Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(18ވަނަ ބައި)

Afaa Level 310 Stories100 Comments
July 15, 2020 8 Mins Read
51 Comments

‎ކޮޓަރިތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރާއިދާގެ މޫނުމަތީގައިވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އެނދުމަތީގައި އިށީނދެ ދެލޯ މަރާލުމާއި އެކު އޭނާގެ ކަންފަތުގައި ގުގުމަންފެށީ މީގެ ދިހަވަރަކަށް މިނެޓުކުރިން ފާލިހު މީހަކާއި ފޯނުން ދެއްކި ވާހަކަތަކެވެ.
***************
‎”ކޮބާ ޝަކީބު ހުރިހާ ލިޔެކިޔުމެއް ތައްޔާރުވީތަ؟”ސްޓަޑީގެ ކައިރިން ހުރަސްކޮއްލި ރާއިދާއަށް ފާލިހު ބުނި ޖުމްލަ އަޑު އިވުމާއި އެކީ ސްޓަޑީގެ ދޮރާއި ގާތްވެލަމުން ފާހިލު ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ.”އާން…އޭރު އަހަރެން ޝަކީބު ގާތު އިހަށް މަޑު ކޮއްލާށޭ ބުނީފަލަކްއަށް އަށާރަ އަހަރު ފުރެން ގާތް ނުވާތީ…އެކަމު އަންނަ ޖެނުއަރީ ބާރައިގަ އެމަންޖެ އަށް އަށާރަ ފުރޭނެ….އަހަރެން ބޭނުމީ އެމަންޖެއަށް އަށާރަ ފުރުމާއެކީ ވިޔަފާރީގެ ފަންސާސް އިންސައްތަ އެ މަންޖެ ނަންމައްޗައް ބަދަލުވާ ގޮތް ހަދަން…”ފާލިހުގެ އަނގައިން އިވުނު ބަސްތަކާއި އެކު ރާއިދާގެ ދެލޯ ބޮޑުވެގެން ދިއައެވެ.ހަމަގައިމުވެސް އޭނާ އެހެން ކަންތައް ވިޔަކަ ނުދޭނެއެވެ.”އާން އެހެންވީމަ މާދަން ހަވީރު އަހަރެން އެ މަންޖެ ގޮވައިގެން ޝަކީބުގެ އޮފީހަށް ދާނަން…. އޭރުން އެ މަންޖެއަށް ހުރިހާ ލިޔެކިޔު މެއްގަ ސޮއި ކޮއްލެވޭނެ ތާ….”ފާލިހުގެ ކޮންމެ ޖުމްލައަކާއި އެކު ރާއިދާގެ ދެއަތް ދިއައީ މުއްކެވެމުންނެވެ.

****************
‎އެނދުގައި އިށީނދެ އިން ރާއިދާ ދެލޯ ހުޅުވާލަމުން އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ.ނަންބަރަކަށް ޑައިލް ކޮއްލަމުން ރާއިދާ ކޮއްޅަށް ތެދުވިއެވެ.އެކޮޅުން ފޯނު ނެގުމާއި އެކީ ރާއިދާ ސިއްރުވެރި ވާހަކެއް އެމީހަކާއި ދެއްކިއެވެ.ފޯނު ބޭއްވިއިރު އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.

‎***********

‎ވާރޭ ހުއްޓާލުމުން ނިކްޔަން އަވަސްވެގަތީ އެމީހުންގެ އެޕާރޓްމެންޓަށް ދާށެވެ.އަސުރު ނަމާދަށް ބަންގި ގޮވަންވެސް ގާތްވެފައި ހުރުމާއި އެކީގައެވެ.ނިކްޔަން ދިއުމުން ފަލަކްވެސް އެއްޗެހި ބަދަލު ކޮއްލިއެވެ.ވާރެޔާ ތެމުމަކީ އޭނާ އަބަދުވެސް ކުރާ ހިއްވާ ކަމެކެވެ.ނަމަވެސް ވާރޭ ކޮޅެއްގައި ޖެހިލާ އިރަށް ރޯގާ ޖެހޭތީ ރަށުގައި އުޅުނު އިރު ރަޝްފާވެސް އޭނާ ވާރޭ ތެމުނަކަ ނުދޭނެއެވެ.ގިނަ ފަހަރު ވާރެޔާ އޭނާ ތެމެނީ މަންމައަށް ނޭނގިއެވެ.މަންމަގެ ހަނދާންވުމުން ލޮލުން ކަރުނަ އަންނަން ފެށި ނަމަވެސް އެ ކަރުނަތަށް ހުއްޓުވާކަށް ފަލަކް މަސައްކަތެއް ނުކުރެއެވެ.ފިނި ވެފައި ހުރުމުން އެނދުމައްޗަށް ވެއްޓިގަންނަމުން ފަލަކް ބާލީހުގައި މޫނު ފޮރުވާލިއެވެ.މަޑުމަޑުން ފަލަކްގެ ކޮޓަރީގެ ދޮރުހުޅުވާލަމުން ރަފްގާ އެކޮޓަރިއަށް ވަނީ ފާލިހު ބުނެގެން ސައިބޯން އަންނަން ފަލަކްއަށް ގޮވުމަށެވެ.ނިދާފަ އޮތް ފަލަކް ފެނުމުން ދެކޮނޑު އަރުވާލަމުން ރަފްގާ އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.ބައްޕަ ބުނި ކަންތައް ނުކުރާ ކަމަކަށް ނުވާނެ ނުން ހެއްޔެވެ.އެ ކޮޓަރިން ނިކުންނަން ހިނގައިގަތް ރަފްގާ ހުއްޓިލީ ސައިޑު ކަބަޑު މަތީގައި އޮތް ފަލަކްގެ ފޯނަށް މެސެޖެއް އައި އަޑަށެވެ.އެއީ ކާކު ފަލަކްއަށް ފޮނުވި މެސެޖެއްތޯ ބަލާލަން ރަފްގާ ބޭނުންވިއެވެ.ކަބަޑާއި ކައިރި ވެލަމުން ފޯނަށް ނަޒަރު ހިންގާލުމާއިއެކު ރަފްގާގެ ދެބުމަ ގޮއްޖެހިގެން ދިއައެވެ.ސޭވް ކޮއްފައި ނެތަސް އެ ނަމްބަރު ފެނުމުން އެއީ ކާކުގެ ނަމްބަރެއް ކަން ރަފްގާއަށް އިނގުނެވެ.ކޯޑެއް ޖަހާފައި ނެތުމުން ރަފްގާއަށް ފަސޭހަ ކަމާއި އެކު ފަލަކްގެ ފޯނު ހުޅުވާލެވުނެވެ.”މާދަންރޭ އަށެއް ޖަހާއިރު އަހަރެން އިންތިޒާރު ކުރާނަން”އެ މެސެޖުގައި ލިޔެފައި އޮތީ އެހެންނެވެ.އައި ރުޅީގަ ރަފްގާ އެ މެސެޖު ޑިލީޓް ކޮއްލިއެވެ.އަދި ރުޅިވެރިކަމާއެކު ފަލަކްއާއި ދިމާލަށް ބަލާލުމަށް ފަހު ސައިބޯންވެސް ނުގޮސް ރަފްގާ ދިއައީ އޭނާގެ ކޮޓަރިއަށެވެ.

”ދޮންބޭ ހާދަ ވަރަކަށް ތި ކިނބިހި އަޅަނީ….ވާރެޔާ ތެމުނީތަ؟ނުއްކޮ ކައިރީ ނުވެސް ބުނޭ..”އަސުރު ނަމާދުން އައި ނިކްޔަން ސައި ބޯން އިންއިރު މާ ވަރަކަށް ކިނބިހި އަޅާތީ ނުހާ ޝަކުވާކޮއްލިއެވެ.”ދެތެއް ނިކް ވާރެޔާ ތެމުނީތަ؟”ތަށިތައް ގާތް ކޮއްލަމުން މޭޒު ދަށުގައި އިށީންނަމުން ރޫމާ އަހާލިއެވެ.”އާން އެއީ މި ފިހާރައަށް ޖެހިލި ގަޑީގަ ކުޑަކޮން”ވާރޭ ތެމުނީ ފަލަކްއާއި އެކުގައޭ ބުނެފިއްޔާ ނުހާގެ ދިމާކުރުންތަކުން ސަލާމަތް ނުވާނެކަން އިނގޭތީ ނިކްޔަން ދޮގެއް ހަދައިލިއެވެ.”ނުއްކޮ މިރޭ ދައްޗޭ ކޫ އާ ފަލަކް ދައްތަ ބަލާ އިނގޭ ކާން ގެންނަން….ދޮންބެގެ ޓެސްޓުތަށް މާކުރިން ނިމުނަސް އަދިކިރިޔާ އެދެކުދިންގެ އެ ނިމުނީ…ސޯ ޖެހޭނެ ދޯ ޓްރީޓްއެއް ދޭން”ނުހާއާއި ދިމާލަށް ބަލާލަމުން ރޫމާ ބުނެލިއެވެ.ބޯ ޖަހާލަމުން ސޭންޑްވިޗް ތަށީގައި އޮތް އެންމެ ފަހު ސޭންޑްވިޗް ނަގައި އަނގަޔަށް ޖަހާލަމުން ނުހާ ނިކްޔން އާ ދިމާލަށް ވައްތަރެއް ޖައްސާލިއެވެ.

‎ގެއަށް ވަދެގެން އައި ހަނީފް ފެނުމުން ލައިލާ ސޯފާއިން ތެދުވެގެންގޮސް ހަނީފްގެ ގައިގައި އޮޅުލައިގަތެވެ.”ވަރަށް ބޮޑަށް މިސްވި ޖާން މަތިން”ހަނީފް އެއައީ ވަޒީފާ ކަމަކު ކޭމްޕެއްގައި ރާއްޖެތެރޭގައި ފަސްވަރަކަށް މަސްވަންދެން އުޅެފައެވެ.އާލިމްއަށް ކުޑަ ނަމަވެސް ހަމަޖެހުމަކާއި އެކު ގޭތެރޭގައި އުޅެލެވުނީ އެހެންވެއެވެ.ކޮޓަރިން ނިކުތް ހާޖަރާއަށް މި މަންޒަރު ފެނުމުން ނުފެންނަ ކަމަށް ހެދެމުން ކާންއަންނަންވީ ނުންހޭ އަހާލިއެވެ.ލައިލާގެ ފަރާތުން އެފަދަ ގޮތެއް ނެތް އަމަލުތަށް އަބަދުމެ ފެނިފެނި ހާޖަރާގެ ހިތުގައިވެސް ލައިލާއާ ދޭތެރޭ ވަނީ ފޫހިކަމެވެ.އިޝާ ނަމާދަށް މިސްކިތަށް ގޮސްފައި ގެއަށް އާލިމް އައީ އެވަގުތު ގައެވެ.ވީ ފޫއްސާ އައި ރުޅިއާއި އެކު ކޮޓަރިއަށް ދާން އާލިމް ނެގި ފިޔަވަޅު މަޑުޖައްސާލަން ޖެހުނީ ހަނީފް އޭނާއަށް ގޮވާލުމުންނެވެ.”އާދޭ ބައްޕަޔާއެކު ކާން”ހަނީފްގެ އެދުމަށް ފުރަގަސް ނުދީ ގޮސް އާލިމް ކާމޭޒުދަށުގައި އިށީންނުމުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ލައިލާއަށެވެ.ހަނީފްއާއި އާލިމްއާ ދޭތެރޭ އެއްވެސް ދެބަސްވުމެއް ނުހިގަންޏާ އޭނާގެ ހިތައް ތަސައްލީއެއް ނުލިބެނީ ކަންނޭނގެއެވެ.އާލިމްގެ ފަރާތުން ނުރުހުމުގެ އެއްވެސް އަސަރެއް ނުފެނުމުން ހަނީފްވެސް ލައިލާ ގޮވައިގެން ގޮސް މޭޒު ދަށުގައި އިށީންނެވެ.”އާލް ވިސްނައިފިންތަ ކުރިއަށް ދާނެ ދާއިރާއެއް؟ ޗޫޒް ކޮއްފަ އެއްވެސް ފީލްޑެއް ނެތިއްޔާ ބައްޕަޔަށް ފެންނަނީ ފުލުހަށް ނޫނީ ސިފައިންގެއަށް ވަންނަން”ހަނީފް އާލިމްއާ މުހާތަބު ކޮށް އަހާލިއެވެ.”ދެން ހަނީފްއަށް ޕޮލިސް އޮފީހާ ސިފައިންގެ ކޭމްޕުތައް ކަމުދިޔަ ޔަސް އެ ސޮރަށް އެ ކަމުނޮގޮސްދާންނު”އާލިމް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ހާޖަރާ ބުނެލިއެވެ.ހަނީފު ކުރިއަށް ދާ މަގުން އާލިމްވެސް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.ހަނީފްއާއި އެއް މޭޒެއްގައި ކާން އިންނާކަށް ވެސް އާލިމްބޭނުމެއް ނޫނެވެ.މިހާރު އޭނާގެ ކުރިމަތީގައި އޭނީ އޭނާގެ ބައްޕައެއް ނޫނެވެ.އޭނާގެ މަންމަ މަރާލި ރަހުމު ކުޑަ މީހާއެވެ.ދެއްކުންތެރި ކަމާއި މަަކަރު ވެރިކަމުގެ މާސްކެތް އަޅައިގެން، ރައްޔިތުންނާއި ޤައުމަށް ހިދުމަތް ކޮއްދޭކަމަށް ހެދިގެން އުޅޭ ޤާތިލެކެވެ.”އަހަރެން ބޭނުމީ ލޯ ކިޔަވަން…”އާލިމް ބުނެލިއެވެ.ވަގުތުން ލައިލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިއައެވެ.”ވަކީލަކަށް ވާންތަ؟ތިއަށް ވުރެން މާ ރަނގަޅު ދާއިރާތަށް ވެސް އެބަހުރި..އަހަރެންގެ ބޭބެ ވެސް ވަކީލުކަން ކިޔަވައިގެން އުޅޭ ގޮތްބަލާބަލަ…ރިޝްވަތާ މަކަރު…”ލައިލާއަކަށް އެއްޗެއް ނުބުނެ އެއް ނީނދެވުނެވެ.”އަހަރެން ކުރިއަށް ދާންބޭނުންވަނީ މި ދާއިރާއިން…ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން ރަނގަޅަށް އުޅުނީމަ އަހަންނަށް ނިމުނީ….ކުއްވެރިންނަށް އެމީހުއްނަށް ހައްޤު އަދަބު ދޭން އަހަރެން ބޭނުމީ…”ސާބިތު ކަމާއި އެކު އާލިމް ބުނެލުމުން ލައިލާގެ ދުލުގަ ތަޅެއް އެޅުވިގެން ދިއައިރު އޭނާ އިނީ މޫނު ހަދައިގެންނެވެ.”އާލްގެ ޝައުގުވެރިކަން ހުރީ ތިދާއިރާއަށް ވެއްޖިއްޔާ ބައްޕަގެ އެއްވެސް މައްސަލައެއް ނެތް…”އަމިއްލަ އަތުން ހަނީފް އެކަމާ އެއްބަސްވަމުން އެ ކޮނުނީ އޭނާ ވަޅުލެވޭނެ ވަޅުގަނޑެވެ.އާލިމް އެ ދާއިރާ އިޙުތިޔާރު ކުރީ ހަމަ އެންމެ ބޭނުމެއްގައެވެ.އޭނާގެ މަންމައަށް އިންސާފު ހޯދައިދިނުމަށެވެ.ހަނީފުވެސް އޭނާއާއި އެއްކޮޅަށް ނޭރުމުން ތުން އަނބުރާލަމުން ލައިލާ މޭޒު ދޮށުން ތެދުވެގެން ދިއައެވެ.އޭނާގެ ފަހަތުން ހަނީފްވެސް ދިއައިރު އާލިމްގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

***********

‎މައުރިފާ ވެސް ގޭގައި ނެތުމުން ޝޫރާ ހުރީ ފޫހިވެފައެވެ.ރަފްގާއަށް މެސެޖު ކޮއްލުމުން ރިޕްލައި ކުރަނީވެސް ފާޑަކަށެވެ.އަދިވެސް އެހެރީ ހިތްހަމަ ނުޖެހިފައި ކަންނޭނގެއެވެ.ފޫހިވުމުން ޝޫރާ މެސެންޖާރއަށް ވަދެލިއެވެ.ހަމަދާނުގެ މެސެޖެއް އައިސްފައި އިނުމުން ޝޫރާ އެ މެސެޖު ހުޅުވާލިއެވެ.”ހާއި””ޖަހާފައި އިނުމުން ޝޫރާވެސް ހޭއި އޭ ބުނެލިއެވެ.މެސެޖުގެ ޒަރިއްޔާއިން ޝޫރާ ހަމްދާންއާއި މީގެ ކުރިން ވާހަކަ ދައްކާފައިިވާނީ ހަމައެކަނި ސުކޫލު ކަންކަމުގައި ހެދިފައި ހުރި ޤުރޫޕުތަކުގައެވެ.އިރުކޮޅެއް ނުވަނީސް ހަމްދާނުގެ ޖަވާބެއް ވެސް ލިބިއްޖެއެވެ.އެގޮތަށް އެތަށް އިރަކު ފޫހި ކަމެއް ނެތި ޝޫރާއަށް ހަމްދާނާއި ވާހަކަދައްކަން އިނދެވުނެވެ.ހަމްދާންއަކީ އަނގަ ގަދަ އެހެންމީހުނާ ގުޅޭ މަޖާ ޒުވާނެކެވެ.”ދެން ކޮބާ ޕްލޭންސް އަކީ ދާންގެ؟”ޝޫރާ އަހާލިއެވެ.”އިންނާން ރަނގަޅު އަންހެން ކުއްޖަކު ހޯދުމެއްނު…އަށާރަ ފުރިއްޖެ ވިއްޔަ”ހޭ އިމޮޖީ އަކާއި އެކު ހަމްދާން ޖަވާބުދިނެވެ.”ހާދައަވަހަށް ތިކަމާ…އަހަރެން މި އަހާލީ ކެރިއާރ ގެ ވާހަކައޭ”ހޭ އިމޮޖީއަކާއި އެކު ޝޫރާވެސް މެސެޖެއް ފޮނުވާލިއެވެ.”ކެރިއަރ ދޯ…ދެން އިތުރަށް ކިޔަވާކަށް އަހަރެން ޕްލޭނެއް ނުކުރަން ދެތިން ރިސޯޓަކަށް ވަޒީފާއަށް ލައިގެން މިއުޅެނީ ލިބުނު ހާ އަވަހަކަށް ފަރަންޖީ ކުދިންކޮޅު ކައިރިޔަށް ދާ ގޮތަށް”ހަމްދާން ދައްކާ ވާހަކައިން ޝޫރާ އިންނަނީ ހީހީ ހަލާކުވެފައެވެ.

**********

‎”ކުޑަދޮންތާ ކޮބާތަ ކޫއާ ފަލަކް ދަައްތަޔާ؟”ކަސޯޓީއަށް ގެއްލި ހުސްވެފައި އިން ރާއިދާއަށް ނުހާގެ އަޑު އިވުނީވެސް އޭނާ ދެތިން ފަހަރަކު އަހާލުމުންނެވެ.”އެބަ އުޅޭ ކަންނޭނގެ ދެކުދިންވެސް ކިހިނެއްވީތަ ނުއްކޯ”ޓީވީއިން ނަޒަރު ވަކި ނުކޮށް އިނދެ ރާއިދާ އަހާލިއެވެ.”މަންމަ ބުނެގެން ކާން ގެންދަންވެގެނޭ..””އެހެންތަ ދޭބަލަ އެކުދިންގެ ކޮޓަރި ބަލާލަން…”ރާއިދާ ބުނެލުމުން ހަލުވި ފިޔަވަޅު ތަކެއްގަ ސިޑިން އަރައިގެން ގޮސް ނުހާ ފުރަތަމަ ވަނީ ރަފްގާގެ ކޮޓަރިއަށެވެ.އޭރު ޓީވީއިން ފިލްމެއް އަޅުވައިގެން ރަފްގާ އޮތެވެ.ނަމަވެސް އެ ކޮޓަރިއަށް ހީވަނީ ސުނާމީއެއް އަރައިފައި އޮތް ހެނެވެ.އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ނުހާ ގޮސް ރަފްގާގެ ކޮނޑުގައި ފަހަތުން ކޮއްޓާލިއެވެ.ސިހިފަ ކަހަލަ ގޮތަކަށް ރަފްގާ ފަހަތް ބަލާލިއެވެ.އޭރު އޭނާގެ އުނގުމަތީގައި ބޮޑުޗިޕްސް ތައްޓެއް ހުއްޓެވެ.”ކޫ ހީކުރީ މި ފިލްމުގަ އުޅޭ ނަން އައީ ކަމަށް”ނުހާ އާ ދިމާލަށް ބަލައިލަމުން ރަފްގާ ބުނެލިއެވެ.”ނަން އެއްނޫން ވޮލްޑެމޯރޓް….މަންމަ ބުނީ ކާން އަންނާ ށޯ”ހީލަމުން ނުހާ ބުނެލިއެވެ.”ކާށޭ ލުކް އައި އޭމް އޯލްރެޑީ ފުލް…ދޮންތަ ކައިރީބުނޭ ނެކްސްޓް ޓައިމްއޭ”އުނގުގައި ހުރިބޮޑު ޗިޕްސް ތައްޓަށް އިޝާރާތް ކުރަމުން ރަފްގާ ބުނެލިއެވެ.އޯކޭ އޭ ބުނަމުން ނުހާ ފަލަކްގެ ކޮޓަރިއަށް ދިއައެވެ.ވާހަކަ ފޮތެއް ނަގައިގެން އޮތް ފަލަކް ފެނުމުން ދިއަ ގޮތަށް ގޮސ ނުހާ ހިފީ ފަލަކްގެ އަތުގައެވެ.”ހިނގާ ދާން އަވަހަށް ފަލަކް ދައްތަގެ ޔަން ބުނީ އައިސްބަލާށޯ ސީކްރެޓެއް ބުނަން ވެއްޖެ ޔޯ”ނުހާ ފަލަކްއާ ދިމާ ކޮއްލިއެވެ.”ނުއްކޯ….ކިހިނެއްވީތަ؟ޔަންއޭ…”ތެދުވެ އެނދުމަތީގައި އިށީންނަމުން ފަލަކް އަހާލިއެވެ.”އާންއެކޭ…ދޮންބެ އޮތީ ހުން އައިސްގެން ގޮސް ފިހި ފިހި……މިއަދު ވާރޭ ތެމުނީއޯ”ނުހާ ފަލަކްއަށް ވާ ގޮތެއް ބަލާލަން ބުނެލިއެވެ.”އަޅޭ އިޓްސް އޯލް މައި ފޯލްޓް…ޔަން އެތެރެއަށް ވަންނަން އުޅުނީމަވެސް ތެމެން މަޑުކުރުވީ..ހިނގާ އަވަހަށްދާން…”ކަންބޮޑުވުމާއި އެކު އެނދުން ތެދުވަމުން ފަލަކް އުޅުނު ގޮތުން ނުހާ ފެށީ ޕަކަ ޕަކަ ލާފަ ހޭށެވެ.ނަމަވެސް ފަލަކް ބުނެލި ވާހަކައިން ނިކްޔަން ވާރެޔާ ތެމުނީ ފަލަކްއާއި އެކީގައިކަން އިނގުމުން ނުހާ ހުނުން ހުއްޓާލިއެވެ.ނުހާ ހޭންފެށުމުން ފަލަކްއަށް ނުހާ ކުރީ ސަމާސާއެއްކަން ރޭކާލިއެވެ.މީ ހާދަ ލާނެއް ކުއްޖެކޭ ބުނެ ފަލަކް ނުހާގެ ގިލިގިލި ކޮއްޓާލިއެވެ.ހެމުން ހެމުން ނުހާ ފަަލަކްގެ ގައިގަ މަޑުމަޑުން ބާލީހަކުން ޖަހާލިއެވެ.”އޯކޭ އޯކޭ ޔޫ ވިން…އެކަމް މިއަދު ދޮންބެއާ ފަލަކް ދައްތަ ވާރޭ ތެމުން ވާހަކަ ނުއްކޮ ކައިރީ ބުނިނަމަ ދޯ…އައި އޯލްސޯ ވޯންޓެޑް ތެމިލަން…އާން އަދި މަންމަ ބުނެގެން ފަލަކް ދައްތަ ކާން ބަލައޭ މިއައީ”ބާލީސްތައް ރީތި ކޮއްލަމުން ނުހާ ކޮއްޅަށް ތެދުވަމުން ވާހަކަ ދެއްކިއެވެ.”ޕިސް ޕިސް މިހާރު ރޫމާއްތަ ހުންނާނެ ލަސްވެފަ..ހިނގާ އަވަހަށްދާން”އިސްތަށިގަނޑު ރީތި ކޮއްލަމުން ފަލަކް ރޫމާމެން ބަޔަށް ދާން ތެދުވިޔެވެ.

***********

‎ޕޮލިސް ސްޓޭޝަން އިން ނިކުތް ޔަނާގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެވެ.ރޮއެފަ ހުރި ކަން ޔަނާގެ ކަރުނަ ނުހިކި ހުރި ދިގު އެސްފިޔަ ތަށް ހެކި ދެއެވެ.ޓެކްސީއެއް ހުއްޓުވާ އެއަށް އަރައިގެން ޔަނާ އޭނާ ދިރިއުޅޭ ގެއަށް ދާން މިސްރާބު ޖެހިއެވެ.”ކޮބާތަ މަގޭދަރި….އެމީހުން ކީކޭ ބުނީ…އަދިވެސް އެސޮރު ނުފެންނަނީ ތަ؟”ގެއަށް ވަދެގެން އައި ޔަނާ ފެނުމުން މެދު އުމުރު ފުރައިގެ އަންހެނެއް އައިސް ޔަނާގެ ކޮނޑުގައި ހިފައި ތަޅުވައި ގަންނަމުން އަހާލިއެވެ.”މަންމާ….”ޔަނާ އޭނާގެ މަންމެގެ އަތުގައި ހިފައި ގެންގޮސް އެ ކުޑަ ސިޓިން ރޫމުގެ މެދުގައި ހުރި ސޯފާގައި ބޭންދިއެވެ.”ބުނެބަލަ ޔަނާ…ކޮބާތަ ޔަނާގެ ދޮންބެ…ކޮބާތަ މަގޭ ދަރި ޔާފިއު”ވަރުދާ އަނެއްކާވެސް އަހާލިއެވެ.އޭރު ރޫޖެހިފައިވާ އޭނާގެ މޫނުމަތީގައި ކަރުނައިގެ ރޮނގުތަށް ދުވެލަ ދުވެލަ ހުއްޓެވެ.”ފުލުހުން ބުނީ ނުވަ މަސް ވެގެން ދިއައިރުވެސް އެއްވެސް ކުރިއެރުމެއް މި ކޭސްއަށް ނުލިބުނީމަ ކޭސް ކްލޯސް ކުރަނީއޭ…”މާޔޫސްކަމާއި އެކު ޔަނާ ބުނެލިއެވެ.ޔަނާގެ އެ ޖުމްލައާއި އެކު އިންތަނުން ވަރުދާ ކޮއްޅަށް ތެދުވިއެވެ.”އެހެން ކިހިނެއް އެމީހުން ކޭސް ބަންދު ކުރާނީ….އަހަރެންގެ ދަރިފުޅު ފެނުނީކީ އެއްވެސް ނޫން…”ޔަނާ މަސައްކަތް ކުރީ ވަރުދާ ހަމަޔަކަށް އެޅުވޭތޯއެވެ.ނަމަވެސް ވަރުދާގެ ހާލު ދިއައީ ގޯސް ވަމުންނެވެ.އެންމެ ފަހުން ފުލުސް އޮފީހަށް ދާން ވަރުދާ ގޭގެ ދޮރާ ދިމާލަށް ދުއްވައިގަތެވެ.ވަރުދާ ގެއިން ނުނިކުންނަނީސް ޔަނާއަށް ގޮސް ވަރުދާގެ ގައިގަ ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ.ހަބަރު ހުސްވެގެން ވަރުދާ ވެއްޓުނެވެ.ވަރަށް މަސައްކަތުން ޔަނާ ވަރުދާ ގެންގޮސް ކޮޓަރީގެ އެނދުގައި ބާއްވާލިއެވެ.އެވަގުތު ދޮރުގައި ޓަކި ދިން އަޑު އިވުމުން ޔަނާ ދެލޯ ފޮހެލައި އަޅައިގެން އިން ބުރުގާ ރީތި ކޮއްލަމުން ގޮސް ދޮރު ހުޅުވާލިއެވެ.”ޔަނާ..ހުރިހާކަމެއްވެސް ރަނގަޅުތަ؟މިއޮތީ މިމަހުގެ ކުލި”އަތުގައި އޮތް ސިޓީ އުރަ ދިއްކޮއްލަމުން ދޮރު ކުރިމަތީގައި ހުރި އަންހެންމީހާ ހިނިތުންވުމަކާއެކު އަހާލިއެވެ.”ޝުކުރިއްޔާ…މަންމަ ކުޑަކޮން ބަލި އެނޫނީ ހުރިހާ ކަމެއް ވެސް ރަނގަޅު”އެ ސިޓީ އުރައިގައި ހިފަމުން ޔަނާ ބުނެލިއެވެ.އިރުކޮޅަކު ވާހަކަދައްކާލަން ހުރުމަށްފަހު އެމީހާ ޔަނާ މެންގެ ގޭ ދޮރާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި ސިޑިއަކުން އަރައިގެން ދިއައެވެ.ގޭތެރެއަށް ވަދެގެން ގޮސް ޔަނާ އޭނާގެ މަންމަގެ ކޮޓަރިއަށް ވަނެވެ.އެ މަންމަގެ ބޮލުގައި ފިރުމާލަމުން ޔަނާ އެ އެނދުގެ މަގަތުގައި އިށީނެވެ.އެދެމައިން އެކަނި އުޅޭ އެގޭގެ ހަރުދު ބަރަދު ބަލަހައްޓަނީ ގޭގެ މަތީބައި ކުއްޔަށް ދީގެން ލިބޭ ހަތްހާސް ރުފިޔާއިންނެވެ.ވަރުދާގެ ތިބެނީ އެންމެ ދެދަރިންނެވެ.އެއީ ޔަނާ އާއި ޔާފިއު އެވެ.މީގެ ނުވަމަސް ކުރިން ގެއިން ނިކުމެގެން ވަޒީފާއަށް ދިޔަ ޔާފިއުގެ ހަބަރެއް އަދިއަދާ ޖެހެންދެންވެސް ނުވެއެވެ.ޔާފިއު މަސައްކަތް ކުރީ ޓެކްސީ ޑްރައިވިން ކޮމްޕެނީ އެއްގެ މޭނޭޖަރުގެ ގޮތުގައެވެ.ޔާފިއު ގެއްލުނު ފަހުން ވަރުދާއަށް ނަފްސާނީ ގޮތުން ކުރި އަސަރުތަކެއްގެ ސަބަބުން އޭނާ ވަނީ ނަފްސާނީ ގޮތުން ބަލިކަށި ވެފައެވެ.ފުލުހަށް ރިޕޯރޓު ކޮއްގެން އޭނާގެ ދޮންބެ ހޯދަން ޔަނާ ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ.އެތަށް ދުވަހެއްގެ ތަހުޤީގަށް ފަހުވެސް ޔާފިއުގެ އެއްވެސް ހަބަރެއް ފުލުހުންނަކަށް ނުހޯދުނެވެ.ޔާފިއުގެ ޖެހުނުތާ ލަކުނުވެސް ނެތެވެ.އުޑަށް އަރައިގެން ދިއައީ ކަމެއް ނޫނީ ބިންފަޅާފައި އަޑިއަށް ވަނީކަމެއް ވެސް ނޭނގެއެވެ.އިރުކޮޅަކު ވަރުދާގެ ގާތު އިނުމަށްފަހު ސިޓީ އުރަ ހިފައިގެން ޔަނާ ދިއައީ އޭނާގެ ކޮޓަރިއަށެވެ.

************

‎ނުހާއާއި އެކުގޮސް ފަލަކް ރޫމާމެންގެ އެޕާރޓްމެންޓަށް ވަނެވެ.އަވަހަށް ކާން އިށީންނަން ރޫމާ ބުނުމުން ފަލަކްއާއި ނުހާއާއި ދެމީހުން ގޮސް މޭޒު ދޮށުގައި އިށީނެވެ.އިރުކޮޅެއް ނުވަނީސް ނިކްޔަން ވެސް އައިއްސިއެވެ.ކާން އެންމެނަށް އެއްޗެހި އަޅައިދިނުމުގައި ގޯރީ އާއި ޖިނާ އުޅެމުން ދިއައިރު،އެންމެންގެ ސަމާލުކަން އެއްފަހަރާ ފަލަކްއާއި ނިކްޔަންއާއި ދެމީހުނަށް ހުއްޓުނީ އެ ދެމީހުން އެއްފަހަރާ ކިނބިއްސެއް އެޅުމުންނެވެ.އަނގަޔަށް ބަތް ސަމުސަލެއް ލަމުން ރޫމާ އެދެމީހުނާއި ދިމާލަށް ބަލލިއިރު ނުހާ އިނީ ހިނިގަނޑު ހިފަހައްޓާލައިގެނެވެ.”ފަލަކްވެސް ވާރެޔާ ތެމުނީތަ؟”ރޫމާ އަހާލިއެވެ.ވަގުތުން ނިކްޔަން މޭޒު ތިރިން ފަލަކްގެ ފައިގައި ކޮއްޓާލިއެވެ.”މަންމާ…އެ ވެދާނެ ފަލަކް ދައްތަވެސް ފިހާރައަކަށް ދިއަގަޑީ ކުޑަ ކެރިކޮޅެއް ޖަހާލީކަމަށް”ނުހާ ބުނެލި ރާގުންވެސް ރޫމާއަށް ހުރިހާކަމެއް ފަހުމުވިއެވެ.”ދެންވެސް ދެމީހުން ވާރެޔާ ނުތެމޭތި…މިރޭ ބޭސް ކައިގެން ނިދަން ވާނީ”ރޫމާ ބުނެލީ ލުއި ހީލުމަކާއިއެކު ގައެވެ.ލަދުން ފަލަކްއަށް އިސްޖަހާލެވުނީ ރޫމާއަށް އޭނާއާއި ނިކްޔަން ވާރޭ ތެމުނީ އެކީގައިކަން އިގުމުންނެވެ.އަވަސްއަވަހަށް ކާލައިގެން ނިކްޔަންވެސް ކޮޓަރިއަށް ދިއައެވެ.ފަލަކް ވެސް އިތުރަށް މަޑުކުރަން ނަހަދާ ގެއަށް ދިއައެވެ.”ފަލަކް ދަރިފުޅާ އާދެބަލަ މިތާ ބައްޕަ ކައިރީ އިށީނދެލަން”ގޭތެރެއަށް ވަދެގެން އައި ފަލަކް ފެނުމުން ސޯފާގައި އިން ފާލިހު ގޮވާލިއެވެ.”ކިހިނެއްވީ ބައްޕާާ؟”ގޮސް ފާލިހުގެ ކައިރީގައި އިށީންނަމުން ފަލަކް އަހާލިއެވެ.”ކައިފިންތަ މިހާރު؟”ލޯތްބާއި އެކު ފަލަކްގެ ބޮލުގައި ފިރުމާލަމުން ފާލިހު އަހާލިއެވެ.ފަލަކް ބޯ ޖަހާލިއެވެ.”މާދަން ހަވީރު ދަރިފުޅު ޝޫރާ މެންގެ ގެއަށް ދިއުމުގެ ކުރިން ވާނެ ބައްޕަޔާއެކު ތާކަށް ގޮސްލަން އިނގޭ”ފާހިލުބުނެލިއެވެ.”އޯކޭ ކިހާއިރަކަށް ތައްޔާރުވާންވީ؟”ފަލަކް އަހާލީ ފާލިހުއޭނާ އެގަންދަން އުޅެނީ ކޮންތާކަށް ކަން އިނގެން ބޭނުންވާ ހާލުގައެވެ.”ބައްޕަ ޑްރައިވަރު ފޮނުވާނަން ހަތަރެއް ޖަހާއިރު އިނގޭ ރެޑީވެގެން ހުންނާތި”ފާލިހު ބުނެލުމުން ފަލަކް އާއެކޭ ބުނެ ސިޑިން މައްޗައް އަރައިގެން ދިއައެވެ.ކޮޓަރިއަށް ވަނުމާއި އެކީ ފަލަކްގެ ކަންފަތުގައި ޖެހުނީ ރިންގުވަމުން ދިޔަ އޭނާގެ ފޯނުގެ އަޑެވެ.ސައިޑު ކަބަޑު މަތީގައި އޮތް ފޯނުނަގައި ބަލާލުމާއި އެކު ފެނުނު ނަމްބަރެއްގެ ސަބަބުން ފަލަކްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.ފޯނު ކެނޑި ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން ފަލަކް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.އޭރު އޭނާގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް އޭގެ މަޤާމު ދޫކޮށް ފައިބަން ފަށައިފިއެވެ.”ފަލަކް….”އާލިމްގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ފަލަކް ދެލޯ މަރާ ބާރު ކޮއްލިއެވެ.”މާދަން ރޭ އަށެއް ޖަހާއިރު…އިނގޭ ފަލަކް ހަނދާން ހުންނާނެ ކަންވެސް…އަހަރެން ފަލަކްގެ ޖަވާބަކަށް އިންތިޒާރު..”އާލިމްއަށް ބުނެވުނީ އެހިސާބަށެވެ އެ ކޮޅުން ފަލަކް ފޯނު ކަނޑާލިއެވެ.

‎އިރު އަރައި އޭގެ އަވިން ބިން ހޫނު ކުރަމުން ގޮސް ހަވީރުގެ ފިނި ވައިރޯޅިތަށް ޖެހެން ފެށިއެވެ.ލޯގަނޑު ކުރިމަތީ ހުރި ފަލަކް އަވަސް އަވަސް ކޮއްލައިގެން ހަތަރެއް ޖަހަން ވާއިރަށް ތައްޔާރުވެ ނިންމާލިއެވެ.ލައިގެން ހުރި މަޑު ފެހި ކުލައިގެ ފައި ފޮރުވޭވަރުގެ ހެދުން ފަލަކްގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ.ހެދުުމުގައި ރީތި ޑިޒައިނެއް ކުރެވިފައިވީއިރު ކަރުގައި ހެދުމާ ގުޅޭ ފެހި ކުލައިގެ ދޯޕައްޓާއެއް އޮތެވެ.ދިގު އިސްތަށިގަނޑުވަނީ މަތިން ފަށައިގެން ގަތާލެވިފައެވެ.ތުންފަތުގައި މަޑު ރަތކުލާއިގެ ލިޕްސްޓިކެއް ހާކާ ލެވިފައި ހުރި އިރު ނުހަނު ފުރިހަމައެވެ.ސޯފާ މަތީގައި އޮތް އަތްދަބަސް ކޮނޑުގައި އަޅުވާލައިގެން ފަލަކް ގެއިން ނިކުމެގެން ގޮސް ގޭގެ ގޭޓު ހުޅުވާލަމުން ކާރާ ދިމާލަށް ހިނގައިގަތެވެ.ގޭޓުން ބޭރަށް ނިކުންނަން ފަލަކް އަޅާލި ފުރަތަމަ ފިޔަވަޅު ހުއްޓުނީ އޭނާ ކަރުގައި އަޅާފައި އޮތް ދޯ ޕައްޓާ އެ ދަގަނޑު ގޭޓުގައި އަޅައިގަތުމުންނެވެ.ފަހަތަށް އެނބުރިލަމުން ފަލަކް އޭނާގެ ދޯޕައްޓާ އަޅައިގަނެފައި އޮތް ތަންކޮޅު ނައްޓާލިއެވެ.ގެއިން ނުނިކުތުމަށް އެ ދޯޕައްޓާވެސް އެދުނު ފަދައެވެ.ފަލަކް ކާރަށް އެރުމާއި އެކު ޑްރައިވަރު ކާރު ދުއްވާލިއެވެ.ފަލަކް ގެއިން ނިކުމެގެން ދިއަތަން ބަލަން ގޭގެ ބެލްކަނީގައި ހުރި ރާއިދާގެ އަދި ރަފްގާގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ކާރު މަޑު ކޮއްލީ ހަ ބުރީގެ ބޮޑު އިމާރާތެއްގެ ކުރިމަތީގައެވެ.އެ އިމާރާތުގެ ބޮޑު ދޮރުން ނިކުމެގެން އައިސް ފާލިހު ކާރުގެ ފަހަތު ސީޓަށް ފަލަކްގެ ގާތަށް އަރާ ހަމަޖެހި ލިއެވެ.”ހިނގާ ދަމާ ދޯ…ހުޅުމާލެއަށޭ ދާން ޖެހެނީ”ފާލިހު ޑްރައިވަރާ ދިމާލަށް ބުނެލިއެވެ.ބްރިޖުމަތިން ކާރު ދުވަމުން ދިއައީ އާދައިގެ ސްޕީޑެއްގައެވެ.ކާރުގެ އެއްފަރާތުގައި ހުރި ލޯގަނޑުން ބޭރު ބަލާލި ފާލިހަށް ކާރުގެ އަނެއްފަޅިން ކާރުގެ ފަހަތުން ބާރުސްޕީޑުގައި ދުއްވަމުންއައި ސައިކަލު ފެނުމުން ދެލޯ ބޮޑު ކޮއްލެވުނެވެ.ކާރާއި ދިހަ ވަރަކަށް ފޫޓު ކައިރިއަށް އައި އިރުވެސް އެ ސައިކަލުގެ ސްޕީޑު މަޑު ނުވުމުން ގެނައި ކުއްލި ހަރަކާތާއިއެކު ފާލިހު ފަލަކް ގެނެސް ކާރުގެ އޭނާއިން ފަޅީގެ ދޮރު ހުޅުވާލުމަށް ފަހު ފަލަކް ކާރުން ބޭރަށް ކޮއްޕާލިއެވެ.ބިންމަތީގައި މަޑު މަޑުން ފުރޮޅެމުން ދިއަ ފަލަކް އަށް ކޮއްޅަށް ތެދުވެވޭ ވަރުވީ އޭގެ ދެތިން މިނެޓު ފަހުންނެވެ.އުނދަގުލާއި ކޮއްޅަށް ތެދުވެ ބަލާލުމާއި އެކު ފެނުނު މަންޒަރުން ފަލަކްއަށް ހުރި ތަނަށް ތިރިވެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

އައިނާ (2) 12

Next

ހިތުގެ ފަސާނާ

Next
July 15, 2020

ހިތުގެ ފަސާނާ

Previews
July 15, 2020

އައިނާ (2) 12

51 Comments!

  1. Mariyam Saula says:
    July 15, 2020 at 4:18 pm

    me first dhw ☺️☺️ omg dhen vaanee kihineh ❤️ im so curious ❤️❤️ btw this story is awesome ❤️❤️ i hope that nikyan ah falak libeynee not aalim ❤️❤️ lets c what happen❤️ lots of love ❤️ when is nxt ❤️❤️

    1. aphxxx says:
      July 15, 2020 at 4:29 pm

      Yay congrats saula you first darling?❤️ Thankyou and next part i will Submit insha allah tmrw ly❤️?

    2. Starlight vixx says:
      July 15, 2020 at 8:13 pm

      Yes even I hope Nickyan ah Falak libeynee not that stupid Aalim

    3. Afaa says:
      July 16, 2020 at 3:22 am

      Ahaha lets see dhw starlight vixx ?❤️

  2. Nuhyy says:
    July 15, 2020 at 4:34 pm

    Omgggg i wonder what will happen next???? sisoooo this part is even amazing maa curious kohlaafa thi nimmaaly dhn neygey mirey nidheyney kameh vx hahahahha ❤️❤️❤️??????Falak ah dhera gotheh nuhadhahchey and ly tc stay safe sisoooo?❤️❤️❤️❤️❤️❤️

    1. aphxxx says:
      July 15, 2020 at 5:08 pm

      Ahahahah thankyou nuhyy dhoonya?❤️Nunidhaa nuhunnahchey?tc lymm?

  3. Anuahs says:
    July 15, 2020 at 4:52 pm

    Alhey booo…faalak ge dad ah kameh vehjjeyyaa kada ehnun…eyrun raaidhaa aa rafga neynge falak ah hadhaane gotheh ves…????… falak ge dad ah gotheh nahadhahchey boo pls??… and mi part ves hama varah salhi.♥️❣?..keep it up..and waiting for the next part..up soon…♥️❣ luv u and tc boo❣♥️.. see u

    1. aphxxx says:
      July 15, 2020 at 5:10 pm

      Ahahha hingaa balan faalih ah gotheh wey thw dhw yes if something happens to him rafga and raaidha hama?? thankyou lwbs ❤️❤️❤️?

  4. Kudee says:
    July 15, 2020 at 5:01 pm

    Mi prt vx hama perrrrrrrrrrrrrrrrfect ??????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Waiting for the next prt ?????????????????????????????????????????????

    1. aphxxx says:
      July 15, 2020 at 5:10 pm

      Thankyou kudee?❤️❤️❤️

  5. Scarlet says:
    July 15, 2020 at 5:02 pm

    Alheyyy… Kihineh eveee… Ehaa perfect kon gossa… E raaidha gandu ge kanthah dhww ????
    Pls falak dhehcheyy Aalim ah.. Puleeeeeeeeeeeeeez sisoooooo…
    ❤️❤️❤️❤️❤️❤️❤️❤️❤️????????????????? Scarlet loves you loads.. Tvvvvvvvvvvvgc

    1. aphxxx says:
      July 15, 2020 at 5:12 pm

      Arnn ekey raaidha buri kanthakey meee hama??? aahahaha falak libeyne myheh ingeyny hama waahaka nimey iruuu ingeyyy ?❤️❤️❤️ Lymmmmm??

    2. Anonymous says:
      July 15, 2020 at 9:18 pm

      Something wrong, don’t hesitate ****
      Outo correct.. ?

  6. Shaima shaee says:
    July 15, 2020 at 5:15 pm

    Vrrrr Reethi alhey dhen kihinehbaa vaanee.love you sis. ??????

    1. aphxxx says:
      July 15, 2020 at 5:47 pm

      Thankyou shaee❤️?lets see what happens dhww

  7. Abu❤ says:
    July 15, 2020 at 5:40 pm

    Hiyvehhje?.?.?.adhives raaidha gaathu buney evil plan hadhaa shey?.?.?.so called true loving husband ah vihya gehlun viy?.?.?…afaa dhooni story hama habbu…love yo

    1. aphxxx says:
      July 15, 2020 at 5:49 pm

      Ahahha eyothy thimaa feyhunu iloshi thimaage lolah herifa dhw abuuu????? aslu wes SO CALLED???? thankyou lwbs lymmm❤️❤️?

  8. Scarlet says:
    July 15, 2020 at 5:41 pm

    U knw…. I dated a guy who loved me so much. I he was ready to do anything for me… We were dating since I was in grade five.. I know, u will be thinking, loving at that age? Our love was pure.. I needed it. The love. My life was a mess. I had to face bully, and the worst part is my mom had to move away to male as my Lil sister has nephrotic syndrome.. A kidney issue. I wanned to be with my mom while going through all that.. So his care and that loving look made me fall for him.. My friends reported the bully and I got victory but I still had some psychological problems.. And still have heart aches.. Back then I used to listen to music and skip Namaaadh.. But Alhamdhulillah I got back to Allah.. Stopped listening to music.. But I didn’t leave my love.. I know it’s haraam.. But I couldn’t help it.. I was addicted to that love.. I started becoming too ill.. I thought it was azaab from Allah SW and for my sins.. I started fasting on Monday and Thursday too and never missed a prayer. Everyday in every Namaadh I cry to Allah.. To show me the right path and give the strength to leave him.. Finally I left him.. It’s been only a week or 2 after that night.. I thought I will cry to sleep. But surprisingly, I felt so good. I knew his love wasn’t the reason for me to live.. Allah is the reason for me to live and there is no love like his.. But I still hope to be with that boy in future. But in a good way.. After every prayer I make dua to Allah SW to bless me with a husband who would push me towards Janna. And yes.. Im too young dhww adhi hehe.. Well……. Thats my story.. ? ? .. I know it public and no ones interested.. But wanned to share all this… I already feel relieved..

    1. Binthii Ahmed ? says:
      July 15, 2020 at 6:23 pm

      Allah akbar I’m in tears rn .. even I’m facing the same problems these days.. I mean I listen to music and I started to skip prayers..?? this comment truly motivated me and jazaakillah khairan ukhthee for that ??. may allah bless u and insha Allah you’ll get a loving and caring husband ..who knows maybe the guy you left may become your future partner with a better personality ??hehe .. just kidding.. tc sis much loves ????

    2. Abu❤ says:
      July 15, 2020 at 6:30 pm

      Owwwnn…alhamdhulilaahi…mashaa Allah..happy to know that you got a gud lesson..may al rahman gain your prayers…he is the giver a and the taker…inshay allah you ah gud firieh libeyne..abu ge heyo dhuaa vaniy you aaieku….aslu thi liyeveniy v.madhu baskolheh viyas thi baskolhun iburaih libiganna ethakeh baeh vaane…thibaa kusheh kuraairu foruviyas islaahu vaairu sihru nukurey…thibaa ge sababun magu gehlifaa vaa ethah musaafirun nah heyo magu libeyne…may your strength get strengthened every day

    3. Just a reader says:
      July 15, 2020 at 8:09 pm

      Alhamdhulilah that you found the right path…may allah bless you with happiness ❤️

    4. Scarlet says:
      July 15, 2020 at 9:16 pm

      جزاك الله خير ??
      Your words mean a lot to me Abu..
      Always go back to Allah.. He is al-gahfaar.. If u think u did something wrong, but I don’t hesitate to seek his forgiveness..

    5. Anonymous says:
      July 15, 2020 at 9:20 pm

      Something wrong, don’t hesitate ****
      Outo correct.. ?

    6. ?Ril? says:
      July 16, 2020 at 10:58 am

      Allhamdulilaahi u got it dear . Happy for u.

  9. aphxxx says:
    July 15, 2020 at 5:53 pm

    You are so brave darling?may allah bless you with happiness❤️Always stay happy scarlet❤️❤️

  10. No one says:
    July 15, 2020 at 7:07 pm

    OMG….??? I’m shocked… Anyway.., hope next part will come soon???

    1. aphxxx says:
      July 20, 2020 at 9:06 pm

      Thankyou

  11. Just a reader says:
    July 15, 2020 at 8:11 pm

    Love this part too very curious to knw what will happen next aphxxx keep it up❤️

    1. aphxxx says:
      July 15, 2020 at 8:17 pm

      Thankyou just a reader ?

  12. Nerr__ says:
    July 15, 2020 at 10:16 pm

    oh noo.. falak ge dad ah evy kihineh baa.. ?.. mi rafgaa vx dhw?.. anyways, varah reethi mi vaahaka dhaa goi ??

    1. aphxxx says:
      July 20, 2020 at 9:08 pm

      Thankyou ??

  13. Kookie says:
    July 15, 2020 at 10:22 pm

    Alhey aphxxx pleass avahah dhen inna part nerehchey. Dhen varh unmeedhu kuran mi vaahakain ekaku anekaku haasil kuran kuraa masahkathu ge therein dheeny kan thah thaku ge there ah adhi ves bodah vannaane kamah. Masha Allah rafqa aa shoora noon hurihaa kudhin ves varah namaadhu kurey dho.. Dhen dheeney mibuny emeehun buruga alhuva. Maybe it’s too much . ekam ves kookie ge opinion me. Lead the story the way u want. It’s u’re choice. Be safe❤❤❤❤❤

    1. aphxxx says:
      July 15, 2020 at 10:43 pm

      Thankyou kookie❤️❤️I will try my best ?❤️

  14. Naani says:
    July 15, 2020 at 10:54 pm

    Maasha Allah mi part ves varah loabi♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Aphxxx alhe e Rafga ah kihineh vefa tha e hunnani??? huvaa foohivey Rafga aa Rafga mom dheke???
    Dhen alhe nun Falih maraa nulaathi ingey???????????????????????????Falak aa Aalim aa loabi❤️❤️❤️❤️❤️❤️?????????????????????????Ekam Aalim ah ehen nuhadhaaba Aalim dhera kuraathee Naani ahves roveni?????????????

    1. aphxxx says:
      July 16, 2020 at 2:53 am

      Alhey ehmen ruima kamaku nudhaannu dhwww??yes rafga and her mom are so cruel?lets hope for the best dhww naani thankyou darla❤️❤️?

  15. ?Ril? says:
    July 16, 2020 at 11:00 am

    Wow sis mi part ves varah Sali . Hama amazing and sis sorry for tha late comment….
    Hope to see next soon
    Love uu
    TC an stay safe

    1. aphxxx says:
      July 16, 2020 at 12:37 pm

      Its owkkk thankyou ril tc ❤️

  16. Anonymous says:
    July 16, 2020 at 12:53 pm

    Alhey… Falkee ge dad maruvehjiyyaa falkee v dhera vaaneh dhw…….. I am sooo curious…. Afaa.. I miss u….. And may god bless u.. Love u afaaaa❤️❤️❤️❤️❤️

    1. aphxxx says:
      July 16, 2020 at 4:12 pm

      Raaya dhw?miss more lwbs and thankyou ?❤️

  17. Nuhyy says:
    July 16, 2020 at 12:54 pm

    When next prt kiyaalan libeynee sisooo?❤️

    1. aphxxx says:
      July 16, 2020 at 4:13 pm

      Soooon darling ❤️

  18. Afu says:
    July 16, 2020 at 3:24 pm

    OMG alhe falakee will get saddyyyyy falih maruvehjjehyaaa ??????? alhey siss haadha curious kohshey thi nihmaalanee …. Poooooooorrrrrr falakeeeeeeee ?????? oooooooooohhhhh shoora dhn nikyan dhookohlaafa dhee falakee ah ???????? btw this prt is hama amazing ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????? Waiting for nxt ??????
    N sorry for the late comment ???????
    ?
    Riloooooooo where are u ???????? N how are u ????
    Lysssssmmmmmm ❤️❤️❤️❤️❤️❤️❤️
    Stay safe ♥️♥️♥️♥️
    TC?????
    Salanghae ????

    1. ?Ril? says:
      July 16, 2020 at 3:40 pm

      Hiii afuuuu dear I am here ey . And I am fine …… And how are u …. Is ur studies Okey.. varah dhimaa nuveydhw . School huluvunee maa busy dhw
      Miss u
      Saarangey

    2. Afu says:
      July 16, 2020 at 3:54 pm

      Oooooooooohhhhh????I’m fine toooo hama ????Yh okay hama??? Wby ????
      Ehheheheh dhww btw afu comment kuran hama ♥️♥️
      Nooney ehaa eh noon btw dhn bxy vaane thr dhww ????
      Ehehehhe miss u tooo
      Nado saranghae ♥️♥️♥️♥️

    3. aphxxx says:
      July 16, 2020 at 4:14 pm

      Hahahaha lets see what happens dhw darling thankyou❤️?lym tc

  19. Aalim says:
    July 17, 2020 at 3:21 pm

    Alhey where is next part mihaaru aalim ah vaane gotheh hithah araafa birun mihunnany vx??

    1. aphxxx says:
      July 17, 2020 at 6:44 pm

      Already submitted

  20. Hafu says:
    July 17, 2020 at 5:36 pm

    Hii sis…..
    This part is amazing ……. curiously can’t wait for next part……whn is next part
    Sorry for late comment
    Love this story nd u too sis
    Sis how many part’s r there in this story
    Tc lysm❤❤❤❤❤❤❤

    1. aphxxx says:
      July 17, 2020 at 6:46 pm

      Thankyou hafu and its owkay im not sure kithah parts kameh lets assume abt 30 or more kamah dhw lym❤️

  21. No one says:
    July 17, 2020 at 10:37 pm

    A swry sis …… Alhugandah mi part up vikan neygifa….
    Varah varh bodah sorry…
    Anyway this part ves varah reethi ???
    Waiting for the nxt prt..
    Luv ya sissssoooo…?????

    1. aphxxx says:
      July 17, 2020 at 10:46 pm

      Thankyou and its owkay lym?❤️

Comments are closed.

Next Episodeލޯތްބައްޓަކައި(19ވަނަ ބައި)←


All Right Reserved!