Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

Rain lover Level 310 Stories100 Comments100 Login
August 19, 2020 4 Mins Read
7 Comments

ބުނާނެ އެެއްޗެެއް ޔަނާލްގެ ދުލަކަށް ނައެވެ. އެހިތި މާޒީ އައިިސް އޭނާ ވަށާލިއެވެ. އެ ދަރިފުޅުގެ ބައްޕައާއި ދޮންކާފައަކީ އެކަކުއޭ އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އޭނާގެ ލޮލުން ކަރުނައެއް ނީރާލިއެވެ. “އަޅެ މަންމީ! ސޮރީ. ދެން އާން ނާހާނަން އެހެންނެއް” ޔުއާން ދެރަވެލާފައި ލޯބި ގޮތަކަށް ބުނެލިއެވެ. “މާމަގެ އާން ކޮބާތަ؟ ފްލައިޓަށް ދާގަޑި ޖެހެނީއޭ” ޔައުލާ އައިސް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. “މާމާ! ޕްލޭން ވަރަށް ހިޔުޖް ވާނެތަ؟” ޔުއާން ބޯއަރިކޮށްލަމުން އަހާލިއެވެ. ތުއްތު ޔުއާން ހީވަނީ ޔަނާލްގެ ފިރިހެންވައްތަރު ހެންނެވެ. ކޮލުގައި މަސްޖަހާާލާފައި އޮންނަނީ ފަންފަން އިސްތަށިގަނޑެކެވެ. ބްރައުން އިސްތަށިކޮޅާއެކު ހީވަނީ ބޭރުކުއްޖެެއް ހެންނެވެ. “އާނ. އެންމެ ބޮޑު ފްލައިޓަށޭ އާން ގޮވައިގެންް މިދަނީ” ޔައުލާ ޔުއާންގެ ކޮލާއި ކުޅެލަމުން ބުންޏެވެ.
* * * * *
ބޯޑިން ޕާސްްް ދައްކާފައި ދޮރޯށިން ބޭރަށް ނުކުތްްއިރު ފްލައިޓްްްގެ އިންޖީނު އޮތީ ސްޓަރޓް ކޮށްފައެވެ. ޔުއާން ވަގުތުން ކަންްފަތުގައި އަތްއެޅިއެވެ. “ހާދަ ނޮއިސީ އޭ. އިޓް ޑިސްޓަރބްސް މީ”ޔުއާން ތުންފަތަށްް ގޮތެއްް ހަދައިލަމުން ބުންޏެވެ. ކަންފަތުގައި އަތްއަޅައިގެން ކުޑަކުޑަ ހުޑީއަކާއި އަޅި ޖިންސެެއްގައި އަދި ކުޑަަކުޑަ ދަބަަހެއް ކޮނޑުގައި އަޅުވާލާފައި ހުންނައިރު ނުހަނު ލޯތްބެވެ. ޔަނާލްވެސްް ކަޅު އަބާޔާއަކާއި އަޅި ޝޯލެއްގައި އެއްވެސްް މޭކަޕަކާއި ނުލާ ހުރިއިރު ނުހަަނު ސާދާއެވެ. ޔުމާންވެސް ޔުއާންއާއި ސަކަރާތް ޖަހަމުން ފްލައޓަށް އަރާ ސިޑިން ގޮސް ފަސްޓް ކްލާހަށް ވަނެވެ. “އާން ބޭނުމީ ކާފަކައިރީ އިންނަން” ޔުއާން ބޮޑާހާކަލިއެވެ. ޔުމާން ބަލިގަބޫލުކޮށްފައި ޔުއާްންއާއި އެކީ އެނދުގައި އޮށޯތެވެ. ރަށްތައް ފެންނަލެއް ކުދިކަމުން ޔުއާންއަށް އިންނަނީ މަޖާވެފައެވެ. އަދި މާ އަަވަހަށް ބޯޓު ދުވާތީވެސް އަތްޖަހާލަ ޖަހާލާއިނެވެ. ޔުމާންއާއި އެކި ސުވާލުކުރަމުން ދިޔައިރު ޔުމާން ދިޔައީ ޖަވާބު ދެމުންނެވެ. ކުޑައިރުކޮޅަކުން ޔުއާން ނިދިގެން ވެއްޓިއްޖެއެވެ.
* * * * *
8 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ހަވީރުގެ އެ ހިތްްފަސޭހަ ވްަގުތުކޮޅު ޔަނާލްމެންނަށް މާލެއާދެވުނެެވެ. އޭރު ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އެތާނގައި އޮތެވެ. ޔުމާންގޮސް ޑްރައިވަރާއި ސަލާމްކޮށްލާފައި ކާރަށް އެރިއެވެ. މިހާރު ޔުއާން އޮތީ ނިދާފަ ނޫންނަމަވެސް ޔަނާލްގެ ކޮނޑުމަތީ ބޯއަޅައިގެންނެވެ. ކާރުގޮސް މަޑުކޮށްލީ ހައިބަތުހުރި ބޮޑު ގެއެއްގެ ކުރިމަތީގައެވެ. އެގޭ އެންމެފަސޭހައިން ސިފަކުރެވޭނީ ތާޖްމަހަލްއޭ ބުނުމުންނެވެ. ތަފާތަކީ އެ ފެންގަނޑު ނީންނަކަމެވެ. ޔަނާލް މައިންބަފައިިންނަށް ޝުކުރުއަދާކުރިއެވެ. ޔަނާލް ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އަދި ޔުއާން ނިންދަވާލިއެވެ. ދެން ޔަނާލް ނިކުތީ ބެލްކަންޏަށެވެ. އެއަށްފަހު ފެންހޮޅި ނަގާ ގަސްތަކަށް ފެންދޭން ފެށިއެވެ. ބެލްކަނިން ތިރި ބަލާލިއރު ތަންކޮޅެއް ދުރުން ނަފީސާ އަންނާތީ ފެނެއެެވެ. އެއާއެކު ޔަނާލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިިވިއެވެ. ނަފީސާ އެއޮތް ފަލަ މީހާ ހުރީ މެކްސީއެއް ލާފައި އިސްތަށިގަނޑު ޑައިކޮށްފައެވެ. ޔަނާލް ހީހީ އަނެއްއަތަށް އެޅިއެވެ. ފެންހޮޅި ހިފައިގެން ހުރެފައި ނަފީީސާ އެދިމާލަށް އައިވަގުތު އިސްކޫރަށް އޮބާލިއެވެ. އެއާއިއެކު ނަފީސާގެ މުޅި ހަށިގަނޑު ތެމުނެވެ. ސިއްސައިގެން ގޮސް ނަފީސާ ވެއްޓުނުތަނާ އެއޮތް ބާުރުކޮށްހުރި މެކްސީ ވީދިއްޖެއެވެ. ޔަނާލްގެ ހިނިގަނޑު އޭގެ އަސްލު މިސްރާބަށް ޖެހީ އެވަގުތުއެވެ. ނަފީސާ މަތި ބަލާލާފައި ހަޑިއެއްޗެތި ގޮވާލާފިއެވެ. “މިހިރަ ގޮތެއްފޮތެއް ނެތް އަންހެނާ. ކަލޭގެ ލަދުހަޔާތް ކޮބ؟ މި މިއަދުގަތް މެކްސީއެކޭ. މީގެ އަގު އެނގޭތަ؟” ނަފީސާ ހަޅެއްލަވަމުން ދިޔައެވެ. “ގޮތެއްފޮތޭ! ލަދުހަޔާތޭ. މަގޭ ލަދުހަޔާތް ކެނޑުުވީ ތިއަންހެނާއެންނު. ކަލޭ މާ ރީއްޗެއް ނޫނޭ ލަދުހަޔާތޭ ގޮތެއްފޮތެއް ނެތޭ ބުނާކަށް. ހަމަ ގައިމުވެސް ކަލޭ ދަރިއަށްވުރެ އަހަރެންގެ އުޅުން އެތައް ގުނައެއް ރަނގަޅުވާނެ. ހިސާބށްވުރެ ފަލަވީމަ މެކްސީއާއެއްޗެހި ފަޅައިގެންދާނެ. މީހާ ފަލަކަމުން ހީވަނީ 12000 ލީޓަރުގެ ބޮޑު ކަޅުހަމެއްހެން ވިއްޔާ! މުސްކުޅިވެ ހަންޓޯޓޯވީމަވެސް ތެޅޭ ވައްތަރު ޗީޗީޗީ. ތި މޭކަޕުގެ ބޯމިންވެސް 4 ސެންޓިމީޓަރަށް އަރާނެ ތޯއްޗެއް. އާނ ތި މިއޮތް ފިހާރާގައި އޮތް ސޭލުން 150 ރުފިޔާއަށް ގަތް މެކްސީއެކެނުން.. ފިރިސޮރު ނުގަނެދިނީމަ ސޭލުންތާ ގަންނަން ޖެހޭނީ! ވަރަށް އަވަހަށް ކަލޭ ކުރިން އުޅުނު ފަންޖިފުޑިގަނޑަށް ދާންޖެހޭނެ” ޔަނާލް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “އޭއި އޭއި. ކަލޭ ކޮންއިރަކުތަ މާ އަނގަފަޅައިގެން ތިއުޅެނީ. އޭނ މިހިރަ މަންޖެގަނޑާ. ޖަވާބުދީބަލަ!” ނަފީސާ ބަވާލިއެވެ. “މުނިމާމާ! މުނިމާމައާއި އެއްގެއެއްގައި އުޅުން އިރުވެސް އަދިކިރިޔާތަ މަގޭ އަނގަފަޅާފައި ހުއްޓާ ފެނުނީ” ޔަނާލް ގޮވާލިއެވެ. ގަރަވެގެންގޮސް ރޮވޭހެން ހީވާން ފެށުމުން އިތުރަށް ޖަދަލުނުކޮށް ނަފީސާ އެތަނުން ދިޔައެވެ. މީހުންތައްވެސް ނަފީސާއާއި މަލާމާތްކުރަމުން ދިޔައެވެ. އޭރުވެސް ޔަނާލް ހަމަ ވަރުދައްކާފައި ހެނީއެވެ.
* * * * *
ރޭގަނޑުގެ ކެއުމުގެވަގުތު މުޅި ސުފުރާމަތި ފަޅުފިލުވާލާފައި ވަނީ މީރު ކާތަކެތިންނެވެ. ތަންދޫރީ ޗިކެންއާއި ނާސިގޮރެންއެވެ. ޗިކެން ރައިިސްއާއި ގްރިލްޑް ޓޫނާއެވެ. ފުރުޓު ފަންޏާއި މެގްނަމް ޕުޑިންއެވެ. “ދަރިފުޅާ. ދެން މިހާރު ލޯޔަރ ކޯސްވެސް ހަދާ ނިމުނީ. މައްސަލަ ހުށައެޅުމަށް ބޭނުންވާ ހެކި އެބަހުރިތަ؟” ޔުމާން ނާސިގޮރެންކޮޅެއް ތައްޓަކަށް އަޅައިލަމުން ބުންޏެވެ. “އާނ. އަހަރެންނަށް ޖިންސީ އަނިޔާކޮށްފައި ހުރިކަން ހާމަވާ ޑޮކްޓަަރު ރިޕޯޓް އޮންނާނެ. މަންމަ މަރާލުމަށް އުޅުނުކަމަށް ހެކިބަސްދޭން ޝަނާއްތަ ހުންނާނެ” ޔަނާލް ބުނެލިއެވެ. “ރަނގަޅު. ކޮން ދުވަހަކުން ހުށަހަޅަނީ. ދަރިފުޅަށް ތިކަަން ވާނެ” ޔުމާން ބުންޏެވެ. “މާދަމާ ފޯމު ލާނަން. މިދުވަސްކޮޅު ކޯޓްތައް ވަރަށް ބިޒީވާނެ. މިއަންނަ ހަފްތާ ފެށޭއިރަށް އެމީހުންނަށް ޗިޓު ދާނެ” ޔަނާލް ބުނެލިއެވެ. އަދި މިއަދު ދިމާވި ހާދިސާ ކިޔައިދިނެވެ. އެދެމީހުންވެސް ވަަރަށް ހުނެވެ. “ޔުއާން ނުހޭލާދޯ” ޔައުލާ ބުނެލިއެވެ. “އާނ. މާބޮޑަށް ވަރުބަލިވީކަމަށް ވާނީ. ހޭލިނަމަ މިގޭތެރެ މިހާ ހިމޭންކޮށް އޮންނާނެތަ؟” ޔަނާލް ބުނެލިއެވެ.
* * * * *
“ނުހުންނާނަން ހިމޭނަކުން. އަހަރެން މިއަދުވެސް ހާދަ ލަދެއްގަތޭ” ނަފީސާ ރޮމުން ދިޔައެވެ. އެތަަން ބަލާމީހަކު ހީހީ އަވަދިވާނެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ބޮޑުވެ 50 އަހަރުވެފައި ހުރި އަންހެނަކު ކުޑަކުއްޖެއްހެން ބޮޑާދައްކަ ދައްކާފައި ރޮމުން ދިޔައީމަ ވާނީވެސް އެހެންނޫންހެއްޔެވެ؟ ކުއްލިއަކަށް ނަފީސާ ހޭންފެށިއެވެ. ހަސަނުވެސް ދިޔައީ ސިއްސައިގެންނެވެ. “މަ ބޭނުމީ ޔައުލާހެން ޔަނާލްވެސް މަރާލަން! މިކަން ކުރެވޭނީ ހަމަ އެންމެ މީހަކަށް އެއީ ޝައިމް!” ވިހަގޮތަކަށް ނަފީސާ ބުނެލިއެވެ. އެދެމީހުން ވަރަށް މަޝްވަރާ ކުރިއެވެ.
* * * * *
“ނުކުރެވޭނެ މަށަކަށް! މީހެއްގެ ފުރާނައާއި ކުޅެން މަށަކަށް ލާހިކެއް ނޫން.” ޝައިމް ބުންޏެވެ. “2 މިލިޔަން،3 މިލިޔަން؟” އިނގިލި ދައްކާލަމުން ބުނެލިއެވެ. ޝައިމްގެ އަނގައިން ސޮނި ފޭބިއެވެ. “ކިހިނެއް ހަދައިދޭންވީ؟” ޝައިމް އެދަހިވެތި ކަމުގައި އިނދެ ބުނެލިއެވެ. “އެކްސިޑެންޓެއް. އޭނަ ހަވީރު ކޮންމެ ދުވަހަކު ދަރިގޮވައިގެން ދާނެ ރަސްފަންނަށް…….!” ވާންވީގޮތް ތަފްސީލުކޮށް ނަފީސާ ކިޔައިދިނެވެ.
* * * * *
“މަންމީ!! ޢާންއަށް ސްކެއަރީ ޑްރީމެއް ފެނުނީ! މަންމިގެ ގައިގަ ކާރއެއް އައިސް ޖައްސާލަނީ” ޔުއާން ހެނދުނު މައިރާ ދަތްވެސް ނޫނގުޅާ ނިކުމެ ޔަނާލް ގޭނި ހުނިތަށިން ހުނިކޮޅެއް ކާލަމުން ބުނެލިއެވެ. “އެހެންތަ؟” ޔަނާލް ބުނެލިއެވެ. “މަންމި ކީއްވެ ރޮނީ؟” ފިޔާކޮށަމުން ދިޔައިރު ލޮލުން ފެންއަންނާތީ ޔުއާން އަހާލިއެވެ.
* * * * * *
ވަގުތުތައް ހިނގަމުންގޮސް ހަވީރުގެ ހިތްގައިމު ވަގުތު ޖެހިއްޖެއެވެ. އާދައިގެ މަތިން ޔަނާލް އަސުރު ނަމާދު ކޮށްލައިގެން ނިކުތީ ރަސްފަންނަށް ދާށެވެ. އަންނަން އޮތް ގަދަ ކޮޅިގަނޑުގެ ޚަބަރެއް ހިލަމެއްނުވާ ހާލު ޔަނާލް އެދަރިފުޅާއެކު ރަސްފަންނަށް ދިޔައެވެ. ޔުއާން ޕޮޕްކޯން ގަންނަން ކިޔާވަރުން ފިހާރައަށް ދާން މިސްރާބުޖެހިއެވެ ފިހާރަ އިންނަނީ އަނެއް ފަޅީގައި ކަމަށް ވުމުން މަގުހުރަސް ކުރަންޖެހެއެވެ. . ކަފިހި ހުރަސްމަތިން ދެމައިން ހަމަޖެހިލައިގެންް ހިނގާލާފައި ދިޔައެވެ. އޭރު އަނެއްފަޅިއަށް އެރެން ނުހަނު ގާތްވެއްޖެއެވެ. ކުއްލިއަކަށް އައިނައި ދިމާލެއް ނޭނގި ފެނުނީ ޔަނާލްމެންނާއި 5 ވަރަކަށް ފޫޓް ދުރުން ބާރު ސްޕީޑްގައި އަންނަމުން ދިޔަކާރެވެ. ޔަނާލްގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އަވަސް ހަރަކާތަކާއެކު ޔުއާން ޕޭވްމަންޓާއި ދިމާލަށް ކޮށްޕާލަމުން ޝަހާދަތް ކިޔާލިއެވެ. ބަސްބުނާހާ ކުޑަހިނދުކޮޅެއް ތެރޭ ޔަނާލްގެ ގައިގައި ކާރުން ޖެހުނެވެ. ޔަނާލް ވިއްސައިގެން ދިޔައީ މާ ދުރަށެވެ. “މަންމީ!!!” މުޅި މާހައުލުގައި ގުގުމާލީ ޔުއާންގެ ހަޅޭކުގެ އަޑެވެ. އެއްބަޔަކު އޭރު އެންބިއުލާންސްއަށް ގުޅައިފިއެވެ. އަނެއްބަޔަކު ހަަމަ ފޮޓޯ ނަގަނީއެވެ. އެތަނުން އެކަކު ޔުއާން އަތުގައި އޮތް ޔަނާލްގެ ފޯނުން ޔައުލާުއަށް ގުޅުމަށް މަސައްކަތްކުރަމުން ދިޔައެވެ. ފާސްބަހެއް ނެތުމުން ނުހަނު ފަސޭހައިން ފޯނު ހުޅުވާލަފައި ޔައުލާއަށް ގުޅާ ވީގޮތް ކިޔައިދިނެވެ.
* * * * *
ޔައުލާމެން ގޮސް އެމަރޖެންްސީ ރޫމް ކައިރިއަށް ހުއްޓުނެވެ. ޔުއާންއަށް ފެނުނު މަންޒަރުން ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. ޑޮކްޓަރު ނުކުތީ އެވަގުތުއެވެ. “ސިކުނޑިއަށްވަނީ ލޭ އެޅިފައި! ހިނގޭނެކަމުގެ އުންމީދު ވަަރަށް ކުޑަ ނަމަވެސް ހިތްވަރުން ވެދާނެ. ފުރާނަވަނީ ނުރައްކަލުގެތެރޭގައި! ބޭރަށް ގެންދިޔުމުގެ ކަންކަން ހަމަޖައްސަވާ” ޑޮކްޓަރ އުންމީދުކުޑަ ރާގަކަށް ބުނެލިއެވެ. ޔައުލާގެ ހިތް ފަޅައިިން ނުދިޔައީ ކިރިޔާއެވެ. އެއްދަރި ގޮތަށް އަނެއް ދަރިވެސް އޭނާ ދޫކޮށް ދަނީހެއްޔެވެ؟ ޔުމާންވެސް ހިތްފަޅައިގެންދާ ޙާލު ފުރުމުގެ ކަންކަން ހަމަޖެއްސުމަށް އަަވަސްވެގަތެވެ.
( ނުނިމޭ )
މިބައި ކުރުނަމަ މާފަށް އެެދެން. ޓެސްޓަށް ދަސްކުރާތީ ވަގުތު ނުވަނީ! ދެން އޮތްބައި އިންޝާﷲ! ހުކުރު ދުވަހު. އިންތިޒާރު ކޮށްލައްވާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

Next

އަލްވަދާޢު- 3

Next
August 19, 2020

އަލްވަދާޢު- 3

Previews
August 19, 2020

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

7 Comments!

  1. Maash says:
    August 19, 2020 at 3:28 pm

    V. V. V. V. Reethi Maasha Allah ? yanaal ah dhyra goatheh nuhadhahchy ?? nafeesa hama maraalan vefa ehury???.. Waiting for the next part curiously ??

    1. Yeye says:
      August 19, 2020 at 7:10 pm

      Haha thanks let’s see dho

  2. #BLOSSOM# says:
    August 19, 2020 at 6:20 pm

    Vrh reethi mi prt ves..
    Hama habeys..
    Waiting for the next..
    Stay safe and tc gey brw
    Ly..

  3. Yeye says:
    August 19, 2020 at 7:11 pm

    Thanks sis. Stay safe

  4. ?Kukkyyy? says:
    August 21, 2020 at 3:42 pm

    This part is amazing n really very curious to read the next part ?Stay safe n loads of love ❤️❤️

  5. NERF says:
    August 22, 2020 at 5:31 pm

    Thansk next part submit kohlaafin

  6. Noomaaa says:
    August 23, 2020 at 2:57 pm

    Next part plxxxx

Comments are closed.

Next Episodeވަމޭ ތިލޯބި އެދިއެދި ( ނުވަވަނަ ބައި )←


All Right Reserved!