Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ފުރަތަމަ ބައި )

ñëřF Level 1
June 22, 2020 5 Mins Read
4 Comments

6 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެރޕޯޓްގެ ރަންވޭގައި ލަންޑަނުން އައި ބޯޓު ޖެއްސިއެވެ. މިހުރިހާއިރު ނުތަނަވަސްކަން ފެންނަމުން ދިޔަ މޫނުތަކުން ހިތްހަމަޖެހުން ފެންނަން ފަށައިފިއެވެ. ބޯޓުން ނުކުންނަން ހުއްދަ ދިނުމުން ހިނިހޮރު ތަކަކުން ހިނިތަކެއް ނިކުންނަހެން މީހުންތައް ނިކުންނަން ފެށިއެވެ. އަލާއު ވެސް ބޯޓުން ފައިބައިގެން ދުވެލާފަ ގޮސް ޓާމިނަލަށް ވަނެެވެ،. ގޮސް އޭނާގެ ލަގެޖު ނެގުމަށްފަހު ޓްރޮލީ އަަކަށް އަރުވައިގެން ޓެކްސީ ކިޔުއަށް ދިޔައެވެ. ޓެކްސީއެއް ހުއްޓުވައިގެން އޭނާގެ މަންޒިލް ކަމަށްވާ ހުޅުމާލެއަށް ދަތުރު ފެށިއެވެ. އޭރު އެ ތުންފަތުގައިވަނީ ހިތްގައިމު ހިނިތުން ވުމެކެވެ. ގެއަށް ދިއުމުން ވާނެގޮތް ހިތަށް އަރުވާލާފަ ހިނިގަނޑެއް ޖަހާލެވުނެވެ. “ކޮއްކޯ މިއޮތް އާދެވުނީއޭ” އަލާއުއަށް ޚިޔާލުތަކުން ބޭރުވެވުނީ ޓެކްސީ ޑްރައިވަރުގެ އަޑުންނެވެ. ޑްރައިވަރަށް ވިހި ރުފިޔާ ދިނުމަށްފަހު ކާރުން ފޭބިއެވެ. އެއަށްފަހު ފުންނޭވާ އެއް ދޫކޮށްލާފައި އެ ގެއަށް ރަނގަޅަށް ބަލާލިއެވެ. ހަތް އަހަރުތެރޭ ގެއަށް އައިސްފައިވި ބޮޑެތި ބަދަލުތައް ފާހަގަ ކުރެވުނެވެ. ކުރިން 2 ބުރިއަށް އިން ގެ މިހާރުވަނީ 5 ބުރިއަަށް ނަގާފައެވެ.
*** *** ***
މާލަސްނުކޮށް ގެއަށް ވަދެ ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަންނަމުން ގެއިން ނުކުތީ ތިއްތަ އާޒިފާ އެވެ. ފުރަތަމަ ހައިރާންވެފައި ބަލަހައްޓައިގެން ހުރުމަށް ފަހު ތިއްތަގެ އާލްއޭ ކިޔާ ކުއްލިއަކަށް އަލާއުގައިގައި ބާރަކަށް ބަޢްދާލިއެވެ. ބައްދާލިލެއް ބާރުކަމުން ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. އިނގިލީގެ އިޝާރާތުން ވާހަަކަ ނުދެއްކުމަށްބުނެ ގެއަށް ވަދެ ސިއްރު ފިޔަވަޅުތަކެެއްގައި ގޮސް ފަހާފޮށި ކައިރީ އިން އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. “އާޒީ! ދެން ދޫކޮށްލަ….” މަންމަ ލާނެތް ރާގެއްގައި ބުނި ޖުމްލަ ހުއްޓުމަކަށް އައީ މަންމަ ފަހަތް ބަލާލުމުންނެވެ. “އަ.. އާލް ދަރިފުޅާ ބުނެވެސް ނުލާ ތިއައީ ދަރިފުޅު ބުނީމެއްނު މާދަމާ އޭ އަންނާނީ. ބުނެލާފައި އައި ނަމަތާ އެއްޗެއް ހެދުނީހީވެސް. ހާދަ ދުވަސް ކޮށްލާފައޭ މިފެނުނީ ދަރިފުޅޫ. ހާލު ކިހިނެއްތަ؟” އުފަލުން ރޮވިފައި ހުރެ އާޒިމާ އެއްފައްޗަކަށް އަމުނާލިއެވެ. “އަޅުގަނޑު ހާލު ރަނގަޅޭ މަންމާ! ބުނެފައި އައިނަމަ ސަޕްރައިޒެއް ނުވާނެންނު! މަންމަ ނުރޮއެ ދެން މިއައީ އޭ އެއްކޮށް!” އަލާއު ބުނެލިއެވެ.
*** *** ***
” އަން މިހިރީ ޑޮކްޓަރ އަލާއު އަޒީމް އަށް ތިއްތަގެ އަތުން ގިރާފައި ހުރި ޖޫސްތައްޓެއް” ސަމާސާ ރާގެއްގައި އާޒިފާ ބުންޏެވެ. އަލާއުވެސް ހިނިގަނޑެއް ޖަހާލުމަށްފަހު ޝުކުރު އަދާކުރިއެވެ. އާޒިފާ ވެސް ހިނިތުންވެލާފައި ގޮސް ކޮޓަރިއަަށް ވަނެވެ. “މަންމާ އަދި ޖެހޭނޭނުން މާދަން އާލް ބަލާ..” ސިޑިން ފައިބަމުން ދިޔަ އަޒްލިފާ އަށްވެސް ވީ އާޒިމާއަށް ވީވަރެވެ. “އާލް ކޮ..ކޮންއިރަކު.؟” އުފަލުންގޮސް އަޒްލިފާ އަށް ވާހަކަ ވެސް ނުދެއްކުނެވެ. “ހަމަ ދެންމެ” އަލާއު ގޮސް އަޒްލިފާ ގައިގައި ބައްދާލަމުން ބުންޏެވެ. “ދޮން މިދަނީ އާލްގެ ކޮޓަރި ދައްކާލަން. އާދޭ އާލް.” އަޒްލިފާގެ ވާހަކައަށް އަލާއުވެސް ބޯޖަހާލާފައި އަޒްލިފާގެ ފަހަތުން ހިނގައިގަތެވެ. ލިފްޓު ގޮސް 4 ވަނަ ބުރިއަށް ހުއްޓެންދެން ދެމީހުން އެކިއެކި ވާހަކަ ދެއްކިއެވެ. “މިހިރީ ކޮޓަރި” ލިފްޓުން ފައިބައިގެން އެންމެ ފުރަތަމަ ކަނައަތުން ޖެހުނު ކޮޓަރި ދައްކާލަމުން އަޒްލިފާ ބުންޏެވެ. އަލާއު ދޮންތަ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ ކޮޓަރިއަށް ބަލައިލިއެވެ. ތަނަވަސް ކޮޓާރިއެކެވެ. މުޅި ކޮޓަރީގައި މަޑު ފެހިކުލަ ލެވިފައިވެއެވެ. ދޮރުގެ ކަނާތް ފަރާތުގައި ކިންގް ސައިޒްގެ ބޮޑު އެނދެއް ހުއްޓެވެ. ވާތް ފަރާތު ބިތުގައި ކަޅާއި ހުދުގެ ބޮޑު ހަތަރު ދޮރުފަތްލީ އަލަމާރިއެއް ހުއްޓެވެ. އެނދު ކައިރީ ސޯފާއެއް ހުރިއިރު އެނދު ކުރިމަތީ ބެލްކަންޏަށް ދެވޭ ދޮރު ހުއްޓެވެ. މުޅި ކޮޓަރި ވަނީ އޭސީ ކޮށްލާފައެވެ. ވާތް ފަރާތު ބިތުގައި ވާހަކަ ފޮތްތަކެއް ހުރި ފޮތް ހަރެއް ހުއްޓެވެ.
*** *** ***
ބެލްކަނިން ބޭރު ބަލަން ހުރި އަލާއު ސިއްސައިގެން ދިޔައީ ދޮންތަގެ ހުނުމުގެ އަޑަށެވެ. ގޮސް އެތެރެއަށްވަދެ ބަލާލިއިރު ދޮންތަ އަލާއުގެ ފޮއްޓަށް ބަލަހައްޓައިގެން އިނދެގެން ހެނީ އެވެ. އަލާއު ކައިރިވެލާފައި ބަލާލިއިރު މޫނު ލަދުން ރަތް ވެއްޖެއެވެ. އޭގައި ހުރީ ކަކުލާ ހަމައަށް އަންނަ ވަރުގެ ހެދުންތަކަކާއި ސްކިނީ އަދި ބްރާ އާއި ޖަންގިޔަލެވެ. އޭރުވެސް ދޮންތަ ވަރުދައްކާފައި ހަމަ ހެނީއެވެ. “އައްދެ އަލާއުއަށް ލެވޭނެ މީއްޗިސް” ލަދުގަނެފައި ހުރި އަލާއު އިތުރަށް ލަދުގަންނަވާލާ ހިތުން އެހެން ބުންޏެވެ. އަދި އެކަން ކާމިޔާބް ވެސް ވިއެވެ. “ދޮންތާ ދެން ދިމާނުކޮށްބަލަ. ނުބައި ފޮށްޓެއް ގެނެވުނީއޭ! އަނެއްކާ މިޖެހުނީ ފޮށި ބަދަލުކުރަންދާން. ޕިސް ޕިސް!” އަލާއު ބުނެލިއެވެ. “ހޫމް ދެން ދޭ އަވަހަށް ފޮށި ބަދަލުކުރަން” އަޒްލިފާ މިހެން ބުނުމުން އަލާއު އަވަހަށް ފޮށި ބަންދުކޮށްގެން މަންމަ ކައިރީ ވީގޮތް ކިޔައިދިނެވެ. އާޒިމާ ވެސް ބިނދިބިނދިފައި ހެނީއެވެ. އަލާއުގެ ޑްރައިވަރު ކައިރީ އެއަރޕޯޓަށް ދާން ބުނެފައި ކާރަށް އެރިއެވެ.
*** *** ***
އެއަރޕޯޓަށް ގޮސް ވަން އިރު ސެކިޔުރިޓީ އޮފިސަރު ކައިރީ އަންހެން ކުއްޖެއް ހުރިހެން ހީވިއެވެ. ކައިރިއަށްގޮސް ބަލާލުމުން އެ ހީ ޔަޤީނަށް ބަދަލުވިއެވެ. އެކުއްޖާގެ އަތުގައިވެސް އޭނާގެ އަތުގައި އޮތްކަހަލަ ފޮށްޓެއް އޮތެވެ. ސެކިޔުރިޓީ އޮފިސަރަށް ވީގޮތް ފަހުމް ވިއެވެ. “އާނ! ދެން ދެމީހުން ފޮށި ހަވާލުކުރޭ” އޮފިސަރު މިހެން ބުނުމުން ދެމީހުން ފޮށި ހަވާލު ކުރިއެވެ. އޭރު އެކުއްޖާގެ މޫނު ލަދުން ރަތްވެއްޖެއެވެ. އެ އަންހެން ކުއްޖަަ ޝުކުރު އަދާކުރިއެވެ. ފޮށި ހިފައިގެން އަލާއު ކާރަށް އަރަން ދިޔައެވެ.” ތި ފޮށީގައި ހުރި ޕްރައިވެޓްސް ފެނިއްޖެ ސޮރީ” ދަމުން އަލާޢު އިތުރަށް އެކުއްޖާ ލަދުގަންނަވާލިއެވެ. އޭރު އެ މޫނުމަތީގައިވަނީ އަންހެން ކުދިންގެ ހިތްދަމައިގަންނަފަދަ ހިނިތުންވުމެކެވެ. ދުވަހަކުވެސް އެހިތަށް ނުކުރެވޭ އިހުސާސެއް ކުރެވިއްޖެކަން ގައިމެވެ.
*** *** ***
ގޭގެ ޕޯޓިކޯ ތެރެއިން ލައިފައި ގޮސް ދެވެން އޮންނަ ފެންއަރުވާ ވަޑާން ކައިރީ ހުއްޓާ “ޕޮއް” ގޮއްވާލި އަޑަށް އަލާއު ސިއްސައިގެން ދިޔައެވެ. ފަހަތް ބަލާލިއިރު ހުރީ ކުޑައިރުގެ ގާތް ރަހްމަތްތެރިޔެއްކަމަަށްވާ ނަވްލީން އެވެ. “ނަވް. ކިހިނެއް އެނގުނީ އާލް އައިކަން.” އަލާއު ހައިރާންވެފައި ބުންޏެވެ. “އާލް ނުބުންޏަސް ބުނާނެ މީހުން ތިބެއޭ!” ނަވްލީން ލުއި ހުނުމަކާއިއެކު ބުންޏެވެ. އެވަގުތު އާޒިމާ އަށްވެސް އެތަނަށް އާދެވުނެވެ. “އަނހާ ދަރިފުޅާ ނަވް. ކޮންއިރަކު އައީ! އާލް ނަވް ހިނގާދެކުދިން ކާންދާން މަންމަ މިއައީ. ކާންހަދާލާފަ” އާޒިމާ ބުނެލިއެވެ. ކުރީގައި ނަވްލީން ވަރަށް ގިނައިން އައުމުގެ ސަބަބުން އާޒިމާގެ ހިތުގައި ނަވްލީނަށް ދެވިފައިވަނީ ދަރިއެއްގެ ދަރަޖައެވެ. ދެކުދިން އާޒިމާގެ ފަހަތުން ހިނގައިގަތެވެ. ކިތަންމެ ތަނަވަހަސް އާޒިމާ އަކީ ހިތްހެޔޮ މުރާލި އަދި ދީލަތި އަންހެނެކެވެ. ގޭގެ ހުރިހާ މަސައްކަތެއްވެސް 2 އަންހެން ދަރިންނާއި ގުޅިގެން ކުރަނީ އާޒިމާއެވެ. އޭނާ ދެކޭ ގޮތުގައި ނޯކަރުން ގެންގުޅުމަަކީ މީހާ ކަންނެތްވާ ކަމެކެވެ. ގެންގުޅެނީ ހަަމައެކަނި 4 ޑްރައިވަރުންނެވެ.
*** *** ***
ވަހުން އެކަނިވެސް ބަނޑުފުރޭހާ ތަކެތިން މުޅި ސުފުރާމަތި ވަނީ ފުރާލާފައެވެ. ޑެވިލްޑް ޗިކަން، ބިރިޔާނީ، ސެލެޑް، އަލަނާސި ފަަނި ސާގު ބޮނޑިބަތްވަނީ ތައްޔާރުކޮށްފައެވެ. އެވަގުތު އަޒީމް ވެސް ގެއަަށް އައިސް ވަނީ އެވަގުތެވެ. “އާޒިމާ! ހާދަ ވަސް ރަނގަޅޭ” އަޒީމް ބުނެލިއެވެ. އާޒިމާ ލަދުރަކި ގޮތަކަށް ހިނިތުން ވެލިއެވެ. ކައިވެންޏަށް 30 އަހަރު ވެފައިވީ ނަމަވެސް ދެމީހުންގެ ދެމެދުގައި ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އަޒީމްގެ އެފަދަ އަދާތަކުން އަދިވެސް އާޒިމާ ލަދުގަނެއެވެ. “ކޮބާ؟ ފަށަމާ ދަރިފުޅުމެން.” އާޒިމާ ބުންޏެވެ. “ކޮބާތަ. ދޮންތަބެއާ ތިއްތަބެއާ؟” އަލާއު އަހާލިއެވެ. މިއަދު ބިޒީ ކަމަށް އެ ދެމީހުން ބުނުމުން އެންމެން ކާން ފެށިއެވެ. “ދަރިފުޅާ! ދަތުރު ކިހިނެއްތަ؟” އަޒީމް އަހާލިއެވެ. “ވަރަށް ވިއްސާރަ. އަނެއްހެން ރަނގަޅު” އަލާުއު ބުނެލިއެވެ. އަޒީމްވެސް އެހެންދޯ އޭ ބުނެ ކެއުމައިގެން ކުރިއަށް ދިޔައެެެވެ. މިއީ އެގޭގެ އާދައެވެ. މުހިއްމު ކަމެއްނެތްނަމަ އެންމެން ކާނީ އެއްސުފުރާ މައްޗަކުންނެވެ. “ދަރިފުޅާ ދެން ވަޒީފާ އަކަށް ކުރިމަތިލައިފިންތަ؟’ އާޒިމާ އަހާލިއެވެ. “ލައްބަ! ޑްރީމްސް ހޮސްޕިޓަލަށް ޖޮއިން ވާން ބޭނުމީ. ބައްޕަ ބުނުއްވި މިއަންނަ ހަފްތާ އިންޓރވިއު އޮންނާނޭ. ދެއްތޯ؟” އަލާއު ބުނެލިއެވެ. އަޒީމް ހިނިތުންވެލާފައި ހޫމް އަޅުވާލަމުން ރަނގަޅަށް ތައްޔާރު ވާތިވޭ ބުނެލިއެވެ. އަލާއު ހިނިތުންވުމަކުން ފުއްދާލިއެެވެ.
*** *** ***
އަޒީމް އޭ ބުނުމުން ނޭނގޭ މީހަކު މިރާއްޖޭގައި ވަރަށް މަދު ވާނެއެވެ. ޑްރީމްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ އަޒީމްގެ ބުރަމަސައްކަތުން ފަށާ ކޮޅަށް ޖެހުވި ވިޔަފާރިއެކެވެ. ކޮމްޕެނީގެ ދަށުން ހިންގަނީ ޑްރީމްސްގެ 4 ފިހާރަ އަދި 1 މޯލް އާއި 10 ބުރީގެ ޑްރީމްސް ހޮސްޕިޓަލެވެ. ދުވާލަކު ހާހަކަށްވުރެ ގިނަ މީހުން ފަރުވާ ހޯދާ މި ހޮސްޕިޓަލަކީ މަޝްހޫރު ހޮސްޕިޓަލެކެވެ . ފެންވަރު ރަނގަޅުވެފައި އަގުހެޔޮ ވުމަކީ މިހޮސްޕިޓަލަށް މިހާ ގިނަ މީހުން ޒިޔަަރަަތްކުރާ އަދި މަޝްހޫރުވާ ސަބަބެވެ. މިވިޔަފާރީގައި އަޒީމްގެ ދަނބިދަރިންވެސް ހިއްސާވެއެވެ.
ކައި ނިމިގެން އަލާއު އާއި ނަވްލީން ގަސްދުކުރީ ބަގީޗާއަށް ހިނގާލަން ދިއުމަށެވެ. ނަމަވެސް ކަމެއް ހަނދާންވީ ފަދައަކުން އެންމެން ކައިރީ ކުޑައިރުކޮޅަކު މަޑުކޮއްލަ ދިނުމަށް އެދުނެވެ. އިރުކޮޅެއްފަހުން ޢައިއިރު އަތުގައި ހަތް ކޮތަަަޅު އޮތެވެ. އެންމެން ދެލޯބޮޑުކޮށްގެން ބަލަން ފެށިއެވެ. ހުރިހާ އެންމެންނަށް ހަދިޔާތައް ބަހާލުމުން ޝުކުރު އަދާކުރިއެވެ. ޖަވާބް ދީފައި ނަވްލީން އާއި އަލާއު ހިނގާލަން ދިޔައެވެ.
ބަގީޗާ ތެރޭ އަލާއުއާއި ނަވްލީން އެކި ވާހަކައިގައި ހިނގަމުން ދިޔައެވެ. ހިނގަމުންގޮސް ހުއްޓިލާފައި ވަން މޯ ތިންގް އޭ އަލާއު ބުނެލިއެވެ. އެއަށްފަހު ޖީބުން ފަށެއް ނަގައި ނަވްލީންގެ ކަރުގައި އަޅުވާލަދިނެވެ. ނަވްލީން ތޭންކްސް އޭ ބުނެލިއެވެ.
*** *** ***
1 ހަފްތާ ފަސް

އިންޓަރވިޔު އަށް ދާން ތައްޔާރުވަމުންދިޔަ އަލާއުގެ މޫނުމަތީގައި ނުތަނަވަސްކަން ވެއެވެ. ތައްޔާރު ވެގެން ހާސްކަން ފިލުވާލުމަށްޓަކައި ކޮޓަރި ތެރޭ އެނބުރެނިކޮށް އާޒިފާ ވަނެވެ. އާޒިފާ އައިސް އެކިއެކި ވާހަކަ ދެއްކުމުން ކުޑަކޮށް ހަމައަކަށް އެޅިލިއެވެ. ގެއިން ނިކުންނަމުން ދަނިކޮށް އަޒްލިފާ އާއި އާޒިމާ އަދި އާޒިފާވެސް ގުޑް ލަކް އޭ ބުނެލިއެވެ. ޢަލާއު ހިނިތުންވެލާފައި ގޮސް ކާރަށް އެރިއެވެ. ކާރު ގޮސް ޑްރީމްސް ހޮސްޕިޓަލަށް މަޑުކޮށްލިއެވެ. ހޮސްޕިޓަލަށް ނަޒަރު ހިންގާލަމުން ހިތާހިތުން ހޮސްޕިޓަލް ފަރުމާކުރި މީހުންނަށް ތައުރީފް ކުރިއެވެ. އަދި އޭނާއަށް އިންޓަރވިއު ކާމިޔާބު ވޭތޯ ވެސް ދުޢާ ކޮށްލެވުނެވެ. ހޮސްޕިޓަލަށް ވަދެގެން ދިޔައިރު މީހުންގެ ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ގޮސް އިންޓަރވިއު ކުރާތަން އޮޅުން ފިލުވާލިއެވެ. އެއަށްފަހު ގޮސް އެ މާލަމަށް ވަނެވެ. މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އޭނާގެ ނަން ގޮވާލުމުން ގޮސް އިންޓަރވިޔު ކުރިއަށްދާ ކޮޓަރިއަށްވަނެވެ. އެތާނގައި އިންޓަރވިޔު ކުރަން އިން މީހާ ފެނި އޭނާ ލާން އުޅުނު ނޭވާ ތާށިވިކަހަލައެވެ. އެ ސޫރަ ފެނި އޭނާ ގަަނޑުވިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

ñëřF

Level 1

Other Articles

Previous

ހަޔާތުން ޞަފުޙާއެއް 01

Next

ލޯތްބައްޓަކައި (7ވަނަ ބައި)

Next
June 22, 2020

ލޯތްބައްޓަކައި (7ވަނަ ބައި)

Previews
June 21, 2020

ހަޔާތުން ޞަފުޙާއެއް 01

4 Comments!

  1. leavemealone says:
    June 24, 2020 at 2:10 pm

    Assalaamu alaikum here is the first episode of the story hope you guys will love this episode next episode on next monday inshallah

  2. Anaaya anaa says:
    June 25, 2020 at 10:41 am

    Well done ?mashaallah❤️❤️❤️❤️
    Varah reethi Unmeedhu kuran nxt prt vx reethi vaane kamah ☺️ tc

    1. leavemealone says:
      June 25, 2020 at 9:24 pm

      Shukuriyyaa anaaya anaa. yes inshallah reethi vaane. aslu kiyevumah focus kuraathi vaahaka weekehge 1 dhuvahu genesdheyn ninmee. dhen hope you guys will understand my situation

  3. Anaaya anaa says:
    June 29, 2020 at 2:58 pm

    It’s OK we understand ur situation ❤️❤️❤️☺️well plx focus ur ge kiyevumah ☺️☺️☺️lots of love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️tc well
    what is your real name? I’m vry curious ☺️

Comments are closed.



All Right Reserved!