Skip to content
އެސްފިޔަ

ކެހި

” އޭ އަރީން! މިފަހަރު ގަމަށް އަންނަން ތި ހަމަޖެއްސީ ކީއްވެތަ؟ ” އިރުއޮއްސެމުން ދިޔަ އެ ވަގުތު ސ.ގަމު އެއާރޕޯޓުން ނިކުތް ގޮތަށް އަޝްވާން ދަބަސް ކޮނޑުގައި އަޅުވާލަމުން ދެން ތިބި ދެ އެކުވެރިންނާއެކު ޓެކްސީއެއް ލިބޭތޯ ޕޭމެންޓު މައްޗާއި ދިމާއަށް ހިނގައިގަތެވެ. އެ ތިންކުދިންނަކީ މެލޭޝިޔާގެ ކޮލެޖުގައި ކައުންސިލިން ކިޔަވަމުން އަންނަ ތިންކުދިންނެވެ. އެތިންކުދިންގެ މިޒާޖުގެ އެއްގޮތްކަމުންނާއި މެލޭޝިޔާގައި ކައުންސިލިން ކިޔަވަމުންދާ ދިވެހިކުދިން މަދުވުމުން ކޯސް ފެށުނީއްސުރެ އެކުދިން އުޅެނީ އަބަދުހެން އެކު އެކީގައެވެ. ކުރާ ކޮންމެ ކަމެއްވިއްޔާ ކުރާނީ އެކީގައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބަންދުގައި ތިންކުދިން އެކުގައި ރާއްޖޭގެ ރަށްރަށަށް ދަތުރު ދިއުމަކީ އާދަވެގެން ކުރާ ކަމެކެވެ.

” މިފަހަރު ދާނެ ތަނެއް ނޭނގިގެން ހުއްޓަ އަހަރެން މާލޭގައި ކިޔެވި އިރު ދިމާވި އެކުވެރިއެއް ބުނީ މިފަހަރު މިކޮޅަށް ޖައްސާލާށޭ. ވަރަށް ދުވަސްވެއްޖެ އޭނަ ނުފެންނަތާ. އެކަމަކު އަހަރެމެން އެންމެން މިކޮޅަށް އައިސް ކުރާނެ ކަންކަން ރާވާފައި އޮއްވާ އަހަރެމެން މިކޮޅަށް އަންނަން ފުރަން އޮތްރޭ އޭނަ އަންހެނުން ބަލިވެގެން ފަރުވާކުރަން މާލެއަށް ދިޔައީ. އޭނަ އަހަރެމެން ތިބޭން ހަމަޖެހިފައި ހުރި ގޭގެ ތަޅުދަނޑި ދިން. ދެން ކޮންމެ ގޮތެއްވިޔަސް މިދަތުރު ކެންސަލެއް ނުކޮއްލެވޭނެއެއްނު.. ” އަރީންގެ އަޑުގައި ވަނީ އެރަށް ބަލާލުމުގެ ޝައުގުވެރިކަމެވެ.

” ހޫމް.. މިފަހަރު ވާނެ ޑައިވިންއަށް ދެވޭތޯ ބަލަން. ކުރީ ފަހަރުވެސް އަރީންގެ މަންމަ ބުނެގެން އަވަހަށް ދާން ޖެހުނީ ވިއްޔާ… ” ޒިބާން ސަމާސާ ރާގެއްގައި އެހެން ބުނެލަމުން ޓެކްސީއެއް ހޯދިއެވެ.

” ކޮއްކޮމެން ކީއްކުރަން ވައިޓްލޭކްއަށް ދަނީ؟ ” ތިންކުދިން ޓެކްސީއަށް އަރާ އަރީން ގޭގެ އެޑްރެސް ބުނެލުމާއެކު ކާރުގެ ޑުރައިވަރު ހައިރާންވެފައި އަހާލިއެވެ.

” ޗުއްޓީ ހޭދަކޮށްލަން. ” އަރީން ޖަވާބުދިނެވެ.

” ކީއްވެ ތިސުވާލު ތިއެހީ؟ ” އަރީން ނުރުހުމާއެކު އަހާލިއެވެ.

” އެގެޔަކީ ވަރަށް މީހުން ގޮސް ނޫޅޭ ގެއެއް ވީމަ ހަމަ އަހާލެވުނީ. ވަރަށް ބޮޑަށް މައާފަށް އެދެން. ” ޑުރައިވަރަށް އަރީން ރުޅި އައިކަން ފާހަގަވީކަން ނޭނގެއެވެ. ޑުރައިވަރ އަރީންއަށް ބަލާލިއެވެ. އަރީން އެއީ އެއްވެސް ކަމެއް ނޫނޭ ބުނެލިއެވެ.

ޓެކްސީ ގޮސް ވައިޓްލޭކަށް މަޑުކޮއްލުމާއެކު ހުރިހާ ކުދިން ދަބަސްތައް ހިފައިގެން ޓެކްސީ އިން ފޭބިއެވެ.

” ހިނގާ އެތެރެޔަށް ވަންނަމާ ” އަރީން އޭނަގެ ފޯނުން ފުލޭޝްލައިޓް ޖައްސާލަމުން ގޭގެ ދޮރާށި ހުޅުވާލިއެވެ. ފުރަތަމަ ވެސް އެތެރެޔަށް ވަނުމާއެކު ޖެހުނު ވައިރޯޅިން ހުރިހާ ކުދިން ދުރަށް ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އަރީން ފިޔަވާ ދެންތިބި ކުދިން އެއީ އާދައިގެ ވައިރޯޅިއެއް ނޫނޭ ބުނެލިއެވެ. އެހެނީ އެވައިރޯޅި ޖެހުނު ވަގުތު އެކުދިން ކިރިޔާ ދުރަށް ވިއްސައިގެން ދިއުމުގެ އިތުރުން އެތެރޭގައި ހުރި ފަތްތައް ވެސް ވަޔާ މައްޗަށް ނާރާތީއެވެ. އަރީން ގެޔާ ދިމާލަށް ހިނގައިގަތުމުން އެކުދިން ބިރުން ތިބެވެސް ހިތްވަރު ކޮއްފައި އަރީންގެ ފަހަތުން ގެޔާ ދިމާލަށް ހިނގައިގަތެވެ. މުޅި ގޭގެ ބޭރު ފާރުގައިވަނީ އެޅިގަލުން ރާނާ ސިމެންތި ޖަހާ ވައިލެޓްކުލަ ލައިފައެވެ. މުޅި ގޯތިތެރޭގައި ބޮޑެތި ބިޔަ ގަސްތައް ހުރުމާއެކު ދުނިޔެމަތި އަނދިރިވެފައި ހުރުމުން އެތަން ފެންނަނީ ނާމާން ތަނެއްގެ ގޮތުގައެވެ. އެގަސްތަކުން ފައިބައިފައިވާ ފަތްތަކުން މުޅި ގޯތިތެރެވަނީ ހަޑިވެފައެވެ. މިއިން ޒަމާނަކު ގޯތިތެރެ ކުނިކެހި ކަމެއް ވެސް ނޭނގެއެވެ. އަޝްވާންއާ އަރީން ގޯތިތެރެއަށް ނަޒަރު ހިންގަމުން ގެޔަށް ވަންނަ ހިނގައިގަތް އިރު ޒިބާން ހުރީ އެއްފަރާތެއްގައި ހުރި ނިކަ ގަހެއްގެ ކައިރީގައެވެ. ނިކަ ގަހުގެ ތިރީގައި އޮތް ކަޅު ބުޅަލަކަށް ބަލާށެވެ. ޒިބާންއަކީ ބުޅާދެކެ ރުޅިއަންނަ ޒުވާނެއްކަމުން ބުޅަލެއް ފެންނަ އިރަށް އެފަހާލުމަކީ އޭނަގެ އާދައެކެވެ. އޭނަ ބިންމަތިން ގާކޮޅެއް ހޯދުމަށްފަހު ގާކޮޅު ނަގާ ބުޅަލާ ދިމާއަށް ހޫރާލައިފިއެވެ. ވައި އަޅުވާލާފައި ދިޔަ އެގާކޮޅު ގޮސް ޖެހުނީ ސީދާގެ ބުޅާގެ ގައިގައެވެ. ވަގުތުން އެބުޅާގެ ދެލޯ ރަތްކުލައިން ދިއްލިފައި ގެއްލިއްޖެއެވެ. ޒިބާން ދުވެފައި ގެޔަށް ވަންނަން ދިޔަ އަޝްވާންގެ ގައިގައި ހިފައިގަތެވެ.

” ކިހިނެތްވީ؟ ” ވަގުތުން އަޝްވާންއަށް ސިހިފައި ދުރަށް ޖެހިލެވުނެވެ.

” ބުޅަލެއް!! އޭތި ގަޔަށް ގާކޮޅެއް އެއްލީމައި ވަގުތުން ގެއްލިއްޖެ… ” މާ ނޭވާ ލެވިލެވި ހުރި ޒިބާންގެ މޭ ނެގިނެގިފައި ޖެހެމުން ދިޔައެވެ.

” ޒިބާންވެސް ދައްކާވާހަކަ…. ބުޅާވެސް ދެން އުޅޭނެއޭއްނު.. މިއީ ބުޅާމެންވެސް އުޅޭ ހިތްވާ ކަހަލަ ތަންތަން ވިއްޔާ… އެއަށް އުނދަގޫކުރަންޏާ އަވަހަށް ފިލާނެދޯ… ” އަރީން އެވާހަކައަށް އެހާ ވަރަކަށް އަޅާލިހެނެއް ހިޔެއް ނުވެއެވެ. އަޝްވާންވެސް ޗޮކެއް ކަނޑާލިއެވެ.

އަރީން ތަޅުދަނޑިފަތިން ގޭގެ ދޮރު ހުޅުވާލައިފިއެވެ. ފުރަތަމަވެސް ގޭގެ ދޮރު ހުޅުވާލުމާއެކު ދުވި ހިތްގައިމު ހުސްނުހީނާ މަލުގެ މީރުވަހުން އެކުދިންގެ ހިތަށް ލިބުނީ ހަމަޖެހުމެކެވެ. އެއާއެކު ޒިބާންއަށްވެސް ދެންމެ ހިނގި ކަންތައް މަތިން ހަނދާންނެތުނެވެ. ލަގްޒަރީ އަގުބޮޑު ފަރުނީޗަރުތަކުން ފުރިފައިވާ އެގޭގައި މަދު އެންމެ ފަރުނީޗަރެއްވެސް ނެތެވެ.

އަރީން ބޮޑުކޮޓަރީގައި ހުރި ބޮކި ދިއްލާލިއެވެ. އެހެނަސް ނިވިދިއްލިފައި އެބޮކި ނިވިއްޖެއެވެ. ދެން ތިބި ދެކުދިން ވެސް އެހެން ތަންތަނުގެ ބޮކިތައް ދިއްލޭތޯ އުޅެން ފެށިއެވެ. އެހެނަސް ނިވިދިއްލިފައި އެބޮކިތައްވެސް ނިވެނީއެވެ.

” ނަސީބެއްނު މިހިފައިގެން އާދެވުނުކަން…. އަން. މިއުއްބައްތިއަށް ދިއްލަބަލަ.. ” އަރީން ދަބަހުން އުއްބައްތި ފޮއްޓެއް ނަގަމުން ސޯފާގައި އިށީނެވެ. އަޝްވާންއާ ޒިބާންވެސް ސޯފާގައި އިށީނެވެ.

” ކިހިނެތް؟؟ ލައިޓަރެއް ނެތެއްނު… ” ޒިބާން ހައިރާންވެފައި ސުވާލުކޮއްލިއެވެ.

” މިއޮތީ… ” އަރީން ފޯނުގެ ފުލޭޝް ދިއްލައިގެން ބޮޑުކޮޓަރީގައި ހުރި ކަބަޑުތައް ހާވަމުން ދަނިކޮށް ލައިޓަރެއް ފެނުނެވެ. އަދި އަޝްވާން އަތަށް ދިނުމުން އޭނަ އުއްބައްތިއެއް ރޯކޮއްލިއެވެ. ރޯކޮއްލިކަމެއް ނޭނގި ވަޔާއެކު އެއުއްބައްތި ނިވިގެން ދިޔައެވެ. ތިންކުދިން ހައިރާންވެފައި އެކަކު އަނެކަކަށް ބަލަން ފެށިއެވެ. އެތަނަށް ވައި ވަންނަންޖެހޭ އެއްވެސް ސަބަބެއްނެތެވެ. އެހެނީ އެންމެ ފެންލައިޓެއްވެސް ނެތް އެބޮޑު ގޭގައި ހުރި ދޮރުތައްވަނީ ލައްޕާއެވެ.

” ދީބަލަ އަހަރެންގެ އަތަށް ” ޒިބާން އެލައިޓަރު އަޝްވާންގެ އަތުން އަތުލަމުން އަނެއްކާވެސް އުއްބައްތި ރޯކޮއްލިއެވެ. މިފަހަރުވެސްވީ ކުރިންވީ ގޮތެވެ. އަލިފާން ރޯކޮއްލިކަމެއް ނޭނގި އުއްބައްތީގެ ހުޅުކޮޅު ނިވިގެން ދިޔައީއެވެ. ޒިބާން ދެވަނަ ފަހަރަށް ލައިޓަރުން އުއްބައްތި ރޯކޮއްލިއެވެ. މިފަހަރު އުއްބައްތި ރޯވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަޔަށް ފެނުނީ ދާދި ގާތުގައި ހިނިއައިސްފައި އިން ބިރުވެރި ސިފައެއްގައި އިން އަންހެންކުއްޖެކެވެ. ޒިބާންއަށް ހަޅޭލަވައިގަނެވުނެވެ. ޒިބާންގެ އަތުގައި އޮތް ފޯނު ވެސް އަތުން ދޫވެގެން ދިޔަ ތަނެއް ނޭނގުނެވެ.

” ޒިން! ކިހިނެތްވީތަ؟ ” އަރީންއާ އަޝްވާން ހާސްވެފައި އަޑަކުން ޒިބާންއަށް ގޮވާލިއެވެ. ހީވާގޮތުން ދެން ތިބި ދެކުދިންނަށް އެއަންހެންކުއްޖާއެއް ނުފެނުނެވެ. އެއަނދިރިގަނޑު ތެރެއިން އެކަކުވެސް ވަކިނުވެއެވެ. ޒިބާން އަނދިރިކަމަށް ހޭނެން އިރުކޮޅެއް ނެގުމަށްފަހު ބިރުގަނެފައި ހުރެ ކައިރީގައި އިން މީހާގެ އަތުގައި ހިފާލިއެވެ. ޒިބާންއަށް ހީވީ ބޯވައެއްގައި ހުންނަ ލޮނދިގަނޑެއް ކަހަލަ ހަންގަނޑެއްގައި އަތްލެވުނު ހެންނެވެ. ޒިބާން ދެވަނަ ފަހަރަށް ހަޅޭލަވައިގެންފައި އެއަތުން ދޫކޮއްލައިފިއެވެ.

” ޒިން! ކީއްވެތަ ތިހަޅޭލަވަނީ؟ ” އަޝްވާން ފޯނުން ފުލޭޝްލައިޓް ދިއްލާލައިފިއެވެ. އޭރު ބިރުގެންފައި އިން ޒިބާން ފެނުމުން ދެންތިބި މީހުންގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. އެވަގުތަކީ މަޤްރިބް ނަމާދައަށް ބަންގި ގޮވަންފެށި ވަގުތެވެ. ޒިބާން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އެކަމަކު ޒިބާންއަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އޭނަޔާ ދެންމެ ރޫހާނީ ބާރެއް ކުޅެލައިފިއެވެ. އަޝްވާން ލައިޓު ނެގުމަށްފަހު އަނެއްކާވެސް އުއްބައްތި ރޯކުރެވޭތޯ މަސައްކަތްކުރަން ފެށިއެވެ. މިފަހަރު ކުރީ ފަހަރު ވީކަމެއް ނުވެޔެވެ. އަޝްވާން އަވަހަށް ފާޙަނަޔަށާއި ކޮޓަރިތަކަށާއި މެދުގެޔަށް ވާވަރަށް އުއްބައްތި ރޯކުރިއެވެ.

” ހިނގާ ނަމާދުކުރަން…” އަރީން ބުނެލިއެވެ.

” އަހަރެން މިދަނީ ނަމާދުކުރުމުގެ ކުރިން ފެންވަރާލަން. ތިމިހުންދޭ ނަމާދަށް ” ވަރުބަލިވެފައި ހުރުމާއެކު އަޝްވާން ނަމާދު ނުކުރަން ބަހަނާއެއް ހަދަމުން ދަބަސް ކޮނޑުގައި އަޅުވާލަމުން އުއްބައްތިއެއް ހިފައިގެން އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ވަނެވެ. ޒިބާން އުއްބައްތިއެއް ހިފައިގެން ފޯނު ފެނޭތޯ އުޅެން ފެށިއެވެ.

” އަރީން މަޑުކޮއްބަލަ. ” އަރީންވެސް ކޮޓަރިއަށް ދާން ހިނގައިގަތުމުން ޒިބާން ބިރުން އެކަނި ހުންނަން ނުކެރިގެން ބުނެލިއެވެ. އަރީން ޒިބާންއަށް އެހީވުމުގެ ގޮތުން އޭނަ ވެސް އުއްބައްތިއެއް ނަގައިގެން ޒިބާންގެ ފޯނު ފެނޭތޯ އުޅެން ފެށިއެވެ. ނަސީބު ރަނގަޅުކަމުން މާ ގިނައިރު ތަކެއްނުވެ ޓީވީ ރެކުގެ ކައިރިން ޒިބާންގެ ފޯނު ފެނުނެވެ. ޒިބާން އުއްބައްތި ފޯނާ ކައިރިކޮއްލި އިރު ފޯނު އޮތީ ބިއްލޫރިގަނޑު ތަޅައިގެން ގޮހެވެ. ފޯނު ހުޅުވާ ފިތަށް ފިއްތާލި ނަމަވެސް އެފޯނެއް ނުހުޅުވުނެވެ.

” އެކޮޅަށް ގޮސް ދެން އެހެން ފޯނެއް ގަންނާނީ. އަހަރެމެންގެ ފޯނު މިހަފްތާ ދެން ބޭނުންކޮއްލާނީ ދޯ؟ ” އަރީން ޒިބާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ޒިބާން ބޯޖަހާލިއެވެ. ޒިބާންއާ އަރީންވެސް އެމިހުންގެ ދަބަސްތައް ހިފައިގެން ދެން ހުރި ދެކޮޓަރިއަށް ދިޔައެވެ.

ފާހަނައިގެ ބިލިގާ ތެރޭގައި އަޝްވާން އޮތީ ހަމަޖެހިލައިގެން ސީލިންގަށް ބަލާށެވެ. ނިދިތާއްޔާ ޖެހޭތީ އަޝްވާން ލޯމަރާލިއެވެ. ދެވަނަ ސިކުންތުގައި އަޝްވާން ލޯހުޅުވާލީ ސީލިންގުގައި ހަތަރެއްފައި ޖަހައިގެން އޮތް އަންހެންކުއްޖެއް ފެނުނުހެން ހީވެގެންނެވެ. އެކަމަކު އެތަނުގައި އަންހެންކުއްޖެއް ނެތެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އޭނަގެ މޫނުގައި އަތް އަޅާ އަޑިއަށް ގަންބާލިއެވެ. އަޝްވާން ނޭވާ ހާސްވެގެން ތެޅެން ފެށިއެވެ. ނަސީބު ރަނގަޅުކަމުން މާގިނައިރުތަކެއް ނުވެ އެއަތް ދޫކޮއްލިއެވެ. އަޝްވާން ބިރުން އަވަސް އަވަހަށް ވުޞޫކޮށްލައި އެއްޗެހި ލައިގެން އަރީންއާ ޒިބާންގެ ކައިރިއަށް ނަމާދުކުރަން ދިޔައެވެ.

ތިންމީހުން އެކުގައި މަޤްރިބް ނަމާދު ފަށަން އުޅުނު ވަގުތު އިމާމަކަށް ހުރި ޒިބާން ކުއްލިއަކަށް ބިންމަތީގައި އިށީނދެ ސަޖިދަޖެހީއެވެ. އަރީންއާ އަޝްވާންއަށް ލިބުނީ ހައިރާންކަމެކެވެ. އެދެކުދިން ހީކުރީ ޒިބާން އަވަހަށް ތެދުވާނެ ކަމަށެވެ. ކުއްލިއަކަށް ޒިބާން މަޑުމަޑުން ތެޅެން ފެށިއެވެ. އަދި ނޭވާ ނުލެވިގެން އުޅޭ ކަހަލަ އަޑެއްވެސް މަޑުމަޑުން އިވެމުން ދިޔައެވެ.

” ޒިބާން ކިހިނެތްވީތަ؟ ” އަރީންއާ އަޝްވާން ހާސްވެފައި ހުރެ ގޮސް ޒިބާން ނަގަން އުޅުނެވެ. އެކަމަކު އެދެކުދިންނަކަށް ޒިބާންއެއް ނުނެގުނެވެ. ހީވަނީ އޭނަ ބިމުގައި ތެރެސްގަނޑެއްލައި ތަތްކޮއްލާފައި އޮތްހެންނެވެ.

” ޒިބާން! ” އަރީން ޒިބާން ނެގޭތޯ މަސައްކަތްކުރަން ފެށިއެވެ. ކުއްލިއަކަށް ޒިބާންގެ ހަރަކާތްތައް މަޑުވިއެވެ. އަރީން އަޝްވާންއަށް ބަލާލާފައި މަޑުމަޑުން ޒިބާންގެ ކޮނޑުގައި ކޮއްޓާލިއެވެ. އެވަގުތު ހަރަކާތެއް ނެތް ޒިބާން ބިންމައްޗަށް ވެއްޓިއްޖެއެވެ. ކުއްލިއަކަށް އަރީންގެ ގާތުގައި ހުރި އަޝްވާން އަރީންގެ ކަރުގައި ހިފައިފިއެވެ. އޭރު އަޝްވާންގެ އެދެލޯވަނީ ރަތްކުލައިން ދިއްލިފައެވެ. އަރީން ނޭވާ ނުލެވިގެން އަޝްވާންގެ އަތުގައި ހިފާ އޭނަގެ ކަރުން އެއަތް ނެއްޓޭތޯ އުޅެން ފެށިއެވެ. އެހެނަސް އަޝްވާން އޭނައަށްވުރެ އެތައް ތަނެއް މާބާރުގަދައެވެ. ކުއްލިއަކަށް މީހަކު ޤުރުއާން ކިޔަވަން ފެށިއަޑަށް އަޝްވާން ހޭނެތިގެން ވެއްޓިއްޖެއެވެ.

” އަވަހަށް އެކުއްޖާ ކައިރިން ދުރުވޭ ” ކޮޓަރި ތެރޭގައި ހުރީ މުސްކުޅި ފިރިހެނެކެވެ. އެމީހާގެ ކައިރީގައި އިތުރު ފިރިހެނަކު ވެސް ހުއްޓެވެ. މުސްކުޅި މީހާގެ އަމުރާއެކު ފިރިހެންމީހާ އަތުގައި ހުރި ކޮތަޅުތަކުން ކޮތަޅެއް ހިފައިގެން ގޮސް އެކޮތަޅުގައި ހުރި ހުދުކުލައިގެ ކުނޑިތަކެއް އަޝްވާން ވަށައިގެން ވަށްބުރެއްހެން އަޅާލިއެވެ.

” ތިއީ ކާކު؟ ” އަރީން ހައިރާންކަމާއެކު ސުވާލުކުރިއެވެ.

” އަހަރެންނަށް ކިޔަނީ ކާސިމް. އަހަރެންނަށް މިގޭ ތެރޭގަވާ ހުރިހާ ކަމެއްވެސް އިނގޭ. މިގެއަކީ ސާއިހްގެ ބޮޑުބޭބެ ގޭގެ ދަހިވެތިކަމުގައި އުޅުން އިރު ގެ ނުލިބިގެން ސިހުރު ހަދާފައި ހުރި ގެއެއް. އަހަރެން އެސިހުރު ބާތިލްކުރަން ވަރަށް މަސައްކަތް ކުރިން. އެކަމަކު ސާއިހްގެ ނުރުހުމާއެކު އެކަން ކާމިޔާބުވާގޮތެއް ނުވި. ސާއިހް އުޅުނީ ތަވީދެއް އަޅައިގެން. އެހެންވެ އޭނަޔަށް އެއްވެސް އުނދަގުލެއް ނުވީ. ސާއިހް ހީކުރީ މިގެޔާ އެއްވެސް ގުޅުމެއް ނެތް މީހުންނާ ޖިންނި އަވަނުލާނެކަމަށް. އެހެންވެ އޭނަގެ އަންހެނުންނާއެކު ހަނީމޫނަށް ގޮސް އައިއްސަ މިދިޔަ ހަފްތާ މިގެޔަށް އަންހެނުން ގެނައީ.. ދެން އޭނަގެ އަންހެނުންނަށް މިގޭތެރޭގައި އުޅޭ ޖިންނި އަވަލީ. ދެން ފަހުން އެންމެފަހުން ކެތްނުވެގެން ޑޮކްޓަރު ބޭހުން ރަނގަޅުވާނޭ ކިޔާފައި އިއްޔެ ރޭ މާލެއަށް އެބަދަލުވީ. އެހެންވެ އަހަރެން ބޭނުން މިރެއިން މިރެއަށް އެސިހުރު ބާތިލްކޮއްލަން ” އެމުސްކުޅި މީހާ ކިޔައިދިނެވެ.

” ދެން ކީއްވެތަ ސާއިހް އަހަރެންނަށް މިގޭގެ ތަޅުދަނޑި ދިނީ؟ ” އަރީން ހިތުގައި އުފެދުނު ސުވާލު އަހާލިއެވެ.

” އޭނަގެ ބޭނުމަކީ އެޖިންނި އެހެން މީހަކާ އަވަލުން ” ކާސިމް ކިޔައިދިނެވެ. ކާސިމްގެ ޖަވާބުން އަރީންގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއް އުފެދިގަތެވެ. އެހާ ގާތް އެކުވެރިޔަކު އެކަހަލަ ކަމެއް ކޮއްދާނެ ކަމަކަށް އޭނަ ހިޔެއްވެސް ނުކުރެއެވެ.

” ކޮއްކޮ މިތާ އިށީނދެބަލަ. ބޭބެ މަސައްކަތް ފަށާނަން. ” ކާސިމް އަޝްވާންގެ ގާތުގައި އިށީނދެލަމުން އަތުގައި އޮތް ކުޑަ ދަގަނޑު ތައްޓަކަށް ދެދަރުލައި އަލިފާން ރޯކޮއްލިއެވެ. އަރީން ގޮސް ކާސިމް ފަހަތުގައި އިށީނެވެ. އަރީން އިށީނުމާއެކު ކާސިމްއާއެކު އައި ފިރިހެންމީހާ ވެސް ކާސިމްގެ ގާތުގައި އިށީނެވެ.

އިރުކޮޅެއްނުވެ ކާސިމް އައޫޒާ ބިސްމިން ކިޔުމަށްފަހު ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން ފެށިއެވެ. އެއާއެކު ވަށްބުރު ތެރޭގައި އޮތް އަޝްވާން ތެޅެންފެށިއެވެ. އަރީން ދެރަވިއެވެ. ޒިބާންގެ އެމަރާއެކު އޭނަގެ ސަބަބުން އަޝްވާން ތަހައްމަލް ކުރަމުން އެދަނީ ކިހާ ބޮޑު ވޭނެއް ހެއްޔެވެ؟

” ކަލޭ ތިކުއްޖާ ދޫކޮއްލާ! އަދި މިގެވެސް ދޫކޮއްލާފަ ދޭ! ”  ކުއްލިއަކަށް ކާސިމް ކިޔެވުން ހުއްޓާލުމަށްފަހު  އަޑުހަރުކޮށް ބުނެލިއެވެ.

” ނުދޫކުރާނަން. އަދި މިގެ ދޫކޮއްފައެއްވެސް ނުދާނަން ” ކުއްލިއަކަށް އަޝްވާން ތެދުވެ އިށީނދެލަމުން ބަރު އަޑަކުން ބުނެލިއެވެ. ވާހަކަދެއްކީ އަޝްވާނެއް ނޫނެވެ. އަޝްވާންގެ ހަށިގަނޑުގެ ތެރޭގައި އެވާ ރޫޙާނީ ބާރެވެ. އަޝްވާން ދެފައި ވަށްކޮއްލައިގެން އިނދެ ނުބައި ފާޑަކަށް ހިނިތުންވެލިތަން ފެނިފައި އަރީން ބިރު ގަތެވެ.

” ކަލޭ މިކުއްޖާ ދޫކޮއްލާފައި މިގެއިން ދާށޭ! އެހެންނޫނީ އަންދާލާނަން! ” ކާސިމް އިންޒާރު ދިނެވެ.

” ހިހިހި…. އެހާ ފަސޭހައަކުން އަދި އަހަރެން ކަލޭ ތިބުނާހާ ކަމެއް ނުކުރާނަން ” އަޝްވާންގެ އަނގައިން އަޑުއައެވެ. އެވަގުތު ކާސިމް ކައިރީގައި އޮތް އެހެން ކޮތަޅަކުން ރީނދޫ މާތަކެއް އަލިފާނަށް އުކާލިއެވެ. ހަމަ އެވަގުތު އަޝްވާން ރުޅިއައިސް ދެލޯ ރަތްވިއެވެ.

ކާސިމް އިތުރަށް އާޔަތްތަކެއް ކިޔަވަން ފެށިއެވެ. އެއާއެކު އެޖިންނި އަޝްވާންގެ ގައިން ނިކުތެވެ. އޭތީގެ އަސްލު ސޫރަ ފެނުމާއެކު ކާސިމްގެ ކައިރީގައި ތިބި ދެފިރިހެނުން ވެސް ތިބީ ބިރުގެންފައެވެ. އަރީން ވެސް ދިޔައީ ސިހިގެންނެވެ.

ކާސިމް އެޖިންނިއަށް ބަލާލި ވަގުތު ވަށްބުރު ތެރޭގައި ހުރި އެޖިންނި ކުރި ކަމަކުން ކާސިމްގެ ކޮލުން ތަންކޮޅެއް ހަލާކުވެ އެތަނުން ލޭއަންނަން ފެށިއެވެ. އެހެނަސް އެވަރަކުން ކާސިމް އެކަމެއް ހުއްޓައެއް ނުލިއެވެ. ޖިންނިވެސް އޭތީގެ ބާރުގެ ބޭނުންކޮއްގެން ކާސިމްއާއެކު އައި ފިރިހެންމީހާ ދުރަށް ހޫރާލިއެވެ.

” ކޮއްކޯ.. އަވަހަށް ދޭބަލަ މިގޭ ގޯތިތެރޭގައި ހުރި ކަނީރުގަސް ދަށުގައި ވަޅުލާފައި އޮތް ފުޅި ނަގައިގެން އަންނަން. ވަރަށް ބަލައިގެން ގެންނަށްޗޭ… ބޭބެ މިޖިންނި މަތަކުރެވޭތޯ ބަލާނަން ” ކާސިމް އަރީންއަށް ބުނެލިއެވެ. އަރީން ބޯޖަހާލާފައި ދުވެފައި ގޮސް ބޭރަށް ނިކުތެވެ. އަދި ކަނީރުގަސް ކައިރި ކޮންނަން ފެށިއެވެ. މާގިނައިރުތަކެއްނުވެ ކާސިމް ބުނި އެފުޅި ފެނުނެވެ. އަވަސް އަވަހަށް އަރީން އެފުޅި ހިފައިގެން ދުއްވައިގަންނަނިކޮށް މުލެއްގައި އަޅައިގެންފައި އަރީން ވެއްޓުނީއެވެ. އަރީންގެ އަތުން ފުޅިވެސް ދޫވެ ފުޅި މުލެއްގައި ޖެހި ފުޅި ތަޅައިގެން ދިޔައެވެ. ވެއްޓުނު ގޮތުން އަރީންގެ އަތަށް ތަދުވިނަމަވެސް އަޝްވާންގެ ސަލާމަތަށްޓަކައި ދެފަޔާއި އަތް ފޮޅާލުމަށްފަހު ފުޅި ތެރޭގައި އޮޅާފައި އޮތް ގަނޑު ހިފައިގެން ދުވެފައި އެތެރެއަށް ވަނެވެ. އަދި ކާސިމް އަތަށް އެގަނޑުކޮޅު ދިނެވެ. ކާސިމް ކޮންމެވެސް އެއްޗެހިތަކެއް އަނގައިން ކިޔުމަށްފަހު އެގަނޑު އަލިފާނަށްލިއެވެ.

” ނޫން! ”  އެޖިންނި ހަޅޭލަވައިގަތެވެ. އެއާއެކު އެޖިންނި އަނދާ އަޅިއަށްވެގެން ދިޔައެވެ.

” ﷲ އިރާދަކުރެއްވީތީ އެސިހުރު އެބާތިލްވީ ” ކާސިމް ހީލިއެވެ. އެވަގުތު އަޝްވާން ބޮލުގައި ހިފަހައްޓާލަމުން ތެދުވިތަން ފެނިފައި އަރީން އުފަލުން ގޮސް އަޝްވާންގެ ގައިގައި ބައްދާލިއެވެ.

ފަތިސް ނަމާދަށްފަހު ޒިބާންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އަރީންއާ އަޝްވާން ރަށުގެ ރައްޔިތުންނާއެކު އުޅުނުއިރު ތިބީ ހިތްދަތިވެފައެވެ. ޒިބާންއަކީ އެކުދިންނާ އެއްވެސް ގާތްތިމާގެ ކަމެއް ނެތް ކުއްޖެއް ނަމަވެސް އެދެކުދިންނަށް އެއީ އާއިލާ މެންބަރެއް ކަހަލަ ކުއްޖެކެވެ. ޒިބާން ނެތްނަމަވެސް އަޝްވާން ސަލާމަތްވީތީ އަރީން ﷲއަށް ޝުކުރުއަދާކުރިއެވެ. ޒިބާންގެ ކަށުކަމާކިމީގެ ކަންކަމަށްފަހު އެދުވަހުގެ ހެނދުނު އަރީންއާ އަޝްވާން އެނބުރި މެލޭޝިޔާއަށް ދިއުމަށްޓަކައި މާލެ ދާން ފުރިއެވެ. އެ ދުވަހުގެ މެންދުރު މާލެ ގޮސް އެންމެ ފުރަތަމަ ކަމަކަށް އަރީން ދިޔައީ ސާއިހްއާ ބައްދަލުކުރާށެވެ. ސާއިހް ކުއްޔަށް ހިފައިގެން އުޅޭ ގެޔަށް އަރީން ދިޔައިރު ސާއިހް އިނީ ހުޅުވިފައި ދޮރު ކައިރީގައި ގަނޑުވެފައެވެ. އަރީން އެތެރެޔަށް ވަތްއިރު ހަރަކާތެއް ނެތް ސާއިހްގެ އަންހެނުން އޮތީ މަރުވެފައެވެ.

” އަހަރެންނަށް މާފުކުރޭ އަރީން… ” ސާއިހް މަޑުމަޑުން އަރީންއަށް ބަލާލަމުން ބުނެލިއެވެ. ހަމަ އެވަގުތު ސާއިހް ހޭންފެށިއެވެ. ސާއިހް މޮޔަވީއެވެ. އެކަމުގައި އަރީންއަށް ކުރެވޭނެ ކަމެއް ނެތެވެ. އަރީން ސާއިހްއަށް ބަލާލާފައި އެ ގެއިން ނިކުމެގެން ދިޔައީއެވެ.

ނިމުނީ

މިއީ އަޅުގަނޑު މި ސައިޓްގައި ލިޔާ ފުރަތަމަ ވާހަކައެވެ. ފުރަތަމަ ވާހަކައަށްވުމުން ކުށްހުރެދާނެއެވެ. ކިޔުންތެރިން އަޅުގަނޑަށް މިކުށްތައް ކިޔާދިނުމަކީ އަޅުގަޑަށް ލިބޭ ކުރިއެރުމެކެވެ.

Comments (16)

  1. Hashma

    Furathama vaahaka aa alhaa balaafa rangalhu. Ma sha allah. Keep it up ?❤. Adhi thankolhen bodhah sifakurun gena eema ithurah furihama vaane

  2. Filladhoo

    Reethi varah ekamu , kuruvaahaka akah viyas , biruveri vaahakehhgga hunnan jehey suspense ge bai varah Madhu, hurihaa kameh jahssa jahssaigen veema kudakoh foohi , but good luck next vaahaka akah , hope you’ll do well ..

  3. Lamko

    Aarsh I love this story….know irakun sis ge ehn story kiyaalan libeynee….unmeedhu kuranee adhi mikahala biruveri reethi vahaka thah mi site in fennaane kamah….I will wait for your another beautiful story??????

    1. Aarsh
      Lamko

      10q lamko.. so happy that you love the story ❤️❤️ In Sha Allah varah avahah ehn vaahaka eh upload kohladheynan..

    2. Aarsh
      Lamko

      10q Lamko ❤️❤️ so happy to know that you love the story.. In Sha Allah v avahah ehn story eh upload koladheynan.. keep waiting ?

    3. Aarsh
      Lamko

      Awww… Thanks a lot lamko ❤️❤️ so happy that you love the story.. in sha allah v avahah ehn story eh upload kohladheynan…

    4. Aarsh
      Lamko

      10q lamko ❤❤❤ In Sha Allah varah avahah ehn story eh up kohla dheynan..

  4. Ainaan

    its a perfect story… First ah balaafa hama saabas. Keep it up girl

  5. Ainaan

    I mean its perfect…..

  6. ABDULRAHNAN BIN ABDULRAHEEM

    ވަރަށްރީތި ވާހަކައެއް

  7. ABDULRAHNAN BIN ABDULRAHEEM

    ވަރައްރީި ވާހަކައެއް

    1. Aarsh
      ABDULRAHNAN BIN ABDULRAHEEM

      Thank you abdulrahnan bin abdulraheem ?

    2. Aarsh
      ABDULRAHNAN BIN ABDULRAHEEM

      10q Abdulrahman Bin Abdulraheem ??

  8. Zevyn

    Varah reethi , ekamaku biruveri vaahaka ehgga hunnan jehey suspense bai varah Madhu, kuru vaahaka akah viyas hurihaa haadhisaa eh jahssa jahssaigen aeema thankolheh foohi , ekam story varah reethi ingey , thankolheh suspense ithuru kollaa and description ves thankolheh Madhu , hope to read one of your stories , avas musthagubalehgga

  9. Anonymous

    varah sahli

    1. Aarsh
      Anonymous

      10q anonymous ??

Comments are closed.