ލޯތްބައްޓަކައި(19ވަނަ ބައި)
ބްރިޖުމަތިން ކާރު ދުވަމުން ދިއައީ އާދައިގެ ސްޕީޑެއްގައެވެ.ކާރުގެ އެއްފަރާތުގައި ހުރި ލޯގަނޑުން ބޭރު ބަލާލި ފާލިހަށް ކާރުގެ އަނެއްފަޅިން ކާރުގެ ފަހަތުން ބާރުސްޕީޑުގައި ދުއްވަމުންއައި ސައިކަލު ފެނުމުން ދެލޯ ބޮޑު ކޮއްލެވުނެވެ.ކާރާއި ދިހަ ވަރަކަށް ފޫޓު ކައިރިއަށް އައި އިރުވެސް އެ ސައިކަލުގެ ސްޕީޑު މަޑު ނުވުމުން ގެނައި ކުއްލި ހަރަކާތާއިއެކު ފާލިހު ފަލަކް ގެނެސް ކާރުގެ އޭނާއިން ފަޅީގެ ދޮރު ހުޅުވާލުމަށް ފަހު ފަލަކް ކާރުން ބޭރަށް ކޮއްޕާލިއެވެ.ބިންމަތީގައި މަޑު މަޑުން ފުރޮޅެމުން ދިއަ ފަލަކް އަށް ކޮއްޅަށް ތެދުވެވޭ ވަރުވީ އޭގެ ދެތިން މިނެޓު ފަހުންނެވެ.އުނދަގުލާއި ކޮއްޅަށް ތެދުވެ ބަލާލުމާއި އެކު ފެނުނު މަންޒަރުން ފަލަކްއަށް ހުރި ތަނަށް ތިރިވެވުނެވެ.
އޭނާ ދަތުރު ކުރަމުން އައި ކާރުގެ ތެރެއަށް ފަހަތުން އައި ސައިކަލު ވަދެ އެކްސިޑެންޓުވެފައި އޮތް އިރު އެ ކާރުގެ ތެރެއިން ނިކުމެފައި އޮތް ފާހިލުގެ އަތް ފެނުމުން ބައްޕާއޭ ކިޔައި ހަޅޭއްލަވައި ގަންނަމުން ފަލަކް އެދިމާލަށް ދުއްވައިގަތެވެ.އޭރު ބްރިޖް މަތީގައި ތިބި ފުލުހުންނާއި އާމުންވެސް ދިއައީ އެތާގައި ހަރަކާތްތެރި ވަމުންނެވެ.ކާރާާއި ދިމާލަށް ދާން އުޅުނު ފަލަކްގެ ގައިގައި އެތަނުން ފުލުހަކު ހިފައި އޭނާ އެތަނާއި ދުރު ކުރިއެވެ.ހޭހުސްވެގެން ފަލަކް އެތަނަށް ވެއްޓުނު އިރު އޭނާގެ އަތުގައި އަދި ނިތްކުރީގައި މަށައިގެން ގޮސްފައި ހުރި ތަންތަނުން ދިއައީ ލޭ އަންނަމުންނެވެ.ދެލޯ ހުޅުވާލެވުނު އިރު ފަލަކްއަށް އޮވެވުނީ ހޮސްޕިޓަލުގައެވެ.އޭނާ އޮތް އެނދާއި ޖެހިގެން އިން ގޮނޑީގައި އިން ރޫމާ އިނެވެ.ނިތްކުރީގައި އަތް އަޅާލަމުން ފަލަކް ތެދުވެ އެނދުގައި ލެގިލުމާއި އެކު ރޫމާ އަވަސްވެގަތީ ފަލަކްއަށް ފެންފޮދެއް ދޭށެވެ.ފަލަކްގެ ނިތްކުރީގަޔާ ދެއަތުގައި ބޭސް އަޅާފައި ހުރި އިރު އޭނާގެ ބޮލަށް އަދިވެސް ހުރީ ބަރުވެފައެވެ.”ބައްޕަ….ބައްޕަ ކޮބާާ؟”ފެންތަށި ތުނބާއި ދުރަށް ޖައްސާލަމުން ފަލަކް އުޅުނީ އޭނާގެ ގަޔާ ގުޅާފައި ހުރި އައިވީ ނައްޓާލާށެވެ.”ފަލަކް ދަރިފުޅާ އިހަށް މި ފެންފޮދު ބޯލަބަލަ”އަމިއްލަ ދެލޮލުން ކަރުނަ އަންނަ ހާލު ރޫމާ ބެލީ ފަލަކްއަށް ފެންފޮދެއް ދެވޭތޯއެވެ.ނަމަވެސް ރޫމާގެ އަތުން ވީއްލިގަނެގެން އަތަށް ގުޅާފައި ހުރި އައިވީ ނައްޓާލަމުން ފަލަކް އޭނާ ބާއްވާފައި އޮތް ކޮޓަރީގެ ދޮރާއި ދިމާލަށް ދުއްވައިގަތެވެ.ފަލަކް ހުއްޓުން އެރީ ދޮރުން ވަދެގެން އައި މީހެއްގެ ގައިގައި އޭނާ ލައިގަތުމުންނެވެ.ދޮރުން ވަދެގެން އައި ނިކްޔަން ހުށިޔާރު ކަމާއި އެކު ފަލަކްގެ ގައިގައި ހިފެހެއްޓިއެވެ.އޭރުވެސް ފަލަކް ގަދަހަދަމުން ދިއައީ އެ ކޮޓަރިން ނިކުމެގެން ދިއުމަށެވެ.”ފަލަކް”ބާރުބާރަށް ނިކްޔަން ފަލަކްއަށް ގޮވާލުމާއި އެކީ ބިރެއް ފެނުނުފަދައިން ކަރުނަވީ ދެލޮލާއި އެކު ފަލަކް ނިކްޔަންއަށް ބަލާލިއެވެ.”ޝްޝްޝް….”ފަލަކްއަށް ގިސްލެވެން ފެށުމުން ނިކްޔަން ފަލަކް ގެނެސް އޭނާގެ މޭތެރޭގައި ފޮރުވާލިއެވެ.އޭރު އެކޮޓަރި ތެރޭގައި އިން ރޫމާއަށް ވެސް ރޮވިއްޖެއެވެ.ހަމަޖެހުމުގެ ހަމަ އެންމެ ސުކޫތެއްވެސް ފަލަކްގެ ދިރިއުޅުމަށް ނާންނަނީ ހެއްޔެވެ ރޫމާގެ ހިތަށް އެރިއެވެ.”ޔަން ކޮބާ ބައްޕަ؟”ނިކްޔަންއާ ދުރުވެލަމުން ފަލަކް އަހާލިއެވެ.އެއާއެކު ފަލަކްގެ އަތުގައި ހިފައިގެން ނިކްޔަން އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.ރޫމާވެސް އެމީހުންގެ ފަހަތުން ދިއައެވެ.އެ ކޮޓަރިން ނިކުމެގެން ގޮސް ނިކްޔަން މަޑު ކޮއްލީ ހޮސްޕިޓަލުގެ އައިސީޔޫގެ ކުރިމަތީގައެވެ.އޭރު އައިސީޔޫގެ ދޮރުމަތީގައި ހުރި ގޮނޑިބަރިތަކުގައި ތިބި ރާއިދާ އާއި ރަފްގާ ދިއައީ ހުއްޓުމެއް ނެތި ރޮމުންނެވެ.އައިސީޔޫގެ ދޮރުމަތީގައި ހުރި ގަޑިއަށް ފަލަކްއަށް ބަލާލެވުނީ ދެނެވެ.އޭރު ގަޑިން ރޭގަނޑު އަށެއް ޖަހައިފިއެވެ.މިއޮތް ހުރިހާއިރު އޭނާ އޮތީ ހޭހުސްވެފައި ހެއްޔެވެ.އެތަނަށް އައިސް ހުއްޓުނު ފަލަކް ފެނުމުން ރާއިދާ ފަލަކްއާއި ދިމާލަށް ބަލާލީ ނަފްރަތުން ފުރިގެންވީ ނަޒަރަކުންނެވެ.އޭނާއަށް ވެގެން ވަންޏާ އެ ނަފްރަތުގެ އަލިފާނުން ފަލަކް އަންދާލީސްއެވެ.މިއަދު އޭނާގެ ފިރިމީހާ މަރާ ހަނގުރާމަ ކުރަމުން އެދަނީ ފަލަކްގެ ސަބަބުނެވެ.މިއަދު ފާލިހު މަރު ވެއްޖެނަމަ އޭގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ފަލަކްއޭ ރާއިދާގެ ހިތް ބުނަމުން ދިއައެވެ.އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.މިއަދު ހިނގައިދިޔައީ އެކްސިޑެންޓެއް ނޫނެވެ.އެއީ ފަލަކް މަރާލުމަށް ރާއިދާ ރޭވި ރޭވުމެކެވެ.ފާލިހު އެ އޮތް ހާލުގައި އޮންނަންޖެހޭނެ މީހަކީ ފަލަކްއެވެ.ރާއިދާއަށް އިނގިފައި އޮތް ގޮތުގައި އެ ކާރުގައި ޝަކީބުގެ އޮފީހަށް ދާނީ ފަލަކް އެކަންޏެވެ.ފާލިހު ދަާން ހަމަޖެހިފައި އޮތީ ވަކިންނެވެ.އޭނާގެ ލޯބިވާ ފިރިމީހާ އެ ކާރުގައި ދާކަން އިނގުނު ނަމަ އޭނާ އެ އެކްސިޑެންޓު ހުއްޓުވީހެވެ.ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ.ތިމާ ފޭހުނު އިލޮށި ހެރޭނީ ތިމާގެ ލޮލަށޭ މުސްކުޅިން ބުނެ އުޅެނީ މިހެންވެއެވެ.އައިސީޔޫ ގެ ދޮރާ ދިމާލަށް ހިނގައިގަތް ފަލަކްގެ ފިޔަވަޅުތަށް ހުއްޓުނީ ރަފްގާ އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ.”އަހަރެމެންގެ ފަހަތުން އެކަކު ވެސް އައިސްގެން ނުވާނެ”ފަލަކް ގޮވައިގެން އެތަނުން ދުރަށްދާން ހިނގައިގަތް ރަފްގާ އެހެން ބުނެލީ ނިކްޔަން އެމީހުންގެ ފަހަތުން އައިސްދާނެ ތީއެވެ.ރަފްގާ އޭނާގެ އަތުގައި ހިފުމުން އަތުގައި ހުރި ފާރުތަކަށް ކިތަންމެ ތަދުވީ ނަމަވެސް އުފްއޭވެސް ފަލަކް ބުނެނުލައެވެ.އެ ތަދު އިހުސާސް ވާވަރަށް ވުރެން ބޮޑަށް އޭނާގެ އެތެރެ ހަށީގައި ދިއައީ ވޭން އަޅަމުންނެވެ.ފަލަކް ގޮވައިގެން ގޮސް ރަފްގާ ވެއްދީ އެތަނުން ހުސް ޕްރައިވެޓް ރޫމަކަށެވެ.އަނގުރު އަލިފާން ހާ ރަތް ވެފައި ހުރި ދެލޮލުން ރަފްގާ ފަލަކްއަށް ބަލާލިއެވެ.”މިއޮތް ހުރިހާ ދުވަހު އެއްޗެއް ނުބުނެ ވޭތޯ އަހަރެން ވަރަށް ކެތް ކޮއްފިން އެކަމު މިއަދު ކަލޭ އާ ހެދި އަހަރެންގެ ބައްޕަ އެދަނީ މަރާ ހަނގުރާމަ ކުރަމުން ހަމައެކަނި ކަލޭ އާ ހެދި….އަަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ވިހަލާފަ ކަލޭގެ ހިތް ނުފުރުނީ ދޯ މަޑުމަޑުން ކަލޭ ދިއައީ އަހަރެންގެ ހުރިހާ އެއްޗެއް ފޭރެމުން…އެކަމުވެސް އަހަރެން ކެތްކުރިން މިއަދު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި…ފުރަތަމަ ކަލޭ އަހަރެންގެ ދިރިއުޅުމަށް އައި ދުވަހުއްސުރެ ފެށިގެން ހަމަޖެހިލައިގެން އެންމެ ނޭވާ އެއްވެސް އަހަންނަށް ނުލެވޭ….ހަމ ތި ނުލަފާ އެއްޗާ ހެދި”ރަފްގާ އައިސްފައި ހުރި ރުޅީގައި އޭނާގެ ހިތުގައި ފޮރުވައިގެން ހުރި ހުރިހާ ނަފްރަތެއް ބޭރުކޮއްލިއެވެ.ފަލަކް ހުރީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.”ރަފްގާ ކީކޭ ތިކިޔަނީ…ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟”” އާން އަހަންނަށް އިނގޭ އެބަ މި ކިޔޭ އެއްޗެއް އަހަންނަށް އިނގޭ އަހަރެންނަށް އުޅެވޭ ގޮތް….އަމިއްލައަށް އުޅެވޭ ގޮތްވެސް ނޭނގެނީ ހަމަ ކަލޭއަށް…ގޮތެއްނެތިގެން އައިސް އެހެންމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ކަލޭ….އެހެންމީހުންގެ އެއްޗެހި ފޭރިގަންނަނީ ވެސް ކަލޭ…”އަނެއްކާވެސް ރަފްގާ ހަޅޭއްލަވައި ގަތެވެ.އައިސްފަ ހުރި ރުޅިއާއި ވެފައި ހުރި ދެރ އާއެކު ރަފްގާއަށް ވާހަކަ ދެއްކުނީ ވެސް ރޮމުން ރޮމުންނެވެ.ފަލަކްގެ ލޮލުންވެސް ދިއައީ ހުއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ.”ރަފް އަތުން ކޯޗެއްތަ އަހަރެންނަށް ފޭރިގނެވުނީ… އަޅެ ބުނެބަލަ”ރަފްގާގެ ދެކޮނޑުގައި ހިފާލަމުން ފަލަކް އަހާލީ ގިސްލެވޭ ހާލުއެވެ.”ހަމަ ނޭނގިގެންތަ ތި އަހަނީ؟ނޭނގެންޏާ އަޑު އަހާ….ފުރަތަމަވެސް ކަލޭ އަހަރެން އަތުން ފޭރިގަތީ އަހަރެންގެ ބައްޕަ…އެ ބައްޕައަކަށް ކުރިން އަހަރެންގެ އުފާވެރިކަން އެންމެ މުހިންމުވީ ބައްޕައަށް ކަލޭ މާ މުހިންމުވާންފެށީ…އަހަރެންގެ އުފަންދުވަހު މީގެ ދިހަ މަސް ކުރިން 29 ޑިސެމްބަރުގަ އެ ބައްޕަ އަހަރެން ރޮއެ ރޮއެ އޮއްވާ ދިއައީ ކަލޭ ކައިރިއަށް…ދެން އަދި އެވަރުން ކަލޭގެ ހިތް ނުފުރުނީ ދޯ އަހަރެމެންގެ ގެއަށް އައިގޮތަށް ނުއްކޮ ޔާ ތުުއްތު އަހަންނާ ދުރުކުރީ…އަމިއްލަ ކޫ ކައިރީ ނުދެއްކޭ ވާހކަތަށް ނުއްކޮ އަށް ދެއްކެނީ ކަލޭ ކައިރީ….އޭނަޔާ އެއްވެސް ގުޅުމެއް ނެތް މީހެއްކައިރީ…އަހަންނާއެކު މަޖާ ކޮއް ހަދާ ތުއްތު އަހަންނަށް ނުދޭ ވަގުތު ކަލޭއަށް ދޭންފެށީ…ދެންވެސް ޗުޕް އޭ ނުބެނެ ޝަކުވާއެއް ނުކޮއް އަހަރެން ހުރިން އަހަރެންގެ ދޮންތައަށްވެސް އަހަރެންނަށް ވުރެން އަހަރެންގެ ދޮންދައްތަ ކަމުދާން ފެށީ…މީހުންގެ ކުރިމަތީ އިނޮސެންޓް އެކްޓް ޖައްސަން ކަލޭ އެހާ މޮޅު ވިއްޔަ ދޯ…އެންމެ ފަހުން އަހަރެން އެމީހެއްދެކެ އެންމެ ލޯބިވާ އެމީހެއްގެ ކުޑަ ސަމާލުކަމަކަށް ޓަކާ ފެންބޮވައިގަނެފަ ހުރި އަހަރެންގެ އާލް ވެސް ޖަހައިގަންނާކަންނު ތިއުޅެނީ…އަހަރެން އާލިމް ދެކެ ލޯބިވާ ކަން އިނގޭތީ އެންނު ގަޑި ކިޔައިގެން އޭނަޔާ ބައްދަލު ކުރަން ދާން ތިއުޅެނީ…ބުނެބަލަ މީދޮގެކޭ”ހިތުހުރިހާ އެއްޗެއް ރަފްގާ ފަލަކްއާއި ދިމާލަށް ކިޔައި ނިންމާލި އިރު އެއްފަހަރުވެސް ފަލަކްގެ ހިތައް އަރާނެ އެއްޗަކާއި އޭނާ ވާނެ ދެރައަކާ މެދު ވިސްނައެއްނުލައެވެ.މިއަދު މަރާ ހަނގުރާމަ ކުރަމުން އެދަނީ ފަލަކްގެވެސް ބައްޕަކަމެއް ރަފްގާއަށް އިހުސާސެއް ނުކުރެވުނެވެ.ރަފްގާއަށް ޓަކައި އާލިމްއާއި ދުރުވެ އަމިއްލަ ނަފްސަށާއި އާލިމްއަށް ފަލަކް ދިން ވޭން ރަފްގާއަށް އިނގޭނެ ނަމައެވެ.އެއް މަންމައެއްގެ ބަނޑުން ނުވިހިއަކަސް އޭނާގެ ކޮއްކޮދެކެ ފަލަކްވާ މަތިވެރި ލޯބި ރަފްގާއަށް އިހުސާސްވާ ނަމައެވެ.ރަފްގާގެ ދުލުން އިވި ދިޔަ ބަސްތަކުގެ ސަބަބުން ފަލަކް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.އޭނާއަކީ ހަމަ އެހާ ގޯސް މީހެއް ހެއްޔެވެ.ބައެއްގެ އުފާވެރި ދިރިއުޅުމަށް ވިހަލީ ހަރުފައެއް ހެއްޔެވެ.އެ ކޮޓަރި ތެރޭގައި ހުރި ގަޑިއަށް ބަލާލަމުން ފަލަކް އެތަނުން ނިކުތެވެ.އޭނާ ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ.އޭނާއަކީ ގޯސް މީހެއް އަދި ރަފްގާގެ ލޯބި ރަފްގާ އަތުން ޖަހައިގަންނަން އުޅޭ މީހެއް ނޫންކަން ރަފްގާއަށް ސާބިތު ކޮއްދޭން އޭނާ ބޭނުމެވެ.އެކަކަށް ވެސް ނޭނގި ފަލަކް ހޮސްޕިޓަލުން ނިކުތެވެ.އޭޑީކޭ އިން ނިކުތް ފަލަކްގެ މަންޒިލަކަށްވީ އަރޓިފިޝަލް ބީޗެވެ.
**************
އާރޓިފިޝަލް ބީޗުގެ ރާޅުޖަހާ ހިސާބުގައި މޫދުގެ ލޮނުގަނޑާއި ދިމާލަށް އެނބުރި ހުރި އާލިމް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިޔަށް ބަލާލައެވެ.8:30 ވެގެން ދިއައިރުވެސް ފަލަކް ނައުމުން ފަލަކް ނާންނާނޭ ހިތަށްއެރުމުންވެސް ގެޔަށްދާ ހިޔާލު ނުކޮށް އާލިމް އެތާ ހުރީ އެވެ.މީހެއްގެ ހިލަމެއް ވުމުން އެއްގަމާ ދިމާލަށް ބަލާލި އާލިމްއަށް މަޑު ހިނގުމެއްގައި އެދިމާލަށް އައި ފަލަކް ފެނުމުން އޭނާގެ ހިތަށް ފިނިކަމެއް ލިބިގެން ދިއައެވެ.ނަމަވެސް ކައިރިވީ ވަރަކަށް ފަލަކްގެ ބޮލާއި ދެއަތުގައި އަޅާފައި ހުރި ބޭސްގަނޑާއި މޫނުމަތީގައި ހުރި ކަރުނައިގެ އަސަރު ފެނުމުން އާލިމްގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރިއެވެ.ފަލަކްގެ ކޮނޑުގައި ހިފާލަން ފަލަކްއާއި ދިމާލަށް އާލިމް އަޅާލި ފިޔަވަޅު ހުއްޓަން ޖެހުނީ ފަލަކް ދުރަށް ޖެހެމުން އަތުން އެކަން މަނާ ކުރުމުންނެވެ.”ފަލަކް”އާލިމް މަޑުމަޑުން ފަލަކްއަށް ގޮވާލިއެވެ.”އާލިމް ބޭނުންވަނީ ޖަވާބެއްނު ދޯ…ދުރުގަ ހުރެގެން ޖަވާބު އަޑުއަހާ…އަހަރެން އާލިމްދެކެ ކުޑަކޮން ވެސް ލޯތްބެއްނުވޭ…އާލިމްގެ އެއްވެސް މުހިންމު ކަމެއް އަހަރެންގެ ދިރިއުޅުމަކު ނެތް…އަހަރެން އޭރު އާލިމް ދެކުނީ ގާތް ރައްޓެއްސެއްގެ ގޮތުގަ އެކަމު އަހަރެންގެ ކޮއްކޮޔަށް އާލިމް އެރޭ ހެދިގޮތް ފެނިފަ އަހަރެން ތިކަހަލަ މީހަކާ ވައިއެޅެންވެސް ބޭނުންނުވީ….އެހެންވެ އަހަރެން އާލިމްއާ ދުރުދުރުން އުޅުނީ…މިއަދު އަހަރެންގެ ހިތުގަ އާލިމްއަށްޓަކަާ ވަނީ ނަފްރަތު ހަމައެކަނި ނަފްރަތު…އަހަރެންގެ ކޮއްކޮ މިއަދު އހަރެންނާ ރީތިބަހުން ވާހަކަދައްކާ ނުލަނީ އާލިމްގެ ސަބަބުން…އަހަންނަށް ރަނގަޅީ އާލިމް އަހަރެންގެ ދިރިއުޅުމާ ވީހާވެސް ދުރަށް ދިއުން…އަހަރެން ފެންނަ ހިސާބަށްވެސް ނައުން”އާލިމްއާ ހަތަރު ކަޅި ހަމަކޮއްގެން ހުރެ ފަލަކް އެ ޖުމްލަތަށް އޭނާގެ ދުލުން ނެރުނީ ގަދަކަމުންނެވެ.ހިތްމަތީގައި ގާގަނޑެއް ބާއްވައިގެނެވެ.އެންމެ ރަނގަޅުގޮތަކީ އެއީކަމަށް ވާތީއެވެ.ފަލަކްގެ ދުލުން އިވިދިޔަ ކޮންމެބަހެއް އާލިމްގެ ހިތަށް ތޫނު ތީރުތަކެއް ހެން ހެރިގެން ދިއައިރު އޭނާގެ ކުރިމަތީގައި އެހެރީ ހަމަ ފަލަކް ބާއޭ އާލިމްގެ ހިތަށް އެރިއެވެ.”….ފަލަކް ބޭނުން ގޮތެއް..”ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ގަދަކަމުން ހީލަމުން އާލިމް އެތަނުން ދާން ހިނގައިގަތީ ކުދިކުދިވެފއިވީ ހިތަކާއި އެކީގައެވެ.އާލިމް ގޮސް އޮބާލަންދެން ހުރި ފަލަކްއަށް އާލިމް ދިއުމާއެކު ރޮމުން ރޮމުން ހުރިތަނަށް ތިރި ވެވުނު އިރު މިވަގުތު ފަލަކް ފެނިއްޖެ މީހެއްގެ ހިތް ފަޅައިގެންދާނެކަން ޔަޤީނެވެ.ހިތާއި ރޫހާއި ދެކޮޅަށް ވާހަކަދެކެވޭނީ ހާދަހާ ހިތްވަރު ގަދަވީމައެވެ.އެތަށް އިރަކު ގޮނޑުދޮށުގައި އިނުމަށްފަހު ތެދުވެ ވެލި ފޮޅާލަމުން ފަލަކް އޭނާގެ މޫނުމަތީގައި ހުރި ކަރުނަތަށް ފޮހެލިއެވެ.ދެލޯ ދުޅަވެ ރަތްވެފައި ހުރިޔަސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ފަލަކް އަނެއްކާވެސް ހޮސްޕިޓަލާއި ދިމާލަށް ހިނގައިގަތެވެ.ހޮސްޕިޓަލުގެ ގޯޅިއަށް އަޅާ ލެވުމާއެކު ހަލަބޮލިވެފައިވާ ހޮސްޕިޓަލުގެ މަގުފެނުމުން ހުރިތާގައި ފަލަކްއަށް މަޑުކޮއްލެވުނެވެ.އެމްބިއުލައިންސްއާއި ޕޮލިސް ޖިޕުގެ އިތުރުން އެމީހުންގެ ގޭގެ ކާރުވެސް އެތާގައި އޮތެވެ.ރަފްގާ ރާއިދާ ރޫމާގެ އިތުރުން ނިކްޔަންވެސް ދުވާރުމަތީގައި ހުއްޓި ތިބި އިރު ހުއްޓުމެއްނެތި ރާއިދާއާއި ރަފްގާ ދިއައީ ރޮމުންނެވެ.ދުވާރުގެ އަނެއްކޮޅުގައި ގަބު އަރާފައި ހުރި ފަލަކް ފެނުމުން ރޫމާގޮސް ފަލަކްގެ ގައިގައި ބައްދާލިއެވެ.”ކިހިނެއްވީ؟ބައްޕަ ހޭއެރީތަ؟”ފަލަކްގެ ސުވާލާއިއެކު ރޫމާއަށް ރޮވުންއިރު އޭނާ ބޯހޫރުވާލި ގޮތުން ފަލަކްގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.އެމްބިއުލައިންސްގެ އެތެރޭގައި ހުރި އެނދުގައި ހުދު ފޮތި އަޅާފައި އޮތް ހަށިގަނޑު ފެނުމުން ފަލަކްގެ ދެލޯ ބޮޑުވެގެން ދިއައެވެ.އެދިމާލަށް ހިނގައިގަތް ފަލަކް ގޮސް އެމްބިއުލައިންސްއަށް އަރާ އެ ހަށިގަނޑުގެ ބޮލާއި ދިމާލުން ފޮތިގަނޑު ހިއްލާލިއެވެ.ބައްޕާއޭ ކިޔާ ހަޅޭއްލަވައިގަތް ފަލަކްގެ ގައިގައި ނިކްޔަން ގޮސް ހިފަހައްޓާލުމާއި އެކީ ނިކްޔަންގެ މޭތެރޭގައި މޫނު ފޮރުވާލަމުން ފަލަކް ރޮއެގަތެވެ.މަންމަ އޭނާއާއި ވަކި ވިތާ އަދި އެންމެ އަހަރެއްވެސް ނުވެއެވެ.އެ ކަމުން އަރައި ނުގަނެވިގެން އުޅެނިކޮއް އަނެއްކާ އޭނާގެ ބައްޕަވެސް އޭނާ ދޫކޮއް ދިއައީއެވެ.ސޯޅައަހަރަށްފަހު އެބައްޕަގެ ލޯބި އޭނާއަށް ލިބެން ފެށިތާ މިވީ އެންމެ ދިހަ މަހެވެ.މިހާ އަވަހަށް ބައްޕަވެސް އޭނާ ދޫކޮށް ދިއައީ ހެއްޔެވެ.ފާހިލުގެ ޖަނާޒާގެ ކަންތަށް ނިމިދިއަ އިރުވެސް ފަލަކްގެ ދެލޮލުން ކަރުނަ ނުހިކެއެވެ.މީހަކާ ބަހެއްބުނެ ނުލާ ގަބު އަރާފައި އިންނަނީ އެވެ.ފާލިހުގެ މޫނު ބަލަން އައި މީހުން އެއާއިލާއަށް ހިތްވަރު ލައިދެމުން ދިއައިރު ޝޫރާއާއި މައުރިފާ ދިއައީ ފަލަކްއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުންނެވެ.އަނގައިން އެންމެ ބަހެއްވެސް ބުނެނުލިތާ ފަލަކް އެމީހުނާ ދިމާލަށް ބަލާވެސް ނުލިއެވެ.ކަށު ނަމާދަށް ފަހު ރޫމާ ރަފްގާ އަދި ރާއިދާއާއެކު ކާރުގައި ގެއަށް ދިއައިރު ފަލަކް ދިއައީ ނިކްޔަން އާއި އެކު ސައިކަލުގައެވެ.އަވަހަށް ގެއަށް ދެވުމާއި އެކު ސިޓިން ރޫމަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ވެސް ފަލަކްގެ ލޮލު ކުރިމަތިން ސިފަވެގެން ދިއައީ ހީހީފައި އެގޭތެރޭގައި ފާލިހު އުޅުނު ގޮތެވެ.ލޯބިން ދަރިފުޅާއޭ ކިޔާ ގޮވާލާ ގޮތެވެ.ފާލިހުގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައި ހުރި ފަލަކް ސިއްސައިގެން ދިއައީ ބޯކޮށް ވެހެންފެށި ވާރޭގެ އަޑަށެވެ.ލަސް ފިޔަވަޅު ތަކެއްގައި ސިޑިން އަރައި ސިޑީގެ މެދަކާއި ހިސާބުގައި ހުރި ފަލަކް ސިއްސައިގެން ދިއައީ މީހަކުއޭނާގެ އަތުގައި ހިފުމުންނެވެ.ރުޅިއައިސް ރަތްވެ ހުރެ އޭނާގެ އަތުގައި ހިފައިގެން ހުރި ރާއިދާ ފެނުމުން ފަލަކް ރާއިދާއާއި ދިމާލަށް ބަލާލީ ހައިރާން ވެ ހުރެއެވެ.ފަލަކްގެ އަތުގައި ހިފި ގޮތަށް ރާއިދާ ދަމާފައި ގެންގޮސް ފަލަކް އެގޭގެ މައިދޮރުން ބޭރު ކޮއްލިއެވެ.”ދައްތާާ މި”ސުވާލުގެ ނަޒަރަކުން ފަލަކް ރާއިދާއާއި ދިމާލަށް ބަލާލި އިރު ރާއިދާގެ ފަހަތުގައި މަކަރުވެރި ހިނިތުންވުމަކާއި އެކު ރަފްގާވެސް ހުއްޓެވެ.”މިގޭގަ ފަލަކް އަކަށް އެއްވެސް ޖާގައެއް ނެތް”އަނެއްކާވެސް ފަލަކްގެ އަތުގައި ހިފައިގެން ރާއިދާ ފަލަކް ގޮވައިގެން ގޮސް ގޭގެ މައި ސިޑިން ފައިބަންފެށީ ފަލަކްގެ އަތުގައި ހިފައި ދަމަމުންނެވެ.އަތުގައި ޒަހަމްވެފައި ހުރި ތަންތަނުން ލޭއަންނަމުން ދިއުމުން ފަލަކްގެ އަތުގައި ދިއައީ ވޭން އަޅަމުންނެވެ.ގޭގެ ގޭޓުން ބޭރަށް ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ފަލަކް ހޫރާލަމުން ރާއިދާ ގޭޓު ލައްޕާ ތަޅުއެޅުވުމަށް ފަހު ރަފްގާގެ އަތުގައި ހިފައިގެން ގޮސް ގޭތެރެއަށް ވަނެވެ.ބޯ ވާރޭގެ ތިކިތަށް އެއްވެސް ރަހުމަކާ ނުލާ ފަލަކްގެ ފާރުނުހިކި ހުރި ޒަހަމްތަކަށް ހަމަލާ ދެމުން ދިއައިރު އަޅަމުން ދިޔަ ވޭނަށް ކެތް ނުވެގެން ގޭޓުދޮށުގައި ފަލަކްއަށް އިށީނދެވުނެވެ.އޭނާ ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟
************
ގެއަތް އައިގޮތަށް ހާޖަރާ ގޮވާލުމުން މަޑުވެސް ނުކޮއްލާ އާލިމް ދިއައީ ކޮޓަރިއަށެވެ.ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވުމުން އާލިމް ދިއަގޮތަށް ގޮސް ފާހަނައަށް ވަދެ ފެންމާގަޑުން ގަޔަށް ފެންއަޅަން ފެށިއެވެ.އެތަށް އިރަކު މާގަނޑު ދަށުގައި ހުރުމަށް ފަހު އާލިމް ފާހަނައިން ނިކުތެވެ.އޭނާ މިހާ ބަލިކަށިވީ ކޮންއިރަކު ހެއްޔެވެ.އޭނާ ބަލިކަށި ކޮއްލި އެއްޗަކީ ލޯބި ކަމުގައި ވާނަމަ އޭނާ އޭނާގެ ދިރިއުޅުމުން ލޯބީގެ ވަސްވެސް ފޮހެލާނެއެވެ.އާއެކެވެ.މިއަދަށްފަހު ލޯބަށް އާލިމްގެ ދިރިއުޅުމުން އެއްވެސް ޖާގައެއް ނޯންނާނެއެވެ.އޭނާގެ ދިރިއުޅުމުގެ ވަނީ ހަމައެކަނި އެންމެ މަޤުސަދެކެވެ.އޭނާގެ މަންމަޔަށް އިންސާފު ހޯދައިދިނުމެވެ.ބޭކާރު އެއްވެސް ކަމަކަށް އޭނާގެ ވިސްނުމާއި ޝައުގެތް މިއަދަށް ފަހަކު ދަތުރެއް ނުކުރާނެއެވެ.ތެއް އެއްޗެހި ބަދަލު ކޮއްލައިގެން އާލިމް ސިޓިން ރޫމަށް ނިކުމެލީ ހާޖަރާ އޭނާއަށް ގޮވާލި އަޑު އިވުމުންނެވެ.”މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ފާލިހު ވަނީ މިއަދު ސިނަމާލެ ބްރިޖްމަތީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެފައެވެ.”ޓީވީއިން އިވުނު ހަބަރާއި އެކު އާލިމްގެ ދެލޯ ބޮޑުވެގެން ދިއައިރު ސޯފާގައި އިން ހާޖަރާ އާލިމް ގެނެސް އޭނާގެ ގާތުގައި ބޭންދިއެވެ.”ފުލުހުންނާއި ހަވާލާދީ އިނގިފައިވާ ގޮތުގައި އެކްސިޑެންޓްވީ އަހްމަދު ފާލިހުގެ ކާރު އަދި ބާރަށް ދުއްވާފައި އައި ސައިކަލެކެވެ.ކާރު ފުރޮޅި ހިނގައިދިޔަ މި އެކްސިޑެންޓުގެ ސަބަބުން ފާލިހްގެ އިތުރުން އޭނާގެ ޑްރައިވަރު ވެސް ނިޔާވެފައި ވާއިރު ސައިކަލު ދުއްވަން އިން ޒުވާނާ މިވަގުތު ވަނީ ކޯމާއެއްގައެވެ.ފާހިލު އަދި ޑްރައިވަރުގެ އިތުރުން އެކާރުގައި އިން ފާލިހުގެ ދަރިފުޅަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ”އަދިވެސް އާލިމް އިނީ އިވިދިޔަ ހަބަރު ޤަބޫލު ނުކުރެވިފައެވެ.”އާލްގެ ސުކޫލުގަ ދޯ ފާލިހުގެ ދެދަރިން ކިޔަވަނީ؟”ހާޖަރާގެ ސުވާލާއި އެކު އާލިމް ހަމަޔަކަށް އެޅެން މަސައްކަތް ކުރަމުން ބޯ ޖަހާލިއެވެ.ނަމަވެސް އޭނާ އަމިއްލަ ނަފްސާއި ވީ ވަޢުދު ހަނދާންނައްތައެއް ނުލައެވެ.ފަލަކްއާއި ދޭތެރެއަކު އޭނާ ދެނެއް ނުވިސްނާނެއެވެ.
************
ދަންވަރު ފެންބޮވައިގަނެގެން ހޭލެވުމުން ރޫމާ ބަދިގެއަށް ދިއައީ ފެންފޮދެއް ބޯލުމަށެވެ.ޖަގަކަށް ފެން އަޅައިގެން ކޮޓަރިއަށް ދާން އެނބުރިލި މައުރިފާ ހުއްޓުނީ ސިޓިންގް ރޫމުގެ ބެލްކަނީގެ ކުޑަދޮރު ހުޅުވާފައި ހުރުމުންނެވެ.ބެލްކަނީގެ ކުޑަދޮރު ކަހާލަން ކައިރިވެލި ރޫމާއަށް ބާރުބާރަށް ނިކްޔަންއަށް ގޮވާލެވުނީ ފެނުނު މަންޒަރެއްގެ ސަަބަބުނެވެ.ބޯކޮށް ވެހެމުން ދިއަ ވާރޭތެރޭ އެގޭގެ ގޭޓު ކައިރިއަށް ވެއްޓިފައި އެއޮތީ ފަލަކްނޫން ދެވަނަ މީހެއް ނޫނެވެ.މަންމަގެ އަޑަށް ހަލުވިކަމާއެކު ސިޑިން ފައިބައިގެން އައި ނިކްޔަން ސިހުނީ ސޯފާ މަތީގައި އޮތް ބުރުގާ ބޮލަށް މަހާލަމުން އޭނާގެ އަތުގައި ހިފައިގެން ރޫމާ ގެއިން ބޭރަށް ދުއްވައި ގަތުމުންނެވެ.އެޕާރޓް މެންޓުން ނިކުމެގެން ގޮސް ލިފްޓަށް އަރައިގެން ގެއިން ނިކުމެވެންދެން ނިކްޔަން ކުރި އެއްވެސް ސުވާލަކަށް ރޫމާ ޖަވާބެއް ނުދެއެވެ.ގޭޓާއި ހަމަޔަށް ދެވުމުން ބިންމަތީގައި އޮވެ ތުރު ތުރު ލަމުން ދިޔަ ފަލަކް ފެނުމުން ނިކްޔަން އެ ދިމާލަށް ދުއްވައިގަތީ ވެހެމުންދިޔަ ވާރެޔަށް ބެލުމެއްނެތިއެވެ.އަތްދަނޑި މައްޗައް ފަލަކް ނަގައިގެން ނިކްޔަން ގޭތެރެއަށް ވަންނަން ހިނގައިގަތުމުން ރޫމާވެސް އަވަސް އަވަހަށް ނިކްޔަންގެ ފަހަތުން ދިއައެވެ.ހަބަރު ހުސްވެފައި އޮތް ފަލަކް ގޮވައިގެން ލިފްޓަށް އަރައި ރޫމާ އާއި ނިކްޔަން އެމީހުންގެ އެޕާރޓްމެންޓަށް ގޮސް ތިރީގައި ހުރި ރޫމާގެ ކޮޓަރީގެ އެނދުމަތީގައި ފަލަކް ބޭއްވިއެވެ.ފިނިވެފައި އޮތް ފަލަކްގެ ހަށިގަނޑަށް ފިނ ވާނެ ކަން އިނގޭތީ ރޫމާ އަވަހަށް އޭސީ ނިއްވާލިއެވެ.”މަންމަ މީ ކިހނެތް”ރޫމާއާއި ދިމާލަށް ބަލާލަމުން ނިކްޔަން އަހާލީ ހައިރާންވެ ހުރެއެވެ.މިއޮށް ދަން ގަޑީގައި ފަލަކް ގޭންބޭރުގައި ވެހެމުންދިޔަ ވާރޭގެ ތެރޭގައި އޮންނަންވީ ކީއްވެ ހެއްޔެވެ.”އިހަށް ނިކް ގޮސް ތި ތެތް އެއްޗެހި ބަދަލު ކޮއްލައިގެން އާދޭ..މަންމަ ފަލަކްގެ އެއްޗެހި ޗޭންޖް ކޮއްލާނަން”ރޫމާ ބުނެލުމުން ބޯ ޖަހާލަމުން ނިކްޔަން އޭނާގެ ކޮޓަރިއަށް ދިއައެވެ.ކޮޓަރި ތަޅު ލުމަށް ފަހުރޫމާ ފަލަކްގެ އަންނައުނު ބަދަލު ކޮއްލިއެވެ. އަދި ފަލަކްގެ ނިއްކުރިއާއި އަތުގައި ހުރި ޒަހަމްތަކުގައި ބޭސް އުނގުޅަލިއެވެ.ހުމުން ފިހި ފިހި ފަލަކް އޮތުމުން ރޫމާ އަވަސްވެގަތީ ފަލަކްއަށް ބޭސްދެވޭތޯ އެވެ.”މަންމަ ދޭ އަހަރެންގެ ކޮޓަރިޔަށް ގޮސް ނިދާލަން ފަލަކް ގާތު އައި ވިލް ވެއިޓް”ފަލަކްގެ ގާތުގައި އިން ރޫމާ ގާތު ނިކްޔަން ބުނެލިއެވެ.”އެކަމް ނިކް””އިޓްސް އޯކޭ މޯމް ގޮސް ނިދާލާ…މާދަން ފަލަކް ތެދުވީމަ ވީ ގޮތެއް އޮޅުން ފިލުވޭންނު”ނިކްޔަން ބުނެލުމުން ރޫމާ އެކޮޓަރިން ދިއައީ ފަލަކްގެ ބޮލުގައި ލޯބިން ފިރުމާލާފައެވެ.ފަލަކްއަކީ އޭނާގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ.ފަލަކްގެ ދިރިއުޅުމުގައި ކުރިމަތި ވެފައި މިވާ ހާލަތުގެ ސަބަބުން ހިތާމަކުރާ އެކަކަށް ރޫމާވާނެއެވެ.މަންމަ އެ ކޮޓަރިން ނިކުމެގެން ދިއުމުން ނިކްޔަން ގޮސް އެނދުގެ މަގަތުގައި އިށީނދެލިއެވެ.އަދި ފަލަކްގެ އަތް ނަގާ އޭނާގެ އަތުގެ އިނގިލި ތަކުގެ ތެރެއަށް މަހާލިއެވެ.ފަލަކްގެ މޫނުމަތީގެ އެވާ ހިތާމަތަށް ދުރުކޮށް އެ ރީތި މޫނުމަތިން އަބަދުވެސް ހިނިތުންވުން ފެނުމަކީ ނިކްޔަންގެ ހިތުގެ އެދުމެވެ.ފަލަކްގެ އުފާވެރިކަމަށް ވުރެން އިތުރު އެހެންކަމެއް ނިކްޔަންއަކަށް މުހިންމެން ނޫނެވެ.ނިކްޔަންއަށް ނިދުނީވެސް ފަލަކްގެ ގާތުގައި އެހެން އިންދައެވެ.
*************
ހެނދުނު ހެނދުނާ ހޭލައިގެން ޔަނާ އުޅުނީ ވަރުދާ ހޭލަން ވާއިރަށް ނާސްތާ ތައްޔާރު ކޮއްލެވޭ ތޯއެވެ.މިޒަމާނުގެ އެހެން ކުދިންނާ ހިލާފަށް ޔަނާއަކީ ހީވާގި ކުއްޖެކެވެ.މިއޮތް ހުރިހާ ދުވަހު މަންމަ ބަލަމުން ގޭތެރޭގެ މަސައްކަތްތައް ވެސް އޭނާ ކުރަމުން އައީ ސުކޫލަށް ކިޔަވަންވެސް ދަމުންނެވެ.ގުރޭޑު އެގާރަ ނިމިފައި ވުމާއިއެކު ދެން ކުރިއަށް އޮތީ ބާރައިގެ އަހަރެވެ.ނަމަވެސް މިހާރު ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކިޔެވުން ދޫކޮށް ވަޒީފާއަކަށް ދިއުންވެސް މާ ބުއްދިވެރިއޭ ޔަނާގެ ހިތަށް އަރައެވެ.އޭނާވަނީ ދެތިން ތަނަކަށް ކުރިމަތިވެސް ލާފައެވެ.ނަމަވެސް އޭނާއަށް އަށާރަ އަހަރު ފުރެން އަދި ދެ މަސް އޮތުމުން ހޮވޭނެ ކަމުގެ ޔަޤީންކަން ކުޑައެވެ.ވަރުދާ ހޭލުމުން ޔަނާ ވަރުދާއަށް އެއްޗެއް ކާންދިނީ ވަރަށް އުނދަގުލުންނެވެ.އެއަށްފަހު ސައިބޮއެގެން ޔަނާ މެޝިނުން އަންނައުނު ތަށް ދޮވުމަށް ފަހު ހިއްކަން އަޅުވަން ގޭގެ ކުޑަ ގޯތިތެރެއަށް ނިކުމެލިއެވެ.ޖިންސުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ޔަނާ އެނަގައި ކަންފަތުގަ ޖަހާލިއެވެ.”އައްސަލާމު އަލައިކުމް…މީ ރާއްޖެ ޓީވީން އިނގޭތޯ…ޔަނާ ހުސެން ތޯ؟””އާދެ”ޔަނާ އަވަހަށް ޖަވާބު ދިނެވެ.އޭރު އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިއައީ އެކޮޅުން ދޭނެ ހަބަރެއް ނޭނޭތީއެވެ.މީގެ ހަފްތާއެއް ކުރިން އޭނާ ވަނީ ރާއްޖެ ޓީވީ ގައި އޮތް އިންޓާރވިއު އެއްގައި ބައިވެރި ވެފައެވެ.”އާދެ،އަޅުގަނޑުމެން މިގުޅާލީ މިކޮޅުން ބޭއްވި އިންޓާރވިއު އިން ޔަނާ ހޮވުނު ވާހަކަ އަންގާލަން ވެގެން…އެކަމު ޔަނާއަށް ވަޒީފާ އަށް ނިކުމެވޭނީ ދެމަސް ފަހުން އަށާރަ އަހަރު ފުރުނީމަ…އެންމެ ރަނގަޅުދެއްތޯ؟މާދަން މިކޮޅަށް ދުރުވެ ހުރިހާ ފޯރމަލިޓީސް ތަކެއް ފުރިހަމަ ކޮއްލާތި…ޝުކުރިއްޔާ”އެކޮޅުން ލިބުނު ހަބަރުގެ ސަބަބުން އުފަލުން ގޮސް ޔަނާއަށް ކުޑަކޮން ފުންމާލެވުނެވެ.އޭނާއަށް ވަޒީފާ ހމަޖެހިގެން ދިއައީއެވެ.ދެން އޭނާއަށް މަންމަ ގޮވައިގެން ރަނގަޅު ދިރިއުޅުމެއް އުޅެވޭނެއެވެ.
************
ދެލޯ ހުޅުވާލެވުމާއި އެކީ ފަލަކްގެ ލޮލުގައި އަޅައިގަތީ ކަންބޮޑުވުމާއި އެކު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިބި ރޫމާ ނުހާ އަދި ނިކްޔަންއެވެ.”ނުއްކޮ ދޭބަ ފަލަކް ދައްތައަށް ބްރޭކްފާސްޓް ހިފައިގެން އަންނަން”ރޫމާ ބުނެލުމާއި އެކީ އަވަހަށް ނުހާ ދިއައީ ފަލަކްއަށް ނާސްތާ ގެނެސްދޭށެވެ.”އަހަރެން މިތާ؟”ސުވާލުގެ ނަޒަރަކުން ރޫމާ އާއި ނިކްޔަންއާއި ދިމާލަށް ބަލާލަމުން ފަލަކް އަހާލިއެވެ.”ތި ސުވާލު ފަލަކްއާ ކުރަން ބޭނުންވެފަ ދައްތަ މިހުންނަނީ…..ފަލަކް ރޭ ދަންވަރު ވާރޭ ތެރޭ ގޭ ދޮރުމަތީ..”ރޫމާގެ ޖުމްލައާއެކު ފަލަކްއަށް ގިސްލެވެން ފެށުނެވެ.”ކުޑަދޮންތަ ފަލަކް އެގޭން ނެރެލީތަ؟”ނިކްޔަން އެސުވާލު އެތަށް ފަހަރަކު ތަކުރާރުު ކޮއްލުމުން ފަލަކް ހަމައެކަނި ބޯޖަހާލީއެވެ.”އަހަރެން ހިތަކަށް ނާރާ ރާއި މިހާ ރަހުމް ކުޑަ ވެދާނެ އެކޭ….ދެން ފަލަކް އެހާ ރަހުމްކުޑަ ބައެއް ކައިރިއަށް ދޫކޮއްލާކަށް ދައްތަ އަކަށް ލާހިކެއް ނޫން”ކޮއްޅަށް ތެދުވަމުން ރޫމާ ވާހަކަ ދެއްކިއެވެ.”ދައްތާ ޕްލީސް އަހަރެން ރަށަށް ފޮނުވައިދީ…..މިތާކު އަހަރެންނަކަށް ނޫޅެވޭނެ…ޕްލީސް”ފަލަކްގެ އާދޭސް އަޑު އިވުމުން ރޫމާ އައިސް އަނެއްކާވެސް ފަލަކްގެ ގާތުގައި އިށީނދެލިއެވެ.އޭރު ނިކްޔަން ވެސް ހުރީ ފެންކަޅިވެފައެވެ.”ފަލަކް އަށް މިތާ އުޅެން އުނދަގުލިއްޔާ ދައްތަ މިތާކު ފަލަކް ނުބަހައްޓާނަން…އެކަމު ފަލަކް އެކަނި ދޫކޮއްލާކަށް ދައްތަ އަކަށް ލާހިކެއް ނޫން…ނިކް ބުކް ޓިކެޓްސް…ވީ އަރ ގޮއިން ޓު އޮސްޓްރޭލިއާ”ރޫމާގެ އެންމެ ފަހު ޖުމްލައާއި އެކު ފަލަކްއާއި ނިކްޔަންގެ ދެލޯ ބޮޑުވެގެން ދިއައެވެ.”މޯމް…އަރ ޔޫ ޝުއަރ؟”ޔަޤީން ކުރުމަށްޓަކައި ނިކްޔަން އަހާލިއެވެ.”ފަލަކް ދާނަން ދޯ ދައްތަ މެނާ އެކީ….މަނާ ނުކުރާތި ފަލަކްވެސް ތީ މިއަދުން ފެށިގެން ދައްތަގެ ދަރިއެއް”ރޫމާގެ އެދުމުގައި ކޮޅުފައިން ޖަހާކަށް ފަލަކް އަކަށް ނުކެރުނެވެ.އޭނާގެ ވަކި ހުރީވެސް ކާކު ހެއްޔެވެ.އޭގެ ދެދުވަސް ފަހުން ފަލަކް ރޫމާގެ އާއިލާ އާއި އެކު އޮސްޓްރޭލިއާއަށް ފުރައިގެން ދިއައެވެ.އެތަށް ހަނދާންތަކަކާއި ގުޅިފައިވީ އަމިއްލަ ވަތަން ދޫކޮއްފައެވެ.
7 އަހަރު ފަސް
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
67 Comments!
Comments are closed.



Yayyyy mee first… kiyaalaafa comment eh khlaanan ??
Congratsss❤️
Wowowowowowo… esfiyaiga mihaaru shaaiiu kurevey enme reethi story mii..???? 7 years later dhww omg can’t wait to read next episode love u sis ❤❤❤
Alhey thankyou darling lym?❤️
Vrh salhi
Whn nxt
Its up
Ven salhi
whn nxt
Oops
It’s varah salhi not ven salhi
Ahahaha thankyou iraas❤️ This is your first comment ryt?
wowwowowowow❤️❤️ its just amazing ❤️ i love it ❤️❤️ i guess they will be married kanneygey 7 years fahun ❤️❤️ lets c dhw❤️❤️ curiously waiting for next ❤️❤️lym❤️ tc be safe ❤️❤️btw when is nxt
Thankyou saula darling?yes some ppl might be married dhwww?insha allah i will submit next part tmrw❤️Lym tc ❤️
wowwww mi part vrh reethi speachless
kn irakun next part??
Thankyou isha❤️❤️Next part i will submit tmrw ingey and this is your first comment thr?
❤loved this prt❤
Alhey! I hope alim ge hiy falak ah badal nuvaane kamah and falak alim ah hiy badal nuvaane kamah….
Can’t wait for the next prt?
Ehehehhe lets see dhw❤️
Alhey booooo so sad????… falak dad maruvee dhw…dhn hama heevanee falak libeynee nikyan ah hen…❣♥️??…so cuteeee….mi part ves hama varah habeysss.??♥️❣☺️??..next part avahah up kohdhechey..waiting…mi vaahaka nimen ulheny dhw booo…7 years later veema…i think…keep it up boo..♥️?..luv u and tc boo..see u soon
Yesss so much sadnessss in falak life dhwwwww???maybe nikyan is the lucky maynnn??Thankyou boo??and adhi nooolheyey nimeykah darling ehaa awahakah nimma eh nuleweynnu dhww???lym seeya❤️❤️
?????…Hama huvaa mibuniy e rafga aa raaidha dheke haadha rulhi araey….afaa alhey mi part ves haadha furihama ey…let’s see 7years fahun vaa goi…kobaa shura and maurifa…seven years fahun falak burugaa alhaane nama dhw…tc and stay safe…love ya
Hahahah falak buruga eh naalha ekm ehn myhun alhaane kanne lym thankyou abu❤️❤️❤️
Hii sis…..
Mashaa Allah this part is speechless… it’s so emotional, I was about to cry
Curiously can’t wait for next part.whn is next part sis?love this story
Lym❤❤❤❤
Tc
Hey hafu
Ahahaha thankyou nurohchey ekm ingey? next part soon lymm tc❤️
?????????????????????????????? Aphxxx hama Naani rovvaniyyey?????????????????? Huvaa mi part kiyaafa rovey varun????????????????? Falak n Aalim mathin hadhaan vani???????????? Maasha Allah mi part haadha reehchey???? aslu sifa kohdhey gothun kanneynge eha varah rovenives??? heevani vaahaka therey ulheveyhen Aphxxx hama molhiyyey??❤️❤️❤️❤️❤️❤️❤️❤️??????????????? Ekam Aalim alhe dhera vaane dho????????? Rafga kanthah bodukamun vaaha goiy mee?????????????
Alhey nurohchey all readers ronya kamaku nudhaannu dhw naani???❤️❤️Thankyou so muchhh lwbsss ly tc??
Wow sis, v cool mi part.. Alhe falak haadha sad vaaney..????????? Rooma haadha rangalhey dhww MaShaAllah .. But raaidha ei eynage sis Ey vs bunaa vareh noon. Haadha goahey.. Scarlet ah hama rovihje mi part kiyaafa.. Aalim vs haadha sad vaaney dhww.. Mithaa miulhey aslu Aalim vs mi part kiyaafa roan fashioned adhi.. Hehe..
Lysm???Tvvvvvvvvvvvgc
Roan fashaane **
And I think 7 years fahun Aalim will be studying law or he will be a lawyer.. Hehe.. Just guessing.. And I don’t think falky and Yan will be married
Lets seeee dhwww?
Yes asluwes dhw rooma and raaidha completely opposite just like falak and rafga dhw???thankyou darling❤️?ahahaa arn wrh roane aalim heheh lymmm?❤️
Varah reethi mi prt ves sis …
Heart touching Hama..???????
Luv ya sis ♥️♥️
TC n stay safe..
Thankyouuuu lwbs?❤️❤️ Stay safe lym❤️❤️
Varrrrrasalhi hama. Curiously waiting for the next part ??
Thankyou shaima darling ❤️?
Mi part ves vRh Sali Masha Allah sis?????????????????
And Aley mi rafgaa ves haadha kantha bodey and as her mom vrah foohi ???Emeehun dheke??. Overall stry varah Sali?? and what will happen after 7 year curious siso❤️❤️❤️
Waiting for the next ??
Love uu sis ???
TC and stay safe ❤️❤️❤️?
Asluwes emyhunaa hadha ey dhw hurihaa kameh wany riloooo?thankyou darling?❤️Lets see dhw what happens lym tc?❤️
mi part vx varah varah varaaaaaaaahhhhh rrreeeeeeethhhhhiiiii…. masha Allah
mi rafga nd her mom haadha gohey dhww.. amilla fault accept eh nukurevey ??.. falak ehaa bodu sacrifice ehbkiryma vx.. dhn aalim ah vaany kihineh baa.. so sad for him..?… ner ah heevany nikyan and yanaa kanne gulheynyy and falak and aalim.. ?.. btw, stry dhaa goi varah salhi..
tc aphu
Asluwes so goas them dhw this story is all about loaiibahtakaa kuraa sacrifice and alll ahahha nooney nikyan and falak marry kohfi ey?❤️❤️
Afaa…mi liyaa comments feneytha
Hehe?.?.?.?.Aslu Feney dhw….But miy mihaaru abu ge third vana cmnt….hedhunu kurin 2burah….BTW v.salhi…???7 years ge fahun look aa ehchehi badhaluvaane dhw….falky burugaa alhaane nama dhw….koba shoora..nufeneyey…
Tc and stay safe
Love ya
V.salhi mi part ves…looking forward to next part
Tc
Thankyouuuu?❤️
Yess abuuu
Konirakun nxt part
Insha allah will submit tmrw
Omg sis this part is fantastic ??? I m reading this part for 15 times now this is soooo beautiful I love it sis u e one of the best authors in my life and this story is one of the best story in my lif and I will remember u and this story forever in my life lots and lots and lots of love from Elsa also sis pls check hangouts ?❤️❤️??❤️???❤️❤️?? once again love u and tc
Ayeee thankyou so much shaha??means alot lwbs?❤️And I don’t use hangouts now sorry love lym tc❤️?
Alhey sis Elsa varah sad vehje but hope to hear from u
If u ever have any texting apps pls let me know in future ???? love u sis ??❤️??
I’ll let you know ingey❤️
alhey dhen aalim and falak haadha dherayey i hope seven years fahun ehaa dhera goii nuvaane kamah ;[[[[ keep it up aphxxx this story is amazing as always lym tc
Thankyou just a reader❤️Lets hope for the best dhw?lym tc??
Omg sisoooooooo???????
Awsomeeeee hama obinexxxtothemaxxx
Varah dhera waa goii but seven years fahun rangalhu vaane kamah mi balanyyyyy???????aalim must be heart broken ? ?keeep it up sisooo love it????
Tc❤️❤️❤️❤️
Lysm❤️❤️❤️❤️
Ahahahha THANKYOU NUHYY❤️❤️❤️Hingaa balamaa dhw SEVEN YEARS fahun rangalhu weythoaaaa??
LYMMM?❤️
Varah salhi mi part ves but seven years fahun vaanee kihinehh that ?? anyways curiously waiting for the next part ☺️☺️☺️☺️ take care ♥️♥️♥️♥️♥️♥️
Ahaha I’m also wondering what will happen????thankyou darling tc?❤️
Afaa….. Hii sissooooo.. V miss ingey… Btw i dont use hangout any more………….. Btw sis mi prt v reethi….. I love u and ur stories……… I am really v curious…. Plx nxt prt vc avahah up kolladheythi sioooo…. Bye miss u
Hey raaya i also don’t use hangouts now heehe?thankyou darling lym miss more?❤️?
wow wow wow….. mi stry feshune sureves kiyamunh mi annanee… ekm hama comment kohnulaa kehnuvee… wow wow wow.. e raaidhaa haadha kan thaves bodeyh.. alheyh dhnh kihineh tha vaanee????? whn is next part.. btw mi part ves vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi
Thankyouuuu ahahah lets see dhw waa gotheh?❤️
Alheyy mi part vex v reethi curiously waiting for next part ♥️?
Thankyou reesh❤️
Oooooooooohhhhh varah reethi mi prt vx ❤️❤️❤️❤️ sorry for the late comment siss ???? maa bxy vma Las v vx ???? alhe 7 years later ga kihinei vefa baa ohnaanee ???? curiously waiting for nxt ???? luv yah ?????❤️❤️❤️
TC
Stay safe
Lysssssmmmmmm ❤️❤️❤️❤️
Its okay afuuuu ekm I WAS LOOKING FORWARD FOR YOUR COMMENT❤️??
Thankyou darling letsss see dhw waagotheh❤️❤️❤️❤️
Lym tc??
Where is nxt part?? Curiously waiting for nxt part?7 years fahun ragalha vaan kamah ummeedhu keranu ?btw mi vaahaka ah vure Reethi vaahake adhi nukiye ?
~Lym~dear ??
Alhey thankyou aikko?❤️Next part innaane up wefa the poster is changed ingey❤️
Konirakuntha next part up kuranee
Can’t wait to read
Its already up darling poster change wefa innaany
mii vaahhakaige furathama bai kihineh hoadhaanee ?? ???