Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 17

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 21, 2020 4 Mins Read
45 Comments

“ސަމީރު!.. އަހަރެން… އަހަރެން އިންނަން މިއުޅެނީ..” އަފީފާއަށް ބުނެވުނީ އެހިސާބަށެވެ. އަފީފާގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ ސަމީރަށް ގޮވަމުން މާލިކް ދުވެފައި އަންނަ އަޑުއިވުމުންނެވެ.

“މާފްކުރޭ! ދަރިފުޅުވެސް އަންނަނީ.. މިހާރު ވަރަށް އިރުވެއްޖެދޯ މި އަންނައުނު ތައްވެސް އަޅުވައިން ހުންނަތާ. އަފީފާއަށް މަނާވެފަ ނެތިއްޔާ މިރޭ އަހަރެން ތިވާހަކަތައް އަޑުއަހާލަން ދިޔަސް އެންމެ ރަނގަޅުތަ؟” ސަމީރު އަހާލިއެވެ.

“ނޫން. ތިކުދިންކޮޅު ގޮވައިން އުޅޭއިރު ސަމީރަށް ދެން ކިހާ އުނދަގޫވާނެ… އަހަންނަށް ކަމެއް މަނާކުރާނެ މީހަކު ނެތް. އަހަރެން އައިސްފާނަން ކުދިން ނިދާހާއިރު ކޮށްފަ. މާލިކް އައުމުގެ ކުރިން އަހަރެން ދަނީ.” އަފީފާ ހެދުމުންނާ މޫނުމަތިން ފެންތައް ފޮޅަމުން އެގެއިން ނުކުތެވެ.

“މޫސާ! ވާހަކައެއް ބުނަން މިއައީ.. ފެނިއްޖެ ވަރަށް ރީތި ހެދުންކޮޅުތަކަކާ ގަމީހާ ފަޓްލޫނު ކަހަލަ އެއްޗެސް ހުރި ފިހާރައެއް. އަހަރެން ބޭނުން މިދެކުދިންނަށް އަނެއްކާވެސް ރީތި އެއްޗެސް ހޯދައިދޭން.” މޫސައާ ފާއިދު ޢިޝާ ނަމާދުކޮށް ނިންމާލުމާއެކު ސީމާ ބޭނުންވާގޮތް މޫސާ ގާތު ބުނެލިއެވެ.

“ސީމާއަށް ނޭނގޭނެދޯ ތިބުނާ ފިހާރަ އިންތަން ކިޔައިދޭންވެސް މިހާރު. ހެހެ.” ބޮލުގައި އަޅާފައިވާ ތާކިހާ ނަގާ މޭޒުމަތީ ބާއްވަމުން މޫސަ ބުނެލިއެވެ.

“ނޫން. ޕާރޓީ އޮތީ އެގޭ ތިންވަނަ ބައިގަ. ފިހާރަ އެއީ ހަމަ އެންމެ ތިރީގަ ކުއްޔަށް ދީފައޭ އެގޭ މީހުންބުނީ. މިހާ ފަސޭހައިންނު ދެން ފިހާރަ ހުރިތަން އަހަންނަށް ދަސްވާނީ” ސީމާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

“ދައްތާ! ދައްތަމެންނަށް އެނގޭތަ؟ އަހަރެން މަންމަ ކައިރި ބުނަން ޢީދަށްވެސް ރީތި އެއްޗެސް ލާހިއްވޭ. އެކަމަކު މަންމަ އަބަދުވެސް ބުނާނެ ރުފިޔާއެއް ނުހުރެޔޭ.. ހަނދާން ވަނީވެސް އެންމެ ޢީދަކަށް ރީތި އެއްޗެއް ލެވުނީ. ވަރަށް ކުޑައިރު. އެއީ މާއޫ ގަނެދިންއެއްޗެއް.. އެކަމަކު އަބަދުވެސް މަންމަ ހުންނާނީ ވަރަށް ރީތި ހެދުން ލައިން. ރައްޓިހިންނާއެކީ ގޮސް ހެދުން ގަންނާނެ ވަރަށް ގިނައިން. ޝާމް ކޮއްކޮއަށް އަބަދުވެސް ލައްވާނީ ރައްޓެހި މީހުން ދީފަހުންނަ އެއްޗެސް. ގިނައެއްޗެސް ހުންނާނީ ވަރަށް ހަޑިކޮށް” މުޞައްލަ އޮޅާލަމުން ފާއިދު ވާހަކަ ދެއްކިއެވެ.

“އެހެންތަ؟ އަޅާނުލާ.. އެކަން އެޔޮތީ ނިމިފަ. ފާއިދު އަބަދުވެސް މިގޭގަ ލާންވާނީ ރީތި އެއްޗެސް. ދައްތަމެނަށް ހިޔެއް ނުވޭ ފާއިދަކީ ފާއިދު މަންމަ ބުނާހާ ގޯސް ކުއްޖެއްހެން.
ގައިމު މިގޭގަ ތިއުޅެނީ ކިހާ ބަސްއަހައިން ދޯ؟” ސީމާގެ މޭގާ ފާއިދު ޖައްސާ ބައްދާލަމުން ވަރަށް ލޯތްބާއެކު ބުނެލިއެވެ.

“އެކަމު އެބަޖެހޭ ކަމެއް ރަނގަޅު ކޮށްލަން… މޫސަބެޔާ ފާއިދު މިސްކިތައް ދެން ދާންވާނީ ހުރިހާ ނަމާދަކަށް.” ސީމާ ބުނެލިއެވެ.

ދެކުދިން ނިންދެވުމަށްފަހު ބޭރުގައިވާ ބޮޑު އުނދޯއްޔަށް ސަމީރު ނުކުތެވެ. އެބޮޑު އުނދޯލީގެ އެއް ވާފަށުގައި ދެއަތުން ހިފަހައްޓާލައިގެން އަފީފާ އިންއިރު އޭނާގެ ބޯވަނީ ދެއަތުގެ މަތީގައި ބާއްވާލާފައެވެ. ހީވަނީ ފިކުރެއް ކުރަމުންދާހެނެވެ. ސަމީރުގެ އެއްފައިން ގޭގެ އޮޅިގަނޑުގައި ވަރަށް ބާރަށް ޖަހާލި އަޑަށް އަފީފާ ސިއްސައިން ގޮސް ބަލައިލިއެވެ.

“ކޮންއިރަކު އައީ؟… މާފުކުރާތި! ނުނިދާ އިނދެ ބަލަމުންދިޔަ ހުވަފެނަކުން ހޭލައްވާލަން ޖެހުނީތީ!” އުނދޯލީގައި އިށީންދެ އެއްބުމަ އަރުވާލަމުން ސަކަ ގޮތަކަށް ހިނިއައިސްފާ އިނދެ ސަމީރު ބުނެލިއެވެ.

“ހެހެ.. ހުވަފެނެއް ނުބަލަމޭ.. ކިތަންމެ އިރެއް އައިސް އިންނަތާ.. އަން! މިއޮތީ ހަދިޔާއެއް. އެކަމު ތިބަލާނީ ފަހުން އިނގޭ..” ކައިރީގައި އޮތް ކޮތަޅެއް ސަމީރު ކައިރިއަށް ޖައްސާލަމުން އަފީފާ ބުންޏެވެ.

“އަފީފާ މީހަކާ އިނުމުގެ ކުރިން އަހަރެން ބޭނުން ވާހަކައެއް ބުނަން. ކޮންމެހެން ވިޔަސް މިއަދު އަހަރެންގެ އެކަނިވެރިކަން އަފީފާއަށް ވަރަށް ރަނގަޅަށަވެސް އެނގޭނު… ރައްޓެއްސެއްގެ ހައިޞިއްޔަތުންވެސް ބަލައިގަންނާނެ މީހެއް މިއަދު އަފީފާ ނޫނީ ނެތް. ދެން އަފީފާ މީހަކާ އިނީމަ މިހެންވެސް އަހަރުމެންނަށް ވާހަކަ ދައްކާ ނުލެވޭނެތީ… އިނގޭތަ؟ މަންމަގެ އެއްވެސް އަޅާލުމެއް ދެން އަހަންނަށް ނުލިބޭނެކަމަށްވެސް އަންގައިފި.” ވަރަށް ހިތްވަރާ އެއްކޮށް ސަމީރު ބުނެލިއެވެ.

“އޭނ!!!..” އަފީފާ ސިއްސައިންދިޔައެވެ. ހަމައެވަގުތު ހައިރާންވެސް ވިޔެވެ. ލޮލާއި ލޯ ދިމާކޮށް ހަތަރުކަޅި ހަމަކޮށްލެވުނެވެ. ހިތުގާ އުފެދެންފެށި ހަމްދަރުދީގެ އޮއުވަރުތަކުން ގިނަ ސުވާލުތަކުގެ ބޮޑެތި ބާނިތައް އުސްވާން ފެށިއެވެ.

“އާނ! އަހަރެން މިހާލުގަ ޖެހިފަ ހުއްޓަވެސް މަންމަ އަދިވެސް ވިސްނާނުލަ. އަހަންނަކީވެސް ފިރެހެނެއް. އަންހެނެއްގެ ވަޒީފާ މިހެން އަދާކުރުމަކީ ހާދަ އުނދަގޫ ޒިންމާއެކޭ. އަދި އަހަންނަކީ ޒުވާނެއް.. އެކަމަކު ބަލާބަލަ އަހަރެންގެ ދިރިއުޅުން ބަދަލުވަމުން އައިގޮތް. މަންމައަކު ދަރިއަކު ދޫކޮށްލީމަ ލިބޭ ނިކަމެތިކަން އަހަންނަށް މިދަނީ އިހްސާސް ކުރެވެމުން…… އަފީފާ…! އަސްލުގަ އަހަރެންގެ ހިތަށްއަރާ އަހަރެންގެ ދިރިއުޅުން ގަލަމުން ލިޔެލަން އަހަންނަށް ލިބުން ނަމައޭ. އޭރުން އަހަރެން އަހަރެންގެ ދިރިއުޅުން، ލިޔެވެން އޮތް އެންމެ އުފާވެރިކޮށް ލިޔުނީމުސް… އެކަމު ކީއްކުރާނީދޯ؟ އިންސާނާގެ ގަލަމު ތުނޑަށްވެސް އެބާރު ލިބިގެންނުވޭނު. އަހަރެން ގަބޫލުކުރަން. އަހަންނަށް މިދިރިއުޅުން ދެއްކެވީ ﷲ.” ސަމީރުގެ ލޮލުގައި ވަނީ ފޮރުވިފައިވާ ސިއްރު ކަރުނަ ތިކިތަކެވެ. ވަފާތެރި ކަރުނަ ތިކިތަކެކެވެ. އެކަރުނަ ތިކިތައް އޭގެ މަގާމުން ބޭރުވިޔަ ނުދިނުމަށް ސަމީރު ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއެވެ.

“ސަމީރުގެ މަންމަ ތިހެން ހަދަންވީ ކީއްވެގެން؟ ތީނޫންތަ ހުރި ފިރެހެން ކުއްޖަކީވެސް. ތިހެން ހެދީމަ ތުގާ ކައިރިއަށް ދަނީވެސް ކިހިނެއް؟..” ހަމްދަރުދީގެ އެތައް އިހުސާސަކާއެކު އަފީފާ އޮޅުން ފިލުވަން ބޭނުންވިއެވެ.

“މަންމަގެ ވާހަކަވެސް ކިޔާދޭނަން. އެކަމަކު.. ތުގާ ކައިރިއަށް ދެން ނުދެވޭނެ. އިތުބާރު ނުކުރެވޭ މީހަކާ މިކުދިންވެސް ހަވާލެއް ނުކުރެވޭނެ. އަހަންނަށް ދެންއޮތީ އެންމެ ގޮތެއް… އެކަމަކު… މީހެއްގެ ހިތް ހަލާކު ކުރަން އަހަރެންގެ ހިތް އުފަލެއް ނުކުރާނަން… ދެންއޮތީ މީހެއްގެ ހިތް އުފާކުރަން އަހަރެންގެ ހިތް ހަލާކޮށްލުން.” ސަމީރު ބުނީ ވަރަށް މާނަފުން ބަސްތަކެކެވެ.

“ތިބުނީ ކައިވެނިކުރަން އެހެންވީމަ ކޮންމެހެންވެސް މަޖުބޫރުވީ ވާހަކަތަ؟” ސަމީރުގެ ލޮލަށް އަފީފާގެ ނަޒަރު ހުއްޓާލިއެވެ.

“ހައްހައްހާ!!!! މަޖުބޫރު ދެންވާނީ ތިވަރަކަށް އަފީފާ! ސަމީރަށް އެއުޅެނީ ނުވިސްނިގެން ސަމީރުގެ ފެންވަރު. އަފީފާ ތިހެން ސަމީރަށް އުނދޯލި ހެއްލާދެމުން އެންމެ ރަނގަޅުވާނީ ސަމީރަށް އޭނަގެ އަސްލު ސޫރަ ވިސްނާދިނިއްޔާ. ސަމީރަށްވެސް އިނގޭނެ އަފީފާމެން ނޫނަސް މަވެސް ސަމީރުދެކެ ވަރަށް ލޯބިވާކަން. އެހެންވީމަ އެހާވަރަށް އޭނައަށް ފާރަލާތީ މަދެކެ ވަރަށް ރުޅިވެސް އަންނާނެ. ހެހެހެ… ސަމީރަށް ނޭނގުނަސް މަގޭ ވަސްވާހުގެ އަސަރު ކުރާދުވަސް އަދި ފެންނާނެ…” ހަރުފައެއްހެން ވިހަލަމުން ދާންކަން ފަހުދު އަންގާލިއެވެ.

“ޗީ.. ދައްކާ ވާހަކަ. އެހެން މީހުންނޭ ކިޔަން ފަހުދުތީ ކާކު؟ ލަދެއް ނުގަނޭތަ ހިތައް އައިހާ އެއްޗެއް ކިޔާކަށް. މާ މާތް މީހަކަށް ވެގެން އައިސް ތިހުރެވެނީ އަހަރެންގެ ކުރިމަތީ.. އަހަންނަށް އިނގޭ ތީ އަރައިންހުރި ފައިވާނަށްވުރެވެސް ދަށު ދަރަޖައިގެ މީހެއްކަން. އަހަރެން ބުނާ އެންމެ ވާހަކައަކުން ފަހުދު މިތަނަށް ބޭޒާރުވެދާނެ… މި ސަމީރަށް އަޅާލާނެ މީހަކު ނެތަސް ފަހުދަށްވުރެ ރަނގަޅު އަޚްލާޤެއް އެބަހުރިތާ..”

ސަމީރަށް ކޮށްލި މަލާމާތުގެ ސަބަބުން އަފީފާއަށް ލޮޅުންއެރީ ކޮން އިރަކުކަމެއް ނޭނގެއެވެ. އުނދޯލިން ތެދުވެވުނު އިރެއް ޚުދު އަފީފާއަކަށް ނޭނގުނެވެ. ސަމީރުގެ ޖަޒްބާތުތަކާ ކުޅުނީ ފަހުދެވެ. އެހެންނަމަވެސް ސަމީރަށް ކުރަންޖެހޭ އަސަރެއް އޭގެ އެންމެ މަތީ ދަރަޖައިގައި އަފީފާއަށް ކުރީތީ ހައިރާންވެއެވެ.

“ހައްހާ! މަގޭ ކޮންވާހަކައެއް؟ އެހެންނޫނަސް ސަމީރޭ ބުނީމަ އަފީފާއަށް ހާދަވަރެކޭދޯ ތިވީ؟ މާސިއްރުން އިންނަން ތިއުޅެނީ މި ސަމީރާތަ؟” ފަހުދު ތުނބުޅީގެ އިސްތަށިތަކަށް ދަމާލަމުން ހެވިފައިހުރެ ބުންޏެވެ.

“އާނ!… އާނ! ތިބުނީ ރަނގަޅަށް. ސަމީރު ތާރީޚެއް ބުނަންދެން އަހަރެން މިކެތްކުރަނީ. އަހަރެން މިހުންނަނީ ސަމީރުގެ އިންތިޒާރުގަ. އަހަންނަށް އިނގޭ މިނޫނަސް ވަރަށް ގިނަފަހަރަށް ފަހުދު ތިގޮތަށް ބަހުގެ ހަމަލާތައް ސަމީރަށް ދީފިކަން. ބޭޒާރު ނުވަނީސް ހަމަ މިހާރު މިތަނުން ނުކުމޭ…” ރުޅިއައިސް ހިތްހަމަ ނުޖެހިފައި ހުރި އަފީފާ ފަހުދުގެ ކުރިމަތީ ހަތިޔާރު ބެހެއްޓީ ސަމީރުގެ ދިފާއުގައެވެ.

– ނުނިމެ –
ޮ
——————-*******——————–
ހުރިހާ ކިޔުންތެރިންނަށް އަޅުގަނޑުގެ ފަރާތުން ސަޕްރައިޒެއް !!?
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން 26 ޖުލައިވާ އާދިއްތަ ދުވަހު މިވާހަކައިގެ އިތުރު ޕާރޓެއް ގެނެސްދޭން ނިންމާފައިވާ ވާހަކަ ދަންނަވަން. ???
إن شآءالله
ޝަލީންގެ އުފާވެރިކަން، ކިޔުންތެރިންގެ ހިތްހަމަޖެހުން. ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ – 6

Next

ޝަހަރު 23ވަނަބައި

Next
July 21, 2020

ޝަހަރު 23ވަނަބައި

Previews
July 21, 2020

ނޭނގި ވެވުނީ ލޯތްބޭ – 6

45 Comments!

  1. Quin me says:
    July 21, 2020 at 8:27 pm

    hey shaleen
    Mi part hama v salhi.
    V surprise vejje sameer aa marry kuranney buneema. Ekam hithah arany ei anekkaa fahudhu hahdhaalan buni ehcheiibaaey. Gaimuves sameer aki mussanjei noon. Dhen anekkaa mivany kihinei baa??? Shaleen vaahaka liyaagothun guess Kiran emme undhagulee.
    Anyways mi part hama v habeys
    Good luck shaleen

  2. komasthey says:
    July 21, 2020 at 8:31 pm

    Aslu salhivey eba mivaahaka. Dhen v ufaavejje July 26 ga anekkaaves when part eh kiyaalan libeynethy.
    And dhen vaahaka ah bunelan othy mi fahudhuge konvaahakaehtha anekkaa afeefa e sorry kurany ?
    Afeefa marry kuraany alhe kaakaatha?
    Faaidhuge MAAU Aki anekkaa kaakubaa? Anekkaa aa character ehtha?
    Huss suvaalu adhives hehe
    Ekamves vaahaka hama v kiyaahihvey
    Thanks shaleen

  3. Dhaan says:
    July 21, 2020 at 8:33 pm

    Hi shaleen v dhuvas vejje dho comment eh nukureveythaa. Bz kamun hama. Sry v bodah. Ekamaku mivaahaka dho. Shaleenge liyuntherikan hama v saafukoh salhi. And vaahaka raavaalaafa hunna gothun hama vaanuvaaga adhives mi hureveny. Meehunge hihthah athulan shaleen ah v rangalhah ingey. Hehe
    Vaahakage anei part ah waiting ga

  4. Quin me says:
    July 21, 2020 at 8:35 pm

    Again.
    V ufaavehje vaahakaige ehn part eh v avahah kiyaalan libeynethee. Ekamah v bodah thanks.
    Love your work my most favrt author shaleen

  5. Shaleen says:
    July 21, 2020 at 8:39 pm

    Hi Quin me
    Thanks fr the comment. Ekam pending ga inyves
    Ya v suvaalu ginavejje dho anekkka mi partun
    Let’s c thibunihen afeefa Sameer aa innaney kiyaigen dhogu hedheetho. Alhe vaagoi balamaa.
    Dhen v bodah thanks shaleen ah support kohdhevvaathy.
    Thanks Inge Quin me??

  6. Shaleen says:
    July 21, 2020 at 8:43 pm

    Komasthey! Thanks ingey comment ah. Ekam iny pendinga hama. Ekamves ufaavejje cmnt inyma.
    Dhen so hingaa balamaa this suvaal thakuge javaab libemundhaane goi.
    Yes
    Afeefa ah ingey fahudhuge kommes sirrei dho.
    Dhen afeefa ekam Sameer A marry kuraanebaa?
    Dhen faaidhge MAAU Aki kaakubaa?
    Javaabthah hama huree kuriyah
    INTHIZAARU kollamaa

  7. Shaleen says:
    July 21, 2020 at 8:46 pm

    Hi dhaan!
    Keevebaa alhuganduge vaahakaige comments alhe pending ga hunnany.
    V dheravey ekamaa.
    Ekamves dhaan ah v thanks shaleenge liyuntherikamah bahei bunelaafa othyma.
    Dhen Hama bunelaany shaleen beynunvaakahala comments ey hama libeny dhaange faraathun. And bz vegen comment nukurevunas vaahaka kiyaaleemaves shaleen v hih hama jehey ingey??

  8. Shaleen says:
    July 21, 2020 at 8:49 pm

    Thanks Quin me ge dhevana comment ehves libifa ineema.
    And bunelaanee yess!
    Shaleen hama beynunvee surprise kollaafa ehn part eh genesdheyn readers ah .
    Hehe. Your welcome ? dear?

  9. Zimna says:
    July 21, 2020 at 8:56 pm

    Hey! Hows you?
    Outstanding storyeh.
    V ufaavey mi vaahaka kitaalan feshuneema
    Vaahaka in v suvaalu ufedhijje.
    Dhen ekamves kei kollaanan hama javaabthah livemunthaa dhaany dho.
    Liyumah hama 100/100 ??

  10. Maxy says:
    July 21, 2020 at 9:00 pm

    Hi you.
    Curiously waiting for the next part.
    This story is one of the best story i read.
    And v ufaaveri habarei dheefa ineema hama v nice author ekeythee hithah araa hama. Comments ah v reply koffa hunna gothunves mean kureveny v nice meehei kamah ingey ❤

    1. Shaleen says:
      July 21, 2020 at 10:48 pm

      Maxy
      shukuriyya.
      Alhuganduves v beynun hama kiyuntherinnaa varah gai gulhumei baavvan. Ehen Veena hama thikudhin ufaavaagothah mi balany ingey

  11. X treem says:
    July 22, 2020 at 9:40 am

    hi v dhuvas vejje dho cmnt nukolleveythaa.
    Vaahaka hama obi..
    Adhi v tricky koh liyaathee vaanuvaaga hama mihunnany
    V suvaalu ufedhey hama. Hehe
    Thnks shaleen

  12. lammaj says:
    July 22, 2020 at 9:43 am

    Firstly bunelaany vhk vr vr. Nice ey.
    And v rangalhu vaahakathah thihunnany bunefa.
    Adhi liyelaafa hunna liyumaa ibaaraaithah v furihama
    Vaahaka aa dheyytherey bass hutijje hama

  13. Shaleen says:
    July 22, 2020 at 10:54 am

    hi X treem
    Pendinga iny commet
    Ekam ves v bodah thanks.
    Shaleenge liyuntherikamah kommes ehchei bunelaafa inyma hama v ufaavejje.
    Yes plz wait kollaa vaahaka vaagoi balaalan ?

  14. Shaleen says:
    July 22, 2020 at 10:56 am

    Hey lamma. Anekkaa v dhuvas koffa lamma get commenteh mi libunee. So Hama v ufaavejje ekamah. Dhen shaleenge vaahaka ah thikahala ehchei bunelaafa inyma hama ? thanksssss a lotttt

  15. No.1 fan says:
    July 22, 2020 at 7:20 pm

    Woooowww what a surprise dear. Sunday ga next part?. N mi part vx hama FABULOUS. Vrh happy part eh alhe. Afeefa innan e ulhenii Sameeru aa dhw ehnma. Shaleen ge liyuntherikamah hama faffashunnnnn saabas dhen????. Masha Allah. Curiously waiting for Sunday

  16. Khaleel says:
    July 22, 2020 at 8:27 pm

    Wow… Maasha allaah.haadha reechey mipart. V bodah kiyaahithun ovva nimuny..mihaar Sameer n afeefaage thioh asarugadha jumlathakeh dhw.. hama heevany manzar sifavaahen.. keep it up dear.. tc.lysm

    1. Shaleen says:
      July 22, 2020 at 8:34 pm

      Thank you khaleel. Khaleelmen thihen support kuran thibenyaa shaleenves hunnaany readers ufaakohdheyn. In Sha Allah.
      Hehe. Sameer and afeefa dho???
      Anekkaaves kihineibaa vaan miulheny..
      Again thanks khaleel for the comment.
      Comment libeytho v balan ovva comment mi libunee khaleelge.
      ????

  17. Shaleen says:
    July 22, 2020 at 8:31 pm

    my dearest No.1 fan!!
    Shukuriyaa shukuriyya shukuriyyaa.
    V ufaavejje comment libifa ineema pendinga inakass.
    Komme parteh up koffaves v wait kurevey No.1 fan ge commented libeyne irakah. V ginain chk ves kollevey comment libifa indheytho.
    Dhen hama v ufaavejje shaleen ah hama v faahagavey komme partehgaves shaleen ah thi dhevvaa support.???? Thank you
    And hama surprise eh dheyhihvee dhivahakaa gulhuvaalaigen. Hehe

  18. Mansha says:
    July 22, 2020 at 11:19 pm

    Ahannakee a adhuves mivaahaka kiyamun anna meehei
    Mi vaahaka aa dheytherey ehchei bunanyaa bunelaany meevaa vaahakaekey.
    Dhen mi vaahakaiga v engen beynunvaa kankan gina. Kommeyakas mi vaahaka v reethikamah nimmaifin..
    Ummydhakee thi liyuntherikamuga abadhuves kuriyah dhiyun.
    Good night

  19. ❤ says:
    July 22, 2020 at 11:28 pm

    Iyye balaali iru vaahaka up vefa ineema v ufaavi.
    Anekkaaves v ufaavejje hama ehaa surprise koh sundayga new part eh kiyaalan libeynethee.
    Dhen vaahaka aadheytherey v hih hama jehey. Awesome fabulous ? storyeh mi site ga in

  20. Naaidh says:
    July 22, 2020 at 11:36 pm

    Vrh rethi vahaka eh mee. Gavaidhun kiyan hama comment eh kurin nukurevunas. Vrh iburaiyytheri thafaathu vahaka akah vaane hen mi vahaka heevanee. Mi site ga hunna vahaka thaku therein varah kamudhaa vahaka eh mee. Dhn aadhitthaiga anekkaa ves comment eh kollaanan kiyaalaafa insha allah

    1. Shaleen says:
      July 23, 2020 at 12:16 am

      thanks Naaidh
      V ufaavejje vaahaka kiyaakan inguneemaves.
      Dhen shleengeves ummydhakee kommes kahala filaavalhei kiyuntherinnahves libun. Mivaahaka kiyaalaafa.
      Site ga kamudhaa vaahaka akah mivaahaka select kollaafa inym naaidh ah v bodah shukuriyya.
      Sundayga comment eh libeyney buneleemaves v ufaavejje.
      Thanks ?

  21. Shaleen says:
    July 23, 2020 at 12:19 am

    So much thanks ? Manshaa
    V v v ufaavejje thihaa ibaaraitheri commenteh kollaafa othathee.
    Mansha edhunu fadhain alhugandugeves ummydhakee thee.
    In Sha Allah.
    Again thanks dear

  22. Shaleen says:
    July 23, 2020 at 12:22 am

    Thank you ❤️
    V ufaavejje Inge
    Shaleenves aslu hama readers ah surprise kollan ehn parteh dhookollan readyvany hama.
    In Sha allah sundayga
    Keep waiting
    ?

  23. Idhy says:
    July 23, 2020 at 11:44 am

    Hi dear. Hope u r doing well. Sooooo happy to know that next part is on Sunday. Nd this part was sooo good. Loved it. Curiously waiting for next part.

  24. Maree says:
    July 23, 2020 at 11:45 am

    Vrh reethi mi part. Witing for next

    1. Shaleen says:
      July 23, 2020 at 1:18 pm

      thanks Maree.
      Next part sundayga ingey.
      Plz wait

  25. Kasshaf says:
    July 23, 2020 at 12:16 pm

    Omg. Reethi reethi masha allah. Miulhey fahudhu dhw. Sameeru aa dhimaalah haadha ecchissekey eyna kiyanee. Vrh salhi Sameeruge javaabu. So happy. Minivandhuvahugs hadhiyaa ah wait kuranee mi . ?☺?

    1. Shaleen says:
      July 23, 2020 at 1:20 pm

      thanks ingey v bodah.
      Hm fahudhu ulheygothun dhen
      V faadei dho.
      Ekamves minivandhuvahuge part ah inthizaaru kollavvaa
      Hehe???

  26. Shaleen says:
    July 23, 2020 at 1:24 pm

    Hi idhy…
    Pending ga adhi iny you get comment
    Ekamves v ufaavejje commenteh libifa inyma.
    Yess hurihaa kudhinves mihaaru thi inthizaaru kurany sundayge part ah dho..
    Thanks anekkaaves idhy?

  27. Liar says:
    July 23, 2020 at 8:08 pm

    Thafaathu part eh vrh… masha allah varah reethi. Author gavaidhu vahaka genesdheythy varah ufaavey. Kiyuntherinnaa muhaathabukoh, surprise thah ves dheythy hama varah happy.

    1. Shaleen says:
      July 23, 2020 at 8:18 pm

      thanks Lair.
      V ufaavejje hama shaleen vex.
      Yes alhugandu beynunvany vaahaka liyevemun dhaavarakun hama komme wk aku up Kuran.
      Dhen surpriseves mihen libenyaa readers ufaavaanethaa dho. ??❤️

  28. Dhisha says:
    July 23, 2020 at 8:10 pm

    Hama habeyyyyyyyyyyyys mi part. Sunday ga dhn anekkaa dhimaavaane kamah ummeedhu kuranee comment akun

  29. Shaleen says:
    July 23, 2020 at 8:20 pm

    Thanks dhisha.
    Comment pending ga inas v ufaavejje comment fenuneema. Yes ummeedhu Kiran dhishage commented anekkaa sundayga libeyne kamah.
    ???

  30. Rafyq says:
    July 24, 2020 at 1:44 am

    Masha Allah
    V furihama kamakaa, asaraa a ku kuriah gendha vahaka ae kann fahaga kurevey, konme part akah comment nukuriyass, vaahaka varah vs kamudhey

    1. Shaleen says:
      July 29, 2020 at 12:10 am

      ehenveema ithurah bunaane ehchei nei ingey Rafyq.
      Dhen ekam bunelaanan haas fashun shukuriyyaaey.

  31. Masha9092 says:
    July 24, 2020 at 1:49 am

    Masha Allah
    Sry! Midhiya part ga comment ah shaleen inthizaru kurane kan varah yagyn, bt coment ae nukollevunima, v sry
    Part 16 n 17 vs hama v furihama
    N thankx for the upcumn surprise
    Minivan dhuvahuge thahunita shaleen n family ah
    Ummydhu kurann eid hadhiya ae vs shaleen ge farathunn kiyunn therinnah libeyne kamah

  32. Shaleen says:
    July 24, 2020 at 8:43 am

    thanks Rafyq
    V ufaavejje alahves rafyqge comment eh libuneema. Ummeedhukuran abadhuves vaahaka nimendhen kiyamun dhaanekamah.
    Thanks a lott

  33. Shaleen says:
    July 24, 2020 at 8:48 am

    hi Masha9092
    Hama thibunihen v hithah eri kyvvebaaey commenteh nulibeny.
    Ekamves v ufaavejje mi part ah commenteh libuneema.
    Yes thanks for wishing me ingey.
    In advance hama masha9092 ahves minivan dhuvahuge thahuniyaa.
    Thanks sissy

  34. Lil sis says:
    July 28, 2020 at 7:55 pm

    Hey Shaleen, how’s you? OMG! Finally Afeefa has revealed the truth. Varah reethi mi part ves Masha allah. Fahudhah hama emme dhuvahakuves sameer aa dhimaa nukoh nuhureveyey dhw. So excited to read next part.Take care.
    Lots of love
    Lil sis

    1. Shaleen says:
      July 29, 2020 at 12:13 am

      thank you Lil sis.
      V ufaavejje comment libuneema ingey.
      Dhen keehkuraany dho fahudhu miulheny fahe kyvvegenbaa??
      answers huree hama kuriyah

  35. Real Me says:
    July 28, 2020 at 8:26 pm

    Masha allah vrh reethi mi part ves. Vrh las vejje dhw comment.. Sorry in’gey. Esfiya ah vadhevey varah vure busy mihaaru. Hehe, Keep it up. Vrh lwbi dhw Afeefa and Sameer. Dhn thugaa kairi ah nuves dheveyne dhw Sameer akah. Let’s hope for the best. Kuriyah in part ah ves comment eh kohlin. Waiting for your comment. Thank you for the surprises. Surprise thah hama vrh superb.
    Stay quarantined dear.

    1. Shaleen says:
      July 29, 2020 at 12:17 am

      wow Real Me
      Finally you ge commenteh libifa miothee.
      Haaaaaaaaaadha ufaavejjey comment fenuneema.
      Real Me haadha bz kujjekey dho?
      anekkaa gaumee hidhumatheigge iss safugatho masakkai kuranee.
      V bz veema hama ahaaly.
      Hehe
      Emme bodah bunelaany thihaa bz koh ulhemunves shaleen ah vaguthu huskohladheythee
      Ethah haas fashakun shukuran.
      Hehe
      Take care dear
      Lysm

  36. Shaleen says:
    July 29, 2020 at 12:18 am

    thank you Lil sis.
    V ufaavejje comment libuneema ingey.
    Dhen keehkuraany dho fahudhu miulheny fahe kyvvegenbaa??
    answers huree hama kuriyah

Comments are closed.

Next Episodeއިމްތިޙާން 18←


All Right Reserved!