ވެވުނީލޮތްބޭ ޔާރުހުވާ
ނަރުސްކަން ކިޔަވައިގެން އަހަރެން ބަދަލްވީ އުފަން ރަށް ކަމުގައިވާ ހދ.ކުޅުދުށްފުއްޓަށެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިޔަށް ވުމުން އެދެމީހުންގެ ބަހަށް އަހަރެން އަބަދުވެސް ކިޔަމަންވަނީ ލޮތްބާއި އިހުތިރާމާއި އެކުގައެވެ. އަހަރެމެންގެ ގޭގައި ތިބެނީ ފަސްކުދިންނެވެ. ބައްޕައާއި މަންމަ އަދި ބޭބެމެން އަހަރެންދެކެ އިންތިހާޔަށް ލޯބިވެއެވެ.
ރަށަށް ބަދަލުވިތާ ދެހަފުތާ އެއްގެތެރޭ ރަށު ހޮސްޕިޓަލުން އަހަރެންނަށް ވަޒީފާ ހަމަޖެހުނެވެ. އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. ކުޑައިރުގެ ރަހުމަތްތެރިންނާއި އަލުންގުޅުން ބަދަހިވިއެވެ. ޑިއުޓީ ނިއްްމުމަށްފަހު އެއްކޮއް ކާންދިޔުމާއި މޫދަށް ދިޔުމަކީ އަހަރެމެންގެ އާންމުކަމަކަށްވިއެވެ. މާލޭގަ އުޅުނުއިރުގެ ރަހުމަތްތެރިންވެސް ދޭތެރެޔަކުން ގުޅާލައެވެ.
އަހަރެންގެ އުފާވެރި ދިރިއުޅުން ބޮއްސުންލައިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ބައްޕަ ޖެހުނު ކުއްލި ސުޓުރޯކާއިއެކު އަހަރެމެން ބިކަވެގެންދިޔައެވެ. ބައްޕަގެ ދޯނިތަކާއި ފިހާރަވެސް ވިއްކައިލީމެވެ. އިތުރުގޮތެއް ނެތިގެންނެވެ. ބައްޕަ މާލެގެންދެވުނެވެ. އެހެނަސް އެދެވޭ ރަނގަޅު ފަރުވާދެވެން ނެތަތީވެ ބޭރައް ގެންދަން މަޖުބޫރުވިއެވެ. ބައްޕަގެ ގާތްރަހުމަތްތެރިޔެށް ކަމަށްވާ ރިޒާބެ ބައްޕަ ބޭރަށް ފޮނުވުމުގެ ހުރިހާ ހަރަދެއް ކުރިއެވެ.
ތިންމަހުގެ ފަރުވާޔަށްފަހު ބައްޕަޔަށް މުޅިން ރަނގަޅުވިއެވެ. އެހެނަސް ކޮންމެ ތިންމަހުން އެއްމަހު ބައްޕަ ޑޮކުޓަރަށް ދައްކަން މާލެ ދާންޖެހޭތީ އަހަރެމެން މާލެ ބަދަލުވީމެވެ. އަހަރެމެން މާލެ ބަދަލުވިތާ މިހާރު ދެއަހަރު ވަނީއެވެ. މަޑުމަޑުން ބައްޕަގެ ވިޔަފާރި ދިޔައީ ކުރިއަރަމުންނެވެ. ބޭބެމެންގެ މިންނެތް މަސައްކަތު ންނެވެ.
އާދައިގެމަތިން ޑިއުޓީ ނިއްމާލުމަށްފަހު އަހަރެން އައީ ގެޔަށެވެ. ބައްޕައާއި ރިޒާބެ ނިކަން އޮލަވާހަކައެއްގައި ސިޓި ންރޫމް ސޯފާގައި ތިއްބެވެ. ދަބަސް ކޮނޑާއި ވަކިކޮއްލަމުން އަހަރެން ވަނީ ކޮޓަރިޔަށެވެ. ރޭގަނޑުގެވަގުތު ގޭގެ އެންމެންތިބީ ކެއުމަށް އިންސާފުކުރުމަށެވެ. ކެއުމުގެ ތެރެއިން ބައްޕަ ދެއްކެވި ވާހަކައިން އަހަރެންގެ އަރުން އިތުރަކަށް އެންމެ ކާއެތިކޮޅެއްވެސް އެތެރެވާގޮތެއް ނުވިއެވެ. “ދަރިފުޅާ ލިޒީ ދަރިފުޅުވެސް މިހާރުތިހިރީ މީހަކާ އިންނަވަރުވެފަ. ބައްޕަ ބޭނުންވަނީ ރިޒާބެގެ ލީވާން އާއި ދަރިފުޅު ކައިވެނިކުރަން. މީ ބައްޕައާއި ރިޒާބެ ދަރިފުޅުމެން ކުޑައިރުއްސުރެ ކުރުމަށް ނިއްމާފައިވާކަމެއް. ދަރިފުޅު މިކަމާމެދު ވިސްނާފަ ޖަވާބެއް ދިނަސް އެންމެ ރަނގަޅު.” އަހަރެން އިނީ ކުޑަވަރެއްގެ ޝޮކެއްގައެވެ.
ކައިވެންޏަކާއި މެދު އަހަރެން ވިސްނާފައެއްވެސް ނެތެވެ. އެހެނަސް ބައްޕަގެ އެދުމެއް ބޮލާލައި ޖަހާނެ ހިތްވަރެއްވެސް އަހަރެންގެ ގަޔަކުނެތެވެ. ހިތާއި ދެކޮޅަށް އަހަރެން ބައްޕަގެ އެދުމާއި އެއްބަސްވީމެވެ. ދެހަފްތާ ފަހުން އަހަންނާއި ލީވާންގެ ކައިވެނިކުރެވުނެވެ. ކައިވެންޏަށްފަހު އަހަރެން ލީވާންގެ ގެޔަށް ބަދަލުވީމެވެ. ލީވާންގެ މަންމަ މުހުސިނާ އަހަންނަށް ވަރަށް ރަނގަޅެވެ. އެހާމެ އޯގާތެރިއެވެ.
ލީވާން އާއި ކައިވެނިކުރެވުނު ނަމަވެސް އަހަރެން ލީވާން އާއި އަނގައިން ބުނެ ނޫޅެމެވެ. މަޖުބޫރުވެގެން ނޫނީ އަހަރެން ލީވާން އާއި ވާހަކަ ނުދައްކަމެވެ. ކައިވެނި ކުރި ނަމަވެސް އަހަރެމެން ދެމީހުން ދެބީރައްޓެހިން ފަދައެވެ. ލީވާންގެ ބައްޕަ އާއި މަންމަ ވިޔަފާރި ދަތުރެއްގައި މަސްދުވަހަށް މެލޭޝިޔާއަށް ފުރިއެވެ. އަހަރެންނާއި ލީވާން ގޭގައި އެކަނިވީއެވެ. ލީވާން އަށް ކައްކައި ކާންހަދައި އިސްތިރި ކޮއްދެނީ އެގޭގައުޅޭ ނޯކަރުންނެވެ. އަހަރެންގެ ކަމަކީ ވަޒީފާޔަށް ގޮސްފައި އައިސް ކައިގެން ނިދުމެވެ.
އެއްރޭ ދަންވަރު ޑިއުޓީ ނިއްމާލުމަށްފަހު އަހަރެން އައީ ގެޔަށެވެ. ވެފައިވާ ވަރުބަލިކަން ފިލުާލުމަށްޓަކައި އަހަރެން ފާހާ ނާޔަށްވަދެ ފެންވަރައި ތާޒާވެލީމެވެ. ފެންވަރައި ނިމިގެން ނިދާހެދުން ލުމަށްފަހު އަހަރެން އެނދަށް އެރީ އަރާމުކޮށް ނިދާލުމުގެ އުއްމީދުގައެވެ. އެނދުގެ އަނެއްފަރާތުގައި ލީވާން ނިދާފައި އޮތެވެ. އަހަރެން ނަށް ހޭލެވުނީ ލީވާން ކުކުރާ އަޑުއިވިގެންނެވެ. ވީގޮތެއް ނުބަލައި އޮންނާކަށް އަހަންނަކަށް ނުކެރުނެވެ.
ލީވާންގެ ނިތުގައި އަތްޖައްސައިލީމެވެ. ލީވާން އޮތީ ގަދަޔަށް ހުންއައިސްފައެވެ. ބަދިގެޔަށްވަދެ ބޯތައްޓަކަށް ފެންއަޅައިގެން އައިސް ރުމާލެއް ނަގައި ތެންމައިލުމަށްފަހު ރުމާ ލީވާންގެ ނިތްމަތީގައި އެޅީމެވެ. ދެތިން ގަޑިއިރުފަހުން ލީވާން ތެދުކޮށް ބޭސްދޭންޖެހުނީ ގަދަކަަމުންނެވެ. މުޅިރޭ އަހަރެން ހޭދަކުރީ ލީވާންގެ ހިދުމަތުގައެވެ. ހެދުނު ހޭލެވުނުއިރު ނަސީބަކުން ލީވާންގެ ހުންހުރީ ވަރަށް މަޑުވެލާފައެވެ. ލީވާން އަހަންނަށް ޝުކުރު އަދާކުރިއެވެ. ދުވަސްތައް ފާއިތުވަމުން ދެއެެވެ.
ލީވާން އާއި އަހަރެން މަދުމަދުން ވާހަކަދައްކަމެވެ. ލީވާން ބޭރަށް ގޮސްފައި އަންނައިރު އަހަންނަށް ހަދިޔާ ގެނެސްދެ އެވެ. އަހަރެން ގޮވައިގެން ލީވާން ދުއްވާލަން ދާންބޭނުން ކަމުގައި ބުންޏެވެ. އަހަރެން އެއްބަސްވީމެވެ. ލީވާން އާއި ދޭތެރޭ ކުރިން ނުދެކޭ ނަޒަރަކުން އަހަންނަށް ދެކެވެންފެށު ނެވެ. ލީވާން ފެނުމުން އަހަރެންގެ ހިތައް ބުނެދޭންދަތި ހަމަޖެހުމެއް ލިބިގެންދެއެވެ. މިހާރު އަހަރެން ޑިއުޓީ ނިމުމުން ބަލައި އަންނަނީވެސް ހުުދު ލީވާން އެވެ. ލީވާން އަހަރެންނަށް އަޅައިލައެވެ. އެހާމެ އޯގާތެރިއެވެ. އަބަދުވެސް ހިނިތުންވެހުރެގެން ނޫނީ އަހަންނާއި ވާހަކައެއް ނުދައްކާނެއެވެ.
އަހަރެންގެ އުފަންދުވަހު ލީވާން އަހަރެން ގޮވައިގެން ބޭރަށް ކާންދިޔައެވެ. އުފަންދުވަހަށް ހާއްސަ ކޭކެއް އަހަރެމެން ތިބި މޭޒުމަތީ ހުއްޓެވެ. އަހަރެން ނުހަނު އުފާވިއެވެ. ލީވާން އަހަންނަށް ގޮވައިލިއެވެ. “ލިޒީ… އަހަރެން ލިޒީ ދެކެވަރަށް ލޯބިވޭ. އައި ކާންޓް އިމޭޖް މައިލައިފް ވިތައުޓް ޔޫ ލިޒީ.. ޕުލީޒް އަހަރެންގެ ހަޔާތުން ދުވަހަކުވެސް ދުރަށް ނުދައްޗޭ. ލިޒީގެ ހިތްހެޔޮކަމާއި ތި މަޑުމައިތިރިކަން އަހަރެންގެ ހިތް ފަތަހަކޮއްފި. ލިޒީ އަހަރެން ފަދައިން އަހަރެން ދެކެ ލޯބިވާނެ ކަމަށް އަހަރެން އެތައް ދުއާއެއް ކުރަން.” ލީވާންގެ ވާހަކަތައް އަޑުއިވުމުން އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ.
“ލީވާންގެ އަންބަކަށް އަހަރެންވީ ހިތުން ރުހުމުން ނެއްނޫން. ބައްޕަގެ އެދުމާއި ދެކޮޅުވާނެ ހިތްވަރު ނެތިގެން. އެހެ ނަސް މިއަދު އަހަރެން އުފާކުރަން. ލީވާންގެ އަންބަކަށް ވެވުނީތީ. ލީވާން ފަދައިން އަހަރެންވެސް ލީވާން ދެކެ ވަރަށް ލޯބިވޭ. ދުވަހެއްގެ ކޮޅުންވެސް ލީވާން އާއި ވަކިވާކަށް އަހަރެން ނޭދެން. ލީވާން. ޕުރޮމިސް މީ ޔޫވިލްބީ މައިސައިޑް. ފޮރެވާރ އެންޑް އެވާރ. އައި ކާންޓު އަންލަވްޔޫ. އައި އޭމް އޯލް ޔުއާސް ބޭބީ. އައި ލަވްޔޫ މޯދެން ޔޫލަވް މީ..” އަހަރެންގެ ހިތުގެ ހާލުވެސް ލީވާންއަށް އިއްވީމެވެ.
ބައްޕަގެ އެދުމަށް އަހަރެން ކުރި ކައިވެނިން އަހަންނަށް ލޮތްބާއި އޯގާތެރިކަން ލިބިދީފިއެވެ. ލީވާން އަކީ އަހަރެންގެ ދިރިއުޅުމެވެ. އަހަރެންގެ ފުރާނަޔާ ގުޅިފައިވީ ބައިވެރިޔާއެވެ. ލީވާން ދެކެ އަހަންނަށް ހަމަ ރަނގަޅަށްވެސް ލޯބިވެވިއްޖެއެވެ. އަހަރެންގެ ދުޢާއަކީ އަހަރެންނާއި ލީވާންގެ ގުޅުން ފަހުނޭވާޔާ ޖެހެންދެން ދެމިގެން ދިޔުމެވެ.
ނިމުނީ
8 Comments!
Comments are closed.


Masha Allah V reethi mi Vaahaka vx❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankyou Xeen❤
Vrh reethi vaahaka eh???
Thanks?
❤Salhi ey bunii
Thaks❤
Maasha allah … v reethi vaahaka e .. love it ???
Thanks?