ޝަކުވާ ހިތަށް ކުރެވޭ…1
ދުވެފައި ކަހަލަ ގޮތަކަށް ސްކޫލް ގޭޓް ކައިރީ ހުއްޓުނު ކުއްޖާގެ މޫނު މަތިން ފެންނަމުން ދަނީ ވަރު ބަލި ކަމެވެ. އެޔާއެކު މާޔޫސް ކަން ވެސް މެއެވެ.ސްކޫލް ކައިރީ ތިބި ގިނަ ބައެއްގެ އަމާޒު ވަނީ އެއަންހެން ކުއްޖާއަށް ހުޢްޓިފައެވެ.
އެ އަންހެން ކުއްޖާގެ މައްސަލައަކީ ހަންގަނޑުގެ ކުލަ ގަދަ ވުން ހެއްޔެވެ.؟
ނޫނީ ހިކި ދަނޑި ގަނޑެއް ހެން ދިގަށް ހިކިފައި ހުރުން ހެއްޔެވެ؟
ސްކޫލުގެ ރަނގަބީލުގެ އަޑަށް ހުރިހާ ކުދިން ސްކޫލަށް ވަންނަން ފަށާފިއެވެ.
“ނަދުހާ.. ސާބަހޭ. ތިހާ ހޭބަލި ކޮށްލާފަ ކުލާހަށް ދާން ނޫޅުނަސް ކުލާހަށް ދެވޭނެޔޭ.. ”
އެއީ އެލީޝާ އެވެ. ނަދުހާގެ ހުރި ހަމަ އެކަނި ރަހުމަތް ތެރިޔާއެވެ. އަދި އެންމެ ގަާތް އެކުވެރިޔާ ވެސް މެއެވެ.
ކުލާހަށް ގޮސް ވަނުމަށްފަހު ނަދުހާ ގޮނޑީގައި ހަމަ ޖެހިލިއެވެ. މުޅި ކުލާހަށް ނަޒަރު ހިންގާލިއެވެ.
ބޮޑު ބަންދަކަށް ފަހު ސްކޫލަށް ހާޒިރު ވެވުމުން ހިތަށް އުފާވެރިކަން ލިބުނެވެ. ނަމަވެސް ނަދުހާ ހިތް ނުތަނަވަސްވެ މުޅި މީހާ ދާ ހިއްލާ ފޯ ވާން ފަށައިފިއެވެ.
އަދިވެސް އޭނާގެ ހަނދާނުން އެ ޖުމުލަ ކައްސާ ނުލައެވެ. ހިތުގައި އަބަދަށް އެ ރުންކުރު، ނުރައްކާތެރި ޖުމުލަ ހަރު ލައިފާ ހުންނާނެވެ.
‘ނިހާން’
ދުލުން އެ ލަފުޒު ބޭރުވީ ވަރަށް މަޑުން ނަމަވެސް އެ އަޑު ކައިރީގައި އިން އެލީޝާ އަށް އަޑު އިވުނެވެ.
“ނަދޫ.. ކިހިނެހއް ވީ.. އަނެއްކާވެސް އެއްކަލަ ކަންތައް މަތިން ހަނދާން ވީތަ… ނަދޫ.. އަޅާ ނުލާބަ. އިރާދު ކުރެވިއްޔާ އޭނަ އަކަށް ނަދޫ އަކަށް އެއްވެސް ކަމެއް ނުކުރެވޭނެ…”
އެލީޝާ ބޮޑު ނަސޭހަތެއް ދޭ ހެން ނަދުހާ އަށް ހިތްވަރު ދެމުން ދިޔައެވެ.
“އަޅެ އެލީ ބުނެބަ އަހަރެންގެ ކުށަކީ ކޮބާތަ.؟ އަހަރެން ކަޅު ވުންތަ؟ ނިހާން އަހަރެން ދޫކޮށްލީ އަހަރެންގެ ސިފަ ހުތުރު ވީމަ.. ހަންގަނޑު ކަޅު ވީމް.. އެކަމް އެއީ އަހަރެން ކުރާ ކަމެއް ނޫން ދޯ؟ އެއީ މާތް ﷲ ގެ ކުޅަދުން ވަންތަ ކަން ކަން އޭނަޔަށް ނުވިސްނުނީތީ އަހަރެން ވަރަށް ދެރަވޭ.. ނިހާން އެކަންޏެއް ނޫން ޓީޗާސް ވެސް އަހަރެން ދެކެ ހަމަ އެހާ ރުޅި އާދޭ… އަހަރެން ޓެސްޓުގައި ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިޔަސް ހުންނަނީ މާކްސް އުނި ކޮށްފަ.. އަޅެ މަގޭ ހުންނަލެއް ހުތުރީތަ..؟ އެލީ ބުނެބަ…! ޕްލީޒް. އެންމެން އަހަރެން ދެކެ ފޫހި ވޭ.. އެ ކީއްވެ ތަ.؟ އަހަރެން ގޯހީތަ؟ ބުނެބަލަ އެލީ..؟”
ނަދުހާ ރޮމުން ކަހަލަ ގޮތަކަށް ކިޔާ ނިންމާލިއެވެ.
“ނަދޫ… ބްލެކް ލިވްސް މެޓާ.. ޔޫ އާރ ޕާރފެކްޓް ފޯރ މީ.. ޔޫ ދަ ބެސްޓެސްޓް ފްރެންޑު އެވާ.. އައި ކާނޓް އިމޭޖް އަ ލައިފް ވިތްއައުޓް ޔޫ..”
އެލީޝާގެ ކޮންމެ ޖުމުލަ އަކުން ނަދުހާގެ ހިތަށް ހަމަ ޖެހުން ލިބެމުން ދެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Vrh reethi mashaa Allah mi part ❤️?
When next dear???❤️?❤️?❤️????
Varah Varah reethi.. ❤️❤️?
Waiting for the next part…..
Vvv reethi?❤️
Eagerly waiting for the next part❤️❤️❤️
Vrh reethi ?❤️ waiting for the next part❤️❤️❤️
Varah reethi mi part❤️waiting for next part..
Alheyy haadha kurey mi prt? dhn dhigu kuraathi ehn noonee roan fashaany