ނާމާން – 12
އޭރު ތަންކޮޅެއް ދުރުން އެއްޗެއް ފެނަހެން ހީވެގެން ޒަހާ ކޮޅަށް ތެދުވެ ބަލާލިއެވެ.
********************
ޒަހާ އުފަލުން ހަޅޭއްލަވައި ގަތެވެ. ދުރުން އެ އަންނަނީ ކުޑަ ބޯޓެކެވެ. އިދާން މެން ކިހިނެއްތޯވީ އެހުމުން އެ ބޯޓު ދައްކާލިއެވެ. ޒިންޔާ ވީ އުފަލެއް ބުނެދޭން ވެސް ނޭނގުނެވެ. ޒިންޔާ އާއި ޒާޔާ ފުންމަމުން އެ ބޯޓާ ދިމާއަށް އަތް ހޫރަން ފެށިއެވެ.
އެހެން އެމީހުން އަތްހޫރުވަން ހުއްޓައި އެ ބޯޓު އެމީހުން ތިބި ރަށާ ކައިރި ކޮށްލިއެވެ. އެބޯޓުން ފުރަތަމަ ފޭބިމީހާ އިދާންމެންނާ ދިމާއަށް ބަލާލިއެވެ. ދެން ފޭބި މީހުންވެސް ބަލަންފެށިއެވެ. އިދާން ވީގޮތް ކިޔާދިނެވެ. އެމީހުން އެރަށަށް އައިސް ރަށަށް ނުދެވުނު ވާހަކައެވެ. ޖިންނި ވާހަކަ ނުކިޔާދިނީ އެމީހުން ގަބޫލުނުކުރާތީއެވެ.
އެމީހުން ލަސްނުކޮށް އަލުން ބޯޓަށް އެރީ އިދާންމެން ގޮވައިގެން އިދާންމެންގެ ރަށަށް ދާށެވެ. އަހަރަކަށްފަހު އެތަނުން ސަލާމަތް ވެވޭތީ އެމީހުން ތިބީ ނުހަނު އުފަލުންނެވެ. އެންމެން އުޅޭގޮތުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުހެންނެވެ. ދުރުގައި އެމީހުން އުޅޭގޮތް ބަލަން އެ ދޯނިން ފޭބި މީހުން ތިއްބެވެ.
ދޯނީގަ ތިބެގެން ޒަހާމެން މަޝްވަރާ ކުރީ ރަށަށް ގޮއްސަ މި ވާހަކަ މަންމަމެން ކައިރީގައި ބުނާނެ ގޮތަކާމެދުއެވެ. ނަމަވެސް ޒިންޔާ މި ވާހަކަ ބުނަން ބޭނުމެއް ނުވިއެވެ. އެހެންކަމުން ކޮންމެސް މޮޅު އެއްޗެކޭ ކިޔައިގެން އެކަން ހަމަޖައްސަން ނިންމިއެވެ.
ރަށަށް ދޯނި ޖެއްސުމާއެކު އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. ގިނަ މީހުންގެ ނަޒަރު ހުއްޓިފައި ވަނީ އެމީހުންނަށެވެ. އެކަކު އަނެކަކާ ސިއްރު ސިއްރުން ވާހަކަ ދައްކާ ތަންވެސް ފެނުނެވެ. ނަމަވެސް އެމީހުން އެއްވެސް ކަމަކަށް ނުހަދައި ރަށުތެރެއަށް ހިނގައިގަތެވެ. އެމީހުންނަށް ބަލާފައި އެއީ ގެއްލުނު ކުދިންކަން އެންމެންވެސް ދެނެގަތެވެ.
ގެއަށް އައިސް ފުރަތަމަވެސް ދޮރުގައި ޖެހީ އިމްޝާއެވެ. އާދައިގެ މަތިން ފުދޭވަރަކަށް ބާރަށެވެ.ދޮރު ހުޅުވީ މަންމަ އެވެ. ކައިރީގައި ބައްޕަ ވެސް ހުއްޓެވެ. އިދާންމެން ފެނުމުން މަންމަ ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ބަލާލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އުފަލުން އެންމެން ކައިރީގައި ވަންނަން އެދުނެވެ.
މަންމަ ހުރީ ގެއަށް ވަދުން ލަސްވެފައެވެ. ސުވާލުތައް ކުރަން ފެށިއެވެ. އެމީހުން ދޯނީގައި ތިބެގެން ރޭވިގޮތަށް ކިޔާދިނެވެ. އެމީހުން އެ ވާހަކަ ގަބޫލު ކުރީ ނުހަނު ފަސޭހައިންނެވެ. ޕޮލިހުންވެސް އެމީހުން ހޯދަ ހޯދަ ނުފެނިފަ އަނެއްކާ ފެނުމުން ތިބީ ހައިރާންވެފައެވެ.
އާދައިގެ މަތިން ދުވަހެކެވެ. ޒަހާ ތެދުވެ ގަޑި ބަލާލިއެވެ. އޭރު ގަޑިން ހެނދުނު 8 ޖެހީއެވެ. މޯޅިއަކަށް ދެމިލުމަށް ފަހު މަޑުމަޑުން ހިނގާފައި ގޮސް ފާހަނައަށް ވަދެ ފެންވަރާލައިގެން ނިކުމެގެން ގޮސް އަލަމާރި ކައިރީގައި މަޑުކޮށްލިއެވެ. ޒަހާ ނެގީ މަޑު ނޫކުލައިގެ ދޫ ހަރުވާޅަކާއި ކަޅު އަތްދިގު ޓީޝާޓެކެވެ. އިސްތަށިގަނޑުގައި ކުޑަކޮށް ފުނާއަޅާ އޮމާންކޮށްލިއެވެ.
ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި އިށީންތަނާ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވުނެވެ. އަވަސް އަވަހަށް ލެޕްޓޮޕް ބައިންދާފައި ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި އިދާން ހުއްޓެވެ. ޒަހާ އިދާން ވަންނަން ތަންދައްކަމުން ގޮސް އެނދުމަތީގައި އިށީނެވެ. އިދާވެސް އައިސް މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
” މި އައީ ވަރަށް ބޮޑު ވާހަކައެއް ބުނަން.. އެއްކަލަ ތަޅުދަނޑި ކޮބާ؟؟.. ” އިދާން ސުވާލު ކޮށްލިއެވެ. އެ ތަޅުދަނޑި މަތިން ހަނދާނވީވެސް އަދި ކިރިޔާއެވެ. ފުންމައިގެން ތެދުވެ ޒަހާ ވިސްނަން ފެށިއެވެ. ކުއްލިއަކަށް ޒަހާ ހަނދާންވީ އެ ތަޅުދަނޑި އެ ރަށުގައި ބާއްވާފައި އައި ހަނދާނެވެ.” އަހަރެން އެތަނުގައި…. ” ޒަހާ ބުނަން އުޅުން ޖުމްލަ މަޑުޖައްސާލަން ޖެހުނީ އިމްޝާ ދުވެފައި ވަތްތަން ފެނުމުންނެވެ. ކުޑަކޮށް ބޮލުގައި ޖަހާލަމުން އިދާން ހަމަޖެހިލިއެވެ.
” މަންމަ ބުނީ ސައިބޯން އަންނާށޯ.. އަވަސް ކުރައްޗޭ… ” އިމްޝާ އައިސް އެހެން ބުނެފައި ނުކުމެގެން ދިޔައެވެ. އޭރު ގޭތެރެއިން ބައިވަރު މީހުންތަކެއްގެ އަޑު އިވެއެވެ. އިދާން ސިއްރު ސިއްރުން ބަލާލި އިރު އާއިލާ އެންމެން ކަހަލައިން އެތަނަށް އެއްވެފައި އޮތެވެ. އިދާން ދެލޯ ބޮޑުވިއެވެ. އެމީހުން އެގެއަށް އައި ސަބަބު އިދާންއަށް އިނގުނެވެ. އެއީ އެމީހުން ގެއްލުމަށް ފަހު އަލުން ފެނުމުން ނެވެ. އެވާހަކަ އިދާން ގޮސް ޒަހާ ކައިރީގައި ބުނުމުން ޒަހާ ނިކުންނަން ދެކޮޅު ހެދީ ސުވާލުތައް ކުރިމަތިވާން ބޭނުން ނުވާތީއެވެ. އެހެން ތިއްބައި މަންމަ އައިސް ބުނުމުން ކޮންމެ ގޮތެއް ހަދާފަވެސް ނިކުންނަން ޖެހުނެވެ.
އިދާން ނިކުންނަމުން ލައިގެން ހުރި ހޫޑީއިން ބޯ ނިވާކޮށްލިއެވެ. ކޮޓަރި ދޮރުން ބޭރަށް ފައި އެޅުމާއެކު އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓުނެވެ. އޭރު ޒިންޔާ އާއި އިމްޝާ އަދި ޒަހާވެސް އިނީ ދެލޯ ބޮޑުކޮށްގެންނެވެ. އެންމެން އެއްފަހަރާ ސުވާލު ކުރަން ފެށިއެވެ. އެކަމާ ހުރެ ބޮލަށް އުނދަގޫވެ ހުރެ އިދާން ގޮސް މޭޒު ކައިރީގައި އިށީނެވެ. ޒަހާއަށް ކުރިން އެހެން ވާނެކަން އިނގޭތީ އިނީ ފާޑަކަށް މޫނު ކުނިކޮށްގެންނެވެ.
ސައި ބޮއި ނިމިގެން ލަސްނުކޮށް އެންމެން އިދާންމެން ކޮޓަރިއަށް ދިޔައީ އެ ވާހަކަ ދައްކާށެވެ.” އެ ތަޅުދަނޑި ހިފައިގެން އާދެވުންނަމަ… ކޮންތާކުތަ އެ ބޭންދި؟.. ” އިދާން ސުވާލު ކުރިއެވެ.
” ނޭނގެ… އަހަރެންނަށް އެ ތަޅުދަނޑި އެތަނުގައި ބައިންދާފައި އާދެވުނީ… ކޮން ތަނަކު ކަމެއް ނޭނގެ…ހީވަނީ އެތާ ހުރި ރުއްކައިރީގާ ހެން.. ” ޒަހާ ކިޔާދިނެވެ. އެހެން އެކި އެކި ވާހަކަތައް ދައްކަން ތިއްބައި މަތިން އެއްޗެއް ވެއްޓުނެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


VVV reethi maasha allah
Thank you ram??☺️