Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަމަވިޔަސް…. (2 ވަނަ ބައި)

ކުޑާ Level 110 Stories
March 23, 2015 2 Mins Read
3 Comments

ކަންފަތާއި ފޯނު ދުރުކޮންލަން ނޭނގިފައި ނޫރާއަށް ހުރެވުނެވެ. ހަރަކާތެއް ކުރަން ނޭނގިފައި އެތައް އިރަކު ނޫރާ އެހުރި ގޮތަށް ހުއްޓެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން ނޫރާ އަނެއްކާވެސް ކަޔާންއަށް ގުޅޭތޯ މަސައްކަތް  ކުރިއެވެ. ނަމަވެސް ކަޔާން ނޫރާ ގުޅާ ކޮންމެ ފަހަރަކުވެސް ފޯނު ބިޒީ ކޮށްލަނީއެވެ. ނޫރާ ކަޔާން އަށް އެތަކެއް މެސެޖެއް ފޮނުވިއެވެ. އޭނާއަށް އެހެން ނުހެދުމަށް އާދޭސް ކޮށްފައެވެ. ކަޔާންދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނެފައެވެ.

 

ކަޔާންގެ ހިތަށް ނޫރާ ކުރި އެއްވެސް މެސެޖަކުން އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި އޭނާވީ ފާޑެއްގެ ފޫއްސެކެވެ. ފޯނު ސައިލެންޓަށްލީ ނޫރާގެ މެސެޖުތަކާއި ފޯނުކޯލުތައް ބަލަން ބޭނުން ނުވާތީއެވެ. މީގެ ކުރިންވެސް ކަޔާންވަނީ އެތައް އަންހެން ކުދިންނަކާ އެގޮތަށް ރައްޓެހިވެފައެވެ. ނަމަވެސް ކަޔާންއާ ރުޅި ވުމަށްފަހު ނޫރާ ކަޔާންއާހެދި އުޅޭ ވަރަކަށް އޭގެން އެއްވެސް ކުއްޖަކު ނޫޅެއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ނޫރާ ކަޔާން އަށް އެތަކެއް ފަހަރަކު ގުޅައެވެ. އެތަކެއް އާދޭހުގެ މެސެޖެއް ފޮނުވައެވެ. އެންމެފަހުން ކަޔާންއަށް އުނދަގޫވެގެން ފޯނު ނަމްބަރުވެސް ބަދަލުކުރީއެވެ. ދެން އިތުރަށް ނޫރާ އޭނާ ދިރިއުޅުމުގެ ތެރެއަށް ވައްދާކަން އޭނާ ބޭނުމެއް ނުވެއެވެ.

އަނެއް ކޮޅުން ނޫރާ ހުންނަނީ ކަޔާންއަށް ނުގުޅޭތީ ހަދާނެ ގޮތް ހުސްވެފައެވެ. ނޫރާ އިންތިޒާރު ކުރަމުން ދިޔައީ ކަޔާން ދަތުރު ނިންމާފައި މާލެ އަންނާނޭ ދުވަހަކަށެވެ. ހަމަގައިމުވެސް ނޫރާއަށް ކަޔާންއާ އޮފީހުން ދިމާ ވާނެއެވެ. ނޫރާ ހީކޮށްގެން ހުރީ ކަޔާންއާ ބައްދަލުވުމުން ކަޔާންއާ ވާހަކަދައްކައިގެން ކުރިއެކޭ އެއްގޮތަށް ކަންތައްތައް ބަދަލުވެގެން ދާނޭކަމަށެވެ.

ނޫރާގެ މޫނުމަތިން ހިނިތުންވުމެއް ފެނުނީ ކަޔާން އޮފީހަށް އައި ދުވަހުއެވެ. ނަމަވެސް އެހިނިތުންވުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފިލާ ހިނގައްޖެއެވެ. ކަޔާން ނޫރާއަކަށް އެއްވެސް ސަމާލު ކަމެއް ނުދެއެވެ. ނޫރާ ކަޔާންއާ ވާހަކަ ދެއްކޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. ކަޔާން ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. ނޫރާގެ ހިތަށް ކަޔާން ކަންތައް ކުރާގޮތުން ވަރަށް އަސަރު ކުރެއެވެ. ކިތައްމެ ހިތްވަރު ކޮށްގެން ހުއްޓަސް އޭނާގެ ދެލޯ ހުންނަނީ ފެންކަޅިވެފައެވެ. މަސައްކަތަކަށް މާބޮޑު ސަމާލު ކަމެއް ނުދެވެއެވެ.

އެގޮތުގައި ހަފްތާއެއް ފާއިތުވެގެން ދިޔައިރު ނޫރާގެ ހިތްވަރު އެލިއްޖެއެވެ. ނޫރާއަށް ދެން ކަޔާން އޭނާގެ މީހަކަށް ނުވާނެކަން ގަބޫލު ކުރެވިއްޖެއެވެ. ނުފިލާ ރިހުމެއް ހިތުގައި އަބަދުމެ ވީ ނަމަވެސް ނޫރާ ބޭނުންވީ ދެން ކަޔާންގެ ފަހަތުން ނުދުވުމަށެވެ.

ނޫރާ އޮފީހުން ކެނޑުނީ ކަޔާން ފެންނަފަށުގައި ހުރެގެން އޭނާއަށް ކަޔާން އާއި ދުރުގައި ނުހުރެވޭނެކަން އެނގޭތީއެވެ. ނޫރާއަށް ދެން ދުވަހަކުވެސް އެހެން މީހެއްދެކެ ލޯބިވެވިދާނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެހެންވިޔަސް ގަދަކަމަކުން ލޯތްބެއް ނުހޯދޭނެކަންވެސް ނޫރާއަށް އެނގެއެވެ.

ކަޔާންއަށް ނޫރާ އޮފީހުން ކެޑުނުކަން އެނގުމުންވެސް މާބޮޑު އެއްޗެއް ހިތަކަށް އޭރިއެވެ. ކަޔާންއަށް އޭނާގެ މޭޒުމަތީގައި ބާއްވާލެވިފައި އޮތް ކަރުދާސް  ކޮޅެއް ފެނުނެވެ. އެކަރުދާސް ކޮޅު ނިއުޅާލުމާއެކު އޭނާއަށް އެއީ ނޫރާގެ ލިޔުންކަން އެނގުނެވެ. އެކަރުދާސް ކޮޅުގައި ނޫރާ ދެން ކަޔާން އަށް އުނދަގޫ ނުކުރާނެ ކަމަށް ލިޔެފައި އޮތެވެ. އޭނާ އަދިވެސް ކަޔާން ބޭނުންވާކަމާއި ކަޔާންދެކެ އިންތިހާއަށް ލޯބިވާކަމަށް ލިޔެފައި އޮތެވެ. އެ ކަރުދާސް ކޮޅުގައިވާ އެއްޗެއް ކިޔާ ނިމުނުން ކަޔާން އޭތި ބޮނޑި ކޮށްލާފައި ޑަސްބިނަށް ލިއެވެ. މިހާރު ނޫރާ އާއި ދޭތެރޭ އޭނޭގެ ހިތުގައި އެއްވެސް ޝައުގުވެރި ކަމެއްނެތެވެ.

ނޫރާ އޮފީހުން ކެނޑުމަށްފަހު ކަޔާންއަށް ނޫރާގެ އެއްވެސް ހަބަރެއް ނުވެެއެވެ. ކަޔާންވެސް ނޫރާގެ ހަބަރެއް ބަލާލަންވެސް މަސައްކަތެއް ނުކުރެއެވެ. ކަޔާންވަނީ އޭނާގެ ހިތުން ނޫރާ އެއްކޮން ނެރެލާފައެވެ.

                                ********

ކަޔާންގެ ހިޔާލީ ވާފަށް ކެނޑުނީ އޭނާގެ ކޮޓަރި ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. ކަންނެތްކަމާއެކު ގޮސް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރީ ލިޝާންއެވެ. ކަޔާން ދޮރު ހުޅުވުމާއެކު ލިޝާން ކޮޓަރި ތެރެއަށް ދެމިގަތެވެ. ކަޔާން މާފާޑަކަށް އިންނަށް ފެށުމުން ލިޝާން ކަޔާންއާ ސުވާލުކުރިއެވެ. “މިއަދު އަހަންނަށް ނޫރާ ފެނުނު” ލިޝާންގެ މޫނަށް ބަލައިލުމަށްފަހު ކަޔާން ފާޑަކަށް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (1 ވަނަ ބައި)

Next

ނަމަވިޔަސް… (3 ވަނަ ބައި)

Next
March 24, 2015

ނަމަވިޔަސް… (3 ވަނަ ބައި)

Previews
March 23, 2015

ނަމަވިޔަސް… (1 ވަނަ ބައި)

3 Comments!

  1. me says:
    March 24, 2015 at 1:46 am

    V reethi… avahah anehbai up kohba

  2. nim says:
    March 24, 2015 at 6:54 am

    Vv.happy veje 2 episode avahah upp kureema!umeedhukuranee dhen episode miadhu upp kuraane kamah!BTW story is awesome

  3. raisha says:
    December 16, 2016 at 10:46 am

    V nice

Comments are closed.

Next Episodeނަމަވިޔަސް… (3 ވަނަ ބައި)←


All Right Reserved!