Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 16

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 15, 2020 3 Mins Read
20 Comments

“ތީތަ އެ ސަބަބަކީ؟.. ކައިވެނި ކުރަން މިނިންމީ ވަރަށް ރަނގަޅު މީހަކާ.. މުއްސަންޖަކާ.. އަހަރެން ގޮވައިން އުޅެވޭނެވަރުގެ ކުޅަދާނަ މީހަކާ.. ލޯތްބާ އަޅާލުން ދޭން އިނގޭ އޯގާތެރި މަހުޖަނަކާ.. އަނިޔާއެއް ދޭންނޭނގޭ، ހިމާޔަތް ދޭން އެނގޭ އަޚްލާޤު ރަނގަޅު މީހަކާ… ދުވަހެއް ހަމަޖެހެންދެން މިހުރީ. ހަމަޖެހުނީމަ ދެން ކައިވެނި ކުރަންވީ.” އަޖައިބެއްހާ އަވަސް މިނުގަ އެމީހެއްގެ ސިފަތައް އަފީފާ ކިޔާލުމުން ސަމީރު ހައިރާން ވިއެވެ.

ރައްޓެއްސެއްގެ ގެއަށް ދިއުމަށްޓަކާ ތުގާ ގޮވައިން ސީމާ މިސްރާބު ޖެހިއެވެ. ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރަން އުޅޭ ކުޑަކުއްޖެއްގެ ޕާރޓީއަކަށް ދިއުމަށް ލިބުނު ދަޢުވަތަކަށެވެ. ތުގާ ހީވަނީ އެޕާރޓީ އޭނައަށްޓަކާ ޚާއްސަ ވެފައިވާ ކުއްޖާހެންނެވެ. ތުގާ އެހާވެސް ރީއްޗެވެ. މާބޮޑަށްވެސް ލޯތްބެވެ. ލައްވާލާފައިވާ ދަނބު ކުލައިގެ ފަރި ހެދުންކޮޅު އެހާމެ ޗާލެވެ. ބޮލުގައި ޖަހާފައިވަނީ މަޑު ދަނބު ކުލައިގެ ދައްޗެކެވެ. ހުދުކަމަށް ހުދު ބޫޓެއް ތުގާގެ ކުޑަކުޑަ ދެފައިތިލައަށް މަހާލާފައިވެއެވެ.

ސީމާ އެގެއަށް ދިޔަ މަގުމަތިން ލޮލުގައި އަޅައިގަތީ ވަރަށް ބޭނުންވެފައި ހުރި ތަފާތު ވައްތަރުގެ އަންނައުނު ވިއްކާ ފިހާރައެކެވެ. ކޮނޑު ތަކުގައި އަޅުވާލާފައި ހުރީ ދެޖިންސުގެ ކުދިންގެ ރީތި އަންނައުނުތަކެވެ. ވަގުތު ނެތުމުން، ފިހާރައަށް ވަނުމުގެ ބަދަލުގައި ސީމާ ބޭރުގައިހުރެ އެތަކެއްޗަށް ބަލައިލަން މަޑުކޮށްލިއެވެ. ސީމާގެ ނަޒަރު އެކިފަހަރު އެކި އަންނައުނަށް ހުއްޓާލަމުން ދިޔައެވެ.

ފިހާރައިގެ ކައުންޓަރު ކައިރި ފައިސާ ދައްކަން މަޑުކޮށްގެންހުރި ލަހުމާގެ ލޮލުގައި ސީމާ އަޅައިގަތުމުން ކުއްލިޔަކަށް ތެޅިގަނެވުނެވެ. ސީމާގެ ވަށައިގެންވާ ހިސާބުގައި އެހެން މީހަކު ހުރިތޯ ބަލާކަހަލަ ގޮތަކަށްވެސް ލަހުމާ ބަލަން ފެށިއެވެ. ސީމާގެ ވަނަވަރުން މިންވަރެއް ނޭންގުނަސް ސީމާއަކީ ކާކުކަން ލަހުމާގެ ލޮލަށް ފެނުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވަނީއެނގިފައެވެ. އެހެންކަމުން އެންމެ މިނެޓެއް ކީއްކުރަންހެއްޔެވެ؟ ސުކޫތެއްގެ މިންވަރުވެސް ކައުންޓަރު ކައިރި މަޑުކުރަން ލަހުމާ ބޭނުމެއް ނުވިއެވެ.

“ސޭޓޫ!! ތިއަވަސް ކޮށްބަލަ! ކަލްކީއަށް ފިތަފިތާ ބޮލުން ފަތް ހުސްވާއިރުވެސް ކަލޭމެނަށް ނޭނގޭދޯ ހިސާބެއް ހަދާލަން. މިހާރު ކިހާއިރެއްތަ މިތާ ހުންނަތާ..” ލަހުމާ ކޯ އަނބުރާލަމުން ރުޅިއައިސްފާހުރެ ސޭޓާ ދިމާލަށް އެއްޗެސް ކިޔާލިއެވެ.

“ތިބޭފުޅާ ވަރަށް ހުންނަ ހިތުން މިތާ ހުރިހެން ހީވަނީ. އެހެންނޫނީ އަންހެނުން ބަސް ހުއްޓި ސޮނި ވެއްޓޭނީ ރީތި ފިރިހެނެއް ފެނިގެން. އެކަމަކު ތިބޭފުޅާ ދެމިޔަކަނުން ހަނދު އޮއްސިފަ ތިހުރީ ފިހާރަތެރެއަށް ބަލަންހުރި އަންހެނަކު ފެނިގެން. އަޅުގަނޑު ދެތިންފަހަރަކު މިއެއްޗެއްސައް ދައްކަންވީ އަދަދު ބުނީމަވެސް ތިބޭފުޅާ ހީވީ ހުވަފެނަކުން ހޭނުލެވިގެން އުޅޭހެން. ކޮންމެހެން އަޅުގަނޑު ކަލްކީއަށް ފިތަން ޖެހޭނީވެސް ތިބޭފުޅާ އަޅުގަނޑަށް ފައިސާ ދިންނަމައެއް ނޫންތޯ؟” ސޭޓުގެ ރީތި މަލާމާތެއް ލަހުމާއަށް ރައްދުވިއެވެ.

އަތްދަބަހުން ފައިސާ ނެގުމަށްފަހު ކައުންޓަރު މައްޗަށް ފައިސާ އެއްލާލަމުން ކޮތަޅު ހިފައިން ލަހުމާ ބާރު މިނުގައި ހިނގައިގަތެވެ. ބޭރަށް ނުކުމެ ދެފަރާތަށް ބޯހޫރާލާ ނަޒަރު ހިންގާލިއިރު ލަހުމާ ހޯދަން ބޭނުންވި މީހާ ފެންނާކަށްނެތެވެ.

“ޕިސް.. އެހެންނޭ ވާނީ.. ސޭޓު ބުންޏަސް ދޮގެއްނޫން. މަށާހެދި އެމީހާވެސް އެގެއްލުނީ.. އަވަސް ކުރަންވެގެން ބާކީ ރުފިޔާ ކޮޅުވެސް ސޭޓަށް ދީފަ މަމި ނުކުތީ.. އެ ފަސްރުފިޔާ ވެސް އެގެއްލުނީ މިމީހަކާހެދި… ދެންނޭނގެ އޭނަ ފެންނާނީ ކޮން ޒަމާނަކުން ކަމެއްވެސް.” ދެކޮޅު ހޯދަމުން ރުޅި އައިސްފާހުރެ ލަހުމާ ކުދިކިޔަމުން ދިޔައެވެ.

ކުއްލިޔަކަށް ވަރަށް ބޯކޮށް ވާރޭ އޮއްސައިގަތެވެ. ހަމަ އެއާއެކު ސަމީރުގެ ކަނާއަތާ ދިމާލުން ހުއްޓިހުރި އަފީފާގެ އަތުގައި ހިފައިލަމުން ގެޔާދިމާލަށް ދުއްވައިގަތެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ސަމީރާ އަފީފާއަށް ތިބެވުނީ ގޭގެ މައި ދޮރާ ދިމާ އަސްކަނީގައެވެ. ދެމީހުންވެސް ވަނީ ވާރޭގެ ތިކިތަކުން ކޮންމެސް ވަރަކަށް ތެމިފައެވެ. އެމީހުންގެ މޫނުމަތީގައި ހުރި ބައެއް ފެންތިކިތައް ތިރިއަށް ދައުރު ވަމުންގޮސް ވެއްޓެއެވެ. އަދި އަނެއްބައި ފެންތިކިތައް އޭގެ މަޤާމުގައި ހަރުލާފައި ހުއްޓެވެ.

“ކީއްވެ އަހަރެންގެ އަތުން އަފީފާގެ އަތް ދޫކޮށްލަން ބޭނުން ނުވެފަ ތިހިރީ؟؟..ހަނދާން ނެތުނީތަ؟” ލޯބި ގޮތަކަށް ބަލާލަމުން ސަމީރު ވަރަށް ސިއްރުން އަހާލިއެވެ.

“ބައެއް މީހުން ދޫނި ހިފާ އުޅެނީ އެހާފަސޭހައިން ދޫކޮށްލާކަށް ނޫން. ގެއްލިދާނެތީ ބިރުން… ދެން ބޭނުންވާނީ ފިޔަކޮށާލާފަވެސް ފެންނަހިސާބުގަ ކޮށީގަ ބައިންދަން.” އަފީފާ ރަކި ހިނިތުންވުމެއް ވެރިކުރުވަމުން ވަށްބަހަކުން ޖަހާލިއެވެ.

“އެހެންތަ؟ ދެން ތިބުނީ އަފީފާތީ މިވާރޭގެ ތެރެއިން ފިޔަކޮށާލާފަ ކޮށްޓަކަށްލާން އަހަރެން ހިފި ދޫންޏެކޭތަ؟ އެކަމަކު އެހެންވާނީ ކިހިނެއް؟ ތީމިހާރުވެސް މަޅިފައްޗެއްގަ ޖެހިފައިން ދޫންޏެއްނު؟ ވަގުތު އައިސް ޖެހުނީމަ ދޫނީގެ ވެރިމީހަ ތިދޫނި ބަލާއަންނަންވެފަ އޮތީ މިހާރުވެސްދޯ؟ އެކަމަކު ބުނަން. އަހަރެން ލޯބިން ހިފާދޫންޏެއް ހިފާނީ ފިޔަކޮށާލާކަށް ނޫން. އަދި ކޮށްޓަކަށް ލާކަށްވެސް ނޫން.” ސަމީރުގެ މާނަފުން ބަސްތަކަށް އަފީފާގެ ޝަޢުގުވެރިކަން ހުއްޓުނެވެ.

“ދެން ކިހިނެއް އެދޫނި ދިޔަނުދީ ސަމީރު ހިފަހައްޓާނީ؟ އަފީފާބެލީ ސަމީރުގެ ވާހަކަތަކުން ކޮންމެސް މާނައެއް ދޭހަވޭތޯއެވެ.

” އާން އަހަރެން ބަލާނީ ފިޔަ ނުކޮށާ އޮޅުކުރެވޭތޯ. ދެން އޮޅުކުރެވިއްޖެއްޔާ ކޮންމެހެން ކޮށްޓަކަށްލާ ބަންދު ނުކުރިޔަސް މިނިވަން ކަމާއެކު އުޅެވޭނެއްނު. ފިޔަ ނުކޮށާ އޮޅުކޮށްފަ ކޮށްޓަށްނުލާ މިނިވަންކަން ދިނީމަ އެޔެއްނު ހަގީގީ އުފާވެރިކަމަކީ.. ހެހެ” އަފީފާގެ އަތަށް ވިކާލަމުން ހިނިއައިސްފާހުރެ ސަމީރު އަތްދޫކޮށްލިއެވެ. ސަމީރުގެ އެހިނިތުން ވުމުގައިވަނީ ފޮރުވިފައިވާ ހިތާމައެވެ. އެހެނަސް އަފީފާއަށް އެކަން ދައްކަން ބޭނުން ނުވީއެވެ.

“އަފީފާ!.. އޭތް އަފީފާ!” ބަސްހުއްޓި ހައިރާންވެފައިހުރި އަފީފާ ސިއްސައިން ދިޔައީ ސަމީރު ދެފަހަރަކު ގޮވާލުމުންނެވެ.

“ސަމީރު!.. އަހަރެން… އަހަރެން… އަހަރެން އިންނަން މިއުޅެނީ..” އަފީފާއަށް ބުނެވުނީ އެހިސާބަށެވެ. އަފީފާގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ ސަމީރަށް ގޮވަމުން މާލިކް ދުވެފައި އަންނަ އަޑުއިވުމުންނެވެ.

– ނުނިމެ –

——————-*******———–ޝަލީންގެ ހުރިހާ ކިޔުންތެރިންނަށް އުފާވެރި ބާއްޖަވެރި ދުވަހަކަށް އެދެން!!
ތިޔަ ކިޔުންތެރިންގެ ފަރާތުން ޝަލީންގެ ލިޔުންތެރި ކަމަށް ލިބެމުންދާ ހަމަ ކޮންމެ ފާޑު ކިޔުމަކީ ވަރަށް ބޮޑު އުންމީދެއް އަދި އެހާމެ ހިތްވަރުވެސް ލިބޭކަމެއް.
އެކަމުގެ ސަބަބުން ވާހަކަ ލިޔުމަށް އިތުރަށް ޝަޢުޤުވެރިކަން އުފެދި، ވާހަކަ ލިޔުމުގައި ހެދޭ ބައެއް ގޯސްތަކުން ސަލާމަތްވާން އެހީތެރިކަން ލިބޭ.
އެހެންވީމަ ޝަލީންއަށް ހިތްވަރުދެއްވަމުން ގެންދާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!! ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

ތިޔަލޯބިން ހިތް ފުރިއްޖޭ..
Previous

ތިޔަލޯބިން ހިތް ފުރިއްޖޭ..

Next

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 6”

Next
July 15, 2020

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 6”

Previews
July 15, 2020

ތިޔަލޯބިން ހިތް ފުރިއްޖޭ..

ތިޔަލޯބިން ހިތް ފުރިއްޖޭ..

20 Comments!

  1. Quin me says:
    July 15, 2020 at 3:52 pm

    hi shaleen.
    u are My favourite author
    Abadhuves v inthizaaru kurevey mivaahakaige (NEXT) or up comming parts ah.
    Ekam v ufaavaane mi ahvure dhigu kolliyyaa adhives

  2. komasthey says:
    July 15, 2020 at 3:53 pm

    miadhu v ginain belijje vaahaka up veytho.
    V nice mi part ves ingey.
    Haadha romantic scene ekey afeefa and sameeru ge.
    Thanks fr the story shaleen

  3. Shaleen says:
    July 15, 2020 at 3:56 pm

    hi Quin Me
    Comment iny pending ga
    Ehennamaves v ufaavejje commes ehchei bunelaafa ineema.
    V ufaavejje Quin Me ge fav author akah vevuneema.
    Abadhuves shaleen ah support kohdheyn hunnaane kamah mibalany

  4. Shaleen says:
    July 15, 2020 at 3:58 pm

    komasthey!
    i dnt knw keeve kamei komme faharaku komasthey ge comment ves pending ga innanany.
    Bt hama bunelaany v ufaavejjey cmnt eh anekkaaves libuneema.
    Afeefa and sameeruge dialogue dho. Yess!! that scene is really ????

  5. No.1 fan says:
    July 15, 2020 at 7:29 pm

    Your wlc sissy…❤.. OMG.. fihaarathereyge bai kiyaali iru hama heehee halaaku vefa inii. Vrh majaa ebai.dhn afeefaa n sameeruge eoh maana fun basthah dhw. Soooo nice masha allah. Vrh vrh reeeeeeeethi mi part. Malik anekkaa rulhi baa annaanii afeefa ethanun fenuniima?Abadhu ves faahaga kurevey Shaleen basmagu beynunkoffa hunnanii kiyuntheringe hiyy dhamaiganna gothahkan. Vrh shauguverivey ehnve kiyaa iru.N mi part ga vrh bodah ekan notice vi. Keep up your great n hard work. Good luck sissy. Varah curious vey eba next part ah.

    1. Shaleen says:
      July 15, 2020 at 8:19 pm

      Hey my ? No.1 fan.
      Oh shaleen ah ingeytho balaaly readers hevvaalan.
      Ya visnaaleema ingey dho Sameer and afeefaage basthah tharujamaa kollan.
      And Malik ah vaagotheives balaalamaa dho .
      Thanks my dear ? No.1 fan Mihaa ufaavaa kahala comment eh kollaafa otheema
      Thank you
      Thank you
      Thank you ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Maxy says:
    July 15, 2020 at 11:30 pm

    Hi you. V kiyaahihvaa vaahakaeh mee. Next part ge inthizaarga huree.
    Dhen kihineibaa vaany afeefa and sameer ah.
    Ekam vaahaka hama v obiness

  7. Truthfully says:
    July 15, 2020 at 11:32 pm

    V nice mi story gendhaa goi
    Next part ge inthizaaruga kei madhuvefa
    Malik ah anekka adu ivuneeba
    Alhe afeefa and sameeru marry kuruvabala shaleen
    Afeefa nudheebala ehn meehakah
    Waiting curiouslyyy

    1. Shaleen says:
      July 16, 2020 at 12:28 am

      hi.
      Varah ufaavejje cmnt eh libuneethee.
      Hama bunelan othee ehvahak eh.
      Haassa shukureiige vaahaka
      Hehe. Shukuriyya
      Dhen afeefa miulhey gothun kihinei shaleenves sameeru aa marry kuruvaany.
      Ekam hingaa balaalan kaakaatho miulheny marry kuran.

  8. Shaleen says:
    July 16, 2020 at 12:30 am

    hi Maxy
    Thank you for the comment ingey.
    Pending ga inas v ufaavejje hiyaalei libuneema.
    Wait kollaa dhen kiyaa hih vanyaa next part ah ingey.
    Lysm ??

  9. Koimala says:
    July 17, 2020 at 12:34 pm

    Hi shalyn.
    V nice story eh.
    Curiously waiting anei prt ah

    1. Shaleen says:
      July 17, 2020 at 1:52 pm

      hi thanks dear
      Yes next part ah inthizaaru kollaa
      Hehe

  10. Zimna says:
    July 17, 2020 at 12:37 pm

    Good n nice story
    Love to read this
    My favrt author
    Alheyy whn nxt part
    V reethi basmagei athuraalaafa huree

    1. Shaleen says:
      July 17, 2020 at 1:54 pm

      alheyyy. Thanks a lott
      Next part next wednesday ga
      In sha allah

  11. Real Me says:
    July 18, 2020 at 10:02 am

    Hey Shaleen! Your most welcome. E lahumaa anekka Seema hoadhanee kon kameh vegen?.
    Vedhaane thalhaalaane kujjaku netheema foohi vanee kamahves?. Afeefa marry kuran ulheny dhw dhn. Sameer varahves dheravaane. E dhemeehun medhuga in conver varah salhi. Fihaaraige bai hana varah majaa. Jumlathakaa basthah gengulhefaavaa goiyy vrh reecchey bunelaany. Keep your hard work. Stay safe and quarantined.

  12. Shaleen says:
    July 18, 2020 at 1:41 pm

    hey my ? Real Me.
    Thanks for the v v v v reethi comment ah . Hehe
    Lahuma kyvvetha dho seemaa hoadhanvee.? hingaa balaalama mi vaanuvaa eh dho.
    And hama afeefa marry Kiran ready viyyey. Real Me bunebala kaakahtha Sameer dheynvee??
    And yes lahuma haadha fuppaalaafa hunna meehekey dho seytahves ehches kiyaaleema..?
    Anyways ? thanks. commentga ehaa ufaavaakahala ehches himanaalaafa hunnaathy
    Liyuntheri kamuge bayaa vaahakaige therein comment aissa hunnaathy v ufaa

  13. Lil sis says:
    July 18, 2020 at 4:49 pm

    Hey Shaleeeeeen! How’s it going? Hama vrh reethi in’gey vaahaka. You are such a talented girl,Masha allah. As usual, this part was FABULOUS.Adhi Lahuma vrh molhu meehakah vegen eba ulhe ehnu faaidh dhiyaee ves hama eynage sababun dho. Seytu meehaage javaabu varah ves furihama?. Afeefa mahujanakaa marry kuran ulheng e dho fageerunnaa marry kurumalh massala eh nooney kiyaafa dhw. Anyways, e meehunge dhiya talk vrh salhi. Maalik annany dhw Sameer hoadhamun. Let’s see what happens in next part. Waitingggggg siss.? Stay safe and take care.
    Lots of love,
    Lil sis❤

    1. Shaleen says:
      July 18, 2020 at 7:00 pm

      Hey my ? Lil sis
      Thank you bodukohvess.
      Ya lahuma ah vure molhu meehaku seytu dho lahumaa ah e fenunee.
      Afeefa ves e beynunvee mahujanakaa innan.
      Sameeru ah vaane goi nuvisnaa dho.
      Hehe thank you. Yes hurihaa readers ah bed v kamudhiya kamah fennany mi partge writing skills.
      Yes dhen let’s c dho kihinei tho miulheny vaan ..
      Thanks again ☺️
      Lysm?

  14. Halle says:
    July 18, 2020 at 8:54 pm

    Maasha Allaah.. mipartves vvv reethi.adhi Sameer aai afeefaage romance vaahaka kolheh inyma v salhi.. dhen keep it up ingey.. hama v obi..lysm

    1. Shaleen says:
      July 18, 2020 at 11:17 pm

      hi halle
      Thank you so much.
      Adhives mi balanee hama vaahaka veehaaves reethi kureveytho
      Again thanks
      Lysm

Comments are closed.

Next Episodeއިމްތިޙާން 17←


All Right Reserved!