Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ނާމާން – 14

Hawwa jabeela Level 110 Stories
August 31, 2020 2 Mins Read
6 Comments

ލަސްނުކޮށް 2 ކުދިން ހިނގައިގަތީ މިސްކިތާ ދިމާއަށެވެ.
********************
ނަމާދުކޮށް ނިމިގެން ޒިންޔާ އެނދުގައި އޮށޯވެލިއެވެ. ކުއްލިއަކަށް ހިޔާލަށް ވެރިވީ އެ ފަޅުރަށުގެ ކަންކަމެވެ. އެކަމާ މެދު ނުވިސްނަން ނިންމައިގެން ހުއްޓަސް ވިސްނެނީއެވެ.

މިސްކިތުން ފައިބައިގެން އިދާންއާ ރަޔާން ހިނގައިގަތީ ގެއާ ދިމާއަށެވެ. އޭރު ކުޑަކޮށް ވާރޭ ވެހެއެވެ. މަގުގެ ވަކި ހިސާބަކަށް ދެވުނު ތަނާ ވާރޭ ބޯކޮށްލިއެވެ. ރަޔާންއާއި އިދާން ގެއެއްގެ އަސްކަނި ދަށަށް ވަދުނީ ނުތެމިވޭތޯއެވެ.

އިދާންމެން އައުން ލަސްވެގެން އިމްޝާ މެން އުޅުނެވެ. ކުޑައެއް ހިފައިގެން އެ 5 ކުދިން ދިޔައީ އިދާން އާއި ރަޔާން ހޯދާށެވެ. މިސްކިތާ ދިމާއިން ދިޔަތަނާ އިދާންމެން ފެނުނެވެ. އަވަސް އަވަހަށް އެމީހުންނާ ދިމާއަށް މިސްރާބު ޖެހިއެވެ.

” އަވަހަށް ހިނގާ ގެއަށް ދާން.. މަންމަ އެބަ އުޅެ އިދާންބެމެން ލަސް ވެގެން.. ” ކުޑައެއް ދެމުން މާޔާ ބުނެލިއެވެ. އޭރުވެސް އިދާންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. އެކަމެއް ހަމަ އެކަކަށް ނޭނގުނެވެ.

ގެއަށް އައިގޮތަށް ރަޔާން ކޮޓަރިއަށްވަދެ ވިސްނަން ފެށީ އެ ތަޅުދަނޑި ހޯދާނެ ގޮތަކާމެފުއެވެ. އަލުން އެ ރަށަށް ދާކަށް ވެސް ހުއްދައެއް ދެން ނުލިބޭނެއެވެ. އެންމެ ފަހުން އިދާން އާ އެ ވާހަކަ ދައްކާލަން ބޭނުންވިއެވެ.

ރަޔާން ކޮޓަރިން ނުކުމެގެން ގޮސް އިދާންމެން ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވިއެވެ. ހުޅުވިތަނާ ކޮޓަރިއަށްވަދެ އަވަހަށް ދޮރު ލައްޕާ ތަޅުލިއެވެ. އަދި އިދާން އާ ވާހަކަ ދައްކަން ފެށިއެވެ.

” ވާހަކައެއް ބުނަން މި އައީ… ” ވަރަށް ބުނަން ނުބުނަން ހުރެފައި ރަޔާން ބުންޏެވެ.” ކޮން ވާހަކައެއްތަ މާ އަވަސް އަރުވައިގެން ބުނަން ތި އުޅެނީ… ” އިދާން ޝައުގުވެރިކަމާއެކު އަހާލިއެވެ.” މީ އެއްކަލަ ތަޅުދަނޑިގެ ވާހަކަ ދައްކަން ކަމަށް… އޯކޭތަ ؟.. ” ރަޔާން އަހާލިއެވެ. އިދާން ބޯ ޖަހައިލީ އިދާން ވެސް އެވާހަކަ ދައްކަން ބޭނުންވެފައި ހުރީމައެވެ. ދެ މީހުން ވާހަކަ ދެއްކުމަށް ފަހު ރަނގަޅު ރޭވުމެއް ރާވާ ލިއެވެ.

ގަޑިން ދަންވަރު 12:30 ވަނީއެވެ. އިދާން އާއި ރަޔާން ތައްޔާރުވަމުން ދިޔައީ އެމީހުންގެ ޕްލޭންއާ އެއްގޮތަށް ކަންތައް ކުރަންށެވެ. އިދާން ބޭރަށް ނުކުމެގެން އައި އިރު ރަޔާން ހުރީ ތައްޔާރުވެގެންނެވެ. ކަޅު ހޫޑީ އަކާއި ކަޅު ޖީންސް އެއްގައި ރަޔާން ހުރި އިރު ބޯ ވަނީ ހޫޑީއިން ނިވާ ކޮށްފައެވެ. އިދާން ހުރީ ކަޅު ކުލައިގެ ޖީންސް އަކާއި އަޅި ކުލައިގެ ޓީޝާޓް އެއް ލައިގެން ނެވެ. ދެމީހުން ދެމީހުންނަށް ބަލާލާފައި ބަނދަރާއި ދިމާއަށް ހިނގައިގަތެވެ.

ބަނދަރަށް ގޮސް ވަށައިގެން ބަލައިލާފައި އިދާންމެން މިސްރާބު ޖެހީ އެތާ އޮތް އެމީހުންގެ ލާންޗާ ދިމާއަށެވެ. ރަނގަޅަށް ލާންޗަށް އަރާ ހަމަ ޖެހިލާފައި ރަޔާން ލާންޗު ދުއްވާލިއެވެ.

އެ ރަށާހިސާބަށް ދެވުމުން ލާންޗު ގެ ސްޕީޑް މަޑުކޮށްލިއެވެ. ރަށާކައިރި ކޮށްލާފައި ފުންމާއިލީ ހަމަ ސީދާ ވެލިގަނޑު މައްޗަށެވެ. އެމީހުންގެ ނަސީބު ރަނގަޅު ކަމުން ފުންމައިލެވުނީ ތަޅުދަނޑި ކައިރިއަށެވެ.

ހިނގައިގަތްތަނާ އެއްޗަކަށް އެރުނުހެން ހީވެގެން ބަލާލިއިރު އޮތީ އެ ތަޅުދަނޑިއެވެ. އިދާން އުފަލުން ފުންމާލިއެވެ. އަދި ލައިގެން ހުރި ޖިންސްގެ ޖީބަށް އެ ތަޅުދަނޑި ލިއެވެ. ރަޔާންލައިރީ އެ ފެނުންކަމަށް ބުނުމުން ރަޔާންވެސް ހެވިފައި ހުރެ ލާންޗާ ދިމާއަށް ހިނގައިގަތެވެ. ވަރަށް ފަރިތަކަމާއެކު ލޮނުގަނޑުގައި ނުޖެހި އަރާ ރަޔާން ލާންޗު ދުއްވާލިއެވެ.

ރަށަށް އާދވުން އިރު ފަތިސް ނަމާދު ބަންގި ގޮވަން ކައިރި ވަނީއެވެ. އެހެން ކަމުން މީހަކަށް ފެނުމުގެ ކުރިން 2 ކުދިން ދުއްވައިގަތީ ގެއާދިމާއަށެވެ. އަރައިގެން ހުރީ ޓެނިސް ބޫޓަކަށް ކަމުން ދުވަން ވެސް ފަސޭހަ ވިއެވެ. ގެއަށް ވަދެވުން އިރު އެންމެން ފަތިސް ނަމާދަށް ހޭލައި އުޅެއެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލުމާއެކު ޒާޔާ ސިއްސައިގެން ދިޔައެވެ. އޭރު އިދާން އާއި ރަޔާން ދޮރުމަތީގައި ހުއްޓެވެ. އެމީހުން ދާހިއްލާ ފައި ހުރުމުން ކޮންމެސް ކަމެއް ކޮށްފިކަން އިނގުނެވެ.

ކުރިމަތިން ޒާޔާ ފެނުމުން ކުއްލިއަކަށް 2 މީހުން ހުއްޓުނެވެ. އޭރު ޒާޔާ އެދިމާއަށް އާދެއެވެ. ރަޔާންވެސް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޒާޔާ އައިގޮތަށް ސުވާލު ކުރިއެވެ.” ކިހިނެއް ވެފަ ތިހުރީ.. ހާދަ ދާ ހިއްލާފަ.. އަދި ބަންގި ވެސް ނުގޮވައިނުން.. ކޮންތާކުން ތި އައީ..؟؟ ” ޒާޔާ ސުވާލުތައް އޮއްސާލިއެވެ.

” ތާކަށް ނުދަން.. ހަމަ ބޭރަށް ޖައްސާލީ.. ” އިދާން ދޮގު ހެދިއެވެ. ޒާޔާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދުނީ ބަންގި ގޮވަން 2 ތިން މިނެޓު އިނީމަ އެވެ. ރަޔާންއާއި އިދާން ވެސް އަވަސް އަވަހަށް ކުޑަގޮތަކަށް ފެން ވަރާލައިގެން މިސްކިތަށް ދިޔައިރު ނަމާދު ކުރަން ފަށައިފިއެވެ. އަވަހަށް ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރަން ފެށިއެވެ. ނަމާދުކޮ ނިމިގެން އައިސް ލަސްނުކޮށް ނިދީ ކުރާނެ އެހެން ކަމެއް ނެތުމުންނެވެ.

ހެނދުނު ހޭލައިގެން އެންމެ ފުރަތަމަވެސް ސައިބޮއިގެން ރަޔާން އާއި އިދާން ދިޔައީ ރަޔާން ގެ ކޮޓަރިއަށެވެ. އަވަހަށް އިދާންލީ ޖީންސްގެ ޖީބު ބަލާލިއިރު އެ ތަޅުދަނޑިއެއް ނެތެވެ. އިދާން ލައިލައި ހުރި ނޭވާ ތާށިވިއެވެ.
ނުނިމޭ….

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-2

Next

މައިންބަފައިންނަށް އޯގާތެރިވާށެވެ!

Next
August 31, 2020

މައިންބަފައިންނަށް އޯގާތެރިވާށެވެ!

Previews
August 31, 2020

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-2

6 Comments!

  1. Ram says:
    August 31, 2020 at 12:11 pm

    Maasha allah vvv reethi mibai vess ???

    1. Hawwa jabeela says:
      September 1, 2020 at 7:42 am

      Shukuriyya ram??⁦☺️⁩

  2. EY5H ❤️ says:
    September 6, 2020 at 8:55 am

    Masha Allah vv reethi story.. Interesting ❤️waiting for the next part…

    1. Hawwa jabeela says:
      September 7, 2020 at 6:07 am

      Shukuriyya EY5H??⁦☺️⁩

  3. Xoona says:
    September 10, 2020 at 4:17 pm

    This stry is soooooo nice……. when is the nxt prt… mihaaru vex mi vhk kiya hitun hure veny kee noon

  4. Irusha says:
    October 26, 2020 at 8:48 am

    V salhi… can’t wait 4 the next part… Alhugadu ge bff ah kiyaany Imsha…?

Comments are closed.



All Right Reserved!