Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނުވާނެމޭ ބަދަލެއް ހުވާޔާރާ…(13)

lilly Level 510 Stories100 Comments100 Login500 Comments
June 12, 2021 4 Mins Read
2 Comments

“ދެން ދަނީ މިހާރު މާ ލަސްވެއްޖެ” އީކަން ފަހަތް ބެލުމެއްނެތި އަވަސް އަވަހައް ނިކުމެގެން ދިޔައެވެ. އީކަންގެ އަމަލު ހުރިގޮތުން ކޮންމެސް ނުބައެއް އުޅޭކަން ތާރާ އަށް ހީވިއެވެ. ތާރާ އަކީ ނޯޔާ ކަން އެނގިއްޖިއްޔާ އީކަން އޭނަޔާ ދުރަށްގޮސްފާނެތީ ބިރުގަތެވެ. ފުރަތަމަ ފަހަރަށް އީކަން އަކީ ތާރާގެ ބޭބެ އަށް ވީތީ ދެރަވިއެވެ……

މާޖިދު ހުރީ އެވާހަކަ ތާރާ ގާތުގައި ބުނާނެ ގޮތެއް ނޭނގިފައެވެ. ވަހީދަކީ ތާރަގެ ބައްޕަ އެއްނޫނޭ ތާރާގެ ބައްޕަ އަކީ މާޖިދޭ ބުނަން ފަސޭހަ ވާނީ ވަކި ކާކައްތޯ؟. ފޮނުން ގުޅައިގެން މި ވާހަކަ ތާރާ ގާތުގައި ބުނާކައް މާޖިދު ބޭނުމެއްނުވިއެވެ.  ވިޔަފާރި ކަމެއްގައި ވަރަށް ބިޒީ ކޮށް އުޅެމުންދާތީ ތާރާ ގާތައް އަދި ނުދެވެނީއެވެ. ނަމަވެސް މާޖިދަށް ނޭނގޭކަމަކީ ހަގީގަތް ތާރާ އަށް ނޭނގުމުގެ ސަބަބުން ތާރާގެ މުޅި ދިރިއުޅުން ހަލާކު ވާން އުޅޭކަމެވެ.

ހެނދުނު ހެނދުނާ އީކަން އަވަސް އަވަހަށް އޮފީހަށް ދިޔައީ ތާރާ އާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދާށެވެ. މައުލޫމާތު ލިބުނު ގޮތުގައި މާޖިދު އަދި އަލައް ވެސް ކައިވެޏެއް ނުކުރެއެވެ. އަދި އުފަން ދަރިއެއް ނުހުރެއެވެ. ހޮސްޕިޓަލު ތަކުގެ ރެކޯޑް ބަލަމުން ގޮސް އީކަންގެ ލޮލުގައި އަޅައިގަތީ ނޯޔާގެ ނަމެވެ. އެތަނައް ގުޅާ ވާހަކަ ދައްކާ އެންމެ ފަހުން ނޯޔާ ކިޔާ ޕޭޝަންޓްގެ ފޮޓޯ އެއް އެމީހުން އީކަން އަށް ފޮނުވިއެވެ. އީކަން ހުރީ ފޯނު ހުޅުވަން ބިރުގަނެފައެވެ. އެ ފޮޓޯ ބަލަންވީތޯ ނޫނީ ނުބަލަންވީތޯ ނޭނގިފައެވެ. އެންމެ ފަހުން އީކަން އެ ފޮޓޯގަނޑައް ބަލާލިއެވެ. ހޮސްޕިޓަލު ޔުނީފޯމެއް ލައިގެން ހެވިފައި އެ ފޮޓޯގައި އެއިނީ ތާރާ ނޫން ދެވަނަ މީހެއް ނޫނެވެ. ވަގުތުން އީކަންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. އީކަން އެންމެ ފުރަތަމަވެސް ދިޔައީ ރެޑްސީ ކޮމްޕެނީއަށެވެ. ނަމަވެސް ތާރާ ނެތްކަން އެނގުމުން ތާރާގެ އެޕާޓްމެންޓައް ދިޔައެވެ. ފެން ވަރައިގެން ހަމަ އެކަނި ތުވާލިކޮޅެއް އަނދެގެން ނިކުތް ތާރާ ފެނުމުން އީކަން މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ތާރާ މަޑު ފިޔަވަޅުތަކެއްގައި އީކަން އާ ދިމާލައް ދިޔައެވެ. “ކިހިނެއްވީ އީކަން” “ކީއްތަނުވަނީ ނޯޔާ!!!!!!!” އީކަން ނޯޔާ އޭ ބުނުމުން ތާރާގެ ދެލޯ ބޮޑުވިއެވެ. އެއީ ނޯޔާކަން އީކަން އަށް އިނގުނީ ކިހިނެއްބާ.. “ކޮން ނޯޔާ އެއް؟؟ މީ ތާރާ އ އަނެއްކާ އަހަރެންނައް ޗީޓް ކުރަނީތަ އީކަން” ތާރާގެ ސިކުނދިއަށް އެންމެ ފުރަތަމަ އައި އެތި ބުނެލިއެވެ. “އަދިވެސް އެކްޓް ޖައްސަނީ އިނގޭތަ ކިހާ ބޮޑު ކުށެއް ކަން މިކުރެވެނީ” ދެލޮލުން ކަރުނަ ފައިބާ ހާލު އީކަން ބުނެލިއެވެ. އީކަންގެ އަޑު ބާރުވެފައި ހަރުކަށި ވުމުން ތާރާ އަށް ރޮވެން ފެއްޓިއެވެ. “އެއީ އަހަރެންގެ މައްސަލަ އެއްތަ؟؟ އީކަން ކީއްވެތަ އަހަރެންގެ ބޭބެ އަކައް ވީ؟؟ އިނގޭ މީ ގޯހެއްކަން އެކަމް އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި ތިނަން” “ނޯޔާ ތީ އަހަރެންގެ ކޮއްކޮ އަހަރެން މީ ނޯޔާގެ ބޭބެ އަހަރެމެން ދެމީހުންގެ ބައްޕަ އަކީ އެކަކު އަހަރެމެން ދެމީހުންނަކީ ކައިވެނި ހަރާން ދެމީހުނޭ އެކަން އެނގި ހުރެ ކީއްވެ؟” ތާރާ ރޯތަން ފެނުމުން އީކަންގެ ހިތުގައި ކިތަންމެ ވޭނެއް އެޅިއެއް ކަމަކު ކެއްކޮއްލިއެވެ. “އީކަން މީ ނޯޔާ އެއްނޫން ތާރާ” “ތީ ތާރާ އަކަސް ނޯޔާ އަކަސް އަހަރެންނައް ދެވޭނީ ކޮއްކޮއެއްގެ ލޯބި އެކަނި ނޯޔާ ދިރިހުރިކަން އެނގުނީމަ އުފާވޭ އަހަރެން ނުބުނާނަން އެކަކު ގާތުގަވެސް ތީ ނޯޔާއެކޭ އަހަރެމެން ދެމީހުން ދޭތެރޭ ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާ މާބޮޑައް ގޯސް ވުމުގެ ކުރިން އެއްކޮއް ނިމްމާލިއްޔާ މާރަނގަޅުވާނެ” އީކަން އެޕާޓްމެންޓުން ނިކުންނަަން ދިޔައެވެ. ތާރާ ގޮސް އީކަން ގައިގައި ފުރަގަހުން ބައްދައިގަތެވެ. “އަހަރެން ބޭނުމެއްނޫން ތީ ބޭބެ އެއް ގޮތަކައް ދެކޭކަށް އަހަރެން މީ އީކަންގެ އެއްބަފާ ކޮއްކޮ ނޫންނަމަ އަހަރެން ދޫކޮއްފައި ތިހެން ދާނަންތަ؟؟” “ތި ސުވާލު ކުރުމުގެ ބޭނުމެއްނެތް” އީކަން ތާރާގެ އަތް ގަދަކަމުން ނައްޓުވާލާފައި އެތަނުން ނިކުމެގެން ދިޔައެވެ. އީކަން ދިއުމުން ތާރާ ބިންމަތީގައި ކަކޫ ޖަހައިގެން ހަޅޭލަވައިގަތެވެ. ފައިލެއް އަތައްލައިގެން ތާރާގެ އެޕާޓްމެންޓައް ވަތް ވިޔާމް އަށް ތާރާ ފެނުމުން އަތުގައި ހުރި ހުރިހާ އެއްޗެއް އުކާލާފައި އައިސް ތާރާ ނެގިއެވެ. ތާރާ ވިޔާމް ގައިގައި ބައްދައިގަތެވެ. “ކީއްވެ ތިރޮނީ ދޫނިގަނޑާ ބުނެބަލަ އެރުންނެއްނު އެނގޭނީވެސް ކާކު ތާރާ ރޮއްވާލީ ބުނޭ” ވިޔާމް ވާހަކަ ދެއްކި ވަރަކަށް ތާރާގެ ރުއިމުގެ އަޑުދިޔައީ ގަދަވަމުންނެވެ. “އި..އީކަންް ދިޔައީ” ތާރާ އަށް ބުނެވުނީ އެހިސާބަށެވެ. “އީކަން ކޮންތާކައް ދިޔައީ” ތަންކޮޅެއް ހަމަޖެހިލުމުން ތާރާ ވީ ހުރިހާ ކަމެއް ވިޔާމް އަށް ކިޔާދިނެވެ. “ދޫނިގަނޑާ އީކަން އެބުނީ ހަމަ ރަނގަޅުވާހަކައެއް އަހަރެން ކޮންމެ ހެން އީކަންގެ ކޮޅުގައި ހިފަނީއެއްނޫން އަހަރެން އަބަދުވެސް އެދެނީ ތާރާ އުފަލުގަ ހުރުމަށް” “އާން މީ އަހަރެންގެ ކުށް މި ދުވަސް އަންނާނެ ކަން އެނގިހުރެ އަހަރެން އެހެން ކަންތައް ކުރީ އަހަރެން ދެކެ ރުޅިއަރާ އަހަރެން ކުށްވެރި ކުރުމުގެ ފުރިހަމަ ބާރު އީކަން އަށް އެބައޮތް” ތާރާ އަނެއްކާވެސް ރޯން ވެށުމުން ވިޔާމް ތާރާގައިގައި މަޑުމަޑުން ބައްދާލީ ހިއްފުރޭވަރަށް ރޮލާށޭ ބުނާ ފަދައިންނެވެ. އެޕާޓްމެންޓައް ވަތް ގޮތައް އީކަން އަތުގައި ޖެހުނު އެއްޗެއް އުކަން ފެއްޓިއެވެ. އެރީ ރުޅިއާއި ވީ ދެރައިންނެވެ. ބެލްކަނީގައި ސިނގެރޭޓެއް ރޯ ކޮއްގެން އިން އީކަންގެ ހިތް ވަނީ މުޅިން ފުނޑު ފުނޑުވެފައެވެ. ދެން ދުވަހަކުވެސް އެ ހިތެއް ރަނގަޅެއް ނުވާނެއެވެ. ކިތަންމެ ވަރަކަށް ޓޭޕު އެޅިއަސް ހެވެ. އެލްޓިކޯ ލިއަސް ހެވެ. ހިތަކީ ވެސް ބިއްލޫރި ކޮޅެއް ކަހަލަ އެއްޗެކެވެ. ބިއްލޫރި ވެސް އެއްފަހަރު އެއްލާއިރަށް ތަޅައިގެން ދާނެއެވެ. އެ ކިތަންމެ ވަރަށް ކުރިން ހުރި ގޮތަށް ހަދަން އުޅުނަސް ނުވާނެއެވެ. އެ ތަތްކުރިއަސް ކޫރުން ހުންނާނެއެވެ. އޮފިހަށް ގޮސް ވެސް އީކަން އިންނަނީ ގަބުވެފައެވެ. މީހަކާ އަނގައިން ބަހެއް ނުބުނާ ތާގަ ބަނޑައް އެއްޗެއް ލަނީކީ ވެސް ނޫނެވެ. “އީނަލް އީކަންސޯ އެހެރީ އެހެރީ ކީއްވެފަ މިހާރަކަށް އައިސް ވަރަށް ފާޑަކައް ހުންނަނީ” އަސްލަމް އީނާލް އަށް ގޮވާލަމުން ބުނެލިއެވެ. “އަހަރެން އެބަ ދަން ވީގޮތެއް ބަލާލަން” ވަރަށް ހިތްވަރު ކޮއްފައި ކޮފީ ތައްޓެއް ހިފައިގެން އީނާލް އީކަންގެ އޮފީހަށް ވަނެވެ މޭޒުމަތީގައި ބޯ އަޅައިލައިގެން އޮތް އީކަން އީނަލް އާ ދިމަލައް ބަލާލިއެވެ. އެ ދެލޮލުގައި ހުރި ރަތްކަމާއި ކައިރި ކަޅުވެފައި ހުރުމުން ވަރަށް ރޮއެފަ ހުރިކަން އެނގެއެވެ. އަދި ނުނިދާ ކަން ވެސް ރީއްޗައް އެނގެއެވެ. “ސޯ ކޮފީ” އީނަލް މަޑުމަޑުން ބުނެލިއެވެ. “ބޭނުމެއްނޫން” “މިބަހައްޓަނީ މިތާ ބޭނުންވިމަ ބޮއޭ” އީނަލް ކޮފިތަށި އީކަންގެ ޑެސްކުމަތީގައި ބެހެއްޓިއެވެ. “ބުނެފިމެއްނު ބޭނުމެއްނޫނޭ ކަލޭގެ ކަންފަތައް އަޑުނީވެނީތަ!!” އީކަން ހަޅޭލަވައިގަނެފާ ކޮފިތަށީގައި އަތުން ޖަހާ ތަށި ވައްޓާލާފައި އެތަނުން ނިކުމެގެން ދިޔައެވެ. އީކަން މިހާ ރުޅިއަރާފަ ހުއްޓަކާ އީނަލް އަދި އަލައްވެސް ނުދެކެވެ. އީކަން އެގޮތައް ވާހަކަ ދެއްކުމުން އީނަލް އަށް ރޮވެން ފެށުނެވެ. މަގުމައްޗައް ނިކުމެ އީކަން ސިނގެރޭޓެއް ރޯކޮއްލިއެވެ. މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ތާރާ އަށް މި މަންޒަރު ފެނުމުން ހިތުގައި ރިއްސާލިއެވެ. ތާރާ މަޑުމަޑުން ގޮސް އީކަން ބޯން އިން ސިނގެރޭޓު ނަގާ އެއްލާލިއެވެ. ސިހިފައި އީކަން ތާރާ އާ ދިމަލައް ބަލާލިއެވެ. އެއްވެސް އެއްޗެކޭ ބުނުމެއްނެތި އީކަން ކުރިއަށް ހިނގައިގަތެވެ. ތާރާ ދުވެފައި ގޮސް އީކަންގެ އަތުގައި ހިފުމުން ތާރާގެ އަތް ނައްޓުވާލާފައި ކޮއްޕާލިއެވެ. އެއްވެސް ބާރެއް ނުލާ ހުރުމުން ތާރާ ވެއްޓުނެވެ. އެއަޑައް އީކަން ފަހަތްބަލާލިއެވެ. ނަމަވެސް ކުރިއަށް ހިނގާގަތީ ދެން ދުވަހަކުވެސް ފަހަތަކައް ނޭނބުރޭނަމޭ ބުނާ ބީދައިންނެވެ.  ދުރުގައި މި މަންޒަރު ބަލަން ހުރި އީނަލް ހުރީ ވާނުވާ ނޭނގިފައެވެ. އެނގޭ އެއްޗަކީ އީކަން އަށް އެއައި ބަދަލަކީ ތާރާގެ ސަބަބުން އައި ބަދަލެއް ކަމެވެ.

ގެއަށް ދެވުމުން ވިޔާމް ގެނައި ފައިލުތައް ތާރާ ބަލާލިއެވެ. ނަޝްފާ ޑްރަގް ޔޫސް ކުރާ ކަމުގެ ޕްރޫޕް މިއޮތީ ލިބިފައެވެ.  މަސަތްކަތް ފަށަންވީއެވެ. އެމްސީ ކޮމްޕެނީއިން ވަނީ މިހާރު އެ ބްރޭންޑުގެ ހުރިހާ އެއްޗެއް ނެރެފައެވެ. ނަޝްފާ ކިޔެވީ މޮޑެލިން ކަމުން އޭނަގެ ދައްތަ  ވަފާގެ ބްރޭންޑް ޕްރޮމޯޓް ކޮއްދިނީ ނަޝްފާއެވެ. ކުއްލިއަކައް ވަހީދުގެ ފޯނު ކޯލެއް އައެވެ. “ތާރާތަ؟؟” “ލައްބަ ބޭބޭ ކިހިނެއްވީ” “އަނެއްކާވެސް ޝުކުރު އަދާކޮއްލަން ވެގެން ދަރިފުޅު އެހާ ބައިވަރު ލާރި އިންވެސްޓް ނުކުރިނަމަ މި ޕްރޮގްރާމް އެހާ ފުރިހަމަ އެއްނުވާނެ” “އަހަރެން ވެސް ބޭބެ އަށް ޝުކުރު އަދާކުރަންޖެހޭ މި ފުރުސަތު އަހަރެނައް ދިނީތީ” ފޮނުބޭއްވުމުން ނަޝްފާގެ ޑްރަގް ކަންތައް ޕްރޫޕް އާއެކު ރިޕޯޓަރަކަށް ތާރާ ފޮނުވިއެވެ. “ޓުމޯރޯ އިޒް މައި ބިގް ޑޭ” ތާރާ ހިނިތުންވެލިއެވެ. އޭގެ އަނެއްދުވަހު ހެޑްލައިންގަ އޮތީ މުޅިން އެވާހަކައެވެ. އެމްސީގެ ބްރޭޑް ޕްރޮގްރާމް ވެސް ހުއްޓުން އެރިއެވެ. ހެދުމައް އޯޑާރ ކުރި އެންމެން އެ އަނބުރާ ދިނެވެ. މި ޕްރޮގްރާމް ކިތަންމެ ކުޑަސް އެމްސީ އަށް ވަރަށް ބޮޑެތި ގެއްލުން ތައް ވިއެވެ. ފައިސާގެ ގޮތުންނާއި ރެޕިއުޓޭޝަންގެ ގޮތުންނެވެ. މި މައްސަލައިގެ ސަބަބުން އެމްސީގެ ގިނަ ޝެއާހޯލްޑަރުން ޝެއާ ތައް ވިއްކަން ނިންމި ހަބަރު ލިބުމުން ތާރާ އެންމެ ސިކުންތެއްވެސް ބެކާރުވިޔަކަ ނުދިނެވެ. ފުރުސަތުގެ ބޭނުންހިފައި އެމްސީގެ 5 ޝެއާ ހޮލްޑަރުންނައް ތާރާ އިންވައިޓް ކުރިއެވެ. އަދި އެމްސީ ކޮމްޕެނީގެ 55% ޝެއާސް ބޮޑު އަގެއްގައި ތާރާ ގަތެވެ.

އޮގަސްޓް މަހުގެ 5 ވަނަ ދުވަހެވެ. ކަޅު ކުލައިގެ އޮފީސް ހެދުމެއް ލާފައި ލޮލުގައި އަވިއައިނު އަޅާލުމައްފަހު ކަޅު ކުލައިގެ ފެރާރީ އަށް އަރައިގެން އެމްސީ ކޮމްޕެނީ އަށް ދިއުމަށް ތާރާ މިސްރާބު ޖެހިއެވެ. ފަރި ހިނގުމެއްގައި ތާރާ 8 ވަނަ ފްލޯރަސް ދިޔައެވެ. އަދި ޝެއާ ހޯލްޓާރ މީޓިންގ ބާއްވައިގެން އުޅޭ ތަނައް ވަނެވެ. ބޮޑު ގޮނޑީގައި އިން ވަހީދަށް ތާރާފެނުމުން ހިނިތުންވެލިއެވެ. ” ރެޑްސީ ކޮމްޕެނީގެ ސިއީއޯ ތާރާ ކިހިނެއްވީ ތޯ” ތާރާ އެއްވެސް އެއްޗެކޭ ބުނުމެއްނެތި ބޮޑު ގޮނޑީގައި އިށީންދެލިއެވެ. ތާރާގެ އަތުގެ އިޝާރާތައް ދެ ބޮޑީގާޑުން ދެން ހުރި ޝެއާހޯލްޑަރުން ތައް އެތަނުން ނެރުނެވެ. ތާރާގެ އަމަލު ހުރިގޮތުން ވަހީދު ހުރީ ވާނުވާ ނޭނގިފައެވެ. “ކިހިނެއްވީ؟؟ އަހަރެން އަތުގައި އެބައޮތް އެމްސީ ކޮމްފެނީގެ 55% ޝެއާ އޭގެ މާނާއަކީ މިހާރު އެމްސީގެ ވެރިޔަކީ އަހަރެންނޭ އަޑުއިވިއްޖެތަ ބަ..ބައްޕާ” ތާރާ ބައްޕާއޭ ގޮވާލުމުން ވަހީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މިއަދު މީ އަހަރެންގެ މަންމަގެ އުފަންދުވަސް މި ހަދިޔާ މަންމަ އަށް ވަރަށް ކަމުދާނެ އެމްސީ ކޮމްޕަނީގެ ޝެއާ ކޮޅަކައް ޓަކައި ކަލޭ އަހަރެން ދިރިހުއްޓާ އަލިފާންޖެހީ އަހަ އަހަ އެކަމް މިއަދު ކީއްކުރާނީ” “ނޯ..ނޯޔާ ކަލޭ މަރެއްނުވޭތަ؟؟” ވަހީދަށް ލިބުނީ ބޮޑު ޝޮކެކެވެ. “އަހަ އަހަ ކަލޭ ދިރިހުރިހާ ހިނދަކު އަހަރެން ކިހިނެއް މަރުވާނީ މި ދުވަހައް އިންތިޒާރު ކުރަމުންދާތާ ހާދާހާ ދުވަހެކޭ” ތާރާ ވަހީދުގެ ގަމީހުގެ ގިރުވާނުގާ ހިފަމުން ބުނެލިއެވެ. “ކަލޭތި އަހަރެންގެ ބައްޕަ ކަން ހަނދާންކޮއްލާފައި މަރާނުލާ ތިބެހެއްޓީ ނޫންނަމަ އަހަ އަހަ ޔޫ އާ ފަޔާޑް ޑޭޑް ގެޓް ދަ ހެލް އައުޓް އޮފް ހިޔާ….”….

……ނުނިމޭ……

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

ގެއްލުނު އެކުވެރިޔާ ( ފަހުބައި )

Next

ނަފްރަތުން ވެވުނު ލޯބި 42

Next
June 12, 2021

ނަފްރަތުން ވެވުނު ލޯބި 42

Previews
June 11, 2021

ގެއްލުނު އެކުވެރިޔާ ( ފަހުބައި )

2 Comments!

  1. ?Ril? says:
    June 12, 2021 at 6:54 pm

    Heyyy sis❤️❤️
    Long time dhw ❤️❤️
    Hows u sis❤️❤️❤️
    Vrh happy vehje long time akah fahu mi stry kiyaalan libuny maaa . ❤️❤️❤️❤️I am so happy❤️❤️
    Masha Allah vrh reethi mi part vxxx❤️❤️❤️
    It’s fantastic❤️❤️
    Keep it up sis❤️❤️
    Fainally thaaraa ah revenge negeny dhw . ❤️❤️Aleyyy so sad eekaan and thaaraa ❤️❤️duruveemaa .????❤️❤️❤️ Avaha thaaraa ah truth ingeythooo hehehe.❤️❤️❤️
    Btw waiting for the next part ❤️❤️
    Lysssmmm sis❤️❤️
    Mymmmmm❤️❤️
    Stay safe❤️❤️ and tvgc❤️❤️

  2. Smoke gurl says:
    June 12, 2021 at 7:54 pm

    Vvvvvvvvv niceeee! ✔️??❤️
    When next? ?☺️????

Comments are closed.



All Right Reserved!