Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 10

kudhoo Level 310 Stories100 Comments
September 22, 2020 5 Mins Read
11 Comments

ނާއިލާ ވިހަން އެމަޖެންސީކޮށް ވެއްދުނެވެ. ދެއާއިލާގެވެސް ބައެއް މެންބަރުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަލާޙާގެ ދެފައި އެއްތާކު މަޑެއް ނުވެއެވެ. ވިހަން ވެއްދިތާ ގަޑިއިރެއްފަހުން ރަޖައެއްގައި އޮޅައިލައިގެން ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް ނެރުނެވެ. ” ފަލާޙާ!.. ދަރިފުޅަށް ހަތްދުވަސް ފާހަގަ ކުރުން ތިގޭގައި ދޯ ބާއްވާނި…” އެންމެން އެކުއްޖާ ނަގާ ފޮޓޯނަގާ ހަދައި ނިމުމުން ނަރުހުން އަނެއްކާވެސް އެދަރިފުޅު ގޮވައިގެން އެތެރެއަށް ވަނުމުން ޒުލޭޚާ ބުންޏެވެ. ” ޒުލޭޚާ ބޭނުން ގޮތެއް.. ހުޝާން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ތިޔަ ދެމަފިރިންނަކީ ވަރަށް މާތް ދެއިންސާނުން އެކަން ހިތުގެ އަޑިން ގަބޫލުކުރަން…” ފަލާޙާ ބުންޏެވެ. ” ތިވާހަކަ ނުދައްކާ..އެހެންވީމަ ހިނގާދެން އެކަމާ ތައްޔާރުވާން..” ޒުލޭޚާ ބުންޏެވެ. ﷲގެ ރަޙުމަތުން ނާއިލާއާ ދަރިފުޅުގެ ޙާލު ރަގަޅެވެ. އެހެން ކަމުން ހޮސްޕިޓަލުގައި އެއްދުވަސް ކޮށްފައި ގެއަށް ދޫކޮށްލިއެވެ. އެންމެން ތިބޭތަނެއްގައި ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް އެކަނިވުމުން އަދިވެސް ނާއިލާ ކަރުނަ އަޅާ ރުއެވެ. އޭނަ އެންމެ އިންތިޒާރު ކުރަމުންއައީ މި ދަރިފުޅު އުފަންވާދުވަހު ދަރިފުޅު ފެންނަ ހިސާބުން ހުޝާންގެ އަމަލުތައް ބަދަލުވެގެންދާނެކަމަށެވެ.

” ޔުއާން މިހާރު ކިހިނެއްތަ ތިއުޅެނީ؟.. އަހަރެންނަށް ވަގުތެއް ނުދޭ… ބައްދަލުވެސް ކޮށްނުލެވޭ ..މިހާރު ހަފްތާއަކަށް ވުރެވެސް ގިނަ މިވަނީ..” ޔުއާންގެ ޚަބަރެއް ނުވާތީ ސާރާ ފޯނުން ގުޅައިގެން ޝަކުވާ ކުރަމުން ދިޔައެވެ. ސަރާގެ އެފޯނު ކޯލަށްވެސް ޔުއާން އަށް ޖަވާބެއް ދެވޭކަމަށް ވަނީ ހާލަކުން ފަހަރަކުއެވެ. ކޮންމެ ފަހަރަކުވެސް އެތައް ޝަކުވާއެއް ސާރާ ކުރަމުން ދެއެވެ. ޔުއާން ސިނކުޑީގައި ހަނާ ނޫން އެހެން ފަރާތެއް ނުވެއެވެ. ޑިއުޓީއަށް ނިކުތަސް އެމަސައްކަތުގައިވެސް މަޝްޢޫލުވެގެން ނޫޅެވެއެވެ. ހަނާއަށް އައިސްފައިވާ ބަދަލު އަދިވެސް ޔުއާންއަށް ގަބޫލުކުރަންވެސް ދައްޗެވެ. މަސައްކަތް ރަގަޅަށް ނުކުރެވޭތީ ޔުއާން މިހާރު ޗުއްޓީއެއްވެސް ނަގަން ގަސްދުކޮށްފިއެވެ. ޔުއާންގެ ޑިއުޓީ ނުނިމުނަސް ހަނާއުޅޭ އޮފީހަށް އޭނަ ނިމޭގަޑިއަށް ދިޔުމަކީވެސް ޔުއާންގެ އާދައަކަށް ވެއްޖެއެވެ. ބައެއްދުވަސްދުވަހު ހަނާ އޮފީހުން ނިކުންނަ ގަޑީގައި ޔުއާން ފެނުނަސް ފެންނަ ކަމަކަށް ނަހަދައެވެ. އާންމުގޮތެއްގައި ހަނާ އޮފީހުން ނިކުންނަނީ އޭނަގެ ބައްޕަޔާއެކުގައި ކަމަށްވާތީ ޔުއާންއަށް ވެސް އެފުރުސަތެއް ނުލިބެއެވެ. މިއަދަކީވެސް ރޫމާން މީޓިންގއެއް އޮތް ދުވަހެއް ކަމުން ހަނާ ނިކުމެގެންއައީ އެކަންޏެވެ. ފުރުސަތަކަށް ބަލަބަލާހުރި ޔުއާން ވަގުތުން ހަނާގެ ކުރިމައްޗަށް އެރިއެވެ.

” ޔުއާން ދެންތީ ކިހާ ދެރަކަމެއްތަ؟.. އަހަރެންނަށް އުނދަގޫ ނުކުރިއަސް ޔުއާން ބޭނުންވާ ގޮތަކަށް އުޅެވިދާނެ އެއް ނޫންތަ.. ޔުއާން އަހަރެން ދޫކޮށްލީ އަހަރެންގެ އެއްވެސް ކުށެއް އޮވެގެނެއް ނޫން.. އަހަރެން އެދުނީ ކައިވެނި ކުރަން ޔުއާން އެގޮތެއް ބޭނުމެއް ނުވި…ޔުއާން ބޭނުންވި ކަންތައް އަހަރެންގެ ފަރާތުން ލިބުމުން ޔުއާން އަހަރެން ދޫކޮށްލީ..ފެންކައްކާ ބޮލީގެ އިއްޒަތް ހެން..” ހަނާ ހިތުތެރޭގައި އެތައް އެއްޗެއް ވިއެވެ. ނަމަވެސް ހުރިހާ އެއްޗެއް ބޭރުކުރުމުގެ ބަދަލުގައި އެވަގުތު ޔުއާން އޭނާއާ ދުރުކުރެވޭނެ ގޮތަކާމެދު ވިސްނަމުން ވާހަކަ ދެއްކިއެވެ. ” ހަނާ އަހަރެން ދުރެއް ނުކުރަމެއްނޫ.. އަހަރެން އެގޮތައް ހެދީ ހަނާ ދެކެ ލޯބި ނުވާތީއެއް ނޫން…އަހަރެން ހަނާދެކެ ލޯބިވޭ… އަހަރެންނަށް އަދިވެސް ހަނާގެ ތިދެލޮލުން އަހަންނަށްޓަކައި ލޯބި އެބަފެނޭ.. ކީއްވެ ދުރައްދާން މަސައްކަތް ތިކުރަނީ؟..” ޔުއާން އަހާލިއެވެ. ” ނޫން.. ޔުއާން ތީ ޔުއާންއަށް ހީވާ އެއްޗެއް.. އަހަރެން ޔުއާންދެކެވީ ލޯތްބަކީ އެއްވެސް އެއްޗެއް ނޫން..އަދި އެފަދަ ލޯތްބެއް ދެވަނަ ފަހަރަށް ތަކުރާރު ކުރާކަށް ބޭނުމެއްނޫން…ލޯބިންނޭ ކިޔާފައި ގުޅިގެން އަހަރެމެން ދެމީހުންނަށްވެސް ކުރެވެމުންދިޔައީ ﷲ ޙަރާން ކުރައްވައިފައި ތިބި ފާފަތައް… އަހަރެން އެގޮތައް ދެން އުޅޭކަށް ބޭނުމެއްނޫން… އަހަރެންވެސް ތައުބާވެއްޖައީން..އަދި އެތައުބާ ގަބޫލު ކުރައްވާތޯ ދުވާލަކު އެތައް ސަތޭކަ ފަހަރު ﷲއަށް ދުޢާ ކުރަން..ޔުއާންވެސް ތިއުޅުން ދޫކޮށްލާ އިސްލާޙުވާން އުޅޭ…އަހަރެންގެ ފަހަތުން އުޅުނަސް ޔުއާން އަކަށް ދެން ވާނެ ފައިދާއެއް ނޯންނާނެ..” ހަނާ ވާހަކަ ދައްކަމުން މަގުމައްޗަށް ނިކުތެވެ. ނަމަވެސް ކުރިއަށް ދެވުނަ ނުދިނުމަށްޓަކައި މިފަހަރުވެސް ޔުއާން ހަނާގެ ކުރި މައްޗަށް އެރިއެވެ. ” އަހަރެންނަށް ދެވަނަ ފުރުސަތެއް ނުދިނަސް ރަޙުމަތްތެރިއަކަށް ވެވިދާނެއެއްނޫންތަ؟…” ޔުއާން ބުންޏެވެ. ” ނޫން… އަހަރެން ދެން ޔުއާންގެ ރަޙުމަތްތެރިކަމެއްވެސް ބޭނުމެއް ނުވޭ..” ހަނާ އެހެން ބުނި ވަގުތަކީ ހުމޭޝްގެ ކާރުއައިސް އެދެމީހުން ކައިރީ މަޑުކޮށްލި ވަގުތެވެ. ” ތިހެންވެތަ ހަނާ އަހަރެން ދޫކޮށްލަން ތިއުޅެނީ…ހަނާ އެހެން ބައިވެރިއެއް ހޯދީތަ؟.. ނޫން ހަނާ އުޅެން ޖެހޭނީ އަހަރެންނާއެކު…އަހަރެން ހަނާދެކެ ލޯބިވޭ..” ޔުއާން އަނެއްކާވެސް އާދޭސް ކުރަން ފެށިއެވެ.

ޔުއާންގެ ކިބައިން ސަލާމަތް ނުވާނެ ކަން އެނގުމުން ހަނާ ވަގުތުން ކާރުގެ ދޮރުފަތް ހުޅުވައި ކާރަށް އެރިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. މިއީ ހުމޭޝްގެ ކާރަށް އެރުނު ދެވަނަ ފަހަރެވެ. ނަމަވެސް ކާރުގެ ތެރެއިންވެސް ހަނާއަށް ރައްކާތެރިކަން އިޙުސާސް ކުރެވެއެވެ. ވަކި ހިސާބަކަށް ދެވުނު އިރުވެސް ހުމޭޝް ބަހެއް ނުކިޔައެވެ. ނަމަވެސް ކަމަކާ ފިކުރު ކުރާ ވައްތަރު އެ މޫނުމަތިން ޖަހައެވެ. ” އަހަރެންނަށް ހަނާ ވަރަށް ކަމުދޭ.. ހަނާ ގަބޫލު ކަމަކަށް ވަންޏާމު އަހަރެން ބޭނުން ހަނާއާ ކައިވެނި ކުރަން… އޯކޭ މިގަޑީގައި ޖަވާބެއް ނުދިނަސް… އެކަމަކު ބޮޑުކަމެއް ނިންމަންވީމަ ކުރަންޖެހޭ ނަމާދެއް އޮންނާނެ… ހަނާއަށް އިނގޭތަ؟.” ހުމޭޝް އަހާލިއެވެ. ” ނޫން… ނޭނގެ..” ހަނާ ވަރަށް ކުރު ޖަވާބެއް ދިނެވެ. ” އޮންނާނެ އިސްތިޚާރާ ނަމާދުކުރަން… އެނަމާދު ކުރުމުން ކުރަން ބޭނުންވާ ކަމުގެ ރަގަޅުގޮތް އެނގޭނެ.. ބައެއްފަހަރު އެނަމާދު ކުރާވަގުތު ހިތައް އަރާނެ…އަނެއްބައިފަހަރު ހުވަފެނުގައިވެސް ފެންނާނެ… ހިތައް ތަސައްލީއެއްގެ ގޮތުގައިވެސް ވެދާނެ..” ހުމޭޝް ހަނާއަށް އެނަމާދު ކުރާނެ ގޮތާއި ދެންވެސް އެކަން އިޙުސާވާނެ ގޮތްތައް ކިޔައިދިނެވެ. އަދި އެއަށްފަހު އޭނާއަށް ޖަވާބެއް ދިނުމަށް އެދުނެވެ. ހަނާގެ ޖަވާބަކަށް އޭނާ އިންތިޒާރު ކުރާނެ ކަމުގައި ބުންޏެވެ.

އަނެއްކާވެސް އާއިލާއަށް އުފާވެރި ދުވަހެއް އަންނަނީއެވެ. ނަމަވެސް ޒުލޭޚާއަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޗުއްޓީ ނަގައިގެން އަބަދު ގޭގައި އޮންނަން ޖެހޭ ސަބަބެއް ނޭގެއެވެ. ކޮޓަރިއަކުން ނިކުންނަނީއެއް ނޫނެވެ. ގެއިންވެސް ރަގަޅަށް ކަނީއެއް ނޫނެވެ. ” ސައީދު އަހަރެންނަށް ހީވަނީ ޔުއާންއަށް ކަމެއް ވެގެން އުޅޭހެން… އަހަރެން އެހިޔަސް ކިޔައި ނުދޭނެތީ ސައީދު ކައިރީ މި ބުނީ.. އޭނަ އަބަދުވެސް ވާހަކައެއް ދެއްކިޔަސް ދައްކާނީ ސައީދު ކައިރީ..މިހާރު ހޮސްޕިޓަލުން ޗުއްޓީއެއް ނަގައިގެން އެއުޅެނީ.. އެކަމަކު އެއްވެސް ތަނަކަށް ނުދޭ އަބަދު ކޮޓަރި ތެރޭ..ރަގަޅަށް ކަނީއެއްވެސް ނޫން..” ޒުލޭޚާ އެކަމާ ކަންބޮޑުވެފައި ހުރެ ސައީދު ކައިރީގައި ބުންޏެވެ. ޒުލޭޚާގެ ވާހަކަތައް ނިމުމުން ސައީދު ގޮސް ޔުއާންގެ ކޮޓަރީގައި ޓަކިދީފައި ވަނެވެ. އޭރު ބަންޑުން އެނދުގައި އޮށޯވެފައި ޔުއާން އޮތެވެ. ސައިދު ސުވާލްކޮށްކޮށްވެސް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ޔުއާން ބުނާގޮތުން އޭނާ ރެސްޓް ކޮށްލަން ނެގި ޗުއްޓީއެކެވެ. އެހެންވެ އެގޮތަށް ގިނައިރު އޮށޯވެފައި އޮންނަނީއެވެ. ނަމަވެސް އެމޫނުމަތިންވެސް ކަމަކާ ވަރަށް ބޮޑަށް ފިކުރު ކުރާކަން އެނގެއެވެ. ޔުއާން ނުބުނާނެކަން އެނގުމުން ސައީދު އެކޮޓަރިން ނިކުމެ ޒުލޭޚާއަށް ކަންތައް ވީގޮތް ކިޔައި ދިނެވެ.

ގޭގެ ބޭރު ގޯތިތެރެ މިރޭ އޮންނަ ކައިވެނި ހަފްލާއަށް ތައްޔާރު ކޮށްނިމިއްޖެއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ގަޑިއަށް ގާޟީ އައިސް ވަނެވެ. ސިޓިންގ ރޫމް މެދުގައިބަހައްޓައިފައިވާ މޭޒުދޮށުގައި އެންމެން އިށީނެވެ. އެވަގުތު ލާނާ އޭނާގެ ކޮޓަރިން ނިކުމެގެން އަންނަނީއެވެ. މަޑު ފިޔާތޮށިކުލައިގެ ކައިވެނީގެ ހެދުމުގެ މަތި ޖަރީކޮށްފައި ވަނީ ކުޑަމިނާ އޮތްތަކަކުންނެވެ. ތިރިއަށް ފުޅާކޮށް ފަހާފައިވާ ހެދުމުގެ ފަސްބައި ވަކިން ރީތި ކޮށްލުމަށް ޓަކައި މާތައް ޖަހާފައިވާ ލޭސްފޮތި ގުޅާފައި ހުއްޓެވެ. ފިޔަތޮށި ކުލައިގެ ޝޯލްއެއް އަޅައިފައިވާ ލާނާ ހީވަނީ މިރޭ ފިޔާތޮށި ފިނިފެންމަލެއް ހެންނެވެ. ތަން ތައްޔާރު ކޮށްފައިވެސް ވަނީ ފިޔާތޮށި ކުލަޔާ ހުދުކުލައިންނެވެ. ކައިވެނި ހަފްލާ ކުރިއަށް ގެންދިޔައީ މުނާން އެދުނު ގޮތަށެވެ. އެއީ ފިރިހެން ވެރިންނަށް ވަކި ބައެއް އަދި އަންހެންވެރިންނަށް ވަކި ބައެއްގެ ގޮތުގައެވެ. އެހެންކަމުން ގޯތީގައި ވަނި ދެބައި މީހުންނަށް ވަކިންތިބެވޭނެ އިންތިޒާމް ވަރަށް ފުރިހަމައަށް ހަމަޖައްސައިފއެވެ. ކައިވެނި ހަފްލާ ނިމި އާއިލާގެ އެންމެން ފޮޓޯ ނެގިއިރު މަދުވަނީ ހުޝާން އެކަނިއެވެ. ހުޝާން އަދިވެސް ޖަލުން ސަލާމަށްވާން ހައަހަރު އެބައޮތެވެ. ނާއިލާ ބޭނުންވަނީ ކިތަންމެ ގިނަ ދުވަހެއް ކޮށްފައި ހުޝާން އެނބުރި އަޔަސް ހުޝާންއަށް އިންތިޒާރު ކުރާށެވެ. މުނާން ރާވައިފައިވާ ގޮތައް ހަނީމޫންއެއް ހެދުމުގެ ބަދަލުގައި ދެމީހުންގެ އުފާވެރި ވަގުތު ގުނުމަށްޓަކައި އޭނާވަނީ އުމްރާއަކަށް ދިޔުމަށް ތައްޔާރުކޮށްފައެވެ. ލާނާއަށް އޭނާގެ ހަޔާތުގައި މިހާ އުފާވެރިކަމެއް ނުލިބެއެވެ. މައިންބަފައިން ނެތަސް ދުނިޔޭގައި އުޅެން މައިންބަފައިން ފަދައިން ލޯބިވާނެ ބަޔަކު ލިބިއްޖެއެވެ. ނަމަވެސް އޭނާގެ މައިންބަފައިން އޭނާއަށް ދައްކަމުން އައި މަގުގެ ބަދަލުގައި ހެޔޮމަގެއް ދައްކައިދިން ބައެކެވެ. އިސްލާމް ވުމަށް ފަހު ލާނާ އެންމެ ކުރަން ބޭނުންވެފައި ހުރި ކަމަކީ ކަޢުބަތިﷲ ގެފުޅު ފެންނަ ހިސާބަކަށް ދެވުމެވެ. އެއުންމީދުވެސް އޭނާއަށް ލިބުނު އޯގާތެރި ފިރިމީހާ ފުރިހަމަކޮށްދޭން އުޅެނީއެވެ. ލާނާ އެތައްފަހަރަކު ﷲއަށް ޙަމްދު ކުރިއެވެ. އޭނާއަށް ދެއްވައިފަދައިން އެހެން މީހުނަށްވެސް އެފަދަ ނިޢުމަތްތައް ދެއްވާތޯ ދުޢާ ކުރެއެވެ.

ލުމާ އޮފީހުގެ ލިފްޓަށް އެރިތަނުން ފަހަތުން މީހަކު އައިސް ވަނެވެ. ބަލާލިއިރު ކްލިނިކުގެ ވެރިޔާއެވެ. “އައްސަލާމު އަލައިކުމް…ކިހިނެއްތަ ހާލު؟..” މާހިލް ބުންޏެވެ. ” ވައަލައިކުމުއްސަލާމް.. އަލްޙަމްދުﷲ..” ލުމާވެސް ރީތި ބަހުން ޖަވާބު ދިނެވެ. ކްލިނިކުގައި ލުމާ އެންމެ ހިތްހަމަ ޖެހޭކަމަކީ ދެޖިންސް ވަކިން އުޅޭނެ އިންތިޒާމް ހަމަޖައްސައިފައި އޮތުމެވެ. އެހެން ކަމުން އަންހެން ކުދިންނަށް އެމީހުން ޖަހަން ބޭނުންވާ ސަކަރާތެއް ޖެހެވެއެވެ. ނަމަވެސް ތަނުގެ ވެރިޔާ މާހިލް އަކީ ހުރިހާ އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނެވެ. ނަމަވެސް އޭގެތެރެއިން ބައެއް ކުދިންނަށް މާހިލްގެ ތުބުޅި ހުންނާތީ ކަމަކު ނުދެއެވެ. އަނެއްބައި ކުދިންނަށް ތުބުޅި ހުރީމައި މާބޮޑަށްވެސް ފިރިހެން ވަންތަ ކަމަށް ދައްކައެވެ. މާހިލްގެ ހަށިގަނޑަށް ބަލާލުމުން ގަވާއިދުން ޖިމަށްދާކަން އެނގެއެވެ. ” މިތާގައި ވަޒީފާ އަދާކުރަން ހިތްހަމަޖެހޭތަ؟.. ” މާހިލް އަހާލިއެވެ. ” ލައްބަ! ވަރަށް ހިތްހަމަޖެހޭ..” ލުމާ ބުންޏެވެ. ލުމާ ހުރި ތަނަކަށް ފިރިހެނަކު އަތުވިޔަސް އޭނާ ހަނދާންވަނީ ތިއްތީ ދެއްކި ވާހަކަތަކެވެ. ނަސީބު ތަންދިމާކުރިގޮތުން ލިފްޓެތެރޭ ގިނައިރެއް ނުނެގިއެވެ. އަންހެންކުދިން އުޅޭ ބަޔަށް ލިފްޓް މަޑު ޖެހުމުން ލުމާ ނިކުތެވެ. ލިފްޓް ގެ ދޮރު ލެއްޕި މައްޗަށް ދިޔުމުން ލުމާ ހިނގައިގަތެވެ. ” ކީއްވެ އެލިފްޓުން ތިޔައައީ..ބަލަ އެއީ ފިރިހެން ވެރިންގެ ލިފްޓޭ ..މިއަދު ކޮންދުނިޔެއެއްގައި ހުރެތަ ތިއައީ..” ކްލިނިކުގައި އުޅޭ ކުއްޖަކު ލުމާއާ ދިމާލަށް ބުންޏެވެ. އެކުއްޖާ އެހެން ބުނުމުން އަދި ކިރިޔާ ލުމާގެ ސިނކުޑި ހޭލީއެވެ. މާހިލްގެ ހިތައް އަރާނީވެސް ކީކޭ ހެއްޔެވެ. ލުމާ ލަދުގަންނަން ވެސް ފަށައިފިއެވެ. މިއަދަކީ އަނެއްކޮޅުން ހުރިހާ ސްޓާފުންގެ މީޓިންގ ވެސް އޮންނަ ދުވަހެވެ. މިކަންތަކަށް ފަހު އަނެއްކާވެސް މާހިލްއާ ކުރިމަތިލާން ޖެހުނީއެވެ. ދެބަޔަށް ވަކިން ހަދާފައިވާ ތަނެއް ހުރެ އެތަނުގައި ބޮޑު އަކުރުން ވަކިވާހެން ނަން އަޅައިފައި ހުއްޓާވެސް ލުމާއަށް ކުރެވުނު ކަންތަކުން އަވަހަށް އެތަނުން ނިކުމެގެން ދާންވެސް ހިތައް އެރިއެވެ. އެންމެންގެ ދިމާ ކުރުންތަކާވެސް ކުރިމަތިލާން ޖެހުނީއެވެ. ސައިގަޑީގައިވެސް މިއަދު ދެކަމެއް ނުކުރެއެވެ. އެންމެން ލުމާއާ ދިމާ ކުރީއެވެ. އެ ލިފްޓަށް އެރީ އަނެއްކާ މާހިލް ފެނޭތޯވެސް އެއްސެވެ. އެތަނުން އެކަކަށްވެސް އެލިފްޓް ތެރޭގައި މާހިލް ހުރި ކަން ނޭނގުނު ކަމީވެސް ނަސީބެއްތާއޭ ލުމާގެ ހިތައް އެރިއެވެ. މިއަދު ކައުންސިލިންގ ވެސް ރަގަޅަށް ނުދެވެއެވެ. ހިތައް ހަމަ މަންޒަރު ސިފަވާތީއެވެ. އަނެއްކޮޅުން އެންމެންގެ ދިމާ ކުރުންތަކާ ކުރިމަތިލާން ޖެހިފައި ހުރުމުންނެވެ. ތިއްތިވެސް ރަށުގައި ނެތީ ނަސީބަކަށެވެ. އަދި ތިއްތިއަށް ކިޔައި ދީފިއްޔާ ހެމުންހެމުންގޮސް ހަލާކުވެދާނެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯބިވާއޭ 6

Next

ލޯބިވާވަރު އަންގަދޭހިތްވޭ 2

Next
September 22, 2020

ލޯބިވާވަރު އަންގަދޭހިތްވޭ 2

Previews
September 21, 2020

ލޯބިވާއޭ 6

11 Comments!

  1. Ram says:
    September 22, 2020 at 7:29 am

    Maasha allah vvvv reethi mibai ves engey ??????????????????

    1. kudhoo says:
      September 22, 2020 at 8:29 am

      ????? Thank you for your support… Ram

  2. Liyaa says:
    September 22, 2020 at 8:05 am

    Mashaa allah v v reethi vaahaka

    1. kudhoo says:
      September 22, 2020 at 5:06 pm

      ?????Thank you liyaa

  3. Kamana♥️ says:
    September 22, 2020 at 9:22 am

    Varah reethi Maasha allah waiting for the next

    1. kudhoo says:
      September 22, 2020 at 10:05 am

      ????Thank you kamana.. Insha Allah

  4. thiththaaa says:
    September 22, 2020 at 12:32 pm

    masha allah kudhu…varah furihama mi part ves….

    1. kudhoo says:
      September 22, 2020 at 5:00 pm

      ????Thank you thiththaaa

  5. Aanaa. says:
    September 22, 2020 at 4:32 pm

    Varah reechey

    1. kudhoo says:
      September 22, 2020 at 5:01 pm

      ??????Thank you Aanaa

  6. Bad_queen?? says:
    October 1, 2020 at 12:40 pm

    V reethi ?mashaa Allah ???

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 11←


All Right Reserved!