Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(12)

lilly Level 510 Stories100 Comments100 Login500 Comments
January 8, 2021 4 Mins Read
3 Comments

“އެންމެ ފަހުން މަންމަ އާއި ބައްޕަ ވެގެން ނޯޔާ ގައިގައި އަލިފާނ ޖެއްސީ ފައިސާގެ ދަހިވެތި ކަމުގައި އަހަރެންގެ ލޯ ކުރިމަތީގައި އެ މައުސޫމު އަންހެން ކުއްޖާ އަދަމުން ދިޔައީ އެދުވަހު އަހަރެން ގެއިން ނިކުމެެން ދިޔައީ” އީކަން ތާރާގެ މޫނައް ބަލާލިއިރު ތާރާގެ ހާލަތު މާގޯހެވެ. ރޮއެ ރޮއެ އެދެލޯ ވަނީ ރަތްވެފައެވެ. “ދެރަގޮތްވީ ނޯޔާ އަށް ތާރާކީއްވެ ތި ރޮނީ” ތާރާ ލޮލުން ފޭބި ކަރުނައް ފޮހެލަމުން އީކަން ބުނެލިއެވެ. އެކައްޗެކޭވެސް ބުނުމެއްނެތި ތާރާ ދުވެފައި ގޮސް އޭނާގެ އެޕާޓްމެންޓައް ވަނެވެ……..

“އެއީ ދޮގެއް އަހަރެންނަށް އަނިޔާ ލިބެމުން ދިޔައިރު އެއާއިލާ އެކަކުވެސް އަޅައެއްނުލާ އެހީގެ އަތެއް ކީއްކުރަން އަނގައިން ހެޔޮ ބަހެއް ބުނެނުލާ އީކަން!!!” ތާރާ ބޮލުގައި އަތުން ހިފާފައި ހަޅޭލަވަން ފެއްޓިއެވެ. އެޕާޓްމެންޓް ދޮރުން ވަދެގެން އައި ވިޔާމް އަށް މި މަންޒަރު ފެނުމުން ދުވެފައި ގޮސް ތާރާ ނެގިއެވެ. ތާރާ މި ވަރަށް ރޯތަން މި ފެނުނީ އަލަށެވެ. ވިޔާމް ތާރާ ގާތުގައި ވީގޮތް އެހުމުން  އެކައްޗެކޭ ވެސް ނުބުންޏެވެ. އަނގައިން އެންމެ ބަހެއް ބުނާނެހާ ހިއްވަރެއްވެސް ތާރާ ގައިގައެއް ނެތެވެ. ވިޔާމް ތާރާގެނެސް އެދުމަތީގައި ބައިންދާފައި ތާރާ ނިދަން ދެން ބޮލުގައި ފިރުމާލާ ފިރުމާލާ އިނެވެ. ނިދީތެރޭގައި ވެސް އަދި ހޭލާހުރިއިރުވެސް ތާރާގެ އަނގައިން ނިކުތީ އީކަންގެ ނަމެވެ. ތާރާ ނިދީކަން ޔަގީންވުމުން ވިޔާމް އެތަނުން ދާން ތެދުވިއެވެ. “އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ތާރާދެކެ އެކަމް އިނގޭ ތާރާ އަހަރެންނާމެދު ދެކެނީ ހަމައެކަނި ރައްޓެއްސެއްގެ ގޮތުގައި ކަން ތާރާ ކުރާ ކޮންމެ ކަމަކައް އަހަރެން ސަޕޯޓް ކުރާނަން ތާރާގެ ހިތުގައި އަހަރެންގެ ނަން ނެތަސް އަހަރެންގެ ހިތުގައި ތާރާގެ ނަން ވަނީ އަބަދުމެ އަބަދައް ފަވާލެވިފަ ތި އަތުގައި ހިފާލާނެ ފުރުސަތެއް އަހަރެންނައް ނެތަސް ތާރާގެ ގާތުގައި އަބަދުވެސް އަހަރެން ހުންނާނެ ކަން ހަނދާނުގަ ބަހައްޓައްޗޭ ތާރާ އަށް ލިބޭ ކޮންމެ އުފަލަކީ އަހަރެންނައް ވެސް ލިބޭ އުފަލެއް” ވިޔާމް ތާރާގެ ނިތުގައި ތުންފަތް ޖައްސާލި ވަގުތު ވިޔާމްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ތާރާގެ މޫނައް ވެއްޓުނެވެ.

މޯޅިއަކައް ދެމިލާފައި ތާރާ ތެދުވެލިއެވެ. “އަ ގުޑް ސްލީޕް އިޒް ދަ ކިއޯ ފޯ އޯލް ދަ ޕެއިންސް” ތާރާ ފޯނު ބަލާލި އިރު އީކަންގެ 30 މިސްކޯލު އިނެވެ. ތާރާ އަވަހައް އީކަން އަށް ގުޅިއެވެ. “ހަލޯ ތާރާ ކިހިނެއްވީ؟؟ އަހަރެން ދޮރުގަ ތަޅާ ތަޅާ ދޮރެއްވެއް ނުހުޅުވި” “އައި އޭމް ސޮރީ ބޭބް ނޯޔާ އަށް ކަންތައް ދިމާވިގޮތުން ހަމަ ދެރަވީ މިހެން ހުއްޓަކަސް އަހަރެން މީ ވަރަށް އިމޯޝަނަލް މީހެކޭ ހެހެ އައި ގޮތަށް ނިދުނީ އެހެންވެ ފޯނު ނުނެގުނީ” “އޯކޭ އޯކޭ މިގަޑީ ދަންތަ؟” “ނޫނޭ މިދަނީ އޮފިހަށް ޗުއްޓީއެއް ނަގައިގެން އުޅޭތާ މިހާރު 2 މަސްވަނީ ވަރަށް މަސަތްކަތް އޮންނާނެ އޮފީސް ގަޑި ނިމުނީމަ ދާނަން ބެބީ ކާރިއަށް އޯކޭ”

“ނުވާނަމޭ ނުދާނަމޭ މަލޯތްބެއް ދެން ނުވާނަމޭ.. ނުކުރާނަމޭ ހުވާތަކެއް .. ކުރުމުން ހިތަށްވީ އުދާސްތަކެއް..” ފާހަނަތެރޭގައި ފެންވަރަމުންދިޔަ ތާރާ ލަވަކިޔާއަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންނެވެ. ކަޅު ކުލައިގެ އަތްދިގު ސްވެޓާރ ޓޮޕެއް ލާފައި ތިރިން ކަޅު ކުލައިގެ ކަކުލާ ހަމައަށް ދާ ބާރު ސްކާޓެއްލިއެވެ. މޫނުގައި ފުށްކޮޅެން ޖަހާލަމުން ތުންފަތުގައި ގަދަރަތްކުލަ ޖައްސާ ނިމުމުން ކަޅާއި ހުދު ގޮޅިޖެހި ޖެކެޓެއް ލަމުން ގަޔައް ސެންޓު ކޮޅެއް ބުރުވާލީއެވެ. ކަޅު ކުލައިގެ ހައިހީލްސް އަކައް އަރައިގެން ފަރިހިނގުމެއްގައި ޕާކު ކޮއްފައި އޮތް ތާރާގެ ކާރަށް އަރައިގެން ރެޑްސީ ކޮންޕެނީއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ތާރާ އޮފީސްތެރެއަށް ވަދެގެން ދިއުމުން އެހެން ފަހަރުތަކެކޭ އެއްފަދައިން ހުރިހާ މުވައްޒަފުން ތާރާ އަށް ސަލާން ގޮވާލިއެވެ. އޭގެ ބަދަލުގައި ތާރާ ހިނިތުންވެލާފައި ސަލާން ބަލައިގަތުމުން ހުރިހާ މުވައްޒަފުން ވެސް އަޖައިބުވިއެވެ. ތާރާ ވާޒީފާއަށް ދާން ފެށިތާ 5 މަސްވަނީއެވެ. މުވައްޒަފަކު ސަލާން ގޮވާލުމުން ސަލާން ބަލާގަތް މީ ފުރަތަމަ ފަހަރެވެ. 2 މަސްދުވަހު ޗުއްޓީނެގުމުގެ ސަބަބުން މަސަތްކަތްތައް ހުރީ ފުނިޖެހިފައެވެ. އޮފީހަށް ވަތް ވަގުތު މޭޒުމަތީގައި ބަރިބަރިއަށް ހުރި ފައިލުތައް ފެނުމުން ތާރާ އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. “ޒިޔާން!!!!! ޒިޔާން!!!!! އަހަރެންގެ މޭޒުމަތީގައި ހުރި ހުރިހާ ފައިލެއް ގެންދޭ އަހަރެންނައް ވަރިހަމަ ވީދާ ކުދިކުދި ކޮއްފަ ޑަސްޕިނައް އަޅާލިއަސް މިތާ ބަހައްޓައިގެން ނުވާނެ” ތާރާ އޭނާގެ އެސިސްޓެންޓް ޒިޔާން އަށް ގޮވާލާފައި ބުނެލިއެވެ. “މޭމް މިފަހަރަކު ނެތް ތިހެން ހެދޭކަށް ވަރަށް މުހިންމު ފައިލެއް އެބައޮތް ސޮއި ކުރަން ޖެހިފަ އަދި އެއްފަހަރު ވިސްނާލަން ވީނުތޯ” “އޯ ކަމޯން ޒިޔާން އަހަރެންވެސް މީ އިންސާނެއް ނުވާނެތި ވަރެއް” ބޮޑު ގޮނޑީގައި އިށީންނަމުން ތާރާ ބުނެލިއެވެ. “މޭމް އެމްސީ ކޮމްފެނީގެ ޑިރެކްޓާރ މިއަދުވެސް 3 ފަހަރު ގުޅި މޭމް ހޯދަން އަހަރެން ބުނީ މޭމް އޮފްގައޭ” “ވެއިޓް ވެއިޓް ކޮން ކޮމްޕެނީއެކޭ ތިބުނީ؟؟؟” “އެމްސީ” “އަވަހަށް ގެނޭ ތިފައިލު” ޒިޔާން ފައިލު ހިފައިގެން އައިސް ވާނުވާ ތާރާ އަށް ކިޔާދޭން ފެއްޓިއެވެ. “މަޑު ކުރޭ އެމީހުން ބޭނުމިއްޔާ އަހަރެން ހޯދަން މިތަނަށް އަންނާނެ ހަނދާން ކުރައްޗޭ ދެން އެމްސީގެ އެއްވެސް މީހެއް ގުޅާފިއްޔާ ފޯނު ނަގައިގެން ނުވާނެ އަދި އެމްސީގެ ޗެއާމެން އައީމަ ނޫނީ މިކަމެއް ނުވާނެ އެހެން މީހެއް އަޔަސް ފޮނުވާލާ “ޔެސް މޭމް” ޒިޔާން ތާރާގެ އޮފީހުން ނިކުމެގެން ދިއުމުން ތާރާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ” އަދި މިއުޅެނީ އަހަރެންނަށް ކަންތައްގަނޑު ނުފެށިގެން މިހާރުލާ ކަލޭ ތިފެށީ ތޭންކިއު އޭ ބުނެވޭނީ ފޯމޭކިން އިޓް އީޒީ” ހާވީރު 4 ޖެހީއެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން އޮފީހުން ނިކުންނަން ދިޔަ ތާރާ މަޑުކުރަން ޖެހުނީ ވަހީދު އަންނަ ހަބަރު ލިބުމުންނެވެ. ވަހީދު ތާރާގެ އޮފީސްތެރެއަށް ވަނުމުން ތާރާ ގަދަކަމުން ހިނިތުންވެލިއެވެ. “ކޮބާ ހުކުރު ދުވަހު ކާން އައި ފަހަކުން ނާނަންމެންނު ދަރިފުޅެއް” ވަހީދު ދަތްޕިލަ ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. “މިދޭތެރެއަކުން ކުޑަ އެކްސިޑެންޓް އެއްވެގެން 2 މަސްދުވަހު އޮފް ނަގައިގެން ހުރެފަ މިއަދު މި އައީ” “އާން އަހަރެން ވަރަށް ގުޅިން އެކަމަކު އެދެވޭ ޖަވާބެއް ނުލިބުނީމަ މިހާ ހިސާބައް އަންނަން މިޖެހުނީ” “ކިހިނެއްވީ އަނެއްކާ” ތާރާ ބުނެލިއެވެ. “މިހާރު ވަރަށް ހުނަރުވެރި ޑިޒައިނަރުން އުޅޭ އެމްސީ އަދި ރެޑްސީ ކޮމްޕެނީއަކީ ވެސް އަންނައުނު ވިއްކާ ދެފިޔަފާރިއެއްް އެހެންވެ އަހަރެން ބޭނުންވަނީ ރާއްޖޭގެ އާ ކްލޯތިންގ ބްރޭންޑެއް އުފައްދަން” “ދެން އަހަރެން ކީއްކޮއްދޭންވީ ތިކަމާ؟؟” “މިހާރު ހުރިހާ ކަމެއް ވެސް ހަމަޖެހިފަ ހަމަ އެކަނި ސްޕޮންސަރެއް ނުލިބިފަ އެހެންވެ” “އޯ ރެޑްސީކޮމްޕެނީ ތި ޕްރޮޖެކްޓަށް އިންވެސްޓް ކުރާށޭތަ ތިބުނީ ތީގެއިން އަހަރެމެންނައް ވާނީ ކޮންފައިދާއެއް؟” “މި ޕްރޮގްރާމުން ލިބޭ ފައިސާގެ 10 ޕަސެންޓް ރެޑްސީއަށް އަނެއް 90 ޕަސެންޓް އެމްސީ” “އަހަ އަހަ ބޭބޭ ތިހެން ވީރު އަހަރެންނައް ތިކަމުން ލިބޭނީ ބޮޑު ގެއްލުމެއްނު” “20 ޕަސެންޓައް ބަދަލު ކުރެވިދާނެ” ވަހީދު ބޮލުގައި އަތް ކާތާލަމުން ބުނެލިއެވެ. “ނޫނޭ ނޫނޭ އަހަރެން ތިކަމާ ވިސްނާލާފަ ޖަވާބެއް ދޭނަން ގަބޫލިއްޔާ އަހަރެންގެ އެސިސްޓެންޓް ލައްވާ ކޮންޓްރޭކްޓް ތިކޮޅަށް ފޮނުވާނަން” ވަހީދު ދިއުމުން ޒިޔާން ދުވެފައި އައިސް އޮފީހަށް ވަނެވެ. “މޭމް ތީ ރަނގަޅު ޑީލް އެއް ހެނެއް ހިއެއްނުވޭ އަހަރެމެންނައް އެންމެ 10 ޕަސެންޓް” “ޒިޔާން އަހަރެން ކޮންމެ ކަމެއްވެސް ނިމްމާނީ ވަރަށް ވިސްނާފަ މި ޑީލް އަކުން އަހަރެމެނަކައް އެއްވެސް ގެއްލުމެއް ނުވާނެ އައި ޕްރޮމިސް ޔޫ” ވަހީދު އަދިވެސް އެ ދަހިކަން ނުފިލަނީއޭ ބާއޭ ތާރާ ހިތައް އެރިއެވެ. ލާރިއާ ހެދި މޮޔަވެފަ ހުންނަ މީހެކެވެ. ތާރާ އަށް މައުލޫމާތު ލިބުނު ގޮތުގައި އެ ބްރޭންޑް އުފެއްދުމުގައި އެންމެ އަވަދިނެތި އުޅުނީ ވަފާ އާއި ނަޝްފާއެވެ. ގެއަށް ދިޔަ ގޮތަށް ސޯފާއަށް ވެއްޓިގަނެފައި އެންމެ ފުރަތަމަވެސް ތާރާ ވިސްނަމުންދިޔައީ އެމްސީ އާ ހެދުނު ޑީލްގެ ފައިދާ ނަގާނީ ކިހިނެއް ކަމެވެ. ތާރާ ވިޔާމް އަށް ގުޅިއެވެ. “ހަލޯ އަހަރެންނައް ގުޅާލަން ވަގުތުވޭތަ އަހަ އަހަ” “އުހޫ ދެން ވިޔާމް އަށް ނުގުޅާ އަހަރެން ކާކައް ގުޅާނީ ތީ ވިއްޔަ އަހަރެންގެ ހުރި މީހަކީވެސް ތިއެއްނޫނޭ ބުނީމެއްނު ނަޝްފާ ޑްރަގް ޔޫސް ކުރެޔޭ ދޯ؟ އެކަން ސާބިތުވާނެ ވަރަށް އެވިޑެންސް ހޯދާދީފާނަންތަ” “ތީއެއްވެސް ކަމެއް ނޫނެއްނު ގިވްމީ 3 ޑޭސް” “ވަރަށް ބޮޑަށް ޝުކުރިއްޔާ.. ވިޔާމް ނެތްނަމަ އަހަރެން ކިހިނެއް އުޅޭނީ ” “އަހަ އަހަ ކޮންމެ ހެން އަހަރެން ހައްދަން އުޅޭނެ ކަމެއް ނެތް” “އަހަ އަހަ ބައި” އެހެން ސޯފާގައި އޮވެ ތާރާ އަށް ނިދުނެވެ. ތާރާގެ ފޯނަށް ގުޅާގުޅާވެސް ފޯނު ނުނެގުމުން އީކަން ތާރާގެ އެޕާޓްމެންޓައް ވަނެވެ. ސޯފާގައި ނިދާފައި އޮތް ތާރާ ފެނުމުން އީކަން ދެފަރާތައް ބޯހޫރާލިއެވެ. ތާރާގެ ފައިި ތަންތަންކޮޅު ހަލާކުވެފައި ހުރިތަން ފެނުމުން ތާރާ މިއަދު ލައިގެން އުޅުނު ހައިހީލްސަ އަށް ބަލާލިއެވެ. “ޕިސް ޕިސް ކިތަންމެ ވޭނެއް އެޅިޔަސް ބޭނުންހާ ކަމެއް ނުކޮށް ހަމަޖެހިގެން ނޭވާއެއްވެސް ނުލާނެ އަހަ އަހަ” ބަދިގެއަށް ވަދެ ތަށްޓަކައް އައިސްކިއުބް ކޮޅަކާއި ރުމަލެއް ހިފައިގެން އައިސް އީކަން ސޯފާގައި އިށީންދެފައި ތާރާގެ ފައި އީކަންގެ އުނގައް ލިއެވެ. ޖިންސުގެ ފާކުރު މައްޗައް އަރުވާލި ގަޑީގައި އީކަންގެ ލޮލުގައި އަޅާގަތީ ތާރާގެ ފައި ކަށިމަތީގައި ހުރި ލަކުނު ތަކެވެ. ލިބުނު ޝޮކަކުން އީކަން އަށް ކޮޅައް ތެދުވުނެވެ. އީކަން ދިޔަގޮތަށް ގޮސް ވަނީ ތާރާގެ ކޮޓަރިއަށްވަދެ ގަހަނާ ފޮށި ހުޅުވާފައި އެހާވަން ފެއްޓިއެވެ. ކަޅު ކުލައިގެ ތަރިއެއް ފާޑައް އޮތް ކަންފަތުލާ އެސް ފެނުމުން އީކަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އިޓް ކާންޓް ބީ ޓްރޫ.. ތާރާ އަކީ ނޯޔާ އެއްނޫން ނޯޔާ މަރުވެއްޖެ” އީކަންގެ އަތް ތުރުތުރު ލަމުން ދިޔައެވެ. އީކަން އަށް މާބޮޑައް ވިސްނެނީ ކަމައް ބަލާފައި އަނެއްކާވެސް ގޮސް ސޯފާގައި އިށިންދެލިއެވެ. އީކަން ތާރާގެ ބޮލުގައި ފިރުމާލަން އަތް ނެގި ވަގުތު ތާރާ އަށް ހޭލެވުނެވެ. ކުއްލިއަކައް އީކަން އެތާ ހުރުމުން ހައިރާންވި ނަމަވެސް އޭނާގެ ކަށިމަތީގައި ހުރި ލަކުނު ތައް ފެންނަހެން ހުރުމުން އިތުރަށް ބިރުގަތެވެ. “އި..އީކަން ކޮން އިރަކު އައީ؟؟” “ދެންމެގަ އައީ ދެން ދަނީއިނގޭ” ތާރާ އީކަންގެ އަތުގައި ހިފުމުން އީކަން ތާރާ އަށް ހިނިތުންވުމެއް ދިނެވެ. “އަހަރެން ކައިރީ ހުންނަން ބޭނުން ނުވަނީތަ؟” ތާރާ މަޑުމަޑުން ބުނެލިއެވެ. “ނޫނޭ ބޭބީ އެހާ ލޯބިކޮއް ނިދާފަ އޮތީމަ އަސްލު އުނދަގޫ ކުރަން ބޭނުންނެތީ” އީކަން ބެލީ މޫނުމަތިން ހާސްކަން ނުދެއްކޭތޯއެވެ. ތާރާ ތެދުވެގެން ގޮސް ކުޑަކޮއް ކޮރާލާފައި އީކަންގެ ތުންފަތައް ބޮސް ދިނެވެ. ހިނދުކޮޅަކައް ނަމަވެސް އެކަމުގައި ބައިވެރި ވެވުނު ކަމަކު ތާރާ ނޯޔާ އަށް ވެދާނޭ ސިކުނޑި ހަނދާންކޮއްދިނުމުން ކުއްލިއަކަށް އީކަން ތާރާ ދުރުކޮއްލިއެވެ. “ދެން ދަނީ މިހާރު މާ ލަސްވެއްޖެ” އީކަން ފަހަތް ބެލުމެއްނެތި އަވަސް އަވަހައް ނިކުމެގެން ދިޔައެވެ. އީކަންގެ އަމަލު ހުރިގޮތުން ކޮންމެސް ނުބައެއް އުޅޭކަން ތާރާ އަށް ހީވިއެވެ. ތާރާ އަކީ ނޯޔާ ކަން އެނގިއްޖިއްޔާ އީކަން އޭނަޔާ ދުރަށްގޮސްފާނެތީ ބިރުގަތެވެ. ފުރަތަމަ ފަހަރަށް އީކަން އަކީ ތާރާގެ ބޭބެ އަށް ވީތީ ދެރަވިއެވެ…………..

……….ނުނިމޭ………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

އިމްތިޙާން 47

Next

ފަތްގަނޑު ފުރޭތަ 11

Next
January 8, 2021

ފަތްގަނޑު ފުރޭތަ 11

Previews
January 8, 2021

އިމްތިޙާން 47

3 Comments!

  1. ?Ril? says:
    January 8, 2021 at 1:47 pm

    Omg Lilly sis heii ♥️♥️♥️
    Missed u ??♥️how are u I really waited for this one I thought u stoped writing but I am very very happy to see this one ♥️♥️♥️
    Vrh Sali mi part vxxx ikaan an inguny kaneyge eyy nooyaa kan I think so .♥️♥️
    Waiting for the next part sisoo ♥️♥️
    Love u bigu koh ♥️♥️♥️
    Stay safe and take care sis♥️♥️♥️♥️

  2. sahoo says:
    January 8, 2021 at 10:02 pm

    Masha Allah this part is also very nice .
    Waiting for next part.

  3. Reen says:
    January 9, 2021 at 8:11 am

    Hey lilly sis! aslu keeve vhk las v! BTW mibaives varah varah varah reethi ?? stay safe and tc

Comments are closed.

Next Episodeނުވާނެމޭ ބަދަލެއް ހުވާޔާރާ…(13)←


All Right Reserved!