Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 12

kudhoo Level 310 Stories100 Comments
September 26, 2020 5 Mins Read
12 Comments

ހުމޭޝްގެ މެސެޖު ހުޅުވައިލުމުން ހަނާގެ ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުމޭޝްއަށް އާއެކޭ ބުނެ ޖަވާބު ދިނުމަށްފަހު ނިދޭތޯ ލޯމަރާލިއެވެ. ހެނދުނު ތެދުވެ ހަނާއަށް ފުރަތަމަ ކަމަކަށްވެސް މިރޭ ބައްޕައާ ބައްދަލުކޮށްލަން މެހުމާނަކު އަންނާނެ ވާހަކަ މަންމަ ކައިރީގައި ބުނެލެވުނެވެ. ފަލާޙާއަށް ހަނާގެ މޫނުމަތީގައިވާ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. ނަމަވެސް ހަނާ ބުނީއެއީ ސިއްރެއް ކަމަށެވެ. އަދި ބައްޕައަށް އެވާހަކަ ނަންގަނެ ދެއްވަން ހަނާ ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާވެސް ވަރަށް ފަތިހާ ހޭލައިގެން ނިކުތެވެ. ބޮޑުގެއެއް ނަމަވެސް މުޅިގޭގައި އުޅެމުން އަންނަނީ އެންމެ ތިންމީހުންނެވެ. ހަނާގެ އުފާވެރި މޫނުން ގެއަށް މީހަކު އިތުރުވަނީކަން ފަލާޙާގެ ދުރުވިސްނޭ ސިނކުޑިއަށް އެނގެއެވެ. އެހެންކަމުން އެރެއަށް ރަގަޅު ކެއުމެއް ތައްޔާރުކޮށްލުމާއިގެން އުޅުނެވެ. ހަނާވެސް އޭނަގެ މަންމަޔަށް އެހީތެރި ވެދިނުމަށްޓަކައި ކައިރީގައ އުޅެމުން ދިޔައެވެ.

ގަޑިން އަށްގަޑި ފަނަރަ ވިއިރު ހުމޭޝްގެ ކާރު ހަނާގެ ގޭގެ ބޭރުގައި މަޑުކޮށްލައިފިއެވެ. ހުމޭޝްއާއެކު ފިރާޝްވެސް އައެވެ. ދޮންބެގެ ހޮވާލުން ބަލައިލުމަށްޓަކައި ފިރާޝްވެސް ހުރީ ކެތްމަދުވެފައެވެ. ހަމަޔަގީނުންވެސް ފުރިހަމަ ކުއްޖެއް ނޫނީ އޭނާގެ ދޮންބެ ނުހޯދާނެ ކަމުގެ ޔަގީންކަން ފިރާޝްއަށް އޮވެއެވެ. އެއީ އޭނާވެސް އެމަގުންދާން މަގުދައްކަމުން ދިޔަ މީހަކީ ދޮންބެ ކަމުގައިވާތީއެވެ. ގޭގެ ބެލް އަޅާ ލުމާއެކު ފަލާޙާ އައިސް ދޮރު ހުޅުވައިލިއެވެ. ނަމަވެސް ދޮރުމަތީގައި ދެމީހުން ތިބުމުން އެތަނުން ހަނާ ބުނި މެހުމާނަކީ ކާކުކަން ފަލާޙާއަކަށް ނޭނގުނެވެ. ވަންނަން ތަން ދެއްކުމަށްފަހު އިށީންނާނެ ތަންވެސް ފަލާޙާ ދެއްކިއެވެ. ދެބެއިންވެސް ގޮސް ސިޓިންގރޫމްގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުރި މަޑު ސޯފާގައި އިށީދެއްޖެއެވެ. އެމީހުން އިށީންތަނުން ރޫމާންވެސް އައިސް ވަކިން ހުރި ސޯފާގައި އިށީދެއްޖެއެވެ. ” ކޮބައިތަ ތިތަނުން ހަނާ ބުނި މެހުމާނަކީ؟..” ރޫމާން އަހާލިއެވެ. ” އަޅުގަނޑު… ހުމޭޝް..” އަޅައަޅައިގަންނަމުން ހުމޭޝް ބުންޏެވެ. ފިރާޝްގެ ގާތައް އައީ އަމަށަކު ހިންޏެއްނޫނެވެ. ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލީއެވެ. ” ކީއްކުރައްވަންތޯ އަޅުގަނޑާ ބައްދަލުކޮށްލަން ބޭނުންވަނީ؟..” ރޫމާންއަށް ކޮންމެވެސް ވަރަކަށް އެމީހުންއައި ބޭނުން އެނގުނަސް އަނގައިން ބުނުވަން ވެގެން އަހާލީއެވެ. ހުމޭޝް ބަލައިލީ ފިރާޝްގެ މޫނަށެވެ. ނަމަވެސް ފިރާޝް ދެނަހުރި ކަމަކަށްވެސް ނެހެދުނެވެ. ” މީ… އަޅުގަނޑު ބޭނުންވަނީ ހަނާއާ ކައިވެނިކުރަން އެހެންވެ ހަނާގެ ބައްޕަގެ ބަހެއް މިކަމުގައި ހޯދުމަށް…” ހުމޭޝްއަށް އެބަސްތައް ބުނެލެވުނު އިރު މުޅި މީހާވެސް ފިނިވެއްޖެއެވެ. ” ހަނާ އަމިއްލައަށް އަހަރެމެން ކައިރީ ބުނާނީ އޭނަވެސް ތިކަމަށް އެދޭތީ..އެހެންވީމަ އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް…އެކަމަކު އަޅުގަނޑު އެނގެން ބޭނުން ހުމޭޝް މަސައްކަތް ކުރަން އުޅެނީ ކޮންތަނަކުތޯ ބަލައިލަން..އެއީ ހަނާ އުޅެމުން އަންނަނީ އަރެން އަމިއްލައަށް ހިންގާ އޮފީހެއްގައި…” ރޫމާން ބުންޏެވެ. އަޅުގަނޑު އުޅެނީ ކޮންސްޓްރަކުޝަން މަސައްކަތް ކުރުވަން.. ދެން އިމާރާތްތައް ޑިޒައިން ކޮށްދިނުމުގެ މަސައްކަތް ކުރަމުންއަންނަނީ.. ބޭރު ކުންފުނިއަކާ ގުޅިގެން…” ހުޝާން ބުންޏެވެ. ” އަހަރެން ހަނާއާ ކައިވެނި ކުރުވިޔަސް ހަނާ ވަޒީފާއާއި ދުރުކުރުމުގެ ވިސްނުމެއް ނެތް..އެއީ އަޅުގަނޑަށް އެނގޭ ހަނާގެ ބައްޕަގެ ހުރީ ހަނާ އެކަނިކަން..” ހުމޭޝް ބުންޏެވެ. ” ނޫން.. ހުމޭޝްގެ މިލްކަކަށް ހަނާ ވި ދުވަހަކުން ހުމޭޝް ބޭނުންވާ ގޮތަކަށް ހަނާ އުޅެން އަހަރެން ބޭނުންވަނީ..އެއީ ގޭގައި ހުމޭޝްގެ ކަންތައްތަކުގައި ބެހެއްޓިޔަސް އަހަރެންނަށް އޯކޭ…އެކަމަކު އެއީ އަހަރެންގެ ދެލޮލުގެ ކޮއި…އެދަރިޔަށް ލިބޭނެ ކޮންމެ ދެރަޔަކީ އަހަރެންގެ ހިތައް ލިބޭނެ އަނިޔާއެއް… ” ރޫމާން ބުންޏެވެ. ދެފަރާތުގެ ދެމެދުގައިވެސް ވާހަކަ ދެކެވި ރަންކިޔާނެ ދުވަހެއްވެސް ކަނޑައެޅިއެވެ. އެ ހުރިހާ ވާހަކަތަކެއް އަޑުއަހައިގެން ބަދިގޭގެ ދޮރުކައިރީގައި ހަނާ ހުއްޓެވެ. ރޭގަނޑުގެ ކެއުމަށް ރޫމާން އެމީހުނަށް ދައުވަތު ދިނެވެ.

” ދޮންބޭ އަސްލުވެސް ވަރަށް ފުރިހަމަ ކުއްޖެއް..މާޝާﷲ…” ފިރާޝް ބުންޏެވެ. ދެމީހުންއައިސް ގެއަށް ވަންއިރު އެމީހުންގެ އިންތިޒާރުގައި ގޭގެ އެންމެން ތިއްބެވެ. ” ކޮންތާކުން ތިއައީ..ކާގަޑީގައި ނެތުމުން އަންނަން ދެން އެންމެން މިތިބީ އިންތިޒާރުގައި..” އާތިފާ ބުންޏެވެ. ” ކޮބައިތަ ބައްޕަ..އެންމެން އިންތިޒާރުގައޭ ބުނިއިރު ބައްޕައެއް ނެތް..” ހުމޭޝް ބުންޏެވެ. ” ބައްޕަ މުހިއްމު ކޯލެއް ކުރުމަށް ފޯނުނަގަން ކޮޓަރިއަށް ދެންމެގަ އެވަނީ…” އާތިފާ އެހެން ބުނި ވަގުތަކީ އިޤުބާލް ކޮޓަރިން ނިކުމެންގެ އައިވަގުތެވެ. ” ބައްޕަ މިހުރީ..ކިހިނެއްވީތަ..މާ ހެވިދިއްލިފަ ދަރިފުޅު ތިހުރީ…” އިޤުބާލް އަހާލިއެވެ. ” ދެން ދޮންބޭ އަވަހަށް ބުނޭ…މިހާރުވެސް މަންމަމެން ތިކަމަކަށް އިންތިޒާރު ކުރާތާ ކޮން ދުވަހެއް..” ފިރާޝް ބުންޏެވެ. ” އަސްލުވެސްތަ…އެއީ ކޮންކުއްޖެއްތަ؟..” އާތިފާއަށް ވަގުތުން އެނގިއްޖެއެވެ. ހުމޭޝް މީހަކާ ނުއިނދެގެން އާތިފާ އެވާހަކަ ދައްކާތާ މިހާރު ކިތައް އަހަރު ވެއްޖެހެއްޔެވެ. ” މަންމާ މިއަންނަ އަންގާރަ ދުވަހުގެ ރޭގަނޑު ރަންކިޔާނެ… މިގޭގެ އެންމެން ދާން ޖެހޭނެ.. މިރަށުގައި އުޅޭ ބައެއްމީހުނަށް އެއީ ކޮންބައެއްކަން އެނގޭނެ… އެކުއްޖާއަށް ކިޔަނީ ހަނާ… އެއީ މިރަށު އަމިއްލަ އޮފީހެއްވެސް ހިންގަމުން އަންނަ ރޫމާންގެ ދަރިއެއް.. އެގޭގައި އުޅެނީ ހަނާ އެކަނި… އޭނަގެ ބޭބެ ވަނީ ނިޔާވެފަ..އެހެންވެ އެއީ މިހާރު ހުރި ހަމައެކަނި ދަރި..” ހުމޭޝް ބުންޏެވެ. ” އެގެއިންތަ ދެމީހުން ތިއައީ؟..” އެދޭތެރެއަށް އަނގަ ނުބާނާ ނުހުރެވިގެން މައިޝާ އަހާލިއެވެ. ” އާނ! ދޮންތާ.. މިއައީ ބަފައިބެއާ ބައްދަލުކޮށްފަ..ކައިވެންޏަށް ހުއްދަ ހޯދައިގެން..:” ހެމުންހެމުން ހުމޭޝް ބުންނެވެ. ” މަންމާ އަހަރެމެން ދެމީހުން މިއައީ އެގެއިން ކައިގެން ..ދެން ދޮންބެގެ ބަފައިބެ ކެއުމަށް ދައުވަތު ދިނީމަ ނުކައި ނާދެވޭނެއެއްނޫންތަ… އަނެއްކޮޅުން ދޮންބެގެ ވާން އުޅޭ އަނބިމީހާ ކައްކާފައި ހުރި އެއްޗެއްވީމަ ދޮންބެ އެއުޅެނީ އެ ބަނޑުވެސް ނުއުފުލިގެން..” ފިރާޝް ބުންޏެވެ. ކިތަންމެ ކުޑަ ޖާގައެއް ލިބުނަސް ފިރާޝްއަށް އޭނަގެ ދޮންބެއާ ސަމާސާ ނުކޮށް ނުހުރެވެއެވެ.

” ލުމާ… ކީއްވެތަ ގުޅީމަ ފޯނުނުނަގަނީ.. މެސެޖު ކޮށްކޮށް ޖަވާބެއް ނުލިބޭތީ..އަންނަން މިޖެހުނީ..” ނާހިދު ބުންޏެވެ. ” ނާހިދު ދުރުގަ ހުރެގެން ވެސް ވާހަކަ ދެއްކިދާނެ… އަހަރެން ބުނީމެއްނޫންތަ އަހަރެން ނާހިދުއާއެއްކޮށް އުޅޭކަށް ބޭނުމެއްނޫނޭ…އަހަރެން ބޭނުންވަނީ ބްރޭކަޕް ވާށޭ..” ލުމާ ބުންޏެވެ. ” ތިއީ ލުމާ ބުނީމަ ތިހާ ފަސޭހައިން ވާނެ ކަމެއްތަ؟.. އަހަރެން ބޭނުމެއް ނޫން ލުމާ ނޫން މީހަކު…” ނާހިދު ބުންޏެވެ. ” އެކަމަކު އަހަރެންނަކަށް ނެތް މިގޮތަށް އުޅެވޭކަށް… ރައްޓެހިވެގެން އުޅުނަސް އެއީ އުފާވެރިކަމެއްގެ ގޮތުގައި އަހަރެން ނުދެކެން… ދެމީހުން ދޭތެރޭ ދައްކަން ނުޖެހޭ އެތައް ވާހަކަތައް ދެކެވި މިހާހިސާބަށް އައި އިރުވެސް ނާހިދު ދުވަހަކުވެސް ނުވިސްނާ ކައިވެންޏަކާ ހަމައަށް…އަނެއްކޮޅުން ނާހިދު ވިސްނަމުން އަންނަނީ ދުނިޔޭގެ އުފަލަށް..އަހަރެންނަށް ދުނިޔޭގެ އުފަލަކީ އެއްވެސް އެއްޗެއް ނޫން.. މިއުފާތައް ހޯދައިގެން އަހަރެމެންގެ މާދަމާއެއް ބާއްޖަވެރިއެއް ނުވާނެ…އަނެއްކޮޅުން މިގޮތަށް ފަށާއިގެން އުޅޭ ދިރިއުޅުމެއް އެކަލާނގެ ބަރަކާތެއްވެސް ނުލައްވާނެ..” ލުމާ ބުންޏެވެ. ” ލުމާވެސް މިހާރު ތި ކަޓް ހިޔާލު ގެންގުޅެނީދޯ…އެހެންވެ ދޯ ހެދުންވެސް ބަދަލު ތިކޮށްލީ…އެކަމަކު ލުމާ މާރީތި ކުރީގަވެސް ހެދު އަޅާ ގޮތަށް އަޅައިގެން އުޅުނީމަ…ހިނގާބާ ވާހަކަ ދައްކައިލަން މިތާ ކައިރި ތަނަކަށް ކޮފީއަކަށް..” ނާހިދު ބުންޏެވެ. “އަދިވެސް ނާހިދު ތިވިސްނަނީ އަހަރެންގެ ވިސްނުމުގެ ކަޓް ކަމަށްތަ؟.. އަހަރެންހާ ވިސްނުން ކަޓް މީހަކާ އެކު އުޅުމުގެ ބަދަލުގައި ނާހިދުއާ އެކު ތިގޮތަށް އުޅޭނެ މީހަކު ހޯދަން ވީއެއްނޫންތަ..” ލުމާ ބުންޏެވެ. ” ނޫން އަހަރެން ލޯބިވަނީ ލުމާ ދެކެ…ކީއްވެ ލުމާއަށް މިހުރިހާ ދުވަސް ވީއިރު އެކަން އިޙުސާސް ނުވީ..”ނާހިދު ބުންޏެވެ. ” އަހަރެން ބޭނުމެއް ނޫން އަހަރެންނަށް މާދަމާގެ އުފާވެރިކަން ހޯދައި ނުދެވޭނެ ފަދަ މީހަކާއެކު ހަޔާތެއް ބިނާ ކުރަން އަދި އެފަދަ މީހަކު ލޯބިވެއޭ ބުންޏަސް ގަބޫލެއްނުކުރަން އެއީ ލޯބި ކަމަކަށް…އަނެއްކޮޅުން ނާހިދު އަހަރެންނާއެކު އުޅެން ބޭނުންވަނީ ހަޔާތެއް ފަށައިގެން އުޅުމަކަށް ނޫން..” ލުމާ ބުންޏެވެ.

” ނާހިދު ލުމާއަކީ އަހަރެންގެ ވާން އުޅޭ އަނބިމީހާ…. ދެން ތިކަން ހުއްޓާލަން ފެންނަނީ… ދުވަސްކޮޅަކުން ލުމާއަކީ މީހެއްގެ އަންބެއް… އެހެންވީމަ ބުއްދިވެރިވާނީ ދެން ދުރަށް ދިޔައްޔާ…” ލުމާގެ ފަހަތުން އައިސް މާހިލް ވާހަކަ ދެއްކިއެވެ. ލުމާއަށް ހީވީ ޝޮކެއް ޖެހުނު ހެންނެވެ. އޭނަ މީހަކާ އިންނަން ނިންމީ ކޮންދުވަހަކު ހެއްޔެވެ. ޚާއްސަކޮށް މާހިލްއާ ދޭތެރޭ އެފަދަ ގޮތަކަށް ލުމާ ދުވަހަކުވެސް ދެކެފައެއް ނެތެވެ. އަނެއްކާވެސް އަނެއްލަދު ގަންނުވަން މާހިލް އުޅެނީ ހެއްޔެވެ. ލުމާގެ ނަސީބު ކަން ނޭނގެއެވެ. އެވަގުތަކީ މުނާން ސައިކަލުގައި އައިސް އެތަނަށް މަޑުކޮށްލި ވަގުތެވެ. މުނާން މާހިލްއަށް ގޮވައިލުމަށްފަހު ލުމާ ގޮވައިގެން ދާން ނައްޓާލިއެވެ. އެކަމުން ނާހިދުއަށް އިހުސާސް ކުރެވުނީ މާހިލްއާ އެއާއިލާގެ ދެމެދު އޮންނަ ގުޅުމެވެ. ” ކަލޭ ލުމާއާ ކައިވެނ ކުރިޔަސް އުޅުނަކަ ނުދޭނަން.. ބަލަން ހުންނާތި” ނާހިދު އިނގިލިން މާހިލްގެ ދެލޮލަށް އިޝާރާތް ކުރަމުން އެހެން ބުނެފައި އެނބުރި ދާން ހިނގައިގަތެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާފައިވާއިރު ކަންފަތުގެ ފޫޅުގައި ބޮޅެއް އަޅާފައި އޮތެވެ. ލައިގެން ހުރި ޖިންސް ހިމު ކޮޅުން ވެއްޓިގެންގޮސް ހަށިގަނޑުން ބައެއްވެސް ހުރީ ފެންނާށެވެ. ޖިންސްގެ ފައިކުރިންވެސް ބައެއް ފައިދަށުވެ އެ ހިސާބުގައި ބާގަނޑެއް ހެދިފައި ހުއްޓެވެ. ކަރުގައިވެސް ޗޭނުފަށެއް އަޅައިފައި އޮތެވެ. ނާހިދު ބުނިހެން އޭނަގެ ގައިގައި އެންމެ މޮޑާރން ގޮތް ފެންނަން އެބަހުއްޓެވެ.

” ކިހިނެއްތަވީ؟.. މާހިލްގެ މޫނުމަތިން ތިއްތިއަށް ހީވި ހިތްމަ ނުޖެހުމުގެ އަސަރު ހުރިހެން..” މުނާން އަހާލިއެވެ. ” އާނނ.. އެއީ..އެއީ.. އެމީހަކު މާހިލްއާ ދެމެދު ހިނގި ކަމެއް… އަހަރެންނަކަށް ނޭނގެ..” އަޅައަޅައިގަންނަމުން ބުނާނެ އެއްޗެއް ނޭނގި ހުރެ ލުމާ ބުންޏެވެ.

ލާނާއަށް މިހާރު ބަދިގެތެރެއަށް ވަނދެވޭވަރެއް ނުވެއެވެ. ވަސްޖެހުމުން މޭނުބައި ކުރާތީއެވެ. އަނެއްކޮޅުން ވަރުބަލި ކުރާތީވެސް ކޮއްޅަށް ހުންނަން އުނދަގޫވެއެވެ. އެކަހަލަ ކަންތައް ތަޖުރިބާ ކޮށްފައިވާ ޒުލޭޚާ ލާނާ ޑޮކްޓަރަށް ދެއްކުމަށް މުނާން ކައިރީ ބުންޏެވެ. އަދި ތިމަންނަ މާމާ ވާން އުޅެނީއޭވެސް ބުންޏެވެ. މަންމަ ބުނި އެއްޗަކުން މުނާންގެ ހިތައްވެސް އާދަޔާ ޚިލާފު އުފާވެރިކަމެއް ލިބުނެވެ. މުނާން ބޭނުންވީ ހަމަ ވަގުތުން ހޮސްޕިޓަލަށް ދާށެވެ. ޓެސްޓްގެ ނަތީޖާ ލިބޭނީ ހަވީރުކަމުން މުނާން ވަގުތު ގުނަމުން ދެވުނު ގޮތެއްވެސް ނޭގެއެވެ. ލާނާ ގެއަށްލާފައި އޭނާ ދިޔައީ ފިހާރައަކަށެވެ. ލާނާއަށް ކެއުމަށްޓަކައި ފައިދާވާނެ ރަގަޅު ތަރުކާރީއާ މޭވާ ފަދަ އެއްޗެހި ހޯދުމަށެވެ. ހަވީރު ނަތީޖާ ލިބޭ ގަޑިއަށްވުރެ ފަނަރަ މިނެޓް ކުރިން މުނާންއަށް ހޮސްޕިޓަލަށް ދެވުނެވެ. ނަތީޖާ ލިބުނު މުނާންއަށް ފުރަތަމަ ވަދެވުނީ ކައިރީގައި ހުރި މިސްކިތަށެވެ. ﷲއަށް ޝުކުރުގެ ސަޖިދައެއް ކުރުމަށްފަހު ލިބެން އުޅޭ ދަރިފުޅު ޞާލިޙުތަޤުވާވެރި ސިއްޙަތު ރަގަޅު ދަރިއެއްކަމުގައި ލެއްވުން އެދި ދުޢާކުރިއެވެ.

ޔުއާން އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހަނާގެ ކައިވެނީގެ ކަންތައް ހަމަޖެހެން އުޅޭކަން ޔުއާންއަށް އެނގުނު ހިސާބުން މުޅި މީހާގެ މޫޑު އެއްކޮށް ޚަރާބު ވެއްޖެއެވެ. އޭނާ ކުރި އެއްވެސް އާދޭހެއްގެ އަޑެއް ހަނާނޭހިއެވެ. ހަނާގެ ހިޔާލުތަކުގައި ބަނދެވިފައި ހުރެ ސާރާވެސް ދޫކޮށްލައިފިއެވެ. އަނެއްކޮޅުން ޗުއްޓީ ހަމަވެއްޖެ ތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ވަޒިފާއަށް ނުނިކުންނާތީ ވަޒީފާއިން ކަނޑާލާނެ ކަމުގެ މެސެޖުވެސް ލިބިއްޖެއެވެ. ނަމަވެސް އެތަނަށް ދާނެ ހިތްވަރެއްވެސް ޔުއާންގެ ކިބަޔަކު ނެތެވެ. އޭނާއަށްޓަކައި ހަނާ އިންތިޒާރު ކުރަމުންއައި ވަރު އޭނާއަށް ވިސްނުނުއިރު ވަގުތު ފާއިތު ވެއްޖެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ނޭދެމޭ ވަކިވުމެއް-14

Next

ނުފިލާނޭ މިހިތަކުން…35

Next
September 26, 2020

ނުފިލާނޭ މިހިތަކުން…35

Previews
September 25, 2020

ނޭދެމޭ ވަކިވުމެއް-14

12 Comments!

  1. kudhoo says:
    September 26, 2020 at 7:09 am

    ?Foohi kameh nethi vaahaka kiyamun gendhaa kiyuntherin… miothee dhiriulhun alikohdhin vaahakaige 12 vana bai up kohffa… kiyaafa coment eh kolavva?

  2. Nerf says:
    September 26, 2020 at 8:01 am

    Salaam kudoo, miee vamey thi loabi edhi edhi story ge author nerf ingey, furathama kamakah kudhooge hurihaa vaahakaehves comment nukuriyas kiyan, miee kudhoo liyunu thanun alhugandah kiyunu enme salhi vaahaka, kudhoo baraabarah up kuraathyve varah happy vey, good luck kudhoo, keep going, stay safe take care ly, aslu log out nuvanyaa comment send nuvaathy logout vely

    1. kudhoo says:
      September 28, 2020 at 6:49 am

      ?????V ufaavejje nerf.Thank you nerf?

  3. Shaima shaee says:
    September 26, 2020 at 9:55 am

    Vrrrr Reethi mipartves waiting for the next part ???? me first dho

    1. kudhoo says:
      September 26, 2020 at 7:12 pm

      ???? Thank you shaima shaee

  4. Ram says:
    September 26, 2020 at 10:19 am

    Maasha allah vvvvvv reethi vvvv vvvvv furihama waiting for next part?????????

    1. kudhoo says:
      September 26, 2020 at 7:13 pm

      ????Thank you…Ram

    2. kudhoo says:
      September 26, 2020 at 7:14 pm

      ?????Thank you Ram

  5. thiththaaa says:
    September 26, 2020 at 10:24 pm

    masha allaj …..vvvvvvvvvvvvvv reeeeeethiiiii mibaives…loved it and cant wait for next part

    1. kudhoo says:
      September 28, 2020 at 6:44 am

      ??Thank you thiththaaa

  6. ޒާ says:
    September 26, 2020 at 11:22 pm

    Vv reethi mibaaves

    1. kudhoo says:
      September 28, 2020 at 6:45 am

      ???Thank you zaa

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން ( ފަހުބައި )←


All Right Reserved!