Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސަމާސާ….

Mariyam Xaara Zaahir Level 1
August 12, 2020 3 Mins Read
7 Comments

ހަޅޭލަވަމުން ތެޅެމުން ފޮޅެމުން އަންހެންކުއްޖަކު މަގުމައްޗަށް ނުކުތެވެ. ބާރުދުވެލީގައި އައިކާރުގައި ޑްރައިވަރަކަށް އިން އަހުމަދަށްވެސް އެކުއްޖާ ކާރުގެ ކުރިމައްޗަށް އެރުމާއި އެކު ފައިން އޮބާލެވުނީ ރޭހަށެވެ. އެއާއި އެކު ފުންމައިގެން ދިޔަކާރުންޖެހިފައި އެކުއްޖާ ވެއްޓުނީއެވެ. އަހުމަދަށް ކާރު ކޮންޓްރޯލް ކުރެވުނި އިރު އެއަންހެންކުއްޖާ އޮތީ ކާރުގެ ދަށުވެފައެވެ. ކާރުން ފޭބި އަހުމަދަށް ފެނުނީ އަންހެންކުއްޖާ ނުކުތް ގޭގެ ދޮރުން ފިރިހެނަކު ދުވެފައި ނުކުމެގެން އައިތަނެވެ. މޫނު ނިވާކޮށްފައި ހުރި އެމީހާގެ ފަހަތުން ކެމެރާއެއް ހިފައިގެން ހުރި އަންހެންކުއްޖަކުވެސް ދުވެފައި ނުކުތެވެ. އަހުމަދު ގަތީ ބިރެވެ.
އަޅާފައިވާ މޫނުގަނޑު އަތުން ނައްޓުވާލައި އެއްލާލަމުން އެމީހާވެސް ދުވެފައި ކާރާދިމާއަށް އައެވެ. އޭރު ވާނެ އެއްޗެއްވެ އޮތީ ނިމިފައެވެ. ކާރުގައިޖެހި ވެއްޓުނު އަންހެންކުއްޖާ އޮތީ ކާރުގެ ދަށުގައެވެ. އޭނާގެ ބޮލުން ލޭތައް ފައިބައެވެ. ކާރުގެ ފަހަތު ފުރޮޅު ހުރީ އޭނާގެ ބުރަކަށިމަތީގައެވެ. ހަދާނެ ގޮތެއް އަހުމަދަކަށް ނޭނގުނެވެ. ކުރީ ޝީޓުގައި އަހުމަދާއި އެކު އިން ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ކާރުގައި ބައިންދާފައި ކާރުން ފޭބުމަށްފަހު އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
މޫނުގަނޑު ނައްޓުވާލައި އެއްލާލުމަށްފަހު އައި ފިރިހެންމީހާ ކާރުގެ ފަހަތުކޮޅުގައި ހިފައި އުފުލާލަން މަސައްކަތްކޮށްފިއެވެ. އެއްޗެކޭ ނުބުނެ އަހުމަދުވެސް އޭނާއާއި އެކު ކާރުގެ ފަހަތުގައި ހިފައި އުފުލާލެވޭތޯ ބެލިއެވެ. އެކަމަކު އެއީ އެދެމީހުންނަށް އެކަނިވާނެކަމެއް ނޫންކަމެއް ވިސްނޭ ވަރަށްވުރެ އެމީހުން ތިބީ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ.

މީހުންތައް ޖަމާވެއްޖެއެވެ. މަގުމަތި ފުރާލައިފިއެވެ. މަޖީދީމަގުގައި ހިނގިކަމަކަށްވުމާއި އެކު މީހުން އެއްވީ ބަސްބުނި ހިނދުންނެވެ. ހަތަރު ފަސްފިރިހެނަކު ކާރު އުފުލާލުމަށް ގާތްވުމުން އަހުމަދު ދުރަށް ޖެހުނެވެ. އޭނާހުރީ ގޮތް ހުސްވެފައެވެ. ބަސްހުއްޓިފައެވެ. އެއަންހެންކުއްޖާ މަރުވީކަމުގައި އޭނާއަށް ހީވާތީއެވެ.
އެއްވި މީހުން ކާރު އުފުލާލައިގެން އެއަންހެންކުއްޖާކާރުގެ ދަށުން ނެރެފިއެވެ. ވީގޮތެއް މީހުންނަކަށް ނޭނގެއެވެ. އެންމެންވެސް ކުއްވެރިކުރީ އަހުމަދެވެ. “ކަލޭމެންނަށް ދުއްވާ އެއްޗަކަށް އެރުނީމަ ނިމުނީ. ދުއްވާއިރަކު ތަނެއް ދޮރެއް ނުބަލާނެ” ހަރު އުމުރުގެ އަންހެނަކު އަހުމަދާ ދިމާއަށް ބުންޏެވެ. އަހުމަދު ފެންކަޅިވިއެވެ. އޭނާގެ އޮތީ ކޮންކުށެއްހެއްޔެވެ؟ ބޮޑުމަގެއްގެ މެދަށް ކުއްލިއަކަށް މީހަކު ނުކުމެދާނެކަމަށް އޭނާއަށް ވިސްނޭނީ ކިހިނެއްހެއްޔެވެ؟  “މީތަ ޑްރައިވަރަކީ! ދެލޯ ދުއްވާލަބަލަ! އޭރުން ބަލައިގެން ދުއްވަން ހަނދާން ހުއްނާނެ” އެހެން ޒުވާނަކު އަހުމަދާއި ދިމާއަށް ބުންޏެއެވެ. އެއާއި އެކު ކޮންމެވެސް މީހަކު އަހުމަދުގެ ބޮލުގެ ފުއްކިބައިގައި ބާރު އެތިފަހަރެއް ޖެހިއެވެ. އަހުމަދުގެ މޫނުމަތިން ދިޔައީ ކޮކާ ބުރައިގެންނެވެ.

މީހުންތައް އަހުމަދު ވަށާލައިގެން އުޅޭތަން ފެނިފައި ހަތަރު އަހަރުގެ ފަޒީލް ކާރުން ފައިބައިފިއެވެ. މީހުންގަނޑު ތެރެއިން ބައްޕާއޭ ގޮވަމުން އައިސް އޭނާބެއްދީ އަހުމަދުގެ ފައިގައެވެ. ކުޑަކުޑަ ފަޒީލް ހުރީ ބިރުންނެވެ. މަގުމަތީގައި ޒަޚަމްވެފައި އޮތް އަންހެންކުއްޖާ ފެނިފައި ފަޒީލް އަދި މާބާރަށް ރޯންފަށައިފިއެވެ.

މަގުމަތިންދިޔަ އެހެން ޕިކަޕެއް ހުއްޓުވާފައި އެއަންހެންކުއްޖާ ގޮވައިގެން ގޭތެރެއިން ނުކުތް ފިރިހެންކުއްޖާ އާއި އަންހެންކުއްޖާ އަދި އެހެން ބަޔަކު ނައްޓާލައިފިއެވެ. ފުލުހުން އެތަނަށް އައީ އެވަގުތު ގައެވެ. ފުލުހުން ފެނިފައި ކުޑަކުޑަ ފަޒީލް ގަތް ބިރުން ބައްޕަ ގައިގައި ބައްދައިގަނެގެން ހުރެ އަޑުން އަޑު ނަގާފައި ރޯންފެށިއެވެ. މީހަކަށް ގުޅާނެ ހޭވެރިކަމެއް އަހުމަދުގެ ނެތެވެ. ދަންނަ މީހަކުވެސް ފެންނަ ހިސާބަކު ނެތެވެ. ވަށައިގެން ތިބީ ނުވެސް ދަންނަ ބައެކެވެ. ނަފުރަތާއި މަލާމާތާއި ބަދު ބަސްތައް އެމީހުން ގޮވަނީ އަހުމަދަށެވެ. ކުޑަކުޑަ ފަޒީލްހުރީ އެއަޑުތައް އަހާށެވެ. އެމަންޒަރުދެކޭށެވެ.

ޕާޓޭ ވައްތަރަކަށް ހުރި ގޮލަޔަކު އަހުމަދުގެ އަނގަމަތީގައި ޖެހިޖެހީނުން ފަޅާލައިފިއެވެ. އަހުމަދުވެސް ދިފާއުގައި އޭނާ ކޮއްޕާލިއެވެ. އޭރު ފުލުހުން ތިބީ ކާރު ކައިރީގައެވެ. ދެންތިބީ ކުޅިބަލަން އެއްވެ ތިބި މީހުންނެވެ. ކުޑަ ކުޑަ ފަޒީލްގެ ރޮއެގަތް އަޑާއި އެއްވެ ތިބި މީހުން ހަޅޭލަވައިގަތް އަޑަށް ސީންއަށް އައި ދެފުލުހުން އަހުމަދުގެ ގާތަށް އަތުވެއްޖެއެވެ. އަދި އަހުމަދަށް ހަމަލާދިން ޒުވާނާ ދުރަށް ލައިފިއެވެ.

ފުލުހުންގެ ޖިޕުއައުމުން ފުލުހުން އަހުމަދަށް އެންގީ ޖިޕަށް އަރާށެވެ. އަހުމަދު ޖިޕަށް އެރަން ދެކޮޅު ހެދީ ހަތަރު އަހަރުގެ ކުޑަކުޑަ ފަޒީލަށް ހަދާނެ ގޮތެއް ނުވިސް ނުމުންނެވެ. އޭނާ ދަރިފުޅު ގެއަށް ލާފައި ފުލުހުންގެ އިދާރާއަށް ހިނގައިދާނެ ކަމުގައި އަހުމަދު ބުންޏެވެ. އެކަމަކު ފުލުހުން އެކަމެއް ޤަބޫލެއް ނުކުރިއެވެ.

އެވަގުތު އެތަނަށް އަހުމަދުގެ ރައްޓެއްހި ނަސީމު އައެވެ. އެއީ ކަލާންގެ ލެއްވި ރަހުމަތެކެވެ. އެހެން ނޫންނަމަ އަހުމަދަށް ޖިޕަށް އަރަންޖެހޭނީ ކުޑަކުޑަ ފަޒީލް މީހުންގަނޑުގެ ތެރެއަށް ދޫކޮށްލާފައެވެ. ނަސީމާއި ފަޒީލު ހަވާލުކޮށްފައި އަހުމަދު ޖިޕަށް އެރިއެވެ. އޭރު ފަޒީލު ރޮނީއެވެ. ބައްޕާއޭ ގޮވަމުން ނަސީމް ފޮޅާލާފައި އާދެވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔަ މަންޒަރު އަހުމަދަށް ފެނުނެވެ. ތެދެކެވެ. ކަންވީގޮތް ނޭނގުނަސް ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތަން ފެނުމުން ހަތަރު އަހަރުގެ ފަޒީލް ބިރުގަތީއެވެ. ފިލުމުތަކާއި ކާޓޫނުތަކުގައި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖަލަށްލާތަން ފެންނާތީ ފަޒީލްގެވެސް ހުންނާނީ އެއިހްސާސްތައްކަން އަހުމަދަށް އެނގެއެވެ.

ޖިޕު ދުއްވާލުމާއި އެކު ފަޒީލް ނަސީމްގެ އަތް ފޮޅުވާލާފައި ދުއްވައިގެންފިއެވެ. ޖިޕުގެ ފަހަތުން ދުވަމުން އައިތަން އަހުމަދަށް ފެނުނެވެ. ނަސީމްއަށް ފަޒީލް ހިފެހެއްޓުނީ އޭނާ ތަންކޮޅަކަށް ދުވެފައި އައި ފަހުންނެވެ. އަހުމަދަށް ރޮވުނެވެ. މިމަންޒަރުން އޭނާގެ ދަރިފުޅުގެ ސިކުނޑިއަށް ކުރާނީ ކޮންކަހަލަ އަސަރެއްކަން ބުނެދޭކަށް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އެނގޭ ކަމަކީ އެދަރިފުޅުގެ ހިތާމަތައް ބޮޑުވާނެ ކަމެވެ. ނަފްސާނީ ގޮތުން އެތައް ގެއްލުމެއް ލިބޭނެކަމެވެ.
ވީގޮތް އަހުމަދަށްވެސް އެނގުނީ ފުލުހުންގެ ބަންދުގައި ހުންނަތާ ސައުވިސް ގަޑިއިރު ވީފަހުންނެވެ. އެއަންހެންކުއްޖާ ކާރުގައި ޖެހުނީ އޭނާގެ ލޯބިވެރިޔާ އާއި ރައްޓެއްސަކު އޭނާ ބިރުގަންނަވާ ލުމުންނެވެ.
ފިހާރައަކަށް ވަދެފައި ޝާއިނާ ގެއަށް އައިރު މޫނުގަނޑެއް އަޅައިގެން ގޭތެރޭގައި ފިލާހުރި އޭނާގެ ލޯބިވަރިޔާ ސަމީހް ކުއްލިއަކަށް ކުރިމައްޗަށް ނުކުތުމުން ޝާއިނާގަތީ އަމަށަކު ބިރެއް ނޫނެވެ. އެއީ މާލެތެރޭގައި މީހަކު ގެއްލި އޭނާއަށް ވީގޮތެއް ނޭނގި ކަންބޮޑުވެފައިވާ ދުވަސްވަރަކަށް ވުމާއި އެކު މޫނު ނިވާކޮށްގެން ހުރި މީހަކު ފެނުމުން އަންހެންކުއްޖާ މާބޮޑަށް ބިރުގަތީއެވެ. ޝާއިނާގެ ހަރަކާތްތައް ރެކޯޑް ކުރަން ކެމެރާއެއް ހިފައިގެން ހުރި ދެވަނަ އަންހެންކުއްޖާ ސަޒިއްޔާ ޝާއިނާ ދުއްވައިގަތުމުން އޭނާގެ ފަހަތުން ގޮވަމުން ނުކުތެވެ. ސަމީހްވެސް ހެމުން ހެމުން އައެވެ. އެކަމަކު އެއީ ސަމާސާއެއް ކުރާވަރަށްވުރެ ނުރައްކާތެރިކަމެއް ކަން އެމީހުންނަށް ވިސްނުނުއިރު ޝާއިނާ އޮތީ ކާރުދަށުވެފައެވެ.
ޝާއިނާ މަރުވީއެވެ. އެމީހުން ކުރި ސަމާސާ އާއި އަދި އެމީހުންނާއި އެއްވެސް ގުޅުމެއް ނެތް އަހުމަދަށްވެސް ބޮޑުގެއްލުމެއް ލިބުނީއެވެ. މަންޒަރުފެނުނު ކުޑަކުޑަ ފަޒީލްއަށް ޝޮކެއްޖެހި ނަފްސާނީ މައްސަލަތަކާއި ކުރިމަތިވީއެވެ. އެކުއްޖާއަކަށް ނުނިދެއެވެ. ނުކެވެއެވެ. އަބަދު ގޮވަނީ ބައްޕައަށެވެ. އަހުމަދުގެ ކުށެއް ނެތްކަން އެނގި ފުލުހުން އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުން އިއާދަކުރެވޭނެ ގޮތެއް ނެތެވެ. ދަރިފުޅުގެ ކުރިމަތީގައި މީހުން އޭނާއަށް ކީ އެއްޗިއްސާއި ދިން އަނިޔާއެއީ ނުވާކަމަކަށް ހެދޭނެ ގޮތެއް ނެތެވެ. ޔަޤީނެވެ. ތާއަބަދަށް ދަރިޅުގެ ސިކުނޑީގައި އެމަންޒަރުތައް ހަރުލާފައި ހުންނާނެއެވެ.
ބަޔަކު ސަމާސާއަކަށް ކުރާކަމަކުން ކިތަންމެ ނުބައި ނަތީޖާއެއްވެސް ނުކުމެދާނެއެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް އެތައްގޮތަކުން ގެއްލުން ލިބިދާނެއެވެ. އެހެނަސް އެކަން ވިސްނެނޭނީ އެބަޔަކު ވިސްނާނަމައެވެ. އަހުމަދުގެ ހިތާމައަކީ އޭނާ ހައްޔަރުކުރުމެއް ނޫނެވެ. ސްކޫލަށްދާން އޭނާއާއި އެކު ގެއިން ނުކުތް ކުޑަ ދަރިފުޅަށް ލިބުނު ގެއްލުމެވެ. އެދުވަހަށްފަހު އޭނާ ކާރަށް އަރަށް ބިރު ގަނެއްޖެއެވެ. ގެއިން ނުކުންނަށް ފަސްޖެހިއްޖެއެވެ. ސްކޫލަށްދާން ކުރިން ރުޔަސް މިހާރު ރޮނީ ސްކޫލަށް ނުދާންވެގެންނެވެ. މަގުމަތިން ފުލުހަކު ފެނިއްޖެނަމަ އަނބުރައިގަނެއެވެ.
އެމީހުން ކުރީ ސަމާސާއެކެވެ. އެކަމަކު އެސަމާސާގެ ނިމުމަކީ ފުރާނައެއް ގެއްލުމެވެ. ކުޑަކުއްޖެއްގެ މުޅި އުމުރަށް ނަފްސާނީގެއްލުމާއި ކުރިމަތިވުމެވެ. ޝާއިނާ މަރުވެގެން އޭނާގެ ލޯބިވެރިޔާއާއި އާއިލާގެ މީހުން ހިތާމަ ކުރާއިރު ފަޒީލުގެ ހާލަށްޓަކައި ފަޒީލުގެ މަންމަޔާއި ބައްޕަވެސް އައީ ކަރުނަ އަޅަމުންނެވެ.

ނިމުނީ…………….

Share Article

Follow Me Written By

Mariyam Xaara Zaahir

Level 1

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( ހަވަނަ ބައި )

Next

އަހަރެންގެ ނަސީބު 1

Next
August 12, 2020

އަހަރެންގެ ނަސީބު 1

Previews
August 12, 2020

ވަމޭ ތިލޯބި އެދިއެދި ( ހަވަނަ ބައި )

7 Comments!

  1. Xeen says:
    August 12, 2020 at 8:27 pm

    Masha Allah Reethi Vaahaka eh… Aslu vx varah iburaitheri
    Miadhu ge mujutamauga kan hingaa goi hama

  2. A°I°S°H says:
    August 12, 2020 at 9:49 pm

    Dhw xeenooo Vvvvvv reethi mi vaahaka

    1. A°I°S°H says:
      August 12, 2020 at 9:54 pm

      Hama miadhuge mujthamauga hingaa kan kan mee

    2. Xeen says:
      August 13, 2020 at 7:53 pm

      Yaa aishoo

  3. Eekko 11 says:
    August 13, 2020 at 10:52 am

    Yes…. A very good and iburaiy thru story eh
    ? Mujuthamauga rangalhu kuran jehey kameh

  4. 16 SHABAKKO 7 says:
    August 14, 2020 at 10:23 pm

    Nice ???

  5. Mariyam Xaara Zaahir says:
    August 17, 2020 at 2:58 pm

    thanks all ..
    i started writing a story series will apload soon …
    hope u guys will read it ..

Comments are closed.



All Right Reserved!