” ދަރިފުޅާ އަހޫ ނާޔާ ރިސީވް ކުރަން ދާން ވާނެ އިނގޭ ކޮބާ ކޮއްކޮ؟؟” އަސްމާ އޭނާގެ ދޮށީ ދަރިފުޅު ކައިރި ބުނަމުން ހަގު ދަރިފުޅު ރިއާޝް ކޮބާތޯ އެއްސެވެ.
********************************
” އޯހް ހްމް މަންމަގެ ބެސްޓްްފްރެންޑްގެ ދަރިފުޅު ދޯ ނާޔާ އެއީ؟” އަހުޝަމް އޭނާގެ މަންމަ އޭނާއަށް ކިޔައިދީފައި ހުރި ވާހަކަ ތައް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އެއާއެކު ރީތި ހިނިތުންވުމަކާއެކު އަސްމާ ބޯޖަހާލިއިރު އެ ދެލޮލުން ނާޔާ ދުށުމަށް ކެތްމަދުވެފައިވާ ކަމުގެ ވިދުވަރެއް ފެނިލިއެވެ. ” ކޮބާތަ އެ ރިއާޝް އަޅެ” އަސްމާ އޭނާގެ ހަގު ދަރިފުޅުގެ ހިލަމެއް ގޭތެރެއިން ނުވުމުން އަހުޝަމް ގާތުން އޭނާ ކޮބައިތޯ އެއްސެވެ.
” ނޭނގެ މިތާ މި މެޗް ބަލަން އިނދެފަ ވައިން ތަނެއް.. ހަމަ ގައިމު ވެސް ފޯނެއް އައިސްގެން ދިޔައީ.. އެކަމްް ހާދަ އިރެކޭ ދޯ..” އަހުޝަމް ހައިރާން ވެފައިވާ އަޑަކުން އެހެން އަހާލި ވަގުތުވީ ރިއާޝް ވެސް އައިސް ސޯފާ ކައިރި ހުއްޓިލި ވަގުތަށެވެ.
” ޕިސް ޕިސް ދޮންބޭ.. މަ ނުފެނިގެން ހާދަ ވަރެކޭ ތިވަނީ.. އަދި މަ ދިޔަ ފަހުން ނޭނގެ ފަސް މިނެޓު ވެސް ވީ ކަމެއް..” މަންމަ އެތާ އިނުމުން މޮޅުކޮށްލަން ވަގެން ރިއާޝް ފަސްމިނެޓޭ ބުނެލީ އަސްމާއަށް ނޭނގޭނެ ކަމަށް ހިތާ އަސްމާގެ ކޮނޑަށް އަތް ވަށްޓާލަމުންނެވެ. ” ފަސްމިނެޓޭ؟؟؟ ގައިމު މަންމަ މިތާ ހުންނަތާ ވެސް ވެދާނެ މިހާރު ދިހަ ވަރަކަށް މިނެޓު.. ކޮންތާކުން ދޮގު ހަދަން ދަސްކުރީ މަންމަގެ ކުޑަ ކުޑަ އާޝް؟؟” މަޖަލަކަށް ހަދާފައި އަސްމާ ރިއާޝް އާއި ދިމާލަށް އެހެން ބުނެލީ މަޑުމަޑުން ރިއާޝްގެ ކަންފަތުގައި ހިފާލަމުންނެވެ.އެއާއެކު އަހުޝަމް ރިއާޝްް އާއި ދިމާލަށް ދޫނެރެލި އިރު ރިއާޝް ފެނުނީ އޭނާގެ ކަންފަތު ފޫޅުގައި ހިފާލަމުން އަސްްމާ ގައިގާ ‘ސޮރީ ‘ އޭ ބުނެލާ ބައްދާލިތަނެވެ. ” މަންމާ ބަލަ ދޮންބެ އެއް ” އަހުޝަމް ހެދި ގޮތް ފެނުމުން ރިއާޝް އެހެން ބުނެލިއިރު ހީވަނީ ހަމަ ދެ އަހަރުގެ ކުޑަކުއްޖެއް ހެންނެވެ.
” ހޫނ ހޫނ ދެން ތަޅާ ފޮޅަންް ފަށާނީކީ ނޫން.. ދޭ މިސްކިތަށް ދެމީހުން.. އަވަސް އަވަސް ” އެކަކު އަނެކަކު ގެ ގަޔަށް ބޮލަށް އަރައިގަންނަން ތައްޔާރަށް ތިބި ދެމީހުން ފެނި އަސްމާ އެ ދެމީހުންނަށް އަޑުލިއެވެ. އެއާއެކު ބަސް އަހާ ކުޑަކުދިންތަކެއް ފަދައިން ދެމީހުން ވެސް މިސްކިތަށް ދިއުމަށް މިސްރާބު ޖެހީ މަންމަ ގައިގާ ލޯބިން ބައްދާލުމަށް ފަހުގައެވެ. ހިނިތުންވެލަމުން އަސްމާ ވެސް ގެއިން ނުކުންނަން ދިޔަ އޭނާގެ ލޯބިވާ ދެ ފިރިހެން ދަރިންނަށް ބަލައިލި އިރު އެ ދެލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދަ ވިދާ ހުއްޓެވެ. ކައިވެންޏަށް ތިރީސް އަހަރު ވީ އިރު އަސްމާގެ ދެމަފިރިންނަށް ލިބުނީ އެ ދެކުދިން އެކަންޏެވެ. ދެމަފިރިންވެސް ދެދަރިން ދެކެ އިންތިހާއަށް ލޯބިވާއިރު، އަހުޝަމް އާއި ރިއާޝް ވެސް ދެމީހުން ދެމީހުން ދެކެ އިންތިހާއަށް ލޯބިވެއެވެ.
************
ކުއަލަ ލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓް ގައި ފްލައިޓް ޖެއްސުމާއެކު ސީޓުގައި ނިދިޖެހިފައި އިން ނާޔާ އެސްފިޔަ ތައް ދުރުކޮށްލަމުން ލޯ ހުޅުވާލާ އޭނަގެ އަންހެންވަންތަ ހަށިގަނޑު ސީދާކޮށްލިއެވެ. އެންމެން ފައިބަން ދެން މަޑުކޮށްލުމަށްފަހު ނާޔާ އޭނާގެ ބެކްޕެކް ކޮނޑުގައި އަޅުވާލައިގެން ބޯޓުން ފޭބިއެވެ.
***********
” ހާދަ ލަހޭ…” ބައިގަޑިއިރު ވީ އިރު ވެސް ނާޔާ ނުނިކުތުމުން ރިއާޝް ކުސްތަޅައިގަތެވެ. އެއާއެކު ރިއާޝް ކައިރީގައި ހުރި އަހުޝަމް ރިއާޝްގެ ބޮލުގެ ފުށްކިބައިގައި ޖަހާލީ މަޑުން ހުރުމަށް ބުނަމުންނެވެ. އަށާރު އަހަރުވެފައި ތިބި ނަމަވެސް ދެމީހުން އުޅެނީ ދެ ކުޑަކުދިން ހެންނޭ އެވަގުތު އެ މީހުން ކައިރި ތިބި އަސްމާ އާއި ތަޢުފީޤް ގެ ހިތަށް ވެސް އެރިއެވެ.
އެރައިވަލްސް ގޭޓުން ނުކުން އަންހެން ކުއްޖާއަށް އެވަގުތު އެކަކު އަނެކަކާ މައްލަވަ ކުރަން ތިބި ރިއާޝް އާއި އަހުޝަމްގެ ނަޒަރު ހުއްޓުނެވެ. އިސްކޮޅުން ކުރު ލޫޅާފަތި ހަށިގަނޑެކެވެ. ހަމުގެ ކުލަ ދޮންކަމުން ހީވަނި ބޭރު ކުއްޖެއް ހެންނެވެ. އަޅާފައިހުރި ކަޅުކުލައިގެ ޝޯލްގެ ތެރެއިން އައިބު ކަމެއްނުވާ ކުޑަކުޑަ ވަށް މޫނުކޮޅު ފެންނަނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. ހުދު ބޯކިރުކޮޅެއް ފަދަ ބޮޑު ދެލޮލުގެ ތެރެއިން ޖާގަ ހޯދާފައިވާ ކަޅުކަންގަދަ ކަޅި ހިމާޔަތް ކޮށްދެމުން ދިޔައީ އެ ބޮޑު ލޮލަށް ހިޔާއަޅަމުން ދިޔަ ބޯ ދިގު އެސްފިޔަ ތަކުންނެވެ. އައިސްބްލޫ ޖިންސަކާއެކު ހަށިގަނޑަށް ހެޔޮވަރުކޮށްލާފައި ހުރި ބޭބީ ޕިންކް ކުލައިގެ ކަކުލާ ހިސާބަށް ހުރި ހެދުމުން ނާޔާގެ ހަށިގަނޑުގެ ރީތިކަން އިތުރުވެފައިވާ ފަދައެވެ.
ދުރުން މީހަކު ހަނާ އަޅާ ތަން ފެނި ނާޔާ ފޮށި ދަމަމުން އެ ދިމާލަށް ހިނގައިގަތީ އެއީ އަސްމާކަން ޔަޤީންވުމުންނެވެ. ރީތި ހިނިތުންވުމަކާ އެކު ގޮސް ނާޔާ އެ ހިސާބާއަރާ ހަމަވިހެނެއް ހިޔެއްނުވެ އަސްމާ އޭނާގެ ގައިގާ ބައްދައިގަތީ ލޮލުން ކަރުނަ ހިލިފައިވާ ހާލުގައެވެ. ” ހަމަ ނީލަމް ގެ ކޮޕީ އެއް ” އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި ނާޔާ ވައްތަރުވުމުން އެ އެކުވެރިޔާ މަތިން ހަނދާންކޮށްނުލާ އަސްމަަާ އަށް ނުހުރެވުނެވެ. އަސްމާގެ ފަހަތުން ތަޢުފީޤް ވެސް އައިސް ހަމަ އެބީދައިން ނާޔާ އާއި މެދު ކަންތައްކުރީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
” ހެލޯ ނާޔާ… އައިމް ރިއާޝް.. ނައިސްޓު މީޓް ޔޫ..” އެކުވެރި ރާގަކަށް ރިއާޝް އެނާގެ އަމިއްލަ ތަޢާރަފެއް ނާޔާ އަށް ދިނެވެ. ރިއާޝްގެ ފަހަތުން ހަމަ އެ ރާގުގައި އަހުޝަމް ވެސް ތަޢާރަފް ވެލީ ގާތް އެކުވެރިއެއް ފަދައިންނެވެ. އެ ކުޑަ ވަގުތުކޮޅު ތެރޭގައި ވެސް އެ އާއިލާ އެންމެން ގެ ހިތްހެޔޮކަން ނާޔާއަށް އެނގި ފަހުމް ވެގެން ދިޔައެވެ. ހާއްސަކޮށް ރިއާޝްގެ އެ ހުންނަ މަޖާ ގޮތްގަނޑު ނާޔާާ އަށް ވަރަށް ކަމުދިޔައެވެ. ރިއާޝްގެ ކޮންމެ އަމަލަކުން ނާޔާ ގެ ސިކުނޑިއަށް އިޔާޝް ގެ ލޮބުވެތި އަދި މަޖާ އާދަތަށް ގޯނާ ކޮށްލާއިރު ރިއާޝްގެ ނަމުން އެކަނި ވެސް އިޔާޝްގެ ހަނދާންތައް ނާޔާ އަށް އުނދަގޫ ކުރަމުން ދިޔައެވެ. ނަމަވެސް އެކަން އެއްފަރާތްކޮށްލަމުން އެންމެންނާއެކު ގެއަށް ދިއުމަށް ހިނގައިގަތީ ރިއާޝްގެ މަޖާ ޖޯކުތަަކުން ހިނިތުންވެލައިގެން ހުރެއެވެ. އެއިރު ވެސް ނާޔާގެ އެއްއަތުގައި އަސްމާ ހުރީ ހިފަހައްޓާލައިގެންނެވެ. ނާޔާ ވެސް އެކަން މާ ބޮޑު ކަމަކަށް ނުހެދީ މަންމަ އެއްގެ ލޮއެއްބަށް ފެންބޮވައިގައިންފާލެއް ބޮޑުކަމުންނެވެ.
******************
ރޭގަނޑުގެ ކެއުން އާއިލާ އާއެކު ނެގުމަށްފަހު އިޔާޝް ކޮޓަރިއަށް ވަދެ ޗާޖަށް ޖަހާފައި އޮތް ފޯނު ބލައިލީ ނާޔާގެ މެސެޖެއް ނުވަތަ ކޯލް އެއް އިންތޯއެވެ. ނަމަވެސް އެއިން އަކައްޗެއް ވެސް ނެތުމުން އިޔާޝް ކުޑަކޮށް މާޔޫސްވިއެވެ. ދެފަހަރަކު ގުޅާލުމުން ވެސް ނާޔާ ފޯން ނުނެގުމުން އިޔާޝްގެ ހިތް ނުތަނަވަސްވެ ބިރުގަންނަ ގޮތް ވާން ފެށިއެވެ. ” ޔާޝް.. ބައްޕަ އެބަ ގޮވާ ޔާޝްއަށް” އިޔާޝްގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އިޔާން ބުނެލިއެވެ. އެއާއެކު ނުތަނަވަސްވެފައި ހުރެ ވެސް އިޔާޝް އަށް ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލަން މަޖުބޫރުވިއެވެ. ” ޔާޝް ކަމެއް ގޯސްވީ ތަ؟ ” އިޔާޝްގެ މޫނުމަތިން ފެނުނު އަސަރުން އިޔާން އަށް ބޭއިޙްތިޔާރުގައި އެހެން އަހާލެވުނެވެ. ” ނޫނޭ ދޮންބޭ.. އެއީ ކުޑަކޮށް ބޮލުގަ ރިއްސާތީ .. މިދަނީ ބައްޕަ ކައިރިއަށް ” މޫނުމަތީގެ އަސަރުތައް ނުހަނު ކުޅަދާނަ ކަމާއެކު ފޮރުވާލަމުން އިޔާޝް އިޔާން އަށް ހިނިތުންވެލުމަށްފަހު ތިރިއަށް ދިއުމަށް މިސްރާބުޖެހިއިރު އިޔާން ވެސް އިޔާޝްްގެ ކޮނޑުގައި ޖަހާލަމުން ކަންބޮޑުވެފައި ހުރެ ބޭސް ކައިގެން ނިދައްޗޭ ކިޔާ އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.
*******************
” އެހެންވީމަ ދެ ކުދިންނަށް ވެސް އެންމެ އަވަހަށް ލިބޭ ޗުއްޓީގައި މިކޮޅަށް އައިސް ކައިވެނީގެ ކަންތައްތައް ނިންމާ ގޮތަށް ހަދަމާ..” ޒަކީ އޭނާ އާއި އިންވެގެން ކާ މޭޒު ދަށުގައި ކެއުމަށް އިންސާފު ކުރަންއިން ޝިމާގެ ބައްޕަ ޝިމާލްް އަށް ބުނެލިއެވެ. އެއާއެކު ރީތި ހިނިތުންވުމަކާއެކު ޝިމާލް ވެސް އެކަމަށް އެއްބަސްވީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނައަށް ވެސް ފެނުނީތީއެވެ. ބައްޕަ އެހެން ބުނުމުން ޒީވާން އޭނާގެ ކުރިމަތީ އިން ޝިމާއަށް އެއްލޯ މަރާލިއެވެ. އެއާއެކު ޝިމާގެ ދެކޯ ޖަންބެއްހާ ރަތްވެގެން ދިޔައެވެ. ދުރުގައި އެ ދެކުދިންގެ ހަރަކާތްތަކަށް ބަލަން ހެވިފައި ސާޔާ އާއި ޝާނިމް ވެސް ހަމަ އެ ސުފުރާމަތީ ތިއްބެވެ. ޝިމާ ލަދުން އިން ވަރުން އެ ކުދިން ވެސް ތިބީ ހިނި އައިސްގެން ހަލާކުވެފައެވެ.
ދެ އާއިލާ އެއްކޮށް އެއްސުފުރާމަތިން މިރޭ ބައްދަލު ކުރީ ވެސް ޝިމާ އާއި ޒީވާންގެ ކައިވެނީގެ ކަންކަން ހަމަޖައްސާ ދެ އާއިލާގެ ގުޅުން ބަދަހި ކޮށްލުމަަށެވެ. ޝިމާލް އާއި ޝިފުރާ ވެސް އުފަލާއެކު ދައްކަމުން ދިޔަ ވާހަކަ ތަކުގައި ބައިވެރިވީ އެ ދެމަފިރިންގެ ހަގު ދަރިފުޅު ޝިމާގެ ހޮވުމާ މެދު ހިތްހަމަޖެހިފައިވާ ހާލުގައެވެ. މިވީ ކުޑަ ވަގުތުކޮޅު ތެރޭގައި ވެސް ޒީވާން ގެ ހުރި ރަނގަޅު އަޙްލާގުން އެ ދެމަފިރިންގެ ހިތުން ދަރިއެއްގެ ލޯބި ހޯދުމުގައި ޒީވާން ކާމިޔާބު ކުރިއެވެ.
*******************
އަސްމާގެ ކުޑަކުޑަ އާއިލާ އާއެކު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް ފަހު ވަގުތުކޮޅެއްގައި އެ މީހުންނާ ވާހަކަ ދައްކާލާ ރިއާޝް އަދި އަހުޝަމް އާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ނާޔާ ކޮޓަރިއަށް ވައިން އިރު ގަޑިން އެގާރަ ޖަހަން ދަނީއެވެ. ވެފައި ހުރި ވަރުބައްޔާއެކު ނިދަން ތއްޔާރު ވެގެން އައިސް ނާޔާ އަރާމު ދާނުގައި ހަަށިގަނޑު ދަމާލީ ކައިރީ ހުރި ސައިޑް ކަބަޑް މަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ނަގަމުންނެވެ. ފޯނު ހުޅުވާލުމާއެކު ފެނިގެން ދިޔަ އިޔާޝްގެ މިސްވެފައިވާ ކޯލުން ނާޔާ އަށް އޭނާގެ ދުލުގައި ދަތް އަޅާލެވުނީ މިކޮޅަށް އައިފަހުން އަދި އިޔާޝްއަށް ނުގުޅޭކަން ހަނދާންްވުމުންނެވެ. ސަކާރާތުގައި ވަގުތު ހޭދަކުރެވުނު ގޮތުން އިޔާޝް މަތިން ހަނދާން ނެތުނުކަމަށްޓަކައި ނާޔާ އަށް އޭނާގެ އަމިއްލަ ނަފްސު ދެކެ ވެސްް ރުޅި އާދެވުނެވެ. ހިތާހިތުން އިޔާޝްް ފޯން ނެގުމަށް އެދި ދުޢާ ކުރަމުން ނާޔާ އިޔާޝްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
******************
އެތައް އިރަކު ބައްޕަ އާއި ވާހަކަ ދައްކަން އިނުމަށްފަހު އައިސިް ކޮޓަރިއަށް ވައިން އިޔާޝްއަށް ފޯނާ ދިމާލަށް ފާޑަކަށް ދުއްވައިގަނެވުނީ ފޯން ރިންގް ވާކަން އެނގިގެންނެވެ. ގުޅަމުން ދިޔައީ ނާޔާ ކަމުން އިޔާޝް އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ނާޔާ ކީއްވެތަ ފޯން ނުނަގަނީ؟ ނޭނގޭތަ ޔާޝް ހާސްވެ ބިރުގަންނާނެ ވަރެއް.. އެޓްލީސްޓް މެސެޖް އެއްކޮށްލި ނަމަވެސް ޔާޝް ހިތްހަމަ ޖެހުނީސް ދޯ..” މިއަދު އެއްކޮށްހެން ނާޔާގެ ހަބަރެއް ނުވުމުން ދެރަވެ ކަންބޮޑުވެފައި ހުރި އިޔާޝް އަށް ނާޔާ އާ ވާހަކަ ދެއްކުނީ ވެސް ތަންކޮޅެއް ބާރަށް ހަރުކަށިކޮށެވެ. ” ސޮރީ ” އިޔާޝް އެގޮތަށް ވާހަކަ ދެއްކުމުން ހިތުގައި ޖެހުނު ވަރުން ނާޔާ އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
ނާޔާގެ މަޑުމޮޅި އަޑު ކަންފަތުގައި ޖެހުމާއެކު އިޔާޝް އަށް އޭނާގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. ނާޔާ އާއި ވާހަކަ ދެއްކުނު ގޮތް ވެސް އިޔާޝްއަށް ރޭކާލީ އެވަގުތުއެވެ. ” ނޯ ޕްރިންސެސް އެކްޗުއަލީ އައިމް ސޮރީ.. އަސްލު ބިރުގަތީ ނާޔޫ އަށް ކަމެއްވީ ކަމަށް ހީކޮށް…”
“އިޓްސް އޯކޭ” އިޔާޝް އޭނާ އާމެދު ވިސްނާވަރު ފެނި ނާޔާ ހިނތުންވެލަމުންް ޖަވާބުދިނެވެ. އެއާއެކު އިޔާޝް ވެސް މަޢުލޫ ބަދަލު ކޮށްލި ގޮތުން ހީވީ ދެން އެކަމާ ވިސްނަން ބޭނުންނުވާހެންނެވެ. އެތައް އިރެއް ވަންދެން ދެކުދިން އެގޮތުގައި ވާހަކަ ދައްކަން ތިބުމަށްފަހު ނާޔާ އަށް ނިދުނީ ވެސް އިޔާޝް އާއި ވާހަކަ ދައްކަން އޮއްވައެވެ. ހިތްހަމަ ޖެހިފައިވާ ހިތަކާއެކު ނާޔާ ދެލޯ މަރާލި ނަމަވެސް މިރޭ ވެސް އިޔާޝް ނިދަން ޖެހުނީ އެންމެ އަޑު އަހާލަން ބޭނުންވާ ލަފްޒު ނާޔާގެ ފަރާތުން ނީވި މާޔޫސްވެފައިވާ ހިތަކައިގެންނެވެ. ނަމަވެސް ހިނިތުންވުމަކާއެކު އަދިވެސް އިންތިޒާރުކުރަން އިޔާޝް ނިންމިއެވެ.
************
ޖެހިގެން އައި ދުވަހު ފަތިހުގެ ފްލައިޓުން ސާޔާ އަދި ޝާނިމް ވެސްް ސިންގަޕޯރ އަށް ދިއުމަށް ފުރީ އުފާވެރި ދުވަސްކޮޅެއް އާއިލާ އާއެކު ދެމަފިރިން އެކުގައި ހޭދަކުރުމަށްފަހު، ދެމަފިރިންގެ އުންމީދުތަށް ހާސިލް ކުރުމަށެވެ. އާއިލާ އާއި ގާތް މިތުރުންގެ ހެޔޮދުޢާއިން ދެމަފިރިންގެ އަޒުމު އައު ވެގެން ދިޔައިރު ވައިގެ ތެރޭ ފިޔަޖަހާލީ އުންމީދުގެ ދޮރޯއްޓާ ހަމައަށް ވާސިލް ވުމަށް އަޒުމު ކަނޑައަޅައިގެންނެވެ.
*************
ކޮފީގެ ރަހައިން ހަށިގަނޑު ތާޒާ ކޮށްލުމަށްފަހު ނާޔާ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހީ ބެލްކަނިން ކުޑަގޮތަކަށް އިރުގެ ހޫނު ލިބިގަތުމަށްފަހުގައެވެ. ފަތިސް ނަމާދުން އައިސް ރިއާޝް އާއި އަހުޝަމް ވެސް ކޮފީ ބޮއެގެން ކޮޓަރިއަށް ވަނުމުން ނާޔާ ވެސް ބޭނުންވީ ކިޔެވުން ފެށެންވާއިރަށް ކުޑަކޮށް ފޮތްތައް މުތާލިޢާ ކޮށްލުމަށެވެ. ކިޔަވައިގެން މޮޅު ޑަކްޓަރަކަށް ވުމީ ނާޔާގެ ހުވަފެނެކެވެ. އެހެންކަމުން އެހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެން ހުރި ހުރިހުރިހާ ކަމެއް ކުރުމަށް ނާޔާ އަޒުމްކަނޑައެޅިއެވެ. މައިންބަފައިން ކިތަންމެ ދުރުގައި ވީ ނަމަވެސް އެ ދެމަފިރިން އެދޭފަދަ މޮޅު ދަރިއަކަށް ވުމަށް ނާޔާ އަބަދުވެސް ބޭނުންވެއެވެ.
ކޮޓަރިއަށްވަނުމަށްފަހު ނާޔާ ކޮޓަރީގެ އެއްކަނެއްގައި ހުރި ބޮޑު އަލަމާރީގެ ދޮރުފަތް އެއްފަރާތަކަށް ކަހާލީ ފޮތްތައް ނެގުމަށެވެ. ނަމަވެސް ދޮރުހުޅުވާލުމާއެކު ފުރަތަމަ ވެސް ނާޔާގެ ބޮޑު ލޮލުގައި އަޅައިގތީ އަލަމާރީގެ އެއްކަނެއްގައި ބެހެއްޓިފައި ހުރި ކުޑަކުޑަ ކަޅު ފޮއްޓެެވެ. މަޑުމަޑުން އެ ފޮށި އަތަށް ނަގަމުން ނާޔާ އޭގެ އެތެރެ ބަލާލުމާއެކު ފެނިގެން ދިޔަ ރިހި ކުލައިގެ އަލިމަހުގެ އަނގޮށްޓި ފެނި ދެލޯ ފެންކަޅިވިއެވެ. އިޔާޝް އޭނާއަށްޓަކައި އެވަރުގެ އަގުބޮޑު އެއްޗެއް އެ ގަތީ އޭނަ ދެކެ ކިހާ ލޯބިވާތީ އޭ ނާޔާގެ ހިތަށް އެރިއެވެ. އިރުކޮޅަކު އެއަށް ނަޒަރު ހުއްޓާލައިިގެން ހުރުމަށްފަހު އަނބުރާ އެ އޮތްތަނަށްލީ އަދިވެސްް ވަގުތުކޮޅެއް ބޭނުންވެޔޭ އެ ހިތް ބުނެލުމުންނެވެ. އެއަށްފަހު ފޮތްތައް ހިފައިގެން ކިޔަވާ މޭޒު ކައިރިއަށް މިސްރާބު ޖެހިއެވެ.
************
ހަވީރުގެ މަރިޔާދަން ވަގުތެވެ. މާލޭގެ މަގުތަށް ފުރިފައިވަނީ ދުއްވާ އެއްޗިހިންނެވެ. ހިނގާބިނގާވެ އުޅޭ މީހުން ވެސް ދެކޮޅަށް ހެލިފެލިވެ އުޅޭތަން ފެނެއެވެ. މީޝާ ގޮވައިގެން ފުރުމުގެ ކުރިން ޝޮޕިން އަށް ދާން އައިސް އެ ގޭ ދޮރުމަތީގައި އޭނާގެ އަމިއްލަ ކާރަށް ލެނގިލައިގެން ހުރި އަޔާން މޮޑެލް އަކަށް ދޫނުކުރާނެކަން ކަށަވަރެވެ. އޭނާގެ ކުރިމަތިން އަޅާފައި ދާ އަންހެން ކުދިންނަށް މާ ބޮޑު ސަމާލުކަމެއް އަޔާން ނުދިނަސް، އެ ކުދިން އަޔާން ކުރިމަތީ އެނބުރެމުން ދިޔައީ ވެވުނު ތުޔެއް ވަމުންނެވެ. ނަަމަވެސްް އަޔާން އެކަން ކަމަށް މާ ބޮޑު ސަމާލުކަމެއް ދޭހެނެއް ހިޔެއް ނުވެއެވެ. އިރުކޮޅުކޮޅަކާ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލާ ގޮތުން ކަމަކަށް ކެތްމަދުވެފައި ހުރިކަން ދޭހަވެއެވެ.
އޭގެ ކުޑައިރުކޮޅެއްފަހުން ގޭގެ ދޮރު ހުޅުވާލުމަށްފަހު ނިކުން މީޝާއަށް އަޔާންގެ ތޫނު ނަޒަރު ދަތުރުކުރިއެވެ. އައިސްބްލޫ ކުލައިގެ ޖިންސަކާއެކު ލައިފައި ހުރި ކަޅުކުލައިގެ ކުރުތާއިން މީޝާ ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އަޅާފައިވާ އެންމެ ގަދަ ޕާޕަަލް ކުލައިގެ ޝޯލްގެ ތެރެއިން އެ ވަށްމޫނު ކޮޅު ފެންނަ ގޮތުން ހީވަނީ ކަޅު ސާލެއްގެ ތެރެއިން ހަނދު ފާޅުވާހެންނެވެ. މީޝާގެ ފުރިހަމަ ކަމަށް އަޔާން އަށް ހިތާހިތުން ތަޢުރީފް ކޮށްލެވުނެވެ.
ދޮރުމަތީގައި އަޔާން އަށް ނަޒަރު ހުއްޓާލައިގެން މީޝާއަށް ވެސް ހުރެވުނީ އަޔާންގެ ފިރިހެންވަންތަ ކަމުންނެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާޓް އަކާއެކު ލައިފައިވަނީ ކަޅުކުލައިގެ ޖިންސް އެކެވެ. ލައިފައިވާ އަތްކުރު ޓީޝާޓް އިން އެކަނި ވެސްް އެ މުލައްދަނޑީގެ ވަރުގަދަކަން ހާމަ ވެއެވެ. ކަޅުކުލައިގެ ރޭބަން އަވިއައިނަކުން އެ އަސަރުގަދަ ދެލޯ ފޮރުވާލެވިފައި ވާއިރު ފަން އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވުމުން އަޔާންގެ ފިރިހެންވަންތަކަން ދެގުނަ ވާފަދައެވެ.
” އޯހް ޔާން.. އައި މިސްޑް ޔޫ ބޭބީ ” އަޔާންގެ މެދު ހަށީގައި ބައްދާލަމުން ދުވެފައި އައި އަންހެން ކުއްޖަކު ތުއި އަޑަކުން ބުނެލިއެވެ. އެއާއެކު ދެމީހުން ދެމީހުނަށް ގެއްލިފައި ތިބި އަޔާން އަދި މީޝާ އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
99 Comments!
Comments are closed.



Salaam my dear readers… how are u all?? Here is the 26th part of my first story.. hope u all will like this part tooo.. I’m so sorry for the delay.. just feel free to cmmnt.. both positive and negative cmmnts are welcomed?.. plz point out the mistakes so that I can improve..
Stay home nd stay safe my beloved readers ???
Hi sisoooo?????
I am fine and Btw how are you lwbi sisoo????
Mi part ves as usual vrh sali ????????
Masha Allah sisoo ??????
Keep it up ?????
Aley riaash aa ahusam aa haadha cute ey and funny like Aash brw And ahuu brw hehehehhehe???????
Aley zeevaan men ge wedding dhw yey congrats ingey ?????zeevaan and simaa Sis Mi wedding Ah vs Ril mena invite kuraachey ingey heheh????☺️☺️
And Issoke Sis stry Las ves vaanethaa dhw it’s OK ingey???????????????
I hope dhen naayaa vs e ring alaafaa iyaash Ah I love u ey bunaanekam ??????
And Kaaaku baa dhw ayaan gaa gaa bahdaagathy who is that ?????plzzz Sis anekaa meeshaa Aaa ayaan aa duru nukuraachey ingey????
Waiting for the next part ????
Luv uuu❤️❤️❤️❤️
Stay safe sis????
hiii sis ge loabi rilooo…. glad to hear that ur fine, alhamdulillah sis hama ok dhn…awwwnnn thnk yuh soo much darllll… ahhaah ys e dhekudhin v majaa dhw riloo.. ehehhe hurihaa kudhinnah vs invite kohfiwy mihaaru.. ril bunelaa ngey hurihaa kudhin kairi e wedding ah annnan..heheheeh… thnk yuh dear fr understanding… lets see dhw eii kaaku tho… dhn vaa goih vs hingaa dhw balama….
lymmm nd more darllll
stay safe nd tc rilooo..
Me second dhw?…
who is this girl yaan gaiga hug kohlee???
suvaaleh eboi ingey??
މަރިޔާދަން ee einynu liyefa,kobaa meaning akiy⁉⁉⁉
Alheyyy shivaan men haadha cute eyy????
Plxxx Darling naayuu strong kohlaba???
Aslu abu hiykuriy asmaa two sons ge therein kohmes eh kuhjeh naayuu dheke like vaane kamah????
IA adi ehen nuve☺☺
Saanim nulheytha baby eh hoadhaa kah???
BTW story v.reethi ingey??????????
all the best ?
lots and lots and lots of love????❤????❤????❤???❤????
Stay safe and take care✌
Abu
Ummm…saaya and sanim akah baby eh nulibe dhw
labba dear second… lets see dhw eii kn girl eh tho… mariyaadhan ge meaning akii hihhfaseyha… yh dhw dear they are so cute… ehheeh nayoo kairi dear buneba strong velaashey eyrun vedhaane faharuga… lets see dhww adhi kuriah vaane gotheh neyngeythaa dhw… ehehhe thi suvaaluge javaabu emme rangalhah ngeynii hama shaanim ah… btw thnk yuh sooo much dear… lymmm nd more dear…
u tooo abu stay safe nd tc…
Wow sis mi part ves varah reethi and kaakubaa egen ayaan gaagaa bahdhaalee vvvvery curious
Waiting for the next
Lysm ❤️❤️❤️
Stay safe
awwwnnn thnk yuh soo much dear… lets see dhw eii kaaku tho… ys vv curious dhw darll…
lymmm nd more dear..
u tooo dear stay safe nd tc…
V reethi ?❤️❤️ when are you uploading the next part
thnk yuh soo much dear.. nxt part will be uploaded soon insha allah..
Alheyyyyyyyyyyyyyyyyy sisoooo ?????????mi othy dhw 26th part
?Hama vvvvvvvv baraabaru. ?????how about you Madam
އަޅޭ އަހުޝަމް އާ ރިޔާޝް އާ ހާދަ ތަޅާފޮޅައޭދޯ???????ޕިސްޕިސް މިހާރު ރިޔާޝް ދޮގު ހަދަން ވެސް ދަސްކުރީތަ؟??????އަދި މެޗު ބަލަން އިނދެފައޭ ދޯ ފިލަނީވެސް ???އަޅެ ނާޔޫ އަވަހަށް ބުނެބަ އައި ލަވް ޔޫ އޭ ޔާޝް ކައިރީ????އިޔާޝް ފަކީރު ހާދަ ކެއްގަދަ އޭ ދޯ މާޝާ ﷲ ????????ޒީވާނޫ!! މިގޮލާ ހީވަނީ ޝިމާ ލަދުގެންނެވުމުގެ މުބާރާތަކުން އެއްވަނަ ހޯދަން އުޅޭހެން ????މިއުޅެނީ ކާކުތަ އަޔާން ފަހަތުން އައިސް ބައްދައިގަތީ ??????????ހުރެބަލަ އެއީ އިންސާނެއް ވިއްޔާ ދެއަތް ބިންދާލާ ނަން ??????ސާޔައްތަ އާއި ޝާނިމް ބޭބެ މެން ވެސް ފުރީދޯ???????ނާޔޫ ބަސްއަހައިގެން ކިޔަވައްޗޭ އިނގޭ އިޔާޝްގެ ޕިރިންސެސް….. ކޮބާ މެޑަމް ސައިފޮދެއް ބޯލައި ގެންތަ ތި އުޅުއްވަނީ………..
ދަރިޔާ ދައިތަ ބުނާނެ ވާހަކައެއް ނެތް….. ގޭގަ ތިބޭތި ?އަތް ދޮންނާތި ?ރައްކާތެރި ވާތި…. ވަރަށް ލޯބިވޭ ❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️?❤️??❤️އެވަރަކަށް ނޫނޭ ހަނދާން ވަނީ ކީވެސް
?ހެހެ ސިސް ދެން އެއީ ޖިންނިއެއްތަ.
Btw friends
????????????Ummm thibunii
Mi buniy…sis liyefa thiyniy nun insaaneh vihyaa aih bindhaalaanamey….ehenve miehiy eiy jinni eh hey….BTW insaanakah vehjehya aih bindhaalaairu mi ah invite kurahchey scene balailannn…
Mi guess akiy eiy yaan ge heart broke kohli gf ey…
Ahaha get vehjje???dhen hama insaaneh viyya thaa dhw aiy bindhaa leveynii…. Ehnma Hama vegen vangnaa E meehaa ge aiy bindhaalaanamey ?btw Abu sis thee euphoria sis Rashu kuhjjeh thr
Wow sis mi part vex varah salhi ?
Keep it up ❤️stay safe
Maasha allah V reethi mi part ves euphoria dear..❤️
I am fine.. Sis kihineh tha..Alhey Riaash brw n Ahu brw fight kuranves feshytha Mihaaru???Naayoo Iyaash kairee I love you Ey buneba..
Curiously waiting for nxt part dear..
Stay safe n Tc sisoo.. Lyyyssssmmmmm❤️❤️❤️❤️❤️❤️❤️
Alheyyyyy mihaaru 3 cmmnt kohfin vrh dhigu koh ekm publish eh nuvi…??? Dhn fahun publish veytho balaalaanii dhw…??? Ihah dhn shaayan mi kuda kuda cmmnt eh kohlanii ingey…☺️☺️☺️ Masha allah masha allah masha allah…??? Vvvvvvvvvvvv reethi mi part vx ingey sisssooo…??? Alhamdhulillah I’m fine thanq darl…??? What about u sisssooo???❤️❣️? Hope u re fine as well dear…❤️?? Whn nxt dearrr?????? Curiously waiting for the nxt part daaarrrlll…?????? Aaaawwwnnn… U 2 stay safe nd tc my loving sisssyyyyy…❤️????? Lyssssssssssssssmmmmmmm sweetheart??????????????????
Hii my swt swt sis….. Hope ur doing well… Morning ga kiyaalin but comment eh nukohlevuny school ah dhaan ready vaan vegen…
Naayoo Alhe please tell him that you love him.. Cuz why would you not love him. He is made for you.. Scarlet Naayoo dhefai ga hifaafa aadheys kurany mi.. ? ? Please make him happy…
Riaash mn haadha majaley. I hope our two Bro aa hedhi ithuru haadhisaa eh nuhingaane kamah..
Bas ahaign kiyavaathi ingey
Lysm sisoooooo ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Tvvvvvvvvvvvgc
ހެލޯ އަފޫގެ ކޯޒް އޮފް އިއުފޯރިއާ ސިސް ?♥️ ކިހިނެއްތޯ ސިސް ގެ ހާލު ؟؟
މި ޕާޓު ވަރަށް ވެސް ސަޅި !! ހަމަ ސަޅީ ވެސް ވަކިވަރަކަށް ނޫން ހަމަ ސަތޭކަ ޕަސެންޓް ސަޅި !!! އައްމާ އާޝް ބުރޯ އާއި އަހޫ ބުރޯ ތޮޅެނީތަ މިހާރު؟؟ ތި 2 ބުރޯ ނާޔޫ ފަހަތު އަޅުވާލައިފިއްޔާ އަދި ވަރަށް މަޖާ ވާނެ ?? ކާކު ބާ މި ޔާން ބުރޯ ގައިގަ ބޯވައެއް ހެން ތަތްލެވީ ؟؟ ސީރިއަސްލީ ވެއިޓިންގް ފޯ ނެކްސްޓް ♥️♥️ ލަވް ޔޫ ސިސް ހަމަ ހަބޭ ހަށް ??♥️♥️ ސިސް ލަވަ ބެލިން ތަ އަޅުގަނޑު މަތިން ހަނދާން ކޮށްފަ؟؟ ލަވް ޔޫ ސޯ މަޗް
How old r u euphoria??
Maasha Allah V reethi mi story. Fashain eba kiyan but this is my first comment to ur story. Love it and keep it up
Manmma balaa dhonbe ehh?????dhoonereniiiii ????????Alhe dhen 10 minetu E ii las tha?????? Pis pis Anhen kuhjjaku balaa dhaan vegen mi Ahu dhonbe moya vanii?????OK mommy
??midhany miskithah ??ey dhonbe hingadhaan
Hi naayaa welcome to our home ingey??????naayaa visnaigen ulhehchey mi dhonbe gayah bolah
???araiganefaane ingey
Alheyyy enmme fahun vaan brw vx ninmanii dhww????Pis pis shim goyye hiivanii abadhu dhonve
?fahkkaa vefa in aafaleh hen
Saaya mn koahche koala kiyavanii ??Bas ahaigen dhemafirin kiyavahchey ingey
Ohooon kaaku Ayaan gaiga E thailevii ????hama ehaa vai gadhaeethr ethaa
Oh hama Aash v habeyhey ??????sis kihineh tha??? ???lwbi vey fav author eh gothah…. N We miss our sharafveri mehemaan of comedy land?????sis adhi vaane dhw dhimaa vaan hurihaa kudhin
Varah reethi ekamu maa kuru mihaa lahun genna iru ves dhen baeh avahah up kuraaathi
Hama v reethi Mi part vx ingey sisoo????????Alheyy Aash gandu haadha irekey kon thaaku ulhe ulhefa thr thiaee ??????Mihaaru Naayaa annaaney… Avas kurey dhen vx???hehe hama v majaa ingey Ekam Aash brw aa ehkkoh ulhey gotheh noon eiikii ???hama v salhi haalu…. Miss ge haalu kihineh
Ey sorry miss eh noon??hama Dhenmme site ah vadhelaafa mi vaahakaiga 26 comment inyma vadhely….. Mi Comment ah replie dhintho balaalan vegen comment kiyaaliima adhi inguny miss kan jehuny… Hehe ?Sis kihineh hey E iny
?Hii lwbi lwbi lwbi sisoo
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️I am fine & how about u sis
??????????Masha Allah V reethi mi part vx
Riaash & ahusham bro haada varakashey dhw thi ???????????fight kuranee…Ekamu vx varah majaa ingey…
Zeevaan Alhey ninmaalan dhw thi ulhenee..Varah inthizaaru kurevey eba sayah..hehe..???shima & zeevaan congra
Ekamu vx zeevaan thi ulhenee abadhu vx shima ladu gan ??navaalan dhw
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Shaaya & shaanim furee dhw
Alhey V cerious vehje ayaan ge gaiga E bahdaalee kaaku ?baa..thi bahdaali beyfulha kairi bunelan othee eyy mihaaru meeheh ge hahgekey..
?Sis xeen ah heevanee eyy ayaan ge kureege gf henn
Waiting for the next
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Love u sis
????????????????Stay Safe & TC
hallow sis…?? Alhamdhulillaah I’m fine… How r u sis…?
wow mi prt vrh ves reethi…. as always..???
ria brw and ahu brw haadha varakashey thi fight kuranee..??????? mi ria brw dhoguves hadhan dhaskohfi dhw..? pis pis…. kaaku dhas koh dhinee…? a ee gws kudhin ulhey gotheh ingey.?? dhogu nahadhahchey…????????… vrh cute and funny dhekudhin ves hama..????.. nayoo sis bas ahaigen kiyavaathi gey..???.. alhe sis buneba iyaash brw kaari luv u aa… ????… hurihaaa kudhin ves bas ahaigen kiyavaathi… eyrun molhuvaanee…???.. kaaku tha bwva ehhen yaan brw gaiga mi thahlevee…. ???. eh museebaathakun salaamah vaairu aneh museebai…. pis pis… ????. thee konme meehakas heyw… edhemedhah nuvadhe dhuruveey…. gey plxxxx…
anyway mibai hama vrh habeys…???
luved it…❤️❤️❤️❤️ waiting for the nxt prt…???
stay home stay safe and sound..❤️❤️❤️❤️.. take care…??? luv u like a lotss…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????????????????????????❤️❤️❤️
Vrh reethi waiting for the next part??
???????❤️☺️?☺️?☺️????????????????☺️?☺️?❤️? I am fine Insha Allah sisooo how are you????❤️???????❤️❤️?❤️?❤️?❤️????❤️❤️?☺️?☺️????? vrh reethi mi part vx sisooooo ….. This part is so so so nice and so cute …. Alheyyy anekka aash brw and ahu brw naayoo ge fahathu alhuvaalaifiyya yo?? but seriously mi part vx vrh reethi ingey sissooo …. Lyssssm❤️❤️?❤️?☺️?☺️?❤️?????????????????❤️❤️?☺️☺️?☺️?☺️?☺️????????????☺️ Vrh miss vey comedy land kudhin mathin vx …… Awwwwn Sis when next part????? Curiously waiting ingey …. Vrh lwbi vey sis dheke ….. Stay safe and stay home ….. ❤️❤️❤️????❤️???? Vrh vrh vrh vrh vrh vrh vrh vrh vrh vrh vrh reethi mi part …. Hama speechless ey buneveynyy …. Lysm sis and tc ❤️☺️???☺️?
Annyeong my sssissssyyyyyy………. This part is also very nice….. It’s not only nice it is more and more great which I don’t know how to explain in words… I like all the twists you have brought so far….I admire your efforts in this story very much… I’m 100% sure Naya and Iyaash will face a love traingle sooon…….I’m getting worried just thinking about it……….This should become a drama script for sure……. It’s sooo nice……Curiously waiting for the next…….. I wish you a bright and a healthy future……. ….luv u……..tc…….
Masha Allah ❤️…… Mi part vx vrh reethi….. Ayaan gaiga e bahdhaaly eyna ge ex dhw…. Next part thankolheh
?????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????
Vrh vrh vrh vrh Sali ???
And my first cmnt??
Euphoria adhives up nukurantha… mihaaru kihaa dhuvaheh…thihaa faruvaa kudavaakah nuvaane dhw
umm.. for u r kind information she is not well.. and i apologise from her side for the delay
Ey Shif eh noon.. Anonymous Moya eh tha Thee
Mi part ga Shif ge name ga comment kohfa eyndhee Shif eh noon ingey
Anphonymous dhey bala japhaanu mahaa innan
Yh..mifaharu aharun ves ehbas van
Thihin vaahaka vx nudhahkkaa kuhjjeh ingey thw mii ????shif, Varugadha miihehnnu mee dhw… ?????Varugadha eh vx noon ehaa balikashi
Ehaa dhera nikamethi gui kolheh thi Moya anphonymous akee
Yh mee two varah rangalhu vaahaka eh shif sis thibunee
???Anphonymous galhi eh tha Thee.. Moya anphonnymous
Kon Shif sis ekey kiyaakah Moyaa.. Kale akah neyngey tha kale ah vure Shif Kuda kameh baby anphonymous
Sahaadheh ??????
????Oh my goddd????Aish is not meee
??Aisaa Ey anphonymous Ey
????I also know brw ?????Saabaheyyyy liyaamoo
Alhe Ma buni kamahttakaa vx anphonymous dhey bala japhaanu mahaa innan
Dhww ???
Hmm Aisaa mithanah nuvadhe japhaanu mahaa inhyaa maa rangalhu vaane
Klw japaanu mas ekani thr????varihama filolhakaa inas
Alhuga aisa Aish??. Keekey thr kiyan vvv???OK I kaiveni onna dhuhu mi koe vx dhevan feney.. Noonthr soraa
Anphonymous kiyanyaa jeheynee japhaanu mahakaa nu innan
Eyo???E ee Japanese nameh thr
????Ey Liyam Vvvvv bodah sorry Ingey Liyam bolah jehuniima
Its okk Aisaa
Phonymous❤️phaanumas Ehn ve
Shukuriyaa
ނޭންގެ ތިކިޔާ ފޮނީމަހެއް ފާނަފައެއް ފައެއް ???????
Wlc Aisaa
Kihaa dhera kamehh??????ma goyye I’d card ga neendhey Aisaa akii ma goyye nameh kamakah
Ey Aisaa mithaa zuvaabu kuran nufashaathi.. Hingaa zuvaabu kuran Ehn thaakah dhaan
Subhaanahlooh midhen kihaabodu vehje kameh thr e Anonymous dhen thee thanfukeh boduvaru meehunge nananamugaa cmnt thi kurany heyvahtaalaa faa
Alugadu ves mithan Hama mibalaalee and cmnt eh nukohlaa nuhurevuny Hama and Alugadu ves rude vaakah beynumeh noon But mivarun dhnyaa angain nubunevi eh nuhureveyne mashakahse
✋RILOOOOOOOOOOOOOO ?????touch
Anonymous viyas ehen mouse eh viyas adhi ehen meehakah viyas kudhin ge namugaa cmnt nukohhunan veenu
Srry if I am so rude
No lwbi gandaa ?your just right ??I totally agree with you
Aishoooooooooo touch??️?️?️?????????
?️?️Yaa touch ???
Thanks aish aslu Hama ehchekey nubunevi nuhurevuny Hama even dhw that’s nothing related to mee aish men frnds veemaa Hama bavaalaahie vee
Sis Don’t mind ingey
Hehhehehehe????????????????????????
Yey ril vx aeetha.. Kuda Kuda gui kolheh miyoh Moya vanee
Alheyyyyyyyyyyyyyyyyy sisoo gandaaa???its fine eyyy… Proud of you Ril sis
ޕިސް ޕިސް ކަލޭނޭ ލިޔާމު ????
Labba liyam mavaa naas hunaanethr Ma geyge frnds thakey
Thank uuuu aish
Nufashaathi mithaa.. Hingaa dhaan Ehn thaakah thi zuvaabu fashan
???? omg
salaam hurihaa readers of euphoria,
hurihaa liyuntherin ves euphoria ge vhk ah inthizaaru kuraane kan ingey vaahaka las vaatheeve ekamaa maafah edhen.. euphoria ge lap vanee halaaku vefa. ehn ve liyefe oiy bai ves up nukurevunee.. and edhuvas kolhu she was sick. and euphoria ge lap hedhunuhaa avahakah she will upload the next part. i hope you all will wait for the next part.. due to connection that problem she could not reply to the comments and she apologise for that.
Alheyyyyyyyyy Issok sisooo???ISA we will wait for her….. Sis Euphoria sis ah salaam bunedhehchey….we understand
Alhey euphoria sis its okk..Hurihaa kudhin vx Hama kehtheri kamaaeku Madu kohgen thibee.. Anonymous fiyavaa.. Insha allah V avahah lap hedheyne
Heheheh????Anonymous Koba thr…. Liyam dheke birun jifuti gandah vanii thr
???Aan Ma dheke biru ganaane hurihaa enmen.. Ehn nu vaanee Ma Mee jinni eh viyya
އޭއޭއޭއޭ…. ނުގަނޭ އަޅުގަނޑު ތި ބޭފުޅާ ދެކެ ބިރެއް އިނގޭތޯ????????
Ma nubunan ingey thw mariyabu alhugadu dheke biru ganna Vaahaka eh.. Anphonymous biru ganna Vaahaka buny
V reethi waiting for the next part ??
Sisooooooooooo….. Submit kohllaifin thr ?????????love heskiyaafa
Eyy kn iraku next part up kohdheny…… I’m still waiting ❤️❤️❤️
thii dhefaharu hamaiga hunna meeheh tha?ehfaharu bunefaane vv hadi ey nukurevengnaa vaahaka nuliaashey…haadha soalihu vegen mihaaru mi vaahka ah thi commentu kuranii
Ey aharemen anphonymous biru ganu vaaleema.. Ehnnu vaanee santhi mariyabakaa jinni akaa vihyaa Eythi biru ganuvaalee
Alhey adhives euphoria haadha lahey
Thee vx Anphonymous tha
I’m not that anonymous
Dhn thee Kon anphonymous
Anonymous bro not anphonymous …… hahahaha ? liyan nengey ehchis ves liyaane adhi meehaku ehekey bunaa irah japaanu mahaa innaasho bunaane yey
Ey manjey..e ee manje aa dhimaalah esoru kiyaa namey galhi aa ??? manje adhi maa seyku
Hahahaha galhi moya anphonymous akah neyngun vihyaa evaru vx..???? Ma hithah araa Keeve baaey moya akah badhalu vaairu vx japhaanu mahaa neenanee?????Thee brw eh vx noon Manje eh thee dhw meeheh..??? Moya ehcheh
Mi part v reethi waiting for the next part
Mihaaru kithah faharu thihen bunefin… E othy Aneh partu nerefa ey…. Ey Liyahtte Ma vaahaka bunedhehchey ingey sis kairy…. Lam mn Wonder story ga buni goe ingeynu…. V avahah bune dhehchey…. Or Lam kairy bunedhee avahah bunaashey sis kairy ma vaahaka…. N Manzil ga vx
?????bunedheebala….. Ingeynu Ma mii fisaari meeheh kan dhw
Kehtheri nuvevigen ulhey anphonymous Eohthy aneh part nerifa.. Dhn vx avahah kiyaa.. N meeheh Lam buni Euphoria sis kaireega bunefeemo