Skip to content
އެސްފިޔަ

މަރު

(މި އާޓިކަލް މަރުޙޫމާ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ތަޙުސީސު ކޮށް ލިޔަމެވެ.)

އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ވަރަށް ބޮޑު ހަޤީޤަތެެއް ވެއެވެ.އެއީ މަރެވެ.ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުަވަހެއް ކަމެވެ.ތިބާ ކިތަންމެ ބާރަށް ދުވިއަކަސް މަރު ތިބާ އަތުލާނެއެވެ.އެހެނީި މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވެއެވެ.އެދުވަހަކުން ތިބާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.މި ދުނިޔެއިން އެ ދުނިޔެއަށް ގެންދެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ.ތިބާގެ ޢަމަލުތައް ފިޔަވައެވެ.

އަމަލުތަކުގެ ތެރެއިންވެސް ތިބާއަށް އާޙިރަތުގައި ފައިދާ ކުރާނީ ތިބާ ކޮށްފައިވާ ހެޔޮ ޢަމަލުތަކެވެ.އަދިވެސް ވިސްނަންވީ ހެއްޔެވެ؟މުސްކުޅި އުމުރަށް އެޅުނީމަ އަޅުކަންތައް ކުރަން ގަސްތު ކުރަނީ ހެއްޔެވެ؟؟އެހެން ކަމަށް ވާނަމަ އެއީ ތިބާގެ އަމިއްލަ އަތުން ތިބާގެ ދުނިޔަވީ އަދި އުޙްރަވީ ހަޔާތް ބަރުބާދު ކޮށްލުމެވެ.ފަހެ މަރު އައިސް ބައްދަލުކުރާނެ ވަގުތެއް އެކަކަށް ވެސް އެނގޭނެ ހެއްޔެވެ.؟.ހެޔޮ ޢަމަލުތައް ކުރަން ފަހަށް ދޫކޮށްނުލާށެވެ.އެހެން ހިތު ލައިގެން ހުއްޓާ މަރު އައިސް ބައްދަލު ކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

މާތް ﷲ ސުބްޙަނަހު ތަޢާލާ ކީރިތި ޤުރުއާން ގައި ވަޙީކުރެއްވިއެވެ.
(قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ) [الجمعة:8]

“ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން އެއެއްޗަކަށް ބިރުން ފިލަން ތިޔަ ދުވާ މަރު އައިސް ތިޔަބައިމީހުންނާއި ބައްދަލުކުރާނޭކަން ކަށަވަރެވެ. އެއަށްފަހު ޣައިބާއި ފާޅު ދެނެވޮޑިގެންވާ ފަރާތްކަމުގައިވާ ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކޮށް ޙަވާލު ކުރެވޭނެއެވެ. ފަހެ ދުނިޔެމަތީގައި ތިޔަބައިމީހުން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެއިލާހު ދެއްވާނެއެވެ.”

މަރާއި ކުރިމަތި ނުލާ އެއްވެސް ޤައުމެއްގެ ބަޔަކު އުޅުނު ހެއްޔެވެ?ނުވަތަ އެބައުޅޭ ހެއްޔެވެ.؟ދުނިޔަވީ ހަޔާތުގައި ފައިސާ އާއި މުދަލުން ފެންވެރި މީހުން ކޮބައި ހެއްޔެވެ؟އެކި ޤައުމުތަކުގައި ރަސްކަން ކުރެއްވި ރަސްރަސްްކަލުން ކޮބައި ހެއްޔެވެ.؟ތިމަންނާ މީ ރަސްކަލަކު ކަމުގައި ދަޢުވާ ކުރި ފިރުޢައުނު ކޮބައި ހެއްޔެވެ؟؟އަދި އޭނާގެ އަރިހުގައި ހުންނެވި ހާމާނު ކޮބައި ހެއްޔެވެ؟؟ފިތުނައިން ފުރިފައިވި ޘަމޫދު ބައިގައިގެ މީހުން ކޮބައި ހެެއްޔެވެ؟ވިސްނާ ފިކުރު ކުރައްވާށެވެ. މަރަކީ ވަރަށް އިންސާފުވެރި އެއްޗެކެވެ. މުއްސަނދީންނާއި ފަޤީރުން ފަރަޤެއް ނުކުރެވެ. ވަކިޖިންސަކަށް ވަކި ޢުމުރަކަށް ތަފާތު ކުރުމެއްނެތެވެ. ވަކިޤައުމަކަށް ވަކިކުލަޔަކަށް ނުބަލާ މަރުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ.

ކޮންމެއަކަސް މަރު އައިސް ތިބާ އާ ބައްދަލުކުރާނެ ވަގުތެއް ނޭނގޭނެއެވެ.ކުރިއަށް އޮތް ބައި ގަޑި އިރު ތެރޭ ތިބާ ދިރި ހުންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތް ހެއްޔެވެ؟ނިކަން ވިސްނާލަ ބަލާށެވެ.ކަށު ނަމާދުގެ މައުލޫމާތު ދޭ ކޮންމެ ޕޯސްޓެއްގައިވެސް ލިޔެފައި އިންނަ ތަން ފެނެއެވެ.”ޖަނާޒާގައި ބައިވެރިވުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާ ކޮށްދޭން ޖެހޭ ހައްޤެކެވެ”.މި ހައްޤު އަދާކުރުމުގެ ކުރިން ތިބާގެ މައްޗަށް ފަރްޟް ކުރައްވާފައިވާ ކަންތައްތައް އެބަ ކުރަމު ހެއްޔެވެ؟ސްކިތައް ގޮސް ކަށުނަމާދުގެ ޖަމާއަތުގައި ބައިވެރި ވެފައި މިސްކިތުން ނުކުންނަ ދިމާކުރާއިރު އެ ވަގުތު މިސްކުތުން ނުކުމެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތް ހެެއްޔެވެ؟ކަށުނަމާދު ކުރެވުނު މައްޔިތާ އާއެކު ދަތުރު ކުރަންވެސް ޖެހިދާނެއެވެ.ބުނަން ހެއްޔެވެ؟އުމުރުން ކިތަންމެ ހަގު ވިއަސް އެއްވެސް ސިއްޙީ މައްސަލައެއް ނެތް ނަމަވެސް މަރަކީ މި އުޒުރުތައް ބަލައިގަންނަ އެއްޗެއް ނޫނެވެ.މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަ ކުރައްވައިފިނަމަ އޭގެ ފަހަށް އެންމެ ނޭވައެއް ވެސް ނުލެވޭނެހުއްޓެވެ.

ތިބާގެ ޒުވާން ކަމުގެ ދުވަސްތައް ތި ދުއްވާލަަނީ ހަވާނަފުސުގެ ތެރެއަށެވެ.ޝައިޡާނާގެ ބަހަށް ހެއްލިގަނެގެން އުޅޭއިރު އެއީ ކިހާވަރެއްގެ އެއްޗެއްކަން ނުދަންނަނީ ހެެއްޔެވެ؟ .މާތް ﷲ ޙަރާމް ކުރެއްވި ރަލާއި ބަނގުރާ ބޯން އޮތްވާ މަރު އައިސްދާނެ ކަމަށް ބިރު ނުގަނޭ ހެއްޔެވެ؟ޒިނޭގެ ތަންމައްޗަށް އެންމެ ފަހު ނޭވާ ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު ނުގަންނަނީ ހެއްޔެވެ؟ވައަތު ފަތް ފުރި ބަންޑުންވެ އެ ޢަމަލުތަކަށް ތައުބާ ނުވެވި އުޅެނިކޮށް މަލަކުލްމައުތު މަރު ހިއްޕަވަން ވަޑައިގެންފާނެކަމަށް ބިރު ނުގަންނަނީ ހެއްޔެވެ؟

ލޮބިވެތި އަޙުންނާއި އުޙްތުންނޭވެ.މަރާއި އޭގެބިރުވެރިކަމާއި ދޭތެރޭގައި ވިސްނާށެވެ. އޭގެ ވޭނާއި ކެކުޅުމާއި ދޭތެރޭ ފިކުރު ކުރާށެވެ.ކައްވަޅުގެ އަޒާބަށް ބިރުވެތި ވާށެެވެ.މާދަމާ ވެސް ދިރިހުންނާނެ ކަމުގެ އުންމީދެއް ނެތްއިރު، ހެޔޮ ޢަމަލު ކުރަން ފަސް ނުކުރާށެވެ.ކަށްވަޅުގެ ޢަޒާބަށާއި ނަރަކައިގެ ޢަޒާބުގެ ހުރަހަށް އޮތް އައްޑަނައަކަށް ތިބާގެ ހެޔޮ ޢަމަލުތައް ވެދޭނެއެވެ.މަރު ހިއްޕަވަން ފެށެނީ ފައިންނެވެ.އެއީ އެ ވޭނުން ތިބާ ތެދުވެގެން ދިޔަ ނުދިނުމަށްޓަކައެވެ.އަދި ނިމެނީ ލޮލުންނެވެ.އެއީ އެކަމުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ތިބާއަށް ދެއްކެވުމަށްޓަކައެވެ.ލޮބުވެތި ޒުވާނުންނޭވެ! ތިބާ ޒުވާން ކަންމަތީ ހުރެ ރަނގަޅު ސިއްހަތެއްގައި ހުރުމަކީ އަވަހަށް މަރުނުވާނޭ ސަބަބެއް ނޫނެވެ.މަރު ތިބާއާއި ބައްދަލުކުރާކަށް ވަކި އުމުރެއް ނެތެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله” (أخرجه الطبراني)

“ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ.”

އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ކުޑަކަމުދިޔުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.

“ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ” (متفق عليه)

“އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ.”

އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، މިމަތިވެރި އަޅުކަމުން މަޙްރޫމްވެގެން އަޅުގަނޑުމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.
ތިބާގެ ޒުވާންކަން ގެއްލި މުސްކުޅިވެ ހެލިފެލިވެ ނޫޅެވޭ ވަރުވުމުގެ ކުރިން، ހުރިހާ އަޅުކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް އަވަސްވެ ގަންނާށެވެ.އޭރުން އިންޝާ ﷲ…މާތް ﷲ ތިބާ އަށް ސުވަރުގެ މިންވަރު ކޮށްދެއްވާނެތެވެ.
…………………………………..

الرَّحْمَن (ރަޙުމަތާއި ނިޢުމަތުން އަޅުތަކުންނަށް އޯގާވަންތަ ރަސްކަލާނގެ) ވަންތަ، الرَّحِيم ِ(ޚާއްޞަ ގޮތެއްގައި ދުނިޔެއާއި އާޚިރަތުގައި މުއުމިން އަޅުތަކުންނަށް ރަޙުމަތްވަންތަ ރަސްކަލާނގެ) ވަންތަ، الْجَبَّارُ (އިރާދަކުރެއްވި ކޮންމެ ކަމެއް ކުރައްވާ އަދި އެކަލާނގެ މައްޗަށް އެހެން ފަރާތެއްގެ ބާރު ނުފޯރާ ރަސްކަލާނގެ) ވަންތަ الْعَزِيزُ
(ޢިއްޒަތާއި މާތްކަން ލިބިވޮޑިގެންވާ ރަސްކަލާނގެ) ވަންތަ ރަސްކަލާނކޮ.ނެތުމުގެތެރެއިން އަޅަމެންވުޖޫދުކުރަށްވާ!
އެއްމެރިވެތިސިފައިގައި ލަށްވަވާ!
ގުނާއަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތް
އަޅަމެނަށް ދެއްވަވާ !ރަސްކަލާކޮ!
ސީދާ ވެގެންވާ މަގަށް އަޅަމެންނަށް މަގުދަށްކަވާ
އަދިއެމަގުގައި އަޅަމެންގެ ފައިތިލަ ސާބިތު ކޮށް
ދެއްވާންދޭވެ!
ޔާﷲ.އަޅަމެންނަކީ ފާފަތަކުން ތަޢުބާވެ އެނބުރި އެފާފަތަކަށް އަރައިނުގަންނަ ބަޔަކު ކަމުގައި ލައްވާނދޭވެ.ޔާﷲ.މަރުގެ ސަކަރާތް އަޅަމެންގެ މައްޗަށް ލުއި ކޮށްދެއްވާނދޭވެ.ކަށްވަޅަކީ އަޅަމެންނަށް އަލި ތަނެއް ކަމުގައި ލައްވާނދޭވެ.
امين ياربالعالمين

Comments (37)

  1. ♡Eshh♡

    Salaam everyone…hope u all are doing well..here’s the first article by me..hope u all would like it..and do comment ur views below..??

  2. Meekkomee

    Eshh….. Varah Reethi ingyy article ??? Masha Allah ?? luv yeahh❤️❤️miss yeahh??b safe take care ❤️?ttyl✌️✌️??

    1. ♡Eshh♡
      Meekkomee

      Thanks meekko?????..ly2 ??

  3. ♡Maii♡

    Emy, article kiyaalaafa hama rovijje varah varah reethi???❤❤?… masha allah???????⚘ alah mi site in vx kiyaalevun enme reethi article♡ emy haadha molhey?? masha allah?? I’m proud of you my bestie❤❤❤❤❤❤❤????????????❤❤❤??❤?❤?❤??❤?❤?❤?❤?❤??❤?❤?❤?❤❤❤??❤… love you and tc emy bbe♥ my coffee girl??❤

    1. ♡Eshh♡
      ♡Maii♡

      Awwwn??????…thank u soo much mai gandaaa?❤

  4. Lam'aa

    Eshhh… Maasha Allah vrh reethi article ??? ehaame ibraiy theri… Luv yuh ❤️

    1. ♡Eshh♡
      Lam'aa

      thank u lam gandey???

  5. Fathimath salva

    wow…this is so..just perfect..it’s explained so well..I loved every bit of it..??❤..varah ibraihtheri..hurihaa umurakahves..thnku bestie..handhaan kohdhinee thee..❤❤..abadhuves heyogoih edhey..heyo kanthah thakah faruvaatheri vaan bune.. rangalhu magu dhahkaa ekuverin eii niumatheh..❤❤..thnku of being one for me..??..love u so much..nd miss u too..⚘..sis ah suvarugeyge mathiveri niumaih minvaru kurahvaashi…Aameen..❤❤

    1. ♡Eshh♡
      Fathimath salva

      Thank u so much precious❤?

  6. No one

    Varah reethi… Varah furihama….. Varah ibraitheri….. Hurihaa umurakaaves gulhey… Aslu hageegathuga varah handhaan netheykameh insaanun mee…. Namaadhuthakah faruvaa Kuda koh… Dhuniyevee kankamuga vaguthu beykaaru kurun.. may Ur sis rest in peace…. TC…

    1. ♡Eshh♡
      No one

      yeah thats true..thank u dear?

  7. shaadhin

    Maasha allah vrh reethi mi article?? ishu ge sis ah suvarugeyge mathiveri niumaih minvaru kurahvaashi….Aameen
    ish be safe and take care ly???????????

    1. ♡Eshh♡
      shaadhin

      thanks shaadhin???

  8. Raaya

    vrh vrh vrh iburaiteri mazumooneh! hama bunaane ehcheh neygifa meeny. mazumoonu kee vaguthu hama eyge thereah gehli husvefa indhevuny! hama ehaame reethi, iburaitheri vaahaka kolheh! hope to read more of this type from you! best of luck and keep it up!

    1. ♡Eshh♡
      Raaya

      Thank u dear?

  9. Livy

    Varah❤️?varah?❤️varah❤️?varah?❤️ reethi ?❤️maa sha Allah ❤️?❤️?❤️?
    Varah Varah Iburaitheri ❤️?❤️?❤️?❤️?
    Keep it up love ❤️?❤️?❤️?❤️?❤️?❤️
    ❤️?❤️?❤️ Love you emy ❤️?❤️?❤️?
    Sis ah suvarugeyge mathiveri niumaiye minvaru kurahvaashi, Aameen ❤️❤️❤️❤️❤️
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️

    1. ♡Eshh♡
      Livy

      Aameen…thanks livy gandaa??

  10. Thihu

    Vrh reethi… Vrh iburaiy theri mauloomaath thakeh libijje. Ly sis ❤❤

    1. ♡Eshh♡
      Thihu

      thank u dear??

  11. aayoo

    masha allah loving bestie.this was awsome thanks for showing me right way of living ur one of the presious gift god gifted to me.ur the teason y i am still walking on line.thanks i cannot image my lyf with out u bestie.u have been with me in every single second of my lyf.u advise me in everything i do.ur almost my everthing and people who get ur friendship is the luckiest i believe.luv u bestie.
    “sis ah suvarugeyge mathiveri niumaih minvaru kurah vaashi.:aameen:””one of the most presious sis ever..and my first sis from another mom.who always advises us to do good things and helps to learn from mistakes.””alhamdhulihlaahi she left a girl who will do her job.and alhamdhulihlaah she was a sis of me and she gave me advises directly and indirectly which will guide me in future””once again sis ah suvarugeyge mathiveri numaih minvaru kurahvaashi.aameen.”

    1. ♡Eshh♡
      aayoo

      thank u so much bestoo?❤

  12. Anonymous

    V ibraetheri baskolhe. Keep it up ishaa. immaya suvarugeyge mathiveri niumay minvaru kuravvashi. Aameen. Take care.

    1. ♡Eshh♡
      Anonymous

      Aameen..Thanks Anonymous?

  13. Shaam

    V ibraetheri baskolhe. Keep it up ishaa. immaya suvarugeyge mathiveri niumay minvaru kuravvashi. Aameen. Take care.

    1. ♡Eshh♡
      Shaam

      Aameen..Thanks shaam sir❤

  14. Nefyy

    Varah iburahtheri….varah furihama ah…this article left me in tears..sis ah suvarugeyge dhaaimee niumah minvaru kurahvaashi….Aameen❤
    Hope i would get to read more articles from u….best of luck ishefyy

    1. ♡Eshh♡
      Nefyy

      Aameen..thanks nefy?.insha allah soon??

  15. SHAHUMAĐH

    varah iburahtheri.???

    1. ♡Eshh♡
      SHAHUMAĐH

      thanks??

  16. Dhimsha

    Eesh you did a great job and. Love u so much igey. Keep it up and see u soon

    1. ♡Eshh♡
      Dhimsha

      Thanks??

  17. Aashy

    v iburaitheri article eh…keep the good work up sis.❤❤ dhaththage faafa fussavaa heyo rahmailavvaa suvarugeyge dhaaimy niumai minvaru kuravvaashi..❤❤

    1. ♡Eshh♡
      Aashy

      Aameen..thanks aushyy???

  18. Shaxu

    Love it .. mikahala iburaiytheri articles kuriah oithaage ves fennaane kamah ummeedhkuran.❤❤?

    1. ♡Eshh♡
      Shaxu

      Insha allah soon..Thanks??

  19. Shaba SHABAKKO

    Nevermaind ??❤️

    1. ♡Eshh♡
      Shaba SHABAKKO

      …?

Comments are closed.