Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ތިޔަލޯބިން ހިތް ފުރިއްޖޭ..
ލޯބި

ތިޔަ ލޯބިން ހިތް ފުރިއްޖޭ…. (5)

Nym Level 110 Stories
July 24, 2020 One Min Read
13 Comments

“އެގެން ބޭނުންތަ…. އެހެންވެއްޖެއްޔާ އަޑުއަހާ…. ޝީ މީންސް ދަ ވޯލްޑް ޓުމީ…. އަހަރެންގެ އުފާ .. ހިހަމަޖެހުން އެއީ… އަހަރެންގެ ދަރިފުޅުގެ މަންމައެއީ.. ގޭގެ ރޫހު އެއީ… އިތައުޓް ހާރ މައި ލައިފް އިޒް އިންކޮމްޕްލީޓް… އައި ލަވް ހާރ… އަހަރެންކައިރީގަ އޭނަނެތް ދިރިއުޅުމެއް އަހަރެން ބޭނުމެއް ނޫން…..ސާފުވެއްޖެ… ” އިޝާ ދެލޯބޮޑުކޮއްގެން ބަލަން ހުއްޓާ ޔުސްރާގެ އަތުގައި ހިފައިގެން ހައިކަލް ފިހާރައިން ނުކުމެގެން ދިޔައީއެވެ.

ގެއާހަމައައް ދެވެންދެން ކާރުގައި ވީ ހިމޭންކަމެވެ. އެއްވެސް އިންޒާރަކާ ނުލާ ވާރޭވެސް އޮއްސާލީއެވަގުތުއެވެ. ކާރުން ބޭރައް ނަޒަރު ހުއްޓާލައިގެން ޔުސްރާއައް އިދެވުނެވެ. އެވަގުތު ސިކުޑީގައި އެބުރެމުން ދިޔައީ ދެންމެ ހައިކަލް ދެއްކި ވާހަކަތަކެވެ. ހައިކަލް އެވަގުތު އެހެންބުނީ އައިސްފައި ހުރި ރުޅީގައި ބާއޭ ނޫނީ އެއީ ހަމަ ހަގީގަތްބާއޭ ހިތައް އެރިއެވެ. ގެއާއި ހަމައާއި ދެވުން އިރުވެސް ޔުސްރާއަށް އެކަން އިހުސާސް ނުވިއެވެ.

“ޔުސްރާ…. ނުފައިބާނަންތަ؟؟” އިރުކޮޅަކު މަޑުން ޔުސްރާއައް ބަލަން އިނުމައްފަހު ހައިކަލް ޔުސްރާއަށް ގޮވާލީ ޔުސްރާ ކާރުން ނުފައިބާ އިނުމުންނެވެ.

ހައިކަލް އާއި ދިމާއަށް ބަލާލުމައްފަހު އަވަސްއަވަހައް ޔުސްރާ ކާރުން ފައިބައިގެން ގޭތެރެއައް ވަދެގެން ދިޔައެވެ. ގޭތެރެއަށް ވަދެވުމާއެކު އަވަސްއަވަހަށް ޔުސްރާ ހިގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ޔުސްރާއަށް ދެވުނީ ކޮޓަރީގެ ދޮރާހަމައަށެވެ. ހައިކަލް ޔުސްރާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެވަގުތު ޔުސްރާއަށް ހީވީ ހިތުގެ ތެޅުންވެސް ހުއްޓުނުހެންނެވެ.

“ޔުސްރާ … އަހަރެން…. ” ހައިކަލްއަށް ވާހަކަ ދައްކަން އުދަގޫވިއެވެ. ޔުސްރާ މަޑުމަޑުން ޔުއާންއާއި ދިމާއަށް އެބުރުނެވެ. ނަމަވެސް އިސްއުފުލާ ހައިކަލްގެ މޫނައްބަލާކަށް ނުކެރުނެެވެ.

“އައި އޭމްސޮރީ…” ލޯ މަރާލަމުން ހައިކަލް ބުނެލިއެވެ. އެއާއެކު ޔުއްރާގެ އަތުގައި ހިފަހައްޓާފައިވާ އަތްވެސް ދޫކޮއްލިއެވެ. ޔުސްރާގެ ހިތް ކުދިކުދިވިއެވެ. ހިތުގައި ރޯވި އުންމީދުގެ ހުޅުކޮޅުވެސް ނިވުނެވެ. އިސްއުފުލާ ހައިކަލްއާއި ދިމާއައް ބަލާލިއިރު ޔުއާން ހުރީ އޭރުވެސް ލޯމަރާލައިގެންނެވެ.

“ނޫން…. ހައިކް ނުޖެހޭނެ މާފައް އެދޭކައް…. އެއީ މައްސަލައެއް ނޫނެއްނު….. އެވަގުތު ރުޅިއައިމަ އެހެން ބުނެވުނީ…” އަވަސްއަވަހައް ލޮލުންއައި ކަރުނަތައް ފޮހެލަމުން ޔުސްރާ އުޅުނީ ކޮޓަރިއައް ދެމިގަންނާށެވެ.

“ވެއިޓް…. އަސްލުވެސް ނާދޭތަ ރުޅިއެއް… ” ހައިކަލް އަނެއްކާވެސް ޔުސްރާ ހުއްޓުވިއެވެ.

“ނާދެއޭ ރުޅިއެއް… އަހަރެން ކީއްކުރަން ހައިކް ކައިރީގަ ދޮގުހަދަންވީ؟؟؟” ޔުސްރާ ތުންފަތްމައްޗައް މައުނަވީ ހިނިތުން ވުމެއ ވެރިކުރަމުން ހައިކަލްއާއި ކުރިމަތިލިއެވެ.

“ޔޫ އާ ކްރައިން… ވަރައް ހާޓްވެއްޖެ ދޯ…” ޔުސްރާގެ ފެންކަޅިވެފައިވާ ލޯ ފެނުމުން ހައިކްލްއަށް އަމިއްލަ ނަފުސު ކުއްވެރިކުރެވުނެވެ. ހިން ދިރުވާލުމައްވެސް އުދަގޫވިއެވެ. ޔުސްރާއައް ބޭ ހޫރާލެވުނެވެ. އަގައިން ބަހެއް ނުބުނީ އަގަހުޅުވާލާ ތަނުންވެސް ރޮވިދާނެހެން ހީވުމުންނެވެ.

“ފައިން ދެން… އަދެބަލަ ބޭރައް… އަހަރެން ބޭނުން ވާހަކަ ދައްކަން …ޕްލީޒް” މިވަގުތު ޔުސްރާ އެކަނި ދޫކޮލާކައް ހައިކަލްގެ ހިތް އެއްބަސް ނުވިއެވެ.

އެއްވެސް ދެކޮޅުހެދުމެއްނެތި ޔުސްރާ ބޭރައް ނުކުމެ ސޯފާގައި އިށީދެލިއެވެ. ހައިކަލްއައް ހީލެވުނެވެ. މިއަދާ ހަމައައް ހައިކަލް އެއްވެސް ކަމަކަށް ޔުސްރާ ދެކޮޅު ހަދާފައެއް ނެތެވެ.

“އެއްޗެއް އަހާލަންތަ؟؟” ޔުސްރާ ކައިރީގައި އިށީންނަމުން ހައިކަލް އަހާލިއެވެ. ޔުސްރާ ދެންވެސް ޖަވާބުދިނީ އިޝާރާތުންނެވެ.

” މިރޭގަ އަހަރެން އިޝާއާއި ދެއްކިވާހަކަ….” ހައިކަލް ވާހަކަދައްކަން ފެށިއެވެ.

“ޔުއާން ލެޓްސް ނޮޓް…. އެހެން ވާހަކައެއް ދައްކަންވީނު…:” ހައިކަލް ވާހަކަ ދައްކަންފެށުމުން ޔުސްރާއަށް ބުނެވުނެވެ. އެވާހަކަތައް އަލުން އަޑުއެހުން ޔުސްރާއަށް ފަސޭހައެއް ނުވާނެއެވެ.

“އެއީ ހަގީގަތެއް ވެއްޖެއްޔާ….” ސީދާ ޔުސްރާގެ ލޮލައް ބަލަންއިދެ ހައިކަލް އަހާލިއެވެ. ޔުސްރާ އަށް ހައިރާންވެފައި ހައިކަލްއަށް ބަލާލެވުނެވެ.

“ހައިކް …. ޕްލީޒް ތިކަހަލަ ސަމާސާ ….” ޔުސްރާއަށް އިސްޖަހާލެވުނެވެ.

“ނޯ ޔުސްރާ…. އައި އޭމް ނޮޓް…..އެވަގުތު އަހަރެން ދެއްކި ކޮއްމެ ވާހަކައެއް އެއީ އަހަރެންގެ ހިތުގެ އަޑު…. މިހުރިހާ ދުވަހު ހިތުގަ އެކަން ފޮރުވައިގެން އަހަރެން ހުރީ… އެކަމަކު ދެން….” ސޯފާއިން ތެދުވެ ޔުސްރާގެ ކުރިމަތީގައި ހައިކަލް ކަކޫ މައްޗައް ތިރިވިއެވެ.

” އެކަމަކުހައިކަލްް އަހަންނާ ހައިކަލް…” ޔުސްރާއިނީ އިވެމުން ދިޔަ ވާހަކަތައް ގަބޫލުކަރަން ދަތިވެފައެވެ.

“ވަޓް…. އަހަންނަކައް ތިއައްވުރެ ރަނގަޅު ލައިފްް ޕާޓްނާއެއް ނުލިބޭނެ… ހައިއްކޮ އަކައް ތިއައްވުރެ ރަނގަޅު މަންމަ އެއް ނުލިބޭނެ…. އަކަމަކު މިކަމުގަ އެންމެ ފަހު ގޮތް ނިންމާނީ ޔުސްރާ… ޔުސްރާގެ ކޮންމެ ނިންމުނަކަށް އަަހަރެން ރެސްޕްކްޓް ކުރާނަން…. ބްޓަ ރިމެމްބާރ ވަން ތިންގް… އައި ލަވް ޔޫ… އެންޑް އައި މީން އިޓް…” ހައިކަލް ދައްކަން ބޭނުން ވި ހުރިހާ ވާހަކައެއް ދެއްކުމައް ފަހު ތެދުވެގެން ދާން ހިގައިގަތެވެ. ނަަމަވެސް ޔުސްރާގެ އަޑު އިވުމާއެކު ފައިގައި ހީވީ ނުފެންނަ އަތަކުން ހިފެހެއްޓިހެނަނެވެ.

“އަހަރެން ގެ މުޅި ހަޔާތް މިހަރު ދައުރުވަނީ ހައިކް އާއި ހައިއްކޮގެ ވަށާ…. އަހަރެން ގެ މިހާ ތިދެމީހުންނޫން އެތުރު އެއްވެސް މީހެއް ނެތް… ފުރަތަމަ މިގެއައް އައި ދުވަހު ހައިކް އަާއިމެދު ހިތުގަ ހަމްދަރުދީ އުފެދުނު… އެ އިހުސާސް ލޯތްބައް ބަދަލުވީ ކޮންއިރަކު ކަމެއް އަހަންނަކައް ނޭގޭ… ހައިކް ދެރަވެފަ ހުންނަތަން ފެންނަ ކޮންމެފަހަރަކު މިހިތުގަ ހާދަ ވޭނެއް އަޅައޭ…. އެކަމަކު މިހެއްގެ ފިރިއަކަށް އަހަރެން ގެ ހިތް ދެވުނީމަ އެކަން ސިއްރުކުރަން އަހަންނަށް މަޖުބޫރުވީ…… އެހެންނޫނަސް އަހަރެންގެ ސިކުޑި އަހަންނައް ވިސްނާދިނީ އަހަންނާ ހައިކް އާއި އަރާ ހުރި ފަރަގު…. ދުވަހަކުވެސް އަހަރެން ހައިކްއާއި ގުޅުންއެއީ ނުވާނެ ކަމެއްކަން އަހަރެން ހުރީ ގަބޫލުކޮއްގެން… އަަހަރެން ނައް ހައިކްއާއި ނުލާ ދިރި ނޫޅެވޭނެހާވަރައް ހައިކް ދެކެ ލޯބިވެވިފަ ވީއިރުވެސް އެކަން އަހަރެން ސިއްރުކުރިން… އެކަމަކު މިރޭ އިޝާގެ ކުރިމަތީގައި ހައިކް އެގޮތައް ވާހަކަ ދެއްކީމަ އަހަރެންގެ ހިތައް ވަރައް އަސަރުކުރި… އަހަރެން … އަހަރެން ހީކުރީ ހައިކް އައިސްފަ ހުރި ރުޅީގައި ކީ އެއްޗިހިކަމައް އެއީ…. ދެން ގެއައް އައިސް މާފައް އެދުނީ…. ޔެސް ޔޫ ހޭވް ހާޓް މީ… ބަޓް އައި ލްވް ޔޫ… މިދުނިޔޭގައިވާ ހުރިހާއެއްޗަކައްވުރެ ބޮޑައް… ހައިކް ދުވަހަކުވެސް އަހަރެން ދޫކޮއްފަ ނުދައްޗޭ.. އަހަރެން މޮޔަވާނެ…” ޔުސްރާ ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ. މޫނުމަތީގައި އަތް އަޅާލަމުން ޔުސްރާ އައް ރޯން ފެށުނެވެ.

” ދުވަހަކުވެސް ނުދާނަން….” ޔުސްރާގެ އަތުގަ ހިފާ ނަގަމުން ހައިކަލް ޔުސްރާގައިގަ ބައްދާލިއެވެ. ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިބީ ދުނިޔޭގައިވާ ހުރުހާކަމެއް ހާދަން ނައްތާލަމުން ނެވެ.

“ބައްޕީ…..” ސިހިފައި ދެމީހުންނައް ދުރައް ދެވުނީ ކައިރިން އިވުނު ހައިޝާގެ އަޑުންނެވެ.

“ޔުސްތާ…. ނިދަން…” ޔުސްރާގެ ފައިގާ ހައިޝާ ބައްދާލިއެވެ.

“ޔުސްތައެއް ނޫން… މަންމި….” ހައިޝާ އުރާލަމުން ޔުސްރާ ގަޔާ ކައިރި ކޮއްލަމުން ހައިކަލް ކޮޓަރިއާއި ދިމާއައް ހިގައިގަތެވެ.

އެމީހުން ދިޔަ ދިމާއަށް ބަލަން ހުރި ޖެނީއައް ހީލެވުނެވެ. އެއްވެސް މީހެއްގެ އެސްފީނާއެއް ހައިކަލް އާއި ޔުސްރާގެ އުފާވެރިކަމައް ނޭޅުމައްއެދި ދުއާކުރެވުނެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

ޝަހަރު 24ވަނަބައި

Next

އައިނާ (2) 16

Next
July 24, 2020

އައިނާ (2) 16

Previews
July 24, 2020

ޝަހަރު 24ވަނަބައި

13 Comments!

  1. No one says:
    July 24, 2020 at 3:03 pm

    Story nimuny tha??

    1. Nym says:
      July 26, 2020 at 7:38 pm

      Yes

  2. Laalu says:
    July 24, 2020 at 3:32 pm

    Nym darling fahu baithr…. v reethi mashaa allah…❤❤

    1. Nym says:
      July 26, 2020 at 7:32 pm

      Yah .. nimuny… Sorry ehen jahaanulevi inyma

  3. ?? says:
    July 24, 2020 at 3:33 pm

    Nice ..dhen mi story nimuneetha ??

    1. Nym says:
      July 26, 2020 at 7:32 pm

      Yes

  4. Dhon goma says:
    July 24, 2020 at 7:20 pm

    kihinehtha mivaahaka up koffa mi onnanee ehbai fennanee nuves kiey alhe rangalhu kohdheebala kureege partves hama mihen

    1. Nym says:
      July 26, 2020 at 7:33 pm

      Neygey kyhve vaa gotheh kameh… I can see the full story..

  5. Anonymous says:
    July 25, 2020 at 9:20 am

    Kihineh miothy up kohffa???

  6. Aaiksh says:
    July 25, 2020 at 7:00 pm

    Baeh kudhin eba buney ehbai nufennna vhk… alhugadah ehkoh feney mibuni vakibaeh cut vefa in heneh hiyeh nuvey…. ekmvx nimun thw noon thw vx jahaafaka neh … nimuny nujahanyaa beleveni ithurah baeh othykamah…author mikan saaf kohladhehvan vee noon thw…

    1. Nym says:
      July 26, 2020 at 7:36 pm

      This is the last part… Sorry ehen jahaa nulevi inyma…. Insha Allah will upload a new story soon…

  7. Maya says:
    July 26, 2020 at 11:35 am

    Mashaa Allah varah mi part ves varah reethi. But vaahakaige ehbai nufene

  8. Nym says:
    July 26, 2020 at 7:38 pm

    Thank u all for the comments and likes .. ?? will upload a new story soon

Comments are closed.



All Right Reserved!