Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ތޭވީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 2, 2020 7 Mins Read
12 Comments

“ނިހާން. ކިހިނެތްތަވީ؟ އަހަރެން ކޮޓަރިން ނުކުތް އިރު މިތާ ބިއްލޫރި ފުޅިއަކާ އެއްޗެހި ތެޅިފަ ހުރީ. ލޭ ވެސް ހުރި. އަނެއްކާ ކިހިނެތްވީތަ؟” ނިހާން ގެއަށް ވަނުމުން ޖަމީލާ ނިހާން ގާތަށް ގޮސް ހާސްވާކަމަށް ހެދުނެވެ. “މަށަކަށް ގޮތެއް ނުވޭ. ޒާޔާއަށް ވާނެ ގޮތެއް ވީ.” އިސްދަށަށް ޖަހައިލަމުން ނިހާން ބުނެލިއެވެ. ހަމަ އެވަގުތު ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “ތިނޫން އެހެން ކަމަކާވެސް އަހަރެން ވަރަށް ބޮޑަށް ހާސްވެފަ މި ހުންނަނީ… އެބައޮތް ނިހާނަށް އެއްޗެއް ދައްކާލަންވެފަ.” މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ޖަމީލާ ބުންޏެވެ. “ކޯއްޗެއް؟” ދެބުމަ ގޮށް ޖަހައިލަމުން ނިހާން އެހިއެވެ. އެވަގުތު ސޯފާ ކުރިމަތީ އިން މޭޒުމަތިން ޖަމީލާ އޭނާގެ ފޯނު ނެގިއެވެ.

“ނިހާންބޭ.” ގޭދޮރުމަތިން ފަވާޝަތުގެ އަޑު އިވުމުން ނިހާން ފަސް އެނބުރި ބަލައިލިއެވެ. އެވަގުތު ޖަމީލާގެ އުފާވެރި މޫޑު ވަގުތުން ކެނޑުނެވެ. އެއޮތް މޮޅަށް ނިހާނަށް ހުރިހާ އެއްޗެއް ދައްކަން އުޅުމުން އެންމެ ފަހުން އެކަމުގެ ދޭތެރެއަށް އެ ވަދެގަތީ ފަވާޝަތެވެ. “ކީކޭ ފަވާ؟” ފަވާޝަތު ގާތަށް ގޮސް ފަވާޝަތު ކައިރީ ހުރި އަފްލާހުއަށް ނަޒަރެއް ދެމުން ނިހާން އަހައިލިއެވެ. “ޒާޔާއަށް ގޮވާލަން މި އައީ. ޒާޔާ ބަލިކޮށް އުޅޭ ޚަބަރު ލިބުނީމަ.” ދުރުގައި ހުރި ޖަމީލާއަށް ބަލައިލަމުން ފަވާޝަތު ބުންޏެވެ. ޖަމީލާގެ މޫނުމަތީގެ ކުލަވަރުތައް ދެނެގަތުމުގެ ބޭނުމުގައެވެ.

“މަރުކަޒުގަ ބާއްވާފަ ވީ. ދާންވީނު މަރުކަޒަށް ދޯ!” ޒާޔާ މަރުކަޒުގައި ބާއްވައިފައޭ ބުނުމުން ފަވާޝަތަށް އޭނާގެ އަނގަ މަތީގައި އަތް އަޅައިލެވުނެވެ. “އަސްލުތަ؟ ވަރަށް ބޮޑުވަރުވީތަ އަނެއްކާ؟” ފަވާޝަތުގެ އަޑުގައި އެވަގުތު އެކުލެވިގެންވީ ހިތައިމައިގެ އަސަރެކެވެ. “ނޫން ދެން އެހާ ބޮޑުވަރެއް ނުވޭ…” ނިހާން ފަވާޝަތަށް މިއަދު އޭނާ ގެއަށް އައި ވަގުތު ފެނުނު މަންޒަރުތައް ކިޔައިދިނެވެ. ނިހާން އެ ވާހަކަތައް ކިޔައިދީ ނިމުމާއިއެކުހެން ފަވާޝަތަށް ބަލައިލެވުނީ ޖަމީލާއާއި ދިމާލަށެވެ. އެވަގުތު ޖަމީލާ ނޫން ކަމަށް ހަދައިފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފަވާޝަތަށް ވަގުތުން މިއީ ޖަމީލާގެ ކަމެއްކަން ޔަޤީނާއި ގާތްކުރެވުނެވެ. “ޝުކުރިއްޔާ ނިހާންބޭ. އަހަރެމެން މި ދަނީ.” ނިހާނަށް ހިނިތުންވެލަމުން ފަވާޝަތު އަފްލާހުއާއި އެކީ އެ ގެއިން ނުކުތެވެ.

“ހަމަ ހުވާ މި ބުނީ.. މަށަށް ޔަގީން އެއީ އެ ޖަމީލާގެ ކަމެއްކަން.” މަގުމަތީ ހިނގަމުން ދިޔައިރުވެސް ފަވާޝަތުގެ ރުޅި މަޑުނުވެއެވެ. “ފަވާ. ކާމް ޑައުން.” އަފްލާހް މަސައްކަތް ކުރަމުން ދިޔައީ ފަވާޝަތު ހަމައަކަށް އެޅުވޭތޯއެވެ. “ކިހިނެތްތަ ކާމް ޑައުން ވާނީ؟ އެހުރީ ވިއްޔަ ޒާޔާއަށް ހަދާލި ގޮތް އެ ޖަމީލާ ގަނޑު.” ފަވާޝަތުގެ އަޑު މިފަހަރު ކުރިއަށްވުރެ މާ ބާރެވެ. މަގުމަތިން ދިޔަ ކިތަންމެ ބައެއްގެ ނަޒަރު ފަވާޝަތަށް އަމާޒުވަމުން ދިޔައެވެ. އެހެނަސް އައިއްސައި ހުރި ގަދަ ރުޅިގަނޑެއްގެ ސަބަބުން ފަވާޝަތަށް އެކަމުން މާކަ ބޮޑު އަސަރެއް ނުކުރިއެވެ. “ފަވާ ޖަސްޓް ޗިލް. ތިހެން ހަޅޭއްލަވަމުން ގޮސް އެންމެ ފަހުން ނުބައި ބަހެއްވެސް ކީދާނެ. ލަރން ޓު ކޮންޓްރޯލް ޔުއަރ އޭންގަރ ޕްލީޒް.” ހިނގުން ހުއްޓައިލައި ފަވާޝަތުގެ ދެކޮނޑުގައި ހިފަހައްޓަމުން އާދޭހުގެ ރާގަކަށް އަފްލާހު ބުންޏެވެ. ފަވާޝަތު ދެތިން ފަހަރު ފުން ނޭވައެއް ދޫކޮށްލައި އަމިއްލައަށް ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވުމުން ފަވާޝަތު އަފްލާހުއަށް ބަލައިލައި ހިނިތުންވެލިއެވެ. އެއަށްފަހު އަނެއްކާވެސް ދެމީހުން އެކުގައި މަރުކަޒާއި ދިމާލަށް ދާން ހިނގައިގަތެވެ.

ފޯނުގައި ބާރަކަށް ހިފަހައްޓައިގެން ހުރެ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ޖަމީލާ ހިނގަމުން ދިޔައެވެ. އޭނާ އެ ވިސްނަނީ އެ އެއްޗެހި ނިހާނަށް ދައްކާނެ ގޮތަކާއި މެދުގައެވެ. ފުރަތަމަ ފަވާޝަތުގެ ސަބަބުން އެކަން ކާމިޔާބުނުވެފައި ވީއިރު އަނެއްކާ އެ ދައްކަން އުޅުނު ވަގުތު ނިހާން އެ ދިޔައީ މިސްކިތަށެވެ. ކުއްލިއަކަށް މޮޅު ޚިޔާލެއް ލިބުނު ފަދައަކުން ޖަމީލާއަށް ހުރިތާ ހުއްޓެވުނެވެ. ފޯނު ހުޅުވައި ނަމްބަރުތަކަށް ފިތައިލަމުން ޖަމީލާ ފޯނު ކަންފަތުގައި ޖައްސައިލިއެވެ. މާ ގިނައިރުތަކެއް ނުވެ އެކޮޅުން ފޯނު ނެގުމުން ދެފަރާތުން ސިއްރު ވާހަކަތަކެއް ޚިއްޞާ ކުރެވިގެން ދިޔައެވެ. މިނެޓްތަކެއް ވަންދެން ފޯނުން ދެފަރާތުން ސައްލާ ކުރަން ތިއްބެވެ. “ހަހަހަހަ…” ފޯނު ކަނޑައިލަމުން ޖަމީލާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނާ ކުރަން މިއުޅޭ ކަންތައް ވަރަށް އަވަހަށް ނިިމެން ގާތްވެއްޖެކަން އެނގުމުން ޖަމީލާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ވިހަ ހިނިތުންވުމެކެވެ.

ފަވާޝަތުމެން މަރުކަޒަށް ދިޔައިރު އެތާ ތިބި ނަރުހުން އެމީހުން ޒާޔާ ކައިރިއަށް ވަންނަން ހުއްދައެއް ނުދިނެވެ. ސަބަބަކަށްވީ އެމީހުން ޒާޔާ ނިންދަވައިފައިވުމުންނެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ދެން ޒާޔާ ކައިރިއަށް ނުވަދެވޭނެކަމަށް އަފްލާހް ބުނުމުން ފަވާޝަތުވެސް އެންމެ ފަހުން ޚަތިޔާރު ބަހައްޓައި އަފްލާހުއާއިއެކީ ގެއަށް ދިޔައެވެ.

“ޒާޔާ.. ކަލޭ ތީ ހާދަ ގޮތެއް ނެތް އަންހެން ކުއްޖެކޭ. މަ ހީވެސް ނުކުރަން ކަލޭ މިވަރުގެ ކަމެއް ކޮށްފާނެކަމަކަށް. ތީތަ ކަލެއަށް އަހަރެން ދިން ތަރުބިއްޔަތަކީ؟ ކަލޭގެ މަންމަ ދިން ތަރުބިއްޔަތަކީ؟ އޭނ…. ބުނަން. މީގެ ފަހުން ކަލޭ މަށަށް ބައްްޕަ ކިޔައިގެން ނުވާނެ.. ކަލޭގެ ބައްޕަ ކަލެއަށް މަރުވެއްޖި!” އިވުނީ ނިހާންގެ ރުޅިވެރިކަމުން ފުރިގެންވި އަޑެވެ. ނިހާން ޒާޔާ އާއި ދިމާލަށް ހަޅޭއްލަވައި އެއްޗެހި ގޮވަމުން ދިޔައިރު ޒާޔާއަށް ދިޔައީ ގިސްލައި ރޮވެމުންނެވެ. ޒާޔާގެ ބައްޕަ އެންމެ ފަހުން ބުނެލި ދެ ޖުމުލައިން ޒާޔާއަށް ހީވީ އޭނާގެ ކަންފަތް ބައްވީހެނެވެ. ނިހާން ބާރަކަށް ޒާޔާ ފަސްދީ ދާން ހިނގައިގަތުމުން ޒާޔާއަށް ބާރަކަށް ރޮއެގަނެވުނެވެ.

“ނޫން ބައްޕާ!” ލުއްކެއް ޖަހައި ޒާޔާއަށް އޮތްތަނުން ތެދުވެވުނެވެ. އޭރުވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ވަރޑު އޭސީ ކުރެވިފައިވިއެއްކަމަކު ޒާޔާ ވަނީ އެއްކޮށް ދާހިތްލައިފައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކާއިއެކު ޒާޔާއަށް ވަގުތުކޮޅަކަށް ހުއްޓުން އަރައިފައި އިނދެވުނެވެ. ވަރޑުގެ ވަށައިގެން ނަޒަރެއް ދެވުމާއިއެކު ޒާޔާއަށް މި ފެނުނީ ހުވަފެނެއްކަން އޭނާއަށް ރޭކައިލައިފިއެވެ. ހަމަ އެވަގުތު ޒާޔާއަށް ނިދީގައި އޮވެ ރޮވުނުވަރަށްވުރެ ބޮޑަށް ރޮއެގަނެވުނެވެ.

ރޮމުންވެސް ޒާޔާ ހިތާއި ހިތުން ދުޢާކުރަމުން ދިޔައީ އޭނާއަށް މި ފެނުނު ހުވަފެން ޙަޤީޤަތަކަށް ނުވުމަށް އެދިއެވެ. ހުވަފެނަކީ ބިލާހެކޭ ބުނާ އަޑު ޒާޔާ އަބަދުވެސް އަހައެވެ. އެހެނަސް ބައެއްފަހަރު ފެންނަ އެގޮތަށް ފެންނަ ހުވަފެންތައް ޙަޤީޤަތަކަށް ވާ ފަހަރުވެސް އާދެއެވެ. ޒާޔާއަށް ދެންމެ އެ ފެނުނު ހުވަފެން ޙަޤީޤަތަކަށް ވެއްޖެނަމަ ވާނީ ކިހިނެތްބާވައެވެ؟ ޒާޔާގެ ބައްޕަ މުޅި އުމުރަށް ޒާޔާއަށް ގެއްލޭނީ ބާވައެވެ؟ ޒާޔާގެ މުސްތަޤްބަލް އެއްކޮށް އަނދިރިވެގެން ދާނީބާވައެވެ؟ ޒާޔާގެ ކިޔެވުން އެއްކޮށް ހުއްޓޭނީ ހެއްޔެވެ؟

ޒާޔާ މާ ބާރަކަށް ރޯ އަޑު އިވިގެން ވަރޑުގެ ދޮރުމަތީ ހުރި ނަރުސްކުއްޖާ އެތެރެއަށްވަދެ ޒާޔާ ގާތަށް ދިޔައެވެ. އަދި ވަރަށް ލޯބިން ޒާޔާގެ ބުރަކަށީގައި ފިރުމައިލަމުން ކިހިނެތްވީތޯ ސުވާލުކުރިއެވެ. “ބައްޕަ ގެނެސްދީ..” ޒާޔާ ރޮމުން ރޮމުން ބުންޏެވެ. ޒުވާން އުމުރަށް އަޅައިފައި ހުރި ކުއްޖަކު މިގޮތަށް އޭނާގެ ބައްޕަ އޭނާ ކައިރިއަށް ގެނެސްދޭށޭ ބުނުމުން ނަރުސް ކުއްޖާ ޙައިރާންވާ ގޮތްވިއެވެ. މިއީ ފުރާވަރުގެ އެހެނިހެން ކުދިންގެ ފަރާތުން ނަރުސް ކުއްޖާއަށް ފެނިފައިވާ ޢަމަލަކަށް ނުވާތީއެވެ. “އެންމެ ރަނގަޅު. ނުރޮއެ ހުއްޓާލާ އިނގޭ. އެބަ ބަލަން ބައްޕައަށް ގުޅޭތޯ.” ނަރުސް ކުއްޖާ ދެންވެސް ޒާޔާގެ ބުރަކަށީގައި ފިރުމައިލަމުން ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. ޒާޔާގެ ރުއިން ތަންކޮޅެއް މަޑުވުމުން ނަރުސް ކުއްޖާ ވަރޑުން ނުކުމެ ރިސެޕްޝަނަށް ގޮސް ޒާޔާގެ ބައްޕައަށް ގުޅޭތޯ ބެލިއެވެ.

ނަމާދުން ނިމިގެން ގެއަށް އައިސް ވަތް ނިހާނަށް ހުއްޓެވުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ޖީބުން ފޯނު ނަގައިފައި ބަލައިލިއިރު ގުޅަނީ ސިއްޚީ މަރުކަޒުންނެވެ. ނިހާނަށް އަވަސް އަވަހަށް އެ ކޯލް ރިސީވްކުރެވުނީ އަނެއްކާވެސް ޒާޔާއަށް ބޮޑުކަމެއް ވީ ކަމަށް ހީކޮށްފައެވެ. “އައްސަލާމް ޢަލައިކުމް. ތިބޭފުޅާގެ ދަރިފުޅު މިވަގުތު ތިބޭފުޅާ ސިއްޚީ މަރުކަޒަށް ދުރުވާން އެދިލައްވާތީވެ މިކޮޅުން މި ގުޅާލީ.” އެކޮޅުން އެހެން ބުނިއިރަށް ނިހާން މި ދަނީ އޭ ބުނެ ފޯނު ކަނޑައިލިއެވެ. ރޭގަނޑުގެ ކެއުން ވެސް ލަސްކޮށްލައިފައި ނިހާން ސިއްޚީ މަރުކަޒަށް އެ ދިޔައީ އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައެވެ. ނިހާން ބޭނުމިއްޔާ އެވަގުތުވެސް ނިހާނަށް ކައިގެން މަރުކަޒަށް ދާން މަޑުކުރެވިދާނެއެވެ. އެހެނަސް އެއަށްވުރެ ބޮޑަށް ނިހާން ޒާޔާ ދެކެ ލޯބިވެއެވެ.

“ކިހިނެތްވީ ދަރިފުޅާ؟” މޫނުމަތީ އަތް އަޅައިގެން އިން ޒާޔާއަށް ދާދި ގާތުން ނިހާންގެ އަޑު އިވުމުން އޭނާގެ މޫނުން ދެއަތް ވަކިކޮށްލިއެވެ. އެއާއިއެކު އަނެއްކާވެސް ނިހާނަށް ފެނިގެން ދިޔައީ ޒާޔާގެ ދެލޯ ކުރިއެކޭވެސް އެއްފަދައިން ދުޅަވެފައި ހުރި މަންޒަރެވެ. މިފަހަރު އެ ދެލޯ ދުޅަވެފައިވީ ހުމުގެ ސަބަބުން ނޫންކަން ނިހާނަށް ވަރަށް ރަނގަޅަށް އެނގުނެވެ. ޒާޔާގެ މޫނަށް ބަލައިލިޔަސް އޭނާ އެހުރީ ވަރަށް ބޮޑަށް ރޮއެފައިކަން އެނގެއެވެ.

ނިހާން އެހެން އިންދައި އަނެއްކާވެސް ޒާޔާގެ ދެލޮލުން ހޯސް ލައިފައި ކަރުނަތައް ފައިބައިގަތެވެ. ނިހާންގެ ހިތުގައި ވަގުތުން ސުވާލު ބޮނޑިތަކެއް އުފެދުނެވެ. “ކީއްވެ ތި ރޮނީ ދަރިފުޅާ؟ ބުނެބަލަ ބައްޕަ ގާތުގަ.” ޒާޔާގެ ދަތްދޮޅީގައި ހިފައިލަމުން ނިހާން އަހައިލިއެވެ. ޒާޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވިއެއްކަމަކު އޭނާގެ ދުލުން އެންމެ ލަފްޒެއްގެ މިންވަރުވެސް ބޭރެއް ނުވިއެވެ. ކިތަންމެ ބުނަން ބޭނުންވިޔަސް ޒާޔާއަށް ފެނުނު ހުވަފެނުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކޮށްފައިވުމުން ހަމަ ހިތުގައި ޖެހި ރޮވެނީއެވެ.

“ދަރިފުޅާ. ބައްޕަ ވަރަށް ބިރުގަންނަން ފަށައިފި. ބުނޭ ދަރިފުޅާ.. ކިހިނެތްތަވީ ތިވަރަކަށް ތި ރޮނީ؟ މީހަކު ކަމެއް ކުރީތަ އަނެއްކާ؟” ނިހާން ފަހު ސުވާލުކޮށްލުމާއިއެކީ ޒާޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ. “ދެން؟”

“ބައްޕާ! އަޅުގަނޑު ބިރުގަންނަނީ. ހީވަނީ ބައްޕަ އަޅުގަނޑު ދޫކޮށްލާފަ ދާން އުޅޭހެން.” މިނެޓްތަކެއް ވަންދެން ރޯން އިނުމަށްފަހު ޒާޔާ ވަރަށް ހިތްވަރުކޮށްފައި އޭނާއަށް ވަމުން ދިޔަ ގޮތްތައް ނިހާނާއި ޚިއްޞާ ކުރިއެވެ. ކުއްލިއަކަށް ޒާޔާގެ ފަރާތުން އެކަހަލަ ވާހަކައެއް އިވުމުން ނިހާން ޙައިރާންވާގޮތްވިއެވެ. މިއީ ދުވަހަކުވެސް ޒާޔާ އުޅުނު ގޮތެއް ނޫނެވެ. ދުވަހަކުވެސް ޒާޔާ ބުނެފައިވާ ވާހަކައެއް ނޫނެވެ. އަނެއްކާ ޒާޔާ މާ ބޮޑަށް ބަލިވީ ބާވައެވެ؟

“ތީ ދުވަހަކުވެސް ނުވާނެ ކަމެއް ދަރިފުޅާ.. ދެން ތިކަހަލަ ވާހަކަ ނުދައްކައްޗޭ. ދަރިފުޅު ބަލިވީމަ މާ ބޮޑަށް ވިސްނަނީ ތި. ތިކަހަލަ ބޭކާރު ވިސްނުންތައް ނުވިސްނާ.” ނިހާން ޒާޔާގެ ބޯ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. އެއާއިއެކު ޒާޔާގެ ގިސްލުމުގެ އަޑު ތަންކޮޅެއް ބާރުވިއެވެ. ނިހާންވެސް އިނީ ކެތްނުކުރެވޭ ހިސާބަށް ގޮސްފައެވެ. އޭނާގެ ދަރިފުޅު ބަލިވެގެން ގޮސް މި ޙާލާތަށް އައިސްދާނެއެކޭ ފަހަރެއްގައިވެސް ނިހާންގެ ހިތަކަށް ނާރައެވެ. “ބައްޕާ އަހަރެން ދޫކޮށްލަންދެން ބައްޕަ ހުރެދޭނަންތަ މިތަނުގަ؟ ޕްލީޒް.” ނިހާންއާއި ދުރުވެލައި ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން ޒާޔާ އަހައިލިއެވެ. “ހްމްމް ބައްޕަ ހުންނާނަށް މިތާ ދަރިފުޅު ކައިރީގަ… ދެން ކުޑަކޮށް އަރާމުކޮށްލާ.” ޒާޔާ އޮށޯތުމާއިއެކު ނިހާން އޭނާގެ ފޯނު ނަގައި އޭގެން ޤުރްއާން ޕްލޭކޮށް ޒާޔާގެ ކަންފަތް ދޮށުގައި ފޯނު ބައިއްވައިލިއެވެ. ނިހާން އެގޮތަށް ކަންތައް ކުރީ، އެގޮތަށް ހެދުމުން އޭނާގެ ހިތަށާއި އޭނާގެ ދަރިފުޅުގެ ހިތަށް ހަމަޖެހުން ލިބޭނެކަމުގެ ޔަޤީންކަން އޮތީމައެވެ.

“މަލަައިކާ!” ކުޑަވަރެއްގެ ޖަލުގޮޅިއެއްގެ ތެރެއިން މާލިކު މަލައިކާއަށް ގޮވައިލިއެވެ. ގަނޑުވަރުތެރެއަށް ވަދެވުނު މަލައިިކާއަށް އޭނާގެ އިޚްތިޔާރުން ބޭރުގައި އެ ޖަލު ގޮޅިއާއި ދިމާލަށް ދުއްވައިގަނެވުނެވެ.

“ބައްޕާ!” އެ ގޮޅިތެރޭގައި މާލިކު އޮތްގޮތް ފެނުމުން މަލައިކާއަށް ވީގޮތްވެސް ނޭނގުނެވެ. މާލިކު އެ ގޮޅީގެ ކަނަކަށް ވާގޮތަށް އިށީންދެގެން އިން އިރު މާލިކުގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ހުރިހެނެއް ހިއެއް ނުވެއެވެ. ބަލާބެލުމަށް މާލިކަށް ލިބިފައިވާ ބާރުތައް ވަނީ އޭނާ އަތުން އަތުލެވިފައެވެ. “ބައްޕައަށް ކިހިނެތް ހަދާފަ މިއޮތީ؟” މަލައިކާއަށް ހުރީ ރޮވިފައެވެ. އޭރު މަލްހާ ދުރުގައި ހުރެގެން ނުބައި ވައްތަރަކަށް ހެމުން ގެންދިޔައެވެ.

“ކަލޭގެ ބައްޕައަށް ލިބެން ޖެހޭ ހައްގު އަދަބު ތިއޮތީ ދީފަ. އޭނާގެ ހުރިހާ ބާރެއްވެސް މިހާރު ހުންނާނީ މަގޭ އަތުގަ. މި ގަނޑުވަރަކީ މިހާރު މާލިކުގެ ތަނެއް ނޫން. މީ މިހާރު އަހަރެންގެ މިލްކެއް.. ހަހަހަހަ..” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން މަލްހާ އޭނާގެ އަތުން މަލައިކާގެ އަތު މުލައްދަނޑީގައި ހިފެހެއްޓިއެވެ. އެވަގުތު އެދިމާ ރަން އައްޔަކުން ދިއްލި އަލިތަކެއް ނުކުންނަން ފެށިއެވެ. އެ ހުރިހާ އެއްޗެއް ވަންނަމުން ދިޔައީ މަލްހާގެ އަތްތިލައިގެ ތެރެއަށެވެ. މަލްހާ އެ ހުރިހާ އެއްޗެއް ނަގަމުން ދިޔައިރު މަލައިކާ ދިޔައީ މަލްހާގެ ކިބައިން ސަލާމަތްވުމަށް ގަދަ ހަދަމުންނެވެ. އެހެނަސް މިހާރު މަލްހާގެ ބާރު މާ ވަރުގަދަވެފައިވުމުން މަލައިކާއަށް މަލްހާގެ ކިބައިން ސަލާމަތްވެވޭނެ ގޮތެއް ނުވިއެވެ. ހުރިހާ ބާރުތަކެއްހެން މަލައިކާގެ ހަށިގަނޑުން ވަކިވުމާއިއެކު މަލައިކާގެ ގައިން ވަރު ދޫވެގެން އޭނާ ބިންމައްޗަށް ވެއްޓުނެވެ. މަލްހާ ދުރުގައި ތިބި ޖިންނީންގެ ބަޔަކަށް އިޝާރާތް ކޮށްލުމާއިއެކު އެމީހުން މަލައިކާ ދަމައިފައި ގެންގޮސް މަލަކާ ބާއްވައިފައި އޮތް ކުޑަގޮޅި އާއި ޖެހިގެން ހުރި ކުޑަގޮޅިއަށް އެއްލައިލިއެވެ.

ކިބުރުވެރިކަމުން ފުރިގެންވި ހިނިތުންވުމަކާއިއެކު މަލްހާ އޭނާ ދިރިއުޅޭ ކޮޓަރިކޮޅަށް ދިޔައެވެ. ބާރުގެ ބޭނުންކޮށްލައިގެން މަލްހާ ދިޔައީ އޭނާގެ ކޮޓަރި އޭނާ އެންމެ ބޭނުންވާވަރަށް ޒީޏަތްތެރިކުރަމުންނެވެ. ކުރިއާއި ޚިލާފަށް މިފަހަރު މަލްހާގެ ހަށިގަނޑުގެ ކޮންމެވެސް ދިމާލަކުން ތަދުވާކަމުގެ އިޙުސާސް ކުރެވެމުން ދިޔައެވެ. މަލްހާ އެއަކަށް ފަރުވާލެއް ނުބަހައްޓައި އޭނާ ބޭނުންވީ އޭނާއަށް ލިބިފައިވި ބާރުގެ ބޭނުން ކޮށްލާށެވެ. އޭނާގެ އަމިއްލަ ކޮޓަރިކޮޅާއި މެދު ފަޚުރުވެރިވާ ޙާލު މަލްހާއަށް ނޭނގުނު ކަމަކީ މި އެއްޗިއްސަކީ ދާއިމަށް ހުންނާނެ އެއްޗިއްސެއް ނޫންކަމެވެ. އޭނާގެ ހަށިގަނޑުން އެ އިޙުސާސްވި ތަދު ދުވަހެއް ދުވަހަކަށް ބޮޑުވެ ވޭނަކަށްވާނޭކަމެވެ. ބާރުތަކަށް ވެފައިވާ ދަހިވެތިކަމެއްގެ ސަބަބުން މަލްހާ މަލައިކާގެ ބާރުތައް އަތުލިއިރު މަލައިކާއަށް ލިބިފައިވާ ބާރުތަކަކީ ކިހާ ބާރުގަދަ އެއްޗެހިތަކެއްކަމެއް މަލްހާއަކަށް ރޭކައިނުލައެވެ.

ހެނދުނުގެ ހަމަހިމޭން ވަގުތެވެ. އުޑުމަތި ސާފުކޮށް ފެންނަން އޮތްއިރު ވައި ޖެހެމުން އާދައިގެ މިނެއްގައެވެ. ކަނޑުވެސް ފާންކޮށް އޮވެފައި ސާފު ބިއްލޫރިކޮޅެއް ފަދައެވެ. އުޑާއި ކަނޑުވެސް ވަކިނުވާހާ މިންވަރަށް މިއަދު ކަނޑު މަޑެވެ. ހެނދުނުގެ މި ހިތްގައިމު ވަގުތު ރަށުތެރެއަށް ވެރިވެފައިވި ހަމަހިމޭންކަން އެއްކޮށް ނެތި ދިޔައީ ރަށުން ފުރާ ލޯންޗް ސްޓާޓް ކޮށްލުމާއިއެކީގައެވެ. ލޯންޗް މަޑުމަޑުން ދުއްވައިލައިފައި ނެރުން ބޭރުވުމާއިއެކު ކަނޑުގެ ލޮނުގަނޑު ކަފަކަފައިފައި ކުރިއަށްވުރެވެސް ބާރަށް ލޯންޗް ދުއްވައިލިއެވެ.

“ވަރަށް ހަނދާންވާނެ އަފްލާހް މަތިން..” ލޯންޗު ގޮސް ލޮލުކޮޅަށް އޮބައިލުމާއިއެކު އިސްޖެހިފައި އިނދެ އާލިޔާ ބުންޏެވެ. “އަހަރެންވެސް. އެކަމަކު މިހާރު އަފްލާހުބެ ގޮސްގެން އަހަރެން ފޫއްސެއްނުވާނެ.” ފަވާޝަތު އެބުނި ޖުމުލަ ފަހުމް ވުމާއިއެކު އާލިޔާއަށް ހިނިތުންވެލެވުނެވެ. އާލިޔާ މިއަދު އޭނާއަށް އެކަހަލަ ރަނގަޅު ބޮޑުދައިތަ ދަރިޔަކު ދެއްވީތީ ޝުކުރުވެރިވެއެވެ. ފަވާޝަތު ނޫންނަމަ މިއަދު އޭނާއަކީ ޙަޤީޤަތުގައިވެސް އިޞްލާޙުވެފައިވި މީހެއްކަން އެކަކުވެސް ޤަބޫލެއްނުކުރާނެކަން އާލިޔާއަށް އެނގެއެވެ. ސަބަބަކީ އޭނާއަށް ކުރިން އުޅެވުނު ވިޔާނުދާ އުޅުމެވެ.

“ބޮޑުދައިތާ ބަލާބަ. ބޯއްޓެއް އެއޮއް ދަނީ.” އުޑުމައްޗަށް އިޝާރާތްކުރަމުން ފަވާޝަތު ބުންޏެވެ. އާލިޔާ ބޯއްޓު ދާތަން ބަލަން އިނދެފައި އަނެއްކާވެސް ފަވާޝަތަށް ބަލައިލިއެވެ. “އަހަރެން ބޭނުންވަނީ އަހަރެން ކިޔަވާނިމުނީމަ އަހަންނާ ބޮޑުދައިތަޔާ އަފްލާހުބެއާ ތިންމީހުން ރާއްޖެއިން ބޭރަށް ދާން.” ފަވާޝަތު އޭނާ ދެކެމުން އަންނަ ހުވަފެން އާލިޔާއާއި ޚިއްޞާކުރިއެވެ. “އިންޝާﷲ ދެވޭނެ… ކޮބާ ދެން ޒާޔާއާ ބައްދަލުވިތަ؟” ޒާޔާގެ ވާހަކަ އެހުމުން ފަވާޝަތުގެ މޫނަށް ވަގުތުން ހިތައިމައިގެ ކުލަވަރުތައް ވެރިވިއެވެ. “ނުވޭ.. މިއަދު އޭނަ ގެއަށް ދޫކޮށްލާނެކަމަށް އިވިފަ އޮތީ. މިރޭ ގޮސްލާނީ ޒާޔާ ގާތަށް.” އާލިޔާ އާއި ފަވާޝަތު އިރުކޮޅަކު ބަނދަރުގެ ހިތްފަސޭހަ މާޙައުލުގައި ތިބުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ.

“މަރުހަބާ.” ޒާޔާއަށް ގެއަށް ވަދެވުމާއިއެކު ޖަމީލާ މަރުޙަބާ ކިިޔައިލިއެވެ. ޒާޔާ ގާތުގައި ހުރި ނިހާން ލުއިގޮތަކަށް ހިނިތުންވެލިއިރު ޒާޔާއަށް ފާޑަކަށް އުނދަގޫވީއެވެ. ހީވަނީ ވަރަށް ބޮޑު ކަންތައްގަނޑަކަށް ޖަމީލާ ޒާޔާއަށް މަރުޙަބާ ކިޔައިލިހެނެވެ.

“ހިނގާ ސައިބޯން. ހުންނާނެ ސައި ހަދާފަ.” ޖަމީލާގެ ފަހަތުން ނިހާނާއި ޒާޔާ ބަދިގެއަށް ވަނެވެ. ޒާޔާ އިނީ ކާހިތް ނުވެފައެވެ. ޖަމީލާ އަކީ ކާކުކަން އެނގުނު ދުވަހުން ފެށިގެން ޖަމީލާ ހަދާ އެއްވެސް ކާ އެއްޗެއް ޒާޔާގެ އަރުތެރެއިން އެތެރެވުމަކީ މިހާރު އުނދަގޫކަމެކެވެ. “ބައްޕާ. އަޅުގަނޑު ބޭނުން ރެސްޓް ކޮށްލަން އަދި. ފަހުން ސައިބޯނަން.” ޒާޔާ އެހެން ބުނެ އެތަނުން ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ޒާޔާ ކޮޓަރިއަށް ދިޔަ ވަގުތު ޖަމީލާ އިނީ ނުބައި ވައްތަރަކަށް ޒާޔާއަށް ބަލަހައްޓައިގެނެވެ. އޭނާގެ ތޫނު ދެލޯ އަމާޒުވެފައިވީ ޒާޔާގެ ބޮލުގައި އެޅިފައިވި ބެންޑޭޖުގަނޑަށެވެ. ޖަމީލާ ބޭނުންވީ އެ ބެންޑޭޖުގަނޑު ޒާޔާގެ ބޮލުން ނައްޓައިލައި އަދިވެސް އިތުރު އަނިޔާތަކެއް ޒާޔާއަށް ދޭށެވެ. އެހެނަސް ނިހާން އިނުމުގެ ސަބަބުން ޖަމީލާ އިނީ ކެތްކޮށްލައިގެނެވެ.

“އަހަރެން މި ދަނީ ޑިއުޓީއަށް. އަހަރެން އަންނަންދެން ޒާޔާއަށް ރަނގަޅަށް ބަލާތި!” ނިހާން މިފަހަރު އެހެން ބުނެލީ ތަންކޮޅެއް ހަރުކަށި ރާގެއްގައެވެ. ނިހާން އެތަނުން ދިޔައިރުވެސް ޖަމީލާ ޒާޔާ ބަލައިދޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އޭނާގެ ހިތުގައި ނުވިއެވެ. އެހެންކަމުން ނިހާން ދިޔައީ އުނދޯލީގައި އިން ލިލިއަން ގާތުގައިވެސް ޒާޔާ ބަލައިދިނުމަށް އެދިފައެވެ.

ނިހާން ނުކުތުމާއިއެކު ޖަމީލާ އޭނާގެ ފޯނު ނަގައި އެއްކަލަ ނަމްބަރަށް ގުޅައިލިއެވެ. އަދި އޭނާ ފޮނުވި ހުރިހާ ފޮޓޯތައް އެމީހާ ގެންގުޅޭ ފޭސްބޫކް ޕޭޖަށް ލައިދޭން އެދުނެވެ. އަދި ވީހާވެސް ގިނަ މީހުނަށް ޚިއްޞާ ކުރަން ބުނެ ޕޯސްޓުގައި ލިޔަންވީ އެއްޗެހިވެސް ޖަމީލާ އެމީހާއަށް ކިޔައިދިނެވެ.

“ހަހަހަހަ… ބަލަން ހުރޭ. އިން އަ ފިއު ސެކެންޑްސް ޒާޔާގެ މުޅި ދިރިއުޅުން އެއްކޮށް….. ރުއިންޑް…. ހަހަަހަހަ.. ކްލެވަރ ޖަމީލާ.” ކުރެވުނު ކަންތަކާއި މެދު ފަޚުރުވެރިވެފައިވާ ޙާލު ޖަމީލާ ނުލަފާ ވައްތަރަކަށް ހިނިތުންވެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ރާނީ

Next

ޝަކުވާ ހިތަށް ކުރެވޭ…1

Next
September 2, 2020

ޝަކުވާ ހިތަށް ކުރެވޭ…1

Previews
September 2, 2020

ރާނީ

12 Comments!

  1. Dhonthyge fan❤️?❤️? says:
    September 2, 2020 at 6:33 pm

    Goshhhhhh!!!!!!! Haadha reehcheyyy mi bai vessss…. SERIOUS koh haadha molheyy vrhka liyan maashaa allah…. Wish u best of luck for next part… N thankxxx for uploading thiss part… Stay home n stay safe……

    1. Dhonthy says:
      September 3, 2020 at 2:51 pm

      My fan 🙂 🙂 🙂 Thank you so much dear. It means a lot. Stay home and stay safe <3 <3

  2. Niuko says:
    September 2, 2020 at 8:36 pm

    Dhonthy alhe zayaa e varah nurohvaa ..e jameelaa ah landeh dheyn ulhebala …
    Curious to read next part .. Masha Allah dhonthii haadha molhey mikahala story liyann.. keeel it up ??
    Stay home
    Stay safe
    Love you ?

    1. Dhonthy says:
      September 3, 2020 at 2:52 pm

      Niuko 🙂 🙂 🙂 Thank you so much dear. It means a lot. And keep waiting for the next episode. Love you too and stay safe <3 <3 <3 <3

  3. Noo_ra says:
    September 2, 2020 at 9:14 pm

    Varah Varah reethi mi part ves.. ❤️❤️?
    Waiting for the next part… ??
    Stay home??…
    Stay safe ❤️

    1. Dhonthy says:
      September 3, 2020 at 2:53 pm

      Noo_ra 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode. Stay home and stay safe <3 <3 <3 <3

  4. Ram says:
    September 2, 2020 at 9:43 pm

    Maasha allah vvv reethi mibai vess?????

    1. Dhonthy says:
      September 3, 2020 at 2:54 pm

      Ram 🙂 🙂 🙂 Thank you so much dear <3 <3 <3

  5. R¥N says:
    September 3, 2020 at 8:26 am

    ❤️❤️❤️Maasha Allah ❤️❤️❤️
    ❤️❤️❤️Dhonthy varah varah reethi mi part ves❤️❤️❤️waiting for the next part ❤️❤️
    ❤️❤️❤️Lysssmm ❤️❤️❤️
    ❤️❤️Tc ❤️❤️
    ❤️❤️Stay safe ❤️❤️

    1. Dhonthy says:
      September 3, 2020 at 2:55 pm

      Ryn 🙂 🙂 🙂 Thank you so much dear. It really means a lot. And yes! Keep waiting for the next episode 😀 😀 😀 Love you too and stay safe <3 <3 <3 <3 <3 Take care <3 <3 <3 <3

  6. Sadha says:
    September 3, 2020 at 6:35 pm

    Mi part v vrh vrh vrh vrh vrh salhi…. mi jameela ulhey gotheh dhw… mihaar aailya v rangalhu vehje gaimu dhn jameela vx rangalhu vaanama… mi oart vx hama habeys as usual??

    1. Dhonthy says:
      September 4, 2020 at 1:01 pm

      Sadha 😀 😀 😀 Thank you so much dear ^_^ Jameelaa kihineiy rangalhuwaanee kamakau fai vidhdhaalaafa hunna iru dhw 😛 😛 😛 😛 😉 Once again thank you so much Sadha <3 <3 <3 <3

Comments are closed.

Next Episodeޒާޔާ (ސައުވީސްވަނަ ބައި)←


All Right Reserved!