Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 16

vanteKTH Level 210 Stories100 Comments
July 2, 2020 3 Mins Read
35 Comments

ސާރާ އައިސް ވައިން އިރު އަތާ ފައި ފިނިވަމުން ދިޔައެވެ. އެންމެންގެ ނަޒަރު ވަނީ އޭނަ އާއި ދިމާލަށް ހުއްޓިފައެވެ. ޝާއިފް އަށް ވީގޮތްވެސް ބުނެދޭން ނޭނގުނެވެ.” އޭއް އޭއް ތި އަނގަ ލައްޕާލާ މެއްސެއް ވަދެދާނެ.” ޝާއިފް ގެ ދަތްދޮޅީގައި ހިފާލަމުން ދާއިން ދިމާ ކޮށްލިއެވެ.އެވަގުތު ޝާއިފް ސާރާ އާއި ދިމާލށް ހިނގައިގަންނަން އުޅުމުން ޒައުލް އާއި ދާއިން ހިފެހެއްޓިއެވެ.” ތިހެނެއް ނުދެވޭނެ އަދި.ކެތްކޮށްލާ ކުޑަ އިރުކޮޅަކަށް.” ޒައުލް ބުނެލިއެވެ. ” ދެން ކިހާ އިރަކަށް ތަ ކެތްކުރަންވީ؟ އަހަރެންގެ ރާނީމިރޭ ހާދަ ލޮއެއްބޭ.. ކިހިނެއްތަ ދުރުގައި ހުންނާނީ؟” ހިތާހިތުން ޝާއިފް ބުނެލިއެވެ.  ސާރާ ޝާއިފް އާއި ދިމާލަށް ބަލާލިއެވެ. ހުދުގަމީހާއި އަޅި ކުލައިގެ ކޯޓު ފަޓުލޫނުގައި ޝާއިފް ގެ ފިރިހެން ވަންތަކަން ދައްކުވައިދެއެވެ.އެވަގުތު މުޅި ތަނުން ކަރަންޓު ދިއުމުން އެންމެން ހޭލަ މޭލަ ވާން ފެށިއެވެ. “ކިހިނެއް އެވީ؟ ކޮބާތަ އެމެޖެންސީ ލައިޓް ތައް؟” ޝާއިފް ބުނެލިއެވެ. އެވަގުތު ޒައުލް ގޮސް ކަރަންޓް ބޯޑް ބަލާލިއިރު ހުރިހާ ނަރެއް ކަހަލަ ގޮތަކަށް ވަނީ ބުރި ކޮށްލާފައެވެ.އެކަން އެހެން ވާންވީ ސަބަބަކާއި މެދު ޒައުލްގެ ސުވާލު އުފެދުނެވެ. ހީވަނީ މީހަކު ކޮށާލާފައި ހުރިހެނެވެ.ޒައުލް އަވަސް ވެގަތީ ކަރަންޓު ބޯޑާއި ބެހޭ މީހަކާއި ގުޅުމަށެވެ. އޭރު ކައިވެނި ކުރާ މީހުން އަންނަން އޮތީ ވިއްސަކަށް މިނެޓެވެ.

އެންމެން މުޅި ތާ އެނބުރެމުން ދިޔައިރު ހަޝްމާ ދުރުގައި އިނީ އޭނަގެ ރޭވުން ކާމިޔާބު ވާތީވެ އުފާ ކުރާ ހާލުގައެވެ. އަތުގައި އިން ޖޫސް ތަށިން އެތި ކޮޅު ކޮޅު ބޮމުން ދިޔައިރު ތުންފަތް މަތީގައި ވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.ނަމަވެސް އޭނަގެ އެ އުފާތައް އިރުކޮޅަކުން ވެއްޔާ މޮޑެވިގެން ދިޔައީ ކަރަންޓުގެ އަލިކަން ފަސް މިނެޓު ތެރޭގައި ލިބޭނެ ވާހަކަ ދާއިން  ބުނެލުމުނެނެވެ.

ކަރަންޓު އަނބުރާ އައުމުން ކައިވެންޏައިގެން ކުރިޔަށް ދިޔައެވެ.ކައިވެނީގެ ހުތުބާ ލައިދެންފެށި ހިސާބުން ދެމީހުންގެ ހިތް ބާރު މިނުގައި ތެޅެމުން ދިޔައެވެ. ޝާއިފް އަނބި ގަބޫލް ކޮށްފީމޭ ބުނުމާއި އެކު ސާރާ އަށް އިޙުތިޔާރުން ބޭރުގައި ޝާއިފް އާއި ދިމާލަށް ބަލާލެވުނެވެ.

” ޔޫ އާ މައިން” ސާރާ އާއި ޝާއިފް ގެ ކައިރިން މީހުން މަދުވެލުމާއި އެކު ޝާއިފް ބުނެލިއެވެ.

“އޭއް ކޮބާ މަން މިރޭ ބިންހެލުމެއް އަރާނެ ކަމަށް މެޓް  އޮފީހުން އަންގައިފި.ސަލާމަތް ވެ ތިބެއްޗޭ” ޝިޔާރާ ބުނެލިއެވެ.”އާން.. އެނދުގައިއޮންއިރު ތެރަހުން ތަތް ވާން ހަދާން ކުރަންވާނެ.” ޔުނާންވެސް އެއްބަސް ވަމުން ބުނެލިއެވެ. އެވަގުތު ސާރާގެ މޫނު ރަތްވެގެން ދިޔައެވެ. ސާރާ ހުރީ ނުލާހިކު ބިރުންނެވެ.އެއީ ކޮންމެ އަންހެން ކުއްޖަކަށް ވެސް ވާނޭ ގޮތެވެ. ސާރާ މެން ޕާޓީގައި ހުރި އިރުވެސް އިރު އިރު ކޮޅާ ނައިނާމެނާއި ޒައުލްމެން އައިސް ކޮންމެސް އެއްޗެކޭ ކިޔާ ލަދު ގަންނަވާލައެވެ.

ޕާޓީ ނިންމާފައި ސާރާމެނަށް ގެޔަށް ދެވުނު އިރު ދަންވަރު ދޭއް ޖަހަނީ އެވެ. އެހާ ގިނައިރު އުސް އެއްޗަކަށް އަރައިގެން ހުންނަން ޖެހުމުގެ ސަބަބުން ސާރާ ހުރީ ފައި ވާޅުވެ ފައިގައި ރިއްސާ ގޮތް ވެފައެވެ. ހަމައެއާއި އެކު އެހާ ވަރުބަލިވެސް ވެފައެވެ.އެ ހުރިހާ ކަމަކަށް ވުރެ ސާރާގެ ހިތުގެ ހާލު މާ ބޮޑެވެ. ސާރާގެ ހިތް ހީވަނީ މޭ ފަޅާ ނުކުމެ ދާނެހެނެވެ.ދެއަތް ފިނިވެފައި ވެއެވެ.

ޝީޒާ އާއި ސާރާގެ ރައްޓެހިން ޝާއިފްގެ ކޮޓަރިޔަށް ސާރާ ލުމަށް ފަހު ހިނގައިގަތެވެ. ސާރާ އެދުމަތީގައި އިނީ ހަރަކާތެއް ގެންނަން ނުކެރިފައެވެ. އިރުކޮޅަކުން ޝާއިފް އައިސް ވަނެވެ.” މާޝާﷲ އަހަރެންގެ ޕްރިންސެސް ހާދަ ލޮއެއްބޭ.ތެންކިޔު ސޯ މަޗް.. ޝާއިފް ގެ މީހަކަށް ވީތީ.. އަބަދުވެސް ސާރާ އާއި އެކު ޝާއިފް ހުންނާނަން…ވަރަށް ވަރަށް ލޯބިވޭ.” ސާރާގެ ކައިރީގައި އުޑަފައިން އިށީންނަމުން ބުނެލިއެވެ.އެއަށްފަހު ޝާއިފް ގެ  ފަޓްލޫނު ޖީބުން ކުޑާ ފޮއްޓެއް ނެގުމަށް ފަހު އޭގައި ވާ ރިހި ކުލައިގެ އަނގޮޓި ސާރާގެ ވާއަތުގެ ކަށި އިނގިލީގައި އަޅުވާލަދިނެވެ.

“ސާރާ ބިރުންތަ ތީނީ..؟؟ ޝާއިފް މިހުރީ ވަރަށް ވަރުބަލިވެފައި.. ހިނގާ ނިދަން އޭރުން މާދަމާ އަވަހަށް ހޭލެވޭނީ..ސާރާގެ ހެދުންތައް އެހުރީ ފޮށީގައި.” ޝާއިފް މި ޖުމުލައިން ސާރާ އަށް ހަމަ ނޭވާ އެއް ލެވުނެވެ. ސާރާ ފާހާނައަށ ވަދެ ތާޒާ ވެލުމަށް ފަހު ނިދުމަށް ޓަކައި އެނދަށް އެރިއެވެ.ސާރާ އަށް ސިހުމެއްލިބުނީ ޝާއިފްގެ ދެއަތް ސާރާގެ އުނަގަނޑުގައި ވަށާ ލުމުންނެވެ. ސާރާ އަށް އެވަގުތު ރައްކާތެރި ކަމުގެ އިހުސާސެއް ކުރެވުނީ ކީއްވެ ކަމެއްނޭނގުނެވެ. ސާރާވެސް ޝާއިފް އާއި ކައިރިޔަށް ޖެހިލުމަށް ފަހު ފުން ނިންޖަކަށް ގެބުނެވެ.

މިރޭ ހަޝްމާ ހީވަނީ މޮޔަ ވެފައި ވާހެނެވެ. އެނދުމަތީގައި ވާ ބާލީސް ތަކާއި ރަޖާގަނދު ބިންމައްޗަށް ވައްޓާލިއެވެ.އަދި އެވަރު ނުވެގެން ޑްރެސިން ޓެބަލް މަތީ ހުރި ހުރިހާ އެއްޗެއް ބިމާ ހަމަކޮށްލިއެވެ.” އައިވިލް ކިލް ޔޫ ސާރާ. ކަލޭ މަރާ ނުލާ ދެން މަށަކަށް ނޭވާއެއް ނުލެވޭނެ… ޝާއިފް އަކީ އަހަރެންގެ މީހެއް.. ހަމަ އެކަނި އަހަރެން.” ހަޝްމާ ރޮމުން ބުނަމުން ދިޔައެވެ. އޭރު ލޮލުގައި އަޅާފައި ވާ އަނދުންތައްވެސް ފޭދިފައި ހުރުމުން ހަޝްމާ ފެންނަނީ ބިރުވެރި ގޮތަކަށެވެ.ތެޅިފައިވާ ބިއްލޫރި ސެންޓުފުޅީގެ ވަހުން ކޮޓަރި ތެރޭގައި ބޮލަށް އެނބުރުން އަރާފަދަ ވަހެއް ހުއްޓެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ރޯން އިން ހަޝްމާ އިރު ކޮޅަކުން ފެނުނީ ފާހާނައަށް ވަންތަނެވެ. އަދި އެޔަށް ފަހު ނުކުމެ އަތް ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ.

*ކިޔުންތެރިންގެ ސަމާލުކަމަށް:

އަޅުގަނޑުގެ ވާހަކައިގައި ޝާއިފްއަކީ ޕައިލެޓެއް ނަމަވެސް އެތަން މިހާރު ޝާއިފް އަކީ ވިޔަފާރި ވެރިއެއްގެ ގޮތުގައި އިސްލާހި ކުރެވިފައިވާ ވާހަކަ ދަންނަވެމެވެ.*

*ދިމާވި ބައެއް ދަތިތަކާއި އެކު އަޅުގަނޑުގެ ވާހަކަ ލަސް ވި ކަމަށްޓަކައި އެންމެހައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

vanteKTH

Level 210 Stories100 Comments

a girl who loves to read and write stories..please feel free to give comments...if it is negetive even i wont feel bad..

Other Articles

Previous

ސިފަ

Next

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(3)

Next
July 2, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(3)

Previews
July 2, 2020

ސިފަ

35 Comments!

  1. starlight vixx says:
    July 2, 2020 at 8:53 am

    Yaya me first dho … hashma eulheny keekuran anyways varah reethi mi part ves curiously waiting for the next part

    1. vanteKTH says:
      July 2, 2020 at 12:20 pm

      yes dear you are first.. congrats… neyge dhw hingaa balamaa…..

  2. fai?????? says:
    July 2, 2020 at 10:24 am

    wow wow wow.. hashmaa moya vee thoache.. btw vvvv rom… haadha reehcheyh.. lysm sis.. bless yuh.. whn is next

    1. vanteKTH says:
      July 2, 2020 at 12:23 pm

      thank u.. hehehehe…..lym darl..maadhamaa noonee emme las vegehn saturday ga

  3. shimmi says:
    July 2, 2020 at 10:26 am

    omg.. sis hama neh bunaane ehcheh ves.. hahahaha saaraa birun dhw inee.. naseebeh nun e fakeerah heart attack eh nujehunu kan … btw vvvvvvvvvvv reethi.. hashmaa kuran ulhey kamakun vvvv curious vejje….

    1. vanteKTH says:
      July 2, 2020 at 12:31 pm

      thank u darl…hahaha hama naseebeh dhw…heheh v ufaavejje shimmi dear ah stry kamudhiyaee ma

  4. shifkko says:
    July 2, 2020 at 10:28 am

    wow sis hama molhihyeyh curious kohlan… and its ok eyh.. baeh faharu ehn ves vaane..ekm v wait kurin stry ah.. and yh reethi vaane dhw business man eh.. lysm.. tc.. be safe

    1. vanteKTH says:
      July 2, 2020 at 12:37 pm

      thank u..thank u for understanding darl.. vvvvv bodah srry adhives ehfaharu..v dhera vejje..lym..you too shifkko

  5. someone says:
    July 2, 2020 at 10:39 am

    mashallah neh ithurah bunaane ehcheh…. vvvv reethi.. okeyh v hiyhama jeheyh thi genai badhalu…hashma kn moya eh govan eulheneeh?? lysm.. whn is next

    1. vanteKTH says:
      July 2, 2020 at 12:40 pm

      hehehe.. thank u…v ufaavejje genai badhalu kamudhiyaee ma.. lym darl.. maadhama noonee saturday ga emme lasvegenh

  6. naal says:
    July 2, 2020 at 10:42 am

    waaaaaahhhhh sisoooooooooo haadha reehcheyh.. naal vvv wait kurin kuree dhuvahuves but okeyh vaane ehn ves vaane.. mihaaru hashmaa gandu keekuran eulhenee…shahaadheh mi bunee.. moya vefatha ehunnaanee??? !!! btw whn is next…. vvvvvvvvvvvvv curious

    1. vanteKTH says:
      July 2, 2020 at 12:41 pm

      thank you darla…alheyh srry ngeyh disappoint kohlevunema …neyge dhw.. hingaa balamaa keehkuran thw eulhenee…maadhama noonee saturday ga emme lasvegen.. ok??

  7. shina says:
    July 2, 2020 at 10:46 am

    wow mi abives v reethi.. ekm lahun up v ma vvvvv dhera.. kn irakah nxt prt??

    1. vanteKTH says:
      July 2, 2020 at 12:43 pm

      thank u… srry for that.. maadhama noonee saturday ga

  8. fainaa says:
    July 2, 2020 at 10:55 am

    woaaaaahhhhhh vvvvvv reethi.. haadha rom eyh..hashma ah kihineh v e.. moya v tha?? btw its ok eyh sisooooo.. whn is next

    1. vanteKTH says:
      July 2, 2020 at 12:44 pm

      thank you dear… neyge dhw hingaa balamaa.. thnk u for understanding…maadhama noonee saturday ga ingey darl

  9. Shaiiii says:
    July 2, 2020 at 11:00 am

    Wooooowwww Vv battery salhi hama mi prt vx♥️??…… Heekuri Gothaa khilaafah kan thah thah dhiya eii❣️?…. Waiting for nxt part???

    1. vanteKTH says:
      July 2, 2020 at 12:45 pm

      thank u…. heheh…keekeyh shai heekuree??

  10. Shaiiii says:
    July 2, 2020 at 11:01 am

    BATTERY MY FUUT?…. TYPING MISTAKE

    1. vanteKTH says:
      July 2, 2020 at 12:46 pm

      haha.. ok vaane

  11. thaaraa?✨ says:
    July 2, 2020 at 11:53 am

    woaaahhhhh sissssyyyyyyyyyyyyyyyyyyyyyyyyy haadha reehchey mi part.. hama bunaane ehcheh neyhgifa mihuree..whn is next part

    1. vanteKTH says:
      July 2, 2020 at 12:47 pm

      thank you darla…hehehe… maadhama noonee saturday ga ngeyh

  12. No one says:
    July 2, 2020 at 12:18 pm

    Varah reethi ??♥️??

    1. vanteKTH says:
      July 2, 2020 at 12:48 pm

      thank u dear

  13. Anonymous says:
    July 2, 2020 at 12:46 pm

    its ok eyy dear….baeh faharu lass vx vaane ehnnu…btw mi part hama habeys….varah varah reethi…nd vrh curious vehjje…hashma keehkuranbaa mihaaru e ulheny….curiously waiting for the nxt part….lyms….stay safe

    1. vanteKTH says:
      July 2, 2020 at 12:49 pm

      thank u for understanding…thank u…heheh.. neyge dhw hingaa balamaa..lym.. you too darl

  14. Kairaa says:
    July 2, 2020 at 12:46 pm

    its ok eyy dear….baeh faharu lass vx vaane ehnnu…btw mi part hama habeys….varah varah reethi…nd vrh curious vehjje…hashma keehkuranbaa mihaaru e ulheny….curiously waiting for the nxt part….lyms….stay safe

    1. vanteKTH says:
      July 2, 2020 at 12:51 pm

      thank u kairaa dear.. u r hama one of the biggest suppotter till now..vhk nerefa i always wait kairaa dear ge cmmnt akah… thank you for that…neyge dhw hingaa balamaa…lym.. u too..

  15. naash says:
    July 2, 2020 at 1:32 pm

    maasha allah vvvvvvvvvvvvvvvv reethi m part vs… keep it up.. so proud of yuh girlllllllllllllll………. vvvvvvv loves… myssssssmmmmmmmmmm darl

    1. vanteKTH says:
      July 2, 2020 at 4:25 pm

      thank u sisoooo….you too..lymmm…..mymmmmmmmmmmmmmmmm darla

  16. ?Ril? says:
    July 2, 2020 at 3:05 pm

    Hi sis.
    Mi part ves varah sali sis. Masha Allah. Saaraa men marry kuree dhw wow I am so happy. And mi hashmaa Hama moyabolah araafa huree Hama ragalah ves . Waiting for the next
    Love u sis
    TC

    1. vanteKTH says:
      July 2, 2020 at 4:26 pm

      hey ril dear
      thank u..vv ufaavejje ril ah mi prt ves kamudhiyaee ma…neygey dhw…lym…tc

  17. Hafu says:
    July 4, 2020 at 9:31 pm

    Hii sis.. Wow mi part ves varah salhi. Wht will happen next . curiously can’t wait for next part . love this story. When is next part sisss?
    Stay safe and take care sis?

    1. vanteKTH says:
      July 7, 2020 at 1:06 pm

      thank you so much hafu dear..hingaaa dhw balamaa vaa gotheh.. srry for the late reply.. thursday ga up kohlaanan ngeyh.. inshallah..you too dear

  18. good says:
    July 11, 2020 at 10:50 am

    wow wow wow wow vvvvvvv reethi.. whn is next

Comments are closed.

Next Episodeމިދެލޯ ފުހެލަ ދޭށޭ ލޯބިން 17←


All Right Reserved!