Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ނިމުން

Rish123 Level 1
August 6, 2020 6 Mins Read
1 Comment

ހޯމަދުވަހުގެ ބަޔާ ގުޅޭ

އާލާ ފެންވަރައިގެން އައިސް އެނދުގައި އޮށޯތެވެ. އެހެން ނަމަވެސް އެނދުގައި ހަމަ ޖައްސާލި ތަނާ ދޮރުގައި މީހަކު ޓަކިޖެހުމުން އެ ދޮރު ހުޅުވާލިއެވެ. ކުރި މަތީގައި ހުރީ މަނާލް އެވެ. މަނާލް ވަގުތުން ކޮޓަރިތެރެއަށް ދެމިގަނެ ދޮރުލައްޕައި ތަޅުލިއެވެ. އަދި އާލާ ގެ އަނގަމަތީގައި އަތްއެޅިއެވެ.

ސިއްސައިގެން ގޮސް އާލާ އަށް ހޭލެވުނެވެ. ނިދިޖެހުނުތާ އެންމެ 5 މިނެޓެއްހާއިރު ތެރޭ މި ފެނުނީ ކޮންކަހަލަ ހުވަފެނެއްބާއޭ އާލާގެ ހިތަށް އެރިއެވެ. އަމުދުން އޭނާ ޚިޔާލު ވެސް ކޮށްފައިނުވާ ކަމެއެއްގެ، އެފަދަ ހުވަފެނެއް ފެނުމުން އާލާގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުންދިޔައެވެ. މި ފަދަ ޚިޔާލުތަކެއްގައި އޮއްވައި އެގޭ  ދައްތަ ސަކީނާ ދޮރުގައި ޓަކިޖަހާލުމަށް ފަހު ކާން އަންނަން ބުންޏެވެ. ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ނުތަނަވަސް ހިތަކާއެކު އާލާ ގޮސް ކާގެއަށް ވަނީ ބަނޑުހައިވެފައި ވެސް ހުރުމާއެކު އެވެ.

މީރު ކާއެއްޗިހީގެ ވަހުން މުޅި ތަން ވަނީ އެއްވަސް ކުރުވާފައެވެ. ސަކީނާ ނުހަނު ލޯބިން އާލާ އަށް އިށީނުމަށް ބުނުމަށް ފަހު ކާ އެއްޗެހީގެ މަތިތައް ނަގަން ފެށިއެވެ. މީރު ކާތަކެތިން މުޅި ސުފުރާމަތި ފަޅުފިލުވާ ލެވިފައިވެއެވެ. އާލާ މާ މަޑު މަޑުން އިނުމުން ސަކީނާ އަލާ ކައިރީގައި އެހާ ބީރައްޓެހިވެގެން ނޫޅުމަށާއި އެއީ އަމިއްލަ ގެ ކަމުގައި ދެކުމަށް އެދުނެވެ. އެތައް ދުވަހެއްގެ ފަހުން މައެއްގެ ލޯބި އިޙްސާސްކުރެވި އާލާގެ ދޮން ޖަންބެއްފަދަ ކޯތާފަތް ކަރުނުން ތެންމާލިއެވެ. އުފާވެރިކަމުގެ ކަރުނުންނެވެ. އެ ކަރުނައަކަށްޓަކައި އޭނާ އެތައް އިންތިޒާރެއްކުރި ކަރުނުންނެވެ. އުމުރު ހުސްވާއިރު ވެސް ފެންނާނޭ ކަމުގެ އުއްމީދު ނެތް ކަރުނައިންނެވެ. ހަސީނާގެ ހެޔޮކަން ފެނި އާލާ އިނީ ހަގީގަތުގައި ވެސް ވަރަށް އުފާވެފައެވެ.

…………………………………………………………………………………….

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އާލާ އޮތީ ފޮޓޯގަނޑެއް ހިފައިގެން އެއަށް ގެއްލިފައެވެ. ފަހަކަށް އައިސް އުފަން މަންމަގެ ފޮޓޯ ގަނޑާ ވާހަކަ ދެއްކުމަކީ އާލާ އެންމެ އުފާވާ އެއް ކަމެވެ. އެ ދުވަހަކު ހިނގާ ހުރިހާ ކަމެއް އަކުރުންއަކުރަށް ފިލިން ފިއްޔަށް އަލާ އެ ފޮޓޯ ގަނޑާ ހިއްސާ ކުރެއެވެ. ބައެއް ފަހަރު ޝަކުވާއެވެ. މަންމައަކަށް އެންމެ ބޭނުންވި ދުވަހު މަންމައެއްގެ ލޯބިން މަޙްރޫމްވި ކަމުގެ ޝަކުވާއެވެ. މަންމަގެ ލޯބިވެތި ފިރުމުންތަކާއި އަގުހުރި ނަސޭހަތްތައް އިވުމުން މަޙްރޫމްވި ކަމުގެ ޝަކުވާއެވެ. އެ ފޮޓޯގައި ބޮސްދެމުން އެ މަންމަ މަތިން ދުވަހަކު ވެސް ހަނދާން ނައްތާ ނުލާނެ ކަމަށް އެތައް ފަހަރަކު ބުނެއެވެ. އަނެއްބައި ފަހަރު އުއްމީދުގެ ވާހަކައެވެ. މަންމަ ފަޚުރުވެރިވާ ފަދަ މޮޅު ޑޮކްޓަރަކަށް ވާނެ ވާހަކަ ވެސް ދުވާލަކު އެތައް ފަހަރަކު ބުނެއެވެ.

އެ ފޮޓޯގަނޑާ ވާހަކަދައްކަން އާލާއަށް އޮވެވުނީ ކިހާއިރަކު ކަމއެއްވެސް ނޭނގެއެވެ. އަލާ އަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އާލާ ތެދުވެ ނަމާދު ކޮށްލިއެވެ. އަދި މަންމަ އަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރި އެވެ. ނަމާދުން ނިމިގެން އާލާ ބަދިގެޔަށް ދިޔައީ ކޮފީއެއް ހަދާލާނަމޭ ހިތައެވެ. ކާގެއަށް ވަދެ ވަދެ ހުރި އާލާ އަށް ހުއްޓެން މަޖުބޫރުވީ މީހެއް ގައިގައި އަޅައިގަތުމުންނެވެ. އާލާ އޮތީ ވެއްޓި ޖެހިދާނެތި ދެލޯމަރާ ތަގުލިކޮށްގެންނެވެ. އޭރު މަނާލް އޭނާގެ އަތުތެރެގައިވާ ޖާދޫވީ އަންހެން ކުއްޖާގެ މޫނަށް ނަޒަރު ހުއަޓައިލައިގެން ހުއްޓެވެ. އެސްފިޔަ ޖަހަން ވެސް ހަނދާންނެތިފައެވެ. އެ މައުސޫމް ދޮންމޫނާ ކަޅުކަން ގަދަ ދެ ލޮލުން އެކަނި ވެސް އެކުއަޖާގެ ފުރިހަމަކަން ހާމައެވެ. އެހާ ކައިރިން އާލާ ފެނުމުން މަނާލް ހުރީ ވަރަށް އުފާވެފައެވެ. ދެލޯ މަރާބާރުކޮށް ގެން އޮތް އާލާ އަވަސް އަވަހަށް ތެދުވަމުން ސޮރީ އޭ ބުނުމަށް ފަހު، ލަދުންހުރެ ގޮސް ކާގެއަށް ވަނެވެ.  މަނާލް އަށް އާލާ އެއްޗެކޭ ކީހެން ވެސް ހީނުވާކަހަލަ އެވެ. އާލާ ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ހުރެވުނީ އެވެ. ” ދޮންބެ ކޮންކަމަކަށް ގެއްލިފަ؟ ” އަބަދުވެސް ސަމާސާ މިޒާޖުގެ ރަނާ އޭނާގެ ލޯބިވާ ދޮންބެ އާ ދިމާކޮށްލިއެވެ. ފިރިހެންވަންތަ ލުއި އެހެނަސް މާނަވީ ހިނިތުން ވުމެއް ރަނާއަށް ހަދިޔާކުރުމަށް ފަހު މަނާލް އެތަނުން ދާން ހިނގައިގަތެވެ.

އެއީ މަނާލްގެ ބައްޕަ ޖަމާލް ވެސް އޭނާގެ ރިސޯޓަކުން އެނބުރި އައިސް ގެއަށް ވަން ވަގުތެވެ. ޖަމާލަކީ ގޭގައި މާ ގިނަވަގުތު ހޭދަކުރަން ލިބޭ މީހަކަށް ނުވާތީ ދަރިން ފެންނަނީ ގެޔަށް ވަދެވޭ މިކަހަލަ މަދު ވަގުތެއްގައެވެ. “ދަރިފުޅު ކިހިނެއްތަ؟ އިށީނދެބަލަ މިތާ ބައްޕަ ގާތު ވާހަކަ ދައްކާލަން”، މަނާލް ކިޔަމަންތެރިކަމާއެކު ސޯފާގައި އިށީނެވެ. ” ރަނގަޅު. ބައަޕަ ރިސޯޓު ކަންތައް ކިހިނެއްތޯ؟”، އެ ދެބަފައިން އެތައްއިރަކު ވާހަކަދައްކަން ތިއްބެވެ. ހީވަނީ ކުޑައިރުއްސުރެ އެންމެ ގާތް ދެ މީހުން ހެންނެވެ. އިޖުތިމާއީ ފޭރާން ވީދި ހަފުސްވެފައިވާ މި ދިވެހި މުޖުތަމައުން ބަފަޔަކާއި ދަރިއަކު އެހާ ގާތްކޮށް އުޅޭނީ މަދު އާއިލާއެއްގައެވެ. އޭނާގެ ބައްޕައާ ވާހަކަދައްކަމުން ދިޔައިރު ވެސް މަނާލަށް ފިކުރުކުރެވެމުންދިޔައީ އާލާގެ ފުރިހަމަކަމާ ދޭތެރޭގައެވެ. އުމުރުން 22 އަހަރު ފުރުނު އިރު ވެސް އަންހެން ކުއްޖަކާ ދިމާލަށް އިސްއުފުލައި ބަލައިވެސް ނުލާ މީހާ މިއަދު އެހެރީ ހަމަ ރަނގަޅަށް ވެސް އާލާގެ ރީތިލކަމާއި ފަރިކަމުގެ ޖާދޫގައި ޖެހިފައެވެ. އެ ދޮންކަމާއި ތުނި ހަށިގަނޑު އޭނާގެ މިލްކަކަށްވާނޭ ނަމަ ކޮންފަދަހޭ މަނާލްގެ ހިތަށް އަރަމުންދިޔައެވެ. އެ އަތުތެރޭގައި މީގެ ކުޑައިރުކޮޅެއް ކުރިން އާލާވީ ފަދައި ން މުޅި އުމުރުދުވަހު ވެސް އާލާއަށް ހިމާޔަތްދޭން ބޭނުންވިއެވެ.

މަނާލް ކޮންމެވެސް ކަމަކާ ފިކުރުކުރާކަން ޖަމާލުގެ ތަޖުރިބާކާރު ސިކުނޑި ވެސް ދެނެގަތެވެ. އެހެން ނަމަވެސް ވަގުތުގެ ގޮތުން އެ ވާހަކައެއް ނުދައްކައެވެ. ޖަމާލު ވިސްނާ ގޮތުން އެފަދަ ވާހަކަދައްކަން ވާނީ ވަރަށް ހަމަޖެހިލައިގެން ސަކީނާގެ ވެސް ހާޒިރުގައެވެ. ދެ މީހުންގެ ބައިވެރިވުމާ އެކުގައެވެ.

ހަވޭއްޔެއް ފަދަ އެ ގޭގައި ހަފުތާއެއް ވީ އިރު، ރަނާ އާއި އާލާގެ އެކުވެރިކަން ވެސް ދިޔައީ ބަދަހިވަމުން ނެވެ. ރަނާ އަށް ދައްތަ އެއް ލިބުމުން ރަނާ ހުންނަނީ ވަރަށް އުފާވެފައެވެ. ގިނަ ވަގުތު ދެ ކުދިން ހޭދާ ކުރަނީ އެ ގޭގައި އޮންނަ ހިތްގައިމު މާ ބަގީޗާ ތެރޭގައެވެ. އާލާގެ ދިރިއުޅުމުގެ ހުރިހާ ވާހަކަ އެންމެ ފުރަތަމަ ފަހަރަށް ރަނާއާ ހިއްސާކުރީ ވެސް އެ މާބަގީޗާގެ ތެރޭގައެވެ. ރަނާ ހުރީ އާލާގެ ބައްޕަ އާލާއާ ދޭތެރޭ ކަންތައް ކުރި ގޮތުން ވަރަށް ދެރަވެފައެވެ. ރަނާގެ ބައަޕަ އަދި މަންމަ ވެސް ދުވަހަކު ވެސް ރަނާ އާއި އޭނާގެ ދޮންބެއް އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ނުވުމުން ރަނާއަށް އެކަންވީ ވަރަށް އާ ކަމަކަށެވެ. އަދި ޝަރުތަކާ އެކު ޢާލާގެ ބައްޕައަށް ހެޔޮ ވިސްނުން ދެއްވާތޯ ހިތާހިތުން ދުޢާ ވެސް ކުރިއެވެ. އެ ޝަރުތަކީ ހެޔޮ ވިސްނިގެން އާލާ ކައިރީ މައާފަށް އެދި އަޔަސް އާލާ އެ ގެއިން ނުގެންދިއުމެވެ. އެއީ އެ ޅަ ސިކުނޑިއަށް ވިސްނުނުގޮތެވެ.

މި ދެ ކުދިން މާބަގީޗާ ތެރޭގައި އުޅޭ ގޮތް މަނާލް ދިޔައީ ޓެރަސްމަތީގައި ހުރެ ބަލަމުންނެވެ. އާލާ ކޮކާލެއް ހެން އެ މާބަގީޗާގައި ހިތްއުފާކުރަމުން ދިޔަ މަންޒަރު ބަލަންހުރެވުނީ ދެ މިޔަކަމުން ހަނދުއޮއްސިފައި ހުރެއެވެ. ޢާލާގެ ކޮންމެ ހަރަކާތެއް ވެސް މަނާލްއަށް އެހާ ކަމުދިޔައެވެ. ހީނލާ ގޮތެވެ. ހިނގާ ގޮތެވެ. ދުވެލާ ގޮތެވެ. ކޮރާލާ ގޮތެވެ. ގުދުރަތުގެ ކޮންފަދަ އަޖައިބެއްހެއްޔޭ ހިތާހިތާ މަނާލްއަށް ސުވާލުކުރެވެއެވެ. އެ ރީތި ފިލްމު ނުނިމޭނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެހާ ޝައުގުވެރިކަމާ އެކު ދިވެހި އަންހެންކުއްޖަކު ކޮރެއާ ފިލްމެއް ވެސް ބަލާނެ ހެނެއް ހިއެއްނުވެއެވެ. މަނާލް ހުރީ އެއަށް ވުރެ މާ ބޮޑަށް އާލާގެ ފަރިކަމުގެ ޖާދޫގައި ޖެހި މަސްތުވެފައެވެ. މަނާލް މިހާރު ވިސްނަމުން އެ ދަނީ މަޑުމަޑުން އާލާއާ ގުޅުން ބަދަހި ކުރާނެ ގޮތަކާ މެދުގައެވެ.

……………………………………………………………………………….

އާލާގެ ދޮންމަންމަ ނަޢީމާ އިނީ ސިޓިންރޫމް ސޯފާގައި ޓީވީ ހުޅުވާލައިގެން ނެވެ. އެއީ އޭނާގެ އާދައެވެ. އިރުއަރައިގެން ގޮސް އިރު އޮއްސޭނީ ވެސް ހިންދީ ޑްރާމާ ސިލްސިލާތައް ބަލަން އިންދައެވެ. ރޭގަނޑު އެ ރެއެއްގެ އެޕިސޯޑު ބެލުމަށްފަހު ދުވާލު ބަލާނީ ރިޕީޓެވެ. ހީވަނީ ފިލާވަޅެއް ދަސްކުރަން އުޅެނީ ހެންނެވެ. އެ ޑްރާމާތަކުން އޭނާ ލައްކަ ފިލާވަޅެއް ދަސްކޮށް އަމަލީ ގޮތުން ތަޖުރިބާ ވެސް ކޮށްފިއެވެ. އާލާއާ ދޭތެރޭ ކަންތައްކުރި ގޮތަކީ އޭގެތެރެއިން ބައެކެވެ. އެހެން ނަމަވެސް މިއަދު ޓީވީ ހުޅުވާލައިގެން އިނެއް ކަމަކު ނަޢީމާ ވިސްނަމުން ދިޔައީ އާލާއަށް ލަނޑުދީ އޭނާ ބޭޒާރުކޮށް ގެއިން ނެރެލުމަށް އެހީތެރިވާން އޭނާ ގެނައި ޒުވާނާ ކަމަށްވާ ނާއިލް އަށް ފައިސާނުދީ އެ ގެއިން ބޭރުކުރެވޭނެ ގޮތތަކާ މެދުގައެވެ. ނައީމާ ދެކޭ ގޮތުގައި ނާއިލްއަށް ފައިސާ ދޭކަށް ނުވެސް ޖެހޭނެއެވެ. ސަބަބަކީ ނާއިލްގެ މާ ބޮޑު ބޭނުމެއް ނުހިފައި އާލާ ގެއިން ނެރެލެވުނީމައެވެ.  ނައީމާ އޭނާގެ މަކަރުވެރި ސިކުނޑީގައި މޮޅު ރޭވުމެއް ރާވާލިއެވެ. އަދި އޭނާގެ ދުވަސްވީ ރަޙުމަތްތެރިޔާ ލައިލާ އަށް ގުލާލިއެވެ. ފޯނު ބޭއްވިއިރު ނަޢީމާގެ މޫނުމަތީގައި ދުވެލީ މަކަރުންފުރިގެންވާ އެހެނަސް ކާމީޔާބީގެ ހިނިތުންވުމެކެވެ.

” ދައްތާ ކޮބާ ކިހިނެއް އޮތީ މިހާރު؟ ވަރަށް އަވަހަށް ރަށަށް ފުރަން އެބަޖެހޭ!” ބޭރުގައި އުޅުމަށް ފަހު ނާއިލް އައިސް ގެއަށް ވަނީ އެ ވަގުތުއެވެ. މާ ގިނަ ދުވަހެއް ނުވާނެ ކަމަށް ބުނެ ނަޢީމާ ތެދުވެގެން ކޮޓަރިއާ ދިމާ އަށް ހިނގައިގަތީ އިތުރަށް ނާއިލް އަށް ވާހަކަ ދެއްކުމަށް ފުރުސަތުދޭން ބޭނުންނުވާތީއެވެ. ނަޢީމާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ނާޢިލް ހުރި ނުރުހިފައެވެ. ވާނީ ވެސް އެހެންތާއެވެ. މާލޭގައި ހުރެފައި އޭނާ އެ ރަށަށް އައީ ވަރަށް ފޮނި އުންމީދަކާ އެކުގައެވެ. މާލޭގައި ނާއިލް ބަލަންޖެހޭ ބަލި މައެއް ވެސް އެބައިނެވެ. ރަނގަޅަށް ނުކިޔަވާ ހުރުމުގެ ސަބަބުން ވަޒީފާއެއް ނުލިބިފައި ހުރި އެ ޒުވާނާ ކާންބޯންކުރާ މަސައްކަތަކީ ނައީމާ ފަދަ ނުބައި ނުލަފާ އެތައް ބަޔަކަށް ޖަރީމާ ހިންގައިދިނުމެވެ. އެ މަސައްކަތުން ރަނގަޅު އުޖޫރައެއް ވެސް ދިޔައީ ލިބެމުންނެވެ. އަނެއްކޮޅުން އެ ފަދަ ޖަރީމާތައް ހިންގައި މީހުންގެ ދިރިއުޅުން ބަރުބާދުކުރުމަކީ ރާއްޖެ ފަދަ ގައުމެއްގައި ނުހަނު ފަސޭހަ ވެސް ކަމެކެވެ. މި ފަހަރު ވެސް އޭނާ އެ އައީ  ނައީމާ ވަރަށް ބައިވަރު ފައިސާ ދޭނަމޭ ބުނުމުން އޭނާގެ މަންމަ ކައިރީ މި ދަނީ ކުޑަ މަސައްކަތެއް ލިބިގެން ކަމަށް ބުނެ ނުހަނު އުއްމީދާއެކުގައެވެ.

ނާއިލްގެ މަންމަ ޒަހުރާއަކީ ނަޢީމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމުގައި ވިޔަސް ނަޢީމާގެ ހިތުގައި ޒަހުރާއަށް ޓަކައި އެއްވެސް ރަހުމެއް ނުވާ ކަހަލަ އެވެ. ޒަހުރާގެ ކުދިންނާ ވާހަކަ ދެއްކި ކަމުގައި ވިޔަސް ޒަހުރާ ދެކެ ނަޢީމާ ކުރަނީ ނަފުރަތެވެ. ނާއިލް އަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ނޭނގެނީ އެހެން އެކަން ވާންޖެހުނު ސަބަބެވެ.

………………………………………………………………..

އެއްރެއެއްގެ ފަތިސް ވަގުތެވެ. ރަނާ ނަމާދުކޮށް ނިމިގެން އާލާގެ ކޮޓަރިއަށް ދިޔައީ އާލާ ގޮވައިގެން ގޭގެ ޓެރެސް އަށް ދާން އެއްބަސް ވެފައިވާތީ އެވެ. އާލާގެ ކޮޓަރީގައި ޓަކި ޖަހާލުމާ އެކު އާލާ ދޮރު ހުޅުވާލިއެވެ. ހީވީ ރަނާ އަންނާނެ އިރެއްގެ އިންތިޒާރުގައި އިން ހެންނެވެ. ދެ ކުދިން އެކީގައި މަޖާކޮށް ސަކަރާތްޖަހަމުން ގޮސް ޓެރެސްއަށް އެރިއިރު އެތާ އެހެން މީހަކު އުޅޭ ކަމެއް އެއިން އެކަކަށް ވެސް ރޭކާއެއް ވެސް ނުލައެވެ. ޓެރެސްގައި ހުރި އުނދޯލީގައި އިން މަނާލްއަށް ހީވީ ދުވަހަކު ވެސް ނުލިބޭ ފަދަ ރަނުގެ ފުރުސަތެއް ލިބުނުހެންނެވެ. މިއީ ވާހަކަ ދައްކާލަން ރަނގަޅު ފުރުސަތެއް ކަމަށް މަނާލްގެ ބަސްނާހާ ހިތް ގޮވަން ފެށުމުން ތެދުވެ ރެއިލިން ކައިރީގައި އޮލަ ވާހަކައެއްގައި ތިބި ދެ ކުދިން ކައިރިއަށް ދާން މަނާލްއަށް ހިނގައިގަނެވުނެވެ. އެ ކުދިންނާ ކައިރިވާވަރަކަށް މަނާލްގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. ނޭވާ ދިޔައީ ކުރުވަމުންނެވެ. ފުންނޭވާއެއް ލުމަށްފަހު ހަމަޖެހެން މަސައްކަތްކުރަމުނާ އޭނާ ރަނާއަށް ގޮވާލައި ދޮންބެ ބައިވެރި ނުކުރާނަން ހޭ އަހާލިއެވެ. ރަނާ އާއި އާލާ އަށް ސިހިފައި ފަހަތް ބަލާލެވުނެވެ.

” ދޮންބެ މިގަޑީގަ މިތާނގަ ކީއްތިކުރަނީ؟”، ޓެރަސް އިން އެ ގަޑީގައި ދޮންބެ ފެނުންވީ ރަނާއަށް ސިހުން ގެނުވި ކަމަކަށެވެ. ވާނީވެސް އެހެންތާއެވެ. ފަތިސް ނަމާދުކޮށްގެން އާންމުކޮށް ރަނާ ޓެރަސްއަށް އައި ނަމަވެސް މިއިން ދުވަހަކުވެސް ދޮންބެ އެ ތަނުން ފެނިފައެއްނުވެއެވެ. އެހެންކަމުން އެ ކަން ވީ ރަނާ އަށް ޤަބޫލުކުރަން ވެސް ދަތި ކަމަކަށެވެ.

” ހަމަ ވައި ޖައްސާލަން އައީ. އާލާ ކިހިނެއް؟” ރަނާ އަށް ޖަވާބު ދިންއިރު ވެސް މަނާލްގެ ލޯ ހުރީ ސީދާ އާލާގެ ސިހުރެއްފަދަ ޖާދުވީ މޫނަށެވެ. މަނާލް މާ ވަރަކަށް ބަލާތީ އާލާ ހުރީ ކުޑަކޮށް އުނދަގޫވެ ލަދު ވެސް ގަނެފައެވެ. އާލާއަށް ރަނގަޅަށް ޖަވާބު ނުދެވިގެން އުޅެނިކޮށް، ރަނާ މި އަންނަނީ އޭ ބުނެފައި ޓެރެސްއިން ފައިބައިގެން ދިޔައީ އޭނާގެ މަންމަގެ ފޯނެއް އައިސްގެންނެވެ. ލިބުނު ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފުމަށްޓަކައި މަނާލް އާލާއާ ކުޑަކޮށް ގާތްވެލިއެވެ. މަނާލްގެ މި ހަރަކާތުގެ ސަބަބުން އާލާ ވަރަށް ހާސްވިއެވެ. ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ އެ ގެއަށް ދިޔަ ފުރަތަމަ ދުވަހު އޭނާއަށް ފެނުނު ހުވަފެނެވެ. ނުނިމޭ ….

Share Article

Follow Me Written By

Rish123

Level 1

Other Articles

Previous

ވިންދޭތީމަގޭ

Next

ޝަހަރު 29ވަނަބައި

Next
August 6, 2020

ޝަހަރު 29ވަނަބައި

Previews
August 6, 2020

ވިންދޭތީމަގޭ

One Comment

  1. Vishama Visha says:
    August 7, 2020 at 11:04 am

    Lol aaa

Comments are closed.



All Right Reserved!