Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(17ވަނަ ބައި)

Afaa Level 310 Stories100 Comments
July 13, 2020 8 Mins Read
56 Comments

‎ކާރު ތެރޭގައި އިން އިރުވެސް ހުއްޓުމެއް ނެތި ފަލަކްގެ ރީތި ދެލޮލުން ދިއައީ ކަރުނަ އަންނަމުންނެވެ.ކިހިނެއްވީތޯ ނިކްޔަން އެތައް ފަހަރަކު އެހުމުންވެސް ފަލަކް ގެ ފަރާތުން ޖަވާބެއް ނުލިބުުމުން އިތުރަށް އެއްޗެކޭ ނުބުނެ ނިކްޔަން އިނީ ޑްރައިވަރު ވެސް ހުރުމުންނެވެ.އާލިމް އެހެން އަންހެން ކުއްޖަކާ ގައިގޯޅިވެ ހުރި މަންޒަރު ފެނުމުން އޭނާ ދެރަވާންވީ ކީއްވެ ބާއޭ ފަލަކްގެ ހިތައްއެރިއެވެ.އޭނާއަށް އާލިމްއާއި މެދު ހާއްސަ ގޮތަކަށް ދެކެވެނީ ހެއްޔެވެ؟އާލިމް އާ މެދު ފޮނި އުންމީދުތަކެއް ކުރެވުނީ ކީއްވެ ހެއްޔެވެ؟އޭނާއަށް އާލިމް ދެކެ ލޯބި ވެވުނީ ހެއްޔެވެ؟

‎************

‎ދުވަސްތައް ފާއިތު ވަމުން ދިއައީ ހީވެސް ނުކުރާ ހާ އަވަހަށެވެ.ނުވަ މަސް ފާއިތު ވެގެން ގޮސް އަހަރުގެ އިމްތިހާނު ވެސް ނިމިއްޖެއެވެ.އެންމެ ފަހު ޓެސްޓު ހެދުމަށް ފަހު ސުކޫލުން ނިކުމެގެން ދާ ކޮންމެ ކުއްޖެއްގެ މޫނުމަތީގައިވެސް ވަނީ ހަމަޖެހުމުގެ އަސަރު ތަކެވެ.”ފަލަކް އަދިވެސް އޭނޔާ ވާހަކަ އެއް ނުދައްކާނަންތަ؟…އެޓްލީސްޓް އެރޭ ޕާރޓީގަ ތިދެމީހުންގެ ދޭތެރޭ ވީ ކިހިނެއް ކަންވެސް ބުނެލަ ދީބަލަ އަޅެ”ޓެސްޓު ނިންމާލާފައި އިމްތިހާނު ހޯލުން ނިކުންނަމުން ޒުމާ ފަލަކްގެ ގާތުގައި އަހާލިއެވެ.މިވީ ނުވަ މަސްތެރޭގައި ފަލަކް އުޅުނީ އާލިމްއަށް ފިލައިގެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ވެގެން ވަންޔާ އާލިމްގެ ކުރިމައްޗައް ނާރާ ވޭތޯ ފަލަކް ދިއައީ މަސައްކަތް ކުރަމުންނެވެ.އަމިއްލަ އިހުސާސްތައް އޭނާ ފޮރުވައިގެން އުޅުނީ އެރޭ ފެނުނު މަންޒަރުގެ ސަބަބުނެއް ނޫނެވެ.އާލިމްއާއި އެކު އެރޭ އެތާގައި ހުރީ އޭނާގެ ކޮއްކޮ ކަމުގައި ވާތީއެވެ.ރަފްގާގެ ހިތުގައި އާލިމްއަށްޓަކައި ޙާއްސަ މަޤާމެއް ދެވިފައިވާކަން އިނގުމުން ފަލަކް އޭނާގެ ހިތުގައި އާލިމްއަށް ޓަކައިވީ ލޯބި ވަންހަނާ ކޮއްގެން ހުރީއެވެ.އާލިމް އެތައް އާދޭހެއް ކުރުމުންވެސް އޭނާ އެ އާދޭސް ތަކަށް ދިނީ ބީރު ކަންފަތެކެވެ.ހުރި ހަމައެކަނި ކޮއްކޮއަށް ޓަކައެވެ.”ޒުމް ޕްލީސް އަހަރެން ކައިރީ އެކަހަލަ މީހުންގެ ވާހަކަ ނުދެއްކިއްޔާ އަހަންނަށް ރަނގަޅީ”ފަލަކްގެ ފަރާތުން ލިބުނު ޖަވާބާއި އެކު ޒުމާ ގެއަށް ދާން ހިނގައިގަތީ ކަރު އެލުވާލައިގެން ހުރެއެވެ.ސުކޫލުން ނިކުމެގެން ފަލަކް މިއަދު ބޭނުންވީ ހިނގާލާފައި ގެއަށް ދާށެވެ.އެކަނިވެލަން ބޭނުންވެފައި ހުރުމާއި އެކީގައެވެ.ހިނގަމުން ދިއަ ފަލަކް ސިއްސައިގެން ދިއައީ އޭނާގެ އަނގަމަތީގައި އަތް އަޅަމުން މީހަކު މަގުމަތީގައި ހުރި ގުދަނެއް ފާޑުގެ ތަނަކަށް އޭނާ ވެއްދުމުންނެވެ.ފުދޭވަރަކަށް އެތެރެ ހިސާބުގެ މަގަކަށް ވުމުން އެމަގުގައި ގިނަ މީހުނެއްވެސް ނެތެވެ.ދުވި ހޯޕް ސެންޓުގެ ވަހުން އެއީ ކާކު ކަން އިނގުމުން ފަލަކް ގަދަހެދުން ހުއްޓާލިއެވެ.އެތާ އެތެރެއަށް ވެއްދުމަށް ފަހު އެމީހާ ފަލަކް ފާރުގައި ތަތް ކޮއްލިއެވެ.”ކީއްވެތަ އަހަންނަށް ތިހެން ތިހަދަނީ…ފަލަކް ބުނެބަލަ އަހަރެންގެ ކުށެއް”ރިހުމެއް އެކުލެވިގެންވީ އެއަޑު އިވުމުން ފަލަކްގ ގައިން ހީބިހި ނަގައިގެން ދިއައެވެ.ދެލޯ ހުޅުވާލަމުން ފަލަކް އެމީހާއާއި ހަތަރު ކަޅި ހަމަކޮއްލިއެވެ.”ދޫކުރޭ….އާލިމް އަހަރެންގެ އަތުން ދޫކުރާށޭ…”މޫނުމަތިން ރުޅިވެރިކަން ދައްކަން މަސައްކަތް ކުރަމުން ފަލަކް ހަޅޭއްލަވައި ގަތެވެ.”އަތުންވެސް ދޫ ކޮއްލަ ފާނަން،ފަލަކްގެ ދިރިއުޅުމުން ވެސް އަހަރެން ދުރަށް ގޮސް ފާނަން…އަހަރެންކުރާ އެންމެ ސުވާލަކަށް ފަލަކް ޖަވާބުދީ…”އާލިމް ސީދާ ފަލަކްގެ ދެލޮލަށް ބަލަމުން ވާހަކަ ދެއްކިއެވެ.މިވީ ނުވަ މަސް ތެރޭ ފަލަކް އޭނާޔާ ދޭތެރޭ ބާއްވަމުން އައި ދުރުކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގައި އެއްވެސް އުފަލެއް ނެތެވެ.ކުޑަ ދުވަސްކޮޅަކަށް ވިޔަސް ފަލަކް އޭނާގެ ގާތުގައި ހުރެ ކުރިން ހޭދަވީ ކޮންމެ ދުވަހަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތަކެވެ.އެރޭ ވީ ކަންތަކުގައި އޭނާގެ އެއްވެސް ކުށެއް އަދި ބައިވެރިވުމެއް ނެތްކަން ފަލަކްއަށް އިނގޭއިރުވެސް ފަލަކް އޭނާއާއި ދުރަށް ދާންވީ ސަބަބެއް އާލިމްއަކަށް ނުވިސްނުނެވެ.ފަލަކްގެ ދެލޮލުގެ ތެރެއިން އޭނާއަށް އޭނާއަށްޓަކައި ލޯބި ފެނެއެވެ.ނަމަވެސް އެ ލޯބި ފޮރުވަން ފަލަކް މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ.”އާލިމް ކުރާހާ ސުވާލަކަށް ޖަވާބު ދޭކަށް އަހަރެންގެ އަތަކު ވަގުތެއް ނެތް””ފަލަކް އަހަރެން ދެކެ ލޯބިވޭތަ؟”އާލިމް ކޮއްލިސުވާލާއި އެކު ފަލަކްގެ ދުުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ.ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް ހުރެވުނީއެވެ.އޭނާގެ ހިތުގެ ހާލު އާލިމްއަށް އިނގޭކަށް އޭނާ ބޭނުމެއް ނޫނެވެ.”ޖަވާބުދޭން އުނދަގުލީ ދޯ….ފަލަކް އަހަންނަށް ހަމައެކަނި މިސުވާލުގެ ޖަވާބު ދީ…ޖަވާބު ލިބުމަށް ފަހު އަހަރެންގެ ފަރާތުން ފަލަކްއަށް އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވާނެ”ފަލަކްގެ ގައިން ދޫ ކޮއްލަމުން ދުރައްޖެހިލަމުން އާލިމް ވާހަކަދެއްކީ މަޑުމައިތިރި ކަމާއި އެކީގައެވެ.އަވަހަށް އެތަނުން ނިކުންނަން ފަލަކް ހިނގައިގަތެވެ.”މާދަމާ ރޭ އަށެއް ޖަހާއިރު އަރޓިފިޝަލް ބީޗުގަ އަހަރެން ފަލަކްއަށް އިންތިޒާރު ކުރާނަން”އާލިމްގެ އަޑަށް ފަލަކް ހުއްޓުނު ނަމަވެސް އެނބުރި ފަހަތެއް ނުބަލައެވެ.އޭރު ފަލަކްގެ ލޮލުން ދިއައީ ހޯސްލާފައި ކަރުނަ ފައިބަމުންނެވެ.އަވަހަށް އެ ގުދަންގަނޑުން ނިކުމެގެން ގެއަށްދާން ފަލަކް މިސްރާބު ޖެހިއެވެ.

‎ދެލޯ ފޮހެލަމުން މޫނުމައްޗައް ޕްލާސްޓިކު ހިނިތުންވުމެއް ވެރި ކުރުވައިގެން ގެއަތް ވައިތް ފަލަކްއަށް ސޯފާގައި އިން ޝޫރާ އަދި ޝޫރާގެ ގާތުގައި އިށީނދެ އިން އަންހެންމީހާ ފެނުމުން ސުވާލުގެ ނަޒަރަކުން އޭނާ ބަލާލީ ފާލިހުއާއި ދިމާލަށެވެ.ބައްޕަގެ ގާތުގައި ހޭދަމިވި ދިހަ ވަރަކަށް މަސްތެރޭގައި އެ ބައްޕަވަނީ އޭނާއަށް ފުރިހަމަ ލޯތްބާއި އަޅާލުން ދީފައެވެ. ދިރިއުޅުމުގެ ސޯޅަ އަހަރުގައި ބައްޕަގެ ފަރާތުން ނުލިބުނު ލޯބި ދޭން އެ ބައްޕަ މަސައްކަތް ކުރި ތަން ފަލަކްއަށް ވަނީ ފެނިފައެވެ.މިއަދު އެ ބައްޕަ ނޫނީ އޭނާގެ ހުރީވެސް ކާކު ހެއްޔެވެ.”ދަރިފުޅާ އާދެބަލަ…މިއީ ޝޫރާގެ މަންމަ…ޝޫރާގެ މަންމަ ދަރިފުޅާ ވާހަކައެއް ދައްކާލަންވެގެނޭ އެއައީ…”ފާލިހް ކިޔައިދިނުމުން ފަލަކް އެތާތިބި އެންމެންގެ މޫނަށް ބަލާލިއެވެ.ޝޫރާގެ މޫނުމަތީގައި ތަފާތުކަމެއްވީކަން ފަލަކްއަށް ނަގައި ގަނެވުނެވެ.”އަހަރެން ބޭނުމީ ފަލަކްއާ އެކަނި ވާހަކަ ދައްކާލަން”މައުރިފާ އޭނާ އެދޭ ގޮތް ހާމަކުރުމުން ފަލަކް އަނެއްކާވެސް ބަލާލީ ފާލިހްއާއި ދިމާލަށެވެ.ފާލިހު ބޯ ޖަހާލުމުން މައުރިފާ ގޮވައިގެން ފަލަކް ދިއައީ އޭނާގެ ކޮޓަރިއަށެވެ.”ދައްތަ ކޮން ވާހަކައެއް ތޯ އަޅުގަނޑާ ދައްކަން ބޭނުމީ؟”ނުދަންނަ މީހެއްކަމުން ފަލަކް މައުރިފާއާއި ވާހަކަދެއްކީ މާތް ބަހުންނެވެ.”ވަރަށް ގިނަ ދުވަސް ވެއްޖެ ފަލަކްއާ ވާހަކަ ދައްކާލަން ބޭނުންވެފަ ހުންނަތާ…އެކަމް ފަލަކްގެ ކިޔަވާ ދުވަސްވަރުވީމަ މަޑުކޮއްލީ…”މައުރިފާ ހުރީ އެ ވާހަކަތައް ފަށާނެ ގޮތެއް ނޭނގިފައެވެ.އޭނާއަކީ ފަލަކްގެ ކާކު ކަން ބުނެދޭނެ ގޮތެއް ނުވިސްނިފައެވެ.ނަމަވެސް ފަލަކްއަށް ހަޤީގަތް އިނގެން ޖެހޭނެއެވެ.މައުރިފާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއް ބާއޭ ހިތައް އެރުމުން ފަލަކް ހުރީ ކުޑަކޮށް ނުތަނަވަސް ވެފައެވެ.”ފަލަކްގެ މަންމަޔަށް ކިޔަނީ އައިމިނަތް ރަޝްފާ ވަހީދު ތަ؟”މައުރިފާކޮއްލި ސުވާލާއި އެކު ފަލަކްއަށް ހައިރާން ކަމެއް ލިބުނީ ޝޫރާގެ މަންމައަށް އޭނާގެ މަންމަގެ ފުރުހަމަ ނަން އިނގުމުންނެވެ.”ކިހިނެއްހޭ ދައްތަޔަށް އިނގުނީ ދޯ ހިތައްއަރަނީ؟…ދައްތަޔަށް އިނގެނީ ފަލަކްގެ މަންމައަކީ ދައްތަގެ އެއްބަނޑު އެއްބަފާ ދައްތަ ވީމަ…”އެ ޖުމްލަ ފުރިހަމަ ކުރެވުނު އިރު މައުރިފާގެ ދެލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.”މަންމަގެ އާއިލާގެ ނުހުންނާނެ އިތުރު މީހެއް…ހުރިއްޔާ މަންމަ މިދުނިޔެއާ އަލްވިދާ ކީ އިރު ކީއްވެ މަންމަގެ މޫނު ދެކިލަންވެސް ނައީ؟”މައުރިފާ ދައްކަމުން ދިޔަ ވާހަކަ ޤަބޫލުކުރަން ފަލަކްއަށް ދަތިވިއެވެ.”ފަލަކްއަށް ޤަބޫލުކުރަން އުނދަގޫ ވާނެ ކަންވެސް އިނގޭ…އެކަމު މީ ހަޤީގަތަކީ…ދައްތަގެ ނަމަކީ އައިޝަތު މައުރިފާ ވަހީދު…ފަލަކްގެ މަންމައަކީ ދައްތަގެ ދޮންތަ”ދަބަހުން ނެގި ފޮޓޯގަނޑު ފަލަކްއަތައް ދެމުން މައުރިފާ ބުނެލިއެވެ.ފޮޓޯގަނޑު ފެނުމާއި އެކު ފަލަކްގެ ލޮލުން ކަރުނަ އޮހިގަތެވެ.”ދެން ކީއްވެ މަންމަގެ ކޮއްކޮއެއް ހުންނަ ވާހަކަ މަންމަ ފަލަކް ކައިރީ ނުބުނީ…ކީއްވެ ސޯޅަ އަހަރު ވެގެން ދިއައިރު ހަބަރެއްގެ ހިސާބުވެސް ނުވީ…ކީއްވެ މަންމަގެ މޫނު ދެކިލަން އެކަކު ވެސް ނައީ…”އެއްފަހަރާ ހިތުގައި ވީ ޝަކުވާތަށް ފަލަކް އޮއްސާލިއެވެ.ސޯޅަ އަހަރު ވެގެން ދިއައިރު އެންމެން އޭނާ އަނދިރިގަނޑެއްގެ ތެރޭގައި ބެހެއްޓީ ކީއްވެ ހެއްޔެވެ.އާއިލާގެ މީހުންތިބެ އެ މީހުން ތިިބި ކަން ނުވެސް އިނގި،އެމީހުނާއި ދުރުގައި ދިރިއުޅުމުގެ ބޮޑު ބައެއް އޭނާއަށް ހޭދަ ކުރަންޖެހުނީ ކީއްވެ ހެއްޔެވެ؟.”ދޮންތައަކީ ވަރަށް ޒިންމާދާރު އެހެން މީހުނާ ދޭތެރޭ ވިސްނާ އަޅާލަާ މީހެއް…އެކަމު ދޮންތަ ކައިރިން އޭގެން އެއްވެސް ސިފައެއް އަހަރެންނަކަށް ދަހެއް ނުކުރެވުނު…މަންމަޔަކާ ނުލާ އަހަރެމެން ދެބެން ބަލަމުން އައީ ބައްޕަ…އެކަމު އަހަރެންގެ އުމުރުން ތޭރަ އަހަރުގަ ބައްޕަވެސް އަހަރެމެން ދޫކޮއް ދިއައީ…އޭރު ދޮންތައަށް ވާނީ އެންމެ ސޯޅަ އަހަރު…ދޮންތަވެސް ހުވަފެން ތަކެއް ދުއް ކަން އަހަރެންނަށް އިނގޭ…މައްޗައް ކިޔަވަން ބޭނުންވިކަންވެސް އިނގޭ..އެކަމު އެހުރިހާކަމެއް ފަލަކްގެ މަންމަ ޤުރުބާން ކުރީ އަހަންނަށްޓަކާ…ދޮންތަ ވީ ޤުރުބާނީގެ އަގު ވަޒަން ކުރަން ނޭނގުނީ އަންނަން…ދޮންތަ އަހަރެންގެ އުމުރުން ސަތާރަ އަހަރުގަ އަހަރެން މާލެ ފޮނުވީ ބުރަ މަސައްކަތް ކޮއްގެން ލާރި ހޯދައިގެން…އަހަރެންގެ ހުވަފެންތަކުގަ ކުލަޖައްސައިދޭން ވެގެން….އަހަރެން މާލެ އައިސް ދެއަހަރު ވީތަނާ ދޮންތަ މީހަކާ އިނީ….ދޮންތަ ބަލިވެ އިން ހަބަރު ލިބުނީމަ ވީހާވެސް އަވަހަކަށް ދޮންތަ ކައިރިއަށް އަހަރެން ދާން ބޭނުންވި…އެކަމު އަހަންނަށް ދެވޭ ގޮތްވީ ދޮންތަ ވިހޭ ފަހުން…އޭރު….އޭރު އަހަރެން އިނީ ނަހަލާލަށް ބަލިވެ…ދޮންތަ ދިން ހުރިހާ ނަސޭހަތަކާ އަހަންނާމެދު ކުރި ހުރިހާ އުންމީދެއް އަހަރެންގެ މިދެއަތުން ފުނޑު ފުނޑު ކޮއްލީ….ދޮންތައަށް އެކަން އިނގުނީމަ އަހަންނަށް ވުރެން ބޮޑަށް އެކަމާ ހިތާމަ ކުރީ ދޮންތަ…އަހަރެން ދެެކެ ދޮންތަ ހުންނާނީ ވަރަށް ރުޅި އައިސްފަ….ދޮންތައަށް އެކަން އިނގުނީމަ…އިތުރަށް ދޮންތަޔާ ކުރިމަތި ލާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް…މާލެ އައިސް އަހަރެން ޝޫރާގެ ބައްޕަޔާ ކައިވެނި ކުރީ ކުރެވުނު ކުށް ފޮރުވަންވެގެން…އޭގެ ސަޒާ ކަންނޭގެ ޝޫރާގެ ބައްޕަ ޝޫރާއަށް އެންމެ ދިހަ އަހަރުގަ މިދުނިޔެ ދޫކޮއް ދިއައީ…މާލެ އައިފަހުން އަހަރެން ނަށް ދޮންތައަށް ގުޅާ ލާކަށްވެސް ނުކެރުނު…ސޯޅަ އަހަރު ފާއިތުވެގެން ދިއައީ އެގޮތުގަ…ދޮންތަގެ ކިބައިން މާފަށް ވެސް ނޭދެވި ހުއްޓާ…..”އެވާހަކަތައް ކިޔައިދީ ނިމުން އިރު މައުރިފާގެ އިތުރުން ފަލަކްއަށްވެސް ރަނގަޅަށް ރޮވިއްޖެއެވެ.”ވެދިޔަ ކަމެއް ދެން ބަދަލެއް ނުކުރެވޭނެ..އިންޝާﷲ މަންމަގެ ހިތުގަ ދައްތަޔާ ދޭތެރޭ އެއްވެސް ބުރަކަމެއް ނޯންނާނެ…މަންމަ ވީ ހުރިހާ ޤުރުބާނީ އެއްވެސް ވީ މަންމަގެ ކޮއްކޮއަށް ޓަކައި..ކޮއްކޮ ދެކެ ވާ ލޯތްބައްޓަކައި….މިއަދު އަހަރެންނަށް އަހަރެންގެ އާއިލާގަ އިތުރު ބައެއް ތިބިކަން އިނގުނީތީ ވަރަށް އުފާ ވެއްޖެ…އެކަމު ޝޫރާ…”ކަރުނަތައް ފޮހެލަމުން ފަލަކް މައުރިފާ އާ ދިމާލަށް ބަލާލީ ކަންބޮޑުވުމާއި އެކީގައެވެ.”ޝޫރާއަށް ދައްތަ ހުރިހާ ވާހަކައެއްވެސް ކިޔައިދީފިން…އެކަމު އޭނަޔަކީ ނަހަލާލު ކުއްޖެއް ވާހަަކައެއް ނުބުނަން…ފަލަކްވެސް މިވާހަކަ ސިއްރު ކޮއްދޭތި”ފަލަކްގެ ބޮލުގައި ލޯބިން ފިރުމާލަމުން މައުރިފާއެދުނެވެ.ބޯޖަހާލަމުން ފަލަކް އެއްބަސް ވިއެވެ.ސިޑިން ތިރިއަށް ފައިބައިގެން އައި މައުރިފާއާއި ފަލްކް ފެނުމުން އިންތަނުން ޝޫރާ ކޮއްޅަށް ތެދުވިއެވެ.ހުރިހާ ހަޤީގަތެއް މަންމަ އޭނާއަށް ކިޔާދިން ދުވަހުއްސުރެ ފެށިގެން އޭނާގެ ހިތް ފަލަކްއަށް ސާފު ވެގެން ދިއައީ ވެދިޔަ އެއްވެސް ކަމެއްގައި ފަލަކްގެ ކުށެއް ނެތްކަން އިހުސާސު ވުމުންނެވެ.ފަލަކް އަކީ އޭނާއާއި ދެބެންގެ ދެދަރި ކުއްޖެއްކަން ޝޫރާއަށް އިނގުނީވެސް ހަމަ ރަފްގާއަށް ފަލަކްއަކީ އޭނާގެ އެއްބަފާ ދައްތަ ކަން އިނގުނު ފަދައިން ކުއްލިއަކަށެވެ.ނަމަވެސް ރަފްގާއަށް ނުވިސްނުނަސް މިއިން އެއްވެސް ކަމެއްގައި ފަލަކްގެ ކުށެއް ނެތްކަން ޝޫރާއަށް އިހުސާސުވީ،ހުދު އޭނާ އަމިއްލައަށް އެކަމާ ކުރިމަތި ލާން ޖެހުމުންނެވެ.ރަފްގާއާއި ޝޫރާގެ ހުންނަ ތަފާތަކީ މީއެވެ.ފަލަކް އައިސް ސޯފާ ކައިރީ މަޑުކޮއްލުމުން ޝޫރާ ފަލަކްގެ ގައިގައި ކުޑަކޮން ބައްދާލަމުން މާފަށް އެދުނެވެ.”ޝޫ ކޮންކަމަކަށް ތި މާފަށް އެދެނީ؟”ޝޫރާ ދުރުކޮއްލަމުން ފަލަކް އަހާލިއެވެ.ހަޤީގަތުގައި ޝޫރާ އެ މާފަށް އެދުނީ އޭނާއަށް ރަފްގާއާއި އެކު ފަލަކްއަށް ދެރަ ދޭން ކުރެވުނު ކަންތައް ހިތައްއެރުމުންނެވެ.އެވާހަކަތަށް ކިޔައިދޭން އަނގަ ހުޅުވާލި ޝޫރާއަށް އެކަން ކާމިޔާބު ނުވީ ދޮރު ހުޅުވާލައިފައި ވަދެގެން އައި ރަފްގާ ފެނުމުންނެވެ.ފަލަކްގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރި ޝޫރާ ފެނުމުން ރަފްގާ އަށް ލިބުނީ ބޮޑު ޝޮކެކެވެ.ނަމަވެސް އެކަން ނުދައްކާ ވޭތޯ އޭނާ މަސައްކަތް ކުރިއެވެ.”ޝޫ ޓެސްޓު ނިމުން ގޮތަށް މިގެއަށްތަ އައީ؟ބުނެލިނަމަ އަހަރެން އުލާ މެނާއެކު ޖޫގޯ ބޯން ނުގޮސް ގެއަށް އައީމުހޭ…”ރަފްގާ ހީކުރީ ޝޫރާއައީ އޭނާ ހޯދަން ކަމުގައެވެ.”އަހަރެން އައީ މަންމަ ގޮވައިގެން ފަލަކްގެ ގާތަށް އެހެންވެ ނުބުނީ”ޝޫރާ ބުނެލި ޖުމްލައާއެކު ރަފްގާއަށް އިތުރު ހައިރާން ކަމެއް ލިބިގެން ދިއައިރު އޭނާ ބަލާލީ މައުރިފާއާއި ދިމާލަށެވެ.”ރަފް ކައިރީ އަހަރެން ކުރީ ދުވަހު ބުނީމެއްނު އަހަރެންގެ ކަޒިން އެއް ހުންނަ ވާހަކަ މަންމަ ފަރާތުން…..ފަަލަކްއަކީއޭ އަހަރެންގެ ކަޒިން”ފުޅާ ހިނިތުންވުމަކާއި އެކު ޝޫރާ ބުނެލި ޖުމްލަ ރަފްގާއަށް އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.ޝޫރާ އެކިޔާ އެއްޗެއް ޤަބޫލު ނުކުރެވޭ ހާލު އޭނާ ބަލާލީ އެތާ ހުރި ފާލިހުއާއި ދިމާލަށެވެެ.މިހެންވާނީ ކިހިނެއްހެއްޔެވެ.ޝޫރާގެ ކަޒިންއަކަށް ފަލަކް ވާނަމަ އޭނާއަށް ވުރެންޝޫރާއާއި ފަލަކް ގާތްވާނޭ ރަފްގާގެ ހިތައް އެރިއެވެ.ބައްޕަޔާ ތުއްތު އަދި ނުހާއްކޮ ފަލަކް އޭނާގެ އަތުން ޖަހައިގަތް ގޮތަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ ވެސް ފޭރިގަންނަނީ ހެއްޔެވެ.ނޫނެކެވެ.މިހެން ވެގެން ނުވާނެއެވެ.ދެލޯ ބޮޑުވެފައި އަމިއްލަ ހިޔާލުތަކަށް ގެއްލިފައި ހުރި ރަފްގާ ސިއްސައިގެން ދިއައީ ޝޫރާ އައިސް އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ.”ހާރޑް ޓު އެކްސެޕްޓް ބަޓް މިހެންވީރު އިންޑައިރެކްޓް ކޮން އަހަންނާ ޝޫ އާވެސް ފެމިލީ ވީނު ދޯ”ސިކުނޑި ތެރޭގައި ހިނގަމުން ދިއަ ވަރުގަދަ ހައިޖާނު މަޑުޖައްސާލަން މަސައްކަތް ކުރަމުން ރަފްގާ ވާހަކަ ދެއްކިއެވެ.އެއަޑުގައިވީ ނަފްރަތާއި ދެއްކުންތެރިކަން އެހެން އެކަކަށް ނަގައި ނުގަނެވުނު ނަމަވެސް ޝޫރާއަކަށް އެކަމެއް ސިއްރެއް ނުވިއެވެ.ރަފްގާގެގޮތް އޭނާއަށް ރަނގަޅަށް އިނގެއެވެ.ރަފްގާގެ ހިތް ފަލަކްއަށް ހެޔޮނުވާނެކަންވެސް އޭނާއަށް އިނގެއެވެ.އިރުކޮޅަކު ތިބެލުމަށް ފަހު ޝޫރާއާއި މައުރިފާ އެގެއިން ދިއައީ ފަލަކްއަށް އެމީހުންގެ ގެއަށް އައުމަށް ދައުވަތު ދީފައެވެ.މައުރިފާމެން ނިކުމެގެން ދިއުމާއި އެކު ދުންޖަހާފައި ގޮސް ރަފްގާ ކޮޓަރިއަށް ވަނެވެ.އޭރު ރުޅިއައިސްފައި ހުރިވަރުން ގޮސް އޭނާއަށް ދިއައީ ކުރު ނޭވާތކެއް ލެވެމުންނެވެ.ހުރިހާވަރެއް ރަފްގާ ބޭލީ ކޮޓަރީގައިހުރި ހިފައިގެންގުޅޭ ސާމާނަށެވެ.

‎ފެންވަރާލައިގެން މެންދުރު ނަމާދުކޮއްލައިގެން ތެއް އިސްތަށިގަނޑު ހިއްކުމަށް ފަލަކް އޭނާގެ އިސްތަށިގަނޑު ބޭއްވީ މިނިވަންކަމާއި އެކު ދޫކޮއްލާފައެވެ.ފުދޭ ވަރަކަށް އުޑުމަތި ބަނަކޮށް އޮތް ދުވަހެއް ކަމުން ފިނިވައިރޯޅިތައް ދިއައީ ޖެހެމުންނެވެ.ބެލްކަނީގެ ދޮރުފަތް ކަހާލަމުން ބެލްކަންޔަށް ފަލަކް ނިކުމެލިއެވެ.ރެލިންގް ގެ ކައިރީ ހުއްޓިލަމުން ފަލަކް ދެލޯ މަރާލީ ޖެހެމުންދިޔަ ވައިރޯޅިތަކަށް އޭނާގެ ހަށިގަނޑު ދޫ ކޮއްލަމުންނެވެ.ފިނި ފިނި ރޯޅިތަށް އައިސް ގައިގައި ބީހިލުމާއި އެކު ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ.ދެލޯ މަރާލުމާއިއެކީ ފަލަކްއަށް ސިފަވީ ކަރުނަވީ ދެލޮލުން މިއަދު އާލިމް އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތެވެ.އެދެލޮލުގައި ފޮރުވިފައި އެތައް ރިހުމެއް ވީނަމަވެސް މިއަދު އާލިމްއާ ދުރަށް ދިއުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައިފަލަކްގެ ސިކުނޑި ދއައީ އޭނާއަށް ވިސްނައިދެމުންނެވެ.މަންމަ ނެތަސް މައުރިފާގެ ފަރާތުން އޭނާއަށް މިއަދު މައިވަންތަ ލޯބި އިހުސާސް ކުރެވުނެވެ.ޤަބޫލުކުރަން އުނަދަގުލަސް މިއަދު އޭނާގެ ކުރިމަތީގައި ހުޅުވިގެން އެދިއައީ ހަޤީގަތެއްކަން އޭނާއަށް އިނގެއެވެ.އެތަށް ޝަކުވާއެއް ހިތުގައި ވީނަމަވެސް ފަލަކް އެ ޝަކުވާތަށް އެހެން މީހަކާ ހިއްސާކުރާކަށް ބޭނުމެއް ނޫނެވެ.ދިރިއުޅުމުގެ އެ ސޯޅަ އަހަރު އަނބުރައި ލިބެން ނެތީތީއެވެ.ހިޔާލުތަކަށް ގެއްލިފައި ހުރި ފަލަކްއަށް ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނީ އޭނާގެ މޫނުގައި މީހެއްގެ ބީހުމެއްގެ އިހުސާސް ކުރެވުމުންނެވެ.ވައިރޯޅިތަށް ސަމާސާ ކުރަމުން ދިޔަ ފަލަކްގެ އިސްތަށިގަނޑުން މޫނަށް އެޅިފައި ހުރި އިސްތަށިތަށް ނިކްޔަން ފަލަކްގެ ކަންފަތުގައި އަޅުވާލަ ދިނެވެ.”ބިރުގަތީ ދޯ….ޖިންނިއެއް ނޫނޭ ޔަންއޭ މިއީ…”ހިނިގަނޑެއް ޖަހާލަމުން ނިކްޔަން ބުނެލިއެވެ.”ނޭނގޭނެ ނު އަހަރެން ހީކުރީ އަސްލުގަވެސް ޖިންނިއެއް ކަމަށޭ”ހީލަމުން ފަލަކްވެސް ނިކްޔަންގެ އެސަމާސާގައި ބައިވެރިވިއެވެ.މިވީ ނުވަމަސް ދުވަސްތެރޭގައި ފަލަކް ދެެރަވެ އެކަނިވެރިކަން އިހުސާސްކުރެވިފައި ހުރި އެތަށް ފަހަރަކު ނޭނގިނަމަވެސް ނިކްޔަންވަނީ އޭނާއަށް އެހީތެރިވެދީފައެވެ.ނިކްޔަންގެ އެފަދަ ކުދިކުދި ސަމާސާތަކުން ފަލަކްއަށް ނުހީ ނުހުރެވޭނެއެވެ.ނިކްޔަންއާއެކު ހުންނަ ކޮންމެ ފަހަރެއްގައި ނިކްޔަންގެ އެފަދަ ސަމާސާތަކުގެ ސަބަބުން ފަލަކްގެ ހިތަށް ބޮޑު ލުއިއެއް ލިބިގެންދެއެވެ.މޫނުމައްޗައް ހިނިތުންވުމެއް ވެރިވެގެން ދެއެވެ.ނިކްޔަން ފަދަ އެކުވެރިއެއް ދެއްވީތީ ފަލަކް އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިެއެވެ.ނަމަވެސް ފަލަކްއަށް ނޭނގެނީ ނިކްޔަންގެ ހިތުގައި ފަލަކްއަށް ދެވިފައިވާ މަޤާމެވެ.ނިކްޔަން ފަލަކް ދެކެނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ނޫންކަމެވެ.ފުރަތަމަ ފަލަކް ފެނުނު ދުވަހުންސުރެ ފެށިގެން ނިކްޔަންގެ ހިތުގައި އާވިންދެއް ޖަހަން ފެށިއެވެ.ފަލަކްގެ ލޮބުވެތި ހަރކާތްތައް އަބަދުވެސް ނިކްޔަންގެ ހިތާ ކުޅެލުމުގައި ކާމިޔާބު ވެއެވެ.ފަލަކް ދެކެ ނިކްޔަންއަށް ވަނީ އިންތިހާއަށް ލޯބިވެވިފައެވެ.ފަލަކްގެ ރީތި ހިނިތުންވުން ނުފިލާ އެ މޫނުމަތީ ހުރުމަކީ އޭނާގެ އެދުމެެވެ.އެލޯބި ޒާހިރު ނުކޮށް ނިކްޔަން އެ ހުންނަނީ ފަލަކް އޭލެވެލް ނިމެންދެނެވެ.ފަލަކްގެ ކިޔެވުމަށް ހުރަހަކަށް ވާން ބޭނުންނުވާ ތީއެވެ.ބަނަ ކޮއްފައިވީ ވިލާތަކަށް ކެތްނުވެގެން ވާރޭ އޮއްސާލީ ފަލަކްއާއި ނިކްޔަން ބެލްކަނީގައި ތިއްބައެވެ.ނަމަވެސް އެތެރެއަށް ވަންނަ ހިޔާލެއް އެކަކު ވެސް ނުކުރެއެވެ.ސަކާރާތާއި މަޖަލުގައި ދެމީހުންވެސް ވާރެޔާ ތެމިލީއެވެ.

*************
‎ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިހުރި އާލިމްގެ ސަމާލުކަން ހުއްޓިފައިވަނީ ވެހެމުން ދިޔަ ވާރޭގެ ތިކިތަކަށް ނަމަވެސް އޭނާގެ ހިޔާލުގައި ވަނީ ފަލަކްއެވެ.ލޯބިވާ މަންމަގެ ވަކިވެދިއުމަށް ފަހު އާލިމްގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދީ އޭނާއަށް ހިނިތުންވާން ދަސްކޮއްދިން މާލަކީ ފަލަކްއެވެ.ނަމަވެސް ލޯބިވެވި އެ ލޯބި ހާސިް ނުވަނީސް އެ ލޯބި އޭނާގެ އަތުން މިއަދު ވަނީ ބީވެގެން ގޮސްފައެވެ.ކުޑަދޮރާ ދުރަށް ޖެހިލަމުން އާލިމް ގޮސް ސޯފާކައިރީގައި ހުރި ކަބަޑު މަތީގައި ރީތިކޮށް ބެހެއްޓިފައި ހުރި އޭނާގެ ގިޓާ ނަގައި އަތަށް ހެޔޮވަރު ކޮއްލިއެވެ.ސޯފާގައި ފޫ ޖައްސާލަމުން އާލިމް ރީތި ރާގެއް އަޅުވާލިއެވެ.

‎މި ވާވަރު ބުނެދޭ ހިތްވޭ
‎ކަލާޔަށް އަންގާ ހިތްވޭ
‎ތި ލޯތްބަށް އެދިގެން ދާހިތްވޭ
‎މަގޭ ހިތް މޮޔަ ވާވަރުވޭ
‎މަގޭ ހިތް ހުއްޓޭ ގޮތްވޭ
‎އަރާމެއް މިހިތަށް ބޭނުންވޭ
‎ކަލާ ފެނުމުން ހީވަނީ އަހާ ހެންނޭ
‎ލޯބިވޭހޭ ނިކަން
‎ޝަކުވާ ހިތާ ކުރެވޭ ރޮމުން
‎އާދޭސް ކުރާ ހިތްވޭ ރޮމުން
‎މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ
‎އިންތިޒާރުގާ ހުންނަމޭ ލޯބިން

****************
‎އާލިމް އޭނާގެ ފިރެެހެންވަންތަ އަޑުން ލަަވައިގެ ބައިތަށް ކިޔަމުން ދިޔައިރު އެ އަޑުގައިވީ ރިހުން އިވުނު ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ.ދެލޯމަރާލަމުން އާލިމް ލަވައިގެ އަނެއްބައި ކިޔާލިއެވެ.

‎ހައިރާން ވާވަރު ވޭ އިނގޭ ފަރިކަން ފެނުމުން
‎ހިތާ ކުޅެލާފައި ދާކަށް ނޭދެން ލޯބިވާއޭ
‎ސިއްސައިގެން ދާ ގޮތްވޭ ހިނިތުން ވެލުމުން
‎ލޮލާ ލޯ ސީދާ ވީމާ ވާގޮތް ނޭނގެނީއޭ
‎ލޯބިވޭ ނިހާޔަތަށް ހިތްއެދޭ އެހާވަރަށް
‎ލޯ މަރާ ލުމުންވެސް ފެންނަހެން ހީވަނީއޭ
‎ޝަކުވާ ހިތާ ކުރެވޭ ރޮމުން
‎އާދޭސް ކުރާ ހިތްވޭ ރޮމުން
‎މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ
‎އިންތިޒާރުގާ ހުންނަމޭ ލޯބިން

‎އެނގުމުން ހިތަށް މިކުރާ އަސަރު
‎ގައިމޭ ކަލާ ރޯނޭ ފަހުން
‎މިހިތަށް ތި ލޯތްބާ ރުހުން
‎ދެއްވާ ތޯ ދަންނަވަން ދުޢާ ވާވަރުން ލޯބިން
‎ނުނިދާ ހޭލާ އޮވެވެނީ ކުރެވޭ ފިކުރުން
‎މިހިތް ވަސްވާހުން ފޯވާ ގޮތްވޭ ލޯބިވާއޭ
‎ވިރިގެންދާވަރު ވޭ މިހިތް މިވެވޭ ލޯބިން
‎ނަސީބެއް ނެތްމީ އިންސާނެތްހެން ހީވަނީއޭޭ
‎ކޭތްތިލާ ގޮތުން ދެއަތް ހިތް ހިނގުން އަވސް ވެޔޭ
‎ހާދަހާ ގަޔާވޭ ބުނެލިހެން ހީވަނީއޭ
‎ޝަކުވާ……
‎ކުރާމީ އާދޭސް…….
‎އިންތިޒާރުގާ ހުންނަމޭ ލޯބިން

‎އާލިމްގެ ކޮޓަރީ ދޮރުކައިރީ ހުރި ހާޖަރާއަށް އެއަޑު ރަނގަޅަށް ވެސް އިވުނެވެ.އާލިމްގެ އަޑުގައިވީ ރިހުމުގެ ސަބަބުން އެތަށް ކަމެއް ހާޖަރާއަށް ފަހުމް ވިއެވެ.އެ ދަރިފުޅުގެ ދިރިއުޅުމަށް ހަމަޖެހުމާއި އުފާވެރިކަން އަންނާނީ ކޮންއިރަކު ބާއޭ ހާޖަރާގެ ހިތައް އެރިއެވެ.

*************

‎ކޮޓަރިތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުރި ރާއިދާގެ މޫނުމަތީގައިވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އެނދުމަތީގައި އިށީނދެ ދެލޯ މަރާލުމާއި އެކު އޭނާގެ ކަންފަތުގައި ގުގުމަންފެށީ މީގެ ދިހަވަރަކަށް މިނެޓުކުރިން ފާލިހު މީހަކާއި ފޯނުން ދެއްކި ވާހަކަތަކެވެ.

***************

‎”ކޮބާ ޝަކީބު ހުރިހާ ލިޔެކިޔުމެއް ތައްޔާރުވީތަ؟”
‎ސްޓަޑީގެ ކައިރިން ހުރަސްކޮއްލި ރާއިދާއަށް ފާލިހު ބުނި ޖުމްލަ އަޑު އިވުމާއި އެކީ ސްޓަގެ ދޮރާއި ގާތްވެލަމުން ފާހިލު ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ.”އާން…އޭރު އަހަރެން ޝަކީބު ގާތު އިހަށް މަޑު ކޮއްލާށޭ ބުނީފަލަކްއަށް އަށާރަ އަހަރު ފުރެން ގާތް ނުވާތީ…އެކަމު އަންނަ ޖެނުއަރީ ބާރައިގަ އެމަންޖެ އަށް އަށާރަ ފުރޭނެ….އަހަރެން ބޭނުމީ އެމަންޖެއަށް އަށާރަ ފުރުމާއެކީ ވިޔަފާރީގެ ފަންސާސް އިންސައްތަ އެ މަންޖެ ނަންމައްޗައް ބަދަލުވާ ގޮތް ހަދަން…”ފާލިހުގެ އަނގައިން އިވުނު ބަސްތަކާއި އެކު ރާއިދާގެ ދެލޯ ބޮޑުވެގެން ދިއައެވެ.ހަމަގައިމުވެސް އޭނާ އެހެން ކަންތައް ވިޔަކަ ނުދޭނެއެވެ.”އާން އެހެންވީމަ މާދަން ހަވީރު އަހަރެން އެ މަންޖެ ގޮވައިގެން ޝަކީބުގެ އޮފީހަށް ދާނަން…. އޭރުން އެ މަންޖެއަށް ހުރިހާ ލިޔެކިޔު މެއްގަ ސޮއި ކޮއްލެވޭނެ ތާ….”ފާލިހުގެ ކޮންމެ ޖުމްލައަކާއި އެކު ރާއިދާގެ ދެއަތް ދިއައީ މުއްކެވެމުންނެވެ.

****************

‎އެނދުގައި އިށީނދެ އިން ރާއިދާ ދެލޯ ހުޅުވާލަމުން އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ.ނަންބަރަކަށް ޑައިލް ކޮއްލަމުން ރާއިދާ ކޮއްޅަށް ތެދުވިއެވެ.އެކޮޅުން ފޯނު ނެގުމާއި އެކީ ރާއިދާ ސިއްރުވެރި ވާހަކެއް އެމީހަކާއި ދެއްކިއެވެ.ފޯނު ބޭއްވިއިރު އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ޖުލައި މަހުގެ ތެރޭގައި

Next

ނުފިލާނޭ މިހިތަކުން… 23

Next
July 13, 2020

ނުފިލާނޭ މިހިތަކުން… 23

Previews
July 13, 2020

ޖުލައި މަހުގެ ތެރޭގައި

56 Comments!

  1. Afu says:
    July 13, 2020 at 1:46 pm

    Yey I’m first dhww btw kiyaalaafa comment kohlaanan

    1. aphxxx says:
      July 13, 2020 at 1:47 pm

      Congrats darling?❤️

  2. N@y@? says:
    July 13, 2020 at 1:56 pm

    Woooooooooooooooooooooow vvvv Loabi…. SWRY ingey kurin part thakah comment nukurevuniima….. Kuda koh massala thakehge thereyga ulhelan jehuniima…. Like Falak dhww. ?????

    1. aphxxx says:
      July 13, 2020 at 2:06 pm

      Its okay naya❤️ And thankyou darling?❤️

  3. Nuhyy says:
    July 13, 2020 at 1:58 pm

    Wowwwww sisooooo?????????????????mi part wes habeyzssss..ekm so sad aalim alhey …falak wes dhn…aaalim lava kee gadyga hama rovunu??? ekm nikyan and falak so cute ekyga vaarey themilanyyy???????? i wonder what that raaidhaa is planing and shoora wes rangalhu v thank goddd❤❤❤❤ waiting for next part curiously
    Ly sis tc??❤???

    1. aphxxx says:
      July 13, 2020 at 2:09 pm

      Asluwes aalim and falak?ekm nikyan and falak so cute dhw?? yes finally shoora rangalhu wejje and falak ah hurihaa hagygatheh wes ingijje dhw and yes raaidha seems like planning something big? thankyou nuhyy lym tc❤️❤️❤️

  4. No one says:
    July 13, 2020 at 2:01 pm

    Wooooooooooooooooooowwwww varah reethi ???
    Curious to know what happens next…

    1. aphxxx says:
      July 13, 2020 at 2:10 pm

      Thankyouuu no one lets see dhw??❤️

  5. Afu says:
    July 13, 2020 at 2:14 pm

    Oooooooooohhhhh alhe varah varah varah reethi mi prt vx ❤️❤️❤️❤️❤️❤️❤️❤️ hama speechless ???? btw alhe sissooo☹️☹️☹️☹️☹️ alhey shoora finally ragalhu vejje dhww anehka eii dhehkunee baaa ????????? alhe falak ge hurihaa kokko mn thah miulhenee boys thah athulaign dhww ahhahaha ???????☹️☹️☹️??????? waiting for nxt
    Lysssssmmmmmm ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Stay safe ?????
    TC ♥️♥️♥️♥️
    Luv u sooooo much ❤️?♥️❤️?♥️?❤️?♥️?♥️

    1. aphxxx says:
      July 13, 2020 at 2:20 pm

      Aahahah asluwes rafga aalim shoora nikyan dhw psppsps???poor falak dhw?thankyou afu darling lymm tc stay safe❤️❤️❤️❤️❤️

    2. Afu says:
      July 13, 2020 at 2:27 pm

      Ahahhahahah????? yh poor falaky ??????alhe shoora kairiyah dhaanvi goss bunan yan falak ah dheyshey ahahhahah ????? falak ah shoora nikyan dheke luv vaakah igihjjeh yaa alhe kihinei baa vaanee ????? curiously waiting for kaakah thw falak libeynee

    3. Afaa says:
      July 13, 2020 at 2:33 pm

      Shoora ge feelings wes hama change wedhaane dhwww?❤️ Anehka falak lawwaa aneh gurubaany waan jeheyny if she knows that shoora loves nikyan??

  6. Abu❤ says:
    July 13, 2020 at 3:09 pm

    Shoora haadha rangalhey dhw…maasha allah???But rafgaa aai raaidha dhw pispis?????like mom,like daughter ???alhey falak ah first love eh nulibunu…?????meehun buneynu first love akiy enme foni adhi enme hithi ehchey….????Rafga ah alhe heyo visnun libey nama dhw???….Aalimu ves vehje kuriy buru belcany ah nikunnan????….sahalu kameh nuniy nukuraathi…..
    BTW Frnd afaa?…can i contact you?…love you❤❤❤❤❤????????????????????most telented…loveeeeeee youuuuu

    1. aphxxx says:
      July 13, 2020 at 3:40 pm

      Nasybeh dhw ekakah heyo wisnun libun kan ei and rafga aa raaidha aa hynuwey dhw sah halu waane henneh?????yes first love nulibun dhwww ahahaha aalim wes wejje dhw balcony ah nikkunnan hahahaha you have hangouts? Thankyou abuuu lymmmm❤️❤️❤️❤️❤️❤️❤️

    2. Abu❤ says:
      July 13, 2020 at 4:22 pm

      Yupppp…do you have a mail

    3. Afaa says:
      July 13, 2020 at 4:37 pm

      [email protected]

  7. Naani says:
    July 13, 2020 at 3:36 pm

    Maasha Allah????????????????????????? Hama bunaane ekahcheh ves neh mi part ves varah varah varah varah loaaaaaaabi?????????????????????????? Maasha Allah aphxxx varah molhu vaahaka liyan?????????? Sifa kohdheefa hunna goives hama varah salhi bunaane ehcheh neh hama??????????????? Aalim lava kiyaa iru roveyey??????????????????Alhe nun Aalim ah ehen nuhadhaaba????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. aphxxx says:
      July 13, 2020 at 3:43 pm

      Thankyou naaani means alottt darling ❤️❤️❤️?your colourful comment makes me very happy everytimee and yes aaalim wrh dhera dhww???fahun rangalhu waane kamah balamaa dhwww lyyy darling❤️❤️❤️

  8. Livy says:
    July 13, 2020 at 4:00 pm

    Alheyy Aalim haadha dhera vaaney..?? Falak ves ??? dhen Rafga feelings change vaanama dhw Alhe ?????
    Aalim nd Falak gulhey Nama ekam Eyrun Nikyan ves dhera vaane ????? Nikyan ah shoora hunnaanu ???? btw mi part Varah Varah Varah reethi ❤️✨? maa sha Allah ?? curiously waiting waiting for the next part ?✨

    1. Afaa says:
      July 13, 2020 at 4:38 pm

      Ahahah confusing dhww livy??thankyou darling

  9. RA NE says:
    July 13, 2020 at 4:03 pm

    V v reethi mi story waiting for the nxt part❤️

    1. Afaa says:
      July 13, 2020 at 4:39 pm

      Thankyou rane?❤️

  10. Starlight vixx says:
    July 13, 2020 at 4:16 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️

    1. Afaa says:
      July 13, 2020 at 4:39 pm

      Thankyouuuu starlight vixxx❤️

  11. Anuahs says:
    July 13, 2020 at 4:29 pm

    Masha allah❣?. Boooo mi part ves hama varah furihama…❣?????..keep it up.. waiting for the next part…up soon..luv u and tc boo..see u❣?♥️

    1. Afaa says:
      July 13, 2020 at 4:40 pm

      Yess booo thankyou see you sooon love?❤️❤️❤️

  12. Just a reader says:
    July 13, 2020 at 5:42 pm

    This part is also amazing…curious to knw wat will happen next keep it up aphxxx❤

    1. aphxxx says:
      July 13, 2020 at 6:37 pm

      Thankyou just a reader❤️

  13. Nerr__ says:
    July 13, 2020 at 5:44 pm

    raaidha e gulhyy kaaka baa ??… OMG varah reethi mi part vx… ur doing great ?.. varah curious vefa indha minmaaly vx… and really like aalim and falak together, i want them ??

    1. aphxxx says:
      July 20, 2020 at 9:03 pm

      Hahaha Thankyou

  14. Raayaa? says:
    July 13, 2020 at 8:17 pm

    Alheyy afaa….. Haadha kurey ekam vc okay vvvv reethi mi prt vc love u and miss u too

    1. aphxxx says:
      July 13, 2020 at 10:13 pm

      Sorry ingey and thankyou miss you tooo❤️❤️

  15. Scarlet says:
    July 13, 2020 at 9:46 pm

    ????Owwwwwwwwww sisoooooo…MaShaAllah. Mi part vs hama best ingey…
    E raaidha keehkuranbaa eulhenee…
    And Alhamdhulillah shoora ah visnunkan..
    Scarlet loves u so much ingey sis.. ❤️❤️❤️❤️❤️
    جزاك الله خير

    1. aphxxx says:
      July 13, 2020 at 10:14 pm

      Thankyou scarlet❤️❤️?lets see what she does dhwww and yes shoora ah wisnijje nasybakun??lyt darlinggg❤️❤️❤️?

  16. Aalim says:
    July 14, 2020 at 1:05 pm

    Heyonuvaaaneyy aaalim ahh ehen hadhannnnn??

    1. aphxxx says:
      July 14, 2020 at 1:07 pm

      Alheyyy aaalim Don’t cryyy fahun rangalhu waaaaney darling?❤️

    2. Aalim says:
      July 14, 2020 at 1:10 pm

      Roveyne nu lawa kiyaaly e haadha loabi konney? alhe falak dheebala aalim ah ❤

    3. aphxxx says:
      July 14, 2020 at 1:12 pm

      Insha allah good days are coming for you ingey aalim❤️??

    4. Aalim says:
      July 14, 2020 at 1:14 pm

      Dhen mivaguthah hih hama jahsaalaany thihen bunyma ?❤

    5. aphxxx says:
      July 14, 2020 at 1:16 pm

      Thinoon gotheh dhn neii thr dhw miwaguthaku hehe?❤️

    6. Scarlet says:
      July 14, 2020 at 3:04 pm

      Owwwww Aalim ekey dhww mioh ulhenee

    7. Afaa says:
      July 14, 2020 at 4:09 pm

      Ahahha yess??

  17. Scarlet says:
    July 14, 2020 at 3:23 pm

    Aphxxx darln, Scarlet miulhenee anekka dhivehi gadeega story eh liyan jehign…. Ugh… But neynguney liyanvee kn kahala haadhisaa akah Kameh… ???

    1. aphxxx says:
      July 14, 2020 at 4:06 pm

      Alheyyy i can help you frm here i dont use hangouts nowww? you can ask me anything darling

  18. Scarlet says:
    July 14, 2020 at 4:50 pm

    I also don’t use hangouts.. Just viber …hehe.. I may be asking u for help.. As my brain is kinda empty E assignment adhi fahun hadhaaa gothah plan kuree..

    1. aphxxx says:
      July 14, 2020 at 5:09 pm

      Okay i will be checking the comments since i dont have my own number i cant contact thrgh viberr

  19. ?Ril? says:
    July 14, 2020 at 6:39 pm

    Hi sisoo???
    Sorry for the late comment .???….. And about the story mi part ves vrh Sali amazing ingey siooo ….???????. Aley Falak aa Alim aa guluvaadheychey sis???? . Ril Hama roveyvaru veje Alim uley gothun?????
    Waiting for the next part sis ??
    Love uuu ❤️❤️?
    TC and stay safe ❤️❤️???

    1. aphxxx says:
      July 14, 2020 at 7:52 pm

      Its okay riloo darling❤️❤️Thankyouuu and hingaa balamaa waagoii dhwww nurohchey darlsss lymmm tc❤️?❤️

  20. Hafu says:
    July 14, 2020 at 9:39 pm

    Hiii sis…..story is amazing…speechless. …love story and u too sis
    ❤❤❤❤❤❤..curiously can’t wait for next part so whn is next part sis
    Take care
    ?

    1. aphxxx says:
      July 15, 2020 at 1:53 am

      Thankyou hafu❤️? and i have submitted the 18th prt tonyt :))

  21. Nuhyy says:
    July 15, 2020 at 2:06 am

    Hey sis im very impatient whennn next part?❤️

    1. aphxxx says:
      July 15, 2020 at 12:06 pm

      Already submitted darling?❤️

  22. Naya? says:
    July 15, 2020 at 2:11 pm

    Alley stry kobaatha Naya ah nidheynii dhen thi up v ma Ey aphxxxx?????????????????

    1. aphxxx says:
      July 15, 2020 at 4:30 pm

      Its up now darling❤️

  23. nik8 says:
    July 15, 2020 at 2:20 pm

    curiouslyyyyyy waitinggggg but canttttttt wait anymoreeeeeeeeeeeeeeeee kobr thrrrrrrrrrrrrr storyyyyyyyyyyyyyyy:[[[[[

    1. aphxxx says:
      July 15, 2020 at 4:31 pm

      Up now nik❤️

Comments are closed.

Next Episodeލޯތްބައްޓަކައި(18ވަނަ ބައި)←


All Right Reserved!