Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 11

kudhoo Level 310 Stories100 Comments
September 24, 2020 5 Mins Read
8 Comments

މާހިލްގެ ހިތައް އަރާނީވެސް ކީކޭ ހެއްޔެވެ. ލުމާ ލަދުގަންނަން ވެސް ފަށައިފިއެވެ. މިއަދަކީ އަނެއްކޮޅުން ހުރިހާ ސްޓާފުންގެ މީޓިންގ ވެސް އޮންނަ ދުވަހެވެ. މިކަންތަކަށް ފަހު އަނެއްކާވެސް މާހިލްއާ ކުރިމަތިލާން ޖެހުނީއެވެ. ދެބަޔަށް ވަކިން ހަދާފައިވާ ތަނެއް ހުރެ އެތަނުގައި ބޮޑު އަކުރުން ވަކިވާހެން ނަން އަޅައިފައި ހުއްޓާވެސް ލުމާއަށް ކުރެވުނު ކަންތަކުން އަވަހަށް އެތަނުން ނިކުމެގެން ދާންވެސް ހިތައް އެރިއެވެ. އެންމެންގެ ދިމާ ކުރުންތަކާވެސް ކުރިމަތިލާން ޖެހުނީއެވެ. ސައިގަޑީގައިވެސް މިއަދު ދެކަމެއް ނުކުރެއެވެ. އެންމެން ލުމާއާ ދިމާ ކުރީއެވެ. އެ ލިފްޓަށް އެރީ އަނެއްކާ މާހިލް ފެނޭތޯވެސް އެއްސެވެ. އެތަނުން އެކަކަށްވެސް އެލިފްޓް ތެރޭގައި މާހިލް ހުރި ކަން ނޭނގުނު ކަމީވެސް ނަސީބެއްތާއޭ ލުމާގެ ހިތައް އެރިއެވެ. މިއަދު ކައުންސިލިންގ ވެސް ރަގަޅަށް ނުދެވެއެވެ. ހިތައް ހަމަ މަންޒަރު ސިފަވާތީއެވެ. އަނެއްކޮޅުން އެންމެންގެ ދިމާ ކުރުންތަކާ ކުރިމަތިލާން ޖެހިފައި ހުރުމުންނެވެ. ތިއްތިވެސް ރަށުގައި ނެތީ ނަސީބަކަށެވެ. އަދި ތިއްތިއަށް ކިޔައި ދީފިއްޔާ ހެމުންހެމުންގޮސް ހަލާކުވެދާނެއެވެ.

މީޓިންގ ރޫމަށްވަން ލުމާއަށް މިއަދު ހަމަޖެހިގެން ނުހުރެވެއެވެ. އަނެއްކާވެސް މާހިލްގެ ކުރިއްމަތީގައި ހުންނަން ވުމުންނެވެ. އެލިފްޓަށް އޭނާ އެރުމުން މާހިލްއަށް ހީވާނީ ކޯއްޗެއް ހެއްޔެވެ. އެކިއެކި ވިސްނުމުގައި ހުރި ލުމާގެ ނަމުން ދެތިންފަހަރަކު ގޮވުމުންވެސް އަޑެއް ނުއިވުނެވެ. އެންމެ ފަހުން ކައިރީގައި ހުރި ކުއްޖާ ލުމާގައިގައި ކޮއްޓާލިއެވެ. ހޭވެރިކަމެއް ލިބުނު ލުމާއާ ދިމާލަށް އެންމެން ބަލަހައްޓައިގެން ތިބުމުން ލަދުން ހުރި ތަނަށް ނުއޮހުރުނީ ކިރިޔާއެވެ. މީޓިންގ ފެށިގެން އެހާ ހސާބަށް ދިޔައިރުވެސް ކަންވީ ގޮތުގެ އެއްވެސް އެއްޗެއް ލުމާއަކަށް ނޭގެއެވެ. ލުމާ ހުރި ގޮތުން މާހިލް ގާތަށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް ތަނުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ކަމެއް ކޮށްފިނަމަ އެންމެންގެ ކުރިމަތީ އަގު ހިނގައިދާނެތީ ހިނިގަނޑު އެތެރެއަށް ހިންދާލީއެވެ. އެންމެން ލުމާއަށް ބަލައިތަން ފެނުމުން މާހިލް އެހެން މީހެއްގެ ނަންކިޔެވެ. ލުމާއަށް ހީވީ ހަމަރަގަޅަށްވެސް މިއަދު އިރުއެރީ ނުބައި ކޮޅަކުން ހެންނެވެ. ހުސް ލަދު ގަންނަ ކަންތަކާ ކުރިމަތީލާން ޖެހުނު ދުވަހެކެވެ. ގަޑި ނިމުމުން އެންމެން ގެއަށް ދިޔައިރުވެސް ލުމާ އޭނާގެ ކޮޓަރީގައި ހުއްޓެވެ. އިރުގަނޑެއްފަހުން އެންމެން ނިކުމެދާނެހާ ވަގުތު ކޮށްފައި ލުމާވެސް ގެއަށް ދާން ނިކުތެވެ. އާންމުގޮތެއްގައި ލުމާއުޅޭ ބަޔަކީ ވަކި ވަގުތަކަށް ޑިއުޓީ އަދާ ކުރަމުންދާ މުވައްޒަފުން އުޅޭ ބައެއްކަމުން ލުމާ ނިކުތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑުމަޑުން އައިސް ލިފްޓަށް އަރާ ތިރިއަށް ދިޔުމަށްޓަކައި ފިތައް އޮބައިލިއެވެ. ލިފްޓްގެ ދޮރު ހުޅުވި ނިކުންނަން ދިޔަ ލުމާއާ އަނެއްކާވެސް ކުރިމަތިލާން ޖެހުނީ މާހިލްއާއެވެ.  ” ކިހިނެއްވީ..މިއަދު މީޓިންގަ ވާނުވައިގައި ހުރިހެން ހީވަނީ… އަނެއްކާ ރަގަޅު ދުވަހެއްތަ…ބަލިނަމަ ވަޒީފާއަށް ސަލާމްވެސް ބުނެވޭނެ..” މާހިލް ބުންޏެވެ. ލުމާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އިރު ކޮޅެއްކޮށްފައި ލުމާ ވާހަކަ ދައްކަން ފެއްޓިއެވެ. “ސާރ..އަސްލު އޭރު އެލިފްޓަށް އެރުނީ އޮޅުމަކުން..” ޖެހިލުންވެފައި ހުރެ ލުމާއަށް ބުނެވުނީ އެހާވަރަށެވެ. ” އެކަމާތަ…އެއީ މައްސަލައެއް ނޫން… އޮފީހުން ބޭރުގައި ސާރ ނުކިޔަސް ރަގަޅުވާނެ…ސާރ ކިޔުމުން ދެން ވަރަށް ދުރު ގޮތެއް އިހުސާސްވަނީ.. މާހިލް ކިޔާ..” މާހިލް އެހެން ބުންޏަސް ލުމާއަށް އެނަމުން ގޮވާކަށް ނުކެރުނެވެ. ” ކާކު މިއަދު ބަލާ އަންނަނީ…” މާހިލް އަހާލިއެވެ. ” ޓެކްސީއެއްގައި ދަނީ..” ލުމާ ބުންޏެވެ. ” ކޮބާ އެހެން ދުވަހު އާދެއެއް ނޫން މީހެއް އޭނަ ކޮބާ؟..” މާހިލް ބުނި އެއްޗަކުން ލުމާއަށް ކުޑަކޮށް ވިސްނައިލެވުނެވެ. ކޮންމެ ދުވަހަކު ލުމާގެއަށް ދާއިރު މާހިލް ބަލައިގެން ހުންނަނީ ހެއްޔެވެ. ” އެއީ ތިއްތި.. އަހަރެންގެ ބޭބެއެއް.. ބޭބެ މެރީކޮށްގެން ވައިފްއާއެކު އުމްރާއަކަށް ގޮސްވީ..” ލުމާ ބުންޏެވެ. ” އެހެންތަ… އެހެންވިއްޔާ އަހަރެން ލުމާ ގެއަށް ގެންގޮސްދިނަސް އޯކޭތަ…” މާހިލް އަހާލިއެވެ. އެކަމާ ދެކޮޅު ހަދަންވެސް ލުމާގެ ހިތައް އެރިއެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގެއެވެ. ބުނެވުނީ އާއެކެއެވެ. އެހާ ފަސޭހައިން އާއެކޭ ބުނެވުމުން ވެސް އަމިއްލަ ނަފްސަށް ހަޅޭލެވިއެވެ. މާހިލް ގޮސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވައިލަ ދިނެވެ. ނަމަވެސް ލުމާ ކާރަށް ނާރާ މަޑުކުރިއެވެ. ” ސާރ.. އެހެން މުވަޒަފަކަށް ފެނިއްޖެއްޔާ އެމީހުން ހީކުރާނީ ކީކޭ… އަޅުގަނޑު ޓެކްސީއެއްގައި ހިނގައިދާނަން..” ލުމާ ބުންޏެވެ. ” އަނެއްކާވެސް..ސާރ ނުކިޔަސް އޯކޭ ވާނޭ… ދުނިޔޭގައި އުޅޭނީ ތަފާތު ވައްތަރުގެ އިންސާނުން..ބައެއް މީހުން ނުފެންނަ ތަންނަތަނުގެ ވާހަކަވެސް ހަދަހަދައިގެން ދައްކާނެ އަނެއްބައި މީހުން ފެންނަ ކަންތައްތަކުގެ ވާހަކަވެސް ހަދަހަދައިގެން ދައްކާނެ …އަނެއްބައި މީހުން އެ ފެނުނު  ގޮތަކަށްވެސް ކިޔައިދީފާނެ.. އަނެއްބައި މީހުންއެކިޔައި ދީފައިވެސް އޭނާއަށް ހީވި ގޮތެއްވެސް ބުނެފާނެ.. އެކަމަކު އެހުރިހާ ކަމަކަށް ވިސްނައިގެން ދުނިޔޭގައި އުޅެން ބޭނުންވެއްޖެއްޔާ އެމީހަކު ކުރަން ބޭނުންވާ ކިތަންމެ ކަމެއްވެސް ނުވެވެސް ހިންގައިދާނެ…އަދި ބޭނުންވާ ކިތަންމެ އެއްޗެއް ނުލިބިވެސް ހިނގައިދާނެ…” މާހިލް ބުންޏެވެ. ވަށައިގެން ހޯދަން އިނުމަށްފަހު ލުމާ ކާރަށް އެރިއެވެ. ނަމަވެސް ނޭގޭ ބާރުމިނުގައި އޭނާގެ ހިތްތެޅެމުން ދިޔައެވެ. ކަޅުކުލައިގެ އެޕްރައިވެޓް ކާރު ގޭގެ މަގަށް މަޑު ކުރާ ވަގުތު ގޭގެ މީހަކަށް ފެނިއްޖެއްޔާ އަދި ކަންތައް އެހާ ބޮޑުވެގެން ދާނެތިއެވެ.

” ފިރާޝް އަހަރެން ބޭނުން ވަޒީފާއަށް ދާން… ނުނިކުތީމަ އަޅުގަނޑު ހިންގާ ވަރަށް ގިނަ ކްލާސްތަކުގެ ދަރވަރުންނަށް ލިބޭނެ ގެއްލުމެއް އެއީ…އެކަމަކު މިހެދުން އަޅައިގެން ވަރަށް އުނދަގޫވާނެ އެކަން ކުރަން..” ޔުމާ ބުންޏެވެ. ” އެކަމާ ހާސްނުވޭ މިގޭ މަތީ ބައިގައި އަހަރެން ހުންނާނެ ސްޕޯޓްސް އަށް ޚާއްސަބައެއް ހަދާފަ.. ޔުމާ މިހާރު މަސައްކަތް ތިކުރަނީ ދެޖިންސް މިކްސް ކޮށްގެން އަހަރެންނަށް އެގޮތް ކަމަކު ނުދޭ… ޔުމާ ބޭނުންނަމަ ހަމަ މިހާރުވެސް ސްޓާޓު ކުރަންވީ…އޭރުން ހެދުމުގެ ކަންތަކާއިގެން ކަންބޮޑުވާކަށް ނުޖެހޭނެ..އަހަރެން މާކުރިންވެސް އައީ ތިކަމާ ވިސްނަމުން…އެހެންވެ މެރީ ކުރުމުގެ ކުރިންވެސް އަހަރެން އެތަން ތައްޔާރުކޮށްފިން… ” ފިރާޝް ބުންޏެވެ. ޔުމާ ވަރަށް އުފާވިއެވެ. އޭނާ އުންމީދު އިތުރުވެގެން ދިޔައެވެ. މިހާރުއެއީ އޭނާ އަމިއްލަ ތަނެކެވެ. އޭނާ ބޭނުންވާ ގޮތަކަށް ހިންގަން ލިބުނު ފުރުސަތެކެވެ. ހާސްފަށުން އެފަދަ ފިރިއެއްދެއްވީތި ޔުމާ ﷲއަށް ދުޢާ ކުރިއެވެ. އަދި ފިރާޝްއަށް ޝުކުރުއަދާ ކުރިއެވެ. ” އަހަރެން ލޯބިވެޔޭ އަހަރެންގެ ލޯބި އަނބިހާދެކެ..އިނގެއެއް ނޫ އެހެންވީމަ އަހަރެންގެ ލޯބިވާ އުފާވާނެ ގޮތަކަށް ކަން ކުރާނި..” ހެމުންހެމުން ޔުމާ ގައިގައި ބައްދާލަމުން ފިރާޝް ބުންޏެވެ.

ހަނާ މިރޭވެސް ފޯނުނަގައިގެން އެފްބީއަށް ވަދެލިއެވެ.  ހުމޭޝް ބުނި ގޮތަށް ކަންތައް ކުރުމުންވެސް ހަނާއަށް ފެންނަނީ އެއްކަންތަކެވެ. ހަނާއަށް ފެންނަމުންދަނީ މާބަގީޗާއެއްތެރޭގައި ހިނިތުންވެފައި ހުރެ ހަނާ ހުމޭޝްއާއެކު ދުވާ ތަނެވެ. ހުމޭޝްގެ ވާހަކަތަކުން އެކަން ކުރުން އެއީ ރަގަޅު ގޮތް ކަމުގައި ވަންޏާ ހުވަފެނުން ކޮންމެވެސް އެއްސިފައެއްގައި ފެންނާނެއެވެ. އަނެއްކޮޅުން ހުމޭޝްގެ ފަރާތުން ހަނާއަށް ފެންނަމުން ދަނީ ހަނާއަށް ކުރާ ޤަދަރާ އޭނާއަށް އިތުބާރު ކުރާށޭ ބުނާފަދަ ބަސްތަކެވެ. ހުސްކޮށް ހުންނަން ބޭނުން ނުވާތީ ހަނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދިރިއުޅުމެއް ފަށާށެވެ. އަނެއްކާވެސް ޔުއާން އޭނާގެ ފަހަތުން އަންނަންޏާ ޔުއާންގެ މަޅީގައި ބެހިގެން ހިނގައިދާނެތިވެސް ހިތުތެރޭގައި ބިރުވެރިކަން އުފެދިފައިވެއެވެ. ” ކައިވެންނަށް އަހަރެން އޯކޭ..” މެސެންޖާއިން ހަނާ ހުމޭޝްއަށް މެސެޖެއް ކޮށްލިއެވެ. އަދި ހުމޭޝްގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައެވެ.

ހުމޭޝްމެން މިއަދު އުޅެމުންއައީ ޒުލޭޚާގެ އެދުމަކަށް އެގޭގައެވެ. މުނާންމެން އުމްރާއިން ނިމިގެން އަންނާތި އެމީހުނަށް މަރުޙަބާ ކިޔުމަށް ގެ ތައްޔާރު ކުރުމަށެވެ. ދާން ބޭނުން ނުވިޔަސް ފިރާޝް އޭނަ ނުދިޔައީ ވިއްޔާ ދޫނުކުރާނެކަން އެނގިގެން ދިޔައީއެވެ. ތަން ޒީނަތްތެރި ކުރިޔަސް އޭނަ ޔުއާން ހުންނަ ތަނެއްގައި ހުންނާކަށް ބޭނުމެއް ނުވެއެވެ. ހަނާ ޔުއާން ކައިރީގައި ހުންނަ ކޮންމެ ފަހަރަކު އޭނާއަށް ހަނާގެ ލޮލުން ފެންނަމުންދަނީ ވޭނީ ހިތްދަތިކަމެވެ. ޔުއާން ހަނާއަށް ކުރީ ކީއްކަމެއް ނޭނގެއެވެ. ނަމަވެސް ޔުއާން ފެންނަ ކޮންމެ ފަހަރަކު އެ ހިނިތުންވުން ފިލައި ދާތަން ހުމޭޝްއަށް ވަނީ ފެނިފައެވެ. މުނާންމެން އައުމުން އެރޭގެ ހުރިހާކަމެއް ނިމިގެން ހުމޭޝްމެނަށް ގެއަށް އާދެވުނު އިރު ހުރީ ބާރަޖަހަންވެސް ކައިރިވެފައެވެ. މަންމަމެން އަދި ފިރާޝްގެ ދެމަފިރިން އެތެރެއަށް ވަނުމުން ހުމޭޝް އަނެއްކާވެސް ބޭރަށް ނިކުންނަން ހިނގައިގަތެވެ. ” ދަރިފުޅާ މިހާ ދަންވެފައި ހުއްޓާ ކޮންތަނަކަށް ދާން ތި ނިކުންނަނީ… ” މަންމަ ކުރި ސުވާލާއެކު ޔުމާގެ އަތުގައި ހިފައިގެން ސިޑިން މައްޗަށް އަރަން ގޮސްގޮސްހުރި ފިރާޝްއަށް އެނބުރި ބަލައިލެވުނެވެ. އަދި ހުމޭޝްއަށް ޖެއްސުންކުރާފަދަ ނަޒަރެއް އޭނާގެ މޫނުމަތީގައި ވިއެވެ. ހުމޭޝްއަށް ވެސް އެނބުރި ބަލައިލެވުނީ މަންމަގެ ބަދަލުގައި ފިރާޝްއަށެވެ. ” މަންމާ! ދުރަކަށް ނުދަމޭ… ކުޑަކޮށް ދުއްވާލައިފައި އެބަ އަންނަން..” އެމީހުންގެ މަންމަ އާތިފާ އެއީ މާ ބޮޑު ކަމަކަށް ނަހަދާ އަވަހަށް ގެއަށް އައުމަށް ބުނެ އިގްބާލާއެކު ކޮޓަރިއަށް ވަންނަން ދިޔައެވެ. ދެމީހުންގެ ދެމެދު ބަދަލުވެގެން ދިޔަ ބަލައިލުން އެމީހުންގެ ދައްތަ މައިޝާއަށް މިފަހަރު ފާހަގަ ކުރެވުނެވެ. ހުމޭޝް ނިކުމެގެން އެދާތަން ފިރާޝްއަށް ރަގަޅަށް އެނގޭކަން މައިޝާ ދަނެގަތެވެ. ނަމަވެސް އެމީހުނާ ދިމާ ކުރުމުގެ ބަދަލުގައި މާހާ ނިދިފައި އޮތުމުން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

ހުމޭޝް ކާރު ދުއްވަމުންގޮސް ހަނާގެ މަގަށް މަޑުކޮށްލިއެވެ. އެއަށްފަހު ފޯނުނަގައި ޑާޓާ އޮންކޮށްލިއެވެ. ޑާޓާ އޮންކުރިންތަނުން ފުލުފުލުގައި އަޑުގޮވަން ފެށިއެވެ. ނަމަވެސް އެހުރިހަ އަޑެއްގެ ތެރެއިންވެސް ހުމޭޝްއަށް ޚާއްސަ ވެގެން ދިޔައީ ހަނާ ފޮނުވައިފައިން މެސެޖެވެ. އަވަހަށް މެސެޖު ހުޅުވައި ބަލައިލި ހުމޭޝްއަށް އުފާވެރިކަން އެމޫނުމަށްޗަށް ގެނެވުނެވެ. ވަގުތުން ޝުކުރިއްޔާޖަހާފަ ހަނާއަށް ފޮނުވައިލިއެވެ. އިރުކޮޅެއް ނުވެ ހަނާގެ މެސެޖެއް އަނެއްކާވެސް ލިބުނެވެ. އޭނާދައްކަން ބޭނުންވާ ވާހަކަތަކެއް ހުރި ކަމުގައެވެ. ހަނާ ބޭނުންވަނީ އޭނަގެ މާޒީ އޭނާ އިންނަން އުޅޭ މީހަކަށް ރަގަޅަށް އެނގުމަށެވެ. އެއަށްފަހު އޭނާ ބަލައިގަންނަނީ ވިއްޔާ ބަލައިގަތުމަށެވެ. ” ކޮންވާހަކައެއް… އަވަހަށް ބުނޭ..” ހުމޭޝް ލިޔުނެވެ. ” އަހަރެންގެ މާޒީއާ ބެހޭގޮތުން…” ހަނާ ބުންޏެވެ. ” މާޒީ ވެގެން ހިނގައްޖެ ކަމަކީ އެހާ މުހިއްމު އެއްޗެއް ނޫން… މާޒީ މާޒީއެއްގެ ގޮތުގައި ބާއްވާ…ދެން ވިސްނަންވީ މުސްތަގުބަލަށް…” ހުމޭޝް ބުންޏެވެ. ” ނޫން.. ބައެއްފަހަރު ދިރިއުޅުމެއް ފެށުމުގެ ކުރިން އެކަކު އަނެކަކަށް އެމީހެއްގެ މާޒީ އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމަކަށް ވެދާނެ… އަހަރެންނަށް ވަރަށް މުހިއްމު އަހަރެން އިންނަށް އުޅޭ މީހަކަށް އަހަރެންގެ މާޒީ އެނގުން..” ހަނާ ބުންޏެވެ. ” އޯކޭ.. އެހާ މުހިއްމު ވަންޏާ ކިޔައިދީ…” ހުމޭޝް ބުންޏެވެ. ހަނާގެ އިތުރު މެސެޖަކަށް ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓް ހުމޭޝް މަޑުކޮށްގެން ހުއްޓެވެ. ނަމަވެސް މެސެޖެއް ނައުމުން އެވަގުތައް ފޯނު ޖީބަށްލާ ކާރު ސްޓާޓުކޮށްލައިގެން ގެއާ ވީކޮޅަށް ދުއްވައިލީއެވެ. ނަމަވެސް ގެއަށްވަން ހުމޭޝްގެ ސިނކުނޑީގައި އެތައް ކަމެއް ހިނގައެވެ. އޭނާއަށް އެހެން ބުނެވުނީތީ ހަނާ ހިތްހަމަ ނުޖެހުނީހެން ހުމޭޝްއަށް ހީވަމުން ދިޔައެވެ. ގޭގެ ތެރެ ވަނީ ފަޅުކޮށެވެ. އެންމެންވެސް ނިދުމަށްޓަކައި ވީ އެމީހެއްގެ ކޮޓަރިއަށް ވަނދެފައެވެ.

ފޯނު ޑްރެސިންގ ޓޭބަލްމަތީ ބާއްވައިފައި ހުމޭޝްވަނީ ނިދާ ލުމުގެ ކުރިން ފެންވަރާލާށެވެ. ހަނާ މެސެޖު ފޮނުވައިގެން ހުރެހުރެ ހުމޭޝް ގެ ޖަވާބެއް ނައުމުން ހަނާއަށް ހީކުރެވެމުން ދިޔައީ ހުމޭޝް އޭނާއާ މެދު ހިތްހަމަ ނުޖެހުނީ ކަމަށެވެ. ނަމަވެސް އޭނާ އެކަމުގައި ކުރާނީ ކޮންކަމެއް ހެއްޔެވެ. ވިސްނުނުއިރު ވަގުތު ފާއިތުވީއެވެ. އެނދަށް އެރުމުގެ ކުރިން އަނެއްކާވެސް ހުމޭޝް ފޯން ޗެކްކޮށްލިއެވެ. މިފަހަރު ހަނާ މެސެޖެއް ކޮށްފައި ހުރިތަން ފެނުމުން ވަރަށް އުފަލުން އަވަހަށް މެސެޖު ހުޅުވައިލިއެވެ. ނަމަވެސް މެސެޖު ދިގުކަމުން ހީވަނީ ލޮގް ފޮތެއްގެ ތިންސަހަފްޙާ ފުރާ ބޮޑު ސިޓީއެއް ލިޔެފައި އިންހެންނެވެ. ހަނާ ލިޔެފައިވަނީ އޭނާއާ ޔުއާންގެ ގުޅުމުގެ ވާހަކައެވެ. އަދި އެދެމެދުގައި ހިނގަން ނުވާވަރު ކަންތައްތައް ހިނގާފައިވާ ކަމެވެ. އަދި އޭނާއަކީ މިހާރު އިއްފަތްރި އަންހެން ކުއްޖެއްނޫންކަމެވެ. ވިސްނާލަން އިނުމަށްފަހު ހުމޭޝް މެސެޖުކޮށްލިއެވެ. ” އަހަރެމެންގެ ލޮބުވެތި ރަސޫލާ (ސ.ވ) ފިޔަވައި އެހާ ސާފު އިންސާނެއް މިދުނިޔެ މައްޗަކަށް ދެން ނާންނާނެ… އަހަރެން ހަނާ ބަލައިގަންނަނީ ހަނާގެ މިހާރު ހުރި އެއްޗަކާއެކު ހެޔޮހިތުން ބާއްޖަވެރި ދިރިއުޅުމެއް އުޅުމަށްޓަކައި.. ހަނާއަށް އޯކޭ ވަންޏާ އަހަރެން މާދަމާ ރޭ ދާނަން ހަނާގެ ބައްޕަޔާ ބައްދަލުކުރަން… ހަނާ ބޭނުންވަންޏާ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން…” ހުމޭޝް ބުންޏެވެ. އަނެއްކާވެސް އިންތިޒާރުގައި އޮތް ހަނާ އަވަހަށް ފޯނުނަގައި ބަލައިލިއެވެ. ހުމޭޝްގެ މެސެޖު ހުޅުވައިލުމުން ހަނާގެ ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުމޭޝްއަށް އާއެކޭ ބުނެ ޖަވާބު ދިނުމަށްފަހު ނިދޭތޯ ލޯމަރާލިއެވެ. ހެނދުނު ތެދުވެ ހަނާއަށް ފުރަތަމަ ކަމަކަށްވެސް މިރޭ ބައްޕައާ ބައްދަލުކޮށްލަން މެހުމާނަކު އަންނާނެ ވާހަކަ މަންމަ ކައިރީގައި ބުނެލެވުނެވެ. ފަލާޙާއަށް ހަނާގެ މޫނުމަތީގައިވާ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. ނަމަވެސް ހަނާ ބުނީއެއީ ސިއްރެއް ކަމަށެވެ. އަދި ބައްޕައަށް އެވާހަކަ ނަންގަނެ ދެއްވަން ހަނާ ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާވެސް ވަރަށް ފަތިހާ ހޭލައިގެން ނިކުތެވެ. ބޮޑުގެއެއް ނަމަވެސް މުޅިގޭގައި އުޅެމުން އަންނަނީ އެންމެ ތިންމީހުންނެވެ. ހަނާގެ އުފާވެރި މޫނުން ގެއަށް މީހަކު އިތުރުވަނީކަން ފަލާޙާގެ ދުރުވިސްނޭ ސިނކުޑިއަށް އެނގެއެވެ. އެހެންކަމުން އެރެއަށް ރަގަޅު ކެއުމެއް ތައްޔާރުކޮށްލުމާއިގެން އުޅުނެވެ. ހަނާވެސް އޭނަގެ މަންމަޔަށް އެހީތެރި ވެދިނުމަށްޓަކައި ކައިރީގައ އުޅެމުން ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( އެގާރަވަނަ ބައި )

Next

ޔުމްނު (2) މޮޑިފައިޑް

Next
September 24, 2020

ޔުމްނު (2) މޮޑިފައިޑް

Previews
September 23, 2020

ވަމޭ ތިލޯބި އެދިއެދި ( އެގާރަވަނަ ބައި )

8 Comments!

  1. Ram says:
    September 24, 2020 at 8:19 am

    Maasha allah varah varah reethi mibai ves ?????????????????

    1. kudhoo says:
      September 24, 2020 at 8:49 am

      ???Thank you Ram ?

  2. thiththaaa says:
    September 24, 2020 at 10:24 am

    masha allah kudhu… varah reethi….so for hanaa she saw that dream due to her isthikhaaraa right ….cant wait for next ep

    1. kudhoo says:
      September 24, 2020 at 2:42 pm

      …. ?….Thank you thiththaaa??

  3. naura says:
    September 24, 2020 at 9:12 pm

    Mashaa Allah vrh reethi ?

    1. kudhoo says:
      September 24, 2020 at 11:22 pm

      ??? Thank you naura

  4. ޒާ says:
    September 24, 2020 at 10:13 pm

    V futurama mibaaves

    1. kudhoo says:
      September 24, 2020 at 11:20 pm

      ???Thank you zaa

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 12←


All Right Reserved!