އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު އޮއްސިގެން ދާ ހިތްގައިމު މަންޒަރު ބަލާލަން ފޫހިކަމެއްނެތި އަހަރެން އިނީ ހުދު ބޯކިރުކޮޅެއްފަދަ ދޮން ވެލިގަނޑު މަތީގައެވެ. ރާޅުތައް ބީއްސާ ފަށުގައި ބައެއް ކުދިވެރީން ކުޅެ ދުވެ ހަދަން ތިއްބެވެ. އެކުދިންގެ ބެލެނިވެރިންވެސް ގުދުރަތީ ރީތިކަން ފޯނާއި ކެމެރާ ތަކުގައި އަދި ހަނދާންތަކެއްގެ ގޮތުގައި ސިނކުޑީގައި ރައްކާކުރަމުންދިޔައެވެ. ބައެއް މީހުން އޮލަވާހަކައެއްގައި ތިއްބެވެ. އަނެއްބަޔަކު މަޣްރިބު ނަމާދަށް ބަންގި ގޮވަން ފަށާއިރަށް ދަރިން ގޮވައިގެން ގެއާއި ދިމާއަށް މިސްރާބުޖަހަންފެށިއެވެ.
އަހަރެންވެސް ގެއަށް ދިޔުމަށް ޓަކައި ހިނގައިގަތީ އަހަރެން ލައިގެން ހުރި ގަދަ ނޫކުލައިގެ ޖީންސުގައި ހޭކިފައިވާ ވެލިތައް ފޮޅާލަމުންނެވެ. އަދި މަޑު ނޫކުލައިގެ ބުރުގާގެ ޕިންތައް ވެސް ރަނގަޅުކޮއްލަމުން އަދި ހުދު ކުލައިގެ އަތް ދިގު ޓޮޕްކޮޅުވެސް ތިރިއަށް މަޑުމަޑުން ދަމާލަމުންނެވެ. ކަޅު އަތްދަބަސް ކޮނޑުގައި ރަނގަޅަށް އަޅުވާލުމަށްފަހު ހުދާއި ކަޅުކުލައިގެ ނައިކީ ޓެނިހުގައި ފަޔަށް ބާރުލަމުން އަހަރެން ހިނގަމުންދިޔައީ ހަލުވިކޮންނެވެ. މަގުމަތި ހަލަބޮއްޔެއް ނޫނެވެ. ދުއްވާ އެއްޗެހި ވަރަށް މަދެވެ. ރަށްރަށުގެ އެ ޒާތުގެ ހިމޭންކަން އަހަންނަށް ވަރަށް ކަމުދެއެވެ.
ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ފަހުން އަހަރެން އުޅޭ ގެއާއި ހަމައަށް އާދެވިއްޖެއެވެ. އެއީ ޒަމާނާއެއްގޮތަށް ހަދާފައިވާ ރީތި ބޮޑު ގެއެކެވެ. ގެ ހަދާފައިވަނީ ދެބުރިއަށެވެ. އެއީ އަހަރެންގެ ބައްޕަ މިރަށުން ގަނެފައިވާ ގޯއްޗެއްގައި އަޅާފައިވާ ގެއެކެވެ. ގެ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާނީ ހައްވަ ދައިތަ އާއެވެ.ހައްވަ ދައިތައަކީ ފިރިމަރުވެފައި އަދި ދަރިއަކު ވެސް ނެތް ދެބައި އުމުރުގެ އަންހެނެކެވެ. އާންމުކޮށް ލައި އުޅެނީ ދިވެހި ލިބާހެވެ. ބުރުގާވެސް އަޅާނީ އާދައިގެ ގޮތަކަށެވެ. އަހަރެން މި ރަށަށް އައީއްސުރެ ވަރަށް ހިތްހެޔޮ ކަމާ އުފާވެރިކަމާއެކު އަހަންނަށް މީރު އެއްޗެހި ކައްކައި ކާންދީ ހަދައެވެ. އަދި އަމިއްލަ ދަރިއެއް ފަދައިން އަހަރެން ދެކެ ހައްވަ ދައިތަ ލޯބިވެއެވެ. ހައްވަ ދައިތަ ދިޔައީ އޭނާގެ ދައްތަގެ ހާލުބަލައިލަން ކައިރީގައި އޮތް ރަށަށެވެ. ފަނަރަ މިނެޓުން އެރަށަށް ދެވޭނެއެވެ. އެހެންކަމުން މިއަދު ހެނދުނު ދިޔަ ގޮތަށް ހައްވަދައިތަ އެނބުރި އަންނާނެ ކަމަށް ބުނެފައި އޮތީ މިރޭ ދިހައެއްގެ ފެރީންނެވެ.
މިއަދު ހައްވަ ދައިތަ އޭނާގެ ދައްތަގެ ރަށަށް ދިޔުމުގެ ކުރިންވެސް އެތައް ފަހަރަކު އަހަރެން އޭނާއާއި އެކު އެރަށަށް ގެންދަން މަސައްކަތް ކުރި އެވެ. އެކަމަކު އަހަރެން ބޭނުންވީ މި ކޮޅުގައި މަޑުކުރާށެވެ.
އެގެއަށް ވަންނަ އިރު އެންމެ ފުރަތަމަވެސް ފެންނާނީ ގޭގެ ފެންޑާއާއި ދިމާލުގައި ހައްދާފައިވާ އާޝޯހުކުރުވާފަދަ ރީތި ކުލަކުލައިގެ މާގަސްތަކުން ޖަރީވެފައިވާ ބަގީޗާއެވެ .ކުލަކުލައިގެ އޯކިޑުމާ ގަހާއި ފިނިފެންމާ ގަސް ތަކެވެ. ޗަންޕާޕޫލް މާ ވެޔޮތަކާއި އޯކިޑުމާ ގަސްތަކެވެ. އަދިވެސް އެ ބާވަތުގެ އެކި ގަސްގަހާ ގެއްސެވެ. ބަގީޗާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފު ކޮށްލަމުން އަހަރެން އެތެރެއަށް ވަނީމެވެ.
ގެއަށް ވަދެ ގޭގެ ބޮކިތައް ޖައްސާލުމަށްފަހު އަހަރެން އަރައިގެން ހުރި ޓެނިސް ބޭލުމަށްފަހު ބޫޓު ހަރުގަނޑުގައި ބެހެއްޓީމެވެ. ބުރުގާގެ ޕިންތައް ނައްޓަމުން އަހަރެން ކޮޓަރިއަށް ވަންނަން ހިނގައިގަތްތަނާ އަހަރެންގެ ފުރަގަހުން މީހަކު އަހަރެންގެ އަނގަމަތީގައި އަތް އަޅާލުމަށްފަހު އެ ހުރިގޮތަށް އުފުއްލާލައިގެން ގޮސް ކޮޓަރި ތެރެއަށް ވަނެވެ. އެމީހެއްގެ ކިބައިން ސަލާމަތް ވުމަށް ޓަކައި އަހަރެން ކުރި މަސައްކަތް ވީބޭކާރެވެ. އޭނާ އަހަރެން އެނދުމައްޗަށް ވައްޓާލިއެވެ. ފުރޮޅިލަމުން ފަހަތަށް ޖެހެމުން ކަހަލަ ގޮތަކަށް އަހަރެން ހާސްވެ ކަންބޮޑު ވެފައިވާ ހާލުގައި އެއީ ކާކުތޯ ބަލާލީމެވެ.
ނުނިމޭ
6 Comments!
Comments are closed.

ވަރަށް ރީތި ވާނެ ހެން ހީވަނީ
ޝުކުރިއްޔާ! އިންޝާﷲ އިތުރު ވާހަކަތައް މިސައިޓު މެދުވެރިކޮށް ގެނެސްދޭ ނަން!
vrh reethi… waiting for next part!
Guess it would be great ?? waiting for next
މިވާހަކައަކީ 18 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ވާހަކައަށް ވާތީ މިވާހަކައިގެ ދެން ހުރި ބައިތައް ގެނެސްދެވޭނީ ވާހަކަ ސައިޓުންނެވެ. ވީމާ ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ.
މި ވާހަކަ ގެ ބައިތައް ވާހަކަ. ކޮމް އިން ކިޔާލެވޭނެ