ލޯތްބައްޓަކައި(12ވަނަ ބައި)
މާގިނައިރު ކުރަން ނަހަދާ ރަފްގާ އޭނާގެ އަތުގައި އޮތް އެހެން ފޯރމެއް އެ ފޯރމު ބަަލައިގެން ފުރާލިއެވެ.ހަމައެކަނި ތަފާތަކީ ކުރިމަތި ލާން ބޭނުންވާ މަޤާމު އޭނާ ބަދަލު ކޮއްލި ކަމެވެ.ފޯރމު ފުރާ ނިމުމުން އެ އަނބުރާ ސިޓީ އުރައަށް ލުމަށްފަހު ފަލަކް ގެ ކޮޓަރިން ނިކުތް ރަފްގާގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމެވެ.
************
ސުކޫލަތް ވައިން ގިނަ ކުދިންގެ މިސްރާބަކަށްވީ ސުކޫލު އޮފީހެވެ.އެހެންކަމުން އޮފިސް ކައިރީގައި ފުދޭ ވަރަކަށް ކުދިން އެއްވެފައި އޮތެވެ.ޝޫރާއާއި އެއްކޮން ގޮސް ފޯރމު އޮފީހާއި ހަވާލު ކޮއްފައި ކުލާހަށް ދާން އެނބުރިލި ރަފްގާއަށް ލޫތުއާއެކީ އައިސް އެތަނައް ހުއްޓުނު އާލިމް ފެނުމުން ބޭއިހްތިޔާރުގައި ބަލަހައްޓައިގެން ހުރެވުނެވެ.ނަމަވެސް ޒުމާއާއި އެކު އެތަނަށް އައިސް ހުއްޓުނު ފަލަކް ފެނުމުން ރަފްގާގެ އިތުރުން ޝޫރާގެ މޫނު މަތިންވެސް ނުރުހުން ފާޅުވާން ފެއްޓިއެވެ.އާލިމް އިރުއިރު ކޮޅާ ފަލަކްއަށް ޖެއްސުމެއް ކޮއްލާތަން ފެނުމުން ރަފްގާގެ ހިތުގައި ފަލަކްއާ މެދު އޮތް ހަސަދަވެރިކަން ހަގުނަޔަށް އިތުރު ވެގެން ގޮސް ދެދަތްޕިލަ ޖައްސައި ބާރު ކޮއްލެވުނެވެ.އަދި އޭނާ އެތަނުން ދާންހިނގައިގަތެވެ.”ހުވާ މިބުނީ އޭނަ މިހާރު އަހަރެންގެ އާލް އާ މާ ގާތް ވެގަނެގެން އެއުޅެނީ…މިވަރުން ދަންޔާ އާލްވެސް އޭނަޔަށް ހިތްކިޔާ ފާނެ…ނޯ ނޯ ނޯ އެހެންވިޔަކަ ނުދޭނަން”ރަފްގާ އެދިޔަ ބާރުމިނުގައި ގޮސްވަނީ ސުކޫލުގެ ފާހަނަޔަށެވެ.އެވަގުތު އެހެން ކުއްޖެއް ފާހަނައިގައި ނެތްކަމީ ނަސީބެކޭ ރަފްގާގެ ފަހަތުން އައި ޝޫރާގެ ހިތައްއެރިއެވެ.”ޝޫ ބުނެބަލަ އަހަރެން ކިހިނެއްތަ ހަދަންވީ…އޭނަ އެދަނީ އަހަރެންގެ ހުރިހާ އެއްޗެއް ފޭރެމުންނޭ…އަދި އޭނަ މިކޮޅަށް އައިތާ މިވީ އެންމެ ދެ ހަފްތާއޭ…މިވަރުންދަންޏާ ކިހިނެއް އަހަރެންނަށް ވާނީ…”ވާހަކަ ދައްކަމުން ދިޔައިރު ރަފްގާއެކޭ ދުނިޔެއަށް މޮޔަ ވެފައި ހުރި މީހެކޭ ތަފާތެއްނެތެވެ.ކުރު ނޭވާތަކެއް ލަމުން ދިޔައިރު އޭނާ މިވަގުތު ފެނުނު މީހަކުވެސް ޖެހިލުންވާނެ ކަން ޔަޤީނެވެ.”ރަފް ރަފް ރިލޭކްސް ޑީޕްބްރެތްސް”ޝޫރާ ރަފްގާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.މޫނު ދޮންނަ ތައްޓަކާއި ކައިރިވެލުމަށްފަހު އިސްކުރު ދޫކޮއްލަމުން ފެންގޮއްޓެއް ނަގައި ރަފްގާ އޭނާގެ މޫނަށް ޖަހާލިއެވެ.
ކުލާހަށް ވަދެގެން އައި ރަފްގާގެ މޫނުހުރި ގޮތް ފެނުމުން ކަމެއް ގޯސްވެއްޖެ ކަމުގެ ރަތް ސިގުނަލް ފަލަކް ގެ ސިކުނޑިއަށް ލިބުނެވެ.އަދި މުދަރިސް ނާންނާތީ ފަލަކް ގޮސް ރަފްގާގެ ވާއަތުގައި ހުރި ހުސް ގޮނޑީގައި އިށީނދެލިއެވެ.ބޯޖަހައިގެން އޮތް ރަފްގާ ބޯއްލާލިއިރު ދުރުގައި އުލާ ޔާ ވާހަކަ ދައްކަން އިން ޝޫރާ އަވަހަށް އެދިމާލަށް ހިނގައިގަތީ ރަފްގާއަށް ގޯސް އެއްޗެކޭ ބުނެވިދާނެ ތީއެވެ.”ރަފް ޔޫ އޯކޭ؟”ފަލަކް އަހާލިއެވެ.އެއާ އެކު ޝޫރާއައިސް އެތާ ހުއްޓިލިއެވެ.”އާން ރަފް ކުޑަކޮއް ބޮލުގަ ރިއްސާތީޔޯ”ރަފްގާ ރުޅިއައިސް އެއްޗެއް ބުނުމުގެ ކުރިން އަވަހަށް ޝޫރާ ޖަވާބު ދިނެވެ.އެހެންހެއްޔޭ ކިޔާ ފަލަކް ރަފްގާގެ ބޮލުގައި ފިރުމާލާފައި ގޮސް އޭނާގެ ގޮނޑީގައި އިށީނީ މުދަރިސްވެސް އައިސް ކުލާހަށް ވަނުމާއި އެކީގައެވެ.ފަލަކް ދިއުމާއެކީ ދަބަހުން ޓިޝޫ އެއްނަގައި ރަފްގާ ފަލަކް އަތްލިތަން އޭގެން ފޮހެލިއެވެ.މިތަން ޒުމާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.ނަމަވެސް އޭނާ އެ ވާހަކަ ފަލަކްގާތުގައި ނުބުނީ ޔަޤީންނުވާތީއެވެ.
ބްރޭކް ގަޑީގައި ގިނަ ކުދިން ނޯޓިސް ބޯރޑުގެ ކައިރިއަށް އެއްވެފައި ތިބީ ސުކޫލުގެ އިސް މަޤާމު ތަކަށް ކުރިމަތިލެވޭނެ އެކަމަށް ޤާބިލް ކެނޑިޑޭޓުންގެ ލިސްޓު ނެރެފައި އޮތުމުންނެވެ.ޒުމާ އާއެކު ގޮސް ޖާގަ ކޮޅެއް ހޯދައިގެން ބޯރޑާ ކައިރިވި ފަލަކް ގެ ދެލޯ ބޮޑުވެގެން ދިއައީ އޭނާ ކުރިމަތިލީ މަޤާމު ނޫން އެހެން މަޤާމަކަށް އޭނާ ނޮމިނޭޓު ވެފައި އިނުމުންނެވެ.”ޒުމް އަހަރެން ކުރިމަތިލީ ގޭމްސް ޑެޕިއުޓީގެ މަޤާމަށޭ…ސްކޫލް ޑެޕިއުޓީ ކެޕްޓަންގެ މަޤާމަކަށް ނޫނޭ..”ނޯޓިސް ބޯރޑާ ދުރައް ޖެހިލަމުން ފަލަކް ޒުމާގެ ގާތު ބުންޏެވެ.”ވަޓް..އާރ ޔޫ ސުއާރ..ރަނގަޅު ގޮޅީގަ ތަ ފާހަގަލީ..؟”ކަންބޮޑުވެފައި ހުރެ ޒުމާވެސް އަހާލިއެވެ.”އާންއެކޭ..ރޭ ރަނގަޅަށް ޗެކް ކޮއްފައޭ ފޯރމް ސިޓީ އުރައަށް ލީވެސް..”ޔަޤީންކަމާއެކު ފަލަކް ބުންޏެވެ.”ދެނޯ….ކިހިނެއްވެފަ އޭނީ..އެކަމް ސްކޫލް ޑީޕީ ވެސް އެއީ ގޯސް މަޤާމެއް ނޫނޭ..ދެން ކާކު ތި މަޤާމަށް ނޮމިނޭޓް ވެފަ އިނީ.؟”ޒުމާ އަހާލިޔެވެ.”ޝޫރާ ޔާ އެގާރަ ބީ ކުލާހުގެ ރަނާ..”އެތަނަށް އައިސް ހުއްޓުނު އާލިމް ބުނެލިއެވެ.”ޝޫރާޔާ ފަލަކް ސޭމް ކްލާސް ދޯ…އޭ ވަރަށް ވާދަވެރި ވާނެ ތިހެންވީރުން..”ލޫތުވެސް ވާހަކަ ދެއްކީ ކަންބޮޑުވެފަ ހުރެއެވެ.މޫނު މަތިން ކަންބޮޑުވުން ފޮރުވާލަމުން ފަަލަކްވެސް ހީލިއެވެ.”އޭ ތިއެއްނޫނޭ…މަގޭ ފަރާތުން އައިސް ކްރީމް ޓްރީޓް މިއަދު އެންމެނަށް ހިނގާ ބޭރަށް ޖައްސާލަން..”މާހައުލުގެ ހޫނުކަން ފިލުވާލުމުގެ ގޮތުން ލޫތު އެދުނެވެ.
”ނުހާ ދަރިފުޅާ އަވަސް ކޮއްލަބަލަ ޑެންޓިސްޓް ވެއިޓެއް ނުކުރާނެ ދަރިފުޅު އަންނަ ދެނެއް…އެޕޮއިންޓްމެންޓް ކެންސަލް ވެދާނެޔޭ”ގޭ ދޮރުމަތީގައި ހުރެ ރޫމާ ދިއައީ ނުހާ އަށް ގޮވަމުންނެވެ.މިއަދު ސުކޫލުގައި އިންދައި ދަތެއްގައި ރިއްސާތީ ނުހާ ގެއަށް ގެނައީ އެވެ.އޭނާ މަޑު ކޮއްގެން އެހެރީ އެއްޗެހި ބަދަލުކޮއްގެން ނުހާ ކޮޓަރިން ނިކުންނާނެ އިރަކަށެވެ.”މަންމާ މިއައީ އޭ…”ރޫމާ ގާތު ހުއްޓިލަމުން ނުހާ ބުންޏެވެ.ކާރުގައި އެދެމައިން މިސްރާބުޖެހީ ކުލިނިކާއި ދިމާލަށެވެ.
”ރަފް އިނގޭތަ އެންމެ ފަހުން އެ ފަލަކް ގަނޑު ކުރިމަތި ލާފަ އިނީ އަހަރެންވެސް އެޕްލައި ކުރި ޕޯސްޓް އަށޭ…ވަރަށް ފޫހިވޭ..”ބެންޗްއެއްގައި އިށީނދެގެން އިން ރަފްގާ ގާތުގައި އިށީންނަމުން ޝޫރާ ވާހަކަ ދެއްކިއެވެ.”ހާސްނުވެބަލަ ޝޫ..އޭނަ ކުރިމަތި ލިޔަކަސް ހޮވިގެންތާ ދޯ”ހަމަޖެހިލައިގެން ހުރި ރަފްގާ ފެނުމުން ޝޫރާގެ ހިތުގައި ޝައްކުގެ އޮއެވަރެއް ދުވެލިއެވެ.”ރަފްއަށް އިނގޭ ދޯ މާކުރިންވެސް މިކަން؟”ޝޫރާ އަހާލިއެވެ.”ތީ އެއްނޫން މިވަގުތު މުހިންމު ވާހަކައަކީ…ނައު ޖަސްޓް ފޯކަސް ފަލަކް ޑިފީޓް ކުރުމާމެދު..”ވިހަ ހިނިތުންވުމެއް ވެރި ކުރުވައިގެން އިން ރަފްގާގ މޫނު ޝޫރާއަށް ފެނުނުނަމައެވެ.ހަމަ ގަސްތުގައި ފަލަކްގެ ފޯރމުގައި ރަފްގާ ޝޫރާ ކުރިމަތި ލީ މަޤާމުގެ ގޮޅީގައި ފާހަގަ ޖެހީ ފަލަކް އާމެދު ޝޫރާގެ ހިތުގައި ނަފްރަތެއް އޮތް ނަމަ އެނަފްރަތު އިތުރައް ފުންކުރާށެވެ.އަދި ޝޫރާ ފަލަކްއަށް އެއްވެސް ނަފްރަތެއް ނުކުރާނަމަ ނަފްރަތު އާލާ ކުރުމުގެ ނިޔަތުގައެވެ.އަމިއްލަ އެކުވެރިޔާ އާމެދު ވެސް ވިސްނާނުލާ ރަފްގާ ބޭނުންވީ ފަލަކްއަށް ދެރަގޮތެއް މެދުވެރި ކުރެވޭނެ ހުރިހާ ގޮތެއް މެދުވެރި ކުރާށެވެ.ރަފްގާގެ ވިސްނުމަށް ތާއީދުކޮއް ޝޫރާ ކެމްޕެއިނުގެ ކަންކަން ރާވަންފެށިއެވެ.
ސުކޫލާ އެހާ ދުރު ނޫން ހިސާބެއްގައި ހުރި ލުއި ބުއިން އަށް ޒުމާ ލޫތް އާލިމް އަދި ފަލަކް ވަނީ އައިސްކްރީމް ގަންނާށެވެ.މަގުމަތިން އައި އިރުވެސް އާލިމްގެ ކުދިކުދި ގޯނާތައް ފަލަކް އާ ކުރިމަތިވަމުން ދިއައެވެ.ދުލެއް ނުދީ ފަލަކްވެސް އާލިމްއަށް ޖެއްސުމެއް ކޮއްލައެވެ.މި މަންޒަރު ފެންނަ ކޮންމެ ފަހަރަކު ހީހީ ގޮސް ޒުމާއާއި ލޫތް ތިބެނީ ހަންވާވަރު ވެފައެވެ.”އޭ ބާއި ނެތްތަ ރުޅި ގަދަވާ ކުދިންގެ ރުޅި ފިނި ކުރާ ކަހަލަ އައިސްކްރީމެއް”ކައުންޓަރު ކައިރީ ހުއްޓެމުން އާލިމް އެތާ ހުރި ބިދޭސީ މީހާއާއި ދިމާލަށް ބުނެލީ ތުންދަމައިގެން އިން ފަލަކްއާ ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ.ވަގުތުން ފަލަކް އެ ތަނުން ނިކުމެގެން ދިއައެވެ.ގަންނަންވީ ވައްތަރު ތައް ބުނުމަށް ފަހު ޒުމާވެސް ބޭރަށް ނިކުމެލިއެވެ.ދުވާރު މަތީގައި ހުރި ފަލަކް ނުހާ އޭ ކިޔާ ކުއްލިއަކަށް ހަޅޭއްލަވައި ގަތުމައްފަހު މަގުމައްޗައް ދުއްވައި ގަތުމުން ޒުމާ އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.ފަލަކް ދިއަގޮތައް ގޮސް މަގުމެދުގައި ހުރި ކުޑަ އަންހެން ކުއްޖެއްގެ އަތުގައި ހިފާ ދުވާރު މައްޗައް ގެނައެވެ.އެހެންލާފައި ދިޔަ ޕިކަޕުގައި ނުޖެހި އެކުއްޖާ ސަލާމަތްވީ ހަަމަ ކިރިޔާއެވެ.އަނެއް ފަޅީ ދުވާރުމަތީގައި ހުރި ރޫމާވެސް ފަހަތައް އެނބުރިލީ ފަލަކްގެ ހަޅޭކުގެ އަޑަށެވެ.ޕިކްއަޕު ދިއުމާއެކު ރޫމާވެސް ދުވެފަ ކަހަލަ ގޮތަކަށް ފަލަކް އާއި ނުހާމެން ތިބި ދިމާލަށް އައެވެ.ލުއި ބުއިން ތެރޭގައި ތިބި އާލިމް އާއި ލޫތް ވެސް މި މަންޒަރުފެނުމުން ބޭރަށް ނިކުތެވެ.އޭރުވެސް ކުޑަކުޑަ ނުހާ ހުރީ ބިރުންގޮސް ފަލަކްގެ މެދުހަށީގައި އޮޅުލައި ގަނެގެންނެވެ.”ނުއްކޯ ބަލާބަ މަންމަާ ދިމާލަށް..ދަރިފުޅަށް ގޮތެއްވިތަ؟”އައިސް ނުހާޔާ އެއްވެރަށް ތިރިވެލަމުން ރޫމާ ވާހަކަދެއްކިއެވެެ.އޭނާވެސް ހުރީ ބިރުން ގޮސް ހަލާކު ވާވަރު ވެފައެވެ.ދެންމެ ފަލަކް އެތަނައް ނައިނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ.”ނުހާ ބަލާބަ ފަލަކް ދައްތައާ ދިމާލަށް…އެއީ އެވަރު ކަމެއް ނޫނޭ ލުކް އެވްރީތިންގް އިޒް އޯލްރައިޓް..”ނުހާ ގެ މޫނުގައި ހިފާލަމުން ފަލަކް ބެލީ ނުހާ ހަމަޔަކަށް އެޅުވޭތޯއެވެ.އޭރުވެސް ބިރުންގޮސް އެކުއްޖާ ދިއައީ ރޫރޫ އަޅަމުންނެވެ.ކުލިނަކަށް ދައްކާލުމަށްފަހު ނުހާގެ ދަތެއްގައި ފުޓުނި އެޅުމުން ރޫމާ އޭނަ ގޮވައިގެން ލުއި ބުއިމަށް އައީ އައިސްކްރީމެއް ގައިން ދިނުމަށެވެ.ކާރުން ރޫމާއަށް ނުފޭބިގެން އުޅެނިކޮއް ނުހާ ހިނގައިގަތީއެވެ.ޒުމާ ވެސް އައިސް އެމީހުންގެ ގާތުގައި ހުއްޓިލިއެވެ.”ނުއްކޯ..މޯމް އާ ވާހަކަ ދައްކަބަލަ..”ނުހާގެ އަތުގައި ހިފާލަމުން ރޮވޭހާލު ރޫމާ ވާހަކަދެއްކިއެވެ.”ފަލަކް.. މިއަދު ދަރިފުޅު ނައި ނަމަ ނޭނގެ ވާނެ ގޮތެއްވެސް..ދައްތަ އަކަށް ނޭނގެ ދަރިފުޅަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް…”ޝުކުރުވެރި ވާހާލު ރޫމާ ފަލަކް އާ ދިމާލަށް ބުނެލިއެވެ.ދަރިފުޅާ އޭ ކިޔައި ރޫމާ ވާހަކަދެއްކުމުން ފަލަކްގެ ދެލޯ ފެންކަޅިވެގެން ދިއައީ ރަޝްފާ މަތިން ހަނދާންވުމުންނެވެ.”ދޮންބެ..މަންމާ ދޮންބެ”ނުހާގެ އަނގައިން ނިކުތީ އެ ތިން ލަފްޒެވެ.ނުހާ ވިހީންސުރެ ރޫމާގެ ފިރިމީހާ ނަޔާޒް ގިނައިން އުޅެނީ އޮސްޓްރޭލިއާގައި ވިޔަފާރި ކަންކަމުގައި އަވަދި ނެތިއެވެ.އެހެންކަމުން ނުހާ ބައްޔެއްވިޔަސް ނިކްޔަން އޭނާގެ ގާތުގައި ހުންނަ ވަގުތު ގިނަ ވުމުން ބިރުގަންނަ ނުވަތަ ބަލިވާ ކޮންމެ ފަހަރަކު ނުހާއަށް އެންމެ މުހިންމު ވަނީ ނިކްޔަންއެވެ.ނުހާ އެންމެ ފަސޭހައިން ހަމަޔަކަށް އެޅުވޭނީ ނިކްޔަން އަށް ކަމަށް ވުމުން ރޫމާ ފަލަކްގާތުގައި އެދުނީ ނިކްޔަން އަށް ގުޅާދިނުމަށެވެ.އަދި ނިކްޔަންގެ ނަމްބަރުވެސް ރޫމާ ފަލަކްއަށް ދިނެވެ.
ބެންޗުގައި ތޮއިފްމރނާއެކު އިން ނިކްޔަން އަތުގައިއޮތް ފޯނު ރިންގު ވާން ފެށުމުން އެއްފަރާތަކަށް ޖެހިލަމުން އެޔަށް ޖަވާބުދޭން އަވަސްވެގަތެވެ.ނުދަންނަ ނަމްބަރެއް ކަމުން އެކޮޅުން ހަލޯއޭ ބުނި އަންހެންކުއްޖާގެ އަޑު އިވުމާއި އެކީ ކާކުތޯ ނިކްޔަން އަހާލިއެވެ.ވެގެން އުޅޭގޮތް ފަލަކް ކިޔާދިނުމުން ސުކޫލުން ނިކުމެގެން ނިކްޔަން ހަލުވި ހިނގުމެއްގައި ފަލަކް ބުނި ދިމާލަށް ދުއްވައިގަތެވެ.ދިހަ ވަރަކަށް މިނެޓު ވެގެން ދިއައިރުވެސް ނުހާ ހުރީ ހުރިގޮތައް ގަބުއަރާފައެވެ.ދުވެފަކަހަލަ ގޮތަކަށް އެތަނައް އައިސް ހުއްޓުނު ނިކްޔަން ފެނުމުން ރޫމާގެ އުރުތެރެއިން ނިކުމެގެން ގޮސް ނުހާ ނިކްޔަންގެ ގައިގައި އޮޅުލައިގަތެވެ.ކުރިން ނިކްޔަންއާއި އޮތް ގާތް ގުޅުމުގެ ސަބަބުން އާލިމްއަށް އެގޭ އެންމެންވެސް އެނގެއެވެ.ނަމަވެސް އޭނާއަށް ނުވިސްނުނީ ފަލަކްއާއި އެ މީހުނާއި އޮތް ގުޅުމެވެ.އިރުކޮޅަކު ނިކްޔަން ވާހަކަދައްކާ ސަމާސާ ކޮއްލުމުން ނުހާ ހަމަޔަކަށް އެޅުނެވެ.”ފަލަކް ހިނގާ ދައްތަ މެންނާއެކު އެމްބީ އަށް ވަދެ އެއްޗެއް ކާލައިގެން ދާން…ނިކް އާ ދެކުދިންނައް އެކީގަ ސުކޫލައް ދެވޭނެ އެއްނު ދޯ…”ޒުމާމެން ގާތައް އެނބުރިދާން ފަލަކް ނެގި ފިޔަވަޅު ފަހަތައް އަޅާލަން ޖެހުނީ ރޫމާ އެމީހުނާއެކީ ކާން ދިއުމަށް އޭނާ އަށް ދައުވަތު ދިނުމުންނެވެ.”ޔެސް ފަލަކް ދައްތާ ޕްލީސް..”ނުހާ އެދުމުން ފަލަކް ޒުމާމެނާ ދިމާލައް ބަލައިލިއެވެ.ޒުމާ ބޯޖަހާލުމުން ރުމާ ނިކްޔަން އަދި ނުހާ އާއެކު ގޮސް ކާރައް އެރި ފަލަކް ފެނުމުން އާލިމްގެ ހިތް ނުބައި ގޮތަކައް ތެޅިލިއެވެ.ގަތް އައިސްކުރީމްތައް ކަމުން ތިންކުދިން އަވަހައް ސުކޫލާއި ދިމާލައް މިސްރާބު ޖެހިއެވެ.ނަމަވެސް އާލިމްގެ މޫނުމަތީގައި ކުރީގައި ވީފަދަ ސަކަ ކަމާއި ހިނިތުންވުމެއް ނެތެވެ.ނިކްޔަންގެ އާއިލާ އާއި އެކު ފަލަކް ދިއަ ތަން ފެނުމުން ފާޑެއްގެ ބިރެއް އޭނާގެ ހިތުގައި އާލާވާންވީ ކީއްވެ ހެއްޔެވެ.ނިކްޔަން އާމެދު އޮތް ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުން ފަލަކް ނިކްޔަންއާއި އެކު ދިއުމައް އޭނާގެ ހިތް ޤަބޫލުނުވަނީ ހެއްޔެވެ.ނޫންނަމަ ތެޔޮ ނާށި ކާޅު ޖަހައިގަންނަ ފަދައިން ފަލަކް އޭނާގެ އަތުން ބީވެ ހިނގައިދާނެ ކަމުގެ ބިރު ހީވީ ހެއްޔެވެ.ނޫނެކެވެ.ފަލަކް އަކީ ހަމައެކަނި އޭނާގެ ގާތް ރައްޓެއްސެކެވެ.ބީވެގެން ދާނީ ލޯބިވެރިޔާ އެއްނޫންހެއްޔެވެ.އަމިއްލަ ނަފްސައް ހިތާދެކޮޅައް ވިސްނާދެމުން ދިޔަ އާލިމް އަށް ހޭވެރިކަންވީ ލޫތް އޭނާގެ ކޮނޑަށް އަތް ވައްޓާލުމުންނެވެ.
މޭރީބްރައުން އަކީ މާލޭގައި އާއިލާ ތަކުގެ މެދުގަޔާއި ގާތް ރަހުމަތްތެރިން އެކީގައި ވަގުތު ހޭދަކޮއްލުމައް ގިނަ ބަޔަކައް އެންމެ ކަމުދާ އަދި މަޤުބޫލު ރެސްޓޯރެންޓެކެވެ.މިފަދަ ތަނަަކައް އައި ފުރަތަމަ ފަހަރު ކަމުން ފަލަކް ހުރީވެސް ކުޑަކޮން ނުތަނަވަސްވެފައެވެ.ނަމަވެސް ރޫމާ ނިކްޔަން އަދި ނުހާގެ ގާތްކަމުގެ ސަބަބުން އެ ނުތަނަވަސްކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައި ދިއައެވެ.ކައި ނިމުުމުން ކާރުގައި ފަލަކްމެން ސުކޫލާ ހަމަޔައް ގެންގޮސްދިނުމައް ފަހު ރޫމާއާއި ނުހާވެސް ގެއަށް ދިއައެވެ.ފަލަކް މިއަދު އެކޮއްދިން ހެޔޮ ކަމުގެ ސަބަބުން ރޫމާގެ ހިތް އެކީހެން ފަލަކްއަށް ސާފުވެއްޖެއެވެ.އަދި އެފަކީރުގެ ހާލާމެދު ހަމްދަރުދީ ވާހާލު ރޫމާ ނިންމީ ފަލަކްއަށް ދެރަގޮތެއް ވިޔަނުދިނުމަށެވެ.
އިންޓަވަލް ގަޑި ނިމެން ކައިރިވުމުން ޝޫރާއާއި ރަފްގާ ނިކްޔަން މެންގެ ކުލާސް ކައިރިން މުގޯލި އަޅާލިއެވެ.އާލިމް ކުލާހުގައި އިންތައް ފެނުމުން ރަފްާގެ ހިތައް ފިނިކަމެއް ލިބުނު އިރު ޝޫރާގެ ދެލޯ ހޯދަމުން ދިއައީ ނިކްޔަންގެ ހިތްގައިމު ސޫރައެވެ.ކުލާސްތެރެއިން ނިކްޔަން ނުފެނުމުން ކޮރިޑޯރ ތެރެއަށް ނަޒަރު ހިންގާލި ޝޫރާގެ ދެލޯ ބޮޑުވެގެން ދިއައީ ފަަލަކް އާ ހީހީފައި ވާހަކަދައްކަމުން ސިޑިން އަރައިގެން އައި ނިކްޔަން ފެނުމުންނެވެ.މިމަންޒަރު ފެނުމުން ރަފްގާ އަށް ވެސްވީ ހަމައެވަރެވެ.އެދެމީހުން އެކީގައި ތަނަކައް ދިއައީބާއެވެ.ގިނަ އިރު އެތާ މަޑުކުރަން ނަހަދާ ޝޫރާގެ އަތަުގައި ހިފައިގެން ރަފްގާ ގޮސް އެމީހުންގެ ކުލާހައްވަނެވެ.
***************
ވަރުބަލި ކަމާއެކު ގެއަށް އައި ގޮތައް އާލިމް ސޯފާޔައް ވެއްޓިގަތީ ސިޓިން ރޫމުގައި އެކަކުވެސް ނެތުމުންނެވެ.ހަނީފު މެންދުރު ކެއުމައް ގެއަށް ނާންނަނީ ބާއެވެ.ކޮޓަރިއަށް ދާން ތެދުވި އާލިމްއަށް ހުއްޓިލެވުނީ ހަނީފްމެން ކޮޓަރި ތެރެއިން ބަޔަކުވާހަކަ ދައްކާ އަޑު އިވުމުންނެވެ.އެ ކޮޓަރީގެ ދޮރާއި ކައިރިވެލަމުން އާލިމް ދޮރުފަތުގައި ކަންފަތް ޖަހާލިއެވެ.”ދެން އޭނަޔަށް ރުފިޔާ ފޮނުވަންވީނު…އޭރުންދޯ އޭނަ އަނގަ ބަންދުކޮއްގެން ހުންނާނީ….އެނޫނީ ބޭޒާރުާނީވެސް ހަމަ އަހަރެމެންނޭ!”އިވުނީ ލައިލާގެ އަޑެވެ.އޭނާގެ އަޑުގައިވެސް ހާސްކަމެއް އެކުލެވިފައި ވިޔެވެ.”ބަލަ ލައިލާ ތީ ނުވިސްނޭ ކުޑަކުއްޖެއްތަ..ނިކަން ތި ބޮލުގެ ބޭނުން ކޮއްބަަލަ…އޭނަޔައް ލާރި ދެންޏާ ހަމަ ދޭހާ ވާނީ…އެނޫނަސް އުލްފާގެ މަރަށް މިއަހަރު ދެ އަހަރު ފުރޭނެ…އޭނާގެ މަރަކީ އެންމެންގެ ލޮލައް އެކްސިޑެންޓެއް..އޭގެ ހަޤީޤަތް އިތުރު މީހަކައް އިނގުނަކަ އަހަރެން ނުދޭނަން”ދެން ހަނީފުގެ ދުލުން އިވިގެން ދިޔަބަސްތަކުން އައި ރުޅިޔާ އެއްވަރައް އާލިމް ދެރަވެސް ވިޔެވެ.ކަތުރު ކަށިގަނޑައް ވާންވެގެން ދިއައިރު ހަނީފްމެން ކޮޓަރީދޮރުގައި ހިފަން އާލިމް ހިއްލާލި އަތް އަނބުރާ ގެންނަން ޖެހުނީ ހާޖަރާ އާލިމްގެ އަތުގައި ހިފައިގެންގޮސް އޭނާގެ ކޮޓަރިއައްވެއްދުމުން ނެވެ.އޭރު އާލިމްގެ ލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.



varah reethi mi part vx ❤️… keep it up
Thankyou
Varah salhi
When next
Masha Allah sisss, mi part vess varah reethi
Curiously waiting 4 the next part
❤❤❤❤❤❤❤❤❤
Thankyou nwwshe darling❤️And congrats you first ?
Wah wahh…. Hama Best mibai vs… Aalim ge dad and step mom killed his mom dhww…. Alheyyy… Aal haadha dheravaaney.. Btw, my besty ah vs kiyanee Aalim Ey.. Hehe this story reminds me of him.. We don’t talk these days…
Cant wait to read next part..
Lysm Aphxx darling…. ❤️❤️❤️❤️❤️❤️❤️❤️ Tvvvvvvvvvvvgc….
Thankyou scarlet…yes seems like they killed aalims mom dhww cruel ppl? oooh insha allah you and your besty will meet and talk soon❤️ Lym darling tc❤️?
Wow siss Masha Allah varah reethi mi prt vx ??????????….. Hama obines to the max ♥️♥️♥️♥️????…. Oooooooooohhhhh siss hama ragalhah thi hadhanee shoora n rafga hama j kurey dhww Rilooo gadaa …. Alhe falak n nikyan gulhuvaanee ….. Ril .. Ril ah gulhenee falak n aalim or falak n nikyan thr…siss nxt part avas Koh up kohdhehchey …. Waiting for nxt …. Can’t wait …. Lots and lots of love from Afu ♥️??????❣️?
Stay safe♡♡♡
Lysssssmmmmmm ❤️♥️♥️♥️♥️♥️❤️❤️❤️❤️
Thankyou afu dhoonya❤️❤️❤️Next prr soon hama lots of love from me too lyt❤️❤️❤️Tc
Yaaa dhw afuuuu.❤️❤️?? I ah enem guleny falak and alim AAA dhen nikyan ves Okey but I prefer alim. And whome u choose
Oooooooooohhhhh … Btw afu choose kuraanee nikyan …. Ekam aalim n falak vx gulhey
vvvvvvvvvvvvvvvvvvvvvvvv reethi mi part vs hama maasha allah…… whn nxt dear?
Thankyou Anonymous ❤️Next part i will submit tmrw tc?
maasha allah.. maasha allah.. hama vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv habey mi part vs as always.. whn nxt darl?
ALHEY thankyou naash❤️ Next part maadhan submit kuraanan ingey ly darling ?❤️
Maasha Allah mi part ves varah salhi????????♥️♥️♥️♥️???
Heevani hama aslah school ga ulheveyhen??????? varah reethi sifa kohdheefa hunna goii??? Aalim ge baithah adhi varah loabi??????????????
Alhey means alot naani dhoonya Thankyou so much?❤️❤️Highschool life dhw wrh risky stage eh life ge glad you love sifa kohdhinun and hehe yes aalim is cutie??? ly tc❤️
If u dnt mind.. Can u tell me in which month ur birthday is..? I just wanna check if ur elder or younger than me.. Im 15..and will be 16 very soon
Im small probably??my birth month is november?❤️
Ehnveema aphxxx darln mivee Scarlet ge baby sis akah dhw… Love youuuuuu baby sis kolhaaaa…??? Ahahaha… But your talent in story writing makes u elder than me… ???
Like only 3 months younger.. Ehnveema aphxxx darln mivee Scarlet ge baby sis akah dhw… Love youuuuuu baby sis kolhaaaa ??? but your talent in story writing makes u elder than me… ??? MaShaaAllah V molhu aslahvs…
Aphxxx thy kon rashaku kuhjehtha ?? rafgaa n shooraa thibeyny keki keky dhw ??btw story is amazing ingey ?
Thankyou
Wow so nice sis.curiously can’t wait for next part . and ur one of the best author. I had read all of the part but this is my first comment to ur story . love this story sis. Don’t mind plss , why is ur age sis?
Thank you hafu❤️ Wrh ufaa wejje comment kohlyma ingey and glad you love my story …ofc i dont mind i am 15 going to be 16 this year?
Sorry aslu I ask u why is ur age sis?
Hehee its ok ?❤️
Mi part ves vaarh Sali. Masha Allah. Sis keep it up… ❤️❤️❤️❤️❤️???? Curious ly waiting for the next part.
Love u sis???
TC???
Stay safe sis❤️❤️❤️
Thankyou darling ril❤️?lyt tc stay safe❤️?❤️
Mi part ves varah reethi… Falak and Nickyan gulheny maasah Allah … Curiously waiting for the next part ☺️☺️☺️
Lets see who gets falak dhww its a weird love triangle dhw?❤️ Thankyouu darling?
Amazing????
Highschool life ge jealousy bai wrh rangalhah eba imagine kurewey mi waahaka kiyaalaafa…vrh rythi ingey sis… falak and nikyan or falak and aalim baa!readers what do you think?
Ly sis tc❤
Yes all jealousy and all dhww thankyou darling lets see dhw❤️?
Varah reethi mi part ves. I want falak and nikyan to be together. ???????????????????????????????????❤️???????????❣️????????????????????️?️?️?️
Ahahahha lets see who ends up together in the end dhww its just the start now thankyou faiherrrr❤️❤️
Hey booo..♥️❣?.. i am here … neyngeyey mee afa liyaa vaahaka eh kameh ves ehnve comment eh ves nukuran .. btw varah salhi mi vaahaka.. ?♥️❣?. Hama habeys?.. schl in fenilahchey luv u boo.
Omg boo!!! Its rlly youuu?❤️❤️❤️Hahaha afaa ey mee hama!!!thankyou darling yes school in fenilaanan ingey see you tmrww❤️❤️?
Yes boo its really me.❣.next part avahah up kohdhehchey.♥️
Ohhhhh… Ur name is afa ?
Ahaha yes??
Haaaaaaaaaaaiiiii. Afaa……………. Mihaaru bxy kamun habareh vc nuveve sorryyyyyy…… Mi part vvvvvvvvvvv reethi hope to read nxt part ASAP❤️❤️❤️❤️❤️❤️❤️LOVE U DARLA❤️❤️❤️❤️❤️
Oooh its fine darling…lym thankyouuu?❤️❤️❤️