފައިވާ ވިނަ ގަނޑުގެ ސަބަބުން ސުކޫލް ތެރެ ފެހި ކަމަށް ދައްކައެވެ.
މައިލީން އާއި އަލައިކާ އާއި ދެކުދިން ގޮސް ކުލާހަށްް ވަދެވުމާއި އެކު ކުލާހުގައި ތިބި ހުރިހާ ކުދިން ގެ ނަޒަރު އެ ދެމީހުން އަށް އަމާޒުވިއެވެ.އެހެން ނުވާން ވީ ކީއްވެހެއްޔެވެ.އެދެކުދިން އަކީ ކޮންމެ ދުވަހަކު ވެސް އެންމެ ކުރިން އަންނަ ދެކުދިން އެވެ.އެއިރު ކުލާހުގައި ހުރިހާ ކުދިން ތިބީ ހަމަވެފައެވެ.ވަގުތުން މައިލީން އަލައިކާ އާއި ދިމާލަށް ބަލާލުމަށް ފަހު ވައި އަޑުން ސޮރީ އޭ ބުނެލިއެވެ.ދެކުދިން ކުލާސް ތެރެއަށް އަވަސް ނަޒަރެއް ދިނުމަށް ފަހު ކުލާހުގެ މެދުގައި ހުސް ކޮން އިން ދެ މޭޒުކައިރި ގޮސް އިށީނެވެ.”ތޭން ގޯޑް މިތާ ފަންކާ ކައިރިން ލިބުނު ކަން. އެހެން ނޫން ނަމަ މިއަދު މޮޔަ ވީސް.”އަލައިކާ އެހެން ބުނެލުމުން މައިލީން ބޯ ޖަހާ ލުމަށް ފަހު އޭނާ ގެ ދަބަހުގައި އިން ކުޑަ ފެން ފުޅި ނަގައި ބޯން ފެށިއެވެ.އެވަގުތު ކުލާހަށް ޓީޗަރު އައިސް ވަނެވެ.އެއާއި އެކު ޓީޗަރަށް އިހުތިރާމް އަދާ ކުރުމުގެ ގޮތުން ހުރިހާ ކުދިން ކޮޅަށް ތެދުވިއެވެ.
“މައިލީން..އަލައިކާ…ދެކުދިން ކިހިނެތް ވެފަ ތި ތިބީ..ސަރ ބުނަމެއްނު އަބަދު ވެސް އެސްޓްރާ ކުލާހަށް އަންނަމުން ވަރަށް ހަމަ ޖެހިލާގެން އޭ އަންނަން ވާނީ.އެކަމް ދެކުދިން ތިތިބީ ދާހިއްލާ ފޯވެފައެއް ނު.”ހިނިތުން ވުމަކާއި އެކު ޓީޗަރު އެ ދެކުދިން އަށް ގޮވާލުމަށް ފަހު އެހެން ބުނުމުން ފެންފުޅި ބަހައްޓާފައި ކޮޅަށް ތެދުވި މައިލީ ކޮށި އަރާގޮތް ވިއެވެ.އަލައިކާ ވަގުތުން މައިލީން ގެ ބުރަކަށީ ގައި މަޑު މަޑުން ޖަހާލިއެވެ.އެއާއި އެކު މުޅި ކުލާހުގައި މަޑު ހުނުމެއްގެ އަޑު ގުގުމައިގެން ދިޔައެވެ.ކުލާހުގެ ކިޔެވުން ފެށުމާއި އެކު ހުރިހާ ކުދިން ގެ ސަމާލުކަން ޓީޗަށް ދެވިގެން ދިޔައެވެ.
މައިލީން އާއި އަލައިކާ އަކީ ގްރޭޑް ދިހައެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އުމުރުން 16 އަހަރުގެ ދެކުދިން އެވެ.މައިލީން އަކީ އާދައިގެ އިސް ކޮޅަކާއި ލޫޅާފަތި ހަށިގަނޑެއް ގެ ވެރިއެކެވެ.ރީތިކަން ހުސްކުރި ރާނީ އެކޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ.ހީލާއިރު ދެކޮލަށް އެޅިގެން ދާ އަޑި ކޮޅުގެ ސަބަބުން ފިރިހެން ކުދިން ގެ ހިތްތަށް ކަތިލާނެއެވެ.މައިލީން އަށް ލިބިފައިވާ އާދަޔާ ހިލާފު މަޑު މުށި ކުލައިގެ ބޮޑު ލޮލަކީ މައިލީން އާއި އެހެން ކުދިން ތަފާތު ވާ އެއް ސަބަބެވެ.އެ ލޮލުގެ ޖާދޫ ގައި ނުޖެހޭ ފިރިހެން ކުއްޖެއް ނޫޅޭނެއެވެ.މައިލީން އާއި ހިލާފަށް އަލައިކާ އަކީ އިސްކޮޅުން ކުރު ކުއްޖެވެ.ލިބިފައިވާ ދޮން ހަންގަނޑާއި ކަޅު ބޮޑު ލޮލުގެ ސަބަބުން އަލައިކާގެ ރީތިކަން އިތުރު ކޮށް ދެއެވެ.
ބެލް ޖެހުމާއި އެކު މައިލީން އާއި އަލައިކާ ދަބަހަށް ފޮތްތަށް އަޅައިގެން ކުލާހުން ބޭރަށް ހިންގައި ގަތެވެ. ދެކުދިން ވެސް އަމިއްލަ ވާހަކައިގައި ތިބެގެން ސުކޫލް އިން ބޭރަށް ނިކުތެވެ.ސުކޫލް އިން ބޭރަށް ނިކުން ހެން ހީނުވެ މައިލީން ގެ ދަބަހަށް މާ ބޮޑަށް ބަރުވާ ކަމުގެ އިހުސާސް ކުރެވުމުން ފަހަތް ބަލާލި ވަގުތު ހިނިތުން ވުމެއް ދީގެން މައިލީން އާއި ދިމާ ބަލަހައްޓައިގެން އޮތް ކުއްޖާ ފެނުމުން ކުޑަ ކޮން ސިހުނެވެ.އެއާއި އެކު އަނގައިން ކުޑަ ވަރެއްގެ ހަޅޭކެއް ނިކުތެވެ.
“އިޒާނޫ…”މައިލީން ގެ ހަޅޭކުގެ އަޑު އިވުމާއި އެކު ފަހަތް ބަލާލި އަލައިކާ ހިނިގަނޑު މަތަ ކުރަމުން މައިލީން ގެ ދަބަހުގައި އެލިގަނެގެން އޮތް ފިރިހެން ކުއްޖާ އަށް ގޮވާލިއެވެ.”ކިތަށް ފަހަރު ބުނާނީ އިޒާން ކައިރި އޭނަ އަށް ޖެއްސުން ނުކުރާށޭ އަޅެ”.އަލައިކާ އެހެން ބުނަމުން މައިލީން ގެ މޫނަށް ބަލާލު މާއި އެކު އަލައިކާ ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅާގެން ދިޔައެވެ.ތުންދަމާ ދިގު ކޮއްގެން އަލައިކާ އާއި ދިމާ ބަލަހައްޓާގެން ހުރިމައިލީން ގެ މޫނަށް ބަލާލި ކޮންމެމީހަކަށް ވެސް ވާނީ އެހެން އެވެ.”އިކާ އަދިވެސް ހެނީތާ..”މައިލީން އެހެން ބުނުމުން އަލައިކާ އިޒާން ކައިރި ދަބަހުން ދޫކޮއްލުމަށް އެދުމުން ފަސޭހަކަމާއެކު އޭނަ ދޫކޮއްލިއެވެ.
“ޒާން ކޮބާ ޔޫގެ ޕާޓްނާ މިއަދު”އަލައިކާ އިޒާން ކައިރި އެހެން އެހިހެން ހީނުވެ އަލައިކާ ގެ ބޮލުގަ މީހަކު އަތުން އަޅުވާލިއެވެ.”އައޫޗްޗް..”ބޮލަށް ތަދުވި ވަރުން އެހެން ބުނަމުން ފަހަތް ބަލާލިއެވެ.”މަ މަތިން މިސް ވީ ދޯ ދޫނީ…”ފަހަތުގައި ހުރި ފިރިހެން ކުއްޖާ އެހެން ބުނުމުން އަލައިކާގެ ރުޅިގަނޑު ފަޅާގެން ދިޔައެވެ. އެހެން ކަމުން އަތުގަ އޮތް ކުޑަ ނޯޓް ފޮތް ހިފާގެން އެ ފިރިހެން ކުއްޖާ ފަހާ ދުއްވައިގަތެވެ.އެވަގުތު މައިލީން އާއި އިޒާން ގެ ހިނި ގަނޑު ފަޅައިގެން ދިޔައެވެ.
ހެމުން ދިޔަވަގުތު އިޒާން ގެ ކަޅި މައިލީން މޫނަށް ހުއްޓުނެވެ.ހެމުން ދިޔައިރު މައިލީން ގެ ކޮލަށް އެޅިފައިވާ އަޑި ކޮޅުގެ ސަބަބުން މައިލީން ގެ ރީތި ކަން އިތުރު ކޮއްދެއެވެ.ހައިރާން ވެފައިވާ މީހެއް ފަދައިން މައިލީން ގެ މޫނަށް ބަލަހަށް ޓައިގެން ހުރި އިޒާން ސިހުނީ މައިލީން ގޮވާލި އަޑަށެވެ.”ހޭ ޒާންގަނޑާ..ލީން މޫނުގަ އެއްޗެއް ހުރީތަ؟”އަތުން މޫނު ފޮހެލަމުން މައިލީން އެހެން އެހުމުން އިޒާން ސިހިފައި ނޫނެކޭބުނެލިއެވެ.އަދި އަލައިކާ މެން ކޮބާތޯ ބަލާލިއެވެ.އޭރު އަލައިކާ އެމީހުން އަށް އަތުން އަވަހަށް އައުމަށް ގޮވަމުން ދިޔައެވެ.”ކޮބާ އިޔާން..” އިޒާން އަލައިކާ އާއި އަރާ ހަމާ ވެލުމަށް ފަހު އެހެން އެހުމުން ޖެހިގެން ހުރި ގޯޅިއަށް އަލައިކާ އިޝާރާތް ކުރިއެވެ.އަދި ގޮސް މައިލީން ކައިރި ހުއްޓުނެވެ.”މަ ހިތަށް އަރާ އަލައިކާ އާ އިޔާންއާ ކޮން ދުޝްމިން ކަމެއް ބާއޭ އޮންއަނީ..އަބަދު ތޮޅެތޮޅެ ވިއްޔަ”ގޯޅި ގަނޑުން ނިކުމެގެން އައި އިޔާން ފެނުމާއި އެކު މައިލީން ހިނި އައިސްފައި އެހެން ބުނެލި އެވެ. “ކަމެއްތަ އަނެއްކާ…އަހަރުން އަށް ވެސް އަންގާލައިގެން އުޅެބަލަ ދޯ “މައިލީން އާއި އެއްބައި ވުމުގެ ގޮތުން އިޒާން ވެސް އެހެން ބުންޔެވެ. އެއާއި އެކު އިޔާން އާއި އަލައިކާ އެއް ފަހަރާ ނޯވޭ އޭ ބުނެލި އެވެ.އެއާއި އެކު ހުރީހާ އެންމެންގެ ހިނި ގަނޑު ފަޅައިގެން ދިޔައެވެ.
ގެޔަށް ގޮސް ވަދެވުމާއި އެކު މައިލީން އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.ވެފައި ހުރި ވަރުބަލިން ދަބަސް ގޮނޑީގައި ބައިންދާފައި ގޮސް އެނދުގައި އިށީނެވެ.އަދި އެނދުމަތީގައި ޗާރޖަށް ޖަހާފައި އޮތް ފޯން ނަގާ ހުޅުވާލިއެވެ.ފޯން ހުޅުވާލުމާއި އެކު ފޯނަށް ތިން މިސްޑްް ކޯލް އައިސް ފައި އިން ތަން ފެނުމުން އަވަހަށް ގުޅާ ފައި އޮތީ ކާކު ތޯ ބަލާލިއެވެ.އެއީ މައިލީން ގެ މަންމަގެ ފަރާތުން އައިސް ފައިވާ ތިން މިސްޑްކޯލްއެވެ.އެހެން ކަމުން މައިލީން އަވަސްވެ ގަތީ މަންމަ އަށް ގުޅުމަށެވެ.
މައިލީން އަކީ ބ.ކިހާދޫއަށް ނިސްބަތް ވާ ކުއްޖެކެވެ. ނަމަވެސް ރަށުގެ ކިޔެވުމުގެ ފެންވަރު އެހާ ރަނގަޅު ނުވުމުގެ ސަބަބުން މައިލީން ގެ މައިންބަފައިން ވަނީ އޭނާ ކިޔެވުމަށް ބ.އޭދަފުއްޓަށް ފޮނުވާފައެވެ.ހުރި ހަމަ އެންމެ ދަރިއެއް ވިޔަސް ހިތުގައި އަތް އަޅާލާފައި ރަށުން ބޭރަށް ކިޔަވަން ފޮނުވީ މައިލީން އަށް ޓަކާ އޭނާ ގެ މައިންބަފައިން ކުރަމުން ދާ ފޮނި އުންމީދުތަށް ހަގީގަތަކަށް ހެދުމަށް ޓަކައެވެ.”ހެލޯ ދަރިފުޅާ އަޅެ މަންމަ ހާދަ ގުޅާފީމޭ ދަރިފުޅަށް.އެންމެ ފަހުން ދަރިފުޅު ފޯން ނުނެގީމަ ގޭ ދައްތަ އަށް މަންމަ ގުޅީމަ ބުނި އަދި ދަރިފުޅު ސުކޫލް އިން ނާންނަވާހަކަ.”މައިލީން ގުޅުމާއި އެކު މަންމަ ހުރިހާ އެއްޗެއް އެއްކޮން ކިޔާލި ގޮތުން މައިލީން ކައިރިޔަށް ކުޑަ ކޮން ހިނިއައެވެ.”މަންމާ އަޅުގަނޑު ސުކޫލަށް ގޮސްފަ އައި އިރު ފޯން ނިވިފަ އޮތީ އެހެން ވެ ދެން ޗާރްޖް އަށް ސުކޫލް އަށް ގޮސްފަ ދެންމެ މި އައީ. “މައިލީން އޭނާގެ މަންމަ އާއި ފަނަރަ ވަރަކަށް މިނެޓު ވާހަކަ ދެއްކުމަށް ފަހު ފޯން ބޭއްވިއެވެ.އަދި ފޯން ގެ ސްކްރީން އަށް ނަޒަރު ހިންގާ ލުމާއި އެކު އެއްތެއް ހަދާން ވި ފަދައިން ފުންމާފައި އެނދުން ތެދުވެ އަޅާފައި ހުރި ބުރުގާ އަށް ޖަހާފަ ހުރި ޕިން ތަށް ނެއްޓުމަށް ފަހު ބުރުގާ ކޮނޑުގައި އެޅުވުމަށް ފަހު ތުވާލި ހިފާގެން ފާހާނަ އަށް ފެން ވަރަން ވަނެވެ.އަވަސް ކޮށް ލައިގެން ފެންވަރައިގެން ނިކުން އިރު އަސުރު ނަމާދު އަށް ބަންގި ގޮވަން ފެށުމުން އަނެއްކާ ވެސް ފާހާނަ އަށް ވަދެ ވުޞޫ ކޮށްލައިގެން އައިސް ގޭގައިލާ ކަކުލާއި ހަމައަށް އަރާ ހެދުން ލައިގެން އައިސް ނަމާދު ކޮށް ނިންމާލުމަށް ފަހު ފޯން އިން ހަވީރުގެ ޒިކުރު ތަށް ކިޔާލިއެވެ.އަދި އަވަސް އަވަހަށްހެދުން އަޅުވާފައި ހުރި އަލަމާރިން ކަޅު ކުލައިގެ އަބާޔާއެއް ނަގާ ލިޔެވެ. އަދި ކޮނޑު ގައި އަޅުވާފައި ހުރި ތަނުން ކަޅު ކުލައިގެ ޝޯލް އެއް ނެގުމަށް ފަހު އާދައިގެ ގޮތަކަށް އަޅާލިއެވެ.މޫނުގައި ކުޑަ ފުށް ކޮޅެއް ޖެހުމަށް ފަހު ތުންފަތުގައި ލިޕް ބާމް ހާކާލުމަށް ފަހު ސެންޓް ފުޅި ނަގައި ގަޔަށް ބުރުވާ ލުމަށް ފަހު ދަބަހަަށް އިސްލާމް ފޮތާއި ބިއޮލޮޖީ ޓެކްސްޓް ފޮތް ލުމަށް ފަހު އިތުރު ނޯޓް ފޮތެއް ލިޔެވެ.އެވަގުތު ފޯން އަށް މެސެޖް އައުމުން ބަލާލި އިރު އަލައިކާގެ ފަރާތުން އައިސް ފައިވާ މެސެޖެކެވެ. އަވަސް ކުރުމަށް ބުނެ މެސެޖް ކޮށްފަ އޮތުމުން މައިލީން އަވަހަށް ރިޕްލައި ކޮށްލުމަށް ފަހު ސްޓަޑީ ޓޭބަލް މަތީ ހުރި ޕާސްޕޭޕަރު ތަށް ހިފައިގެން ދަބަސް ކޮނޑުގައި އަޅުވަމުން ދޮރުމަތީ ހުރި ފައިވާން ހަރުގަނޑުން ފައިވާނެއްނަގައި އަރަން ވެގެން ހުއްޓައި ދޮރު ހުޅުވާފައި ގޭގައި އުޅޭ ދައްތަ ނިކުތުމާއި އެކު ޓިއުޝަން އަށް ދަނީ ކަމުގައި ބުނެ ގެއިން ނިކުންނަން ހިންގާގައިން ނަމަ ވެސް ހުއްޓެން ޖެހުނީ ދައްތަ ގޮވާލުމުން އެވެ.”މައިލީން…ނުކައި ދޯ ތިދަނީ މިއަދު ވެސް…މައިލީން މަންމަ އަށް އިނގިއްޖެ އިޔާއި ކިހާ ހިންހަމަ ނުޖެހޭނެ..އަނެއްކާ ބުނެދާނެ އެއްނު ދައްތަ މައިލީން އަށް ކާން ނުދެނީ އޭ..”ދައްތަ އެހެން ބުނުމުން މައިލީން އައިސް ފަ ކާނެކަމަށް ބުނަމުން ބޭރަށް ނިކުން އިރު އަލައިކާ ގޭ ދޮރު މަތީ ހުއްޓިލައިގެން ހުއްޓެވެ.”ވާވް ޔޫ ލުކް ސޯ ޕްރެޓީ ގާލް”އަލައިކާ މައިލީން އާއި ދިމާ އަށް ބަލާ ލާފައި އެހެން ބުނުމުން މައިލީން ކައިރިޔަށް ހިނި އައެވެ.”އިކާއަށް ރީތި ވާނެ ލީން ކޮންމެ ގޮތަކަށް ހުރިޔަސް ދޯ..ހެހެ…އެކަމް ވެސް ތޭކްސް ދޫނީ..”މައިލީ އެހެން ބުނުމުން އަލައިކާ ދެން ގަބޫލް ނުކުރަން ޔާއި ހުންނާށޭ ކިޔާފައި ކުރިޔަށް ހިނގައިގަތެވެ.
(ނުނިމޭ)
3 Comments!
Comments are closed.

Heiiiii ???❤️❤️❤️❤️
Mi part vsss vrh sali ❤️❤️❤️❤️
Masha Allah keep it up❤️❤️❤️❤️❤️
Feshun Hama vrh sali heekuree vrh reethi stry akah vaane kama❤️❤️❤️❤️❤️ And it is sooo nice as I wish ehehhehe❤️❤️❤️❤️??
Wow these 4 characters ves vrh majaa and cute❤️❤️❤️❤️
Dhen oi baa vrh kiyaa hie vehje❤️❤️❤️❤️❤️
Hope to see next soon❤️❤️❤️❤️
Love u. ❤️❤️❤️❤️
Stay safe and take care ❤️❤️❤️❤️
Eyndha Anonymous akee Ril ingeyyy
Miadu maa varakah Anonymous avalaagen mioleny
Thank you ?Ril?
Ly♥️
Stay safe ☺️♥️