” އަހަރެން ކޮންމެ ތާކަށް ދިޔަޔަސް ޝާއިފް އަށް ކީއް؟ އަހަންނާއއި މެދު ކަންބޮޑު ނުވާތީނު އެހެން މީހެއް ތި ހޯދީ. ދެން އޭނަ އާއި މެދު ކަންބޮޑުވޭ.” ޝާއިފްގެ އަތް ފޮޅުވާލުމަށް ފަހު ހިނގައިގަންނަމުން ސާރާ ބުނެލިއެވެ. އެވަގުތު ޝާއިފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
” ކާކު ބުނީ ސާރާ ކައިރީ؟” ހައިރާން ކަމާއިއެކު ޝާއިފް ބުނެލިއެވެ.
” ޝާއިފް އަހަރެން ކައިރީ ކައިވެނިކޮށްނިންމާފަ ބުނަން ހުއްޓަސް އެއަށް ވުރެ ޝާއިފްގެ ހަނގު އަނބި އަހަރެން ދެކެ ލޯބިވޭ.” ގިސްލެވޭ ހާލު ސާރާ ބުނެލިއެވެ.
” އަހަރެން ނުބުނާކަށް ނޫނޭ ހުރީ. ސާރާ ދެރަ ވެދާނެތީވެ ބުނަން ފަސްޖެހުނީ.” ސާރާ އާއި ދިމާލަށް މަޑު މަޑުން ފިޔަވަޅު އަޅަމުން ޝާއިފް ބުނެލިއެވެ. ” ނޫން! މިކޮޅަށް ނާންނާތި! އަދިވެސް ދެވުނު އަނިޔާ ކުޑައީތަ؟ އޭން!؟ އަހަރެން ކީއްކުރީ؟ ދަރިން ލިބުމުން މަހުރޫމް ވުމަކީ އަހަރެންގެ ކުށެއްތަ؟ އެދުވަހު އަހަރެން ވަރިކޮށްފައި ހަޝްމާ އާއި އިންނަ މަންޒަރު ދެކެން އަހަރެންގެ ހިތަށް މާ ފަސޭހަވީސް.” ސާރާގެ ބުރަކަށި ގޮސް ފަހަތުގައި ހުރި ފާރުގައި ތަތް ވުމާއިއެކު، ހުރިތަނަށް ސާރާ ތިރިވިއެވެ. ހީވަނީ މީހަކު އޭނަގެ ހިތުގައި ވިކަމުންދާހެނެވެ. އެހާ ގިނައިރު ރުޔުމުގެ ސަބަބުން މޭގައި ކުޑަ ރިހުމެއް އުފެދިފައި ވިޔަސް އެއަށް ވުރެ ސާރާ ގެ ހިތުގެ ހައިޖާނުގަނޑު މާބޮޑެވެ.
“ސާރާ! އަހަރެން ސާރާ ދެކެ ލޯބިނުވާތީކީ ނޫނޭ. ސާރާގެ ކުށެއްވެސް ނެތް. އަހަރެން ސާރާ ދެކެ އަބަދުވެސް ލޯބިވޭ. އަހަރެން ސާރާ އަށް ވައުދުވި ގޮތަށް އަހަރެން އަބަދުވެސް ސާރާ އަށްޓަކައި ހުންނާނަން. އަދި ސާރާ ދުލެއްވެސް ނުކޮށްލާނަން.” ސާރާ އާއި ދިމާލަށް ތިރިވަމުން ޝާއިފް ބުނެލިއެވެ.
ސާރާ އަށް އިތުރަށް އެއްޗެއްބުނުމަށް ހިތްވަރެއް ނުލިބުނެވެ. ސާރާ ގެ އަރުވަނީ ބެދިފައެވެ. މޭގައި ހުރި ރިހުން އިރަކަށް ވުރެ އިރަކަށް ގަދަވަމުން ދިޔައެވެ. އޭގެ އިތުރުން ސާރާ ގެ ބޯވެސް އަނބުރަމުން ދިޔައެވެ.ސާރާ އަކީ ގިނައިން ރޮއިފިނަމަ މޭގައި ރިއްސާ މީހެކެވެ. ” ޝާއިފް. އަހަރެން ބޭނުމީ ނިދާލަން.” ސާރާ ގެ ރޮއެ ރޮއެ ދުޅަ ވެފައިވާ ދެލޮލުން ޝާއިފް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ސާރާ މޭގައި ރިއްސަނީކަން އެނގުމުން ޝާއިފް އިތުރަށް އެއްޗެއްނުބުނެ ސާރާ އަށް ބޭސް ގުޅައެއް ދިނުމަށްފަހު ސާރާ ނިދުމަށްޓަކައި ބޭއްވުމަށްފަހު ކޮޓަރިން ނުކުތެވެ. އެހުރިހާ ކަމެއް ކުރިއިރުވެސް އެދެމެދުގައި ވަނީ ހަމަ ހިމޭންކަމުގެ ފާރެކެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު ޝާއިފް ގެ ސަބަބުން އެދެމެދުގައި ފަރުދާއެއް ދެމިގެން ހިނގައްޖެއެވެ.
އަނެއް ދުވަހަށް އިރުއެރީ އެކި މީހުނަށް އެކި ކުލަތައް ދައްކައިދެމުންނެވެ.މިއަދު ހަޝްމާ ހީވަނީ އުޑަށް އަރައިގެން ގޮސްދާނެހެނެވެ. ހެނދުނު ހެނދުނާ ތެދުވެ ތައްޔާރުވާން ފެށިއެވެ. އޭނައަށް ނުވިސްނުނުކަމަކީ ކައިވެންޏަކީ މަތިވެރި ގުޅުމެއްކަމެވެ.މީހުނަށް ދައްކަން ކުރާކަމެއް ނޫންކަމެވެ.
ނުނިދި ފުރޮޅި ފުރޮޅި އޮތުމަށްފހު ޝާއިފް ތެދުވިއިރު ސާރާ ފެންނާކަށް ނެތެވެ. ފާޚާނައިން އެވަގުތު މީހަކު ހޮޑުލާ އަޑު އިވުމުން ފާޚާނައަށް ވަތްއިރު ކަމަކު ދާކަށް ނެތެވެ. ސާރާ ހޮޑުލަމުން ދިޔައެވެ.” ސާރާ. ބަލީތަ؟” ސާރާ ހަމައަކަށް އެޅެންދެން ސާރާގެ ބޮލުގައި ހިފަހައްޓައިގެން ހުރި ޝާއިފް އަހާލިއެވެ.” ނޫން. އެ- އެއީ ރުއީމަ ބޯއެނބުރީ އެހެންވެ.” ޝާއިފް އާއި ދިމާލަށް ބަލާލުމެއްވެސް ނެތި ސާރާ ބުނެލިއެވެ. ” އަދި އެއްވާހަކަ ސާރާ އަށް އޯކޭ ޝާއި ހަޝްމާ އާއި އިނަސް އިނގޭ. ސޯ ޑޯންޓް ވޮރީ.” އެނބުރިލުމަށް ފަހު ހިނިތުން ވެލަމުން ސާރާ ބުނެލިއެވެ. އެވަގުތު ޝާއިފް ގެ މިލާފައިވާ މޫނު އަލިވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ސާރާ ހުރީ ޝާއިފް ގެ އަތުތެރޭގައެވެ. ” އެކަމް ސާރާ ބޭނުން ނައިނާމެން ގެންނަން އޯކޭ ތަ؟ މިބުނީ ޝާއިގެ ސައިޑުން.” ޝާއިފްގެ އަތުތެރޭގައި ހުރެ ސާރާ ބުނެލިއެވެ. ” ޔެސް ވައިފީ. ބޭނުން ގޮތެއް.” ސާރާ ގެ ނިތަށް ބޮސް ދެމުން ޝާއިފް ބުނެލިއެވެ. ނައިނާމެންނަށް ގުޅުމަށްފަހު ސާރާ ބުނީ ކުޑަ ކުޑަ ހަފްލާއަކަށް އައުމަށެވެ. ޝާއިފް ގެ ކައިވެނީގެ ވާހަކަ އެއް ސާރާ ނުބުނެއެވެ.ޝާއިފް ބޭނުންވީ އެދުވަހު އެއްކޮށް ސާރާ އާއި އެއްކޮށް ހޭދަ ކުރުމަށެވެ. އެހެންނަމވެސް ހަޝްމާ އިރު އިރު ކޮޅާ އައިސް ޝާއިފް ގެންދެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ޝާއިފް ސާރާ ގޮވައިގެން ދާތަން ފެނުމުން ހަޝްމާގެ ދެލޮލުން ހީވަނީ ސާރާ އަދާ އަޅިޔަށް ހަދާލަފާނެހެނެވެ.
އެރޭ ޝާއިފް ތައްޔާރު ވަމުން ދިޔައެވެ. ކަޅު ފަޓްލޫނަކާއި އެކު ލައިފައިވާ ހުދު ގަމީސް ވަނީ ބެގީ ޖަހާފައެވެ. ކުރިމަތީގައި ހުރި ސާރާ ތައްޔާރުވެނިމުމުން ޝާއިފްގެ ޓައި ރަނގަޅު ކޮށްދިނުމަށްފަހު ދެމަފިރިން އެކުގައި ނުކުތެވެ. ސާރާގެ ހިތް ފޮތި ފޮތި ވަމުން ދިޔަނަމަވެސް އެކަން ނުދައްކާ ވޭތޯ ކުރެވޭނެހާ މަސައްކަތެއް ސާރާ ކުރަމުން ދިޔައެވެ. ސާރާމެން ޝާއިރާމެން އުޅޭ އެޕާރޓްމެންޓް އާއި އަރާ ހަމަވިއިރު ހަޝްމާވެސް ނުކުންނަނީ އެވެ. ހަޝްމާ ލައިގެން ހުރި ހެދުން ފެނުމުން ޝާއިފް ލަދުން އިސް ޖަހާލިއެވެ. ގަޔަށް ފިއްތާ ބާރު ކޮށްފައިވާހުދުކުލައިގެ ހެދުން މޭމަތި ވަނީ ލޭހުން ފަރުމާ ކުރެވިފައެވެ. ކޮށްފައިވާ ގަދަ މޭކަޕުން މީހާގެ ސޫރަވެސް ނޭނގެއެވެ. ޝާއިފް ފެނުމާއި އެކު ވަގުތުން ހަޝްމާ ޝާއިފްގެ އަތުގައި އޮޅުލައިގަތެވެ. މިއީ ދުވަހަކުވެސް ސާރާ އުޅުނު ގޮތެއް ނޫނޭ ޝާއިފް ހިތަށްއެރިއެވެ. މިހާ މިނިވަން ހިޔާލުގެ މީހަކާއި އެއްކޮށް އުމުރުގެ ބާކީ ބައި ހޭދަ ކުރާނެ ގޮތަކާއި މެދު ޝާއިފް ވިސްނާލިއެވެ. ” ސާރާ ދާނަން ދޯ އެކަނި. އަހަރެމެން ދެމީހުން ކާރުގައި ދާނީ. ނޫނީ އޯކޭ ވާނެ މަންމަ މެންނާއި އެކު އަޔަސް. ” ހިނިތުން ވެލަމުން ހަޝްމާ މިހެން ބުނުމާއިއެކު ޝާއިފް އަށް ބަލާލެވުނީ ސާރާ އާއި ދިމާލަށެވެ. އެވަގުތު ސާރާ ބޯޖަހާލީ ރަގަޅުވާނޭ ބުނަމުންނެވެ. ” ސާރާ ދާނީ ޓެކްސީއެއްގައި . ކޮންގްރެޓްސް ހަޝްމާ.” ގަދަކަމުން ހިނިތުންވެލަމުން ސާރާ މިހެން ބުނުމަށްފަހު ސިޑިން ފައިބައިގެން ސާރާ ހިނގައިގަތެވެ. ކިތަންމެ ސާރާ ހުއްޓުވަން ބޭނުންވިޔަސް ޝާއިފް އަށް އެކަން ކާމިޔާބު ނުވީ ހަޝްމާ ލިފްޓާއި ދިމާލަށް އޭނަ ދަމަން ފެށުމުންނެވެ.
ސިޑިން ފައިބައިގެން އައި ސާރާ ދެލޯ ފުހެލީ ޓެކްސީ އައުމުންނެވެ.ޓެކްސީ އަށް އަރާ ހަމަޖެހިލުމަށްފަހު ސާރާ އަށް ސީޓުގައި ބޯޖައްސާލެވުނެވެ. ޝާއިފް ހަމަ ހަޝްމާ އާއި އިންނާނީ ހެއްޔެވެ؟ ސާރާ ބާކީ ވާނީހެއްޔެވެ؟ ޝާއިފް ލޯބިވާނީ ހަޝްމާ ދެކެ ބާއެވެ؟ މިހުރިހާ ސުވާލުތަކެއް ހިތުގއި އެނބުރެން ފެށުމާއިއެކު ދެލޯ ހޫނު ކަރުނަ ތަކުން ފުރިއްޖެއެވެ. ސާރާ އަށް ހަމަ ހޭވެރިކަން ވީ ޑްރައިވަރު މަންޒިލަށް އާދެވުން ވާހަކަ ބުނުމުންނެވެ. ސާރާ ޓެކްސީ އަށް ރުފިޔާ ދެއްކުމަށްފަހު ޒީނަތްތެރިކުރެވިފައިވާ ކުޑަ ކުޑަ ކެފޭއަށް ވަނެވެ. ހަޝްމާ ކިތަންމެ ބޮޑުކޮށް ބާއްވަން އުޅުނަސް ހަޤީޤަތުގައި އެކަން ކުރަން ޝާއިފް އެއްބަސް ނުވުމުން ކުޑަގޮތެއް ހަދާލަން ނިންމީއެވެ. އޭރު ނައިނާމެން އައިސް އަރާ ހަމަ ވަނީއެވެ. އެންމެން ގޮސް މޭޒެއްގެ ދަށުގައި އިށިނދެ ހަމަޖެހިލިއެވެ.” އޯހޯ ސަޅި ކަޕްލް އެކޭ ދޯ. ކޮންގްރެޓްސް ޔުނާން. ނާން ރަގަޅަށް ނުރޮއްވާ ބަލައްޗޭ އިނގޭ. ނާން ރޮއްވާލައިފިއްޔާ ސާރާ ދުވަހަކުވެސް މާފެއް ނުކުރާނަން.” ހިނިތުންވެލަމުން ސާރާ ބުނެލިއެވެ. ” ޔެސް. އަހަރެން ސާރާ އަށް ވައުދު ވަން ނައިނާ އަބަދުވެސް އުފަލުގައި ބަހައްޓަން. ދުވަހަކުވެސް ނައިނާ ރޮއްވާނުލާނަން. ނައިނާ ރޮއްވާލައިފިއްޔާ އާދޭ ލައްޓި ބުރިއެއް ހިފައިގެން. ” އެންމެ ފަހުން ޔުނާން ބުނި ޖުމްލަ އިވުމާއި އެކު އެންމެން ހޭން ފެށިއެވެ. ” ސާރާ ކޮބާތަ ޝާއިފް؟ ދެމަފިރިން ގެ ފަރިއްކޮޅެއްނޫންތަ؟ އަނެއްކާ ހުރިހާ ކަމެއް އޯކޭތަ؟ މިއީ ކޮންކަމެއް ކަމެއްވެސް ނުބުނަމެއްނު؟” ހުނުމުގެ ތެރެއިން ނައިނާ ބުނެލިއެވެ. އެވަގުތު ބާކީ ތިބި ޝިޔާރާ މެންގެ ވެސް ނަޒަރު އަމާޒުވިއެވެ. ސާރާ ގެ ކަރުބެދޭގޮތް ވިނަމަވެސް ސާރާ ގެ ޟަމީރު ވިސްނައިދިނެވެ. ” އަމް.. އިނގޭ ރުޅި އަންނާނެކަންވެސް އެކަމް ޝާއިފް— ” ” ވަރި ކުރީތަ؟ ” ނައިނާ ކެތް މަދުވެފައިވާ ރާގަކަށް ބުނެލިއެވެ. އެވަގުތު އެންމެންވެސް ކަންބޮޑުވެފައިވާ ނަޒަރަކުން އެންމެން ސާރާ އާއި ދިމާލަށް ބަލަނ ފެށުމުން ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. ” ސާބަސް މި ނާން ކޮންމެ އެއްޗެއްވެސް ކިޔާފާނެ.އަމް.. ޝާއިފް އިޒް ގެޓިން މެރިޑް. ދެއަނތްބަށް.” އެވަގުތު ހީވީ އެތަނުގައި ބޮމެއް ގޮއްވާލެވުނު ހެނެވެ. ނައިނާ މެން ތިބީ ހުރި ތަނަށް ގަޑުވެފައެވެ. މިއީ ދުވަހަކުވެސް ލިބޭނެ ކަމަށް އުންމީދު ކުރި ހަބަރެއް ނޫނެވެ. ސާރާ ޝާއިފް އާއި ހަވާލު ކުރީ ބޭނުންވީމަ އެއްލާލާކަށް ނޫނެވެ. ފުރިހަމަ އިތުބާރާއި އެކީގައެވެ. ސާރާ ގެ ހިތްވަރާއި މެދު ހުރިހާ ކުދިންވެސް ހިތާހިތުން ތައުރީފް ކުރިއެވެ. ” އެހާ ބޮޑު ހިތާމައަކާ ސާރާ ކުރިމަތިލިއިރު ކީއްވެ އަންގާ ނުލީ. އަހަރެމެން ހަމަ އެހާވެސް ދުރުކޮށްލީތަ؟ ” ސާރާ ގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޝިޔާރާ ބުނެލިއެވެ. ” ނޫން ޝިޔާ. ތިހެނެއް ނޫން ވީކީ. ޝާއިފް ގެ ދިރިއުޅުމުގެ ކަމެއް އަހަންނަށް އެހެން މީހަކަށް ހިއްސާ ކުރަން ބޭނުން ނުވީ ޝާއިފް ގެ ރުހުމަކާއި ނުލާ . ސޮރީ. އެހެން ނޫނަސް އަހަރެންނާއި މެދު ތި މީހުން ވާވަރަށް ވިސްނާފާ ހުންނާނީ. އިތުރު ބުރައެއް އަހަރެންގެ ސަބަބުން އުފުލާކަށް ނޭދެން.”
“ހޫމް އެއްކަލަ މީހާ ފެށީ ދޯ. ދެން އޯކޭ ވީ ކަމެއްވީ. ކާކާ މެރީ ކުރަނީ؟” މަންހާ އަހާލިއެވެ.ސާރާ ގެ ދުލުން ހަޝްމާ އޭބުނެވުނު އިރު ނައިނާމެނެގެ ލޭ ކެކިއްޖެއެވެ.” މިރޭ ހަމަ ހުވާ ކޮށްފަ މިބުނީ ތި ހަޝްމާއެއްގެ ކައިވެނި ވޭތޯ ބަލާނަން. ބަލާބަލަ އެންމެން ކުރިމަތީ ރަގަޅު ހެދިލާފަ ކުރި ކަންތައް. އަދި ޝާއިފް ވެސް ސާރާ އަށް ދަރިޔަކު—” ޕްލީޒް ނާން. ތިއީ އަހަންނަށް އަޑު އަހަން ކަމުދާ ޖުމްލަ ތަކެއް ނޫން.” ނައިނާބުނަން އޮތް ބަސް މެދުކަނޑާލީ ސާރާ އެވެ. އެންމެން ވެސް އެއަށް ފަހު އެކި ވާހަކަ ތަކަށް އެނބުރި ދިޔައެވެ. އެހެންނަމަވެސް ސާރާ ގެ ހިތުގައި އެނބުރެމުން ދިޔަ ސުވާލު ތަކަށް ނިމުމެއްނައެވެ. މިރޭ ހަޝްމާ އާއި ޝާއިފް ގެ ކައިވެނި ކުރެވޭނެ ބާއެވެ؟ މިރެޔަށް ފަހު ސާރާ ގެ ދިރިއުޅުމަށް ވާނީ ކިހިނެއްބާއެވެ؟
- *ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Wow mi part ves vrh Sali ?????
Masha Allah sis??????????
Aley dhw saaraa haadha keigadaey dhw ?
I am feeling so sad for her ?????
Aley plxx hasmaa gadaa shaaif men nah marry nukurevey ne nama dhw? that will be great ❤️❤️❤️❤️
Hasma gadaa haada foosehveye huh???
Waiting for the next ??
Luv uuuuu sis❤️❤️❤️
Stay safe???
thank u soo much dear… yes haadha keh gadha eyh dhw… neygey dhw.. hingaa balamaa… lymmmmm.. u too.. tc
maasha allah vvv reethi mi part vs ngey dear… keep it up… insha allah nukureveyne hashma akah kaivenyeh shaaif akaaa… hithah araa e hashmaa…aaggggg neynge dhn haadha rulhi aadhey…
stay safe nd tc darllll…
lysm..
thank u dear… neygey dhw.. lets see… hehe dhwww… u tooo.. lymmm
Mi Vareh nei ♥️???❤️❤️?????♥️♥️?????????????????
Saaraa bandu bodu V dhw ????
thank u… mmm lets see??!!!
yea i think so 2…..plx vahchey.. n shaaaif a moya anhenaayaa marry nukurahchey plx… mi prt ves vrh reethi sis.. nxt prt avahaha up kohdhehchey egey.. stay safe and sound ❤️ take care.. lyyssmm..❤️❤️❤️
thank u dear.
Wow mi part vx varah salhi??
Waiting for the next part…
thank uuu
V.reethi…mi hashma ves ulhey gotheh..boa halaaku…
Mi vaahaka nimuny tha?
❤️V.reethi mi part vx ….❤️
❤️Woh hashma eh dho .. haadha foohi meehekey❤️
❤️Adhi shaaif aa marry kuran eba ulhe ennu … I hate her❤️
❤️Ekamu vx story vrh reethi ingey❤️
❤️Waiting for next part ❤️
❤️ Lyssssm dear and tc ❤️
❤️❤️Stay safe❤️❤️
v reethi.. whn is next???