Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(11ވަނަ ބައި)

Afaa Level 310 Stories100 Comments
July 2, 2020 5 Mins Read
34 Comments

‎ޑިއުޓީ ނިންމާލައިފައި ގެއަށް އައި މައުރިފާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ.8ގަޑީރުގެ ޑިއުޓީއެއް ކޮއްފައި އައުމުން ވާނީވެސް އެހެންތާއެވެ.ފެންވަރާލައިގެން ނިކުމެ މައުރިފާ އަވަސްވެގަތީ ޝޫރާ އަންނަންވާއިރަށް ކާއެއްޗެއް ރޯފިލުވާލާށެވެ.ޓޮމާޓޯ ބަތް ހަދަން ހުރުހާއެއްޗެއް ތައްޔާރު ކޮއްލުމަށްފަހު ކޮށާފައި ހުރި ކެރެޓު އަދި އެހެނިހެން ތަރުކާރީގެ ބާވަތްތަކަށް ނަޒަރު ހުއްޓާލި މައުރިފާއަށް ދެލޯމަރާލެވުނީ ޅަފަތުގެ ހަނދާންތައް އާވުމުންނެވެ.

***************
‎ހަވީރުގެވަގުތެވެ.އަވައްޓެރި ގެއެއްގައި ހިތާނީ ހަފްލާއެއް އޮތުމުން މައުރިފާ އާއި އޭނާގެ ދޮންތަވެސް ދިއައީ އެގޭ މީހުނަށް އެހީވުމުގެ ގޮތުން ކެއްކުމުގައި ބައިވެރި ވަމުންނެވެ.އެގޭ ގޯތިތެރޭގައި ދަރު އުނދުން ޖަހާފައި ހުރުމުން އަންހެންވެރިން ކައްކަން ހަރަކާތްތެރި ވަމުން ދިޔައީއެތާގައެވެ.”ދޮންތާ!”17 އަހަރުގެ މައުރިފާ ކައްކަން ތެލި ކައިރީ ހުއްޓިހުރި އޭނާގެ ދޮންތަގެ މޫނުގައި ފަހަތުންއައިސް ޑިސްކޯ އުނގުޅާލަމުން ހީގަތެވެ.”ޕިސްޕސް…މައު ދުވަހަކުބޮޑު ނުވާތިއިނގޭ…ތެލީތެރެއަށް ޑިސްކޯ އެޅުންނަމަޔޯ..”ހެމުން ހެމުން ރަޝްފާ އޭނާގެ ލޯބިވާކޮއްކޮ ޔާ ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.”ދެން ދޮންތަ ތިވަރަށް ޓޮމާޓޯބަތް ނުކެއްކިޔަސް ރަނގަޅުވާނެއޭ…”ރަޝްފާގެ ކުރިމަތީގައި ހުރި ބޮޑު ތެއްޔަށް އިޝާރާތް ކުރަމުން މައުރިފާ ބުނެލިއެވެ.”ދޮންތަ މިހާރު މި ކައްކާ ކައްކާ ވަރުބަލި ވެއްޖެ އަދިވެސް މައު ދަސްކުރާކަށް ނޫޅޭ ވިއްޔަ”ތެލީތެރޭގައި އޮތް ދެތްޕަތް ހަލުވާލަމުން ރަޝްފާ ވާހަކަ ދެއްކިއެވެ.”އަޅެ ތީ ކިހިނެއް ކައްކާ އެއްޗެއްތަ ނިކަން ކިޔާދީބަލަ މިއަދު…”ކައްކާ ތެއްޔާ ކައިރިވެލަމުން މައުރިފާ އަހާލުމާއެކީ ރަޝްފާ ފެށީ މައުރިފާއަށް ދަސްކޮއްދޭށެވެ.

************

‎ކުޑައިރުގެ ހަދާން އާވުމާއެކު ލޮލުން ކަރުނަ އަންނަން ފެށުމުން ހިއްވަރު ކުރަމުން މައުރިފާ އެކަރުނަތައް ފޮހެލިއެވެ.އަދި ދޮންތަ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދިﷲ ގެ ހަސްރަތައް ދުޢާ ދެންނެވިއެވެ.

**************

‎އާލިމްގެ ކޮޓަރި ސާފުކުރަން ވަތް ހާޖަރާއަށް އެ ކޮޓަރި އޮތް ހާލު ފެނުމުން ބޯ ހޫރާލެވުނެވެ.ދުވަހަކު ރީތިކޮއް ކޮޓަރިގެންގުޅެން މި ދަރިޔަކަށް ނޭނގޭނޭ ހިތައް އެރުމުން ހާޖަރާގެ މޫނުމައްޗައް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިއައީ،އާލިމްގެ މިޒާޖު އެކީ ހެން ބަދަލުވެގެން ގޮސްފައިވިޔަސް އާލިމްގެ ބައެއް އާދަތައް ބަދަލެއް ނުވެޔޭ ހިތައްއެރުމުންނެވެ.”މާ ހެވި ދިލިފަ ތިހުންނަނީ އާލިމްއާ ހަނީފްއާ ދޭތެރޭ ކަންތައް ގަނޑެއް ނުހިނގާތާ ގިނަދުވަސްވީމަ އެދެމީހުންގެ ދެމެދުގަ ހުރިހާ ކަމެއް ރަނގަޅުވާނޭ ހިތާތަ”އެ ކޮޓަރީގެ ދޮރުމަތިން ލައިލާގެ އަޑު އިވުމުން އެނދުގެ ބެޑްޝީޓް ބަދަލު ކުރަން ހުރި ހާޖަރާ އެދިމާލަށް ބަލައިލިއެވެ.”ދެލޯ ބޮޑު ކޮއްފަ ކޮންމެހެން މަށާ ދިމާލަށް ބަލާނެ ކަމެއް ނެތް…ކަލޭ ކިތަންމެ ހުވަފެނެއް ބެލިޔަސް އެކަމެއް ނުވާނެ…”އަތުގައި އޮތް އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ލައިލާ ގެއިން ނިކުމެގެން ދިއައީ ފަރިގޮތަކަށް ހިނގައިލައިފައެވެ.ލައިލާ ދިޔަ ދިމާލަށް ބަލަން ހުރި ހާޖަރާ ބޯ ހޫރުވާލީ މި މުސީބާތުން ސަލާމަތްކުރެއްވުންއެދި ދުޢާ ކުރަމުންނެވެ.

*************

‎އާލިމް ގަސްތުގައި ގޮސް ލައިނަށް އަރައަރައި ހުރި ނިކްޔަންގެ ކުރިމައްޗައް އެރި އިރު އެމޫނުމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ.”އާލިމް ތީ ކޮންކަމެއް؟”ހިތްހަމަނުޖެހި ހުރެ ހަމްދާން ވާހަކަދެއްކުމާއެކު ނިކްޔަން އެތަނުން ހިނގައިގަތީ އެންމެންގެ ކުރިމަތީގައި ބޮޑު ކަންތައް ގަނޑެއް ފަށަން ބޭނުން ނުވާތީއެވެ.އެއްވެސް ޖަވާބެއް ނުދީ ހީގަނެގެން ހުރި އާލިމް ފެނުމުން ބޯ ހޫރުވާލަމުން ހަމްދާންވެސް ނިކްޔަންގެ ފަހަތުން ހިނގައިގަތެވެ.”އާލް ކީއްތިކުރީ”އެތަނަށް އައިސް ހުއްޓުނު ލޫތްއަށް އެމަންޒަރު ފެނުމުން އަހާލިއެވެ.”މަ ކަމެއް ކޮއްފިންތަ…ކިއު އަކަންނު މި އެރީ”ނުވާކަމަށް ހަދަމުން އާލިމް ވެސް އަނެއް ފަރާތައް އެނބުރުނެވެ.ހަޤީގަތަކީ އާލިމް އެހެން ކަންތައްކުރީ ނިކްޔަން އޭނާއަށް އޮޅުވާލި އޮޅުވާލުން ނިކްޔަންއަށް ހަނދާން ކޮއްދިނުމުގެ ގޮތުންކަމެވެ.”އޭބަލަ ފަލަކް…އިންޓަވަލް ގަންނަންވެސް ނުދަނީތަ؟”ކާންބޭނުންވާ އެއްޗެހި ކެންޓީނުން ގަނެގެން ކުލާހަށް އައިއިރު ވެސް ފަލަކް އިންތާ ފިލާވޅު ހަދަން އިނުމުން ޒުމާ އަހާލިއެވެ.”އޯޝިޓް… ބްރޭކް ގަޑިވެސް ނިމެނީ ދޯ…މި ސުވާލަށް ގެއްލިފަ އިންވަރުން ހަނދާންނެތުނީ އޭ…އެބަ އަންނަން އިނގޭ…”އަތުކުރީ ގަޑިއަށް ބަލާލަމުން ރުފިޔާ ހިފައިގެން އަވަސް އަވަހަށް ފަލަކް ކުލާހުން ނިކުމެގެން ހިނގައިގަތެވެ.ފަލަކް ދިއަ ދިމާލަށް ބަލަހައްޓައިގެން އިން ޒުމާ ބޯ ހޫރުވާލަމުން ހިނިތުންވެލީ ފަލަކްގެ ކުރީގެ ގޮތްގަނޑު އަދިވެސް ނުފިލާހުރުމުންނެވެ.ހިސާބު ސުވާލެއް ހަދަން ފަށައިފިއްޔާ އަބަދުވެސް ފަލަކްއަށް ވަށައިގެންވާ މާހައުލުގައި ވާ ކަމެއްވެސް ނޭނގޭނެވެ.

‎ހަލުވި ފިޔަވަޅުތަކެއް ގައި ސުކޫލުގެ ސިޑިން ފައިބައިގެން ދިޔަ ފަލަކް ސިއްސައިގެން ދިއައީ ސިޑިން އަރައިގެން އައި މީހެއްގެ ގައިގައި ޖެހިފައި އޭނާވެއްޓެން ދިއުމުންނެވެ.ނިކްޔަން ސިޑިން އަރައިގެން އައީ އާލިމްް ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހި ހުރެއެވެ.އޭނާގެ ގައިގައި ޖެހިފައި ވެއްޓެންދިޔަ ފަލަކް ފެނުމުން އޭނާ ފަލަކްގެ އަތުގައި ހިފާ ލަތްކެއް ޖަހާލީ ވެއްޓުނަ ނުދިނުމަށެވެ.ފަލަކްގޮސްް ތަތްވީ ނިކްޔަންގެ ތަނަވަސް މޭމަތީގައެވެ.”ފަލަކް ބަަލައިގެން…ދެންމެ ވެއްޓުނު ނަމަޔޯ”ފަލަކްގެ ދެކޮނޑުގައި ހިފައި ދުރު ކޮއްލަމުން ވާހަކަދެއްކި ނިކްޔަންގެ އަޑުގައި ވަނީ ކަންބޮޑުވުމާއި އޯގާތެރިކަމެވެ.”ސޮރީ މާބާރަށް އާދެވުނީމަ…”ތިރީ ތުންފަތުގައި ދަތްއަޅާލަމުން ފަލަކް ޖަވާބުދިނީ ކުޑަކޮއް ޖެހިލުންވެ ހުރެއެވެ.”އޭބަލަ އެވަރުކަމެއް ނޫނޭ…އެކަމް ފަލަކް ސިޑިން ވެއްޓެންދާ ކޮންމެ ފަހަރަކު އަހަރެންނަން ނާދެވިދާނެ ދޯ ސަލާމަތްކޮއްދޭން…”ސަމާސާކޮއްލަމުން ނިކްޔަން ފަލަކްގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ.ނިކްޔަންގެ ރާގު ހުރި ގޮތުން ފަލަކްއަށްވެސް ހެވުނެވެ.ފަލަކްގެ މޫނުމަތިން ފެނަންހުރި ރީތި ހިނިތުންވުމަށް ބަލަހައްޓައިގެން ހުރި ނިކްޔަން ސިހުނީ ދަނީ ކަމުގައި ބުނެ ފަލަކް ސިޑިން ފައިބައިގެން ދިއުމުންނެވެ.އެ ސިޑިއާވީ ދިމާ ކުރިމައްޗައް ހުރި ފުލޯގެ ކޮރިޑޯގައި ހުރި ޝޫރާއަށް މިމަންޒަރު ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.ފަލަކްއާމެދު އޭނާގެ ހިތްދިއައީ ރުޅިވެރިކަމާއި ހަސަދައިން ފޯވަމުންނެވެ.ނިކްޔަން އަކީ ހަމައެކަނި އޭނާގ މީހެކެވެ.ނިކްޔަންއާ އެފަދަ ގޮތަކަށް އެހެން އަންހެނަކު ގާތް ވުމަކީވެސް ޝޫރާޔަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ.

‎ސިޑިން ފައިބައިގެން ގޮސް ކެންޓީނުކައުންޓާރ ކައިރީ ހުއްޓެމުން ފަލަކް ފުންނޭވާއެއް ދޫކޮއްލިއެވެ.މައިލޯ ޕެކެޓެއް ގަނެގެން ފަހަތައް އެނބުރުނު ފަލަކް ސިއްސއިގެން ދިއައީ އޭނާގެ ކުރިމަތީގައި ހަށަންބަނދެގެން ހުރި އާލިމް ފެނުމުންނެވެ.އަމިއްލަ މީހާ ހަމަޔަކަށް އަޅުވާލަމުން ފަލަކް ދެބުމަ ގޮއްޖަހާލަމުން އާލިމްއާ ދިމާލަށް ކަޅިއަޅާލިއެވެ.”ޔޫ ކްރީޕް”އާލިމް އާ ދިމާލަށް އިނގިލިދިއްކޮލަމުން އެހެން ބުނެލުމަށްފަހު އަވަހަށް އެތަނުންދާން ފަލަކް ހިނގައިގަތެވެ.”ކަމަނާ…މަށަށް ކިޔަނީ ކްރީޕްއެއް ނޫނޭ…އާލިމް”ފަލަކްއާ އެއްވަރު ކުރަމުން އާލިމް ވާހަކަދެއްކިއެވެ.”އަހަރެންނަށްވެސް ކިޔަނީ ކަމަނައެއް ނޫނޭ…ފަލަކް”ޖެއްސުމުގެ ރާގަކަށް ފަލަކްވެސް ޖަވާބުދިނެވެ.”ކަމަނަ ތިހާވަރަށް މައިލޯ ޕެކެޓު ބޮންޏާ ގައިގެ ލޭކޮޅު ހިކިދާނެ”ފަލަކްގެ އަތުގައި އޮތް މައިލޯ ޕެކެޓަށް އިޝާރަތް ކުރަމުން އާލިމް ބުނެލިއެވެ.އޭރު އެމީހުނަށް ސިޑިއާ ހިސާބަށް އާދެވިއްޖެއެވެ.”އަހަރެންގެ ގައިގެ ލޭކޮޅު ހިކުނަސް ލޭތައް ފުރިގެން ބަންޑުންވިޔަސް ތި ކްރީޕް ނުޖެހޭނެ އަހަރެންނާމެދު ވިސްނާކަށް…”އާލިމްއާ ދިމާލަށް ލޯއަޅާލަމުން އެހެން ބުނެލުމަށް ފަހު ފިޔަވަޅުތައް އަވަސްކޮއްލަމުން ސިޑިންއަރައިގެން ގޮސް ފަލަކް އެމީހުންގެ ކުލާސް ހުންނަ ކޮރިޑޯއަށް ލަނބާލިއެވެ.”ކީތްކުރާނީ ހަމަ ކަމަނަޔާ ދޭތެރޭ ވިސްނެނީއޭ…މި ބަސްނާހާ ހިތައް ހަމަ ނުވިސްނޭ އެހެން ކަމަކާ މެދުގައެއް”ފަލަކް އާއެއްވަރު ކޮއްލަމުން އާލިމް އަނެއްކާވެސް ފަލަކްއަށް ޖަވާބުދިނެވެ.”ވެރީ ފަނީ”އެހެން ބުނެލުމަށްފަހު ފަލަކް އަވަސްއަވަހަށް ކުލާހުގެ ތެރެއަށް ވަދެގެން ދިއައީ އާލިމްގެ ފަރާތުން އަވަހަށް ސަލާމަތްވާންވެގެން ނެވެ.ކުލާސް ތެރޭގައި ހުރި ރަފްގާއަށް ފަލަކްގެ ފަހަތުން އެހިސާބައްއައި އާލިމްފެނުމުން ރުޅިއައިސްގެން ގޮސް އަތުގައި އޮތް ޕްލާސްޓިކްފެންފުޅި އަތައް ބޮނޑިކޮއްލެވުނެވެ.ރަފްގާއަށް ވީގޮތް ފެނުމުން ޝޫރާ ވެސް ފަލަކްއާ ދިމާލަށް ލޯ އަޅާލީ މީ ކިހިނެއް އުޅެން އުޅޭ އަންހެނެއްބާއޭ ހިތައްއެރުމުންނެވެ.”ހުވާމިބުނީ އެއީ ކިހިނެއް އުޅޭ ފިރެހެނެއްތަ!ސަޗްއަ ކްރީޕް”އައިސް ގޮނޑީގައި އިށީންނަމުން ފަލަކް އެތިވަރު ގޮވަންފެށުމުން ޒުމާ ފަލަކް އާ ދިމާލަށް ބަލާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ.”މައިލޯ ޕެކެޓް ބުއީމަ ލޭ ހިކޭނެ އޯ…ދެންއަޅެ އޭނަޔާ ބެހޭކަމެއްތަ”އަނެއްކާވެސް ތުންދަމާލަމުން ފަލަކް ބުނެލިއެވެ.”އަޅެފަހެ ފަލަކޫ ކާކު ބެހިގެންތަ ސަތޭކަ މީޓަރަށް ތުންދަމައިގެން ތީނީ”ހެމުން ހެމުން ޒުމާ އަހާލީ ފަލަކް އިންގޮތް ފެނުމުންނެވެ.”ޒުމާގެ މިސްޓާރ ހޭންޑްސަމް އެއްނު ހޫއެލްސް.”ފަލަކް އެމާނަ ކުރީ އާލިމްއަށް ކަން އިނގުމުން ޒުމާގެ ހިނިގަނޑު އަނެއްކާވެސް ފަޅައިގެން ދިއައެވެ.ޒުމާ ހޭންފެށުމުން ދެން ޒުމާއޭކިޔާ ފަލަކް ޒުމާގެ ކޮނޑުމަތީގައި މަޑުމަޑުން ޖަހާލިއެވެ.”އަޅެ ނުހެވޭވަރުތަ!އޭނަ އެހެންބުނެގެން ފަލަކް އަށް ވެފަ ހުރި ވަރުތިހިރީ ހީވަނީ ހަމަ އެންގްރީ ބަރޑް އެއްހެން”ޒުމާ އަނެއްކާވެސް ހޭންފެށިއެވެ.

‎ހުރިހާ ގަޑިތައް ނިމުމުން ގެއަށްދާން ހުރިހާ ކުދިން އަވަސްވެގަތެވެ.ކާރުގައި ތިބި އިރުވެސް ފަލަކް ވާހަކަދެއްކުމުން ރަފްގާ އިވޭކަމަށްވެސް ނަހަދާ އެއަރޕޮޑްސް ކަންފަތައް ޖަހައިގެން އިނީއެވެ.ނިކްޔަންއަށް މިތަން ފެނުމުން އޭނާއަށްވެސް ހީކުރެވުނީ ރަފްގާއަށް އަޑުނީވުނީ ކަމުގައެވެ.ގެއަށް ގޮސް ތާޒާ ވެލައިގެން ފަލަކް އެނދުގައި ޖައްސާލީ ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުންނެވެ.ފޯނަށް ނޮޓިފިކޭޝަން އެއް އައި އަޑު އިވުމުން އެ ހުޅުވާ ބަލާލި އިރު ޒުމާ އިނީ ވައިބަރ ގުރޫޕަކަށް އޭނާ އެޑް ކޮއްފައެވެ.އެ ގުރޫޕުގައި އޭނަޔާއި ޒުމާގެ އިތުރުން ތިބީ ލޫތް އާއި އަދި ޑެވިލް ޖަހާފައި އިން މީހެކެވެ.ޕްރޮފައިލް ފޮޓޯގައި ވެސް އެމީހާގެ މޫނެއް ނެތެވެ.ހޫ އިޒް ދިސް ޑެވިލް އޭ ޖަހާ ފަލަކް އެ ގުރޫޕައް މެސެޖެއް ފޮނުވާލިއެވެ.

***********
‎ގެއަށް ދިޔައިރު މައުރިފާ އިނީ ޝޫރާގެ އިންތިޒާރުގައި ކަމުން ފެންވަރާލައިގެން އައިސް ޝޫރާވެސް ކެއުމުގައި ބައިވެރި ވިއެވެ.
‎މާ ގަޔާނުވެ އިނދެ ކަމުން ދިޔަ ޝޫރާ އަށް އަޑުއިވޭ ކަމަށް ވީވެސް މައުރިފާ ދެތިން ފަހަރަކު ގޮވާލުމުންނެވެ.”ކީކޭ މަންމާ؟”އަޑު އިވުމުން ޝޫރާ އަހާލިއެވެ.”ސުކޫލު ކިހިނެއްހޭ ޝޫ ކައިރީ މަންމަ މި އަހަނީ… ކޮންތާކަށް ގެއްލިފަ ތި އިންނަނީ…”މައުރިފާ އޭނާގެ ޖުމުލަ ތަކުރާރު ކޮއްލިއެވެ.”އެއީ ކަމަކާ މެދު ވިސްނާލީއޭ…”ނުވާ ކަމަށް ހެދިފަ ޝޫރާ ބުންޏެވެ.ހަޤީގަތުގައި އޭނާ ވިސްނަމުން ދިއައީ މިއަދު ފެނުނު މަންޒަރާ ދޭތެރޭގައެވެ.މައުރިފާ ކޮންކަމަކާ ދޭތެރޭގައި ހެއްޔޭ އަހާލުމުން ކަމެއް ނޫނޭ ބުނެ އަވަސް ކޮއްލައިގެން ޝޫރާ ކައި ނިންމާލައިގެން އެތަނުން ދިޔަ ގޮތުންވެސް ކޮންމެވެސް ނުބައެއް އެބަ އުޅެޔޭ މައުރިފާގެ ހިތައް އެރިއެވެ.ނަމަވެސް އޭނާ އެކަމާ އެހާ ބޮޑަށް އަޅާނުލީ އޭނާ ޝޫރާއަށް އިތުބާރު ކުރާތީއެވެ ގޯސް ގޮތަކަށް އެދަރިފުޅު ނޫޅޭނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ.

*********

‎ފެންވަރާލައިގެން ނިކުތް އާލިމް އަށް ފޯނު ބަލާލުމާއެކު ހިނިތުންވެލެވުނީ ލޫތް އާ ދެމީހުން މަޝްވަރާ ކުރި ގޮތައް ހުރިހާ ކަމެއް ލޫތު ކޮއްފައި އޮތުމުންނެވެ.ވައިބަރ ޤުރޫޕެއް ހަދައި ފަލަކްގެ ފޯނު ނަންބަރު ހޯދަން އާލިމް ރޭވި ރޭވުންވެސް ކާމިޔާބު ވީއެވެ.އެ ޤުރޫޕައް ފަލަކް ކޮއްފައި އިން މެސެޖް ފެނުމުން އާލިމް އަވަސްވެގަތީ އެ މެސެޖަށް ރިޕްލައި ކުރާށެވެ.
‎ފޯނައް މެސެޖެއް އައި އަޑާއެކު ނިދި ނިިިދި އޮތް ފަލަކް ދިއައީ ސިއްސައިގެނެވެ.ކާކު ބާއޭ ހިތާ ވައިބަރ ފަލަކް ހުޅުވާލީ މެސެޖު އައިސްފައި އިނީ ވައިބާރ އިން ކަމަށް ވީތީއެވެ.ޒުމާމެން ހަދާފައި އިން ޤުރޫޕުގައި އިން ޑެވިލް ކިޔާ މީހާ”ހޭ ކަމަނަ” އޭ ޖަހާ މެސެޖު ކޮއްފައި އިންތަން ފެނުމުން ވަގުތުން މޫނުމަތިން ނިދީގެ އަސަރު ފިލައިގޮސް ފަލަކް ގެ ދެބުމަ ގޮއްޖެހިގެން ދިއައީ އެއީ އާލިމް ކަން އިނގުމުންނެވެ.މެސެޖުގެ ޒަރިއްޔާއިން ފަލަކް އާއި އާލިމް ދިއައީ ކޯޅެމުންނެވެ.އެކަކަށް ދޫ ނުކުރަން އަނެކަކު ކޮންމެ ކަމެއްގައި ހިފާލައިފައި މެސެޖު ކުރަމުން ދިއައިރު ޒުމާއާއި ލޫތް ވެސް އެމީހުނާ ބައިވެރި ވަމުން ދިއައެވެ.”އާލް އެންމެން ގޮއްސިއޭ މިއަދު ނުކާ ދުވަހަކީތަ؟”އެހެންޔާ ކާން ނިކުންނަ ގަޑިއަށް އާލިމް ނުނިކުތުމުން އެ ކޮޓަރި އަށް ވަންނަމުން ހާޖަރާ އަހާލިއެވެ.އެނދުމަތީގައި ފޯނާ ކުޅެން މޫނުމައްޗައް ބޮޑު ހިނިތުންވުމެއް ވެރި ކޮއްގެން އިން އާލިމް ފެނުމުން ހާޖަރާގެ ހިތައް ފިނިކަމެއް ލިބިގެން ދިއައެވެ.”ނޫނޭ މާމާ…ހަނދާންނެތިފަ މީނީ ހިނގާދާން”ފޯނުން ނަޒަރު ވަކިކޮއްލަމުން ތެދުވެ ފޯނު ޗާރޖައް ޖަހާލަމުން ހާޖަރާއާއެކު އާލިމް ދިއައެވެ.

**********
‎އެއްހަފްތާ ވޭތު ވެގެން ދިޔަ އިރު މިއަދަކީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ އިސް މަގާމުތަކަށް ކުރިމަތި ލުމަށް ފޯމު ލުމަށް ވަގުތު ހަމަވާ ދުވަހެވެ.ފަތިހު ހޭލައިގެން ނަމާދު ކޮއްލައިގެން ތިރިއަށް ފޭބި ފަލަކްއަށް ސޯފާގައި ކޮފީ ޖޯޑެއް ހިފައިގެން އިން ރަފްގާ ފެނުމުން ކުޑަކޮއް ހައިރާންވީ ނަމަވެސް ހިނިތުންވެލަމުން އޭނާ ވެސް ބަދިގެ އަށް ވަނީ ކޮފީ އެއް ގިރާލުމަށެވެ.ފަލަކް ގޮސް ބަދިގެއަށް ވަނުމާއެކީ ފޫކޮޅަށް ކައްޓެއް ހެރުނު ހެން އިންތަނުން ތެދުވެގެން ސިޑިން މައްޗައް އަރައިގެން ރަފްގާ ދިއައެވެ.ފަލަކް ގެ ކޮޓަރިއަށް ވަތް ރަފްގާގެ ދެލޯ ހޯދަމުން ދިއައީ މަޤާމުތަކަށް ކުރިމަތިލާ ފޯރމެވެ.ސްޓަޑީ ޓޭބަލް މަތީގައި އޮތް އޭފޯ ސައިޒުގެ ސިޓީ އުރަ ފެނުމުން ރަފްގާގެ މޫނުމަތިން މަކަރުވެރި ހިނިތުންވުމެއް ފާޅުވިއެވެ.އެ ސިޓީ އުރަ ހުޅުވުމަށް ފަހު ރަފްގާ އޭގައި އޮތް ފޯރމު ނަގައި ބަލައިލުމާއެކު އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިއައީ ގޭމްސް ޑެޕިއުޓީ ކެޕްޓަންގެ ކައިރީގައި ހެޔޮ ފާހަގަ އެއްލާފައި އިންތަން ފެނުމުންނެވެ.ފަލަކް އަށް ވެސް ކުރިމަތި ލާން އިނގެނީ ހަމަ އޭނަ ކުރިމަތި ލާން ބޭނުންވާ މަޤާމަށް ހެއްޔެވެ.މާގިނައިރު ކުރަން ނަހަދާ ރަފްގާ އޭނާގެ އަތުގައި އޮތް އެހެން ފޯރމެއް އެ ފޯރމު ބަަލައިގެން ފުރާލިއެވެ.ހަމައެކަނި ތަފާތަކީ ކުރިމަތި ލާން ބޭނުންވާ މަޤާމު އޭނާ ބަދަލު ކޮއްލި ކަމެވެ.ފޯރމު ފުރާ ނިމުމުން އެ އަނބުރާ ސިޓީ އުރައަށް ލުމަށްފަހު ފަލަކް ގެ ކޮޓަރިން ނިކުތް ރަފްގާގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

ހިތްް ކަލާޔަށް އެދޭތީ 17

Next

ލަމްހާ – 3

Next
July 2, 2020

ލަމްހާ – 3

Previews
July 2, 2020

ހިތްް ކަލާޔަށް އެދޭތީ 17

34 Comments!

  1. Aisha says:
    July 2, 2020 at 1:58 am

    Me first dho. Varah salhi mi part ves.❤

    1. aphxxx says:
      July 2, 2020 at 2:42 pm

      Yess you first congra darling and thankyou❤️❤️

  2. Naani says:
    July 2, 2020 at 6:36 am

    Maasha Allah mi part ves varah loabi ????❤️❤️????????????????❤️?????❤️?E
    E Rafga gandeh dhen ulhey gotheh dho???? huvaa foohivey e Rafga akaa Shura akaa dheke???????????
    Ekam Aalim varah loabi??????
    ????❤️❤️❤️❤️????❤️❤️❤️

    1. aphxxx says:
      July 2, 2020 at 2:43 pm

      Dhw rafga and shura hama hywany hajam muwegen ulhey henney i dont like them either ??and yes aalim is so cute toooo thankyou naani stay safe❤️?

  3. Lluvia says:
    July 2, 2020 at 8:27 am

    Alhe rafga keehtha E kuree… I am so curious… But even if I’m in her shoes egothah kannenge vaany when comes to love.. But falak sis akah veema Anna rulhi ei hama koosani rulhi gandeh… Avahah…. Can hardly wait for next part.. Lysm Aphxx darling… Keep it up. MaShaAllah your stories are the best…. Tvvvvvvvvvvvgc.

    1. aphxxx says:
      July 2, 2020 at 2:45 pm

      Sis akah v ma eyna rulhi ahnany hama jealous waathy ey and eyna share kuran beynun nuwaathy…dhonfuthu kohgen bodu kuryma waagoii dhw…thankyou luvia ly❤️❤️❤️

  4. Starlight vixx says:
    July 2, 2020 at 9:46 am

    Alheyy shoo and falak is cousins dho….. Raf moya tha …. Falak and Nickyan best couple ever … Curiously waiting for the next part ☺️☺️☺️☺️

    1. aphxxx says:
      July 2, 2020 at 2:46 pm

      Yesss cousins kan adhi ekudhinnah wes neygey…and rafga is hama total crazy ey dhww thankyou darling❤️

  5. Afu says:
    July 2, 2020 at 11:08 am

    Wow varah reethi mi prt vx Masha Allah♥️♥️♥️♥️♥️♥️♥️
    Alhe rafga Mee haadha nubai meehekey dhww ?????? hithah araa goss karu buri kohlafaanameyvx ??????…. Haadha nubai dhemeehunney mi shoora n rafga …. Alhe siss falak n nikyan gulhuvaanee puleeeeeeeex ??????????…. Waiting for nxt …. Stay safe ????
    TC ?????
    Luv u bigs bigs Koh ♡♡♡

    1. aphxxx says:
      July 2, 2020 at 2:48 pm

      Hingaa rafga ge karu buri kohlan dhaan dhw #teammurderrafga??? lets see kaakah thi falak libeny dhw thankyou afu darling lym stay safe❤️❤️❤️

    2. Afu says:
      July 2, 2020 at 3:06 pm

      Yaaahhhhh let’s go…. Yaa hama balaneemi….. Oooohh ur welcome ……
      #teammurderrafga ahahahhahahahahha….
      Kon readers eh afu n siss a join vaanee rafga karu buri kohlandhaan ???
      Hahahahhahaha

    3. ?Ril? says:
      July 3, 2020 at 2:17 pm

      Afu mee ves sis aa afu ge team. Team murder rafgaa# ahahahaha?????

    4. Afaa says:
      July 3, 2020 at 7:25 pm

      Ril wes mi team ey dhw?guys thanks alot for the support ?❤️❤️❤️❤️

    5. Afu says:
      July 3, 2020 at 4:12 pm

      Dhn avahah higaa karu buri kohlandhaan dhww siss n Rill …. Las kuran hadhaanee keh neii avahah kill kohlan dhaan v ???????????… Riloooo Ril ge age akee kihaavarehthr

    6. ?Ril? says:
      July 3, 2020 at 6:06 pm

      I am 14 afu grade 8 u kihaavareh ❤️❤️❤️aan afu an sis laskuraane kameh nei uley rafgaa Karu burikuran. I am ready . Ahahaha?????

    7. Afu says:
      July 3, 2020 at 7:09 pm

      Ohhhhh … Adhi 13 btw mi aharu vaane 14 n hama 8 … Thnkyw for telling riloooo siss ahahahhaha …. Ril hangout gen gulhenthr

    8. ?Ril? says:
      July 3, 2020 at 8:37 pm

      Nope I don’t use hangout. ??What happen?????

    9. ?Ril? says:
      July 3, 2020 at 8:39 pm

      Yaa sis Ril vess sis menge team. ??Sis menge team ah nuvade eh nethenu dhw ehavure rafgaa kantha body viya ahahahahh???❤️❤️

    10. Afaa says:
      July 3, 2020 at 9:01 pm

      Adhi kuriyah oiithaaga hama keh nukurewi assi araa warah rafga ge kanthah bodu waane ???

    11. Afu says:
      July 3, 2020 at 10:03 pm

      Nothing happened riloooo … Hama riloooo aa talk kuraa hihvaatheee …. Oh no so sad siss ekani hangout use kuranee ?????…. Ohhh really siss …. Thihn veeru rulhi aisgn Goss phn vx fudaalevidhaane dhoooo hahahahahhahahaha…. Thi jehunee masahkaii fashan dhww rafga aa hedhi … Rulhi madu kuran ahahahhahah….. Waiting 4 nxt prt igey sisssooooo
      Lysssssmmmmmm ❤️♥️♥️♥️♥️♥️♥️

    12. ?Ril? says:
      July 3, 2020 at 10:08 pm

      Hehehe aan dhw sis. Rafgaa kantha maamachashey thidanee dhw ???? aley dhw afuuuuu I ves benumey afu aa talk kuran???❤️❤️❤️

    13. ?Ril? says:
      July 3, 2020 at 10:25 pm

      By the way I like Riloooo hehehe Thankx for a cute name like this??????❤️❤️❤️

  6. ?Ril? says:
    July 2, 2020 at 1:55 pm

    Mi partt ves varah sali sis??? masha Allah ❤❤aley mi rafgaa mee haadha nulafaa anhenkujekey dhw ???? but feeling sad for falak.???falak are Aalim aaa haadha majaley aley.HHama heeeheehalaaku veje.??? waiting for next part. Love uu sisoo❤❤????

    1. aphxxx says:
      July 2, 2020 at 2:49 pm

      Rafga got the nulafaa kan from her mom kanneyge ehnu?thankyou ril darling lym next part soooon!❤️?❤️

  7. heartbroken says:
    July 2, 2020 at 2:59 pm

    i messgggd u viber in fenijjethe?? its urent handhaan nethydhaa … fothaku vx liyegn miolhenuuu ahaha DREAM

    1. aphxxx says:
      July 2, 2020 at 3:11 pm

      Hahaha yes gohodo buri i saw it i even repliedddd mirey gulhaaan waa❤️❤️

  8. heartbroken says:
    July 2, 2020 at 3:30 pm

    yeahhh im totally messssssed up ???????????

    1. aphxxx says:
      July 2, 2020 at 4:52 pm

      As always but dont worry mey thumey sameytungy?❤️

  9. naash says:
    July 2, 2020 at 6:38 pm

    Woah Woah Woah v vvvv Reethi maasha Allah… Neh hama bunaane ehcheh vs… Kiihtha e rafga ah e vanii alhefahe.. Hajam nuvaathii kihaa dherakameh dhw… Haadha rulhi aadhey e rafagaaa dheke huvaa mi bunii..

    1. aphxxx says:
      July 2, 2020 at 7:04 pm

      Hahaha dhw naash wes #murderrafga gang dhw?❤️ Thankyou darling means alot❤️?

  10. Scarlet says:
    July 3, 2020 at 7:18 pm

    When next part up vaany? ???I’m not that patient

    1. aphxxx says:
      July 3, 2020 at 7:23 pm

      Ahaha i just submitted the 12th part lets hope it will be published soon?❤️

  11. ލާނީ says:
    July 3, 2020 at 10:19 pm

    aphxxx thy kon rashaku kuhjehtha n age aky kobaa ?I’ll also join the team ??rafgaa e ulheny moya vegen tha ??Bodu barabo??

    1. aphxxx says:
      July 20, 2020 at 8:42 pm

      Ahahhaha l.maamendhoo thankyou

Comments are closed.

Next Episodeލޯތްބައްޓަކައި(12ވަނަ ބައި)←


All Right Reserved!