Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

އެދެނީ އެކުގައިވާށޭ 1

Axian Level 1
June 30, 2020 5 Mins Read
7 Comments

ނޭވާ ހިފާއްޓާލަމުން އަހަރެން ޖެހިގެން ހުރި ދޮންބެއަށް އިޝާރާތެއް ކޮށްލީމެވެ. ދޮންބެ އިޝާން އަހަރެންގެ އަތުގައި ހިފާ ފިނޑިނުވާށޭ ބުނެލީ ވައި އަޑުންނެވެ. އަހަރެންގެ ކުޑަބެ އިޒާން އާއި ދޮންތަ އަޒްފާ ހުރީ އަހަރެންގެ ގަމީސް ވީދައިގެން ދާނެހާ ބާރަށް ފަހަތުން ހިފާއްޓައިގެންނެވެ. އަހަރެންގެ ކުޑަ ކޮއްކޮ އިމްޝާ ހުރީ އެންމެންގެ މެދުގައެވެ. އެ ފަކީރު ބިރުން ތުރުތުރު އަޅާވަރުން ދެންމެދެންމޭން ހަޅޭއްލަވައިގަނެފާނެހެން ހީވެއެވެ. އަހަރެން ހުރީ އިމްޝާގެ އަތުގައި ހިފުނުހާ ބާރަކަށް ހިފައިގެންނެވެ.

އަނދިރިކަމުން މީހަކު އައިސް ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭނގޭހާ އަނދިރިއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކީ އިވެނީ ފަތްތައް ޗަސްވެ މުގުރޭ އަޑެވެ. އެތަނުން ދުވަނީ އެކި ވައްތަރުގެ ފަތްތަކެއް އެއްވުމުން ދުވާ ކަހަލަ ވަހެކެވެ. ހީވަނީ ދިވެހިބޭހެއްގެ ވަސް ދުވާހެންނެވެ. އަތް ހޫރާލާއިރަށް އަތުގައި ޖެހެނީ ގަސްގަހުގެ ގޮފިތަކެެވެ. ދޭތެރެ ދޭތެރެއިން ރާޅު ބީއްސާލާ އަޑާއެކީ ލޮނުވަސްގަނޑު ނޭފަތް ދޮށުގައި އެނބުރިގަނެއެވެ. ފަތްތައް ނެތް ދިމާލެއްގައި އޮޅުމަކުންވެސް ފައި އެޅިއްޖެނަމަ އެ ތެތް ވެލިގަނޑުގައި ފައި ޖެހެއެވެ. އިވޭ ފަނިފަކުސައިގެ އަޑުވެސް މަޑެއް ނޫނެވެ.

ބިރުންހުރެ އަހަރެމެން ފަސްމީހުން ކުރިއަށް ދިޔަ ވަރަކަށް އަންހެނަކު ރޯ އަޑު އިވޭހެން ހީވިއެވެ. އަަހަރެން ކުރިއަށް އަޅާލި ފިޔަވަޅު އެޅުނީ މަޑު އެއްޗެއް މަތީގައެވެ. ސްޕޮންޖް ގޮދަޑިގަނޑަކަށް ގަނބައިގަނެގެން ދާހެން އަހަރެން އެއެއްޗެއް ތެރެއަށް ގަނބައިގަތެވެ. އަޒްފާއާއި އިޒާންވެސް އަހަރެންނާއެކީ ގަނބައިގަތެވެ.

“ދެންވެސް އަހަރެންގެ ގައިމަތީން ތެދުވޭ.. މި ބިރުވެރިކަމުން ސަލާމަތްވެވެން އޮތީ ހަމައެކަނި ކުރިއަށް ގޮސްގެން… ދެން ފެންނާނީ މިއަށްވުރެ ބިރުވެރި ކަންކަން.. އަވަހަށް ތެދުވޭ…” އަހަރެން އަވަހަށް އިޒާން އެއް ފަރާތަކަށް ފުރޮޅާލީމެވެ. އަޒްފާ ތެދުވެ ފަހަތް ބަލާލިއެވެ. “އޭ އިވާން… ފަހަތުގައި އެބަހުރި އެއްޗެއް..” ވައި އަޑަކުން އަޒްފާ އެހެން ބުނެލުމާއެކީ އަހަރެންގެ ހިތްވަރު އެލެން ފެށިއެވެ. ”އަހަރެން ބުނީމެއްނު ފަހަތް ބަލައިގެންނެއް ނުވާނެޔޭ.. އަވަސް ކުރޭ.. މިކަމުން ސަލާމަތްވެވޭކަށް މާ ގިނައިރެއް ދެން ނެތް..” އިޝާން އަވަހަށް އިމްޝާ އުރާލިއެވެ.

ދެން ކުރިއަށް ނެގި ފިޔަވަޅާއެކީ އަހަރެންގެ ލޮލުގައި އަޅައިގަތީ ކުޑަ ކުއްޖެކެވެ. ހަމައެކަނި ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި އިރު އެކުއްޖާ ފެންނަނީ ނިކަން ބިރުވެރިކޮށެވެ. އެ ކުއްޖާގެ އަތުގައި ކުޑަވަރެއްގެ ސްޓަފްޑް ކުޅޭ އެއްޗެއް އޮތެވެ. އެ ކުއްޖާއާއި އެ ކުޅޭ އެތި ފޯވެފައިވަނީ ލެއިންނެވެ. ”އަހަރެން.. އެމީހުން މަރައެއްނުލަން..” އެ ކުޑަ ކުއްޖާ އެހެން ބުނެލުމާއެކީ އެ ގަދަ ވައިރޯޅިއެއް ޖެހުނެވެ. އަލިވި ހަމައެކަނި ދިމާއިން އަހަރެންނަށް ފެނުނީ ބުރިކޮށްލެވިފައިވާ ބޮލެކެވެ. އެ ކުޑަ ކުއްޖާ ފޮރުވައިގެން ހުރި ފުރޯ ފުރަތަމަ އަޅައިގަތީ އަހަރެންގެ ލޮލުގައެވެ.

އެމީހަކާއި އެމީހެއް ކިޔާފައި އަހަރެން ދުއްވައިގަތީމެވެ. އެ ތެތް ވެލިގަނޑުގެ ސަބަބުން އަހަރެންގެ ދެފައިވަނީ ތަތް ތެޅިފައެވެ. އަހަރެންނާއެކީ ތިބި މީހުންގެ މަތިން ހަނދާންވެގެން އަހަރެންނަށް ހުއްޓެވުނެވެ. ނަމަވެސް އެއިން އެކަކުވެސް ފެންނާކަށް ނެތެވެ.

ކުރިއަށް އަޅާލި ފިޔަވަޅާއެކީ އަހަރެން މީހެއްގެ ގައިގައި ލައިގަތެވެ. “އިޒާންބޭ..” އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ މިތާ މިހުރީ އަހަރެން އެކަނިވެފައި ނޫންކަން އިހުސާސްވުމުންނެވެ. “ދޮންބެ.. ދޮންތަ.. އިމްކޮ.. އެ ތިންމީހުން ކޮބާތަ..؟” އިޒާން އެހެން އަހާލުމުން އަހަރެންނަށް އިސްޖަހާލެވުނެވެ. ”ނޭނގޭ.. އެ ކުޑަ ސޮރު ފެނިފައި މަށަށްވެސް ދުއްވައޭގަނެވުނީ… އެ ސޮރު ވީތަނެއް އެނގޭތަ..؟ އޭނަ އަހަރެމެންގެ ފަހަތުން ނާންނާނެތަ..؟” އަަހަރެން އަނެއްކާވެސް ފަހަތް ބަލާލީމެވެ.

“ބަލާ… ބަލާލަ..” އިޒާންގެ އަޑު ކެނޑިކެނޑިގެން އައުމުގެ ސަބަބުން އަހަރެންނަށް ބަލާލެވުނެވެ. އޭރު އެތާ ހުރި ގަހެއްގެ މަތީ ހުރި އެތި ފެނިފައި އަހަރެންނަށް ހުރެވުނީ ދުއްވައިގަންނަންވެސް ނޭނގިފައެވެ.

އޭތީގެ ފިހިފައިވާ ހަންގަނޑުން ބައެއް ބައިތައްވަނީ ނެއްޓިފައެވެ. ތުންފަތެއް ނެތް އަނގަތެރޭގައިވާ ދަތްތައް ފެނެއެވެ. ކޮބަޑިން ރީނދޫ ކަޅު ކުލައެއް ހުރި އެ ދަތްތައް ނިކަން މުޑުދާރެވެ. އަހަރެންނަށް މަޑުމަޑުން ބަލާލެވުނީ އޭތި އެއްޗެއް ހަފާހެން ހީވުމުންނެވެ. ވިދާލި ވިދުވަރާއެކީގައި އޭތީގެ އަތުގައި އޮތް އިންސާނެއްގެ ގޮހޮރު އަޅައިގަތީ ދެނެވެ.

”އިވާނޫ..!!!!” އިޒާންގެ އަޑަށް އަހަރެން ހޭވައްޓާލާފައި އަނެއްކާވެސް ދުއްވައިގަތީމެވެ. އަހަރެން ފަހަތް ބަލާލިއިރު އޭތި ގުންފައި ޖަހާފައި އަހަރެމެންނާއި ދިމާލަށް އެބަ އާދެއެވެ.

“އިޒައްކޯ.. އިޝާން..؟” ރޮވިފައިވާ އަޒްފާ އަހަރެމެންނަށް ފެނުނެވެ. “އިޒާންބޭ.. އިޒާނުބޭ ކޮބާ..؟” އަހަރެންނަށް ވުރެ ކުރިން ދުވެފައި ދިޔަ އިޒާން ފެންނަން ނެތުމުން އަހަރެންނަށް އެެހުނެވެ.

“އިމްކޮއާއެކީ ދޮންތަ މިހާއިރު ވަންދެން މި އުޅުނީ.. ދެންމެ އިނގޭތަ ދޮންތައަށް ފެނުނީ އެއްކަލަ ލޭލިބާސް ލައިގެން ހުންނަ އަންހެން މީހާ.. ޖަހާ އައިގޮތުން ދޮންތަ އިމްކޮ މަތިން ހަނދާނެއްވެސް ނެތް.. ފަހުން ބަލާލިއިރު ފެންނާކަށް ނެތް..” ބިރުގަނެފައި އަޒްފާ އަހަރެންނަށް ވީގޮތް ކިޔާދިނެވެ.

“އަހަރެމެންނަށް އަދި ވަގުތު އެބައޮތް.. އަވަހަށް ދަމާ ދޮންތާ..” އަޒްފާގެ އަތުގައި ހިފަން އަހަރެން ދިމާކޮށްލީމެވެ. އަޒްފާގެ އަތުގައި ހިފައިގެން އަހަރެން ދުއްވައިގަތީމެވެ. “އޭތް ބަލަ އިވާން.. ސަލާމަތްކުރޭ…!!!” އަޒްފާގެ އަޑު އިވުމުން އަހަރެންނަށް ބަލާލެވުނެވެ. އަހަރެން ހިފައިގެން ހުރީ އަޒްފާގެ އަތުގައެއް ނޫނެވެ. ލޭލިބާސް ދައިތަގެ އަތުގައެވެ. އިސްތަށިގަނޑު ހާވާލައިގެން އެހުރި ލޭ ލިބާސް ދައިތަ ފެނިފައި އަހަރެންނަށް ހީވީ ގިޔާމަތް ވީހެންނެވެ.

ފަހަތް ބަލާލިއިރު އެއްކަލަ ކުޑަސޮރު އަޒްފާ ދަމަމުން އެހެރަ ދަނީއެވެ. އަހަރެން ދުއްވައިގަންނަން އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުވީ ލޭ ލިބާސް ދައިތައެވެ. އަހަރެންގެ ކޮނޑަށް އެއްލައިގެން ލޭ ލިބާސް ދައިތަ މިސްރާބު ޖެހީ ކުރިއަށެވެ. އަޒްފާއާއި ވީހާވެސް ދުރަށެވެ. “ނޫން..! ދޮންތާ..!!” އަހަރެންވެސް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީމެވެ. ލޭ ލިބާސް ދައިތަ ޖަހާލި ހިނިގަނޑު އަޑު އިވުމުން އަހަރެންގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

“ދޫކުރޭ..!!” ރުޅިއައިސްގެން އަހަރެން ހަޅޭއްލެވީމެވެ.

ލޭ ލިބާސް ދައިތަ އަހަރެން ތެޅޭތެޅުމަކަށް ލަވާ ހަޅޭކަކަށް އިޖާބަ ނުދީ ކުރިއަށް ދިޔައެވެ. އަހަރެން ލޯ މަރާލީ މީ އަހަރެންގެ ފަހު ވަގުތުކޮޅުކަން އިހުސާސް ވުމުންނެވެ. ލޭ ލިބާސް ދައިތަ އަހަރެން ބިންމައްޗަށް ވައްޓާލިއެވެ. އަރިކަށްޓަށް ވީ ތަދުން އަހަރެންނަށް އާތް ކިޔާ ތެދުވެވުނެވެ.

“މިޝަން ފެއިލްޑް..” އޭރު ހިނި އައިސްފައި އިޒާންއާއި އިޝާންގެ އިތުރުން އިމްޝާ ހުއްޓެވެ. ”ކަލޭމެން ކުދިންގެ ގާތު ބުނެފައި އޮންނާނީ ބިރުވެރި ހޮހޮޅައިގެ ގައިޑްމީހާގެ ފަހަތުން އެކަންޏޭ ދެވޭނީ.. ހަމަ އެވަރަށް އަންގާފައި އޮއްވާ އަމިއްލަ އަމިއްލައަށް ދުއްވައިގަތީމާ މަ މެންނަށެއްނު ޖެހުނީ ކަލޭމެން ނެރެން..” ރޮވިފައިވާ އަޒްފާއާއި ދިމާލަށް ބަލަމުން ހެވިފައި ހުރެ ކުޑަސޮރު ބުނެލިއެވެ.

“ވާވްވްވް… މިއަހަރުގެ ބިރުވެރި ހޮހޮޅަ ވަރަށް ސަޅި އިނގޭ…” އިޝާން ލޭ ލިބާސް ދައިތަގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“މި އިމްކޮވެސް ވެއްޖެއްނު އަހަރެންވެސް ގޮވައިގެން މި ބިރުވެރި ހޮހޮޅަގަނޑަށް ވަންނަން..” ބޮލުގައި ހުރި ފަތްތައް ސާފު ކުރަމުން އަޒްފާ ކުދިކިޔަން ފެށިއެވެ. “ހޫން.. މަށަށް އެނގޭ ދޮންތަ ރޯން ފަށާނެކަން..” އިމްޝާ ދިމާ ކޮށްލިއެވެ. “އިމްކޮވެސް ހުރީ ރޮވިފައެއްނު..؟” އިޒާން ދިމާ ކޮށްލިއެވެ. ”ދެން އިޒާންބެއޯ..؟ އަހަރެންގެ ގަމީސް ކިރިޔާ އިރައިގެން ނުދިޔައީ..” އަހަރެންވެސް ދުލެއް ނުދެމެވެ.

އަހަރެންނާއި އިޝާންއާއި އިޒާންއާއި އަޒްފާއަކީ އެއްމާބަނޑު ހަތަރު ބެއިންނެވެ. މިހާރުގެ ކުދިން ކިޔާގޮތުން ނަމަ “ކުއާޑްރަޕްލެޓްސް” އެވެ. އިމްޝާއަކީ އަހަރެމެންގެ ކޮއްކޮއެވެ. އިޝާންއަކީ އަހަރެމެންގެ ތެރެއިން އެންމެ ފުރަތަމަ ދުނިޔޭގެ އަލިކަން ދެކުނު ކުއްޖާއެވެ. ދެން ހުންނާނީ އަޒްފާއެވެ. އަޒްފާއަށްފަހު އިޒާނެވެ. އެންމެ ފަހަށް ނުކުތުމުގެ ފުރުސަތު ލިބުނީ އަހަންނަށެވެ. އާނއެކެވެ. އަހަރެން، އިވާނަށެވެ.

“ދަރިފުޅުމެން ގެއަށްދާކަށް ނުވޭތަ..؟” މަންމަ ގޮވާލުމާއެކީ އަހަރެން ފަހަތް ބަލާލީމެވެ. “މަންމަގެ ގައިގައި އެންމެ ފުރަތަމަ އަތްލެވޭނީ ކާކަށް..؟؟” އެހެންކިޔާ އަހަރެން ދުއްވައިގަތީމެވެ. ފުރަތަމަ މަންމަގެ ގައިގައި އޮޅުލައިގަތީވެސް އަހަރެންނެވެ. އިޝާނަށް ފަހު އިޒާނަށްފަހު ދެ އަންހެންކުދިން އެކީ މަންމަގެ ގައިގައި ބައްދައިގަތުމުގެ ސަބަބުން މަންމަ އިދިފުށަށް ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ.

”ދެން ދަރިފުޅުމެންވެސް ދޯ.. އަވަހަށް ހިނގާ ގެއަށް ދާން.. އޭރުންނެއްނު މާދަން ދަތުރުވެސް ދެވޭނީ..؟” މާދަމައަށް އަހަރެމެން ރާވާފައިވާ ދަތުރުގެ މަތިން ހަނދާންވީވެސް މަންމަ އެހެން ބުނެލުމުންނެވެ.

“އަޝްކޯ… އިވާނޫ..!” އަހަރެން ފަހަތް ބަލާލީ އަހަރެންގެ އާއިލާގެ އެހެން މެންބަރުން ފެނުމުންނެވެ. އެއީ އަހަރެންގެ މަންމަގެ ކޮއްކޮއާއި އަހަރެންގެ ބައްޕަ ފަރާތު އާއިލާގެ ތުއްތަ އާއި މީމިބެއެވެ.

“އަޝްކޯ.. އަހަރެން މިއައީ އެއްކަލަ ބާސްކެޓް ބޯޅަ ސްޓޯލުން ހުރިހާ ހަދިޔާއެއް ހިފައިގެން…” އަހަރެމެންނަށްވުރެ ދެ އަހަރު ބޮޑު އާކިޝް ބުނެލިއެވެ. ”އަަހަންނޯ..؟ އަހަރެން މިއައީ ޑޫޑްލްގައި ކުލަ ޖައްސައިގެން އިނާމު އައްލައިގެން..” އަހަރެންގެ އެންމެ ގާތްއެކުވެރިޔާ އަދި އަހަރެންގެ ދެބެންގެ ދެދަރި އަޒަލް ބުނެލިއެވެ. ”ކަލޭމެން އެންމެންނަށް ވަރަށް މަޖާ ދޯ..؟ މަށަށް ޖެހުނީ މި ދެމީހުންނާއެކީ ބޮޑުބެރު ބަލަން ހުންނަން..” އާނިޝް އައީ އައިލީން އާއި އައިރީންގެ އަތުގައި ހިފައިގެންނެވެ.

“މަ ބޭނުމެއްވެސް ނޫން މިތަނަށް އަންނާކަށް..” ފޯނުގެ އަވަައިގައި ޖެހިފައި ހުރެ އާއިޝް ބުނެލިއެވެ. އާއިޝާއި އަޒަލް އަކީ މަންމަގެ ކޮއްކޮ އައުފާގެ ދަރިންނެވެ. އާކިޝާއި އާނިޝަކީ މީމިބޭގެ ދެ ދަރިންނެވެ. އައިރީން އާއި އައިލީންއަކީ ތުއްތަގެ ފުރާނައެވެ.

”ހިނގާ އަވަހަށް ގެއަށް ދަމާ…” ތުއްތަބޭ އައިސް ބުނެލިއެވެ. “އެކަަމަކު ތުއްތަބޭ.. މިއަދުން ފެށިގެން އަހަރެމެންނަށް ޗުއްޓީވީމައި ލަހުން ނިދިޔަސް އެންމެ ރަނގަޅުވާނެއްނު..؟” އާނިޝް ބުނެލިއެވެ. އަހަރެމެން ހަތަރު ބެެއިން އެއްފަހަރާ ބޯ ޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. “އުނހޫ..! ގެއަށް ދާގޮތަށް އަރަންވީ އެނދަށް..! ތި އެންމެންވެސް.. އާއިޝޫ..! މަންމަމެން ދާނީ ފިހާރައަށް އިނގޭ… މާދަމާ ދަތުރަށް ގަންނަން ޖެހޭ ސާމާނު އަދިވެސް ހަމައެއްނުވޭ.. އެހެން ބުނީމައި ސަކަރާތް ޖަހަން އޮންނާނީކީއެއްނޫން… މިޝާއާއި ވާހަކަ ދައްކަން މާ ގިނައިރު ނޯންނާތި އިނގޭ..!” އައުފާއްތަ އެހެން ބުނެލުމުން އަހަރެމެން އެންމެން އެއްފަހަރާ އޫ އޭ ބުނެ އާއިޝް ދޮންބެއާއި ދިމާ ކޮށްލީމެވެ. އެއީ އާއިޝް ދޮންބެގެ ގާލްފުރެންޑެވެ. އާއިޝް ދޮންބެ ބުނާނެ އެއްޗެއް ނޭނގިގެން އެންމެފަހުން އެންމެ ރަނގަޅޭ ބުނެލިއެވެ.

ސްކޫލު ގޭޓާއި އަރާ ހަމަވިއިރަށް ގާޑު މީހާ އަހަރީ ދުވަސް މަޖާ ހެއްޔޭ އަހާލުމުން އަހަރެން ވަރަށްވެފައި ބޯ ޖަހާލީމެވެ.

ގެއަށް އާދެވުމާއެކީ އަހަރެން އަވަސް ވެގަތީ މިއަހަރުގެ އަހަރީ ދުވަހުގެ ފަން ފެއަރ އިން އަހަރެމެންނަށް ލިބުނު ހަދިޔާތައް ކަނޑާށެވެ.

އޭރު އެމީހަކަށް ލިބުނު ކާއެއްޗެއް ވެއްޖެނަމަ ފްރިޖަށް ލަމުން ގެންދިޔައީ ރޭގަނޑުގަޑީ ޗޮކުލެޓު ފަދަ އެއްޗެހި ކެއުމަކީ މަންމަމެން ނުރުހޭ ކަމަކަށް ވާތީއެވެ. އަހަރެން އަހަރެންނަށް ލިބުނު އެތިކޮޅު ފްރިޖަށް ލާފައި އައިއިރު އިޒާންބެ އަހަރެންގެ ހަދިޔާ ހާވަނީއެވެ. “އޭތް އިޒާންބޭ..!” އަހަރެން ހިތްހަމައެއް ނުޖެހުނެވެ. “އިވާނޫ..!!” އެންމެން ކިޔާގޮތަށް އިޒާންވެސް އަހަރެންނަށް ގޮވާލީ އިވާނޫއޭ ކިޔާ އަކުރުތަކަށް ދަމާލާފައެވެ. “މިއީ ބިރުވެރި ހޮހޮޅައިން އިޒާން ނެގި ޕާރުސަލެއް ނޫންތަ..؟” އިޒާން އެހެން ބުނެލުމުން އަހަރެން ރަނގަޅަށް ހަނދާން ކޮށްލީމެވެ.

ލޭ ލިބާސް ދައިތަ އަހަރެން ގެންދިޔައިރު އަހަރެން އަތުގައި ޖެހުނީ މިއެވެ. ނަމަވެސް ބިރުން ހުރި ވަރުން އެއީ ޕާރުސަލެއް ކަންވެސް އަހަރެންނަށް ނޭނގުނީއެވެ. “އާނ.. އަހަރެންނަށް ބިރުވެރި ހޮހޮޅައިން ލިބުނު ހަދިޔާ ދޯ..؟” އަހަރެން ހަނދާންވިއެވެ.

“އޭތް އިވާނޫ..!!” އިޒާން އަހަރެންނަށް ގޮވާލީ ހައިރާންވެފައެވެ. “ކިތައްފަހަރުތަ ބުނަންވީ އަހަރެންނަށް ކިޔަނީ އިވާންއޭ… އިވާނޫ އެއް ނޫނޭ..؟” އަހަރެން ކުދިކިޔަމުން ފަހަތަށް އެނބުރިލި އިރު އިޒާން ހުރީ އަހަރެންގެ ހަދިޔާ ޕާރުސާލް ކޮށްފައިވާ ގަނޑު ހިފައިގެންނެވެ.

“މާތްކަލާކޯ.. ތީ ކޯޗެއް..؟” އެތެރެއަށް ވަތް އަޒަލްގެ އަޑަށް އަހަރެން ފަހަތެއް ނުބަލަމެވެ. އަހަރެން އިޒާނަށްވުރެ ހައިރާންވީއެވެ. އިޒާނުގެ އަތުގައި އެއޮތީ ސަހަލު އެއްޗެއް ނޫނެވެ.

ނުނިމޭ

Share Article

Follow Me Written By

Axian

Level 1

Other Articles

Previous

ވާށޭ މަށާ އެކީ-36

Next

ޖައިޝް 3

Next
June 30, 2020

ޖައިޝް 3

Previews
June 30, 2020

ވާށޭ މަށާ އެކީ-36

7 Comments!

  1. Kaikko says:
    June 30, 2020 at 6:48 pm

    Wow.. vrh rythi vaane hen heevanee.. Waiting for the next part.. Good luck Axian Dear

  2. MizuTy says:
    June 30, 2020 at 6:55 pm

    Maasha allah… I Love fictional stories. This is a blessing to my yearningss. So happy to read an amazing story like this. Good luck and sadly Me second dhw ? Waiting for the next part axian.. Lysm and stay safe 🙂

  3. Malsa moosa - lysh - says:
    June 30, 2020 at 8:22 pm

    Maasha Allah. Varah reethi vaanehen hyvy. Waiting.
    Salam

  4. Looser says:
    July 1, 2020 at 8:04 am

    wow the start is so unique ? I thought they were in an island eh ga kamah ? but fahun engunee that they were in a biruveri hoholha ♥️ Your description is amazing ? The added characters were amazing too ? So Ivaan is the main hero of the story ? Waiting for the next part with the question of what did he see? In my heart ? Gud luck Axian bro ♥️ Lyvm stay safe

  5. Grlfrnd says:
    July 1, 2020 at 9:09 pm

    Vrh rythi nxt kon irakunthr ❤❤ Btw waiting fr the nxt part ingei ??? Love this stry as this is kinda my age. Im just 10 yrs old ? mch luvss ?

  6. Tommy says:
    July 2, 2020 at 4:28 pm

    Very rythi. Waiting for next eps ?♥️

  7. Bluebird says:
    July 2, 2020 at 8:10 pm

    Awwwwwwn this story must be nice☺️☺️☺️☺️☺️ but I don’t want to read scary stories, sorry about that Axian??? but I would wait for a next story of yours and sure I’ll comment it Axian…. Good luck with this story..???? I’ll be rooting for u….. LYSSSSSSM BRO….. ❤️❤️❤️❤️❤️????????????????????????????????????❤️❤️❤️❤️❤️TC ?

Comments are closed.



All Right Reserved!