Skip to content
އެސްފިޔަ

މައިންބަފައިންނަށް އޯގާތެރިވާށެވެ!

ނޯޓް: މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށްތައް ހުރުން އެކށީގެންވެއެވެ.
އެހެންކަމުން، މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.
މުޅިން އާ ދުވަހަކަށް އިރު އަރައިފިއެވެ. ހެދުނު ގާތްގަނޑަކަށް 7 ޖެހިހާއިރު ހޭލައިގެން ފެން ވަރައިލައިގެން އަހަރެން ދާން ތައްޔާރުވީ ޔަލާ މެންގެ ގެއަށެވެ. ޔަލާ އަކީ އަހަރެންގެ އަވަށްޓެރިއެކެވެ. އަދި އެހާމެ ގާތް އެކުވެރިއެއްވެސް މެއެވެ. އަހަރުމެން ދެ ކުދިންވެސް ކިޔަވަމުން އަންނަނީ ގުރޭޑު 12 ގައެވެ. ކޮންމެ އަކަސް އަހަރެން އެގެއަށް ދިޔައީމެވެެ. އަހަރެން އެ ގެއަށް ދިޔައީ މަންމަ ކައީރީގައި ބުނެފައެވެ. އެއީ އަހަރެން ނުބުނެ ގޮސްފިނަމަ މަންމަ، އަހަރެން ގެއްލިގެން އުޅެފާނެތީއެވެ. އެ ގޭ ދޮރުމައްޗަށް އަރައި އަހަރެން ސަލާމް ގޮވީމެވެ. ކޮންމެއަކަސް ޔަލާގެ މަންމަ ދޮރު ހުޅުވައިފިއެވެ. ދޮރު ހުޅުވިއިރު އަހަރެންގެ މޫނު މަތިން ހައިރާންކަން ވެރިވެ، އެތަށް ބައިވަރު ސުވާލުތަކެށް އުފެދެންފެށިއެވެ. ކަމަކު ދާކަށް ނެތެވެ. ޔަލާގެ މަންމަ ސާޖިދާއްތަގެ ނޭފަތުންނާއި އަނގައިން ހޯސްލާފައި ލޭ ފައިބަނީއެވެ. ކުއްލިއަކަށް ސާޖިދާއްތަ ބިންމައްޗަށް ވެއްޓުނެވެ. އަހަރެން ހާސްކަންމަތީގައި ހުރެ ޔަލާ އަށް ގޮވަން ފެށީމެވެ. އެހެންނަމަވެސް ޔަލާގެ ޚަބަރެއް ނުވިއެވެ. އަހަރެން ހަދާނީ ކިހިނެއްހެއަޔެވެ؟ އަހަރެން އަވަހަށް އެންބިއުލާންސް އަކަށް ގުޅީމެވެ. އަދި މަންމަ އަކީ ނަރުހެއް ކަމުން މަންމަ އަށް ވެސް މި ޚަބަރު ދިނީމެވެ. ކޮންމެ އަކަސް އެންބިއުލާންސް އައިއްސިއެވެ. ނަރުހުން އަވަހަށް އައިސް ވީ ގޮތެށް އަހާ އޮޅުންފިލުވާލިއެވެ. “ސާޖިދާގެ އެހީތެރިޔައަކީ ކޮން ބޭފުޅެއްތޯ؟” ނަރުހަކު އަހަރެންނާއި ސުވާލުކޮށްލިއެވެ. ޖަވާބުގައި އަހަރެން ބުނީ އަހަރެންގެ މަންމަ ޒޫނާ އަކީ ނަރުހެއަކަމާއި، މަންމަ މިވަގުތު ވީ ޑިއުޓީގައި ކަމުގައެވެ. އަދި މަންމަ އަކީ އެހީތެރިޔާގެ ގޮތުގައި ހަމަޖެއްސުމަށް އަހަރެން އެދުނީމެވެ. މިހެން ބުނުމާއި އެކީގައި، އެ ނަރުސް އާއެކޯ ބުނެ ސަޖިދާއްތަ ގޮވައިގެން ދިޔައެވެ. އަހަރެން ނުދިޔައީ މާ ބޮޑަށް ހާސްވެފައި ހުރުމުގެ ސަބަބުންނެވެ. އެންބިއުލާންސް ދިޔުމުން އަހަރެން ޔަލާ ކޮބައިތޯ ބަލަން ޔަލާގެ ކޮޓަރިއަށް ވަނީމެވެ.. ސުބުޙާނަށްﷲ! ކަމަކު ދާކަށް ނެތެވެ…
=ނުނިމޭ= ( 2 ވަނަ ބަޔަށް އިންތިޒާރުކޮށްލަދެއްވާ! )
ނޯޓް: މި ވާހަކައިގެ ލެެވެލްތައް މަތި ކުރެވެމުން ދާނީ ކޮނެމެ ހޮނިހިރި ދުވަހެއްގައެވެ.
މި ބައި ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން.. އަދި ލިޔުމުގައި ރަނގަޅު ކޮށްލަންވީ ކަންތައްތައް ކޮމެންޓް ކޮށްލަދިނުން އެދެން….

Comments (5)

  1. Rose

    V furihama
    Next part kudakoh dhigukohlevidhaanetha?
    Tc and stay safe

    1. Aishath Eeshal Rasheed
      Rose

      lahbba..dhen inna part eh dhigukohllaanan.. insha allah
      varah bodah shukuriyya rose

  2. Ram

    Maasha allah vvv reethi furathama vaahakayaa balaifa v rangalhu???

  3. Aishath Eeshal Rasheed

    Thank you ram

  4. Aishath Yanaal

    Haadha reechey
    Varah beynunvey aney part kiyaalan

Comments are closed.