މިދެލޯ ފުހެލަ ދޭށޭ ލޯބިން 17
ހަޝްމާ ގޮސް ގޭގެ ދޮރާށި ދަށުގައި މަޑުކޮށްލުމަށް ފަހު ނަންބަރަކަށް ގުޅާލިއެވެ.އޭގެ ފަސް ވަރަކަށް މިނެޓް ފަހުން ސައިކަލުގައި އައި މީހަކު ދޮރު މައްޗަށް މަޑުކޮށްލިއެވެ.އަދިރިކަމުން ތަނެއް ސާފު ނުވިނަމަވެސް އެއީ ފިރިހެނެއް ކަން ދޭހަވާހާވެއެވެ.ހަޝްމާ ފިރިހެން ކުއްޖާގެ ސައިކަލަށް އެރުމާއިއެކު ސައިކަލު ދުއްވާލިއެވެ.” ޝާންޓެ މަބުނި ކަންތައް ވާނެތަ؟” ސައިކަލު މަތީ އިނދެ ހަޝްމާ އެފިރިހެން މީހާ ގާތު އަހާލިއެވެ.” ޔަގީނެއްނު . ތިބުނީނު އަގު. އެހެން ނޫނަސް އަހަރެން ތިހާ ރީތި ކުއްޖެކޭ ބުނީމަ ނުކޮށްދީ ހުންނާނެތަ.” ވިހަ ހިނިތުން ވުމަކާއި އެކު ޝާން ބުނެލިއެވެ. އެއަށް ފަހު ސައިކަލުގެ މުށްގަނޑަށް ފެލާލުމާއިއެކު ބާރު ސްޕީޑްގައި ސައިކަލު ލޮލުގެ ކޮޅުން އޮބާލައިފިއެވެ.
ސާރާ އަށް ހޭލެވުނީ އެހެންޏާ ހޭލާވަރަށް ވުރެ ލަހުންނެވެ. ފަތިސް ނަމާދުގެ ވަގުތު ފާއިތު ވާން ކައިރި ވެފައި ވާތީ ސާރާ އަވަހަށް ނަމާދަށް އެރުމަށް ތެދުވިއެވެ. އެވަގުތު ސާރާއަށް ވުރެ ކުރިން ތެދުވެ ޝާއިފް ނަމާދަށް އަރައިފިއެވެ. ސާރާއަށް މިމަންޒަރު ފެނުމާއިއެކު ޝާއިފް އަށް ކުރާ އިހުތިރާމް އެތައް ގުނައެއް ބޮޑުވެގެން ދިޔައެވެ.ދެމަފިރިން އެކުގައި ނަމާދު ކުރުމަށް ފަހު ކޮފީ ތައްޓެއް ހިފައިގެން ބެލްކަނީގައި ތިއްބެވެ. އެކަކު އަނެކަކުގެ ހޫނު އިހުސާސް ވާހާ ކައިރީގައެވެ.ދެމަފިރިން އެކުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ފަހު ތިރިޔަށް ދިޔައީ އެންމެން އެކީގައި ސައި ބުޔުމަށް ޓަކައެވެ.އޭރު ބަދިގޭގައި ގޭގައި ގެންގުޅޭ ދެމީހުން ތިއްބެވެ. އޭގެ އިތުރުން ޝީޒާ އާއި ޝަރީފްގެ އަންހެނުން ޒައިނާވެސް ހުއްޓެވެ.އެވަގުތު ބަދިގެޔަށް ޝާއިރާ އާއި އެކު ސާރާވެސް ހިނގައިގަތެވެ.ޝާއިފް މިސްރާބު ޖެހީ ސޯފާގައި ތިބި ފިރިހެން ވެރިން ކައިރިޔަށެވެ.
އެންމެން އެކުގައި ކާން އިށީދެ ހަމަ ޖެހިލުމަށް ފަހު ރަމީޒް ވާހަކަ ދައްކަން ފެށިއެވެ.އެހެންނަމަވެސް އެމޭޒު ދަށުގައި ހަޝްމާއެއް އަދި ސަމީހާއެއްނެތެވެ.” ދަރިފުޅުމެން ދެކުދިން ހަނީމޫނަށް ދާން ނުވިސްނަންތަ؟” ޝާއިފް ޖަވާބު ދޭން ފެށިއެވެ . ” ބައްޕާ ސާރާ ވެސް މިކޮޅަށް އައިއްސަ ޖޮބެއް ހޯދަން މިހާރު މަސައްކަތް އެކުރަނީ.އަނެއްކާ އަޅުގަނޑުމެން ހިތް ހަމަ އެއްނުޖެހޭ ފައިސާ އިސްރާފު ކުރާކަށް.”
“އެހެން ވިއްޔާ ސްކޫލް ތައްވެސް ބަންދު ވަނީނުން. ހިނގާ ގޭއެންމެން އެއްކޮށް މަންމަގެ ރަށަށް ދާން.ޝަރީފްވެސް ޒައިނާވެސް ދެމަހެއް ވަންދެން މިކޮޅުގައި ހުންނާނަމެއްނުން” ރަމީޒް ފަހަރަކު ދަރިއެއްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.އެއާއިއެކު ކޮންމެ ކުއްޖެއްވެސް ބޯޖަހާލިއެވެ.
ސަޔަށް ފަހު ސާރާމެންގެ ބަޔަށް ގޮސް ސާރާގެ އެއްޗިސް ރަމަތަ ކުރުމައިގެން އުޅުނެވެ. އެވަގުތު ބިޒްނަސްގެ މުހިންމު ފޯނެއް އައުމާއި އެކު ޝާއިފް ބެލްކަންޏަށް ނުކުތެވެ.އެވަގުތު ސާރާއަށް ފޯނެއް އައުމާއިއެކު ބަލާލިއެވެ. ކަމަކު ދާކަށް ނެތެވެ. ނައިނާ ގުޅަނީއެވެ. އެއީ ކޮންފަރެންސެއްކަން ސާރާއަށް ޔަގީން ވުމުން އެމީހުންގެ ބޭނުން ރޭކާލާކަށް މާކަ ގިނައިރެއް ނުވިއެވެ.އެހެން ނަމަވެސް ލޯބިވާ ެކުވެރިން ގުޅަ ގުޅާ ހުއްޓާ ފުރަގަސް ދިނުމަކީ ސާރާގެ ތަބީއަތަކަށް ނުވުމުން ސާރާ ފޯން ނެގުމަށްފަހު ހަލޯއޭ ނުބުނެވެނީސް އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.” ނުބައި ގަޑިއެއްގަތަ މިގުޅުނީ؟؟އާން މިހާރު ނޭގޭނެ ވިއްޔަ ގުޅަން ވީގަޑިއެއް.” ޝިއާރާ ދިމާކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ.”އައްދެ ރޭގް ބިންހެލުމެއް އެރިއޭ. މަވެސް އޮތީ ޓޭޕު އަޅައިގެން އެނދުގައި” ފޯން ސްޕީކަރަށް ލުމަށް ފަހު އެމީހުންގެ ވާހަކަ ތަކަށް ރައްދެއް ނުދީ ސާރާ ބެލީ ފަތް ޖަހާފައި ހުރި އެއްޗިސް ތައް އެކި ބައިބަޔަށް އެޅޭ ތޯއެވެ. ސާރާ ވާހަކަ ދައްކަން ފެށިޔަސް ލަދު ގަންނަން ޖެހޭނީ ސާރާކަން އެއީ ދުވާލު ފަދައިން ސާރާއަށް އިނގޭ ކަމެކެވެ.
ސާރާ އައިސް ކޮޓަރީގައި ހުރި ސޯފާގައި އިނށިނެވެ. އަި ފޯން ނަގާ ސްޕީކާ ނިއްވާލަން އުޅެނިކޮށް ޝާއިފް އައިސް ވަނެވެ.އެވަގުތު އެކޮޅުން ބުނެލި ޖުމުލައިން ސާރާގެ ދެކޯތާފަތް ރަތްވެގެން ދިޔަތަން ޝާއިފްއަށް ފެނުމާއިއެކު ހީލުމަށް ފަހު ސާރާގެ އުނގުގައި ބޯއަޅާލިއެވެ.އެއަށް ފަހު ލޯމަރާ ހަމަޖެހިލިއެވެ.ސާރާ ފޯން ބޭއްވުމަށް ފަހު ޝާއިފް އާއި ޝާއިފް އާއި ދިމާލަށް ނަޒަރު ހިންގާލިއެވެ. ދެލޯ މަރާލައިގެން ޝާއިފް އޮތް އިރު ސާރާގެ އަތުގައި މަޑު މަޑުން ހިފާލައިގެން އޮތްގޮތުން ސާރާއަށް ޝާއިފް އަށް އުދަގޫ ނުކުރުމަށްޓަކައި މަޑުމަޑުން ޝާއިފްގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ސާރާ ސޯފާ މަތީގައި އޮތް ކުޝަން އެއް ނަގާ ޝާއިފްގެ ބޯދަށަށް ލައްވާލުމަށްފަހު ތެދުވަން ހިނގައިގަތީ ކޮޓަރި ތެރެ ސާފް ކޮށްލުމަށެވެ.އެހެންނަމަވެސް ކުއްލި ހަރާތަކާއި އެކު ޝާއިފް ސާރާގެ އަތުގަި ހިފާ ކައިރިޔަށް ދަމާލިއެވެ. ސާރާ ގެ މޫނު ހުރީ ޝާއިފްގެ މޫނާއި ޖެހޭ ނުޖެހޭހާ ހިސާބު ގައެވެ. އެވަގުތު ސާރާ ލަދުން އިސް އޮބާލުމާއި އެކު ޝާއިފްގެ ޝަހާދަތް އިނގިލިން ސާރާގެ ދަތް ދޮޅިގައި ހިފާ އުފުލާލިއެވެ.” ބޭބް ކީއްވެތަ ތިހާ ލަދު ގަންނަނީ ތީ؟ ޝާއިފް އާއި އެއްކޮށް މިހާ ދުވަހު އުލުން އިރުވެސް ސާރާގެ ތި އާދަ އެއް ނުކެޑުން ދޯ؟” ޝާއިފް ސާރާ އިތުރަށް ލަދު ނުގެންނެވުމަށް ޓަކައި ސާރާގެ އަތުން ދޫކޮށްލުމަށް ފަހު ތެދުވެ އުޅާހަށް ދެމިލިއެވެ. އަދި އެޔަށް ފަހު ވަރަށް މުހިންމު މީޓން އަކަށް ދާންޖެހޭތީވެޝާއިފް އަށް ބޭނުްވާނޭ އެއްޗިސް ތައްޔާރު ކުރަންސާރާ ފެށިއެވެ.އެވަގުތު ޝާއފް އަށް ބަލަހައްޓައިގެން ހުރެވުނީ އޭނާގެ ލޯބިވާ އަނބި މީހާ އާއި ދިމާލަށެވެ.ސާރާ އާއި ޝާއިފް ކައިވެނި ކުރިކަމުގައި ވިޔަސް ޝާއިފް ޗުއްޓިއެއް ނުނަގައެވެ. ސަބަބަކީ ދެދުވަސް ފަހުން ސާރާވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ޑޮކްޓަރެއްގެ ގޮތުގައި ދާން ފަށާނެތީއެވެ. އެހެން ކަމުން ޗުއްޓީއެއް ނެގުމަކީ މުހިންމު ކަމެއް ކަމަށް ނުދެކުނު ނަމަވެސް ސާރާ ވަޒީފާ އަށް ނުކުންނަންދެން ޝާއިފް އޮފީހަށް ނުދާނެ ވާހަކަ ބައްޕަ ގާތު ދަންނެވިއެވެ. ސަބަބަކީ ޝާއިފް ސާރާގެ ދިރިއުޅުމުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި ސާރާގެ އެންމެ ގާތުން ހިތްވަރު ދޭން ހުންނަން ބޭނުންވުމެވެ. އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ގެ ކޮންމެ މުހިންމު ކަމެއްގައި ގާތުގައި ހުންނަން ބޭނުންވުމެވެ. އެހެން ނަމަވެސް މިއަދު ވަރަށް މުހިންމު ކަމެއް މަޝްވަރާ ކޮށްލުމަށް ޓަކައި ކުއްލި ބައްދަލުވުމެއް ރޭވިގެން ދިއުމުން ޝާއިފްވެސް އޮފީހުގެ އިސް ފަރާތެއްގެ ގޮތުން ދާން ޖެހުނެވެ. މިހިޔާލު ތަކުގައި ހުރި ޝާއިފް އަށް ސާރާ ގޮވާލުމާއި އެކު ސާރާގެ ކޮލުގައި ފިރުމާލުމަށް ފަހު ފާހާނާ އާއި ދިމާލަށް ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.



Hi sisss. How r u. Me first dhw…Wowwww….mashaa Allah….this part is speechless sis….curiously can’t wait for next partime. Whn is next part sis?
Love u nd the story tooo❤❤❤❤
Take care and stay safe sis❤❤❤❤
??????????????
❤❤❤????????????
Sorry I told curiously can’t wait for next part.
thank u hafu dear… yes u r first.. congrats!! alhey mean a lot hama.. miadhu emme lasvegen mirey up kohla dheynan ingey… love you too darl.. labba u too hafu dear.. yes hafu ves stay safe
Masha Allah mi part ves varah Sali.??❤️??? keep it up sis ??????????? waiting for the next part sis ??
Love uuuu ❤️❤️❤️❤️❤️
TC ?????
Stay safe ❤️❤️❤️❤️
thank u ril dear… labba mirey emme lasvegen up kolaanan ngeyh.. love you more.. tc.. u too darl
Masha Allah…. Next part ga thr madam?
thank u.. labba next part ga
varah varah reethi mi bai vx…..curiously waiting for the nxt part…lysm…stay safe…
thank u kairaa darl.. lym.. u too
Hii rill
Hii hafu long time no see
Oops long time no talk dhw
varah reethi?.
waiting for the next part.
❤????❤?
Sorry ril.. Mom phn in vib delete fee that y I couldn’t talk to u. But can u give me ur number tht the way I gave u, if u don’t mind. So I can talk u whn I install vib… And how r u Ril… Miss u so much. And how is ur studies ?love u take care ????????
Ohh I also wonder what happens wether u are fine or not… Ok I will give u my number the way u give me pls get the number ok … I am fine and u I also miss u very much …. My studies are gud and u…. Love u more and tc
Here is the hint get it hafu.. ooqwpip here it’s pls let me know when u install Viber eagerly waiting to talk to u again
Sorry I told mom phn in vib delete vee that y I couldn’t talk to u
wooaaaahhhh hama neh bunaane ehcheh ves.. vvvvvv rethi.. maadhama dhw next prt.. waiting curiously
thank u naal dear..labba …
alhey sis i waited so long!!!!! finally dhw!!! maadhama dhw next prt up kohdheynee??? lysm??????????????????????be safe.. take care sis.. waiting for the next part???
sorry for keeping you wait for so long ingey.. bus koh ulhuneema up kohnulevunee.. labba inshallah.. lym..u too dear..
alhey sis mibai haadha rehcheyh.. sis ha molhah vhk liyaa kujjeh alhugaa esfiya in nudheken.. vvv reethi.. kn irakah next part.. lysm❤❤❤❤❤❤❤❤❤❤❤❤❤❤❤
heheh.. thank u dear.. means a lot 2 me..miadhu ngeyh inshallah.. lym
mashaalh mibai ves vvvvv reethi.. ekm heevanee kudakoh kuru hen.. keep it up.. allah thiba kuraa masahkathugai barakaai lahvaashi!❤❤❤❤❤
thank u shina… dhn anna bai ragalhu kohlaana inshallah.. aameen
wow wow wow wow sis.. kithanme ginain mihen kiyas nufudheyne sis ah thaureef.. vvvvvvv reethi mi part ves.. hashama haadha fuhpa ey dhw..?????btw sis mi part ves vvvvv reethi ingey… lysm❤❤❤❤❤❤❤❤❤❤
thank u thank u thank u….hehe… #ihatehashma tha?? lym
alhugadue vaahaka ge cmmnt kuri faraaithakah lahun reply kurevun kamah takai maafah ehdhen
wow sis mibaives vvvv reethi.. whn is next.. srry kureege baithakah cmmnt nukurevuneema.. ekm mihaaru hunnaane kohfa.. aslu fai kudakoh bxy v ma.. i hope e cmmnt thakah ves reply kohdheyne kamah.. btw mi stry mihaa hisaabah aiiruves vv furihama.. when i next?? lysm sis
thank u.. e ok vaane.. i understand.. labba kohdheyan inshallah.. miadhu inshallah.. lym fai
wow sis hama molheeeyh.. fai meenee bunaae ehcheh neygifa hama.. whn is next?? lysm sis
alhey thank u fai.. vv ufaavejje
wow sis.. thaaraa v wait kurihn next part ah.. vvv reethi.. whn is next.. im really curious..
thank u thaaraa… finally up kohladhevijje dhw thaaraa ah…miadhu inshaallah
wow sis haadha rom eyh.. v salhi.. dhnh kihineh baa vaanee??? lysm sisuu.. u r like hama my biological sister
alhey thank you saaraa darl… hehe… neygey dhw.. hingaa balamaa… lym dhoonya.. alhey im honored <3
wow vv reethi.. hafathaage magbool ga mi vhk gina v ma kiyanfeshee ekm mi stry ah mihaaru addict vejje.. and i really love the way you reply to all the readers… so i will also call u sis as others does.. is it ok for you??
alhey v ufaavejje dear ag mi stry kamudhiyaama… hehe.. thank you dear.. yes as you wish dear..im fine with it:)
wow sis v dhuvas fahun anekka ves cmmnt mi kohlevunee… ekm baraabarah kiyan mi stry…lysm.. i mean borahae.. u know what that means right? since u r also an army.. whn is next part sis??
thank you dear… lym.. hehe nado. borahae… YES IM AN ARMY..
wow vvv reethi mi prt ves.. feshunisureves kiyamun mi annanee ekm keh nuvee hama cmmnt eh nukohlaa hunnan… vvvvvvvv reethi..whn is next
alhey thank u dear!!!!.. v ufaavejje mi stry kiyaakanh enguneema dear~ hehe…. srry for the late reply
wow vvvvvv reethi mi part.. mee kanneyge salaa ah mi page in kiyunu emme reethi stry.. hama neh bunaane ehcheh ves .. vv reethi
thank you… hehe.. its an honor for me… thank you again
wow vvv reethi mi part ves mi stry ves.. whn is next??
thank u
mashallah… whn is next??
thank u
vvvvvv reethi mi prt ves.. whn is next??
thank u