ފެވިފާ ތިނަން ވެޔޭމިހިތުގާ 11
މީހެއްގެ ހިލަން ވީހެން ހީވެގެން ފަހަތް ބަލާލި މިޝްކާއަށް އެނާއާއި ދާދި ގާތުގައި ހުއްޓިލާއިގެން ހުރި ލޯބިވާ ފިރިމީހާ ފެނިލުމުން ހިނިތުންވެލިއެވެ. ” ދަރިފުޅާ ، ޝެލް، އެލީނާ……. ހިނގާ ދާން މިހާރު އެ އޮތް ގެން ގަޑި ޖެހެނީ އަވަސް ކުރޭ……” ޔާސިރު އެހެން ބުނެލުމާއެކީ ދެ އަންހެން ކުދިން އަވަސްވެގަތީ ޔާސިރު އެދުނު ފަދައިން ކަންތައް ކުރާށެވެ. ޔާސިރުމެންގެ ދެމަފިރިން ކާރު ގެ ކުރީ ސީޓަށް އެރި އިރު ފަހަތު ސީޓަށް އީޝަލްގެ އިތުރުން އެރީ އެލީނާއެވެ. އެންމެން އިށީނދެ ހަމަޖެހިލުމާއެކު އެމިހުންގެ މަންޒިލަށް ދިއުމަށްޓަކައި ކާރު ދުއްވަލިއެވެ.
އީޝަލްއަށް އޭނާގެ މަންމައާ ބައްޕާއާއެކި އެކަނި ވަގުތު ކޮޅެއް ދީފައި ހޯލް ތެރެއަށް އެންމެ ފުރަތަމަ ވަނީ އެލީނާއެވެ. އެމީހުން ދިޔައީ ދަރުބާރުގޭގައި އެމީހުން ހަފްލާ ނިމެންދެން ހިފާފައިވާ ދެ ކޮޓަރި ކުރެން ކޮޓަރިއަކަށެވެ. އަދި ކައިވެނި ކޮށްދޭ މިހުން އަންނަ ގަޑި ޖެހެން ބައިގަޑި އިރު އޮތުމުން ހޯލަށް މިވަގުތު ކޮންމެހެން ދިއުމުގެ ބެނުމެއް އެމިހުންނަށް ނުފެނުނީއެވެ.
ހޯލް ތެރެ ވަނީ ވަރަށް ފުރިހަމައަށް ރީތި ކުރެވިފައެވެ. މޭޒުތަކުގައި ސާފު ހުދު ފޮތި އަޅާލާފައިވާއިރު ގޮނޑިތަކުގައިވާ ހުދު ފޮތީގެ މަތިން ކްރީމް ކުލައިގެ އޮމާން ފޮތިގަނޑެއް ބޭނުންކޮށްގެން ރީތި ގޮތަކަށް ބޯ ޓައިއެއް އައްސާފައިވެއެވެ. ހޯލް ތެރޭގައިވީ މަޑު ރަން އައްޔެކެވެ. ޖަހާލެވިފައިވަނީ ރީތި ރާގެކެވެ. އެލީނާ ހޯލް ތެރެއަށް ވަންނަމުން ދިޔަވަރަކަށް ހޯލްތެރެއަށް ނަޒަރު ހިންގާލީ ތަނުގެ ރީތިކަމާމެދު ހިތާހިތުން ތައުރީފު ކުރަމުންނެވެ. ދޮރު ކައިރީގައިވީ ތަނބުތަށް ފަޅުފިލާފައިވަނީ ކްރީމް ކުލައިގެ ވާސް ތަކަށް ޖަހާފައިވާ ހުދު އަދި ރަތްކުލައިގެ މާތަކުންނެވެ.
އެލީނާއަށް އެންމެ ކަމުދިޔައީ ކޮންމެ މޭޒެއްގައި އެކި ސައިޒު ދެ ތިން ސާފު ރީތި ބިއްލޫރި ތަށިތަކުގެ ތެރޭއަށް ފެން އަލާފައި ހުދު ކުލައިގެ ކުދި ހިލަކޮޅުތަކާއި ރަތް ކުލައިގެ ފިނިފެންމާ ފިޔަ އަދި އުއްބަތި ބޭނުކޮށްގެން ހަދާފައިވާ ސެންޓަރ ޕީސްއެވެ. އަދި އެއިން ކޮންމެ އެއްޗެއެއް ކައިރި ފިނިފެންމަލުގެ ފިޔަ އަދި ހިތުގެ ބައްޓަމަށްވާ ކުދި އުއްބަތްތިތަކެއް ރީތި ގޮތަކަށް އަތުރާލާފައިވެއެވެ. އެ ސެންޓަރ ޕީސްގެ ރީތި ކަމާމެދު އާޝޯލުފައި އިން އެލީނާ އިތުރަށް އާޝޯހުވީ ފަހަތުން އާއި ޒުވާނެއް ފަހަރަކު ތައްޓެއް އުފުލާ އޭގެ ފުލަށް ފިތާލުމާއެކީ އެ ތަށިތަށް ދިއްލިގެން ދިޔުމުންނެވެ. އެތަށިތަށް ދިއްލިގެން ދިޔުމާއެކީ އޭގެ ރީތިކަން ދެގުނާ ވީހެން އެލީނާއަށް ހީވިއެވެ.
އެލީނާއެ ތަށިތަކުގެ ޖާދޫގައި ޖެހިފަ އިންއިރު އޭނާއަށް ރޭކާ ނުލީ ނަމަވެސް އޭނާއާ ދެތިން ފޫޓުދުރުގައި ހުރި ތަބެއްގެ ނިވަލުގައި ފިލާ ހުރީ އެ ހިތުގެ ހަމަޖެހުމެވެ. އެ ލޯތްބަކަށް އެދި އެލިނާގެ ދެ ލޮލުގެ ނިދި ނަގާއިލި ލޯތްބެވެ. އާދެ ކިޔާންއެވެ. ކިޔާން ބޮކި ޖައްސަން އެ ޒުވާނާ ފޮނުވީ އެ ސެންޓަރ ޕީސް އެލީނާއަށް ކަމު ދިޔަ ވަރު އިހުސާސް ކުރެވުމުން އޭގެ ހަގީގީ ރީތިކަން ދައްކާލުމުގެ ގޮތުންނެވެ. އެ ލޯބި މޫނުމަތިން އޭނާގެ ހިތް ދީވާނާ ކޮށްލާ ހިނިތުންވުމުގެ ދުށުމުގެ އުއްމީދުގައިއެވެ. ކިޔާންގެ އެ އެދުން ކިތަންމެހާ ވެސް ފުރިހަމައަށް ފުރިހަމަ ވެގެންދިޔައެވެ. އެލީނާގެ ތުންފަތްމަތީ މިހާރު އެވަނި ކޮންމެ ފިރިހެނެއްގެ ހިތްތަށް ކަތިލާފަދަ ހިނިތުންވުމެކެވެ. އެލީނާގެ ހިނުތުންވުން ފެނި ކިޔާންއަށް ހިނިތުން ވެވުނީ ބޭއިހްތިޔާރުގައިއެވެ.
އެލީނަގެ ފައިން ފެށިގެން ނަޒަރު ހިންގައިލި ކިޔާންއަށް އެ އަންހެން ކުއްޖަގެ ރީތި ކަމަމެދު ހިތަހިތުން ތައުރީފުކޮށްލެވުނެވެ. ރަތް އަދި ކޮރިމް ކުލާއިގެ ހެދުން އެ ދޮން ހަށިގަނޑައި ނިކަން ގުޅެއެވެ.ކޮށްލެވިފައިވާ ލުއި މެކަޕްގެ ސަބަބުން އެ ރިތި ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެހެން ހުރިހާ ދުވަހަކަށް ވުރެން މިރޭ އެލީނާ ރީތި ކަމަށް ދައްކާހެން ކިޔާންއަށް ހީވިއެވެ.
އެލީނާގެ ކަށި އިނގިލީގައިވި އަނގޮޓީއާއި އަތުގައިވި ކެވެލިކޮޅު ފެނުމުން ކިޔާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެލީނާ އޭނަދެކެ ވާ ލޯބި އިހުސާސު ކުރެވި ދެލޯ ފެންކަޅިވާ ގޮތްވިއެވެ، އޭނާ އެހާ ވަރަށް އެ އަންހެން ކުއްޖާ ގެ ހިތުގައި ޖެއްސުމުންވެސް އެ ހިތުގައި އޭނާއަށްޓަކައި ވި ލޯތްބައް ފަނޑު ކަމެއް ނާންނަކަން އިހުސާސް ކޮަށްދިނީ އޭނާގެ ލޯބީގެ ނިޝަނެއް ގެ ގޮތުގައި ދިން ކެވެލިކޮޅާއި އަނގޮޓީއެވެ. ކިތަންމެ ލޯބި ވީ ނަމަވެސް އެ ލޯބި ގަބޫލު ކުރެވެން ނެތްކަން އޭނާގެ ސިކުނޑި ދިޔާއި ބުނަމުންނެވެ. ހިތްއެދި ގޮވަމުން ދިޔައީ ފަހަތުނގޮސް އެ ނާޒުކް ހަށިގަނޑުގައި ބައްދާލަމުން މާފށް އެދި އެލީނާ އޭނާގެ ހައްގަކަށް ހެދުމަށެވެ. ނަވެސް ކިޔާން އޭނަގެހިތުގެ އެދުން ބޮލާލައި ޖާހަ އަޑުއެހި ސިކުނޑީގެ އެދުމަށެވެ.
” އެލީ ” ފަހަތުން މީހަކު އޭނާއަށް ގޮވާލިއަޑަށް އެލީނާ ސިހިފައި ފަހަތް ބަލާލިއެވެ. އެނބުރިލިއިރު ފެނުނީ ފަހަތުގައި ހިނިތުންވެލާއިގެން ހުރި ކިއާރާއެވެ. ކިއާރާ ފެނުމާއެކީ ކިޔާންގެ ހިޔާލުތަށް އެހިތުގައި ވިކާލިއެވެ. ދެންމެއަކާ ޖެހެންދެން އެ މޫނުމަތީގައި ވި ހިނިތުންވުން ގެއްލި މަޔޫސްކަން ވެރިވިއެވެ. ނަމަވެސް އެ އިހުސާސްތަށް ނިކަން އަވަހަށް ފަރުދާކޮށް ރީތި ހިނިތުންވުމަކާއެކީ ކިއާރާއާ ކުރިމަތިލިއެވެ. އެރެއަށް ފަހު އޭނާއަކަށް ކިއާރާ އާއި ކިޔާންގެ މަންމަ ދެމީހުންނާއި ދިމާވެފައި ނުވެއެވެ. އެހެން ކަމުން އެހާ ކުއްލިއަކަށް ކިއާރާ ފެނުމުން ކޮންމެވެސް ވަރަކަށް ނުތަނަވަސް ވާގޮށްވެސްވިއެވެ. އެހެނަސް އެކަން ނުދައްކާވޭތޯ އެލިނާ މަސައްކަތް ކުރަމުން ކިއާރާއާ ވާހަކަ ދައްކަން ފެށިއެވެ.
ކިޔާންތޯއެވެ. ކިއާރާ އެލީނާ ކާރިއަށް ހުއްޓުނު ކިއާރާ ފެނުނީޢްސުރެ އޭނަ އޭނީ ނޭވާ ހިފަހައްޓާލާއިގެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް އޭނަ އެވަގުތު އިނީ ހާސްވެފައިއެވެ. ކިއާރާ އޭނަގެ ސިއްރު އެލިނާއަށް އަންގަފާނެތީ ހާސް މިވަނި އެޔެއް މިޔެއް ބަލާފައިއެއް ނޫނެވެ. ނުބުނާނެ ކަމަށް ވައުދު ވި ނަމަވެސް ކިއާރާއަށް އިތުބާރު ކުރުމަކީ މިދުވަސް ކޮޅު އޭނާއަސް ކުރަން ނުހަނު އެހަ އުނދަގު ކަމެކެވެ. ކޮއްކޮަައަށް ވިޔަސްމެއެވެ. އެލިނާއާއި އޭނަ ގުޅެން ކިއާރާ އެދޭ ވަރު އޭނައަކަށް އޮޅިފައެއްނެތެވެ. އެ އެދުން ހާސިލް ކުރަން ކިއާރާ އޭނައަށް ވެފައިވަ ވައުދު އުވާލަާކަށްވެސް ފަހެއް ނުޖެހެނޭއެވެ. މިހާރުވެސް މަންމައަށް ވުރެން ބޮޑަށް އެލިނާއަށް ހުރިހާ ހަގިގަތެއް ކިޔާއިދީ އަލުން ގުޅެން ބަރު އަޅަނީ ކިއާރާއެވެ. ކިޔާން މަންމަ ފެނޭތޯ ނަޒަރު ހިންގައިލީ މަންމަ އައިސް ކިއާރާ ދުރަށް ގެންދާނެ ކަމުގެ އުއްމީދުގައިއެވެ. އެހަނަސް މަންމަ ގެ ހިލަމެއް އެއްވެސް ދިމާލަކުން ނުވިއެވެ ފަހަރެއްގައި މަންމަވީ އީޝަލް މެންނައެކިއޭ ކިޔާން ގެ ހިތަށް އެރިއެވެ.
” އެލި އަހަރެން ބޭނުން މުހިއްމު ވާހަކައެއް ދައްކަލަން ކެން ޔޫ ސްޕޭރ މީ ސަމް ޓައިމް ؟” ކިއާރާ އެދުނެވެ. އެލިނާ ފޯނުން ގަޑި ބަލާއިލަމުން އެއްބަސް ވީ ޕާޓީ ފެށެން އަދި ފަނަރަ ވަރަކަށް މިނެޓު އޮތުމުންނެވެ. ދެއަންހެންކުދިން ހޯލު ދޮކޮށް ބެރަށް ނިކުމެލީ ކިއާރާ ތަންކޮޅެއް ހަމހިމޭން މަާހައުލަކަށް އެވަހަކަ ދައްކާލަން ދާން އެދުމުންނެވެ.
ކިއާރާމެން ހޯލު ދޫކޮށްދާ މަންޒަރުފެނުމުން އެްމެފަހުން ކެތްނުކުރެވިގެން ގޮސް ދެއަންހެން ކުދންގެ ކުރިމައްޗަށް އެރީ އެލީނާއަށް އޭނަ ފެނުނުނަސް ވަރިހަމަ އޭހިތާއެވެ. ” ކިއާ….. ދޮންބެ ކިއާ ނުފެނިގެން ހޮދާތާން ކިހާ އިރެއް…..އާދެބަ ދޮންބެއާ އެކީ…. ” ހިތާ ދެކޮޅަށް އެލީނާ އެއީ އެތާ ހުރި މީހަކަށްވެސް ނަހަދާ ކިޔާން ކިއާރާގެ އަތުގަ ހިފައގެން އެލީނާއާ ދުރަށް ދިޔައެވެ. ކިޔާން އެ އަޅާލުން ކުޑަކަމުން އެލީނާގެ ހިތް ކުދިކުދި ވިއެވެ. އެހެނަސް އެއްވެސް ކަމެއް ނުވަކަމަށް ހެދި ހިނުތުނވެލާއިގެނ ހުރީ އޭނާގެ ސަަބަބުން އެކުވެރިޔާގެމި އުފާވެރި ރޭ ހަރާބު ވާން ނޭދޭތީއެވެ.
*** *** *** ***
އަށެއް ޖެހިއިރު މިރަން ހުރީ ދަރުބާރުގޭގައެވެ. އޭނާއާއެކީ ދެފަރާތުގެ އާއިލާ މެމްބަރުންނާއި ގާތް އެކުވެރިން ތިއްބެވެ. އަންހެން ވެރިން ރަތްކުލާއިގެ ހެދުމާއެކީ ބައެއް މީހުން ތިބީ ކްރީމް ކުލައިގެ ޝޯލްއާޅާއިގެންނެވެ. ފިރިހެންވެރިން ލާފައި ވަނީ ކޮރީމް ކުލައިގެ ގަމިހާއެކު ކަޅު ސްކިނީއެވެ. ބެއެއް މީހުން ތިބީ ރަތް ކުލައިގެ ޓައި އެއް އަޅާއިގެނެވެ. އެހެން މީހުންނާއި ހިލާފަށް މިރަން ލާފައިވަނީ ކްރީމް ކުލައިގެ ކޯޓު ފަޓުލޫނެކެވެ. އެތެރެިން ހުދު ކުލައިގެ ގަމީހެއް ލާފައިވާ އިރު އަޚާފައިވަނި ރަތް ކުލައިގެ ޓައިއެކެވެ. ކޯޓުގެ ޖީބަށް ރަތް އަދި ހުދުކުލައިގެ މަލުން ހަދާފައިވާ އެއްޗެއް ޖަހާފައިވާއިރު ކިތަންމެހާވެސް ނަލައެވެ.
މާ ލަސްތަކެއްނުވެ. އެލީނާއާއި މިޝްކާމެންނާއެކީ ހޯލްތެރެއަށް ވަދެގެން އާއި އީޝަލް ފެނި މިރަންގެ ލައިލައި ހުރި ނޭވާ ކަރުގައި ތާށި ވީހެން ހީވިއެވެ. ހުދު ކުލާއިގެ ބޮޑު ކައިވެނި ހެދުމުގައި އީޝަލް ހީވަނީ ސާދަ ވިލޭރޭގެ ހަނދުހެންނެވެ. އެހާވެސް މިރޭ އޭނާގެ އީޝަލް ރީއްޗެވެ. ތުންފަތުގައި ރަތްކުލަ ޖައްސާލެވިފައިވާ އިރު އެ ރީތި ދެލޯލުގައި އަޅާފައިވާ އަނދުނުގެ ސަބަބުން އިތުރަށް ރީތި ކަމަށް ދައްކައެވެ. މަސްކަރާގެ ސަބަބުން އެ ދިގު އެސްފިޔަތަށް އިތުރަށް ދިގުކަމަށް ދައްކައެވެ. މިރަން އެންމެ އުފާވީ އެރެއަށްޓަކާއި އީޝްލް ބުރުގާ އެޅުމުންނެވެ. ބުރުގާ އެޅުމުން އެ ސޫރައަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދޭ ކަމަށް އެ ހިތް ބުނެލިއެވެ.
އިޝަލްގެ ދެފަރާތުގައި އޭނާގެ މަންމައާއި ބައްޕަ ތިއްބެވެ. އެލީނާގެ އިތުރުން އީޝަލްގެ ދެބެންގެ ދަރި ޒީވާ ފަހަތުން ހެދުމުގެ ފަސްބާއިގައި ހިފާއިގެން ތިއްބެވެ. އީޝަލްމެން ގޮނޑީގައި ހަމަޖެހިލުމާއެކީ ކައިވެނި ކޮށްދޭން ފެށިއެވެ.
” އަނބި ގަބޫލު ކޮށްފިން ” މިރަން ގެ ދުލުން ނިކުތް މިދެ ލަފްޒު އަޑުއިވުމާއެކު އީޝަލް އަށް ލޯމަރާލެވުނީ ހިތަށް ލިބުން ފިނިކަމަކުންނެވެ. ދެލޮލަށް ޖަމާވާން ފެށީ އުފާވެރިކަމުގެ ކަރުނައެވެ. އީޝަލްގެ މަޑު އަތްތިލާގައި މިރަން މަޑުމަޑުން ހިފާލިއެވެ. އަދި ލޯތްބާއެކީ އެ ކަރުނަތައް ފޮހެލަމުން ދެ ފަރާތަށް ބޯހޫރުވައިލީ ނުރޯށެ ބުނާ ފަދައަކުންނެވެ.
” ތެންކިޔު ” ކަރުނާއިގެ ތެރެއިން ހިނިތުންވެލަމުން އީޝަލް ބުނެލިއިރު އަނގައިން އަޑު ވެސް ނިކުތީ ކިރިޔާ އިވޭވަރަށެވެ. ކައިވެނި ކޮށްދީ ނިމުމާއެކީ އެންމެ ފުރަތަމަ އީޝަލްގެ ގާއިގަ ބައްދައިގަތީ އެލީނާއެވެ.އެއަށްފަަހު ޔާސިރު މެންގެ ދެމަފިރިންނެވެ.
ކިޔާން ދެކެ ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް މަރުހަބާ ކިޔުމުން ހިނިތުންވެލީ އެއީ ބޭބެއަކަށް ވީތީއެވެ. އޭނާއަކީ ކިޔާން ކުރި ކުށުގެ ސަބަބުން އާއިލީ ގުޅުން ކަނޑާނެހާ ހިތްހަރު މީހެއްނޫނެވެ. އެހެން ނޫނަސް އެއީ އޭނާ އަބަދު ވެސް އެންމެ ލޯބިވި ބޭބެއެވެ. އޭނާގެ ތޮއްތިއެވެ . ލޯބިވާ ބޭބެ ދެކެ ރުޅިއައިސް ހުނަނާނީ ކިހިނެތް ހެއްޔެވެ؟
މިރަން އީޝަލްގެ އަތުގައި ހިފާއިގެން އެމީހުން ތިބެން ހަމޖެހިފައިވާ ތަނަށް ހުއްޓުނެވެ. އެވަގުތަކީ މެހެމާނުންތަށް މަޑުމަޑުން ޕާޓީއަށް އަންނަން ފެށި ގަޑިއެވެ. ފަހަރަކު ބައެއް އައިސް އީޝަލްމެންނަށް މަރުހަބާ ކިޔާ ހެޔޮދުއާކޮށްދީ ހަދިޔާގެނާއި މީހުން އެ އެއްޗެހި ދީ ހަދަންފެށިއެވެ. އެންމެން ވެސް އެ ރީތި ރޭގެ ހަނދާނަކަށް އީޝަލްމެންނާއެކީ ފޮޓޯނެގިއެވެ. އިޝަލްމެން ގާތު ހުއްޓިލާއިގެން ހުރި އެލީނާ ގާތު ޒީވާ އެދުނީ އޭނާއާއެކީ ގިވް އަވޭޒް ތަށް ހޯލަށް ވަންނަ ދޮރު ކާއިރި ބެހެއްޓިފައި ހުރި މޭޒު މަތީގައި އަތުރަން އެހީވެދޭން އައުމަށެވެ.
އެލިނާ ޒީވާއެކޭ އެއްވަތަށް އެ މަސައްކަތުގައި އުޅެނިކޮށް އެއްލި ކަޅިއަކުން ފެނުނު މެންޒަރުން އެހިތް ފިސްފިސްވި ފަދަ އިހުސާސެއް ކުރެވުނެވެ. ހިނދުކޮޅެއް ތެރޭގައި އެ ރީތި ދެލޯ ފުރި ބަނޑުން ވާން ފެށީ ވޭނީ ކަރުނައިންނެވެ.
ނުނިމޭ
One Comment
Comments are closed.

mi vaahaka feshigen kiyeyne gotheh nei tha..