Skip to content
އެސްފިޔަ

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ޓްރެއިލާ )

އިރުއޮއްސެމުން އައި ވަގުތު ކަޅު ވިލާތަކުން ހަތަރުފަރާތް ވަނީ ބައްދާލާފައެވެ. މާގިނައިރަކު ވިލާތަަަކަށްވެސް ކެތެއް ނުކުރެވުނެވެ. ވާރޭގެ ރަހުމެއްނެތް ހަަަމަލާތަުގެ އަމާޒުފަތްގަނޑަކަށް ބިން ވެއްޖެއެވެ. އުޑުމައްޗަށް ނަޒަރު ހިންގާލި ނަމަވެސް ފެންނަނީ މިއިން އިރަކު ވާރޭ ނުހުއްޓާނެ ކަމުގެ ކޮޅުމައްޗެވެ.
މި ތޫފާނީ ވަގުތުކޮޅު ލަންޑަންގެ ހީތްރޯ އެއަރޕޯޓްގެ ރަންވޭ އިން އުދުއްސާލި މަތިންދާބޯޓު ތެރޭ ތިބި މީހުންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެެވެ. މިފަދަ ދުވަހަކު ދަތުރުކުރަން ޖެހުމުން ވާނީވެސް އެހެންނޫންހެއްޔެވެ؟ ވިދާލާ ކޮންމެ ފަހަރަކު ބާރު ގުގުރިއެއް ޖަހާލައެވެ.
ނަަމަވެސް ބިޒްނަސް ކްލާސްގެ ސީޓެއްގައި އިށީނދެލައިގެން އިން ޒުވާނާއަށް ކަމެއްވާހެން ވެސް ހީނުވެއެވެ. ނުވަތަ ހާސްކަން ފޮރުވާލުމަށްޓަކައި ހަމަޖެހިލައިގެން އިނީއެވެ. އެޒުވާނާއަށް ނަޒަރު ހިންގާލާނަމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ އެ ނޫކުލައިގެ ކަޅިއަށެވެ. ހަތަރެސްކަން މޫނުގައި ތަރުތީބުކަމާއިއެކު ފަޅާފައިވާ ތުނބުޅިން އެމޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހެޔޮވަރުވަރަކަށް ކޮށާލާފައި ހުރި އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ލައިފައި ހުރި އަޅިކުލައިގެ ޓީޝާޓާއި ކަޅު ޖީންސް އަދި ހުދުކުލައިގެ ސްނީކާއެއްގައ ހުންނައިރު ނުހަނު ސްމާރަޓެވެ. އެ ގަޔަށް ހިފާފައި ހުރި ޓީޝާޓަށް ބަލައިލި ނަމަވެސް ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއްކަން އެނގެއެވެ.
( ނުނިމޭ )

ލިޔުންތެރިޔާގެ ބަސް: މިވާހަކައަކީ ކިޔުންތެރިންނަށް މުނިފޫހިފިލުވައިދިނުމުގެ މަގްސަދްގައި ލިޔަން ފެށިވާހަކަ އެކެވެ. މިވާހަަކަ ވިހި އެޕިސޯޑު ނުވަތަަ އެއަށްވުރެ މަދުން ނުވަތަ ގިނައިން ހިމެނިދާނެއެވެ. ލަފާކުރާ އަދަދަކީ ވިއްސެވެ. މި ވާހަކަ ގެނެސްދޭނީ ހޯމަ އަދި ބުރާސްފަތި މިިދެދުވަހުއެވެ. ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ. އިންތިޒާރު ކޮށްލައްވާ!

Comments (5)

  1. Supporter

    Varah reethi mashaalaah trailer reethi vaahaka ves Reeth vaane kamah heekuran

  2. Livy

    Trailer varah varah reethi ❤️ maasha Allah
    Waiting for the first part ⚡?⚡?⚡?⚡

  3. Aishath

    Dhuruvaakah thi loyehbeh ma neydhen*

  4. leavemealone

    Thanks submit kohfa vaane

  5. Supporter

    MashaAllah varah reethi trailer vaahak ves reethi vaane kamah heekuran

Comments are closed.