Skip to content
އެސްފިޔަ

ބުނަން ބޭނުމޭ ލޯބިވާވަރު މަގޭ ހިތް..( ފެށުން )

ނަލަ ނަލަ ދުވަހަކަށް އިރު އުދަރެހުން ބޯދިއްކޮށްލީ ހަމަހިމޭން މާހައުލުގެ ހިމޭންކަން ނަގާލަމުންނެވެ. ކާޅުތައް އެއެއްޗެހީގެ ކޮންމެ ދުވަހެއްގެ ވެސް ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ދިޔައިރު، އެސޮރުމެންގެ އެލާމްގެ އަޑަށްް ބޯލަނބާ ގޭގޭގެ ދޮރުތައް ދިޔައީ މަޑުމަޑުން ހުޅުވެމުންނެވެ. ފަތިހުގެ މި ހިތްގައިމު ވަގުތު ޖެހިލާ ތެތްފިނި ވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ލިތްބައިދެމުން ދިޔައެވެ. ރޭ ވެހުނު ވާރޭގެ ހިތަގައިމު ޝަބްނަމްތިކިތަކުން ގަސްތަކުގެ ފަތްތަކަށް ދިރުން ލިބި، ފަޅުފިލުވާލެވިފައި ވީއިރު، ބިންގަންޑު ތެމިފައި ވުމުގެ ސަބަބުން ފަތިހުގެ މިވަގުތުގައި ވެސް މާހައުލުގައި ހިފާލާފައި ވަނީ އާދަޔާޙިލާފު ތެތްފިނި ކަމެކެވެ.

ފަތިހުގެ މި ހަމަހިމޭން ވަގުތުގައިވެސް ރަށުގެ ބޮޑު މަގުގެ މެދަކާ ހިސާބުގައި ހުރި ގެއަކުން ފެންނަމުން ދިޔައީ ބަޔަކު ހޭބޯ ނާރައިގެން އުޅޭ މަންޒަރެވެ. ތަނަކަށް ދާން ލަސްވެގެން އުޅޭ ކަމުގެ ކުލަތަކުން އެންމެންގެ މޫނުމަތީ ވަނީ މަންޒަރު އަޅާލެވިފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ނާޝިދާ އާއި ނިޔާމް ތައްޔާރު ވަމުން އެދަނީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅަށް މަރުހަބާ ކިޔުމަށްޓަކައި ބަނދަރުމައްޗަށް ދިޔުމަށްވިއްޔާއެވެ. އެދެމަފިރިންގެ ލޮލުގެ ކޮއެ ފަދައިން ބަލާބޮޑުކުރި ހަމައެކަނި އަންހެންދަރިފުޅު ހަމަ ލޮލަށް ފެނުމުގެ ނަސީބު އެ ދެއްވީ ހަތަރު އަހަރު ފަހުންވިއްޔާއެވެ. ގްރޭޑް ހަތަކުން ފެށިގެން މާލެއަށް އެދަރިފުޅު ކިޔަވަން ފޮނުވީ ހުރި ހަމައެކަނި ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މަޤްސަދުގައެވެ.

ނަމަވެސް ވީނުވީއެއް ނޭނގި ކުއްލިއަކަށް ގްރޭޑް ދިހައެއް ކިޔެވުމަށްޓަކައި ރަށަށް އަންނަން ބޭނުންވާކަމަށް އެދަރިފުޅު ބުނުން ވެގެން ދިޔައީ އެދެމަފިރިން ސިއްސުވާލި ހަބަރަކަށެވެ. ވީ ކީއްތޯ އެހުމުން އެދަރިފުޅުގެ އަނގައިން ނުކުންހާވެސް ބަހަކީ މަންމަ މެން މަތިން ހަނދާންވަނީ ކަމެވެ. އެހެންކަމުން އެ ދަރިފުޅުގެ އެ އެދުން ބޮލާލާ ނުޖެހުމަށްޓަކައި އެކަން ނިޔާމްގެ ދެމަފިރިން ބަލައިގަތީ އުފަލާއެކުގައެވެ.

އެކި ވާހަކަތަކުގައި ތިބެ ބަނދަރުމައްޗަށް އައިސް މަޑުކޮށްލި ނިޔާމް އާއި ނާޝިދާގެ މޫނުމަތި އުޖާލާވެގެން ދިޔައީ ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފަޅަށް ވައިން ލާންޗް ފެނިފައެވެ. އުފާވެރި މޫނަކާއެކު ލާންޗް ކައިރިއަށް ދިޔުމަށް ދެމަފިރިން މިސްރާބު ޖެހީ ލޯބިވާ ދަރިފުޅު ދެކިލަން ކެތްމަދުވެފައިވާ ހާލުގައެވެ.

ލާންޗްގެ ދުވެލި މަޑުކޮށްލުމާއެކު ލާންޗްގެ ފަހަތު ސީޓުގައި ހަމަޖެހިލައިގެން އިން އަންހެން ކުއްޖާ އޭނާގެ ހަމައިސްކޮޅަށް ތެދުވެލިއެވެ. އެންމެނަށްވުރެ ކުރިން ލާންޗް އިންް ފޭބުމަށްޓަކައި ކުރިއަށް ފިޔަވަޅު އެޅީ ކަމަކަށް ކެތްމަދުވެފައިވާ ހާލުގައެވެ.

ހިނިތުންވެ ހުރެ ލާންޗްއިން ފޭބި އަންހެން ކުއްޖާއާ ދިމާލަށް އެވަގުތު ބަނދަރުމަތީ ތިބި އެންމެންގެ ނަޒަރުތައް ހުއްޓުނެވެ. އިސްކޮޅުންކުރު ލޫޅާފަތި ހަށިގަނޑެކެވެ. އަންނާރު އޮށްތަކެއްފަދަ ކުދިކުދި ދަތްތަކަކާއި ، ފިނިފެންމަލެއްފަދަ ތުނި ތުންފަތެކެވެ.އޮޅަލި ކުލައިގެ ހަންގަނޑަކާއެކު ލިބިފައިވާ ބޯ އެސްފިޔަތަކުގެ ހިޔަލުގައިވާ ބޮޑު ޖާދޫވީ ދެލޮލުން ދޭ ނަޒަރުން ކަތިނުލެވޭނެ ހިތެއް ނުވާނެކަން ގައިމެވެ. އެބޮޑު ދެލޮލުގެ ވިދުން މާދުރަށް ފާޅުވޭވޭ ހުއްޓެވެ. ޒުވާނުންގެ ހިތްތައް ފަތަހަ ކުރާނެކަން ގައިމެވެ. ވަގުތުގެ ގޮތުން ބަނދަރުމަތީ ޒުވާނުން ނެތުމީ އެ ކުއްޖާގެ ނަސީބެވެ. ނޫންނަމަ ހުރިހާ ޒުވާނުންގެ އަމާޒުގެ ފަތްގަނޑަކަށް އެ ކުއްޖާވީހެވެ.

މީހުންގެ ބެލުންތަކުން އުނދަގު ވެފައިހުރި އެ ކުއްޖާގެ ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއް ވެރިވީ ކަންފަތުގެ ހިނދުރީގައި ޖެހުނު އަޑެއްގެ ސަބަބުންނެވެ. އަޑު އައި ދިމާލަށް ބަލައިލެވުނީ ދެވަނަ ފަހަރަށްވެސް އެ އަޑުން އޭނާއަށް ގޮވާލުމުންނެވެ.

” ދަރިފުޅާ ނުހާ”

(ނުނިމޭ )

Comments (13)

  1. ?Black Swan?

    Masha Allah Varah reethi…Keep it up.. Sissy.. Curiously waiting for the nxt part.. LYSM SIS ❤️ ❤️ ❤️ mi first dhw…

    1. euphoria
      ?Black Swan?

      thnk u so much dear.. thknx for ur support nd for the lovely comment sis.. lym dear.. lahba first..

  2. Xeen

    Sis Mee new story eh dhw….Alhey varah Hama reethi feshun vx????❤️❤️❤️❤️❤️❤️
    Keep it up
    Your big fan Xeen

    1. euphoria
      Xeen

      lahba Xeen mii new stry eh.. thnkx dear for ur support.. glad to hear those words..

  3. Kylie

    sis new story liyan feshy dhw???…. Neyge bunaane ehcheh vx???…. It’s just amazing???…… Hehehe.???… Ly darling???….

    1. euphoria
      Kylie

      hey Kylie dear.. lahba Kylie mii new stry eh.. glad to hear that u liked the starting of my new stry.. lym darl…

  4. euphoria

    salaam my dear readers.. here is the starting of my new stry BUNAN BEYNUMEY LOABIVAAVARU MAGEY HIHH.. i hope alhuganduge first stry ah libemndhaa support hama mi stry ah vs libeyne kamah.. mi stry alhugandu up kuraanii knme haftha ehge friday nd saturday ga insha allah e 2 days ga knme dhuvehga vs 2 part up kohla dheynan.. stay safe all… LYSM my dear readers..

  5. yaayaa

    vvvvvvvvvv reethi first part ves… dhenh inh part ves reethi vaane kamah unhmeedhu kuran….keep it up kokko…

    1. euphoria
      yaayaa

      thnk yuh so much sissyyy.. lyssm

  6. Kairaa

    Varah varah varah reethi first part vx…..waiting for the nxt part….lysm

    1. euphoria
      Kairaa

      thnks Kairaa.. glad to hear that u liked the starting of my new stry.. lym

  7. taetae

    alheeeeeyyyyyyhhhhh i vv proud dharivaru.. mashallah vvvvvvvvvvvvv reethi.. lysm.. mysm

    1. euphoria
      taetae

      Thnk yuh dear.. Lym.. Mym darl

Comments are closed.