Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން ( ފަހުބައި )

kudhoo Level 310 Stories100 Comments
September 28, 2020 4 Mins Read
17 Comments

ޔުއާން އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހަނާގެ ކައިވެނީގެ ކަންތައް ހަމަޖެހެން އުޅޭކަން ޔުއާންއަށް އެނގުނު ހިސާބުން މުޅި މީހާގެ މޫޑު އެއްކޮށް ޚަރާބު ވެއްޖެއެވެ. އޭނާ ކުރި އެއްވެސް އާދޭހެއްގެ އަޑެއް ހަނާނޭހިއެވެ. ހަނާގެ ހިޔާލުތަކުގައި ބަނދެވިފައި ހުރެ ސާރާވެސް ދޫކޮށްލައިފިއެވެ. އަނެއްކޮޅުން ޗުއްޓީ ހަމަވެއްޖެ ތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ވަޒިފާއަށް ނުނިކުންނާތީ ވަޒީފާއިން ކަނޑާލާނެ ކަމުގެ މެސެޖުވެސް ލިބިއްޖެއެވެ. ނަމަވެސް އެތަނަށް ދާނެ ހިތްވަރެއްވެސް ޔުއާންގެ ކިބަޔަކު ނެތެވެ. އޭނާއަށްޓަކައި ހަނާ އިންތިޒާރު ކުރަމުންއައި ވަރު އޭނާއަށް ވިސްނުނުއިރު ވަގުތު ފާއިތު ވެއްޖެއެވެ.

މާދަން ރެއަކީ ހަނާގެ ކައިވެނި ކުރެވިގެން ދާނެ ރެއެވެ. ޔުއާންއަށް ވެސް ވަނީ އެކައިވެނީގެ ހަފްލާއަށް ދައުވަތު ލިބިފައެވެ. ނަމަވެސް އޭނާ އެހަފްލާއަށް ދާނީ ކިހިނަކުން ހެއްޔެވެ. ނުދިޔަޔަސް މަންމަގެ ޝަކުވާ އެހާ ބޮޑުވާނެއެވެ. މަންމަމެންނަށް ވެސް އެއީ އޭނާގެ ހިތުގެ މަލިކާކަން އެނގޭނަމައެވެ. ޔުއާން ނޫން އެންމެން މީހުންނާއި ކައިވެނިކޮށް ދަރިން ލިބޭއިރުވެސް ގޭގެ އެންމެ ބޮޑުކުއްޖާއަށް ވެހުރެ ހުހަށް ހުންނާތީ މަންމަގެ އެތައް ޝަކުވާއަކާވެސް ކުރިމަތިލާން ޖެހިއްޖެއެވެ. ބޯހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެއްޖެއެވެ. ކެއުމާއި ދުރުވެ މީހާގެ ވިސްނުން މިހިސާބަށް ދިޔުމުން މުޅި ހަށިގަނޑުވެސް އެކަން ފާހަގަ ވާން ހުއްޓެވެ. ގަވާއިދުން ޖިމްޖައްސައި ކަސްރަތުކޮށް ހަށިގަނޑަށް ބަލައިގެން އުޅުނު ޔުއާންގެ އެރީތި ހަށިގަނޑުވެސް މުޅިން ގެއްލިއްޖެއެވެ.

ގޭގެ އެންމެން ކައިވެނީގެ ހަފްލާއަށް އެއްކޮށް ދިޔައިރުވެސް ޔުއާން ދާނީ ފަހުން ކަމުގައި ބުނެ މަޑުކޮށްލީއެވެ. ކިތަންމެ ބޭނުން ނުވިނަމަވެސް މަންމަ އޭނައަށް އިންތިޒާރު ކުރާނޭކަން އެނގުމުން ނުގޮސް ނުވާނެ ކަންވެސް އެނގެއެވެ. އެހެންކަމުން ފިހާރައަކަށް ވަނދެ ހަނާއަށް ކަމުދާ އެންމެ މީރުވަސްދުވާ ސެންޓް ފުޅިއެއް ގަނެލައިގެން މާބޮނޑިއެއް ތައްޔާރު ކުރިއެވެ. އެއީ އޭނާއަތުން ހަނާއަށް ލިބޭނެ އެންމެ ފަހުގެ ހަދިޔާއަށް ވުމަށެވެ. ޔުއާންއަށް ގޮސް ހަނާގެ ގޭގެ ވަންނަ ގޭޓްކުރިމަތީ ހުއްޓިލައިގެން ހުރެވުނީއެވެ. ތަންކޮޅެއް އެތެރޭގައި ކުރިމަތިން ފެންނަން ތިބިޖޯޑަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭގެއެއެވެ. ހޭ ވެރިކަމެއް ލިބުނީ މުނާންއައިސް ދޮންބެ ނުވަންނަނީތޯ އެހުމުންނެވެ. ކަމެއް ނުވާކަމަށް ހެދެމުން ޔުއާން އެތެރެއަށް ހިނގައިގަތެވެ. ހަނާމެން ތިބި ހިސާބަށް ކައިރިވާ ވަރަކަށް އޭނާގެ ފައި ބިންމަތީގައި ތައްލަވާހެންވެސް ހީވެއެވެ. ގަދަބާރުންނަމަވެސް އެފައި ބިންމަތިން ނަގަމުން ޔުއާންގޮސް ހަނާގެ ކުރިމައްޗަށް އެރިއެވެ. ނަމަވެސް ހަނާއަށް ވުރެ ކުރިން ޔުއާން އަތުގައިވި ހަދިޔާ ހޯދީ ހުމޭޝްއެވެ. އަދި އެހަފްލާއަށް އައީތީ ޝުކުރު އަދާކުރިއެވެ. ހަނާ ވީވަރަކުން ޔުއާންގެ މޫނަށް ނުބަލައިވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ފަސްދީފައި ދާން އުޅުނު ޔުއާންއަށް ހަނާއަށް ބަލައިލެވުނެވެ. އެރީތި ހަށުގަނޑަށް އައިސްފައިވި ބަދަލު ހަނާއަށްވެސް ފާހަގަކުރެވުނެވެ.

ކައިވެނި ހަފްލާނިމި ފޮޓޯނެގި އިރުވެސް ޔުއާން ހުއްޓެވެ. ނަމަވެސް ފޮޓޯ ޝޫޓްގައި ފިރާޝް އެދުމުންވެސް ޔުއާން ބައިވެރިއެއް ނުވިއެވެ. އެގަޑީގައި ފޯނެއް އައިކަމަށް ހަދާފައި ޔުއާން ނުކުތީ ބޭރަށެވެ. ދެވޭ ނުދެވޭ ދިމާލެއްވެސް ނޭގި ސައިކަލު ދުއްވަމުން ކުރިޔަށް ދިޔައެވެ. އޭނާއަށް އުޅެވެމުން އައި ގޮތާމެދު ވިސްނެން ފެށުނީ އަދި ކިރިޔާއެވެ. ދުއްވަމުން ދިޔަ ސައިކަލު މަޑުޖެހުނީ އަތިރިމައްޗާ ދިމާލުގައި ހުރި ގަހެއް ކައިރީގައެވެ. އެތައް އިރަކު ސައިކަލު މަތީގައި ވިސްނައިލަން ހުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް ހަނާ ބުނިހެން އޭނާ މިވަނީ އަލުން ދިރިއުޅުމާމެދު ވިސްނާ އަލުން އާފެށުމަކުން ފަށާށެވެ. އޭނާ ކިތަންމެ މަސައްކަތެއް ކުރިޔަސް ދެން ހަނާ ބުނިހެން އޭނާ އެނބުރި ޔުއާންގެ ހަޔާތަކަށް ނާންނާނެއެވެ. ހަނާވެސް ގެއްލިއްޖެއެވެ. ވަޒީފާވެސް ގެއްލިއްޖެއެވެ. ޔުއާން ގެއަށް އައިސް ވަންއިރު އަދި އެއްވެސް މީހަކު ގެއަކަށް ނާދެއެވެ. އެހެންކަމުން ކޮޓަރިއަށް ވަނދެ އެނދުގައި އޮށޯތެވެ. ލާން ހުރި ހެދުންވެސް ބަދަލުކޮށްލާނެ ހިތްވަރެއް ޔުއާންގެ ގައިގައި ނެތެވެ. އެއަށްވުރެ ބޮލުގެ ރިހުންގަދައެވެ. އެހެން ދުވަސްތަކާ ޚިލާފަށް ޔުއާން މިރޭ މާއަވަހަށް ހޭލެވިއްޖެއެވެ. ގަޑި ބަލާލިއިރު ހަތަރު ގަޑި ބައިވަނީއެވެ.  ކީއްވެ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހިތައްވަނީ ފަތިސް ނަމާދަށް މިސްކިތައް ދާށެވެ. މިއިން ޒަމާނަކުވެސް ކުރަން ހިތައް ނޭރި ކަމެއް ކުއްލިއަކަށް ހިތައް އައުމުން އަޖާއިބުވެސް ވިއެވެ. ފަތިސްނަމާދަށް ބަންގިގޮވީ ޔުއާން މިސްކިތުގައި ހުއްޓައެވެ. ފުރަތަމަ ފަހަރަށް ބަންގީގެ އަޑުއިވުމުން އޭނާ އަޑުއަހަމުން އަންނަ މިއުޒިކުތަކަށްވުރެ ހަމަޖެހުމެއް ލިބިގެން ދިޔަކަން އިހުސާސްކުރެވުނެވެ. ނޭނގޭ ސަބަބަކާ ހުރެ މިސްކިތައް ވަދެވުނު އިރުން ފަށައިގެން ނަފްސަށް ހަމަޖެހުމެއް ލިބިފައި ވެއެވެ. އަނެއްކޮޅުން އެކި ހިޔާލުތަކުންވެސް ނަފްސު މިންޖުވެފައިވެއެވެ. ފަތިސްނަމާދުކޮށްގެންވެސް ގެއަށް ދިއުމުގެ ހިޔާލެއް ޔުއާންގެ ހުރި ހެނެއް ހިއެއް ނުވެއެވެ. ޔުއާން ގެއަށް ގޮސްވަނީ އިރުވެސް އެރި ފަހުންނެވެ. އެހާއިރު ޔުއާން ގެއަށް ވަނުމުން ސިޓިންގ ރޫމް ސޯފާގައި އިށީދެގެން ތިބި ޒުލޭޚާއާއި ސައީދުއަށް ލިބުނީ ހައިރާން ކަމެކެވެ. ދުވަހަކުވެސް ޔުއާން ނުފެންނަ ގަޑިއެއްގައި ފެނުމުންނެވެ. ޚާއްސަކޮށް މީ ޔުއާން އަރާމުކޮށް ނިދަން އޮންނަ ގަޑިއަށް ވުމުން ނެވެ.

” ދަރިފުޅާ ކޮންތާކުން މިގަޑީގައި..” ސައީދު އަހާލިއެވެ. ” މިސްކިތުން..މަންމާ ކޮފީއެއް ގިރާދީބާ..” ޔުއާން ބުންޏެވެ. ޔުއާން ބުނި ވާހަކައިން ޒުލޭޚާ އަށް ލިބުނު އުފަލާއެކު އަވަހަށް ކޮފީއެއް ގިރުމަށް ބަދިގެއަށް ދިޔައެވެ. ކޮފީތަށިހިފައިގެން ޔުއާން ދިޔައީ މަތީބައިގައި ހަދައިފައިވާ ކޮފީ މޭޒުދޮށަށެވެ. ” އަހަނ! ދޮންބޭ މިގަޑީގައި ކޮންކަމެއް؟.. އަނެއްކާ ރަގަޅު ކޮޅަކުން އިރުއެރި ދުވަހެއްތަ؟..” ގޭގެ އެންމެނާވެސް ގުޅޭ މުނާން އަހާލިއެވެ. ” ކޮފީއެއް ބޯކަށް ނޫންތަ.. ލުމާވެސް އެބައިނިންތަ.. ލާނާ ފަހަރި ކިހިނެއްތަ؟..” ޔުއާން އަހާލިއެވެ. ” ހަމަ ތިއްތި ބުނިހެން ނުބައި ކޮޅަކުން އިރުއަރައިގެން އުޅެނީ..އަޅެ ތިއްތީ ހިނގާބަލަ އަތިރިމައްޗަށް..އިރުއަރަމުން އަންނަ ކޮޅެއް ބަލައިލަން..” ލުމާ ބުންޏެވެ. އެންމެން ސަމާސާ ކުރުމުގައި ވަގުތުތައް ހޭދަކުރަމުން ދިޔައެވެ. މިފަދަ ދުވަހެއް އާއިލާ ތެރޭގައި އައި ދުވަހެއް ހަނދާނަކަށްވެސް ނާދެއެވެ. ” މުނާން،.. ހުޝާން ދޫކޮށްލަން އަދިވެސް ވަރަށް ގިނަ ދުވަސް އެބައޮތް ދޯ… ކާކުތަ އެންމެ ފަހުން ބައްދަލު ކުރަން އެދިފަ ވަނީ..” ޔުއާން އަހާލިއެވެ. މިހާރު ނާއިލާ އެދިފަ އޮތީ…އެންމެ ފަހުން މަންމަ ދިޔައީ.. ބުނި ވަރަށް ގިނަ ވާހަކަތައް ދެއްކިވާހަކަ..ދެން ސަލާމަތްވިޔަސް އެގޮތަށް ނޫޅޭނެ ވާހަކަ..ގޭގެ އެންމެންގެ ޚަބަރުވެސް އެހިއޭ… ދެން މިހާރު އެންމެ ދެކެން ބޭނުންވަނީ އޭނާގެ ދަރިފުޅޭ… ހުޝާންއަށް ނުފެނި ހުރެ އެދަރިފުޅަށް ތިން އަހަރުވެއްޖެ… ބޮޑުއަނގައެއްވެސް އޮވޭ… ފޫހި ފިލާ ކައިރީގައި ހުންނަ އިރުވެސް…” މުނާން އެއްފައްޗަކަށް ކިޔައި ދެމުން ދިޔައެވެ.

” ކޮންދުވަހަކުތަ ލާނާ ވިހަނީ؟..” ޔުއާން އަހާލިއެވެ. ” މިއަންނަ މަހު..” ލާނާ ބުންޏެވެ. ” ދެން ލުމާ މެރިއޭޖު ކިހާ ހިސާބަކަށޭ؟..” ޔުއާން އަހާލިއެވެ. ” އަސްލު ތިއްތީ.. އަހަރެން މިހުރީ މިދުނިޔޭގަތަ؟.. މަށަށް ހީވަނީ މަމިއުޅެނީ ހުވަފެނެއްގައި ހެން އަޅެ ހޭލައްވާލަ ދީބާ…” ލުމާ ސަމާސާ ރާގަކަށް ބުންޏެވެ. ” އޯކޭ އޭ..ލުމާ ތިހުރީ މިދުނިޔޭގައި..ދެން ބުނެބާ ކޮންދުވަހަކުންތަ؟..” އަނެއްކާވެސް ޔުއާން އަހާލިއެވެ. “މާހިލްގެ ދަތުރު ނިމުނީމަ… އަދި ތިންމަސް ނަގާނެ..ޓްރެއިނިންގ ނިމެން…އަސްލު އެހިސާބަށް އަހަރެންނަށްވެސް ވަރަށް ރަގަޅު..އޭރުން ލާންތާ ވިހާގެން ގަދަވެފަ ހުންނާނީވެސް..” ލުމާ ބުންޏެވެ. މާހިލް ލުމާއާ ގުޅެން މީގެ ފަސް މަސް ވަރަކަށް ކުރިން އެދިފައި ދެއާއިލާވެސް އެކަމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އޭނަގެ ޓްރެއިނިންގ ސެޝަންތަކެއް އިންޑިއާގައި ކުރިއަށްދާތީ ކައިވެނި ފަސްކޮށްލީއެވެ. ނާހިދުގެ އުނދަގުލުން ވެސް ލުމާ ސަލާމަތްވީ މާހިލްގެ ތަކެއްޗަށް ނާހިދު ގެއްލުން ދެނިކޮށް ސީސީޓީވީ ކެމެރާތަކަށް އަރާ އެޕޮލިހުންނާ ހަވާލުކޮށްގެން ނާހިދު ހައްޔަރު ކުރި ހިސާބުންނެވެ. ” ދޮންބޭ..އެހެންވީމަ މިހާރު ހުރީ ދޮންބެ އެކަނި…ކޮންދުވަހަކުންތަ ދޮންބެ ނިންމަނީ..” މުނާން އަހާލިއެވެ.

” ދޮންބެ މިވިސްނަނީ.. ބައްޕަގެ ވިޔަފާރީ ކަންތަކާ ޙަވާލުވާން… ބައްޕަވެސް މިހާރު ބަލިކޮށް އުޅޭތީ…” ޔުއާން ބުންޏެވެ. ” ދެން ދޮންބެގެ ކެރިއަރ… އެތަނުން ކެޑެންތަ ތިއުޅެނީ..” ލުމާ އަހާލިއެވެ. ” ވަޒީފާއަށް ނުނިކުންނާތީ ކަނޑައިލައިފި..” ހިޔާލެއްގެ ތެރޭ ހުރެ ޔުއާން ބުންޏެވެ. ” ތީ ރަގަޅު ގޮތެއް…ބައްޕަގެ މަސައްކަތުގައިވެސް ހިފަން ކޮންމެވެސް އެކަކު ހުންނަން ޖެހޭނެ…” މުނާން ބުންޏެވެ.

ހަނާގެ ކައިވެންޏަކީ ޔުއާންއަށް ތެދުމަގުދެއްކެވުމަށް ކުރިމަތިވި ކަމެއްހެންވެސް ހީވެއެވެ. އެދުވަހުން ފަށައިގެން ޔުއާން ހިތްހަމަ ޖެހުމަކަށް ވެފައިވަނީ މިސްކިތެވެ. ކޮންމެވެސް ވަގުތުކޮޅެއް މިސްކިތުގައި ނަމާދު ކުރުމުގެ ކުރިން ނުވަތަ ފަހުންނަމަވެސް ޤުރުއާން ކިޔަވަން އިށީދެއެވެ.

ތިން އަހަރުފަސް

މިއަދަކީ ހުޝާން ޖަލުން ސަލާމަތްވާ ދުވަހެވެ. ނާއިލާގެ އިންތިޒާރަށް ނިމުމެއް އަންނަ ދުވަހެވެ. ހުޝާންގެ އިންތިޒާރުގައި އޭނާއަށް މަރުޙަބާ ކިޔަން އާއިލާގެ އެންމެން ސައީދުމެންގެ ގެ މިޝަންއަށް އައިސްތިއްބެވެ. މުނާން އާއި ލާނާގެ އިތުރުން އެމީހުންގެ ތިންއަހަރުގެ ދަރިފުޅު މާޒް ވެސް އުޅެއެވެ. މުޅި ގޭތެރޭގައި އެއްއަޑު ކޮށްލައިފައި ދުވެދުވެ އުޅުމަކީ މާޒްގެ އާދައެކެވެ. ޙާއްސަކޮށް މީހުންގިނަވެއްޖެއްޔާ މާޒްގެ ފޯރި ވަކިން ގަދަވެއެވެ. ޔުމާއާއި ފިރާޝްވެސް އެމީހުންގެ އެއްއަހަރުގެ ދަރިފުޅު އުރާލައިގެން ސޯފައިގައި ތިއްބެވެ. ލުމާއާއި މާހިލް ވެސް ކުޑަކުދިންތަކާ ހިފިހިފި ސަކަރާތް ޖެހުމުގައި އުޅެމުން ދިޔައެވެ. ލުމާގެ ބަނޑަށްވެސް މިހާރު ތިންމަސްވެއްޖެއެވެ. ނަމަވެސް ލުމާހުންނަ ކުޑަކަމުން އޭނަގެ ބަނޑަކުން އެކަމެއް ނޭނގެއެވެ. ޒުލޭޚާމެންގެ އެދުމަށް ފިރާޝްގެ އާއިލާވެސް އެގެއަށް އައިސް ތިއްބެވެ. މިހާރު ހަނާ ފެނުމުން ޔުއާންއަށް ކުރިންވަމުން ދިޔަ ގޮތްތަކެއް ނުވެއެވެ. ޔުއާންވެސް ރަގަޅު ކުއްޖަކާ ދިމާވެ ކައިވެނި ކުރިތާ މިހާރު ހައެއްކަ މަސް ވެއްޖެއެވެ. ހަނާއާއި ފިރާޝްގެ ދަރިފުޅަށް ވެސް މިހާރު އެއްއަހަރުވެއްޖެއެވެ. ނާއިލާ އެމީހުންގެ ހަތްއަހަރުގެ ދަރިފުޅު ބުރުގައި އަޅުވައި ދެމުން ދިޔައެވެ. އަދި އެދަރިފުޅަށް މިއަދު އޭނަގެ ބައްޕަ ފެންނާނެ ވާހަކަ ވެސް ދައްކަމުން ދިޔައެވެ. ލީޝާވެސް އިންތިޒާރު ކުރަމުންއަންނަނީ އޭނަގެ ބައްޕައަށެވެ. ކޮންމެ ދުވަހަކު ބައްޕަ އަންނާނެ ދުވަހަކާ ބެހޭގޮތުން ނާއިލާ ގާތުގައި ސުވާލުކުރެއެވެ.

ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ޕޮލިސް ވޭންގަނޑުން ކުޑަ ތުބުޅިއެއްލައިފައި ނަމަވެސް ކުރިއަށް ވުރެންވެސް ދޮންކަމަށް ދައްކަމުންދާ ހުޝާން އައިސް ވަނެވެ. އެންމެ ފުރަތަމަވެސް ހުޝާންއައިސް މަންމައާ ބައްޕަގެ ގައިގައި ބައްދައިލައި ފިއެވެ. އެއަށްފަހު ނާއިލާގެ އަތުގައި ހިފައިލައިފައި އެމީހުންގެ ދަރިފުޅު ލީޝާ އުރައިލިއެވެ. އެންމެންގެ ލޯތައްވެސް ވަނީ އުފާވެރިކަމުގެ ކަރުނުން ފުރިފައެވެ.

( ނިމުނީ )

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

އިމްތިޙާން 28

Next

މަންޒިލް 12

Next
September 28, 2020

މަންޒިލް 12

Previews
September 27, 2020

އިމްތިޙާން 28

17 Comments!

  1. Maesara says:
    September 28, 2020 at 7:14 am

    Varah reethi

    1. kudhoo says:
      September 28, 2020 at 8:33 am

      ???Thank you maesara

  2. Liyaa says:
    September 28, 2020 at 7:44 am

    Good ???

    1. kudhoo says:
      September 28, 2020 at 8:35 am

      ???Thank you liyaa

  3. Ram says:
    September 28, 2020 at 10:28 am

    Maasha allah vvvv reethi mi vaahaka engey kudhoo den kihaathaaku kudhoo ge vaahaka eh kiyaalan libeynee???????????❤❤❤❤❤❤

    1. kudhoo says:
      September 28, 2020 at 12:09 pm

      ??kiyaa hithun kudhooge vaahakathakah Ram inthizaaru kuraathee v bodah shukuriyya… Insha Allah sooon…

  4. sama says:
    September 28, 2020 at 12:06 pm

    Vvv reethi vaahaka eh mee kommeyakas
    ekamu nimifa ingoii kamaku Nudhey
    varah bodubaeh gellunu kahala ihusaaheh vanee
    Yuaan marry kuri kujjaa ves neyngr
    dhen vaahaka ehliyyaairu nimmun thankolheh reethi koh genesdheyne kamah ummeedhu kuran

    1. kudhoo says:
      September 28, 2020 at 12:10 pm

      ??Thank you sama.. Insha Allah ragalhu kuraanan.

  5. kudhoo says:
    September 28, 2020 at 12:12 pm

    Kudhooge vaahaka thakuga ragalhu kuran jehey kameh kiyun therinna faahaga vaanama coment kolachey… thanks all the readers

  6. thiththaaa says:
    September 28, 2020 at 12:34 pm

    masha allah kudhu….. varah reethi mivaahaka…..kudhu ge ithuru vahaaka eh varah avahah genesdheyne kamah ummeedhu kuran

    1. kudhoo says:
      September 28, 2020 at 12:46 pm

      ????Thank you thiththaaa

  7. Shaakko says:
    September 28, 2020 at 12:57 pm

    Maasha Allah ???????????????????????? Kudhooooo haadha ey molhee ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Varah varah ufaavey dheenee vaahaka thah genes dheythee?????? Kudhoo ge hurihaa vaahaka thakeh ves hama varah furihama ?????????????????????????????????
    Konme part akah vakin comment eh nukurevey?? ekam gavaidhun kiyan?????????
    جزاک الله خيرا?????????? Mihaa reethi vaahaka genes dheythee hama shukuriyya ingey??????Dhen kon irakun aa vaahaka eh kiyaalan libeynee?? Varah inthixaaru kurevey kudhoo ge aa vaahaka akah????????????♥️♥️♥️♥️

    1. kudhoo says:
      September 28, 2020 at 2:45 pm

      ??Thank you shaaako… v ufaavejje… kudhoo ge vaahaka thakah shauguveri veethee… Insha Allah v avahah aa vahaka eh genes dhey nan

  8. Alien girl says:
    September 28, 2020 at 2:20 pm

    Ma sha Allah this is a very nice story??….v avahah kudhoo ge story eh kiyaalan libeyne kamah umeedhu kuran….btw yuaan marry kury kon kuhjakaa tha?????….

    1. kudhoo says:
      September 28, 2020 at 2:48 pm

      Yuaan marry kury ves ragalhu kujjakaa?…Insha Allah v avahah aa vahaka eh up kuran fashaanan.

  9. nas says:
    September 29, 2020 at 1:20 pm

    vrh reethi vaahakayeh masha allah…ekam nailaage kaiveni shahayeh nuvaanenun prg iru merry kuryma..alhugandu heekury husaam jalun nikumegen aisfa alun merry kuraanikamah…

    1. kudhoo says:
      September 29, 2020 at 7:28 pm

      alun kuraane… dhen ebai kuru kohlee… ???Thank you nas

Comments are closed.



All Right Reserved!