ޖުނާން އައިސް ކޮޓަރިއަށް ވަނީ އޭނާ އަށް އިތުރަށް އެއްވެސް ގޮތެއް ހެދޭނެތޯ ވިސްނަމުންނެވެ. އަންޖަލް އޮފީހަށް ގެންދަން ބޭނުންވީ ވެސް ހުރިހާ ވަގުތެއްގައި އަންޖަލް އޭނާ ކައިރީ ހުރުމަށް އެދޭތީއެވެ. އެރޭގެ ވަގުތެވެ. މެންދަމުން 1 ޖަހަން އުޅެނިކޮށް ޖުނާން ގޮސް އަންޖަލް ގެ ކޮޓަރިއަށްވަނެވެ. މަޑު މަޑުން ހިގާފައި ގޮސް އަންޖަލް އޮތް އެދުގެ ކަނުގައި އިށީދެލިއެވެ. އަދި ގަދަ ނިދީގައި އޮތް އަންޖަލްގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އަންޖަލް އަށް ހޭލެވުނީ ޖުނާން އަންޖަލްގެ މޫނުގައި ބީހުމުންނެވެ. އަވަސް އަވަހަށް ތެދުވެ ކައިރި އިން ގޮޑީގައި އިށީދެލިއެވެ.
” ޖުނާން މިގަޑީ.. ކިހިނެއްވީ.. އައުމުގެ ކުރިން ގުޅާލިނަމަ..” ކުޑަކޮށް ނުރުހުންވެފައި އަންޖަލް ބުނެލިއެވެ.
” އަންޖޫ އަށް އޮފީހުން ޕޯސްޓެއް ލިބިއްޖެ..” ޖުނާން އިންގޮތަށް އިދެ ބުނެލިއެވެ.
” އެހެންތަ.. އެއީ ކޮން ޕޯސްޓެއް..” އަންޖަލް އަހާލިއެވެ.
” ޖައިޝްގެ ސެކެޓަރީ…” ޖުނާން މިހެން ބުނުމުން އަންޖަލް ކުޑަކޮށް ފަސްޖެހުނެވެ. އަނެކާވެސް ޖައިޝްއެވެ. މީފަހެ ތަގުދީރުގައި އޮތް ގޮތް ބާއެވެ. ޖައިޝް ނުން މީހަކާ އަންޖަލް ލައްވާނުލައެވެ. ދަތުރަކު ދިޔަޔަސް ޖައިޝްއެވެ. ގޭގެ ބެލްކަނިންވެސް ޖައިޝް އެވެ. ނުވިތާކަށް އޮފީހަށް ދިޔަޔަސް ޖައިޝް އެވެ. އަންޖަލް ފޫހިގޮތަކަށް މޫނު އަބުރާލިއެވެ. ޖުނާންވެސް ހެދޭނެ އިތުރުގޮތެއް ނެތުމުން އައިކަން އަންޖަލްއަށް އެގުނެވެ.
***
އޮފީހުގައި ޔުމްނާއާއެކު ޖަލްސާއަށް ތައްޔާރުކުރުމަށް އަންޖަލް ދިޔައީ ދަރުބާރުގެއަށެވެ. ޔުމްނާއަކީ ޖުނާންގެ ސެކެޓްރީގެ އިތުރުން އޮފީހުގެ ޑިޒައިން ޑިޕާރޓްމެންޓްގެ މަސައްކަތްކުރާ އެންމެ ހުނަރުވެރި އެކަކެވެ. ދަރުބާރުގެ ފާށަނާ މާލަން ވަނީ މާދަމާ ރެއަށް ތައްޔާރުކުރަން ފަށާފައެވެ. އެކި އެކި މުއައްޒަފުން ގޮޑިތަކާއި މޭޒުތައް އެކި އެކި ދިމަދިމަލުގައި ތަރުތީބު ކުރަމުން ދިޔައެވެ. ޔުމްނާވެސް މާފަތިތަކާއި އެއްޗެހި ބަހައްޓާނެތަން ދައްކަމުން މުޅިތާގައި ހިގަމުން ދިޔައެވެ. އަންޖަލް އަށް މީ މުޅިން އާ ކަންތައްތަކެވެ. މި އޮފީހުގައި އެކި އެކި ހަފްލާތަކާއި ޕާރޓީތައް ބާއްވާ ވަހަކަ އަންޖަލް އަޑު އެހިއެވެ. އަދި އެކި ފަހަރު އެކި ކަހަލަ ކަންތައްތަކުން ޕާރޓީ އިތުރަށް ފުރިހަމަވެގެން ދެއެވެ.
ގެއަށް ދިއުމުގެ ކުރީގައި ޔުމްނާ ގާތު އަންޖަލް މިފަހަރުގެ ތީމް އަކީ ކޮބައިތޯ އަހާލިއެވެ. ސަބަބަކީ ތީމްއާ އެއްގޮތަށް ހެދުން އަޅަން އަންޖަލް ބޭނުން ވުމެވެ. ޔުމްނާ ދައުވަތު ކާޑު ހުރިހާ އެންމެނަށް ފޮނުވާނެކަމާއި އޭގައި ތީމް އިންނާނެ ކަމަށް ބުނެލިއެވެ. އަންޖަލް ގެއަށް އައިގޮތަށް ދިޔައި ނީނާ ކައިރިއަށެވެ. ނީނާއަކީ ކައްކަން އެކަނި ކުޅަދާނަ މީހެއްނޫނެވެ. މޭކަޕްކޮށް ދިނުމަކީވެސް ނީނާ ވަރަށް ފުރިހަމައަށް ކުރާ ކަމެކެވެ.
“ނީނާ… އަޅެ ޖައިޝްގެ ޕާރޓީއަށް އަހަރެން މޭކަޕް ކޮށްދެވޭނެތަ؟” ނީނާ ފެނުމާއެކު އަންޖަލް އަހާލިއެވެ. އޭރު ނީނާއާއި މަރީ ތިބީ ކާގޭގައި ތަރުކާރީ ކޮށަންށެވެ.
” ތީ އަންޖޫ އަހާކަހަލަ އެއްޗެހިތަ؟ ކޮބަޔޯ ތީމްއަކީ..” އެތީމް އަކާ ގުޅޭ ގޮތަށް މޭކަޕް ކުރުމަކީ ނީނާގެ އެންމެ މޮޅު އެއް ހުނަރެވެ.
” ނޭގެ އަދި..” އަންޖަލް ފޯނަށް ބަލާލަމުން ބުނެލިއެވެ.
” އަހަންނަށް އެގޭ… މިފަހަރު އިންނަނީ ސުޕާ ހީރޯސް ތީމްއެއް.. އަހަރެން ޖައިޝްގެ ހެދުންވެސް ޖުނާންގެ ހެދުންވެސް ދޮވެފަ އިސްތިރި ކުރީ… ސުޕާމޭން އާއި ސްޕައިޑާރ މޭން ޓީޝާރޓް..” މަރީ ނީނާގެ ކަންފަތް ދޮށުގައި ބުނެލީ އަންޖަލްއަށް އަޑު އިއްވުމަށެވެ.
” އަސްލުތަ.. އަޅެ އަހަރެން ކޯންޗެއް ލާނީ… ” އަންޖަލްއަށް މަރީ ބުނި އެއްޗެއް އަޑު އިވިގެން އަހާލިއެވެ.
” އަންޖޫ އާ ގުޅޭނެ ސުޕާރ ވުމެން… އަހަރެން އަތުގަ އިންނާނެ ސުޕާވުމެން ޓީޝާޓެއްވެސް އަންޖޫ ބޭނުމިއްޔާ ދީފާނަން..” މަރީ އަވަސް އަވަހަށް ބުނެލިއެވެ. އަންޖަލް އުފަލުން ގޮސް މައްޗަށް އެރިއެވެ. ލާނެ ހެދުމަކާއި އެންމެ ފަހުން މޭކަޕް ކޮށްދޭނެ މީހެއްވެސް ވެއްޖެއެވެ. އަންޖަލް ހަދާން ނެތިގެން ފޯނު ބާއްވާފައި ދެވުނީ ކާގޭގައެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. މަރީ ހަލުވި ހިގުމެއްގައި އައިސް ފޯނު ނަގާ މެސެޖް ބަލާލިއެވެ. އަދި ދައުވަތު ކާޑު ފެނުމުން އަވަހަށް އެ ޑިލީޓް ކޮށްލުމަށްފަހު ޓީޝާރޓާ އެއްކޮށް އަންޖަލް އަތަށް ގޮސް ފޯނު ދިނެވެ. އަންޖަލް އުފަލުން ހުރީ މިފަދަ ޕާރޓީތަކަކީ އޭނާ އަބަދުވެސް ދާހިއްވާ ޕާރޓީތަކަކަށްވެފައި މިފަހަރު ތީމްއަކަށް ސުޕާރ ހީރޯސް އިނުމުން ޕާރޓީ އިތުރަށް މަޖާވާނެތީއެވެ.
***
މިއަދަކީ ޖައިޝް އަށް ވަރަށް ހާއްސަ ދުވަހެކެވެ. އޭނާގެ ދިރިއުޅުމުގައި އާ ކަންތައްތަކާ ކުރިމަތި ލުމަށް އަޒުމް ކަޑައެޅިއެވެ. އާތިކާގެ މޫނުމަތިންވެސް ހަމަޖެހުން ފެންނަމުން ދިޔައެވެ. ޖައިޝް ވަޒީފާއަށް ނިކުންނަ ވާހަކަ ބުނުމުން ފުރަތަމަ ރުޅި އާދެވުނަސް ފަހުން އޭނާ ހުރީ ހަމަޔަކަށް އެޅިފައެވެ.
އެހެން ދުވަސް ދުވަހެކޭވެސް އެއްގޮތަށް އަންޖަލް އޮފީހަށް ވަދެގެން އައި އިރު ގިނަ ބައެއްގެ ލޯ އޭނާއަށް އަމާޒުވެފައި ހުއްޓެވެ. އަވަސް އަވަހަށް އަންޖަލް ގޮސް ޖުނާންގެ ކެބިންއަށް ވަނެވެ. އޭރު ޔުމްނާ އަވަދިނެތި ފައިލްތަކެއް ތަރުތީބު ނުކުރެވިގެން އުޅުނެވެ. މޭޒު މަތީގައި ދައުވަތު ކާޑުވެސް އަދި ނުބަހާ ހުއްޓެވެ.
” އަންޖަލް އަޅެ މި ކާޑުތައް ހުރިހާ ޑިޕާރޓްމެންޓަކަށް ދީފަ އާދެބަލަ.. މި ނުނިމިޖެއްޔާ ޖުނާން އަހަރެން ކާލާނެ..” ޔުމްނާ މިހެން ބުނުމުން އަންޖަލް ހެވިލާފައި އައިސް އަތުގައި އިން އަތްދަބަސް ގޮޑީގައި ބައިންދާލުމަށްފަހު ކާޑުތައް ހިފައިން ގޮސް އޮފީހުގެ 6 ޑިޕާރޓްމެންޓަށް ބަހާލިއެވެ. އޭގެން ކާޑެއް އަންޖަލް އަށް ނަގާކަށް އޭނާ ހަދާނެއްނެތެވެ.
އޮފީސް ނިންމުނު އިރު ހުރީ 4 ޖަހާ ބޮޑުވެފައެވެ. 7:30 ގައި ޖަލްސާފެށޭނެއެވެ. އަންޖަލް ގެއަށް އައިގޮތަށް އައިސް ފެންވަރާލައިގެން ނަމާދުކޮށްލިއެވެ. މިއަދުވެސް އޭނާ ހުރީ މެންދުރު އެއްވެސް އެއްޗެއް ނުކައެވެ. އޮފީސްގެ މީހުން އޭނާއާ ދެތެރޭ ދެކޭގޮތް އޭނާއަށް ވަރަށް ރަގަޅަށް އެގެއެވެ. ނަމާދު ކޮށް ނިމުތަނާހެން ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.
” އަން… މިކަހަލަ ދުވަހެއްގަ މަރީ އަބަދުވެސް ގޭ އެންމެނަށް ޑްރިންކްސް ހަދާނެ…” އަތުގައި އިން ޖޫސްތަށި ދިއްކޮށްލަމުން ނީނާ ބުނެލިއެވެ.
” ތޭންކްސް އަހަރެން ވަރަށް ބަޑުހައިވެފަ ހުއްޓާ ތިގެނައި…” އަންޖަލް އެއްކޯވަރުން ޖޫންތަށި ހުސްކޮށްލިއެވެ. އަދި އިރުކޮޅަކުން ކާން ދާނަމޭ ބުނުމަށްފަހު އައިސް އެދުގައި އިށީދެލިއެވެ. މަޑު މަޑުން އަންޖަލްގެ އެސްފިޔަތަކަށް ބަރުވާން ފެށިއެވެ. އިސާހިތަކު މީހާ ނިދިގެން ވެއްޓުނެވެ.
” އަންޖަލް… އަންޖަލް… އަންޖަލް…” ނީނާ އަންޖަލްގެ ކޮޑުގައި ހިފާ ތަޅުވާލަމުން ގޮވިއެވެ. އަންޖަލް ދެލޯ އުގުޅަމުން ތެދުވިއެވެ.
” ގަޑިން..” ނިދި އަޑަކުން އަންޖަލް އަހާލިއެވެ.
” 7 ޖަހައިފި.. އަޅެ އެންމެން ގޮއްސި މިހާރު.. އަސްމާއްތަ ބުނީ އަންޖޫ ކާރެއްގަ އަންނާށޯ ބުނާށޯ…” އަންޖަލް ޖެހުނީ ހުރިގޮތަށް ކޮޅަށެވެ. އަވަސް އަވަހަށް ދަތް އުގުޅާ ހަދައިގެން ނަމާދުކޮށްގެން ނީނާ ކައިރިއަށް މޭކަޕް ކުރަން ދިޔައެވެ. އޭރު ގަޑިން 7:25 ވެއްޖެއެވެ. އަވަސް އަރުވާލައިގެން ދިޔަ އަންޖަލް އަކަށް ނީނާ ގޮވަމުން ދިޔަކަމެއް ނޭގެއެވެ. ދެވުނު އެންމެ ހަލުވިކޮށް ގޮސް ޓެކްސީއެއް ނަގައިގެން ދަރުބާރުގެއަށް ދިޔައެވެ.
***
” ކީއްވެ މަރީ ދޮގު ހެދީ… މިފަހަރު ތީމް އަކީ އޮފިޝަލްއެއް ނުން.. އެންމެންވެސް އެދިޔައި އޮފިޝަލްކޮށް.. އަންޖޫ ކިހާ ލަދެއް ގަންނާނެ..” މަރީ ރާވަމުން ދިޔަ ކަންތައް ކާމިޔާބުވަމުން ދިޔައެވެ. އެކަމާ ނީނާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” އެކަމާ ނީނާ ހާސް ނުވެބަލަ ނީނާތަ ލަދު ގަންނަނީ.. މާ ގިނަ ވާހަކަ ނުދައްކާ ހުރޭ… އަހަރެން ކުރި ކަމެކޭ ބުނެގެން ނުވާނެ..” އިންޒާރު ދޭ ގޮތަކަށް މަރީ ބުނެލިއެވެ.
***
ދޮރުން އެތެރެއަށް ވަދެގެން އައި އަންޖަލް އަށް ބަލަމުން އެންމެން ހެމުން ދިޔައެވެ. ވަދެގެން އައި އަންޖަލްއަށް އެންމެންވެސް އޮފިޝަލް ހެދުމުގައި ހުރިތަން ފެނުނެވެ. ހުއްޓުން އެރިގޮތަށް ފިޔަވަޅު ކުރިއަށް ތޯ ނޫނީ ފަހަތަށް ތޯ އަޅަންވީ އަންޖަލް އަކަށް ނޭގުނެވެ. ގަނެފައި ހުރި ލަދަކުން މުޅި މީހާ ތުރުތުރު އަޅައިގަތެވެ. އެންމެން އަންޖަލް އަށް މަލާމާތް ކޮށްފައި ހޭތަން ޖުނާން އާއި ޖައިޝްއަށް ފެނުނެވެ. ޖުނާން އަންޖަލް ކައިރިއަށް ދާން ހިގައިގަންނަން އުޅުމުން އަސްމާ އެކަން ހުއްޓުވިއެވެ. އިރުތަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ޖުނާންއަކަށް ނުކެރުނެވެ. ޖައިޝް ބަލަން ނުހުރެ އައިސް އޭނާ ލައިގެން ހުރި ކޯޓު ނަގާ އަންޖަލްގެ ކޮޑުގައި އޮޅާލިއެވެ. އަންޖަލްގެ ބަޑި ފަޅައިން ދިޔައީ ދެނެވެ. ޖުނާން އޭނާ ފެނުމުން އަޅާނުލިކަން އިހުސާސްވުމުން ދެރަވިއެވެ. ޖައިޝް އަންޖަލްގެ ކޮޑުގައި ހިފައިގެން ގޮސް އެމާލަމުން ނުކުތެވެ. އަދި ރޮވިފައި ހުރި އަންޖަލްގެ ދެލޯ ފޮހެލުމަށް ފަހު އަތުގައި ހިފާލައިގެން ގޮސް އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ.
ރާއްޖޭގެ އެންމެ މަޝްއޫރު ފެހުންތެރިޔާ އަދި މޭކަޕް އާރޓިސް ރޮޒޭގެ ފިހާރަ ކުރިމައްޗަށް ކާރު މަޑުކޮށްލީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ކާރުން ފައިބާގެން އައިސް އަންޖަލް އިން ފަޅީގެ ދޮރު ހުޅުވާލުމަށް ފަހު އަންޖަލްގެ އަތުގައި ހިފައިގެން ގޮސް އެ ފިހާރައަށް ވަނެވެ.
” ގިވް ހާ އަ ފުލް މޭކް އޯވާރ..” ކައުންޓަރުގައި ހުރި ބޭރު މީހާ ކައިރީ ޖައިޝް ބުނެލިއެވެ. އަންޖަލް ހައިރާންވެފައި އެކަމަށް އިންކާރު ކުރުމުގެ ގޮތުން ޖައިޝްގެ އަތުގައި ހިފާލުމަށްފަހު އެތަނުން ދާން ދަމާލިއެވެ. އިރުކޮޅަކުން ދެ އަންހެން ކުދިން އައިސް އަންޖަލް ގާތު އައުމަށް އެދުނެވެ. ޖައިޝްގެ ހިތްހެޔޮކަން ފެނި އަންޖަލް ޖައިޝްއަށް ހިތާ ހިތުން ޝުކުރުވެރިވިއެވެ. އޭނާ ހަޔާތުގައިވެސް އެންމެ ލަދު ގަތް އެއް ވުވަހަކީ މިއަދެވެ. މިއަދު ޖައިޝްވަނީ އޭނާ އަށް އެހީތެރިވެދީފައެވެ.
ރިސެޕްޝަން ކައިރީ އިން ސޯފާގައި ފޮތެއް ނަގައިން އިން ޖައިޝް ފޮތް ބާއްވާލުމަށްފަހު ކޮޅަށް ތެދުވެލިއެވެ. އޭނާގެ ހަޔާތުގައިވެސް މިފަދަ ރީތިކަމެއް އަދި ނުދެކެވެ. ވިދާ ފޮތީގެ އަތްދިގު ހެދުން ތަބިކައްޓާ ހަމަޔަށް ފޯރައެވެ. ކަނާތް ފަރާތު ކަކުލާ ހަމައިން ހެދުން ފަޅާލާފައި ވުމުން އަންޖަލް އަންހެންވަންތަ ދޮން ފައި ފެންނަމުން ދިޔައެވެ. ކަންފަތުގައި ލައްވާލާފައި ވަނީ ހުދު އެސް ޖެހި ބޮޑު މުންޖެކެވެ. ހައި ހީލްސް އަށް އަރާފައި ހުރި އިރު ހީވަނީ ހަމަ ރީތީގެ ރާނީއެއް ހެންނެވެ. ޖައިޝް މާވަރަކަށް ބަލަން ފެށުމުން އަންޖަލް ލަދުގަންނަ ގޮތް ވިއެވެ. އަދި އިސްޖަހައިލައިގެން ހުރެ ޖައިޝް ކައިރިއަށް އައެވެ. ޖައިޝްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަންޖަލްގެ ރީތިކަމުގެ ޖާދޫގައި ފިހާރަ ތެރޭތިބި މީހުން ޖެހެން ފެށުމުން ޖައިޝް އަންޖަލް އަވަހަށް އެތަނުން ނެރުނެވެ.
އެންމެންގެ ލޯތަށް އަމާޒުވެފައި ހުރީ ޖައިޝްގެ އަތުގައި ހިފާލައިގެން ފަރި ހިގުމެއްގައި އައި އަންޖަލް އަށެވެ. ޖުނާންވެސް ބަސް ހުއްޓިފައި ހުރީ އަންޖަލްގެ ރީތިކަން ފެނުމުންނެވެ. ބައެއް މީހުން ފޯނުން އަންޖަލްގެ ފޮޓޯ ނަގަމުން ދިޔައެވެ. އިސްހާޤުގެ މޫނުމަތިން ހިނުތުންވުން އެއްފަހަރުވެސް ނުކެޑެއެވެ. އޭނާގެ ދަރިފުޅު މިހާ ބަދަލު ވީ އަންޖަލްގެ ސަބަބުންކަން ދެނެގަންނަން އުދަގުލެއް ނުވިއެވެ.
” އޯ މައި ގޯޑް… ވާވް..” ޖޫދު އަގަ ހުޅުވިފައި ހުރިތަން ފެނުމުން ޖައިޝް ޖޫދުގެ ދަތް ދޮޅީގައި ހިފާ އަގަ ލައްޕާލިއެވެ. އަންޖަލް މަޑު މަޑުން އައިސް އަސްމާ ކައިރީ މަޑުކޮށްލިއެވެ. އޭރު އެތާ ޖުނާންވެސް ހުއްޓެވެ. ނަމަވެސް އަންޖަލް ޖުނާން އާ ދިމާލަށް ބަލާވެސް ނުލައެވެ. މިރޭ ވީ ކަންތައްތައް އޭނާ ހަންދާން އެބަހުއްޓެވެ. ޖުނާން އަންޖަލް ދެކެ ލޯބިވާނަމަ އެގޮތަށް މީހުންގެ މަލާމަތަށް އަންޖަލް ދޫނުކޮށްލާނެއެވެ.
” އުހުމް އުހުމް.. އަޅުގަޑަކީ ޖައިޝް އިސްހާޤް.. އިގޭނެ ފަދައިން އިސްހާޤް އަބްދުﷲގެ އެންމެ ދޮށީ ދަރި.. އަސްލު މިކަހަލަ ތަންތަނުގައި ވާހަކަ ދައްކާކަށް އަޅުގަޑަކަށް ނޭގެ.. ކޮންމެ ގޮތެއް ވިޔަސް އަޅުގަޑު މާދަމައިން ފެށިގެން ސޯލް ކޮންޕެނީގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނަން.. އުންމީދު ކުރަން ހުރިހާ ބޭފުންވެސް އަޅުގަޑާ ގުޅިގެން މި ކުންފުނި އިތުރަށް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް..” ޖައިޝް ޕޯޑިއަމްއަށް އަރާ ވާހަކަ ދައްކާ ނިމުމުން އެންމެ ހޫނު އަތްތިލަބަޑިއެއް ދިނެވެ.
” އަދި އެއްކަންތައް.. އަންޖަލް..” އަންޖަލް އާ ދިމާލަށް އަތް ދިއްކޮށްލަމުން ޖައިޝް ގޮވާލިއެވެ. އަންޖަލް ދެފަޅި ބަލާލުމަށްފަހު އަހަރެންހޭ ބުނާފަދަ ގޮތަކަށް މޫނު ހަދާލިއެވެ. ޖައިޝް ބޯޖަހާލުމުން އަންޖަލް މަޑު ހިގުމެއްގައި އައިސް ޕޯޑިއަމް ކައިރިއަށް މަޑުކޮއްލިއެވެ.
” މީ އަހަރެންގެ ސެކެޓްރީ… އަދި މިފަދަ ކަންތައް ތަކަށް ވަރަށް އާވާނެ.. ސޯ ހުރިހާ ބޭފުޅުންވެސް މިރޭ ވީ ކަންތައް ހަދާން ނައްތާލުމަށްފަހު އާ އަޒުމަކައިގެން ކުރިއަށް ދާން ނިންމާ.. އަންޖަލްވެސް ވަރަށް ރަގަޅަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން..” އަންޖަލް އަށް އެއްލޯ މަރާލަމުން ޖައިޝް ބުނެލިއެވެ. މީހުން ބަލަން ތިބުމުން ހެވިލާފައި އަންޖަލް ބޯ ޖަހާލިއެވެ. ޖުނާން އެތަނުން ނުކުމެގެން ދިޔަތަން އަންޖަލްއަށް ފެނުނީ އެވަގުތުއެވެ.
= ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




Maasha Allah VVV reethi????
Thank you Ram ?
Siss varah reethi mi prt vx …. Alhe Mary ????????????…. Mi Mary gadakaa hedhi hurihaa kamehvx fani vanee …. Btw this prt is hama amazing ♥️♥️♥️♥️♥️♥️♥️…. I think enme fahun jaish ah kahneyge anjal libeynee I guess ????????????…. Waiting for nxt … Luv u sissoo ♥️♥️♥️❤️❤️❤️
Stay safe ?????
TC???????
Saranghae ?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️♥️❤️♥️?♥️❤️?♥️♥️♥️❤️??♥️
Hello afu.. kihinehtha???
Awwn thank you ❤
Hahaha.. mary dheke haadha rulhi eh thi annany…
Hahaha… thihenves vedhaane hama…
Saraghae.. TCt…. ??
Mee boys over fowers ge scene eh hen haadha heeveyey ?.. Anyways story vrh salhi.. Waiting for next part.. ☺️
Masha Allah Varah reethi mi part ves.. Mary ah varugadha landeh dheefa ingey stry ninmaalan vaany.. I HATE MARY.. And sorry for not commenting.. Aiko bxy kamun Comment eh nukurevuny.. MIANHAE EONNIE.. Saranghae EONNIE ?
eonnie fb beynun kuran thah.. Fb id dheeba plz..
Annyeong aiko!! Thank u sweety☺☺
Hahaha aan mary ah varugadha ladeh dheynan ingey…
Nado saranghae.. sorry FB baynumeh nukuran.. hehehe
Mi part ves varah Sali mash Allah. Aley anjaal ah Evy haadha dheragothekey dhw.????? Mi Mary haadha goohey dhw. Hate u Mary?????? but jaish anjaal gaagaa coat alaadhinthankoo haadha ROM vefaa cute ey.??❤️???? Ril ah Hama enme guleny anjal aa jaish aa..??????????❤️? waiting for next sisooo ❤️❤️?❤️?
Saarangeyo eonni❤️??❤️??
Joshimheyo❤️???
Ril.. long time dhw… kihinehtha??
Yuh.. anjal fakeeru ladhun halaak vefa dhw… loabivevunyma dhen komme fadha kamehves kuraanedhw… eii mary ah vegen ulhey gothaky…
Hahaha… rilge hithuge vindha kulhelan lee scene eh eii…
Saranghae dongsaeng ????
Awwwwwwn sissssyyyyy….. I feel like I am watching a movie…… It’s very nice….. ❤️❤️❤️❤️❤️?????❤️❤️❤️❤️❤️??????❤️❤️❤️❤️❤️❤️?????❤️❤️❤️❤️❤️❤️❤️???????keep it up….
Love you ❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️??????
Dongsaengaaaa… jal jinaesseo?
Hahaha ehentha! Thank you ❤❤❤❤❤
Abadhuvex oriyaan hendhun noony nuleveyne mi muslim anhenverinnaakah boahalaaku?♀️
I was just going to ignore this…. ekm hama ehcheh bune nula nuhurevuny… first of all this is story.. story ehgga e writer beynun gothakah characters ves adhi ehen ehchehi ves describe koh dheveyne… i dont find it a problem.. if you are going to enjoy this masterpiece story just enjoy and leave.. vahaka ehgga hedhumeh laa gotha aslu hedhun laagoi thafaathu vedhaane…. thihen bunyma thythi nisbai vany hurihaa anhenunnah.. its kinda offensive… miavure maa bodah hedhun describe kohffa kuru hedhun gothuga ehen vahaka thakuga hurey… i dont know why you are making a issue of this…
Sorry if it offended you fathima… however I believe thay since this is fiction story there could be such things.. as this is not a real one… will take this comment in consideration.. thank you..
Its okay laya.. we all have the freedom of speech.. so anyone can give there opinion and say what they want.. its not a big problem..
Wowww… Vrh reethi… Vhk liyan thivareh neii
Awwnnn thank you shuba ❤❤❤❤❤
Mi vaahak ves vrh vrh reethi unmeedhu kuran vrh avahah dhn oi part thah ves neredhehvaane kamah??
Alheyyyy e Mary moya vaneetha . Anyways varah reethi mi part ves curiously waiting for the next part ☺️☺️☺️
Hahaha…
Thank you starlight vixx ❤❤
Hello sis.. laya v gina dhuvas vejje dhw comment eh nukuraathaa.. dont worry sis laya sis ge hurihaa part ehves kiyan…
Masha allah mi part ves hama varah salhi… ebunaahen mi mary miulheny moyavegentha?? Laya namaves ladhub halaaku vaane bodu party ehgga ehen v ma..
And btw sis jaish haadha sweet ey dhw… wish he was my BF… hahaha i know its just a imagination kan… saraghae sis.. waiting for next part.. avahah upkohdhehchey…
Wow?…masha allah?..I just love this stry??..curiously waiting for the nxt part❤️..lysm darl❤️?????…
Thank you shaayan ???
LYSM ?
Sis layage comment keehve nufennany???
I read it laya… thank you ☺
Its in pending…
Alheyyyy sis when is next part… You always does so late and varah reethi
Next part uploaded sweety!!!
Hehe I did submit it but its taking time to be uploaded after review….
And thank you sweety ???