Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ނާމާން – 13

Hawwa jabeela Level 110 Stories
August 27, 2020 3 Mins Read
1 Comment

އެހެން އެކި އެކި ވާހަކަތައް ދައްކަން ތިއްބައި މަތިން އެއްޗެއް ވެއްޓުނެވެ.
******************
އެންމެން ހަޅޭއްލަވައި ގަނެފައި ފުންމައިގެން ތެދުވިއެވެ. އޭރު އެމީހުން ފަހަތުގައި ކުއްޖެއް ހުއްޓެވެ. އެއީ އެމީހުން އާއިލާ ކުއްޖެކެވެ.

” ކޮން ތަޅުދަނޑިއެއްގެ ވާހަކަ ތި ދައްކަނީ… ” އެކުއްޖާ އައި ގޮތަށް އައިސް އެތާ ކައިރީގައި ހުއްޓުނެވެ. މާޔާ އެހެން އެހުމުން އެމީހުންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެން އިރު ކޮޅަކު ހުރުމަށް ފަހު މާޔާ އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލިއެވެ. މިފަހަރު ޖަވާބުދޭން މަޖުބޫރުވީ އެތަނަށް އެހެން މީހަކު އައިސްދާނެ ތީއެވެ.

” އެއީ ތަޅުދަނޑިއެއް.. މާޔާއަށް ތަޅުދަނޑި ނޭނގޭ؟؟ ހެހެ ” އިދާން ކަންބޮޑުވުން ފޮރުވަމުން ހިނިގަނޑެއް ޖަހާލިއެވެ. އޭރުވެސް މާޔާ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ.” ދެން ކޮން ތަނެއްގެ ވާހަކަ ތިދެއްކީ؟؟ ކޮން ރުކެއް..ކާކުގެ ތަޅުދަނޑި އެއްތަ؟؟ ” އަނެއްކަންތައް އެ ޖެހުނީއެވެ. މާޔާ އައިއްސިއްޔާ ސަލާމަތެއް ނުވާނެއެވެ. އެކުރާ ކަމެއް ނުކޮށް ދުލެއް ނުކުރާނެއެވެ.

” އެއީ ކޮންމެސް އެއްޗެއްގެ ތަޅުދަނޑި އެއް.. އާނ..މަގުމަތިން ފެނުން އެއްޗެއް.. ދެން އަނެއްކާ މި ވާހަކަ ނުބުނާތި މީހެއް ކައިރީގަ.. ” އެންމެ ފަހުން ޒިންޔާ ބުންޏެވެ. އެވަރުން ވެސް މާޔާ ގަބޫލެއް ނުކުރިއެވެ.” ކީއްކުރަން މާ ސިއްރު ސިއްރުން… ތީ ދޮގެއް.. ތިހާ ސިއްރަކުން ނުގެންގުޅޭނެ… ކޮންމެސް ކަމެއް ވީމަ ތި ސިއްރު ކުރަނީ… “މާޔާ އެހެން ބުނުމަށްފަހު ހިތްހަމަ ނުޖެހިފައި ދިޔައެވެ. ޒިންޔާމެން ހަދާނެ ގޮތް ހުސްވި އެވެ. އެހެން ކިޔާފައި މީހުން ކައިރީ ކިޔަންވެސް ފަށާފާނެ އެވެ. އެކާމާާ ކަންތައް ބޮޑުވެފައި ތިއްބައި އިވުނީ މެންދުރު ނަމާދަށް ބަންގި ގޮވާ އަޑެވެ. އެންމެން ވެސް އަވަސްވެގަތީ ނަމާދު ކުރަން ދާންށެވެ.

މެންދުރު ކެއުމަށްފަހު އެންމެން ނިންމީ މޫދަށް ދާށެވެ. އަވަހަށް ތައްޔާރުވެގެން ނިމުނުއިރު 1 ގަޑި ބައިވެ ބޮޑުވެއްޖެ އެވެ. ލަސްނުކޮށް އެންމެން ހިނގައިގަތީ ބީޗަށް ދާށެވެ. އެކި އެކި ލުއިކާނާތައް ތަކާ އެކި ވައްތަރުގެ ކާތަކެތި ގެންދިޔައީ އެތާ މަޖާކުރަމުން ކާންށެވެ.

އެންމެ ފުރަތަމަވެސް ބީޗަށް ގޮސް އެމީހުން އެރުނީ މޫދަށެވެ. އިމްޝާއާއި ޒަހާއާއި ޒާޔާ، ޒިންޔާ އަދި އިދާން ނުލައެވެ. އެމީހުން އުޅުނީ ކޮންމެސް ކުޅިވަރެއް ކުޅެންށެވެ. އޭރު ތަންކޮޅެއް ދުރުން މާޔާއާއި މާޔާގެ ބޭބެ ރަޔާން އާދެއެވެ. އެމީހުން އައިގޮތަށް އައިސް ސުވާލުތައް ކުރަން ފެށިއެވެ.

” މި މާޔާ ދައްކައިފި ކޮންމެސް ތަޅުދަނޑި އެއްގެ ވާހަކަ.. ތިމީހުން މާ ސިއްރުކުރަން އުޅޭ ވާހަކައެކޯ.. އެ އަސްލު ކޮން ވާހަކަތަކެއްތަ..؟ ” ރަޔާންއާއި މާޔާގެ ސުވާލުތައް ހުސްނުވާނެއެވެ. ހުންނާނީ ކަމެއް ނުވުން ލަސްވެފައެވެ. އެތާ ގުޅޭގޮތުން އެ އަހަާވަރަކަށް އަހާނެއެވެ. ރަޔާން އެހެން އެހުމުން އެންމެން އަނގަ ބަންދުވިއެވެ. އިދާން ނިންމީ ހުރިހާ ވާހަކައެއް ރަޔާންއަށް ކިޔާދޭށެވެ.

” އޭ ރަޔާން.. ތީނަ އާދޭ… އަހަރެން ބޭނުން ވާހަކަ އެއް ބުނަން.. ” އިދާން ބުންޏެވެ. މާޔާ އަންނަން އުޅުމުން އިދާން މާޔާކައިރީގައި ނާންނަން ބުންޏެވެ. މާޔާ ދެލޯ އަޅާލީ ރަޔާން އަށެވެ. ރަޔާން ދެކޮނޑު އަރުވާލާފައި އިދާން ފަހަތުން ހިނގައިގަތެވެ.” ކިހިނެއްތަ ވެގެން މި އުޅެނި.. މާޔާ އެކިޔަނި ކޮން ތަޅުދަނޑިއެއްގެ ވާހަކަތަ؟؟ ޖަވާބު ދީބެދޯ.. ” ރަޔާން އަނެއްކާ ވެސް ސުވާލުތައް އޮއްސާލި އެވެ. އިދާން ފުން ނޭވާއެއްލާފައި އެވާހަކަ ކިޔާދޭން ފެށިއެވެ.

ވާހަކަ ކިޔާދީ ނިމުނު އިރު ރަޔާން ހުރީ ދެލޯ ބޮޑުވެފައެވެ.
” ސީރިއަސްކޮށްތަ.. ދެން ކީއްވެޔޯ ތިމީހުން ދޫކޮށްލީ.. ” ރަޔާން އެހިއެވެ.” ހްމް.. ސީރިއަސްކޮށް މި ބުނީ..ދެން ތީނަ ގަބޫލު ނުކުރިޔަސް ހެއޮ… އެކަމު މި ވާހަކަ ހަމަ އެކަަކު ކައިރީވެސް ނުބުނާތި..އަހަރެންނަކަށްވެސް ނޭނގެ ދޫކޮށްލި ސަބަބެއް ” އިދާން އެހެން ބުނެފައި އަލުން އައި ކޮޅަށް ހިނގައިގަތެވެ. ރަޔާންވެސް އެއްޗެއް ނުބުނެ ހިނގައި ގަތެވެ.

އިދާންމެންނަށް ޒިންޔާމެން ތިބިތަނަށް އާދެވުނު އިރު އެމީހުން ތިބީ ޕޮޓޭޓޯ ޗިޕްސް ޕެކެޓްތަކެއް ހިފައިގެން އެ ކާށެވެ. ރަޔާންއާއި އިދާން އެފެނުމުން ކުޅުދިޔާވިއެވެ. އެމީހުންވެސް ކޮތަޅުން ޗިޕްސް ޕެކެޓެއް ނަގައިގެން ކާންފެށިއެވެ. ކެއި ގަޑީގައި ހަމަ އެކަކުވެސް ވާހަކައެއް ނުދެއްކޮއެވެ. އެގޮތް މާޔާއަކަށް ކަމަކު ނުދިޔައެވެ. އެހެން ކަމުން ވާހަކަ ފަށައިގަތީ މާޔާއެވެ.

” ކީކޭތަ އިދާންބެ ބުނީ… އަހަރެމެން ކައިރީގަވެސް ބުނެބަ… ” މާޔާ އެހެން ބުނުމުން ރަޔާންވެސް މިފަހަރު ސިހުނެވެ. އޭނަ އެ ވާހަކަ ދައްކަން ވެސް ބިރު ގަނެއެވެ. އެކަމަކުވެސް އިދާން ކައިރީގައި އަހާފައި ވާހަކަ ކިޔައިދޭން ފެށިއެވެ.

” އަޅެ… އެ ކޮން ތަޅުދަނޑިއެއްބާ..؟؟ ތީ ހަމަ އަސްލުވެސް އިދާންބެ މެންނަށް ވީ ގޮތްތަ… އެކަމް… ” މާޔާ ބިރުން ވާހަކަދެއްކިއެވެ.” އިނގޭ ކުރިންވެސް ގަބޫލު ނުކުރާނެ ކަން… އެކަމް ޕްލީޒް މަންމަ މެން ކައިރީގަ ނުބުނައްޗޭ… ” އިދާން ބުންޏެވެ.

” އާނ… އަހަރެން ނުބުނާނަން.. ޕްރޮމިސް.. ” މާޔާ ބުންޏެވެ. އޭރު މޫދުގަ އުޅުނު މީހުންވެސް އެއްގަމަށް އަރައިގެން އާދެއެވެ. މާ ނޫން ކަމަށް ހަދާފައި ރަޔާން ހޭންފެށީ އެއިން މީހަކަށް ކަމެއް ޝައްކު ވެދާނެތީއެވެ. ދެންތިބި ކުދިންވެސް މާ މަޖާ ވާހަކައެއް ދައްކާ ކަމަށް ހެދުނެވެ.

މަންމަ އައިސް ކާން ބުނުމުން އާއިލާ އެންމެން ދޮންވެލިގަނޑު މަތީގައި ތިބެގެން އެތަނަށް ގެނައި ނޫޑްލްސް ކާން ފެށިއެވެ. ކައިނިމިގެން ކުޑަކޮށް ކުޅެލައިގެން ގެއަށް ދާން ތައްޔާރު ވިއެވެ. ގެއަކަށް ދާން ހިނގައިގަތް އިރު 3 ގަޑި ފަނަރަ ވަނީއެވެ.

ގެއަށް އައިސް އިދާންއާއި ރަޔާން ފެންވަރައިގެން މިސްކިތައް ދިޔައެވެ. އޭރު ބަންގި ގޮވާ އަޑު އިވެއެވެ. އެންމެން ހަމަވެވުނު އިރު 4 ޖަހަނީއެވެ. ދެން ދިޔައީ ހިނގައިލާށެވެ. ރަޔާންއާއި މާޔާ ވެސް ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. ހިނގައިލަން ގޮއްސައި ގެއަށް އާދެވުނުއިރު 6 ޖަހަން އިނީ ފަނަރަ ވަރަކަށް މިނެޓެވެ. ރަޔާން އާއި އިދާން ބަންގި ގޮވީމާ މިސްކިތަށް ދާނަމޭ ކިޔާފައި ބޭރަށް ދިޔައެވެ.

މަގުމަތިން މަދު މީހަކު ނޫނީ ފެންނަން ނެތެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރަޔާން އާއި އިދާން ހިނގަމުން ދިޔައެވެ. ބަނދަރާ ދިމާއަށް ދެވުމުން އެތާ ހުރި ބެންޗެއްގައި ދެމީހުންވެސް އިށީނެވެ. އިދާން ދިޔައީ މޫދާދިމާއަށް ބަލަމުންނެވެ. ރަޔާން ވާހަކަ ދައްކަން އަނގަހުޅުވާފަވެސް އެވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ.” އެއްޗެކޭ ބުނަންތަ ތި އުޅެނި.. ބުނީމަ ދޯ އިނގޭނި.. ” އިދާންއަށް އެކަން ފާހަގަވެގެން ބުންޏެވެ.

” މީ … ދެން ކިހިނެއް ހަދަން ތި ވިސްނަނީ އެ ތަޅުދަނޑިއަށް.. ” ރަޔާން އެ ސުވާލު ކުރަން ނުކުރަން ހުރެފަ ވެސް ކުރިއެވެ. އިދާން ބަލާލީ ރަޔާންއާ ދިމާއަށެވެ. އަދި ބުންޏެވެ.” ނޭނގޭ… ނަސީބެއް ކަންނޭނގެ އެ ނުލާ އާދެވުންކަންވެސް… ދެން ކުރާނެ ކަމެއް ނެތް.. ” އިދާން އެހެން ބުނިތަނާ ހެން ބަންގި ގޮވާ އަޑު އިވުނެވެ. ލަސްނުކޮށް 2 ކުދިން ހިނގައިގަތީ މިސްކިތާ ދިމާއަށެވެ.
ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ލޯބީގެ ހައްގުގައި 3

Next

ލޯބިވާވަރު އަންގަދޭހިތްވޭ (ޓްރެއިލާ)

Next
August 27, 2020

ލޯބިވާވަރު އަންގަދޭހިތްވޭ (ޓްރެއިލާ)

Previews
August 25, 2020

ލޯބީގެ ހައްގުގައި 3

One Comment

  1. Xoona says:
    September 10, 2020 at 4:10 pm

    Vrh reethi

Comments are closed.

Next Episodeނާމާން – 14←


All Right Reserved!