ލޯތްބައްޓަކައި(10ވަނަ ބައި)
ނުހާއާއެކު ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު ފަލަކް ރީތިވެލައިގެން ޒުމާއަށް ގުޅާލަމުން ތިރިއަށް ފޭބީ ސަލްމާގާތު ބުނެލާފައެވެ.ގޭޓުން ނިކުތް އިރު ބޭރުގައި ޒުމާ ހުރިތަން ފެނުމުން ދެކުދިން އެކީގައި ހިނގައިގަތީ ރަސްރަނި ބަގީޗާއާއި ދިމާލަށެވެ.ކަޅުކުލައިގެ ފައި ފޮރުވޭވަރުގެ ދިގު ފުޅާ ހެދުމެއް ލައިގެން ފަލަކް ހުރިއިރު އެ ހެދުމުގެ އެތް އަރިމަތި ވަނީ ރަންކުލައިގެ ރޭނދަލުން ޒީނަތްތެރި ކުރެވިފައެވެ.ކަރުގަ ރަން ކުލައިގެ ދޯޕައްޓާއެއް އޮތް އިރު ދިގު އިސްތަށިގަނޑުވަނީ މައްޗައް ނަގާ އައްސާލާފައެވެ.ޒުމާއަކީ ވެސް ހުތުރު ކުއްޖެއްނޫނެވެ.ހަމުގެ ކުލަ އެހާއަލި ނޫނަސް ލިބިފައިވާ ލޫޅާފަތި ހަށިގަނޑާ ރީތި ބައްޓަމުގެ ސަބަބުން އަޅައިގަންނަ ގޮތެއް ހުރެއެވެ.ކަޅު ކުލައިގެ ޖީންސްއަކާއި ގަދަ ނޫކުލައިގެ ކަކުލާ ހަމައަށް އަންނަ ދެފަރާތުންފެޅި އަތްދިގު ހެދުމެއްގައި ހުރި އިރު އަޅައިގެން ހުރީ ކަޅުކުލައިގެ ޝޯލްއެކެވެ.ދެކުދިން ހިނގާފައި ގޮސްވަނީ ރަސްރަނި ބަގީޗާއަށެވެ.ހަވީރު ގަޑި ކަމުން އެކި އުމުރު ފުރައިގެ މީހުންދިޔައީ އެތާގައި ހަރަކާތްތެރި ވަމުންނެވެ.ފަލަކްއާއި ޒުމާގޮސް އެތަނުން ބެންޗްއެއްގަ އިށީނދެލިއެވެ.”ދެން ބުނެބަލަ ކިހިނެއް ވެގެން މިއުޅެނީ….އަހަރެން އަޑު އެހިން ރަޝްފާއްތަ…އެކަމް ހާދަ ކުއްލިގޮތަކަށް…”އިށީނދެ ހަމަޖެހިލަމުން ޒުމާ އެއްފަހަރާ ހުރިހާ ސުވާލެއް ކޮއްލިއެވެ.ފަލަކް ހުރިހާ ކަމެއްވީގޮތް އަކުރުން އަކުރަށް ކިޔާދީ ނިންމާލިއިރު އޭނާއަށް ރޮވިއްޖެއެވެ.ޒުމާގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ.ޒުމާ ފަލަކް ގައިގަ ކުޑަކޮށް ބައްދާލަމުން ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ހިތްވަރު ކުރާށޭ ބުނެލިއެވެ.ކަރުނަތައް ފޮހެލަމުން ފަލަކްވެސް ހަމަޖެހިލިއެވެ.ރަފްގާއަކީ ފަލަކްގެ އެއްބަފާ ކޮއްކޮކަން އިނގުމުން ޒުމާ ހަމަ ރަނގަޅަށްވެސް ހުރީ ހައިރާންވެފައެވެ.ދެމީހުންއެކީ ވަގުތުކޮޅެއް ހޭދަ ކޮއްލުމަށްފަހު ގެއަށް ދާން ހިނގައިގަތީ މަޢުރިބު ނަމާދަށް ބަންގި ގޮވުމުންނެވެ.އޭރު ފަަލަކްގެ ހިތައްވަނީ ބޮޑު ލުޔެއް ލިބިފައެވެ.އިތުބާރު ކުރެވޭ މީހަކާ އަމިއްލަ އިހުސާސްތައް ހިއްސާ ކޮއްލެވުމުން ކޮންމެ މީހަކަށްވެސް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބޭނެއެވެ.އެކުވެރިޔާގެ ހާލާމެދު ހަމްދަރްދީ ވާހާލު ޒުމާ އެންމެ ދެރަވީ ފަލަކްއަށް އެހުރިހާ ކަމަކާ ކުރިމަތިލާންޖެހުނު ދުވަހު އޭނާއަށް ފަލަކް ގެ ގާތުގައި ނުހުރެވުުމުންނެވެ.ރަފްގާގެ ގޮތް އިނގޭ ހާލު ފަލަކްއަށް އެވާހަކަތައް ކިޔާދޭންވީތޯ ޒުމާ ވިސްނިއެވެ.ނަމަވެސް ރަފްގާ އޭނާއަށް ރަނގަޅު ކަމަށް ފަލަކް ބުނުމުން ޒުމާ އެހިޔާލު ދޫކޮއްލީ މަސްލަހަތައްޓަކައެވެ.
*****************
ރަފްގާގެ ގާތައް ހަވީރު ދިޔަގޮތައް ޝޫރާ ހުރީ އެގޭގައެވެ.މަންމަ ޑިއުޓީ ނިމޭނީ ދަންވަރުކަމުން އެހާގިނަ އިރު އެކަނި ގޭގަ ހުންނަން ބޭނުން ނުވުމުން އޭނާ ރަފްގާ ގާތައް އައިސްލީއެވެ.ޓެރަސް މަތީގައި ދެމީހުން ތިބި އިރު އެ ދެމެދުގައި ދިއައީ އެކި ކަހަލަ ވާހަކަތައް ދެކެވެމުންނެވެ.”އޭ އެބަ އޮތޭ ސަޅި އައިޑިއާއެއް”ކުއްލިޔަކަށް ރަފްގާ ބުނެލުމުން ކޮން އައިޑިއާއެއްތޯ ޝޫރާ އަހާލީ ޝައުގުވެރިކަމާއި އެކީގައެވެ.”ތުއްތު މިސްކިތުން އައަންނާނެ އިޝާ ނަމާދު ކޮއްގެން ދޯ…ރަފް ބުނަން ތަ ތުއްތު ކައިރީ މިރޭ ތާސް ކުޅެން ހިނގާބަލާށޭ ނިދަންވަންދެން އިރުކޮޅަކަށް…”ލާނެއް ހިނިތުންވުމަކާއެކު ޝޫރާއަށް ބަލާލަމުން ރަފްގާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.”ވަޓް އަސްލުވެސް ނިކް އަންނާނެ ތަ؟އަޅޭ ޕްލީސް އޭނަ ގެނެސްބަ…”ވީ އުފަލުން ޝޫރާ އަށް ވާހަކަދެކެވުނީވެސް ތަންކޮޅެއް ބާރަށެވެ.”ޝްޝް ޝޫ…ޔެސް އަހަރެން ބުނެފިއްޔާ އޮބްވިއަސްލީ ތުއްތު އަންނާނެ…އައި އޭމް ދަ ބެސްޓް އެއް ނޫންތަ އަޅެ”ލައިގެ ހުރި ކުރު ގަމީސް ކޮޅުގެ ގިރުވާނުގައި ހިފާ ކޮއްޅަށް ޖަހާލަމުން ފޮނިެލާފައި ރަފްގާ ބުންޏެވެ.ދެން އިވިގެން ދިޔައީ ދެކުދިންގެ ހުނުމުގެ އަޑެވެ.ރަފްގާ ވަގުތުން ނިކްޔަން އަށް މެސްޖެއް ފޮނުވާލިއެވެ.ނިކްޔަންއާއެކު ވަގުތުކޮޅެއް ހޭދަ ކޮއްލަން ލިބޭނެ ތީ ޝޫރާ ވެސް ހުރީ ހެވިދިލިފައެވެ
*************
މިސްކިތުން ފޭބި އާލިމްގެ މިސްރާބު ހުރީ މާލޭގެ އަވަށެއްކަމުގައިވާ ގަލޮޅާއި ދިމާލަށެވެ.ކާރުގެ ޑްރައިވަރު މިސްކިތުގެ ކުރިމަތީގައި މަޑުކޮއްލައިގެން އޮތުމުން އޭނާއަށް ނުފެނި އަވަސް އަވަހަށް ގޯޅިއަޅަމުން އާލިމް ހިނގައިގަތީ ޑްރައިވަރަކީ ހަނީފުގެ މީހަކަށް ވުމުން އޭނާ ގޮސްއުޅޭ ތަންތަނުގެ ހަބަރު ޑްރައިވަރު ހަނީފްއަށް ދޭނެެ ކަން އިނގޭތީއެވެ.ގިނަ ގޯޅިތަކެއް އެޅުމަށްފަހު ފަނަރަ ވަރަކަށް މިނެޓުފަހުން އާލިމް ހުއްޓިލައިގެން ހުރީ ދޮރައަށިލީ އިހުގެ ގޮތައް ހަދައިފައިވާ ގެއެއްގެ ކުރިމަތީގައެވެ.ޖީބުން ނެގި ތަޅުދަނޑި ފަތިން އެގޭގެ ދޮރާށި ހުޅުވާލުމަށްފަހު އާލިމް އެތެރެއަށްވަނެވެ.ގޯތިތެރޭގައި އެއްވެސް އަލިކަމެއް ނެތުމުން ފޯނުގެ ފްލޭޝް ޖައްސާލަމުން އާލިމް ސްވިޗް ބޯރޑުން ބޮކި ދިއްލާލިއެވެ.އެއާއެކު މުޅިތަން އަލިވެގެން ދިއައެވެ.ގޯތިތެރެ އެހާ ބޮޑު ނޫނަސް ޖަނބުރޯލުގަހެއް ހުރުމުގެ ސަބަބުން ބިންމަތީގައި ފުދޭވަރަކަށް ފަތް ހުއްޓެވެ.ގޯތިތެރެއަށް ނަޒަރު ހިންގާލުމާއިއެކު ކުޑައިރުގެ އުފާވެރި ހަނދާތައް އާލިމްގެ ލޮލު ކުރިމަތީ ސިފަވާން ފެށިއެވެ.ގެއަށް ވަންނަން ހުރި ދޮރުގެ ތަޅު ހުޅުވާލަމުން ގޭގެ އެތެރެއަށް އާލިމް ވަނެވެ.ލައިޓުތައް ޖައްސާލުމަށް ފަހު ގޭތެރެއަށް އާލިމް ނަޒަރެއް ދިނެވެ.ގިނަ ދުވަހު ސާފުނުކޮށް ހުރުުމުން ބިތްތަ ހުރީ މަކުނުވަލުން ފުރިފައެވެ.ފަރުނީޗަރު ތައްވެސް ހުރީ ހިރަފުސް ވެފައެވެ.”މަންމާ”އާލިމް މަޑުމަޑުން އޭނާގެ މަންމައަށް ގޮވާލީ އެ މަންމަ އަށް އަޑުނީވޭނެކަން އިނގޭ ހާލުގައެވެ.މިގެއަކީ އެ މަންމަގެ އެތައް ހަނދާނަކާއި ގުޅިފައިވީގެއެވެ.އާލިމްގެ ޅަފަތުގެ ދުވަސްތައް އޭނާ ހޭދަކުރި ތަނެވެ.އުފާވެރިކަމާއި އެކު ލޯބިވާ އާއިލާ އަކާ އެކު އޭނާ ދިރިއުޅުމުގެ ބިންގާ ފުރަތަމަ އެޅީ މި ހަތަރު ފާރު ތެރޭގައެވެ.އަދިވެސް އެ މަންމަ ދަރިފުޅާއޭ ކިޔާ ގޮވާލާ އަޑު އާލިމްގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.އެ އުފާވެރި ދުވަސްތައް ލޮލު ކުރިމަތީ ސިފަވަމުން ދިޔައިރު އާލިމް ހުރީ ހިނިތުންވެލައިގެނެވެ.ނަމަވެސް އިރުކޮޅެއްވެސް ނުވަނީސް އެ ހިނިތުންވުން ފިލައިގޮސް އެ ހިތްގައިމު މޫނުމަތިން ހިތާމަޔާ ވޭނުގެ ކުލަވަރު ފާޅުވާން ފެށިއެވެ.”މަންމަގެ މި އާލް މަންމައަށް އިންސާފު ހޯދައިދޭނަން…އެ ޤާތިލުންނަކަށް އަބަދު މިނިވަންކަމާއެކު އެހެނެއް ނޫޅެވޭނެ…”އަމިއްލަ ނަފްސާ މުހާތަބުކޮއް އާލިމް ބުނި ޖުމްލައިގަ ވަނީ ޔަޤީންކަމެވެ.އެގެއިން ނިކުމެގެން އާލިމް އަނެއްކާވެސް ކާރު އޮތް ދިމާލަށް މިސްރާބު ޖެހިއެވެ.
************
މިސްކިތުން ފައިބައިގެން އައި ނިކްޔަންއަށް ރަފްގާގެ މެސެޖު ފެނުމުން އެބަ ދަން ކަމުގައި ބުނެލިއެވެ.ގެއަށް ވައިންތަނާ މެސެޖެއް ކޮއްލުމަށްފަހު ރަފްގާ އެދުނީ އެމީހުންގެ ބަޔަށް ގޮސް ތާސްބައި ހިފައިގެން އައުމަށެވެ.ލިފްޓުން ފުރަތަމަ ފްލޯޔަށް ފޭބުމަށް ފަހު ނިކްޔަން ރަފްގާމެންގެ ބަޔަށް ވައިން އިރު ސޯފާގައި ރާއިދާގެ އިތުރުން ފާލިހް ވެސް ހަބަރު ބަލަން ތިއްބެވެ.”ނިކް ހިނގާ ކާން…”ނިކްޔަން ފެނުމުން ކާންއައުމަށް ރާއިދާއެދުނެވެ.”ނޫނޭ މިއުޅެނީ ރަފް ބުނެގެން ތާސް ކުޅެން ވެގެން”ނިކްޔަން ބުނެލުމުން އެހެންހެއްޔޭ ފާލިހް ވެސް ބުނެލިއެވެ.ސިޑިންއަރައިގެން ގޮސް ރަފްގާގެ ކޮޓަރިއަށް ނިކްޔަން ވަނީ ތާސްބައި އޮންނާނީ އެތާގައި ކަމަށް ރަފްގާ ބުނުމުންނެވެ.ތާސްބައި ހިފައިގެން އެ ކޮޓަރިން ނިކުތް ނިކްޔަންއަށް ޖެހިގެން ހުރި ކޮޓަރިން ނިކުތް ފަލަކް ފެނުމުން މޮޅު ހިޔާލެއް ވިސްނުނެވެ.”ފަލަކް ބިޒީތަ؟”ފަލަކް އައިސް އޭނާއާއި އަރާ ހަމަވުމުން ނިކްޔަން އަހާލިއެވެ.އިޝާ ނަމާދު ކޮއްލައިގެން ކޮޓަރިން ނިކުތް ފަލަކް ނިކްޔަންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ހޫރާލިއެވެ.”ވަރަށް ފޫއްސެންނު ދޯ…ހިނގާ އަހަރުންނާއެކު ތާސް ކުޅެންދާން؟”ތާސްބަޔަކީ އެއްއިރެއްގަ ފަލަކް ވެސް ވަރަށް ގިނައިން ކުޅެ އުޅުނު ކުޅިވަރެކެވެ.ނަމަވެސް އެއީ ޒުމާ ރަށުގައި އުޅުން އިރެވެ.ނުކުޅޭތާ ގިނަ ދުވަސްވުމުން ފަލަކް އޯކޭ އޭ ބުނެލީ މިރޭދެން ކުރާނެ އިތުރު ކަމެއް ވެސް ނެތުމުންނެވެ.އޭރު ނިކްޔަންގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ.”އަޅެފަހެ މިހާރު ކޮންއިރެއްތަ އޭނަ ގެއަށް އައިތާ ރަފް އަޅެ ގުޅާފަ އަހާލަބަލަ ކޮބައިތޯ…!”ޓެރެސް މަތީ ދެކޮޅު ދެކޮޅަށް ހިނގަމުން ޝޫރާ އިރުއިރު ކޮޅާ ސިޑިއާދިމާލަށް ބަލާލައެވެ.ޝޫރާ އުޅެމުން ދިޔަ ގޮތް ފެނި ރަފްގާ އިނީ ހީހީ ބަނޑަށް ތަދުވާވަރު ވެފައެވެ.”އަޅެ ދޯ…ކެތްތެރިކަމޭ ކިޔާ ސިފަ ޝޫ ގައިގަ ހަމަ ނެތީތަ މިރޭ…”ހެމުންހެމުން ޝޫރާ އާއި ރަފްގާ ދިމާކޮއްލިއެވެ.ދެކޮޅުދެކޮޅަށް ހިނގައި ހިނގައި ހުރި ޝޫރާ ހުއްޓުނީ ސިޑިން އަރައިގެން އައި ނިކްޔަން ފެނުމުންނެވެ.ކަޅު ކުލައިގެ އަތްދިގު ޓީޝާރޓެއް ލައިގެން ހުރި އިރު ތިރިން ލައިގެން ހުރީ ނޫ ކުލައިގެ ޖީންސް އެކެވެ.އެއް އަތް ޖީބަށް ޖާހާލައިގެން ހުރެ ސިޑިން އަރައިގެން އައި ނިކްޔަންގެ ފަހަތުން އައި ފަލަކް ފެނުމުން އެދިމާލަށް ބަލައިލި ރަފްގާގެ ދެބުމަ ގޮއްޖެހިގެން ދިއައެވެ.ޝޫރާވެސް ހުރީ ވާނުވާގައެވެ.”ރަފް މިއޮތީ ތާސްބައި…އަވަަހަށް ބަހާ މިރޭ ކުޅޭނީ ޓީމު ގޮތައް އިނގޭ…ފަލަކް އާ ތުއްތު އާ ވަން ޓީމް”ރަފްގާއަތަށް ތާސްބައި ދިއްކޮއްލަމުން ނިކްޔަން ބުނުމުން ގަދަކަމުން ހިނި ތުންވާން މަސައްކަތް ކުރަމުން ރަފްގާ ތާސްބައި ނަގައި ބަހަން ފެށިއެވެ.އެއޮތްވަރުން ރޭވި ރޭވުން ފަލަކް ފަނި ކޮއްލީ އޭ ހިތައް އެރުމުން ޝޫރާގެ ހިތް ފަލަކްއާ މެދު ކިލަނބުވެގެން ދިއައެވެ.ފަލަކް އާއެކު ކުޅެން ބޭނުން ނުވިޔަސް އިތުރު ގޮތެއް ނެތުމުން ޝޫރާ އައިސް ރަފްގާގެ ކުރިމައްޗައް ވާގޮތައް ހުރި ގޮނޑީގަ އިށީނދެލަމުން ރަފްގާއާއި ދިމާލަށް މިވީ ކިހިނެއްހޭ ބުނާ ފަދަ ގޮތަކަށް ބަލައިލިއެވެ.ލުއި ހިނިތުންވުމެއް އެންމެނަށް ދެމުން ފަލަކްވެސް މޭޒު ކައިރީގައި ހުސްކޮށް ހުރި ގޮނޑީގައި އިށީނެވެ.އެތެރެއިން އަރަމުން ދިޔަ ރުޅި ހިންދާލައިގެން 9:30 ވަންދެން ރަފްގާ އިނީ ވަރަށް މަސައްކަތުންނެވެ.އެމީހުން ކުރަން ރޭވިކަމެއްގައި ނިކްޔަން ފަލަކް ބައިވެރި ކުރުވުމުން އޭނާ ހިންހަމަނުޖެހުނު ނަމަވެސް ރަފްގާ އެކަމެއް ނުދައްކައެވެ.”ކޮބާ ރަފްމެނަށް ނުވެސް ގޮވޭ ދޯ މިރޭ!ފަލަކް ހަމަ މޮޅީ އިނގޭ އެނޫނީ ރަފް އޭ ކޮންމެ ރެޔަކު މޮޅުވަނީ…”ނިކްޔަންގެ އަނގައިން ފަލަކްއަށްޓަކައި އިވިގެންދިޔަ ތަޢުރީފުގެ ބަހާއެކު ޝޫރާގެ ދެއަތް މުއްކެވިގެން ދިޔަ އިރުވެސް އޭނާ އިނީ ދެއްކުންތެރި ކަމުގެ ހިނިތުންވުމެއް ވެރިކުރުވައިގެނެވެ.”އެހެންވެ އެއްނޫން ހަމަ ބޭނުންވާ ގަނޑު ދިމާވަނީ…”ހީލަމުން ފަލަކް ބުނެލިއެވެ. ކުޅުން ނިންމާލުމަށް ފަހު ނިކްޔަން އެމީހުންގެ ބަޔަށް ދިޔައިރު ޑްރައިވަރާއެކު ޝޫރާ ދިއައީ ގެޔަށެވެ.ރަފްގާއާއި ފަލަކް ގޮސް ގެއަށް ވަނީ އެކުއެކީގައެވެ.”ރަފް ނުވެސް ކައިނު ތިހިރީ އާދޭ ކާން”ސޯފާގައި އިން ރާއިދާ ސިޑިން އަރައިގެން ދިއަ ރަފްގާއަށް ގޮވާލިއެވެ.ނަމަވެސް އަޑު އިވުނު ކަމަށްވެސް ނަހަދާ ރަފްގާ މައްޗައް އަރައިގެން ދިއައީއެވެ.ސިޑިޔާ ދިމާލަށް މިސްރާބުޖެހި ފަލަކް ހުއްޓިލީ ސްޓަޑީ އިން ނިކުތް ފާލިހް އޭނާއަށް ގޮވާލުމުންނެވެ.”ފަލަކް އާދެބަލަ ބައްޕަ އާއެކު”ފަލަކްއަށް ގޮވާލުމަށް ފަހު ފާލިހް އެނބުރި ސްޓަޑީ އަށް ވަނުމުން ފަލަކްވެސް ގޮސް އެތަނަށް ވަނެވެ.ބައިވަރު ފޮތް ހަރުގަނޑުތަކާއި ފައިލްތަކުން ފުރިފައިވީ ކަބަޑުތަކެއް އެ ކޮޓަރީގައި ބެހެއްޓިފައި ހުރި އިރު ބޮޑު މޭޒަކާއި ތިން ސްޕަންޖު ގޮނޑިވެސް ހުއްޓެވެ.މީގެ އިތުރުން ކަޅުކުލައިގެ ލެދާރ ސޯފާއެއްވެސް އެ ކޮޓަރީގެ ކަނުގައި ހުއްޓެވެ.”ކިހިނެއްވީތޯ…ބައްޕާ؟”ފާހިލްގޮސް ސްޓަޑީ ޓޭބަލްގެ ވަތްގަނޑު ހުޅުވާލުމުން ފަލަކް އަހާލިއެވެ.ދެމޭ ވަތްގަނޑު ހުޅުވާލުމަށް ފަހު ފާލިހްނެގީ އެންމެ ފަހުގެ އައިފޯން އިލަވެން ޕްރޯގެ ފޯނު ފޮއްޓެކެވެ.އެ ފޮށި ފަލަކްއަށް ފާލިހް ދިއްކޮއްލުމުން ހިފަން ނުހިފަން ހުރެފައި ފަލަކް އޭގައި ހިފިއެވެ.”ބައްޕައަށް އިނގޭ ކިޔަވާއިރު ފަލަކްް ތި ގެންގުޅޭ ކަހަލަ ފޯނަކުން ބޭނުން ހުރިހާކަމެއް ނުކުރެވޭނެ ކަން…އަދި އެބައޮތް އެއް ހަދިޔާ…”އެހެން ބުނެލުމަށްފަހު ފާލިހް އޭނާގެ ޖީބުން ނެގީ ރަން އަތުގައި އަޅާ ކެވެލިކޮޅެކެވެ.އެ ކެވެލިކޮޅު ފެނުމާއެކު ފަލަކްގެ ރީތި ދެލޯ ފެންކަޅިވެގެން ދިއައީ އެއީ ރަޝްފާގެ އެއްޗަކަށް ވުމުންނެވެ.ފަލަކްގެ އަތަށް އެ ރަންކެވެލި ކޮޅު ލައިދެމުން ލޯތްބާއިއެކު ފާލިހް އެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.ހިނިތުންވެލަމުން ފަލަކް ސްޓަޑީއިން ނިކުމެގެންދިއައެވެ.ސިޑިންއަރައިގެން ދިޔަ ފަލަކްގެ އަތުގައި އޮތް އަގުބޮޑު ފޯނާއި ރަން ކެވެލިކޮޅު ރާއިދާއަށް ނުހަނު ރަނގަޅަށްފެނުނެވެ.މިހާއަވަހަށް ފާލިހް އެހާ އަގު ބޮޑު އެއްޗެހި ފަލަކްއަށް ދޭންފެށީއެވެ.ކުރިއަށް އޮތްތާގައި އަދި ކިހާވަރެއް ވާނެބާއެވެ ރާއިދާގެ ހިތައް އެރިއެވެ.ރުޅިއައިސް ރަތްވެފައި ހުރެ ރާއިދާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
**************
ސުކޫލުގެ ތެރެއަށް ވަދެގެން ދިޔަ އާލިމްގެ ދެލޯ ހޯދަމުން ދިއައީ އެންމެ ސޫރައެކެވެ.ކުލާހަށް ދެވެދެން އެކި ދިމަދިމާލަށް ބަލަމުން ދިޔަ އިރުވެސް ފަލަކްގެ ސޫރަ ނުފެނުމުން އޭނާ ކުލާހަށް ވަނީ ކުޑަކޮށް މާޔޫސްވެ ހުރެއެވެ.”އޭ އާލް އާދެބަލަ”ކުލާހަށް އަދި މުދަރިސް ދުރުނުވާތީ ހުރިހާ ކުދިން ބޮޑު ގުރޫޕެއް ހަދައިގެން ތިބީ އޮލަ ވާހަކައެއްގައެވެ.ތޮއިފް އާލިމްއަށް ގޮވާލުމުން ގޮނޑީގައި ދަބަސް ބޭންދުމަށްފަހު އާލިމްވެސް އެމީހުންގެ ގާތަށް ދިއައެވެ.”ބަލަގަ އެންމެން ހަމަވީ ދެން ތޮއިފް ތި ބަހަން އުޅޭ ބޮނޑިބަތެއް ބަހާބަލަ…”ކެތްނުލަވައިފަ ހުރި ލޫތު އާލިމްގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލި ޖުމްލައާއެކު އެންމެން ހޭންފެށިއެވެ.ނިކްޔަންއާއި އާލިމް ފިޔަވައެވެ.ދެމީހުންގެ މޫނުމަތިންވެސް އެތާ ހުންނަން ބޭނުން ނުވާކަމުގެ ކުލަވަރު ދިއައީ ފެންނަމުންމެވެ.”ލޫތު ހާދަ ކެތްމަދޭ ދޯ….ލެޓް ހިމް ސްޕީކް…”ދިމްރާ ބުނެލުމާއެކު އެންމެން އޭނާގެ ބަހައް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލަމުން ތޮއިފްއަށް ސަމާލުކަން ދިނެވެ.”ސޯ…މަ ބުނަން މިއުޅޭ ވާހަކައަކީ ދުވަސްކޮޅަކުން ސްކޫލު ގެ އިސްމަޤާމުތަކަށް ކުދިން ހޮވަން ފަށާނެޔޭ…މިފަހަރު އަންހެން ކެޕްޓަން ފިރެހެން ކެޕްޓަން އަދި ސްޕޯރޓްސް ކެޕްޓަން ވެސް އަހަރުން ކުލާހުންނޭ ނަގަންވާނީ…”ތޮއިފް އޭނާގެ މަޤުސަދު ހާމަކުރިއެވެ.”އޭ އަސްލުވެސް…ކޮންބައެއް ކުރިމަތި ލަނީ…”ހަމްދާން އެކޭ އެއްގޮތަށް ހުރިހާ ކުދިންވެސް ތޮއިފްގެ ބަހަށް އެއްބަސްވީ ގުރޭޑު ބާރައިގެ އެމީހުނާ ވާދަކުރާ އެހެން ކުލާސްތަކަށް އެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ.ހުރިހާ ކުދިން މަޝްވަރާ ކުރުމަށްފަހު ނިންމީ ސުކޫލު ފިރެހެން ކެޕްޓަންގެ މަޤާމަށް އެކުލާހުން ނިކްޔަން ކުރުމަތިލުމަށެވެ.އަންހެން ކެޕްޓަންގެ މަޤާމަށް ދިމްރާ އަދި ސުކޫލު ގޭމްސް ކެޕްޓަންގެ މަޤާމަށް އާލިމް ކުރިމަތި ލުމައް ހަމަޖެހުނެވެ.މިދިޔަ އަހަރު ނިކްޔަން އަދާ ކުރީ ސްކޫލު ފިރެހެން ޑެޕިއުޓީ ކެޕްޓަނުގެ މަޤާމަށް ވެފައި އާލިމް އަދާ ކުރީ ސްކޫލު ޤޭމްސް ޑެޕިއުޓީގެ މަޤާމްކަމަށް ވުމުން އެކުދިންގެ ކިބައިގައި އެ ޤާބިލުކަން ހުރި ކަމުގެ ފުރިހަމަ ޔަޤީންކަން ކުލާސް ހުރިހާ ކުދިންނަށްވެސް އޮތެވެ.
ފަލަކް މެން ކުލާސް ގިނަ ކުދިންނަކީ އަދިވެސް އެކަކު އަނެކަކަށް ބީރައްޓެހިންކަމުން އެކަމާ ބެހޭގޮތުން އެންމެންގެ މެދުގައި މަޝްވަރާ ނުކުރެވުނަސް ހުރިހާ ކުދިންވެސް ތިބީ އެކުއްޖަކު ކުރިމަތި ލާނެ މަޤާމު ހިތުލައިގެނެވެ.”ފަލަކް އެއްވެސް ޕޯސްޓްއަކަށް އެޕްލައި ކުރާނަންތަ؟”ދެގަޑި ދޭތެރެއިން ލިބުނު ހުސްވަގުތު ކޮޅުގައި ޒުމާ ފަލަކް ކައިރީ އަހާލިއެވެ.އެ އަޑު ޑަސްބިނަށް ކަރުދާސް ކޮޅެއް ލާން ދިޔަ ޝޫރާއަށް ރަނގަޅަށް އިވުނެވެ.ޑަސްބިންކައިރީ އޭނާ އިރުކޮޅަކު މަޑުކޮއްލީ ފަލަކްގެ ޖަވާބުއަޑުއަހާލަން ވެގެންނެވެ.”އަމްމްމް…މިތާ އެހާ ދަންނަ މީހުނެއްވެސް ނެތެއްނު…މިހިތައް އަރަނީ މަޤާމަކަށް ލައިފިއްޔާ ހޮވޭނެ ބާއޭ…”ފަލަކް ޖަވާބުދިނެވެ.”ހޮވޭނެތޯ ނުހޮވޭނެތޯ ވިސްނާނެ ކަމެއްނެތް…ކެރިގެން ކުރިމަތި ލީމަ ރަނގަޅުވާނެ….އަނެއްކާ ފަލަކް ތީ ރަށު ސުކޫލުގެ ކެޕްޓަންކަންވެސް ކޮއްފަ ހުރި މީހެއް….ސޯ އެކްސްޕީރިއަންސް އަށްވެސް ޕޮއިންޓްސް ގިނަވާނެ ދޯ”ޒުމާ އޭނާގެ ހިޔާލުފާޅު ކުރުއެވެ.”ދެންވިސްނާނީ ދޯ”މުދަރިސްއައުމުން ދެކުދިންވެސް ވާހަކަ ކުރުކޮއްލުމަށްފަހު ފިލާވަޅަށް ސަމާލުކަންދިނެވެ.”އޭ ރަފް ފަލަކް ވެސް ކުރިމަތިލަނީ އޯ ކޮންމެސް ޕޯސްޓްއަކަށް”ގޮސް ގޮނޑީގައި އިށީންނަމުން ވައިއަޑަކުން ރަފްގާގެ ކަންފަތްބުޑުގައި ޝޫރާ ބުނެލިއެވެ.”ވަޓް…އަހެރެން ކުރިމަތި ލާން އުޅޭ ޕޯސްޓަށް ލައިފިއްޔާއޯ….ނޯނޯ އޭނަ ފޯމްލުމުގެ ކުރިން ޖެހޭނެ އޭނަ ލަނީ ކޮންޕޯސްޓްއަކަށް ތޯ ހޯދަން…”ކަންބޮޑުވެފަ ރަފްގާ ބުންޏެވެ.”ހުމްމް…އަނެއްކާ އަހަރެން ލާ ޕޯސްޓަށް ލައިފިއްޔާވެސް އަނެއްކަންތައް…”މޫނު ކުނިކޮއްލަމުން ޝޫރާ ބުނެލިއެވެ.އެދެކުދިންް ވިސްނާފައި އޮތީ ރަފްގާ ޤޭމްސް ޑެޕިއުޓީ ކެޕްޓަންގެ މަޤާމަށް ކުރިމަތި ލުމަށެވެ.އަދި ޝޫރާ ސްކޫލު ޑެޕިއުޓީގެ މަޤާމަށް ވާދަކުރުމަށެވެ.ބްރޭކް ގަޑި ޖެހުމާއި އެކު ހުރިހާ ކުދިން ކުލާސްތަކުން ނިކުންނަން ފެށިއެވެ.ހަމްދާން އާއި ނިކްޔަންގެ މިސްރާބު ހުރީ ކެންޓީން ލައިން ތަކާއި ދިމާލަށެވެ.ލައިނަންއަރަން ދިމާކޮއްލި ނިކްޔަން ކުޑަކޮއް ސިހުނީ އޭނާ ލައިނަށް އަރައަރައި ހުއްޓާ އެހެންމީހަކު އައިސް އޭނާގެ ކުރިމައްޗައް އެރުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.



Yayyyy me first dhoo…☺️☺️ Varah reethi mi part ves alheyyy nickyan he kurimachchah eree kaakutha …. Anyways waiting for the next part avas kohlahchcheyyy ….☺️☺️☺️
Hey yess you first❤️❤️ Thankyou starlight vixx lets see dhw next part in kaaku tho kurimahchah ery❤️❤️
Owwwwwn Hama Kiya kiyaa indhaa e nimunee ????… Nimun iruvx neyge ?????…. Wow varah salhi salhi mi prt vx hama speechless ??? … Alhe rifga n shoora haadha j veyey dhww …. Varah foohi dhemeehun eii ?????… Alhe sissoooo falak ah dhera gotheh nahadhahchey …. Waiting 4 nxt
Luv u bigu bigu Koh ?♥️?????????????????♥️.. stay safe ??????? TC ?♥️?♥️?♥️?♥️? lots of luv from Afu ?????????????????
Rafga**
Rafga ah wuren falak molhu v ma nu dhw ehaa j waany i dont like those two girls tooo??? lym afu tc❤️❤️❤️
Salaam readers…tenth part finally up wejje and hope you all like it
Feel free to express you opinion here…stay in touch with me love you all
Hope you stay safe ❤️❤️❤️
Alheyyy haadha avahah E nimuneee… Alhe seems too short… Vedhaane Maadhan kiyaa hiyh vaathy heevaa gotheh kamahvs.. Lol. Vvvvvvvv Reethi hama mibai vs.. Loss of words hama… Lysm darling…. ❤️❤️❤️❤️❤️❤️❤️tvvvvvvvvvvvvvvvgc.. Bas ahaign kiyavaathi but story up kohdheythi.. Avahah lol…..
Maa *** kiyaa
Ahahaha wedhaane dhw… thankyou luvia❤️❤️❤️ Lym yes hama basahain kiyawaanan story wes up kohdheynan insha allah…?
Maasha Allah mi part ves varah varah reethi ❤️❤️❤️❤️????????????????❤️❤️❤️???????????????❤️?❤️??????????????????❤️?❤️?❤️?❤️??????
Thankyou naani❤️????????
???. Aphxxx hama habbu ingey… Kai yaa kaige princess jasmine aa dhimaa V kahala gothakah dhw Aalim yaa Falak yaa dhimaa E V…… Right Nayaa… ?
????Alhe Kaiii
So cute kiyaadhyba alhe v goii❤️❤️?
Alhey ekahala gothakah tha dhimaa v? So cutee??thankyou kaiyan
Hahaha schoolge first dayga hifaihathii eh locker akaa dhekudhinn dhww Naya ??
Ahahaha alhey lwbikan both?❤️❤️
Dhen dhww KAYYAAANUUUUU…. ????????Hama rulhi annaanii. Besides mi stry Naya ah vvvv vvvv kamuhossi ??? gud luck ? APHXXX…… ? ?
Ahaha wrh ufaa wejje ingey naya ah kamudhiyaeema thankyou darling stay safe❤️❤️
Hiiii sis??
Mi part ves varh sali masha Allah sis. Keep it up. ❤❤Sis thee ril ge favourite writers therey one writer. There are about 5 writers whome i like very much ??? I just love ur story. May God bless u sis❤❤
Love u very much sisoooo
LoL
LoL manje ge favourite thr ?????pis pis pis not a nice story
Glad to hear your opinion too yoon
Alhey thankyou so much ril❤️
Lym darlung god bless you too stay safe❤️?
when next episode
Will submit tonight