ސިޑިން ތިރިއަށް ފައިބަން ދިމާކޮށްލި ނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ދެމީހަކު ވާހަކަ ދައްކާ އަޑުއިވިފައެވެ. ކައިރިއަށް ދިޔަވަރަކަށް އެއީ ނަބީލް އާއި އައިޒަން ގެ އަޑުކަން ނާޔާ އަށް ފަހުމް ވިއެވެ. ވާހަކައިގެ ތެރޭ ނަބީލް ރުޅި އައިސް ހުރެ ޝާނިމްގެ ނަން ކިޔާލުމުން އެއީ މިކަމާ ގުޅުންހުރި ވާހަކަ އެއްކަން ނާޔާ އަށް އެނގިގެންދިޔައެވެ. މަޑުމަޑުން ދޮރާ ގާތަށް ޖެހިލުމަށް ފަހު އެ މީހުން އެ ދައްކާ ވާހަކަ އަށް ނާޔާ ސަމާލިކަން ދިނެވެ. ދެންމެ އަކާ ޖެހެންދެން ހާސްވެގެން އުޅުނު ކަންތައް މަތިން އެ ކުއްޖާ ހަންދާންްވެސް ނެތް ފަދައެވެ. ލޯބިވާ ދޮންތަހާސްވާނެ ވަރު ވިސްނުން ނަމަވެސް މިވަގުތަށް ނާޔާ އަށް މުހިންމުވީ ނޭނގި އޮތް ހަޤީޤަތް އެނގުމެވެ. މަޑުމަޑުންހުރެ ދޮރާ ކައިރިވެލި ނާޔާއަށް އެތެރޭގައި ހުރި ނަބީލް ބުނި ވާހަކައިން ދެލޯ ބޮޑުކޮށްލެވުނެވެ.
********************************************************
” އޭނަޔާ ހެދިއޭ ލަޔާ މަރުވީ ” ރުޅިއައިސްގެން ބުނި ނަމަވެސް ނަބީލްގެ އަޑުގައިވި ހިތްދަތިކަން ނާޔާއަކަށް ސިއްރެއް ނުވިއެވެ. ދެލޯ ބޮޑުކޮށްލެވުނީ އެ އަންހެން ކުއްޖާ މަރުވީ ޝާނިމް އާ ހެދިއޭ ބުނުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ނާޔާގެ ހިތުގައި ލަޔާއަކީ ކާކު ކަމާމެދު ސުވާލު އުފެދިގެން ދިޔައެވެ. ނަބީލްގެ އަޑުގައިވި ހިތްދަތިކަމުން ހަމަގައިމުވެސް އެއީ އޭނާގެ ހަޔާތުގައ ވަރަށް މުހިއްމު މީހެއްކަން އެނގިގެން ދިޔައެވެ. އަނެއްކާ އެއީ ނަބީލްގެ ކުރީގެ ލޯބިވެރިޔާބާއެވެ؟ އެކަމު ޝާނިމް އާއި އެ ކުއްޖާ އޮންނަންވީ ކޮން ގުޅުމެއް ހެއްޔެވެ؟ ޖަވާބު ނޭނގޭ އެތައް ސުވާލެއްގެ ތެރޭ ބޯ ގާނަމުން ދިޔަ ނާޔާ އޭނާގެ ކަންފަތް އަނެއްކާ ވެސް ދޮރުގައި ޖެހީ އެ ދެމީހުން އެ ވާހަކައިގެ އިތުރު ތަފްސީލް ދޭން ފެށުމުންނެވެ. އެއާއެކު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ ނަބީލްގެ އަޑުން ދައްކަމުން ދިޔަ ވާހަކަ ތަކުން ނާޔާގެ ބޮޑުދެލޯ އިތުރަށް ބޮޑު ވެގެން ދިޔައެވެ. ސިހުންލިބެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ދެފައިކޮޅު ތުރު ތުރު ލާވަރުން ހީވަނީ ފަހާފޮށީގެ ދަތްގަނޑު ޖައްސާފައި ހުރިހެންނެވެ. އެތެރެއިން ދައްކަމުންދާ ވާހަކަ ތަށް ޤަބޫލުނުކުރެވިފައި ހުރިކަމުގެ އަސަރުތަށް ނާޔާގެ މޫނުމަތިން އެކަނިވެސް ފެންނަމުން ދިޔައެވެ. ސިހުމާ ބިރުވެރިކަމުގެ ތެރޭ ގައިދު ވެފައި ހުރި ނާޔާ އަށް ތެޅިގަނެވުނީ ކައިރިވަމުން އައި ފިޔަވަޅު ތަކެއްގެ އަޑު އިވިފައެވެ. އެއާއެކު އަވަސް އަވަހަށް ޖެހިގެން ހުރި ސިޑިން ފޭބުމަށްޓަކައި ނާޔާ ހިނގައިގަތެވެ. ނަބީލް އަށް ފެނިއްޖެ ނަމަ އަނެއްކާވެސް ހަމަލާ އެއް އަންނާނެކަން ނާޔާއަށް އެނގެއެވެ. އެހެންވެއްޖެ ނަމަ މިރޭ ދެވަނަ ފަހަރަށް އެކަމާ ކުރިމަތިލާނެހާ ހިއްވަރެއް ނާޔާގެ ހަށިގަނޑަކު ނެތެވެ. މިހާރުވެސް ކެތްކުރެވެނީ ވަރަށް ހާލުންނެވެ. ކޮޓަރިގަނޑުން ނުކުން ނަބީލްގެ މިސްރާބަކަށްވީ ނާޔާ އޮތް ކޮޓަރިއެވެ. ބޭނުމަކަށްވީ ޝާނިމްގެ ކައިވެންޏާ ބެހޭ އިތުރު މައުލޫމާތު ހޯދުމެވެ. ކިތަންމެ މީހުންގެ މައުލޫމާތު ހޯދުމަށް މޮޅުނަމަވެސް އަދިވެސް ނަބީލް އެނގެން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. އަދި އެކަން އެންމެ ފަސޭހައިން ވާން އޮތީ ވެސް ނާޔާ އަށެވެ. ނަބީލްގެ އެންމެ އިންޒާރަކަށް ވެސްް އެ ކުއްޖާ ލޯބިވާ ދައްތަގެ ހިމާޔަތުގައި ނުކުންނަން ފަސްނުޖެހޭނެކަން ނަބީލްއަށް ވަނީ ޔަގީންވެފައެވެ. ނަމަވެސް ނަބީލްއަށް ނޭނގުނު ކަމަކީ މިފަހަރު ނަސީބު ނަބީލް އާއި އެއްކޮޅަށް ނުތެދުވާކަމެވެ. ކަންކަން ބަދަލުވާން ދެން މާކަ ގިނަ ދުވަހެއް ނެތް ކަމެވެ. އެއްވެސް ކަމަކީ އަބަދަށް ވަންހަނާ ވެފައި އޮންނާނެ ކަމެއް ނޫންކަމެވެެ.
ސިޑިން ފޭބި ނާޔާ ނަބީލް އަށް ނުފެނުނީ އެ ކޮޓަރިން ނުކުންވަގުތު ސިޑީގެ ކުރިމައްޗާ ވާ ގޮތަށް ހުރި ފާރުން ނާޔާގެ ކުޑަ ހަށިގަނޑު ނެއްޓި ނިވާވުމުންނެވެ. އެވެސް އެ ކުއްޖާގެ ނަސީބު ކަންނޭނގެ އެވެ. ނޫންނަމަ އެ ކުއްޖާއަށް ނަބީލް ކޮށްލާނެ ވަރެއްވެސް ނޭނގެއެވެ. އަވަސް އަވަހަށް އެ ގެއިން ނުކުން ނާޔާ ޖެހުނީ އެހެން ލާފައި ދިޔަ ޓެކްސީއެއްގެ ކުރިމައްޗަށެވެ. އަވަސް އަވަހަށް ޑްރައިވަރު ކައިރި ދަތުރެއް ލިބިދާނެތޯ ނާޔާ އަހާލިއެވެ. އެއާއެކު އެ މީހާގެ ފަރާތުން ލިބުނީ މިވަގުތަށް ނާޔާ އެންމެ އުންމީދުކުރި ޖަވާބެވެ. އަވަސް އަވަހަށް ޓެކްސީގެ ފަހަތު ސީޓަށް އަރާ ނާޔާ ހަމަޖެހިލުމަށްފަހު ދާންވީ ތަން ޑްރައިވަރު ގާތު ބުނެލިއެވެ. އެއަށްފަހު ސީޓުގައި ހަމަޖެހިލީ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ. ނަމަވެސް އޭރުވެސް އެ ކުއްޖާގެ ސިކުނޑިއަށް ދެންމެ އިވުނު ވާހަކަ ތައް އަތްގަދަ ކުރަމުން ދިޔައެވެ. ލިބިފައިވާ ސިހުން އަދިވެސް ފިލައިގެން ނުދާކަން ހަމަޖެހުން ގެއްލިފައި ނާޔާގެ މޫނުމަތިން އެކަނި ވެސް ދޭހަވެއެވެ.
ދޮރުގެ ތަޅުގައި ހިފާލުމަށް ފަހު ނަބީލް ދޮރު އެތެރެއަށް ކޮށްޕާލިއެވެ. ނަމަވެސް ހައިރާންކަން ލިބުނީ ހުސްކޮށް އޮތް ކޮޓަރި ފެނުމުންނެވެ. ނަބިލްގެ ފަހަތުން ވަތް އައިޒަން އަށް ވެސް އޭނާގެ އަނގަ ހުޅުވާލެވުނީ ނާޔާގެ ހުށިޔާރުކަމާހުރެ ހައިރާން ވި ވަރުންނެވެ. މޮޅީ ހަމައެކަނި މީހުންނަށް ލެކްޗާރ ދޭން ނޫންތާއޭ ދެމީހުންގެ ހިތަށް އެރިއެވެ. ނަބީލްގެ ރުޅިގަނޑު ދެގުނަ ވެގެން ދިޔައީ ނާޔާގެ ފޯން ނިއްވާލާފައި ކަމަށް ބުނުމުންނެވެ. ރުޅި އައިސް ރަތް ވެފައި ހުރި ނަބީލްގެ ދެވަނަ މިސްރާބަކަށްވީ އެ ކޮޓަރިގަނޑާ އިން ވެގެން ހުރި ކުޑަ ސިޓިންރޫމެވެ. ފެނުނު މަންޒަރުން އަޑުގެ ނެތްތަނަށް ހަޅެއްލަވައި ގަނެވުނީ ނާޔާ ބެލުމަށް ހަވާލުކުރި ތިން މީހުންވެސް މަސްތުގެ އަވަެއިގައި ޖެހިފައި ތިބުމުންނެވެ. އެއިން އެކެއްގެ ވެސް ހަމަ ހޭވެރިކަމެއް ނެތެވެ. ވާނެ އެއްޗެއް ވެ ނިމިއްޖެއެވެ. ބާރު ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްލުމަށް ފަހު ނަބީލް އިމާރާތުން ބޭރަށް ނުކުތެވެ. ފަހަތުން ހަމަ އެ ބާރު މިނުގައި އައިޒަން ވެސް ނުކުތެވެ. ނަމަވެސް ދެ މީހުންނަށް ވެސް އެކުއެކީހެން ފުން ނޭވާއެއް ދޫކޮށްލެވުނީ މުޅި އެމަގުން ވެސް ނާޔާާގެ ހިލަމެއް ނުވުމުންނެވެ.
****************************************
ގެއަށް ވަދެގެން އައި ނާޔާ ހުއްޓުން އެރީ ސިޓިންރޫމްގައި އޭނާގެ އިންތިޒާރުގައި ނުނިދާ އިން ލޯބިވާ ދޮންތަ ފެނިފައެވެ. ނާޔާގެ އުޅުން ހުންނަ ގޮތުން ކޮންމެ ދުވަހަކު އެކަމާ ގުޅޭ ގޮތުން ނަޝާ ނާޔާ އާއި ސުވާލު ކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ނާޔާ އިޙްތިޔާރު ކުރަނީ ހަނު ހުރުމެވެ. ” ނާޔާ ކޮންތާކުތަ ތިއުޅެނީ މިހާ ދަންވަންދެން؟ ” ނަމަވެސް ނާޔާ ކަހާތާ ހިރުވާ ވެސް ނުލިއެވެ. ފެނުނީ ނަޝާ ގޮވަ ގޮވާ އޮށްވާ ކޮޓަރިއަށް ގޮސް ވަދެ ދޮރުޖެހިތަނެވެ. ނަޝާއަށް ވެސް ކައިރި ހުރި ސޯފާއަށް ތިރިވެވުނީ ކޮއްކޮގެ އުޅުމަށް އައި ބަދަލާމެދު ކަންބޮޑުވެފައިވާ ހާލުގައެވެ.
ކޮޓަރިއަށް ވަތް ގޮތަށް ނާޔާ ފުންކޮށް ދެތިން ނޭވާއެއް ލިއެވެ. ދޮންތަ ކުރިމަތީ ކިތަންމެ ހިތްވަރު ކުރި ނަމަވެސް ކޮޓަރިއަށް ވަނުމާއެކު ނާޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ގައިގެ އެތަށް މިތަނުގައި އަޅަމުންދާ ވޭން ވެސް ވަނީ ކެތްނުކުރެވޭ ދަރަޖައަށް އިތުރުވެފައެވެ. ބޮލުގައި އޮޅާލައިފައިވާ ޝޯލް ނެގުމަށްފަހު ނާޔާ އޭނާގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. އެއާއެކު އަތުގައި އުނގުޅުނު ލޭތަށް ފެނި ނާޔާއަށް ހިންދިރުވާލެވުނެވެ. އެހާ ބާރަށް ނުޖެހިކަން ނަސީބޭ ނާޔާގެ ހިތަށް އެރިއެވެ. ނޫންނަމަ މިއަދު ދުނިޔޭގައި ހުންނާނެ ކަމާމެދުވެސް ޝައްކެވެ. ކަޅުކުލައިގެ ޝޯލްއެއް އެޅުނުކަން އެއީ އޭނާގެ ނަސީބު ކަމާމެދު ނާޔާ ދެކުނެވެ. ނޫންނަމަ މިރޭ ދޮންތަ ކުރިމަތީ އޭނާ ރަނގަޅަށް ވެސް ބޭޒާރުވީހެވެ. ހިޔާލު ތަކުން ދުރުވެ ނާޔާ ފާހާނައަށް މިސްރާބުޖެހީ އަނެއްކާވެސް މޫނުމައްޗަށް ފުސްވާން ހެދުމުން ފެންވަރައިން އަރާމުކޮށްލުމުގެ ބޭނުމުގައެވެ. އަލަމާރި ތެރެއިން އަތްކުރު ޓީޝާޓަކާ އެކު ކަޅު ކުލައިގެ ބޮޑު ހަރުވާޅެއް ހިފައިގެން ގޮސް ނާޔާ ފާހާނައަށް ވަދެ މަޑު މަޑުން ދޮރުޖަހާލިއެވެ.
********************************
ވަގުތަކީ މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދުރުދުރަށް ދާންދެން ތަރުތީބެއް ނެތި އުކާލެވިފައިވާ ފޮށިތަކެއް ފަދަ އިމާރާތްތަކުން ފެންނަނީ ފަނޑު އަލިކަމެކެވެ. ހީވާގޮތުން އެންމެންވެސް މި އަރާމު ވަގުތުގެ އުފާ އެންމެ ފުރިހަމަަ ގޮތުގައި ހާސިލް ކުރަނީއެވެ. އެއްވެސް ތަރުތީބެއް ނެތި އުޑުމައްޗަށް އުކާލެވިފައިވާ ތަރިތަކާ ބުރުހަމަ ރީތި ހަނދަށް ނަޒަރު ހުއްޓާލައިގެން ހުރި އިޔާޝްގެ ލޮލުގައި ވަނީ ވޭނީ އުދާހެކެވެ. ދަންވަރުގެ މި އަރާމު ވަގުތުގައި ވެސް އިޔާޝްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކޮޓަރީގެ ބެލްކަނީގައި ފަތުރާލެވިފައިވާ މަޑު ފެހި ކުލައިގެ ކާޕެޓު މަތީ ބޯދަށަށް އެއް އަތް ލައިގެން ހަމަޖެހިލައިން އޮތް އިރު ކައިރީގައި އޭނާ ގެންގުޅޭ ގިޓާ އޮތެވެ. ފުން ވިސްނުމެއްގެ ތެރޭ އޮތް އިޔާޝް އަށް އޭނާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިކުރެވުނީ ނާޔާގެ ލޮބުވެތި ސޫރަ ލޮލުކުރިމަތީ ކުރެހުމުންނެވެ. އެއާއެކު ތެދުވެ ކާޕެޓް މަތީ ހަމަޖެހިލުމަށްފަހު އަތަށް ގިޓާ ހެޔޮ ވަރުކޮށްލަމުން މަޑު ރާގެއް ކުޅެލިއެވެ. މަޑުމަޑުން ގިޓާގެ ނަރުތަކުގައި އަތް ހިންގާލުމަށްފަހު އިޔާޝް އޭނާގެ ފިރިހެންވަންތަ އަޑުން އެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރުކުރަން ފެށިއެވެ.
ލޯބިވާޔަށްޓަކާ ހިތް ހުޅުވާލަމޭ…
ލޯބިވާވަރު ކަލާޔަށް އަންގާދެމޭ..
ލޯބިންކަލާ މިހިތާ ކުޅެން އުމުރަށް މަ ދޭނަމޭ..
ދާކަށްވަޔާ އަހަރެންގެ ހިތް ދޫކޮށް ނުލާނަމޭ…
މަންޒިލެއް ދާން ނެތޭނޭ ކަލާޔާ ނުލާ..
މަންޒިލެއް ދާން ނެތޭނޭ ކަލާޔާ ނުލާ..
ބެނުމީ ދާއިމީ ލޮތްބޭ ދިނުން ހަމަކަލާ…
ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ…
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ..
ހިތް އުފާވާނެހޭ ދެން ކަލާޔާނުލާ………………………
ހައްޤަކަށް ތީ މަގޭވުން ނިކަން ބޭނުމޭ…
ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…
ލަވަ މިހާ ހިސާބަށް ދިޔައިރު އިޔާޝްއަށް އިނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. އެހިތަށް ކުރަމުން ދިޔަ އަސަރު ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އެކަނި ވެސް ހެކިދެއެވެ. އެވަގުތު ވެހެން ފެށި ހިމަފޮދު ވާރޭ ވެސް އިޔާޝްްގެ ހިތާމައިގައި ބައިވެރިވާ ފަދައެވެ. ހިތުގައިވި އުދާސްތަކުން ދުރުވުމަށްޓަކައި ވާރޭގެ ސަބަބުން ތެމިފައިވި އޭނާގެ ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމަށްފަހު އިޔާޝް އޭނާގެ މޫނު ވާރޭގެ ތެރެއަށް އުފުލާލިއެވެ. ނަމަވެސް އެހެން ފަހަރު ތަކެކޭވެސް އެއްގޮތަށް ލޯމަރާލުމާއެކު މިފަހަރުވެސް އިޔާޝް އަށް ފެނިގެން ދިޔައީ ހިނިތުންވެފައިވާ ނާޔާގެ މައުސޫމު މޫނެވެ. އެއާއެކު ހިތުގައި އަޅަމުން ދިޔަ ވޭނާ އެކުވެސް އިޔާޝްއަށް ހިނިތުންވެލެވުނީ ހިޔާލަށް ނަމަވެސް ނާޔާގެ މޫނު ފެނުމުންނެވެ.
********************
ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ނާޔާ ބެލްކަންޏަށް ދިއުމަށް މިސްރާބުޖެހީ އުޅެ އުޅެވެސް ނިދި ނައުމުންނެވެ. ބޭސް ކެއުމުން ބޮލުގައިވި ރިހުން މަޑުވެފައި ވީނަމަވެސް އަދިވެސް ގައިގެ އެކިތަން ތާ ވޭން އަޅަމުން ދިޔައެވެ. ބެލްކަންޏަށް ނުކުން ނާޔާ ވެހޭ ވާރެއަށް ވެސް ބެލުމެއް ނެތި ގޮސް ރެއިލިންގައި އަތް އަޅުވާލީ ހިތުގެ އުދާސްތައް ވާރޭގެ ތެރެއަށް ބުރުވާލަންހެން ހީވިއެވެ. މިރޭ އިޔާޝް ގެ މަތިން ވެސް ހަނދާން ވަމުން ދިޔައީ އިންތިހާއަށެވެ. ނަމަވެސް ކީއްވެ ކަމެއް ޙުދު ނާޔާ އަކަށް ވެސް ނޭންގެއެވެ. ލޯ މަރާލުމަށް ފަހު ނާޔާ އޭނާގެ މޫނު ވާރޭގެ ތެރެއަށް އުފުލާލިއެވެ. އެއާެކު އިޔާޝް ލޯބިވެޔޭ ބުނި ވަގުތުކޮޅު ނާޔާއަށް ސިފަވިއެވެ. ހިނިތުންވިމުެއް ވެސް މޫނުމައްޗަށް ވެރިވީ ނުވެސް އެނގި ހުއްޓައެވެ.
ރޭގަނޑުގެ މި ފިނި ވަގުތުގައި ދެ ގެއެއްގެ ބެލްކަނީގައި ވާރޭގެ ތެރޭ ތިބި ދެކުދިންނަށް ދުނިޔޭގެ އެއްވެސް ކަމެއްގެ ހިލަމެއް ނުވާފަދައެވެ. ލޮއެއްބަށް އެދި ހިތް ރޯއިރު ވެސް އެ ލޯބި ވަނީ އަތް ނުފޯރާހާ ދުރުގައެވެ. ވޭނީ އުދާސްތަކު ތެރޭ ގައިދު ވެފައިވި ދެ ހިތް ވެސް އެ ދެމުން ދިޔައީ ހިތްހެޔޮ ކަމާއި ލޮތްބަށެވެ. ނަމަވެސް…….
*****************
ދުވަސްތަށް ފާއިތުވަމުން ދިޔައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. އެގޮތުން މިވީ އެއްމަހާ ބައިގެ ތެރޭގައި ވަނީ އެތަށް ކަމެއް ބަދަލުވެފައެވެ. މީޝާ އާއި އަޔާންގެ ގުޅުން ވެސް އިތުރަށް ބަދަހިވެފައި ވާއިރު، ހިތުގެ އެދުމަށް އިޖާބަ ދެވޭނެހާ ހިއްވަރެއް އަދިވެސް އެދެކުދިންނަކަށް ނުލިބެއެވެ. ދެހިތުގައި ވެސް ކުޅެވެމުން ދިޔައީ އެއް ރާގެއް ނަމަވެސް ބުނަން ފަސްޖެހެވެނީ އަނެކާ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ. އެކުގައި ވަގުތު ހޭދަކުރުން އިތުރުވެފައި ވީނަމަވެސް ހިތުގެ އެދުން ފާޅު ކުރާނެ ހާ ހިތްވަރެއް މީޝާ އަދި އަޔާން އަކަށް ވެސް ލިބިފައެއް ނުވެއެވެ.
ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ޝިމާ އާއި ޒީވާންގެ ލޯބީގެ ބިންގާވެސް ވަނީ އިތުރު ހަރުފަތެއް މައްޗަށް ޖެހިލާފައެވެ. ލޯބީގެ ބަގީޗާގައި އެތަކެއް މަލެއް ފޮޅުވަމުން ދިޔައީ އުފަލާއެކު ހިތްހަމަ ޖެހިފައިވާ ހިތަކާގެންނެވެ. މިވީ އެއްމަހާ ބައިގެ ތެރޭގައި ދެފަރާތުގެ އާއިލާ ބައްދަލު ކުރުމަށް ފަހު ދެ ކުދިން ކިޔަވަން ގޮސް ލިބޭ އެއްމެ ފުރަތަމަ ޗުއްޓީގައި ކައިވެނި ކުރާ ގޮތަށް ވަނީ ނިންމާފައެވެ. މިހާރު ދެކުދިން ވެސް އެއްމެ އިންތިޒާރު ކުރަނީ އެދުވަހަށެވެ. ކެތްމަދުވެފައިވާ ހިތަކައިގެންނެވެ.
ސާޔާ އާއި ޝާނިމްގެ ކައިވެންޏަށް ހަފްތާއަކަށް ވެފައި ވާއިރު ، ދެފަރާތުގެ ދެއާއިލާ އާއި ދެމީހުންގެ ރައްޓެހިން ވެސް ހޭބޯނާރާ ތައްޔާރު ވަމުން ދިޔައީ އެކުދިންގެ ކައިވެންޏަށެވެ.
ނަމަވެސް އެ ހަތްކުދިންވެސް ހިތާމަ ކުރާ އެއްކަމެއް ވެއެވެ. އެއީ އެއްވެސް ތައްޔާރީއެއްގައި ނާޔާ ބައިވެރި ނުވުމެވެ. އެންމެ ކުޑަމިނުން އެންމެ ލޯބިވާ ދައްތަގެ އެންމެ ބޮޑު އުފަލުގައި ނާޔާ ބައިވެރިވާނެ ކަމަށް އެމީހުންނަށް ހީކުރެވުނެވެ. ނަމަވެސް އެއީ ކުށްހީއެއްކަން އެނގުނީ އެއިން ކަމަކަށް ނާޔާ ނައި ތާނގާ ގުޅީމައި ފޯނު ވެސް ނުނެގުމުންނެވެ.
***************
ފާއިތުވި ދުވަސްތަކު ތެރޭ ނާޔާ ވަނީ އެތަށް ކަމެއް ބަދަލުކޮށްފައެވެ. ނަބީލް އާއި ވާހަކަ ދެއްކުން ވެސް ނާޔާ ވަނީ އެއްކޮށް ދޫކޮށްލާފައެވެ. ނަބީލް ގުޅުމުން އެއިން އެއްވެސް ކޯލަކަށް ޖަވާބު ދިނުމަކީ ވެސް ނާޔާ އަށް މާ މުހިއްމު ކަމެއް ހެނެއް ހިޔެއް ނުވެއެވެ. ކުރީގައި ގައިން ބިރު ވަނީ ކޮންތަނަކަށް ކަމެއް ވެސް ނޭންގެއެވެ. ނާޔާ ހޯދުމަށް ނަބީލް އެތަށް ފަހަރަކު އެ ގެއަށް ވެސް އައިއްސިއެވެ. ނަމަވެސް ނާޔާ އެކޭ ހިލައިގެ ބުދެކޭ އެއްފަދައެވެ. ކޮތަރިތެރޭން އެންމެ ފިޔަވަޅެއް ވެސް ނާޔާ ނަބީލް އައިއްސި ނަމަ ބޭރަށް ނާޅައެވެ. ނަބީލްގެ އިންޒާރުތަކަށް ވެސް ނާޔާ މިހާރު ބިރެއް ނުގަނެއެވެ. އެރޭ އަޑު އިވުނު ވާހަކައަށް ފަހު ނާޔާގެ މުޅި ތޮބީޢަތު އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ބަދަލުވެފައެވެ. އެވާހަކައިން ކުރިއަށް ދިއުމަށް ނާޔާ އަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ.
ވޭތުވެ ދިޔަ ދުވަސް ތަކުގައި އިޔާޝްގެ ފަރާތުން ވެސް ނާޔާއަށް ވަނީ އާދޭހުގެ އެތަށް މެސެޖެއް ލިބިފައެވެ. މާފަށް އެދި އެތަށް މެސެޖެއް ވެސް ވަނީ ފޮނުވާފައެވެ. ލޯބީގެ އެތަށް މެސެޖަކުން ނާޔާގެ މުޅި ފޯން ކޮންމެ ދުވަހަކު ވެސް ފުރިގެން ދެއެވެ. ދުވާލަކު ފަންސާހަކަށް ފަހަރު ނާޔާގެ ފޯނަށް ގުޅަންވެސް ގުޅައެވެ. ނަމަވެސް އެއިން ކޮންމެ މެސެޖަކަށް ވެސް އަދި ކޯލަކަށް ވެސް ނާޔާ ދެނީ ބީރު ކަންފަތެކެވެ.
***********************
” ހޭ ޕްރިންސެސް ލޯ މަރާބަ ” ޝާނިމް އޭނާގެ ބައްޕަގެ ރެސްޓޯރެންޓް ގެ ވީއައިޕީ ބައިގެ މައި ދޮރު ހުޅުވާލުމުގެ ކުރިން ސާޔާ ކައިރި ލޯ މަރަން އެދުނެވެ. އެއާއެކު އެއްވެސް ޝަކުވާ އަކާ ނުލާ ސާޔާ އޭނާގެ ދެލޯ މަރާލީ ޝާނިމްއަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. ނަމަވެސް އެ ހިތަށް އަދިވެސް ހަމަޖެހުމެއް ނުލިބެނީ ނަބީލް އާއި ޝާނިމް އާ ދެމެދު އޮތް ގުޅުން ނޭންގޭތީއެވެ. ނަމަވެސް މިވަގުތަށް އެހިޔާލު އެ ހިތުން އިހަށް ނެރެލީ ރަނގަޅު ވަގުތު ނުޖެހެނީ އޭ ހިތަށް އަރުވަމުންނެވެ. އެއާއެކު ޝާނިމް މަޑު މަޑުން ސާޔާގެ ލޯމަތީ އޭނަގެ ބޮޑު އަތްތިލަ އަޅާލިއެވެ.
********************
ލެޕްޓޮޕުން ލަވައެއް ޖަހައިގެން ބޮލުގައި ގަދަ މެރޫން ކުލައިގެ ޝޯލް އެއް އޮޅަން ހުރި ނާޔާ އެނާގެ މޫނަށް ވައްތަރެއް ޖައްސާލީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އަވަހަށް ތަނަކަށް ދާން އުޅެންޏާ ވާނީ މިވަރޭ ކިޔާ ކުދި ކިޔަމުން ގޮސް ނާޔާ އޭނާގެ ފޯން ނަގާ ހުޅުވާލިއެވެ. އެއާއެކު ފެނުނު މެސެޖުން ނާޔާގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ނަބީލްގެ ފަރާތުން އައި އެ މެސެޖުގައި ވަނީ މިވަގުތު ސާޔާ ހުރުިތަނާ ކުރަނީ ކީއްކަމާ އަދި އެ ނޫންވެސް އެފަދަ ހުރިހާ މަޢުލޫމާތެކެވެ. ވަގުތުން ނަބީލްގެ މަގްސަދު ނާޔާގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. އެއާއެކު ލޯގަނޑު ކުރިމައްޗަށް ހުއްޓި އަވަސް އަވަހަށް ނާޔާ ޝޯލް އަޅާލިއެވެ. އޭރު ހުއްޓުމެއްނެތި ފޯން ރިންގް ވަމުން ދާ ކަމެއް ވެސް ނާޔާއަކަށް ނޭނގެއެވެ. އަވަސް އަވަހަށް ޖިންސް ގެ ޖީބަށް ކަބަޑުން ނެގި އެހެން ފޯނެއް ލަމުން ނާޔާ ބޭރަށް ދުއްވައިގަތެވެ. ބޭރަށް ނުކުން ނާޔާ ޖެހުނީ އެ ވަގުތު ނާޔާ ގޮވައިގެން ދުއްވާލަން ދިއުމަށް އައި ނާޔާގެ އެކުވެރިއެއް ކަމުގައިވާ ޒަވީންގެ ކުރިމަށްޗަށެވެ. އެކަމަށް ހިތާހިތުން ޝުކުރުވެރި ވަމުން ނާޔާ ޒަވީންގެ ސައިކަލު ފަހަތަށް އެރުމަށްފަހު ރެސްޓޯރެންޓް އެއްގެ ނަން ބުނެލިއެވެ. ނާޔާގެ އަޑުގައިވި ހާސް ކަމުން ޒަވީން ވެސް އަވަސް އަވަހަށް ނާޔާ ބުނި ތަނަށް ދިޔުމަށް ނައްޓާލިއެވެ.
*****************
ވީއައިޕީ އޭރިއާ އަށް ވަނުމަށް ފަހު ޝާނިމް ސާޔާގެ ލޯމަތީ އަޅާލެވިފައިވި އޭނާގެ އަތް ނަގާލިއެވެ. ޝަާނިމްގެ އަތް އޭނާގެ މޫނުން ނެގުނު ކަމުގެ އިހުސާސް ކުރެވި ސާޔާ މަޑުމަޑުން އޭނާގެ ލޯ ހުޅުވާލެވުނެވެ. ހައިރާންވީ އޭނާ ހުރިތަނުގެ ވަށައިގެން ކުދި ކުދި ފަޔާރ ކޭންޑްލްސް ތަކުން ހިތެއް އަޅާލެވިފައި ވުމުންނެވެ. ހަތަރު ކަނުގައި ބޮޑު ބޮޑު ހަތަރު މަލުގެ ބޮކޭ ސްޓޭންޑް އެއްގައި ބަހައްޓާލެވިފައި ވީއިރު މުޅި އެތަން ފަޅުފިލުވާލެވިފައިވަނީ އެކި ކުލަ ކުލައިގެ ފެއަރީ ލައިޓްސްގެ އަލިންނެވެ. ބަލައިލަން ކިތަންމެ ހާ ވެސް ފުރިހަމަ އެވެ. ތަނުގެ ރީތިކަމުން އާޝޯޙުވެފައި ހުރި ސާޔާ ސިހުނީ އޭނާގެ ކުރިމަތިން މަތިން ތިރިއަށް އެއްޗެއް ވެއްޓުނުހެން ހީވުމުންނެވެ. ދެލޯ ބޮޑު ކޮށްލަމުން ބަލައިލި އިރު ރަންކުަލއިން ދިއްލެމުން ދިޔަ އަކުރު ތަކެއް މަތިން ތިރިއަށް ވެރެމުން ދިޔައެވެ. ނަމަވެސް ބިމުގައި ނުޖެހި މެދަކާ ހަމައިން އެއަކުރުތަކަށް މަޑު ޖެހުމެއް އާދެއެވެ. އެނބުރެމުން ދެއަތަކަށް ހެލެމުން ހުރިހާ އަކުރުތަކެއް ވެސް ރީތިކޮށް ހަމަޖެހިލުމަށް ވަގުތު ކޮޅެއް ނެގިއެވެ. ހަމަޖެހުމާއެކު ކުރިމަތިން ފެނުނު ހަތަރު ލަފްޒުން ސާޔާގެ ހިތަށް ހަމަޖެހުން ހޯދުމުގައި ކާމިޔާބު ހޯދިއެވެ. ރަން އަލިން ވިދަވިދާ ހުރި ލަފްޒުތަކުގައި ވަނީ ކޮންކަހަލަ ބާރެއް ކަމެއް ނޭނގެއެވެ. ސާޔާގެ ހިތަށް ހަމަޖެހުން ގެނެސް ދިނީ ފަސޭހަ ކަމާއެކުއެވެ.
” ވިލްޔޫ މެރީ މީ ” ދަތްތަށް ދައްކާލަމުން ސާޔާއަށް ހިނިތުންވެލެވުނީ ދެންމެ އެ ހިތަށް ހަމަޖެހުން ގެނެސް ދިނުމުގައި ކާމިޔާބު ހޯދި ލަފްޒުތައް އެންމެ ހިތް އެދޭ ފަރާތުގެ އަނގައިން އަޑު އިވުމުންނެވެ. ފުރިހަމަ ހިނިތުންވުމަކާއއެކު ސާޔާ ބޯޖަހާލުމާއެކު ޝާނިމް ރިހި ކުލައިގެ އަލިމަހުގެ އަނގޮއްޓި ސާޔާގެ ވައަތު ކަށި އިނގިލީގައި އަޅުވާލުމަށް ފަހު ލޯބިން އެއަތުގައި ބޮސް ދިނެވެ. އެއަށްފަހު ސާޔާގެ އަތުގައި ހިފައިގެން ގޮސް އެތާހުރި މޭޒުމަތީ ބެހެއްޓިފައި ހުރި ކޭކު ކައިރި މަޑުކޮށްލިއެވެ. އެއާއެކު ޒީވާން ، ޝިމާ، މީޝާ ،އަޔާން އަދި އިޔާޝް ވެގެން އެ މޭޒު ވަށާލިއެވެ. އެމީހުން އެތާ ތިބިކަން ވެސް ސާޔާ އަށް އެނގުނީ އެވަގުތުއެވެ. ނަމަވެސް އެ ހިތް މާޔޫސްވީ މިރޭ ވެސް މި އުފަލުގައި ބައިވެރިވުމަށް ނާޔާ ނައުމުންނެވެ. އޭނާގެ މައްޗަށް ނާާޔާގެ ހިތް ހަމަ އެހާ ބަރީ ބާއޭ ސާޔާގެ ހިތަށް އެރިއެވެ. ނާާޔާ އަކީ އެއްއިރެއްގައި ވެސް އެހާ ހިތްހަރު ކުއްޖެއް ނޫނެވެ. ނަމަވެސް…
********************
” ސާރ ކޮންބޭނުމަކުތޯ؟ ” ވީއައިޕީ ބައިގެ ދޮރު ހުޅުވާލުމަށް ޓަކައި ދޮރުގެ އަތްގަނޑުގައި ހިފި ނަބީލްއަށް ފަހަތް ބަލައި ލެވުނީ ތަނުގެ މުވައްޒަފަކު އޭނާ އައި ބޭނުން އެހުމުންނެވެ.
” އަޅުގަނޑު މިއައީ ޝާނިމް ބުނެގެން މިތާ އޮތް ޕާޓީއަކަށް ” ރީތި ހިނުތުން ވުމަކާ އެކު ނަބީލް އެމީހާއަށް ޖަވާބު ދާރީވިއެވެ. އެއާއެކު އިތުރު ވިސްނުމަކަށް ނުގޮސް ނަބީލްއަށް ވަނުމުގެ ހުއްދަ ދިނުމަށްފަހު އެމީހާ ދުރަށް ހިނގައިގަތީ އަމިއްލަ އަތުން މިހުޅުވައިދެވުނީ ނުރައްކަލުގެ ދޮރޯއްޓެއްކަން ނޭނގޭ ހާލުގައެވެ.
މަޑު މަޑުން އެތެރެއަށް ދެމިގަތް ނަބީލްއަށް އެއްމިޔަކަނުން ހިނިތުންވެލެވުނީ ދޮރާ ފުރަގަސްދީގެންް އެންމެން ތިބުމުންނެވެ. ފަހަތު ޖީބަށް ޖަހާފައިވާ އުރައިން ނެގި މިޔަތޫނު ވަޅީގެ މިޔަ އެތަނުގެ ފަނޑު އަލިކަމުގެ ތެރޭ ވެސް ވިދާލިއެވެ. ސާޔާމެންނަށް ވެސް މީހަކު ވަންކަމުގެ ހިލަމެއް ނުވީ ކޭކު ފެޅުމުގެ ފޯރީގައި ޖެހިފައި ތިބުމުންނެވެ. އެއީ އެމީހުންގެ ބަދު ނަސީބު ކަންނޭނގެއެވެ.
********************
ސައިކަލު އައިސް ރެސްޓޯރެންޓް ކުރިމައްޗަށް މަޑުކޮށްލުމާއެކު ނާޔާ ބާރު ބާރަށް ސައިކަލުން ފޭބުމަށްފަހު އެތެރެއަށް ދުއްވައިގަތެވެ. އެތެރެއަށް ވަނުމާއެކު އެތެރޭ ތިބި މީހުންގެ އަމާޒުގެ ފަތްގަނޑަކަށް ނާާޔާ ވިއެވެ. ނަމަވެސް އެކަމަށް ވެސް ސަމާލުކަން ނުދީ ނާޔާ އޭނާގެ ފިޔވަޅުތަށް ހަލުއިކޮށްލަމުން ވީއައިޕީ ބަޔަށް ދިއުމަށް މިސްރާބުޖެހީ ސާޔާ މެން ތިބޭނީ އެތަނުގައިކަން އެނގުމުންނެވެ. ބާރު ބާރަށް ގޮސް ހުޅުވާފައި ހުރި އެތަނުގެ ދޮރުމަތީ މަޑުޖެހިލި ނާާޔާގެ އަތްފައި ތުރުތުރު އަލައިގަނެ ދެލޯ ބޮޑު ކޮށްލެވުނީ ފެނުނު މަންޒަރުންނެވެ.ސާޔާގެ ފުރަގަހުން ދެ ފޫޓެއްހާ ދުރުގައި އެހުރީ ނަބީލް ކަމާމެދު ނާޔާގެ ހިތް ޝައްކެތް ނުކުރިއެވެ. ފުރަގަހުން ނެގި ވަޅީގެ އަމާޒު ހުރީ ސީދާ ސާޔާގެ މައިބަދައަށެވެ. އޭރުވެސް މަޖަލުގައި ތިބި އެމީހުނަށް އެކަމުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. ފަޔަށް ބާރުލަމުން ނާޔާ އެދިމާލަށް ދުއްވައިގަތީ އަމިއްލަ ފުރާނަޔަށް ވެސް ބެލުމެއް ނެތިއެވެ. ސިކުންތު ކޮޅެއްގެ ތެރޭ އުފާވެރިކަން ރަސްކަން ކުރަމުން ދިޔަ އެމާހައުލުގައި ގުގުމާލީ އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
109 Comments!
Comments are closed.



Yaaayyyy me first….. V reethi
congratsss dear… nd thnk yuh soo much dear.. means a lot..
V v reethi.. Waiting for the nxt part
thhnk yuh dear.. really means a lot..
vvv reethi … masha allah … when next dear
thnk yuh sooo much dear.. means a lot.. nxt part insha allah friday ga nge..
Vara reethi
thnk yuh dear…
Wow???… Masha allah masha allah???… Vvvvv reethi mi part vx as usual❤️?????… Love it???… Kon ireh mi prt ah intnizaaru kuraathaa???… Alheyyyyy?… Dhn naaya ah kihinehbaa vaanee???… Sis abadhu vx ninmaalaanee enme curious thankolhun☺️… Hehehe☺️… But it’s ok?… Eyrunnennu kiyaalaa hithun nxt prt kiyaaleveynee dhw???… Alheyyyyy naaya ah dhera gotheh nahadhache ingey plxxxxx???… Hama ekani naaya akah noon hurihaa kudhinnah vx happy life akaai true love hoadhadheche ingey???… U should just make that aizan nd nabeel beg infront of naaya???… I just hate them?????… Nd layaa akee kaakubaa???… Who is this new comer nd what is the twist in the stry sis???… I feel that she is nabeel’s sister, relative, friend or girlfriend???… Anyways, vhk vvv salhi ingey once again???❣️?… Nd sis haadha molhey manzaru sifa kuranshaa, idioms beynun kuran vx???… Sis ge vhk thah kiyaa meehaku vvvvvvvvvvvv kiyaa hithun kiyaalaane???… Sis ge molhu vhk dhakkan vejjeyyaamu words hunnaane hehe?❣️?… Sis ehaa vx molhu vhk liyan???… Sis thee hama 1st ingey???… I love you sooooooooooo much sisssooo❤️?????… Nd sis haadha friendly ey???… I mean nuvx dhanna kudhinnah vx sis thi treat kuranee bff eh gothah?????… Love this stry sooooo much sisssyyyyy, but not as much as I love you ingey my loving sisssyyyyy, hehehe???… Whn nxt??? Curiously waiting for the nxt part of the stry myyyyyy deaaarrrrr???… Lysssssssssssssssssssss muuuuuch daaarrrlll❤️?????… Good luck on ur studies daaarrrlll☺️… Take care nd stay safe sisssooo???… Hugs nd kisses daaarrrlll???????… ❤️?????
hellw shaayan… alheyyy thnk yuh thnk yuh soo much darllll .. really means a lot.. yes naya ah vaanii kihinehbaa dhw dhn.. ehehehe hama readers curious kohlaa hihhvaathii ehn ninmaalevenii hehehe.. lets see dhw kuriah huri part thakun hurihaa kudhinge life ah vaa goih vs.. YES!! haadha foohivey dhw e aizan nd nabeel dhke huvaa mibunii.. yes kaakubaa dhw laya akii?? hingaa dhw kuriah huri prt thakun laya akii kaaku kan hoadhaa lamaa dear..ahahah sis ge kashiiga hifaafa hunna aadha eh eii emmenah vs v emme rangalhakah treat kurun hehe.. awwwnnn thnk yuh soo much my dear shaayan fr the lovely comment again…umm so so so glad to see those colorful nd lovely words.. nxt part insha allah on friday nge darlll… lymmmmmmmmmmmmmmmmm nd more darlllll… nd yes gud luck to yuh too dear….. u too dear take care nd stay safe… awwnnn more more darlinggg..
awwwnnn thnk yuh soo much shaayan dear.. really means a lotttt darllll!!! yes yes naayoo ah vaanii kihinehbaa dhw dear.. lets see dhw kuriah huri prt thakun ekan.. lahba hurihaa kudhinnah vs rangalhu goih vey tho hingaa dhw balamaa.. yes yes haadha foohivey dhw e nabeel nd aizan dheke.. really hama kathilan v dhw e 2 miihun…hehhe.. yes whos laya dhw?? eii anekka kaakubaa?? ahha frndly vaan vaanu dhw hurihaa kudhinnaa vs eii v reethi sifa ekey dear vs vaane frndly vaan nge kudhinnaa.. nxt prt insha allah on friday… again thnkx dear fr the lovely nd colorful comment.. lymmmmmmmmmmmmm nd stay safe darlll… gud luck to yuh too darlll..
Aaaawwwnnn???… U re welcome shaayan ge loabi loabi sisssooo???… Yesssss dhen sis buneethee hurihaa kudhinnah vx rangalhu goi vaane kamah shaayan vx hope kuraanan ingey sis???… Yaaa yaa sis thi bunee hama rangalhu vhk eh hurihaa kudhinnaa vx friendly vaan vaanennu dhw???… Sis friendly vhk dhenmega shaayan nd ril vx vrh dhakkaifin dhw ril☺️??? Yaa vvv foohiveyyyyy e aizan nd nabeel dheke???… Nd thanx for wishing me on my studies sisssooo???… U 2 stay safe nd tc my daaaarrrrllllliiiiiinnnnnnnggggggg sisssyyyyy???… Lymmmmmmmmmmmmmmmm nd mooooorrreee shaayan ge lwbi lwbi sisssooooo????❤️?
Hi lwbi sisoo???????
Long time no talk dhw hehehe?????
Talking about the story it’s amazing fantastic vrh Sali .??????? Aley sis haadh a curious kohlaafaey dhw thininmaalee .?? Anekaa kaakubaa ehaley levy I think naayaa kaneyge dhw sisoo.. ???????and mi Nabeel haadha nubaey ????. I am just curious about what Nabeel an aizan had talk about ….?? And mi stry haadha heart touching ey Hama rovey varuveje??? Ril ah. And I agree with u shaayan asluves sis vrh friendly noontha. U are the best sis??❤️❤️???????????????
Waiting for the next gud luck with studies ❤️❤️❤️❤️❤️❤️❤️❤️❤️❤️
Love uuuu ????
TC and stay safe ❤️❤️?
Ya… Sis asluvx vvv friendly dhw❤️?????… I completely agree with u ril☺️… We should learn it from her hehehe☺️… Nd our sis is the best right ril??? Nd asluvx mi stry vvv touching… Shaayan ah vx rovey???… Sis kairyga buney shaayan nd ril ehaa ginain nurovvaashey ingey… Hehe☺️
Yaa shaayan Hama thede thee
Yaa we should learn from her dhw
Yaa she is best thede sis Ril aa shaayan nurohvaachey??????????
Hehehe☺️☺️☺️… U re just right ril?… Sis dhen shaayan nd ril nurovvache ingey???… Mihaaru vx vvv ginain rovijje?… Stay safe ril☺️
Yaaa shaayan Hama rovije dhw
Btw what is your age shaayan don’t mind pls
Stay safe shaayan
I don’t mind ril☺️… But I can’t say my age right now nd I’m sorry?… But I can say that I am a teenager☺️… Can u please tell me your age if u don’t mind☺️? Plxxx don’t mind ingey ril?
Yaaa I don’t mind it dear
I am 14 year old girl
????????????
hiii loabi riloo… ahaah yes long time dhw…awwwnnn thnk yuh sooo much rilooo… yes yes vvv curious kohlevihje dhw hehhe… hingaa dhw balamaa kaaku tho halhehlevii… yes ehnney sis vs mikiyanii nabeel hama kathilan v ey dhw hadha foohiveyey..alheyyy srry nge rohvethii ekm ehaa ginain nurohche eyrun sis vs dhravaanu dhw riloo.. ehhehe sis kashiiga harulaafa hunna kemkey eii hurihaa kudhinnaa vs frndly koh tlk kurun v reethi sifa ennu dhw eii.. ril mn vs vaane nge ehn ulhen.. thnk yuh girlll.. gud luck to yuh too riloo..
lymmmmmm nd stay safe darlll
hellw sis ge loabi loabi ril nd shaayan.. awwwnnn vv ufaavehje thi dhe kudhin sis aa medhu dhekey goih bunelaafa iniima.. thiivs hama v rangalhu v frndly kindhearted 2 kudhinn maasha allah… alheyyy 2 kudhin ehaa ginain nuroane ngey vv bodah srry nge rohveythii 2 kudhin,#.. lysm 2 kudhin stay safe ..
Wlcm sisoo❤️❤️??
Heheheh Nabeel kathilan dhw higaa ekamaa ulemaa dhw
Team kathilanin Nabeel who are with me and sis ????????????????❤️❤️?
Aslu ves sis vrh kind great to talk with u lwbi sis❤️❤️
Yaa ey vrh reethi sifaeh
Ril ves kudhinaa talk kuranee vrh polite koh heheheh ?❤️❤️ luv u sis
Opps sis ey Ril ingey anonymous araafa einy
Welcome sisssooo???… Yaaa sis friendly vaan vaaney buneema mihaaru shaayan aa ril vx friend vee ey dhw ril☺️? Nd I’m with u nd sis for teaching that nabeel a lesson ingey ril???… Luv u ril nd my sisssooo…?❤️? Tc nd stay safe ril nd my loving sisssyyyyy???
Yaa sis now shaayan and Ril Vs mihaaru friend
Yaa sis… Now we both are friends☺️… Hope I will get to meet my lwbi lwbi sisssooo nd my new friend ril… But ur islands are reaaaalllyyy faaaarrr from mine… Hehehe☺️… But still I wish I could meet u both one day ingey☺️
And also curious about who is layaa??????????????????
Ril lwbi Alhey haada reehchakan thi Layaa akee kaaku thoo thibalanee??????
MA special name eh veema dhw????????
Am I right tha bestoo
Hi sisoo????????????????????????
Sisoo haada heart touching eyy mi part hama rovihje????????????????
Nabeel I want kill u… Devil nabeel?????
Nayoo gayah E valhi herihje Yaa miee iyaash moyavaane eyy sis..
Alhey sis varah curious kohfa dhw thi ninmaalee..
Varah vvvvvvvvvvvv vvvvvvvvv reethi hama mi part vx.
Ayaan saabas thihen ulhenikon theyo naashi kaalhu jahaigenfaane..
Zeevaan & Shaima I so happy for them☺️
Shaanim & saya 1 week baakee dhw
Lysm sisoo?????????????
Ummmaahhhhhh?????????????
Waiting for the next
Stay Safe
Take care
Xeen ah anehen comment nufonuveythee mi gen Ril kohfa Inn comment ah dhih reply eh gothan kohlee….
Dhen xeenoo ?????? bestoo ves dhw hayoo
Ril bestoo Kon heveh kiyaanan ingey laya akee special name eh kan….. Eyy bestoo anehka cry kuran nufashahchey ingey?☺️
Dhen hama xeen ahaalee eyy ingi hure vx…… Sis ingetha laya akee Ril ah varah special name eh.. Dhw riloo❤️❤️❤️❤️?????☺️☺️☺️☺️☺️?
Ril please Plx plxxxxxx nurohchey ingey.. Sorry if u get heart
Yaa I will not cry ey and let’s just end this topic dhw dear pls don’t get angry and don’t mind pls xeenoo …… U know dhw ???
hingaa dhw eii kaaku tho balama dear..
hiii xeeennn..alheyyy ehaa ginain nurohche ngey ekm.. yes yes xeen i wanna kill him tooo.. hingaa dhw ekama 2 kudhin ulhen .. ehhe.. yes vv curious kohlaafa dhw ninmaa milevunii.. hmm saabaheyy ayaanoo xeen bunaahn vedhaaney dhw anekka thankolheh kerign kurimathilaaba dhw xeen..heheh.. yes 1 week to go dhw saya nd shaanim ge wedding ah.. lymmmm loabi loabi xeennn stay safe girlll..
nd yes heheh naseebennu dhw ril ah special name eh levun kan vs..heheh
Ok Ril buneema jeheynee E topic Inn durah daan dhw…OK ey Ril I know very well about that☺️
Sis ya special name eh Ril ah….but dhen e Vaahaka nudahkama dhw….
Yaa Thankx for stopping that topic love u xeen and lowbi sis❤️❤️❤️❤️
Varah reethi mi part ves curiously waiting for the next part ☺️ take care ♥️♥️♥️ stay home ? stay safe
thnk yuh sooo much dear.. means a lot.. u too dear stay home nd stay safe..
Hello my loabi loabi sis?????????
Subhaanallah Anehkaa Naya gayah baavaa E valhi herunee??????????????????????????????sis haada heart touching baekey dhw miee??????hama rovihje
Sis abadhu vx varah curious kohfa dhw thi ninmaalanee… Alhey mi nabeel akee jaadoogareh baavaa saya men kuraakamaka adhi veetanaka ingen?????????
Ekamu nabeel handaan kuran jehey varah muhinmu kameh ebaoii… Eyy Abadhu eh vx meehakan biru dah kaigen viyas adhi nufoozu kithanme varakah fooruviyakay falhaa araane duvahen annane… Nabeel ah ingtha vagakah haas dhuvas vehjeya veriyakan ehduvas..so mi naseyhai nabeel gaboolu kuraane kaman unmeedhu kuran..Nayo ah vx mi naseyhai ebajehey dgeyn hama because nayo dhontha men nah neygi thigen nabeel & aizan men naa bahdalu kuranee…. I whish Ekamu nabeel hama???????dhen gothen hadaalan vee kan neyge…. Nabeel heenukurahchey abadhu nayo akee ehaa findi kuhjekey ingey… She much more brave than you think devil nabeel???????????
Shaanim men nah hama heyverikan vaane e anhen kuhjaa ge veynee halheykuge adhun dhw…. Ehen Nu vaane amihla world eh ga vihya ethibee…??nayo ah vehje aamuee iyaash fakeeruge hey hun naabe baa anehka?
Alhey dhen ekamu nayo aai iyaash aai 2 meehun aslu ekaku anekaku deke inthihaayah loabivey❤️???iyaash in love dhw… Adhi madukohla… Inshallah varah avahan nayo iyaash ge meehakan hedheyne…. Nayo keehve ve tha hithuge aadheyhah beeru kanfathen thidenee… Eyy Why nayo??????Anehkaa 2 meehun nah ehfahara ey dhw hinuthun vevenee vx.. Nayo ihthiyaarun beyruga E vevunu hinuthun vumakee iyaash deke loabi vaa kamuge alaamaathen henn xeen ah bodah heevanee… Nayoo Alhey iyaash ehaa varah gulhaairu & msg kurrairu vx thihun nanee hama kahaathan hiruvaa vx nulaa…pis pis pis nayo dhoonya vusnun badalu kohlan feney… ??
Nayoo ah dera gothen vehje aaa xeen varah dera vaane ingey nayoo??????????????????
Alhey Ayaan & Meesha delofulha thi hira vaagothakun loabi viyas nukerey bunaakah dhw sis.. Ayaan varah hushiyaaru vaathi faharehga theyo naashi Kaalhu jahai genfaane…so ehen vumakee kurin Meesha ah propose kuran feney
Zeevaan & Shima Alhey varah rom dhw?????❤️❤️Zeevaan mommy varah happy vehje????☺️☺️☺️?❤️
Saya & shaanim dhw 1 week baakee… Kihineh baa Vaane???????xeen vx beynun vey nabeel & shaanim aai oii gulhun balaa lan
Eyy nabeel varah avahan hurihaa kameh bust vedhaane…Mi aslu handaan kohdinee ingey???
MASHA ALLAH SIS VARAH V V V V VVVVVVVVV VVVVVVVVV VVVVVVVVVVVV VVVVVVVVVVVV VVVVVVVVV
REETHI MI PART VX… BUT VERY HEART TOUCHING??
Love u so much sisoo??????
Take care???????????????????
Stay safe?????????????????????????????????????????
Waiting for the next
Mioh kamen dhw…. Sis alsu kurin xeen bunin dhw nufonuvuney….ekam mihaaru miothee xeen liunu huthuba??????
Hehheheh xeenooo lol dhw????????????????????❤️❤️❤️❤️❤️❤️❤️
Hello sis????❤️
Abadhu vx sis nimaalanee varah curious kohfa dhw
Alhey sis hama rovihje mi part kiyaaleema… Heevanee hama rohvaalan liyafa oii part eh hen ehaa vx heart touching?
Alhey nayoo baavaa E anhen kuja akee.. Ehen vehje nama iyaash ah neygeyne hureveythan vx..
Nabeel Alhey tee jeenious eh tha… Vaa hurihaa kamaka thibithanaka kuraakuraa kamen vx ingeythee mihen mi ehee?
I think varah avahan nabeel & aizan dehki vaahaka bust vaane henna.. Nayoo kan neyge but kohlaanee…anehka laya eyy kaakuba.. Sis Alhey e laya akee girl or a boy tha????
Waiting for the next
Love u so much my lwbi lwbi sisoo❤️❤️❤️❤️❤️❤️❤️❤️
Take care???????????????????
Stay safe???????????????????
Ummmmah??????????????????
hellw loabi xeenoo.. yes yes vv curious kohfa dhw sis ninmanii abadhuvs kiikey kiyaanii dhw dhn..heheh.. alheyy dhn ekm nurohche ngey ekm ehaa ginain.. hingaa dhw balama kaaku tho e anhen kuhjaa akii.. lahba eyyy xeenooo iyaash fakeerah neynge dhw vaane gotheh vs.. nabeel gotheh neyngeyne dhw xeen hahaha.. laya is a girl sis ge sweet xeen stry ge mi part inh vs ingeyne ekan hheeheh.. bt its okii nge.. luv yuh more nd more sis ge loabi loabi xeenn.. u too dear stay safe nd tc..
Masha allah… V reethi mi part vx… Waiting for the next part… Lysm darl
awwnn thnk yuh soo much dear.. means a lott.. lymm dear..
???Vvvvv reethi mi part ves ???????……. Dhen in part kiyaahithun keh madhu vefa mi iny ??????? ……. kon irakun tha next part othy???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
thnk yuh soo much dear.. nxt part submit kohlaafa mihaaru vaanii insha allah publish v haa avahakah libeyne ngey kiyaalan..
Masha Allah vrh vrh vrh reethi…. Haadha curious kollafa ey thi nimmaly. Next part thankolheh avahah up kohdhehchey ☺️ ❤️
awwnn thnk yuh soo much dear.. really means a lot.. ahahah yes v curious kohlaafa dhw ninmaalevunii mi.. lahba insha allah nxt prt avahah up kohladheynan nge
Mi gohya mulhinh ves ninmaanii ehme reethi thanhkolhah btw mi part ves vvvvvvvv reethi ma sha allah ❤️? keep it up dear ❤️lyssssssssm…… Mysssssssssm❤️…
hii loabivaa sisooo.. ehhehehhehe v fakka dhw curious kohlaafa ninmaaliima..heheh.. awwnn thnk yuh sooo much sisooo really means a lot nge hama… lym nd more sis.. eheheh fennan huriiru vs miss veytha class ga ey thiinii dude… btw miss yuh more emme loabivaa sisooo..
Abadhuves miss nd loabivey bodu koh free time ga eyy vaahaka kiyaani class ga inas ❤️❤️
Finally here is 18th part… Alhey haadha dhigu inthizaareh kohfeemey dhoonigandaa???
Thank you sooooooo much❤️❤️ thi Nabeelakaa Aizan magey athun bondi eh boan thi ulhenyއާންއެހެންޏަ… Euphoria nabeelu kairy buney Aish athun bondi eh nulibenys madun hunnaashey….. Alhey darl haadha curious kohllafaey thi ninmaaly? next part ah vvvvv Inthizaaru kurevey N when nxt ? alhe mi vaahakaige title aky kalaaya nulaa ge thankolhehthr?? adhi kiriyaa mi inguny… Kalaaya nulaa song is my favourite song❤️❤️ Alhey ekam ehvx kuhjjakah dhera gotheh nahadhahchey dear.. Aslu Aish Mi vaahaka kiyan feshy vx 12 vana part nerunufahun… Cover ge frame inna gothun vx mi kudhin nah kiyaa nan thakun vx V kiyaahiyvi but hama nuky.. Ekam enme fahun 12 nerunyma mai langondiah keh nuvegen ky…. Masha Allah darl you are awesome… Idioms beynun kuran vx dear ah ingey??? and mi vaahaka kiyaa hiyvvi maigandu sababu thakaky dear friendly koh reply kuraathy aa curious koh ninmaalaathy? anehkka layaa aky kaakubaa E Nabeelugandu ge kuryge loabiveriyaa baa?? N one more question…. Are U a kubra Batuhan fan… Varah ginain ekudhinge pic cover ah laifa hunnaathy hama ahaaly☺️?
Love yooooo sooooooo much??????❣️ thi gothugai kuriah
Tc
Stay home?
Stay safe☺️??❣️
Yesssss finally v dhuvas fahun dhw heheeh.. alheyyy srryy ngey dhooniii.. ur wlcm dear.. lahba eyyy hama kathilan v eyh dhw nabeel.. hingaa 2 kudhin varugadha lecture eh alhaalan dhe nabeel ah.. nxt prt insha allah on friday.. lets see dhw!! awwnn soo happy ehaa fahun vs kiikan inguniima.. yes kaaku baa dhw laya akii?? lahba kubra Batuhan ge fan eh sis miii vvv bodu..hehe..wbu dear?? again thnks fr the lovely cmmnt darll.. lymmm nd stay safe..
awwwnnnn thnk yuh soo much dear fr the lovely nd colorful comment.. ur most wlcm darll.. yes e nabeel nd aizan hama kathilan vihye dhw huvaa mibunii haadha foohiveyey dhw.. nxt part insha allah on friday nge dear. lahba dhera gotheh nuvaane kamah hingaa dhw ummeedhu kuran.. awwnn ehaa fahun kiikan enguniima vs v happy vehje hama.. yes kaaku baa dhw laya akii?? lets see dhw eii kaaku tho nxt prt inh.. yes yes kubra batuhan ge v bodu fan eh sis mii.. wbu darl??
lymmmmmm nd stay safe dear..
MASHA Allah Varah Reethi mi Part ves.?????????????????????aaixan & nabeel hate u fools ??????????????????????????????????Varah foohi vey mi aixan mn dheke.. varugadha landeh dheefa ingey stry ninmaalan vaany.. BLACK SWAN ah aixan mn athujehey dhuvahakun varugadha landeh Dheynan hama huvaa mi bunee hate u ?????????????????????????????????
Layaa eii kakubaa??? I think nabeel ge girl friend kanneyge… Sis kohme faharaku ves stry ninmaalany curious kuruvafa….. When nxt part curiously waiting for the nxt part….
SARANGHAE EONNIE ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
Luv You My SWEET SIS.. ???❣️❣️❣️❣️tc
thnk yuh soooo soo much dear.. really means a lot.. yes v foohivey dhw aixan nd nabeel dheke.. yes vaane dhw e dhemiihunah varugadha landeh dheyn.. yes laya eii kaaku baa dhw dear?? heheh hingaa dhw kuriah oih prt inh balama eii kaaku kan.. nxt prt on friday insha allah.. luv yuh more nd more dear…
sis mi prt ves varah reethi ??
thnk yuh soo much dear.. means a lot..
Ammm… Darl are U Nashia thr… Makunudhoo kuhjjeh thr… Samhaa kiyaa kuhjjaku buny
ummm hehe name emme fahun ingunii eyh dhw yes eii alhuga ge name akii..hhe.. lahba rah vs rangalhah thibunii hama.. dear kihineh samha ingenii/?? plx dont ind nge hama ahaalii frnd ehge kokko eh v ma
Alhey sis ge name ingunee dhw & Island also… Varah vvvvvvvvvvvv vvvvvvvvv ufaa vehje❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ahahahah yes xeen emme fahun hama ingunii eyh dhw..hehe
Sis ah kiyanee nashia tha Masha Allah Sali name eh?????????? and yaa xeen inguny dhw sis ge name heheheh
Yaaayyy?… Sis ge name nd Island ingunee dhw emme fahun☺️… Masha allah???… What a beautiful name?❤️?… Luv it??????
thnk you sis ge loabi loabi xeen , ril nd shaayan.. lysssm
Wlcm sisssooo???… Luv yah mooooorrreee sweetheart????❤️
Love the story
thnk yuh soo much dear..
varah varah varah reeeeeethiiiiiiii mi prt .. ?????????????????????????????
hama habeys..????????????????? ??????????????????????
obiness to the max…???????????????????????????????????????
varah varah amazing…☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
its fabulous as always…?????????????
????that idoitic stupid monstrous devil????? that nabeel I’m going to kill him….?????????????????????????????????
How dare he stab a gurl… hope its not naayaa… she has gone through a lot n going through so much…????????????????????????????
sis naayaa ah dhera gotheh nahadhahchey….ingey..
if naayaa ah kameh vehjehyaa iyaash ves haadha dheravaaney alhe…?????…. hithah araa kon irakun baa ey mi nabeel aa aixan ah vis neynee…..???
btw wonder who this layaa is…???????????
is she nabeels gurlfriend sister or someone related somehow….???
and shaanim a this layaa a othee kon gulhumeh baa…
zeevaan and shimaa ah happy life eh libeyne kamah mi unmeedhukuranee …☺️☺️☺️ same goes to ayaan and meesha tooo…?????????????????
Naayaa ves iyaash ah yes bunan vehje ehnun mihaaru..
anyway varah varah reethi ???? n varah heart touching…?????????????????
curious kohlaafa thi finish kohleee… Friday ga dhw nxt prt… curiously waiting…??????????
Ur a great athour sis…??????????
n ur one of my favourite author…..♥️♥️♥️♥️♥️♥️♥️♥️♥️♥️
U will become a great athour…??? in fact u already r.
n yea no one ves varah story liyaahihve… ur a big inspiration for me…
thank you very much for that…???????
LUV YOU SISSY….?????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????
plx stay safe and take care….??????? Lots n lots of love… ??????????????????????????️?️???????????
hiii dear.. maasha allah wht a huge cmmnt.. awwwnnn really thnkx a lot dear… so so glad to see those lovely words.. lahba ey nabeel ah rangalhu landeh dhyn vihye dhw dear.. lets see dhw kaaku gayah tho valhi herunii.. yes iyaash vv dhera vaane dhw naya ah kameh vehjeyya.. yes kaaku baa dhw laya akii?? vv suvaalu ufedhey dhw.. hingaa dhw kuriah huri prt thakun eii kaaku tho balamaa..yes naya mihaaru yes bunanvehjey dhw… bt still…… lahba insha allah friday ga ngey.. awwn vaahaka hama liyan v will help hama mistake thah kiyaidheyn nge.. liyan fashaaba insha allah kuriah dheveyne ingey.. its okii dear thnkx nubunaane ngey.. lymmmmmmmmm nd stay safe dearrrr..
btw kirin comment nukurevunee kuda koh buxy veema … swry for that…???????
stay safe sis ingey…???????
luv ya…♥️?♥️?♥️?♥️?♥️?♥️?
alheyyy srry nubunaaney ngey dear.. its okii hama free velaafa cmmnt eh kohliima ok vaane ngey..lymmm nd u too dear stay safe nd tc
Very nice ❣️
thnk yuh soo much dear..
Alheyyy??? Naashiahtha tha thy…. I am Aisha ey..U men ge Razy Sir ge dhariey… Ehenmma ingeynu?
I’m also a kubra batuhan fan…. Aslu v gothaky faiha ge fan’s group eh hadhaafa indhaa ethanah join v Samhaa….. Ethanun kuhjjaku buny reethi vaahaka eh bune balaashey… Alhugandu buny Mi vaahaka… Buny ma Samhaa buny mi vaahakaige author ingey hey alhuga buny Euphoria ey… Ehn buny ma Samhaa buny Naashiahtha ey..? asluvx darl U hama habeys vaahaka Liyan ingey…. Furathama hy kury Mal’e kuhjjeh kamah…. Adhi vx mihun nany gaboolu kuran dhathivefa? hehe ehen nu vaany vx hiyeh nukuran mihaa favourite author eh dhan na moonakah vedhaane kamakah?❣️❣️❣️ mi ril aa xeen aky vx rashu kudhin thr. Hama ahaaly ? N school in Mizuhahtha aa I mean Mizuhaa aa dhimaa vaanu dhw.. Salaan bune dhehchey…. Dear ge mom ah Alhugandu mom v Salaan buni☺️ love you sooooooo much
Bas ahaigen kiyavahchey
Tc
Stay home
ohhh raazee sir mn gey aisha tha.. alheyyy v ufaavehje aisha kan inguniima heheh.. really soo happy.. ahahah naseebennu dhw ingun kan..hehe.. awwnnn thnk yuh soo much dear.. really means a lot.. yes hieh vs nukuraane dhw dhn hehehe.. noon ril nd xeen eii ehn atoll eh.. lahba salaam bunaanan ngey mizh ah.. ohhh mum vs v salaam buni aish mum ah ns alhuga ge salaam vs bunedhehche ngey mum ah plus raaif ah vs ngey… luv yuh more nd more darlll.. lahba kiyavaanan nge aish vs bas ahachey ngey.. stay safe dear..
Nd yes how’s you dear? Mum mn Nd family emmn vs rangalhutha? Plx stay home and stay safe nge?????
Mizuhahtha ah gulhaabila dhwww??? miss u so much ??? Be safe ♥️♥️♥️♥️♥️♥️♥️♥️♥️♥️
Mizuhahtha ah gulhaabila??? vvvvvvvv miss veyy thi team mathin???? stay safe♥️♥️♥️♥️♥️♥️
Alhuga ves enmen vx hama Varah baraabaru Al hamdhu li Allah☺️ lahbba mom ashaa dhonbe ah vx dear ge salaam bunedhey nan…. How U darl❣️ lahbba.. Mihaaru gein nunikun nathaa 4 months mi vany hehe… Lahbba alhuga vx bas ahaanan iraadha kureh viyya?….
alhamdulillah glad to hear that u all are fine.. btw thnk yuh darlll.. alhamdulillah alhuga ge haalu vs hama v ranagalhu.. yes vaane nge v bas ahan i knw aish v bas ahaane kan vs maasha allah…
wow.. mashallah.. mudhahris ge dharivaru haadha molheyh dhw.. mihaaru dhemeehun ehvaru v dhw.. naash ves 18 and so do i.. LOL.. ehfothakunh tha kiyavaigenh miulhevenee???
eeheheh thnk yuh dear.. means a lot.. lahba ehvaru v ey dhw.. yes mii eh fothakun kiyavaa baennu gere ehcheh dhw dhn eii heheh..
u knw what bunelan tha v reethi koh.. aslu mithan chat box akah hedheema author ah cmnnts gina vaane ehn v ma einee top ga.. and plus miyah mihuree hus auther dhanna kudhin koffa which means author mihuree mi vhk liyefa dhn messege koffa kiyaashey kuraashey kiyaafa.. ein VANTEKTH akee ves mi stry ge author aa gulhun huri kujjeh.. eii mi stry ah cmnnt kuraa gothun ingey… she /he have defended this girl and VANTEKTH commented on this stry more than she did to VANTEKTH ge.. and if u gets this much support and if VANTEKTH is related to u supprt that author too.. but this stry ah vure mi dhelo fuhela dheyshey loabin maa maa reethi.. cux meega heevanee dhnh maa drama gadu bodukoh.. dhn naayaa ah vegen ulhey kan thah ves ehkolheh ga nujehey,… feshunin sure hithaama hithaama… and i think mihuree author ge life ah base kohfa liyefa hen.. and plus young mibunee mithanah alah vhk liyaa kujjakah emme mahchakh nereyene trick akaa nulaa.. eii i tried ekm nuvaane… plx stop this this is cheating.. hafthaage magbool ah erunas ehaa mahchakah neyreyne… plx dear stop this.. ballava faraatheh vodigen vey.. im sorry if this is a misunderstanding but baeh comments kiyaafa feel v migothah.. and adhives srry.. ik miee negetive cmnnt eh kan.. ekamaku balaigannaane kamah heekuran 🙂
Thanks fr the comment.. happy vehje dear mi story aa medhu dhekey goih haama kohliima vs.. lahba thi comment vs alhugandu balaigen mi gathy hama ufalaaeku.. to be honest thii vs story liyumaigen kuriah dhiumah libunu hihhvareh.. negative comments Anna varakah improve kuran faseyha vaane.. Nd it’s ok dear.. thii sorry bunaa varu kameh nun.. Nd yes VANTEKTH Wii hama alhugandu ge v close frnd eh rangalhah dear thibunii alhugandu eyna ge story ah comment kuran hama bt konme part akah nukurevunas gina part thakah kuran .. alhugandu ge real name jahain kuraathii neyngenii ekm eyna ah ingeyne… Sryy dear dheravaa fadha baheh alhugandah bunevun nama.. Nd mi story ge EVs kameh alhugandu ge life ah base kohfa liyefa eh niinnaane dear.. Nd vedhaane dhw hama fahun Naya ah vaan oih goih maa rangalhii kameh vs??.. again sorry dear dheravaa fadha baheh alhugandah bunevifa vaa nama..☺?
Awwn…alhey aalif ge rashuga ves esfiya site ga vaahaka liyaa miiheh huhna nama.anyway this part very nice waiting for the next part and aish n euphoria grade kihaavareh.tc be safe??????????????
insha allah adhi aalif ge rashun vs vaahaka liya kuhjaku nunii kudhin tahkeh nukunnaane ngey.. btw thnk yuh sooo much dear.. really means a lot.. alhugandu mii grade 10 hheh.. u too dear stay safe nd tc..
Hehe…. Grade nubuneveyne… Pls ehchekey hynukurahchey ngey Aalif☺️ but hinteh dhevidhaane I’m in secondary?
Alheyyyyy… Sis buneemennu friday ga 19 vana prt kiyaalan libeyney… Ekam adhivx up eh nuvey… Iru iru kolhaa eba balan mi stry up vefa intho… Ekm vx nuve… Sis stry submit kohfintha??? Hope kuran vrh avahah nxt prt kiyaalan libeyne kamah… Lysm sisssooo☺️
Grade 6 dhw??
Hehe are you in grade 6 aalif
Don’t mind I just asked ?☺️
Nope Dear… 6 ah vure mathi ? 6 secondary aku neen naanu dear? 7, 8, 9, 10 ehnu in naany☺️
N Euphoria darl buny mennu miadhu next part submit kohllaanamey☺️☺️ submit kohllaifin thr dear…. Can’t wait to read it❣️❣️❣️ mi adhu adhi Aish kiyaa ehves vaahaka eh up eh nuvey…? v foohi ehnve?
lahba aish dhnme submit kohliimi miadhu kurin submit kohnulevunii studies ge kamhga bxy v ma.. so srry darl… alheyyy so sadd.. insha allah adhi up vaane nge aish kiyaa stry thah vs..
Yes no story I want to read is not uploaded ??
So sad? sis upload it soon ??
submit kohlaifin nge dear.. insha allah dhn v avahah kiyaalan libidhaane nge..
So sad?sis upload it soon
so srry my dear readers.. i have submitted nxt part hama dhnme.. studies ge kameh ga bxy v ma miadhu submit kohnulevunii.. bt dhn insha allah v avahah kiyaalan libidhaane publish v haa avahakah ngey.. again srry nd lysm my dear readers stay safe all
Alhey darl sorry nubunaane ngey…. Its OK ey lahun up viyas dhanvaru 00:00 ge kurin submit kohllias buni kanthah vejje ehnu dhw
Pls tc❣️❤️❤️❤️❤️?? stay home
It’s completely fine sisssooo???… U did wht u can right?… Nd I’ve always heard that the longer we wait the greater it becomes☺️… Hope I will get to read the nxt prt soon???… Aaaawwwnnn???… Lymmmmmmmmmmm nd morrreeeee shaayan ge lwbi lwbi sisssooo?❤️?… U 2 stay safe sweetheart?????
Okay love you ??
TC?
Stay safe ?
Good night ?
Alheyyyyy… Sisssooo buniimennu friday ga 19 vana prt kiyaalan libeyney… Ekm adhivx up eh nuvey… Sis iyye buniimennu submit kohfiimey… Dhn keevve up nuvanii??? Mihaaru vhk kiyaalaa hithun vvvvvvvvvvvv keh madhuvefa mi huree… I just can’t wait… Hope kuran vrh avahah nxt prt kiyaalan libeyne kamah☺️… Lysm my lwbi lwbi sisssooo???
I am in grade 7
So bigger than me.
Hehe I’m in grade 6 I sometimes use my Nick name Lee my real name leem
Ohh enmme fahun Aalif dhimaa kuryma bunan jehuny thaa? hehe I’m also in grade 7? ehvaru V dhw
Alhe admin konkamakaa baa bxy vegen miulheny…. Ehves vaahaka eh publish eh nuvey???