Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ވިންދޭތީމަގޭ

Fathimath Athifa Hussain Level 210 Stories
August 6, 2020 3 Mins Read
8 Comments

މީހުން ބުނާތީ އަޑުއަހަމެވެ. ފުރަތަމަ ނަޒަރުންވާ ލޮތްބަކީ އަބަދަށް ދެމިގެންވާ ބަދަހި ގުޅުމެއް ނޫނެވެ. މީހަކަށް ތިމާގެ ހިތް ދޭންޖެހޭނީ ވަރަށް ވިސްނާފައެވެ. އެހެންނޫނީ ގިނަފަހަރަށް އޮންނާނީ ތިމާގެ ހިތް ކުދިކުދިވެފައެވެ. އެހެނަސް އަހަރެންނަށް މިވާހަކަ ގަބޫލުކުރެވޭކަށްނެތެވެ.

މެލޭޝިޔާގައި މީޑިޔާގެ ދާއިރާއިން މާސްޓާސް ހާސިލްކުރުމަށްފަހު އަހަރެން އެނބުރި މާލެއައީމެވެ. ކުޑައިރު ދެކުނު ހުވަފެނުގައި ކުލަޖެހުނީތީ އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށްވެސް ހޫނުމަރުހަބާއެއް އަހަންނަށް ކިޔެވެ. އަހަރެންގެ ގޭގައި އަހަރެންނަކީ މަންމަ އާއި ބައްޕަގެ ރަންދަރިފުޅެވެ. އެދެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިޔަކީ އަހަރެންކަމުގައި ވީތީއެވެ.

މާލެއައިތާ މަސްދުވަސްތެރޭ އަހަރެންނަށް ސަރުކާރުގެ މީޑިޔާ ޗެނަލެއް ކަމުގައިވާ ޓީވީއެމްއިން ވަޒީފާ ހަމަޖެހުނެވެ. ބައްޕައަކީ  މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔަކަށް ވީނަމަވެސް އަހަރެން ބޭނުންވަނީ އަމިއްލަަ  މަސައްކަތުން ހޯދާ ފައިސާއިން ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށެވެ. ބައްޕަގެ ވިޔަފާރި ބަލަހައްޓަނީ އަހަރެންގެ ދޮންތަ ފަރުޒީނާ އާއި ބައްޕަޔާއި ދެމީހުންނެވެ.

އާދައިގެ މަތިން ޑިއުޓީ ނިއްމާލުމަށްފަހު އަހަރެން  މިސްރާބުޖެހީ ގެއައް ދިޔު މަށެވެ. ކުޑައިރުގެ އެންމެގާތް ރަހުމަތްތެރިޔާ އާއި ދިމާވީ ގެއައް ދިޔަ މަގުމަތިންނެވެ. އަހަރެން ވަރަށް އުފާވިއެވެ. މިނާން އާއި ދިިމާ މިވީ ބަރާބަރު ދިހައަހަރުފަހުންނެވެ.  މިނާން އޭނާގެ ދިރިއުޅުމުގެ ވާހަކަތައް އަހަރެންނަށް ކިޔާދޭން ފެށިއެވެ. ގެކައިރީގައި ހުންނަ ކެފޭ އަށް އަހަރެންނާއި މިނާން ވަނީމެވެ. ޒަމާންތަކަކަށްފަހު ބައްދަލްވުމުން އެކުވެރިޔާއެކު ވަގުތުކޮޅެއް ހޭދަކުރުމަކުން ގޯހެއް ނެއްތާއެވެ.

މިނާން އަކީ މިހާރު ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކުޓަރެކެވެ. އަދި އެހެންމެ މިނާން އުޅެނީ  މީހަކާވެސް އިނދެގެންނެވެ. ދަރިޔަކުވެސް އެބަހުއްޓެވެ. އެކުވެރިޔާގެ ކާމިޔާބީޔަށް އަހަރެން   މަރުހަބާކީމެވެ. ” ތިގެޔައް އަހަރެންވާނެ ގެންދަން. ދަރިފުޅާއި އަންހެނުންވެސް ވާނެއެންނު އަހަންނަށް ދައްކަން.” އަހަރެން ބުނީމެވެ. “ތީ އަހާކަހަލަ ވާހަކައެއްވެސް ނޫނެއްނު. ގަދަކަމުންވިޔަސް ވިޔާޝް ގެންދާނަން އަހަރެންގެ ގެއައް. ވިޔާ އިންނާނެ ކުއްޖަކު ހޯދައިފިންތަ?. އެކަމާވެސް އުޅެބަލަ. އަހަރެންގެ އެހީތެރިކަން ވިޔާޝްއަށް އަބަދުވެސް ލިބޭނެ” ޖޯޝާއި ފޯރީގައި މިނާން ބުނެލިއެވެ.

“އަހަރެން އަދި އިންނާނެ ކުއްޖަކު ނުހޯދަމޭ. ތިކަންވެސް ކުރަންވީ. މަންމަވެސް އެބަކިޔާ ކައިވެނި ކުރަން އުޅޭށޭ ލަސްނުކޮށް. މިނާން ވާނެ އަހަރެންނަށް ހެލްޕުވާންވާނެ އިނގޭ މިކަމުގަ” ސަމާސާޔަކަށް ނަމަވެސް އަހަރެން ބުނީ އަހަރެންގެ ހިތުގެ ހާލުގެ ވާހަކައެވެ. “ވިޔާޝް ބުނެގެން އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ.  މައްސަލައެއްނެތް ތިކަމުގައި ވިޔާޝް އަށް ހެލްޕުވާނަން. ޑީލް”  މިނާންގެ ވާހަކައިން އަހަރެން ހިތްހަމަޖެހުނެވެ.

މަޢުރިބް ނަމާދައް ބަންގިގޮވީ އަހަރެމެން އޮލަވާހަކައިގައި ކޮފީބޯން ތިއްބައެވެ. މިނާންގެ ފޯނުނަންބަރު ހޯދުމައްފަހު އަހަރެން އަވަސްވީ ނަމާދުކުރުމަށް މިސްކިތައް ދިޔުމަށެވެ. ގެއައް ވަދެވޭވަރުވީ ހަތެއް ޖަހަނިކޮށެވެ. އާދުވަހަކައް އިރުއެރީއެވެ. ރަސްފަންނުގައި ކުރިޔައްދިޔަ ހަފްލާއެއް ލައިވްކުރުމަށް އަހަރެން އުޅުނީ ރަސްފަންނުގައެވެ. އެތަނުގައި މީހުން އޮތީ ފުރިބާރުވެފައެވެ.

ހަފްލާ ނިމުނުތަނާ މިނާން އަހަންނަށް ގުޅިއެވެ. މިނާންގެ ކުލިނިކައް އައުމަށް ބުންޏެވެ. ދިހަވަރަކަށް މިނުޓުތެރޭ އަހަރެންނަށް މިނާންގެ ކުލިނިކަށް ދެވުނެވެ. ތަނަކީ ބޮޑުތަނަކަށް ނުވިނަމަވެސް ތަންނުގެ ޑިޒައިން ފަރުމާކޮށްފައި ހުރިގޮތުން ތަނަކީ ބަލާލަން ރީތި ހިތްގައިމު ތަނެކެވެ. މިނާން ކޮފީ މެޝިނުން ކޮފީހެދުމަށްފަހު ދެކޮފީތަށި ހިފައިގެން  މިނާން ބަލިމީހުންބަލާ ކޮޓަރިޔައް ވަނެވެ. ނަސީބަކުން އެއްވެސް ބަޔަކު ހިދުމަތް ހޯދަން އައިސް ނޫޅެއެވެ.

އަހަރެންނާއި މިނާން ދައްކަންތިބި ވާހަކަތައް ކުރުކޮއްލަންޖެހުނީ ރިސެޕްޝަނުގައި އިންކުއްޖަކު އައިސް ބަލިމީހަކު ބޭރުގައި އިންވާހަކަ ބުނުމުންނެވެ. ކޮފީތަށި ހުސްކުރުމަށްފަހު އަހަރެން އެތަނުން ނިކުތުމައް ހިނގައިގަތީމެވެ. ދޮރުހުޅުވަން އުޅުނުތަނާ ދޮރު ހުޅުވާލު މަށްފަހު ޒުވާންފުރައިގެ އަންހެންކުއްޖަކު ވަނެވެ. އަހަރެން އެކުއްޖާޔަށް އަވަސް ނަޒަރެއް ދިނީމެވެ. ހިތާއި ދެކޮޅައް ދޮރުހުޅުވުމަށްފަހު އެތަނުން ނިކުތީމެވެ.

ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި ކޫރުން އެގޮތްނޭގޭ ކުއްޖާ އަޅުވައިފިއެވެ. ކުލިނިކް ބޭރުގައި އަހަރެން މަޑުކުރީމެވެ. މިނާން ގާތުން އެކުއްޖާގެ  މައުލޫމާތު ހޯދުމުގެ ބޭނުމުގައެވެ. އޮފީހުން ގުޅުމުން އެތަނުން ދާން އަހަންނަށް މަޖުބޫރުވިއެވެ. އެރޭ ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ. ލޯ މަރާލާއިރައް ފެންނަނީ ކުލިނިކުން ފެނުނު ކުއްޖާއެވެ. މިނާން އަށް ގުޅާލީ މެވެ. ނަސީބަކުން މިނާން ފޯނުނެގިއެވެ. އެކުއްޖާގެ މައުލޫމާތު އޮޅުންފިލުވީމެވެ.

މިނާން ކިޔައިދިން ގޮތުގައި އެކުއްޖާ އަކީ ޕީޑީޑީ (ޕުރެސިސްޓެންޓް ޑިޕުރެސިވް ޑިސްއޯޑާ)އަށް ފަރުވާ ހޯދަން އައި ކުއްޖެއްކަން އެނގުނެވެ. އެއަންހެންކުއްޖާގެ ނަމަކީ ރޫބީ ކަންވެސް މިނާން ބުނެދިނެވެ. ރޫބީގެ ނަންބަރު ލިބިދާނެތޯ މިނާން ގާތުގައި އެހީމެވެ. މިނާން ބުނީ އެކަން ކުރެވެން ނެތްވާހަކައެވެ. ޕޭޝަންޓުންގެ ހުއްދަނެތި އެވަރުގެ ކަމެއްކުރުމަކީ މަނާކަމެއްކަ މުގައެވެ. އެހެނަސް ކުލިނިކައް ރޫބީ އަންނައިރު ބައްދަލް ކުރެވޭގޮތް ހަދައިދީފާނެކަމުގައެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ.

ޑިއުޓީ ނިއްމާލުމަށްފަހު އަހަރެން މިނާންގެ ކުލިނިކަށް ދިޔައީމެވެ. ރޫބީއާއި ދިމާވުމަށް އަހަރެންގެ ހިތްއެދޭތީއެވެ. އަހަރެން ވާހަކަ ދައްކާ ދައްކާ ރޫބީ އަނގަޔަކުން ނުބުންޏެވެ. ހިތްވަރުއެލުވާލާކަށް އަހަރެން ނެތީމެވެ. ރޫބީ ހާސިލްކޮއްފައި ނޫނީ ހުއްޓައިލާކަށް އަހަރެން ބޭނު މެއްނޫނެވެ. ރޫބީގެ ފުރަތަަމަ ފެނިލުމުންވެސް އަހަރެންގެ ހިތުގައި ލޯބީގެ ވިންދުޖަހަން ފެށީތީއެވެ. މަސްދުވަހުގެ ބުރަމަސައްކަތުން ރޫބީ އަހަރެންނާއި އަނގައިން ބުނަން ފެށިއެވެ.

މަޑުމަޑުން ރޫބީ އާއި އަހަރެން ދެއެކުވެރިންނަށް ވެގެންދިޔައެވެ. ރޫބީ އަހަރެންނާއި ވާހަކަތައް ހިއްސާކުރަންފެށިއެވެ. ރޫބީގެ  މަންމަ ކެންސަރުބަލީގައި ނިޔާވި ވާހަކައެވެ. ބައްޕަ ޑުރަގުގެ މައްސަލައެއްގައި ޖަލައްލާފައިވާ ވާހަކައެވެ. އަހަރެން ރޫބީޔަށް ހިތްވަރުދިނީމެވެ. ކެތްތެރިވުމަށް ނަސޭހަތްތެރިވީމެވެ. ރޫބީގެ އުފަންދުވަސް އައެވެ. އަހަރެން ރޫބީ ގޮވައިގެން އެރޭ ކާންދިޔައީމެވެ. ކެއުމަށް އިންސާފުކޮށް ނިމުމަށްފަހު އަހަރެން ޖިންސު ޖީބުން ކުޑަ ފޮށްޓެއް ނެގީމެވެ.

“ރޫބީ…ވަރަށް ދުވަސްވެއްޖެ ރޫބީ ކައިރީ އަހަރެން މިވާހަކަ ދައްކަން ބޭނުންވެފަ ހުންނަތާ. އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ރޫބީ ވެދީ. އަހަރެން ވައުދުވަން އެން މެފަހު ނޭވާޔާ ޖެހެންދެން ރޫބީއަށް ލޮތްބާއި އަޅާލުމާއި އޯގާތެރިކަން އަހަރެން ދޭނަންކަން. ޕުލީޒް ރޫބީ ސޭޔެސް. ސޭ ދެޓް ޔޫވިލްބީ މައިން. މެރީމީ ރޫބީ. އައިލަވްޔޫ ވިތް އޯލް މައިހާޓް. އައިއޭމް ގޮންނާ ލަވްޔޫ ފޮރެވާރ އެންޑް އެވާރ.” އަހަރެންގެހިތުގެ އުދާސްތައް ރޫބީގެ ކުރިމަތީ ބަންޑުން ކޮއްލީމެވެ.

އެކުޑަފޮށި ހުޅުވައި ރޫބީގެ އަތުގައި އޭގައި އޮތް އަނގޮޓި އަޅުވާލީ މެވެ. ” ވިޔާޝް އަހަރެންވެސް ނިހާޔަތައް ވިޔާޝް ދެކެ ލޯބިވަން. އަހަރެންނަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއްކަން ވިޔާޝް އަކަށް އޮޅިފައެއް ނޯންނާނެ. އަހަރެންނަށް ކުރެވޭކަ މަކުން ބުނެވޭބަހަކުން ވިޔާޝްގެ އާއިލާޔަށް ނޫނީ ވިޔާޝްއަށް ދެރަޔެއްލިބޭކަށް އަހަރެން ނޭދެން. އަހަރެން މިކަމުން އަރައިގަނެވުނު ދުވަހަކުން ވިޔާޝްގެ ތިއެދުމަށް އުފަލުން އަހަރެން އެއްބަސްވާނަން.” ރޫބީގެ ވާހަކައިން އަހަރެން ދެރައެއް ނުވިޔެވެ.

ރޫބީގެ ހާލަތު އަހަރެންނަށް ރަނގަޅަށް އެނގޭތީއެވެ. ރޫބީގެ ނިންމުމަށް އަހަރެން ގަދަރުކުރީމެވެ. ދެއަހަރުފަހުން އަހަންނާއި ރޫބީގެ ކައިވެނިކުރެވިގެންދިޔައެވެ. އަހަރެންގެ އަލަތުލޯބި އަހަންނަށް ހާސިލްވެގެން ދިޔައެވެ. ރޫބީ އަކީ އަހަރެންގެ ހިތުގެ މަލިކާއެވެ. އަހަރެންކުރި ދިގު އިންތިޒާރުގެ ނިމުން ފޮނިވީތީ ﷲއަށް އަހަރެން ހަމްދުކުރަމެވެ. އަހަރެންނަށް ދުނިޔޭގައިވާ ހުރިހާ އުފަލެއް ލިބިއްޖެެއެވެ. އަހަރެންނާއި ރޫބީގެ ކައިވެންޏަށް ފަސްމަސް ވެއްޖެއެވެ. ރޫބީ އިނީ އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ކެތްތެރިކަމެއްނެތި އަހަރެންނާއި ރޫބީ އިންތިޒާރުކުރަމުން މިގެންދަނީ އަހަރެމެންގެ ލޯބި ލޯބި ދަރިފުޅު އުފަންވާނޭ ދުވަހަކަށެވެ.

ރޫބީ އަހަރެންގެ ހަޔާތައް އައީ ނޫރެއް ފަދައިންނެވެ. އަހަރެންގެ ހަޔާތް ރޯޝަންވެގެން ހިނގައްޖެއެވެ. ރޫބީގެ ލޯބި ލިބޭހައި ދުވަހަކު އަހަރެން ހުންނާނީ އުފަލުންނެވެ. ރޫބީ އާއި ނުލައި އަހަރެންގެ ހަޔާތް ފުރިހަމަވުމެތްނެތެވެ. ރޫބީ އަށްޓަކައި އަހަރެންގެ ހިތުގައިވަނީ ސާފު ތާހިރު ތެދުވެރި ލޮތްބެކެވެ. ނޭގިނަމަވެސް ޔާރުދެކެ ވެވުނީ ފުރިހަމަ ލޮތްބެކެވެ. ޔާރާއެވެ. ތަރިތަކާއި ހަނދު ހެކިކޮށް އަހަރެން ވައުދުވަމެވެ. ރޫބީއެވެ. ތިއީ  މިހިތުގެ ވިންދެވެ. ފުރާނައިގެ ދިރުމެވެ.

ނި މުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ތިޙިޔާލުގާ…. (2)

Next

ހިތި ނިމުން

Next
August 6, 2020

ހިތި ނިމުން

Previews
August 6, 2020

ތިޙިޔާލުގާ…. (2)

8 Comments!

  1. maanee says:
    August 6, 2020 at 7:34 pm

    wow vrh reethi vaahakaeh.. keep it up aathi

    1. Fathimath Athifa Hussain says:
      August 10, 2020 at 7:46 pm

      ThanQ? maanee

  2. Raaya says:
    August 7, 2020 at 4:30 pm

    vrh reethi mi vaahaka 🙂 masha allah

    1. Fathimath Athifa Hussain says:
      August 10, 2020 at 7:46 pm

      ThanQ? Raaya

  3. reader says:
    August 7, 2020 at 6:32 pm

    Vrh reethi… maasha allah.. ???

    1. Fathimath Athifa Hussain says:
      August 10, 2020 at 7:47 pm

      Thankyou?

  4. Princess says:
    August 11, 2020 at 4:51 pm

    U ge gmail bunedhevidhaanetha
    And v rythi u ge story

    1. Fathimath Athifa Hussain says:
      August 14, 2020 at 10:30 pm

      Thanks dear❤ follow me on my page “Aathi’ge-Vaahaka”

Comments are closed.



All Right Reserved!