ތިޔަ ލޯބިން ހިތް ފުރިއްޖޭ.. (4)
“ހައިކް އަހަރެން އަބަދުވެސް ހައިކްއާއި އެކުގަ ވާނަން… ޕްލީޒް ނުރޮއި….. ތިލޮލުން ކަރުނަ އޮހޭ މަންޒަރު ބަލަން އަހަންނަކައް ކެތެއްނުވާނެ…..” ދުރައް ހިގަމުން ދިޔަ ހައިކަލް އާއި ދިމާލަށް ބަލަންހުރި ޔުސްރާގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް އެއަޑު ހައިކަލް އައްނީވޭނެއެވެ. އެބަސްތައް ދުލުންބޭރުކުރާނެހާ ހިއްވަރެއް ޔުސްރާގެ އެއްނެތެވެ. އެގިގެންދިޔަ ހަގީގަތާއެކު ޔުސްރާގެ ހިތް އުފަލުން ނަށާލިއެވެ. ނަމަވެސް ސިކުޑި ވިސްނައިދެމުން ދިޔަ ހިތް ދައްކާ މަގުން ނުހިގުމަށެވެ.
“ދައްތާ…. ކޮއްކޮ ނިދަން…”ޔުސްރާ ނައިސް ގިނައިރުވާން ފެށުމުން ހައިޝާ ކޮޓަރިން ނުކުމެގެން އައީ ލޯ އުގުޅަމުންނެވެ. އެވަގުތު އިޝާ އެތާގައި ނެތުމުން އެކަމާ ހައިޝާ ސުވާލެއް ނުކުރިއެވެ. އެއުމުރުގެ އެހެންކުދިން ފަދައިން މަންމަ ފެނުމުން ހައިޝާ އުފަލުންވެސް ނޫޅެއެވެ. އިޝާ ވަނީ އެހަވެސް ބޮޑައް އެކުއްޖާއާ ދުރައްގޮއްސައެވެ.
ހައިޝާއަށް ކާންދީ ނިންދެވުމައްފަހު ޔުސްރާ އިރުކޮޅަކު ހައިޝާ ކައިރީގައި އޮތެވެ. އެވަގުތު ސިކުޑީގައި އެބުރެމުން ދިޔައީ ދެންމެގަ ވީ ކަންތަކެވެ. ވިސްނަން ބޭނުން ނުވިޔަސް ޔުސްރާއަށް ވިސްނެނީ ހައިކަލްއާއި މެދުގައެވެ. އެންމެފަހުން ޔުސްރާއަށް ކެއްނުވެގެން ބޭރައް ނުކުތެވެ. ނަމަވެސް ހައިކަލްގެ ކޮޓަރީ ދޮރުމައްޗައް އަރާފައި ހުއްޓެވުނީއެވެ. ހައިކަލްއަށް ގޮވާލާކަށް ނުކެރުނެވެ.
“ޔުސްރާ.. ކަމަކުތަ…؟؟” ފަހަތުން ހައިކަލްގެ އަޑުއިވުމުން ޔުސްރާއަށް ސިހިފައި ބަލާލެވުނެވެ. ކޮފީތައްޓެއް ހިފައިގެން ހުރުމުން ހައިކަލް އެއައީ ބަދިގެއިންކަން ޔުސްރާއަށް އެގުނެވެ. ދެފަރާތައް ބޯ ހޫރާލަމުން ޔުސްރާ އިސްޖަހާލިއެވެ.
“ޔުސްރާ އަހަންނާ ވާހަކަ ދެއްކިޔަސް މީހަކު ރުޅިއެއް ނާންނާނެ… އެހެން ނޫނަސް އެއްގެއެއްގަ ކިހިނެއް ވާހަކަ ނުދައްކާ އުޅޭނީ….”ބެލްކަންޔާ ދިމާއައް ހިގައިގަންނަމުން ހައިކަލް ވާހަކަދެއްކިއެވެ. އޭރު ހައިކަލްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. އިރުކޮޅެއްކުރިން ހައިކަލްވެސް ހައިޝާގެ ކޮޓަރީ ދޮރުމަތީގައި ހަމައެގޮތައް ހުއްޓެވެ. ނަމަވެސް ޔުސްރާއަށް ގޮވާނެހާ ހިއްވަރު ހައިކަލް އަށްވެސް ނުލިބުނީއެވެ.
“ޔުސްރާ….. ވީ ކޭންބީ ފްރެންޑްސް ރައިޓް…”ދޮރުމަތީގައި ހުއްޓެމުން ޔުސްރާއާއި ދިމާއަށް ބަލާލާފަ ހައިކަލް އަހާލިއެވެ.
“މީ … އަހަރެން…”ލަދުން ޔުސްރާއަށް ރަނގަޅައް ވާހަކަވެސް ނުދެއްކުނެވެ.
“މިތާގަ އިށީދެބަލަ….”ހައިކަލް އޭނާގެ ކުރިމަތީގައި އިން ގޮޑިއައް އިޝާރާތް ކޮއްލިއެވެ. އެއީ އެވަގުތު ހައިކަލްގެ ހިތް ބޭނުންވިގޮތެވެ. ޔުސްރާ ފެންނަހިސާބުގައި އިނުމުން ހުރިހާ ހާސްކަމެއް ފިލާދާކަހަލައެވެ. އެމޫނައް ހިތް ފުރެންދެން ބަލާލަން ހައިކަލް ބޭނުމެވެ.އެއްވެސް ބަހެއްނުުބުނެ ޔުސްރާ ހައިކަލްގެ ކުރިމަތީގައި އިށީނެވެ. ހައިކަލް ބަލަން އިނުމުން ޔުސްރާއަށް ހައިކަލްއާއި ދިމާލަށް ބަލާލަންވެސް ނުކެރުނެވެ.
“ޔުސްރާ ދެން ރަށަކަށް ނުދާނަންދޯ……” ހައިކަލް އެއިންގޮތައް އިދެ އަހާލިއެވެ. އެއީ މިހާރު ހައިކަލް ވުމައް އެއްމެ ނޭދޭ ކަންތަކެވެ. ޔުސްރާއާއި ވަކިން އެއްމެދުވަހެއްވެސް ދެން ހޭދަކޮއްލުމަކީ އުދަގޫކަމެކެވެ. ޔުސްރާ ބޯޖަހާލިއެވެ. އެއާއެކު ހައިކަލްގެ މޫނު އުޖާލާވެގެން ދިޔައެވެ.
“ޔުސްރާ ދާންވަންދެން މިގޭގަ ހުރެވޭނެ….. އެއްވެސްކަމެއް ޔުސްރާއަށް މަނާއެއްނުވާނެ… ” ދައްކާނެ ވާހަކައެއް ނޭގިފައި އިރުކޮޅަކު އިނުމައްފަހު ހައިކަލް ބުނެލިއެވެ. އެއާއެކު ޔުސްރާ އިސްއުފުލާ ހައިކަލްއަށް ބަލާލިއެވެ.
“ސޮރީ.. ގޯސްއެއްޗެއްތަ މި ބުނެވުނީ…” ފެންކަޅިވެފައިވާ ޔުސްރާގެ ލޯ ފެނުމުން ހައިކަލް ހާސްވިއެވެ.
“މިތަނައްއައީ ދާނެ އިތުރު ތަނެއް ނެތީމަ…. ބައްޕައަކާ ނުލާ މަންމަ އެކަނި އަހަރެން މިވަރުކުރީ… އަހަރެންމީ ބައްޕަ ނެތް ކުއްޖެއްކަން އަހަންނައް އެގުނީ އަހަރެންގެ އުމުރުން ނުވައަހަރުގަ….. ރަށުނީހުން އަބަދުވެސް އަހަންނަށް އެކަން ހާދާން ކޮއްދޭ…. މަންމަ ވަރަށް ބަލިކޮއް އުޅެފަ މަރުވީ… އަހަރެންނައް އަޅާލާނެ އަހަރެންގެ ހާލުބަލާލާނެ އެއްވެސް މީހެއް އެރަށުގަ ނުހުންނާނެ… މުހައްމަދުބެ އަހަރެންކައިރީގަ މިގެއައް އަންނަ ވާހަކަ ދެއްކީމަ ފުރަތަމަ އަހަރެން ދެކޮޅުހެދިން…. އެކަމަކު އެކަނިމާއެކަނި ގެއެއްގަ އުޅުން އަހަންނައްވީ ވަރަށް އުދަގޫކަމަކަށް…. ކޮންމެވެސް ފިރިހެނެއްގެ އުދަގޫ އަހަނަށް މުފޯރާ އެއްމެރެއެއްވެސް ނުދޭ…. އެހެންވެ އަހަރެން މިތަނަށް އައީ… ހައިކަލް ކަހަަލަ މާތް މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން…. ދެން ހައިއްކޮ… އެއީ މިހަރު އަހަރެންގެ ހުރިހާވެސް ހިތްހަމަޖެހުމަކީ…. ހައިކަލްް އަހަރެން މިގެއިން ނެރެނުލާހާހިދަކު އަހަރެން މިތާކުން ނުދާނަން….” ކަރުނަ ފޮހެމުން ޔުސްރާ ވާހަކަ ދެއްކިއެވެ. ރަށުގައި ޔުސްރާއާއި މެދު ކަންތައްވެފައި އޮތްގޮތް މުހަމަދުބެވަނީ ހައިކަލް އައް ކިޔާދީފައެވެ. ނަމަވެސް ޔުސްރާ އެގޮތައް އެވާހަކަތައް ކިޔާދިނުމުން ހައިކަލްގެ ހިތުގައި ރިއްސާލިއެވެ.
“އަހަރެން ދުވަހަކުވެސް ޔުސްރާ ދޫކޮއްނުލާނަން….” ރޮވިފައި އިން ޔުސްރާއަށް ބަލަން އިދެ ހައިކަލް އަށް ބުނެވުނެވެ. ހިތުގެ އަޑު ދުލުން ބޭރުވިކަން ހައިކަލްއަށް އިހުސާސް ވީވެސް ޔުސްރާ އިސްއުފުލާ ބަލާލުމުންނެވެ.
“މިބުނީ…. ޔުސްރާ ފޮނުވައެއްނުލާނަމޭ…. އެހެންނޫނަސް ދެން އަހަނައް އެކަނި ހައިއްކޮއެއް ނުބެލޭނެ… ” ހަމަޖެހޭން މަސައްކަތް ކުރަމުން ހައިކަލް ގޭތެރެއަށް ދާން ހިގައިގަތެވެ. ހައިކަލްއާއި ދިމާލައްބަލަން ޔުސްރާ އިންއިރު ހައިކަލް ދެންމެ ބުނި ޖުމްލަ ޔުސްރާގެ ކަންފަތްދޮށުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކަށް ހައިކަލްއާއި ޔުސްރާގެ ގުޅުން ދިޔައީ ބަދަހިވަމުން ނެވެ. ކުރީކޮލުގައި އިޝާގެ އުދަގޫ ކޮންމެވެސް ވަރަކަށް ވީނަމަވެސް އެކަންވެސް ގިނަދުވަހެއް ނުވެ ހުއްޓުނެވެ. ހައިޝާ ގޮވައިގެން ޔުސްރާއާއި ހައިކަލް އުޅެމުން ދާއިރު ކޮންމެމީހަކައްވެސް ސިފަވާނީ އުފާވެރި އާއިލާއެކެވެ. އެއްއަހަރު ފާއިތުވެގެން ދިޔައިރު ޔުސްރާވެސް ހައިކަލްއާއި ހީ ސަމާސަ ކޮއް ހަދައެވެ. ދެމީހުންގެ ހަޔާތުގައި ދިމާވެފައިވާ ހުރިހާކަމެއް އެކަކު އަނެކަކާ ހިއްސާކޮއްފައިވާއިރު އަދިވެސް ދެމީހުންގެ ހިތުގައި އުފެދިފައިވާ ލޯބި ވަނީ ފޮރުވިފައެވެ. ދުލުން ނުބުނި ކަމުގައިވިޔަސް އަމަލުން ދެމީހުންވެސް ދިޔައީ އެލޯބި ސާބިތުކޮއްދެމުންނެވެ.
ގޭތެރޭގެ ކަންތަކާއި ހައިޝާގެ ކަންތައްތަކުގެ އިތުރުން ހައިކަލްގެ ކޮއްމެކަމަކަށް ޔުސްރާ ހާއްސަ އިސްކަމެއްދެއެވެ. މިހާރު ޔުސްރާ ފެންނަމީހަކަށް އެއީ ކުރީގެ ޔުސްރާއޭވެސް ބުނަން ދަތިވާނެއެވެ. ޔުސްރާ މިހާރުވަނީ އެހާވެސް ބޮޑައް ބަދަލުވެފައެވެ. ހަންގަޑުގެ ކުލަ އަލިވެ، ހަށިގަޑުގައި ކުރިންހުރި ނިކަމެތިކަން ކެޑިފައެވެ. ހެދުންއެޅުމުގައި އަދިވެސް ޔުސްރާގެންގުޅެނީ ކުރީގެ ސާދާ ގޮތެވެ. އެއީ ހައިކަލްއައް ކަމުދަނީ އެގޮތްކަމައްވާތީ އެކަން ބަދަލުކުރަން ޔުސްރާ ބޭނުންނުވީއެވެ.
“ޔުސްރާ…. ނުނިމޭތަ…” ސިޓިންރޫމްގައި އިދެފައި ގަޑިއައް ބަލާލަމުން ހައިކަލް ގޮވާލިއެވެ.
” ހިގާދާން… އެހެންނޫނީ ފިހާރަތައް ބަންދުކުރާއިރުވެސް ނުނިމޭނެ…” ކޮޓަރިން ނިކުންނަމުން ޔުސްރާ ބުނެލިއެވެ. ކަޅުހެދުމާއެކު ނޫކުލައިގެ ޝޯލްއެއް އަޅާފައިވާއިރު ޔުސްރާގެ ވައް މޫނާ ނުލާހިކު ގުޅެއެވެ. ކޮއްފައިވާ ލުއިމޭކަޕުން އެރީތިކަން އެތައްގުނައެއް އިތުރު ކޮއްދީފައިވެއެވެ. ކަޅިޖަހާލަންވެސް ނޭގިފައި ހައިކަލްއައް ބަލަން ހުރެވުނެވެ. ޖެނީކައިރީގައި ހައިޝާ ކައިރީގައި މަޑުކުރަން ބުނެފައި އެބުރުނު ޔުސްރާއައް އިސްޖަހާލަން މަޖުބޫރުވީ ހައިކަލްގެ ތޫނުނަޒަރުން ސަލަމަތް ވުމަށެވެ.
“މިހާރު ލަހެއްނުވޭތަ….” އިސްޖަހައިގެން ހުރެ ކުރިއައް ހިގައި ގަންނަމުން ޔުސްރާ ހީލާފައި އަހާލިއެވެ. ހައިޝާގެ އުފަންދުވަހުގެ ތައްޔާރީތައްވުމައް އެޗިހިގަންނަން ދާން ޔުސްރާ އުޅޭތާ ދެދުވަސް ވީއެވެ. އެކަމަކު ހައިކަލް ޔުސްރާއެކަނި ދާން ހިތްހަމައެއް ނުޖެހުނެވެ. އެހެނަކަމުން ހައިކަލްއައް ވަގުތުވެގެން ދާން މަޑުކުރީއެވެ.
“ހައިކް…. މި އޯކޭދޯ….” ތަށިތަކެއްނަގާ ހައިކަލްއައް ދައްކާލަމުން ޔުސްރާ އަހާލިއެވެ.
“ކޮންއުފަލެއްގަ ޕާޓީ ބާއްވަނީ…” ފަހަތުން އަންހެނެއްގެ އަޑުއިވުމުން ޔުސްރާ ފަހަތް ބަލާލިއެވެ. ދެލޯބޮޑުކޮއްލަމުން ހައިކަލް ހުރިދިމާލައް ބަލާލިއިރު ހައިކަލް ފޯނެއްގައި ހުރެ ބޭރައްނުކުނަނީއެވެ. ކުރިމަތީގައި ހުރީ އެމީހަކު ދެކެ ޔުސްރާއެއްމެ ފޫހުވާ މީހާއެވެ. ހައިކަލްގެ ދިރިއެޅުމުގެ ހަމަޖެހުންނަގާލި އަންހެނާއެވެ.
“ރާއްޖެތެރޭ އެއްޗަކައް މާލެއެރޭއިރައް ފުރަތަމަވެސް ބަލާނީ ފިރިހެނަކު އަތު އަޅުވާލެވޭތޯ…. އެހެޔޮވާނެ މީހެއްގެ ފިރިއަކަސް… މަގޭއަތުން މަގޭ ފިރިމީހާ ޖަހައިގަނެފަ ކަލޭ ހީކުރީ ވަރައް އުފަލުން އުޅެވޭނެކަމައްތަ…. އަދި ބުނެފިއެއްނު ހައިކް އޭ…. އެނަން ކިޔާނީ ހަމައެކަނި އަހަރެން…” އިޝާ އެއްމެންގެ ތެރޭގައި ޔުސްރާއާއި ދިމާލައް އެޗިހިކިޔަން ފެށިއެވެ. ފިހާރާއިގައި ތިބިއެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޔުސްރާއައްށެވެ. އެވަގުތު ބިންފަޅާފައި އަޑިއައްދާނެނަމައޭ ޔުސްރާގެ ހިތައް އެރިއެވެ.
“މީތަ އީޝް ބުނި އަންހެނަކީ…. މީނައައްޓަކާ ހައިކަލް އީޝް ދޫކޮއްލީ… ހުރި ކަޓުވައްތަރު ބަލާބަލަ….” އިޝާ ކައިރީގައި ހުރި ކުއްޖާވެސް ޔުސްރާއާއި މަލާމާތް ކުރަން ފެށިއެވެ.
“އަދިވެސް ހައިކް ކަލެއަކާ ނީދޭދޯ…. ނުވެސް އިންނާނެ… ކަލެއާއި ހައިކް މެޗް ނުވާކަން ހައިކްވެސް ގަބޫލުކުރާނެ…… ތިހެންދަރިބަލަން ގޭގަ ބަހައްޓަފާނެ…. އެއީ ކަލޭގެ ފެންވަރަކީ….ހައިކްގެ ހިތާހަމައައް ދުވަހަކުވެސް ކަލެއައް ނުދެވޭނެ…” އިންޒާރުދޭފަދައިން ޔުސްރާ އާއި ދިމާލައް އިގިލި ދިއްކޮއްލަމުން އިޝާ ބުނެލިއެވެ. ރައްދުގައި ޔުސްރާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އިޝާގެ ކޮންމެ ޖުމުލައަކާއެކު ހިތްދިޔައީ ފޮތިފޮތިވަމުންނެވެ.
“އަހަރެންގެ ހިތުން ޖާގަލިބޭނެގޮތް އިޝާއައް ކިހިނެއް އެގެނީ…. ތީ ހަތަރުއަހަރުވަންދެން އަހަރެންގެ އަތްބެއްގެ މަގާމުގައި ހުރެވެސް އަހަރެންގެ ހިތުން ޖާގަ ނުހޯދުނު މީހެއް …. އެހެންވީމަ މިއަދު ޔުސްރާއާއި ދިމާލައް އެއްޗެއް ބުނުމުގެ އެއްވެސް ހައްގެއް އިޝާއައް އެބަ އޮތްތަ؟؟؟” ފޯނުބާއްވައިފައި ފިހާރައައް ވަދެގެންއައި ހައިކަލް އައް އިވުނު ބަސްތަކުން ލޭ ކެކިގަތެވެ. އޭނާގެ ހިތުގެ ވިންދުކަމުގައި ވެފައިވާ ކުއްޖާއާއި އެގޮތައް އެއްވެސްމީހަކު ވާހަކަދެއްކުން އެއީ ހައިކަލްގެ ހިތައް ކުޅަދާނަވާނެ ވަރުގެ ކަމެއް ނޫނެވެ.
” އައްދެ… ގޭގައި ގެންގުޅޭ ކުއްޖަކާހެދި ހާދަވަރެއް ހައިކްއައް ތިވަނީ… ހާދަ ގާތް ގުޅުމެއް ތިދެމެދުގަ އޮތްހެން ހީވެޔޭ… އާ ވާނީވެސް އެހެންތާދޯ… ދެމީހުން އެކަނިމާއެކަނި ބޮޑުގެއެއްގަ… ބޭނުން ގޮތަކައް އުޅެންވީނު….ހީވަނީ ޔުސްރާ ވަރައް ބޮޑައް ހައިކް ހިތްހަމަ ޖައްސާ ދޭހެން” ހައިކަލް އެތަނައްއައުމުން އިރުކޮޅަކު ހިމޭނެވެފައި ހުރެފައި އިޝާ އަނެއްކާވެސް މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
“ޔުސްރާ އަކީ އިޝާ ކަހަލަ ގޮތެއްނެތް އަންހެނެއް ނޫނޭ… މީހުނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާއިރު ތިމާގެ ދިރިއުޅުމާމެދުވެސް ވިސްނާލަބަލަ….ބޭކާރު މީހުން ދައްކާވާހަކަ އަޑުއަހާނެ ކަމެއްނެތް… ހިގާދާން…” ރުޅި ކޮންޓްރޯލް ނުވެދާނެހެން ހީވުމުން ހައިކަލް ހިގައިގަތީ ފިހާރައިން ނުކުންނާށެވެ.
“އެވަރުންވެސް ނުބުނެވުނެއްނު ތި ދެމެދުގަ އޮތް ގުޅުމެއް…. ޔުސްރާއަކީ ހައިކްގެ ކާކުކަމެއް… ވައިފް…… ގާލްފްރެންޑް….. އޯ މިސްޓްރެސް……” އަދިވެސް ބޮޑައް ހައިކަލް ކައިރިއައް ރުޅިއަރުވާލުމުގެ ބޭނުމުގައި އިޝާ އަހާލިއެވެ.
‘އެގެން ބޭނުންތަ…. އެހެންވެއްޖެއްޔާ އަޑުއަހާ… ޝީ މީންސް ދަ ވޯލްޑް ޓުމީ….” (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


V v v v v reethi masha allah… waiting fir nxt avahah up kohlla dhehchey plxxxx❤❤❤
amazing!!
This story is awesome..avahah next part up kohdheeba ☺☺ plxxxxx