Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ކުރިންބުނީ ނުވާނެޔޭ

Fathimath Athifa Hussain Level 210 Stories
June 10, 2020 2 Mins Read
0 Comments

ކެފޭތަކުގަޔާއި އާންމުކޮށް މީހުންއެއްވެ އުޅޭތަންތާގައި އަހަރެންނާއި ދިމާލަށް މީހުން ބަދުބަސްބުނެ މަލާމަތްކޮށް އުޅެއެވެ. އަހަރެންނަށް ސުކޫލުގެ މާހައުލުންވެސް ލިބެނީ އިތުރުވޭނާއި ހިތްދަތި ކަމެކެވެ. ފުރިހަމަ ކުއްޖެއް ނޫންކަމުގައިބުނެ އަހަރެން ރޮއްވާލެވުމުންއަހަރެންގެ ކުލާސް ކުދިންނަށް ހިތްހަމަޖެހުން ލިބެނީ ތޯއްޗެކެވެ.

އަހަރެން ލައިއުޅޭ ހެދުމުން ފެށިގެން ލޮލުގަ އަޅާ ނަންބަރު އައިނަށް ދާންދެން އަވަށުމީހުން ފާޑު ކިޔާނެއެވެ. ރީތިދޮން ހަށިގަނޑެއް ލިބިފައިވި ނަމަވެސް ސިކުނޑިޔެއް ނެތޭބުނެ އަހަރެން ރޮއްވާލައެވެ. އަހަރެންގެ ދިފާއުގައި ބަހެއް ބުނެލާނެ މީހަކު އަހަރެމެންގެ މިބޮޑު ރަށުގައި ނޫޅެއެވެ. އަހަރެންގެ ބައްޕައަކީ ރަށުއޮފީހުގެ  ކާތިބެވެ. އަހަރެން ހަނދާންހުންނަށް ފެށީއްސުރެ މަންމަ އޮންނަނީ ބަލިއެދުގައެވެ.

މަންމަޔަށް ވާހަކަވެސް ނުދެކެވެއެވެ. އަހަރެންގެ އިތުރުން މަންމަޔާއި ބައްޕަގެ ދެފިރިހެން ދަރިން ތިބެެއެވެ.އަޒުމީ އާއި ފިރާޝްއެވެ. ގޭގަހުރި ހަމައެކަނި އަންހެން ކުއްޖަކީ އަހަރެންނެވެ. ބައްޕަގެ ދެދޯނި އޮވެއެވެ. ވުމާއެކު އަހަރެންގެ އާއިލާއަކީ ފުދިގެންއުޅޭ އާއިލާއެކެވެ. އަހަރެންނާއި ދިމާލަށް ކުލާސްކުދިން އެއްޗެހި ކިޔުމުން ދެރަވެ ބައްޕަގާތުގައި ޝަކުވާ ކުރަމެވެ. ބައްޕަ ކިޔައިދިން ގޮތުގައި އަހަރެންނަކީ އެހެންކުދިން ފަދައިން ފުރިހަަމަ ކުއްޖެއް ނޫނެވެ. އެހެންކުދިން ފަދައިން އަހަރެންގެ ސިކުނޑިޔަށް ފަސޭހަކަމާއެކު ކަންކަން ނަގައިނުގަނެވެއެވެ.

އަހަރެންގެ ބަލީގެ ނަމަކީ އޯޓިޒަމް ކަމުގައި ބައްޕަ ބުނެދިނެވެ. އެހެނަސް އަހަރެން ބަލިމީހަކަށްވީ އަހަރެން އަމިއްލައަށް ކުރިކަމަކުން ހެއްޔެވެ. ވުމާއެކު އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ އަހަންނަށް ލިބެންވީ  ކީއްވެގެން ހެއްޔެވެ. މީހަކު އޮޅިގެންވެސް އަހަރެންނާއި ދިމާލަށް ރުޅިއައިސްގެން ބާރައްއެއްޗެކޭ ބުނެފިނަމަ އަހަރެންގެ އަތްފައި ފިނިވެ ހާސްވެއެވެ. ބޯއަނބުރައި ބޮލުގައި ރިހެންފަށައެވެ.

މަންމަގެ ބަލިހާލަތު ގޯސްވެ އަހަރެންނާއި ދެކޮއްކޮ އަދި މަންމަ ގޮވައިގެން ބައްޕަ މާލެބަދަލުވިއެވެ. މާލެ ބަދަލުވިތާ ތިންމަސް ފުރުނުދުވަހު މަންމަ ނިޔާވިއެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. މަންމަގެ ކުލުނާއި އަޅާލުން ނުލިބުނުތާގައި މަންމަ ލޯކުރިމަތިން ދެންދުވަހަކުވެސް އަހަރެންނަށް ނުފެންނާނެތީއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މަންމަގެ ހަނދާނުގައި ކަރުނައެޅުން އަހަރެން ހުއްޓާލީމެވެ. ބައްޕަ އަހަރެން ގޮވައިގެން ޑޮކުޓަރަށް ދައްކަން ދިޔައެވެ.

ޑޮކުޓަރު ބުނީ އަހަރެންގެ ސިނކުޑީގައި އުނިކަމެއް ހުރިނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮއްފިނަމަ އަހަރެންގެ ބަލި ފުދޭވަރަކަށް ރަނގަޅުވެގެން ދާނެ ކަމުގައެވެ. ބޭނުންވަނީ ހިތްވަރާއި ޖޯޝާއިއެކު މިބަލިން އަރައިގަންނަން މަސައްކަތްކުރުން ކަމުގައެވެ. ޑޮކުޓަރުގެ ވާހަކަތަކަށްފަހު އަހަރެން އާހިތްވަރަކާއި އެކު މިބަލިކަމާއެކުވެސް ދިރިއުޅެން މަސައްކަތް ފެށީމެވެ. ގަވާއިދުން ބޭސްކައި  ކަސްރަތުކޮށް އަމިއްލަ ނަފުސަށް އަޅާލާން ފެށީމެވެ. އަހަރެންކަހަލަ އޯޓިޒަމް ކުދިންނަށް  ކިޔަވަދޭ ސުކޫލަކަށް އަހަރެން ކިޔަވަން ދާންފެށީމެވެ.

ޓީޗަރު ދެއްވާ ފިލާވަޅުތައް ދަސްކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ދަސްކުރާ އެއްޗެހި ފަސޭހައިން ހަނދާނުގައި ހަރުނުލަނީއެވެ. ނަމަވެސް މީހުން ބުނެއުޅެއެއް ނޫންހެއްޔެވެ. ކެތްތެރިކަމާއެކު ނުގުޑާނެ އަޒުމުގައި މަސައްކަތް  ކޮއްފިނަމަ ކާމިޔާބީއަކީ ތިބާގެ ހައްގެކެވެ. އަހަރެން ގަދަ ކަނޑުތައް ހުރަސްކޮށް ގުރޭޑް ދިހައެއް ނިއްމާލީމެވެ. ތިން އޭފާހާއި ފަސް ސީފާހާއި އެކުގައެވެ. ބައްޕަ އަހަރެންގެ އޯލެވެލް ނަތީޖާ ފެނުނުހިނދު ރުޔެވެ. ދެރަވެގެނެއް ނޫނެވެ. އުފަލުން ރޮވުނީ ކަމުގައި ބައްޕަ ބުންޏެވެ.

މަތީތައުލީމް ހާސިލްކުރަން އަހަރެން ބޭނުންވީ އާކިޓެކްޗާރގެ ދާއިރާއިންނެވެ.ފަސްއަހަރުގެ  ކޯހަކަށް އަހަރެން ލަންޑަނަށް ދިޔައީމެވެ. ކޮލެޖް ކުދިން އަހަރެންގެ ހާލަތުހުރިގޮތުން އަހަރެންނަށް  ކިޔެވުން ފުރިހަމަ ކުރެވޭނެތޯބުނެ ސުވާލު އުފެއްދިއެވެ. އަހަރެން ހިނިތުންވެހުރެ އެމީހުންނަށް ޖަވާބު ދިނީމެވެ. “ލޮލުން ނުފެންނަ ނުކުޅެދުންތެރިކަން ހުރިކިތައް ކުދިން  ދިރިއުޅުމުގައި ކާމިޔާބީ ހާސިލްކޮށްފި. އަދި ހުރިހާ ހިއްސެއް ހަމަޔަށްހުރި ކިތައް މީހުން ދިރިއުޅުމުގައި ނާކާމިޔާބުވެފައި އެބަހުރި. އެހެންވީމާ އެއްވެސް އިންސާނަކަށް އަނެއް އިންސާނެއްގެހުރި ގާބިލު ކަމަކަށް ފާޑެއްނުކިޔޭނެ. ކުޅެދޭ މީހާޔަށްވުރެ ނުކުޅެދޭމީހާ ފަހަރުގައި ދިރިއުޅުމުގަ މާކާމިޔާބުވެސް ވެދާނެ. ފޮތުގެ ބަނޑޭރިގަނޑު ބެލިޔަކަސް ފޮތުގެ އެތެރެ ބެލުމުންނޫނީ އެތެރޭގައިވާ އެއްޗެއް ނޭނގޭނެ.” އަހަރެން ފުޅާ ހިނިތުންވުމަކާއިއެކު އެމީހުންނަށް ރައްދުދިނީމެވެ.

ފަސްއަހަރުގެ ކިޔެވުން ފުރިހަމަކޮށް އަހަރެން އެނބުރި މާލެއައީމެވެ. އަހަރެންނަކީ މިހާރު އާކިޓެކްޓު ދާއިރާއިން މާސްޓާސް ނިއްމާފައިވާ ޒުވާނަކީމެވެ. އޯޓިޒަމްގެ ޝިކާރަޔަކަށް އަހަރެން ވީހިނދު ހާދަބަޔަކު އަހަންނަށް މަލާމާތް ކޮށް ފުރައްސާރަ ކުރިއެވެ. އަހަރެންނަށް އެއްވެސް ކަމެއް ދިރިއުޅުމުގައި ހާސިލްނުވާނެޔޭވެސް ބުންޏެވެ. ކުރިން ބުނީ ނުވާނެ ކަމުގައެވެ. އަހަރެން ރައްދެއް ނުދެމެވެ. އެހެނަސް އަހަރެން އެތައްކަމެއް ބަރުދާސްތުކޮށް އަހަރެންނަށްވެސް  ކަންކަން ކުރެވޭނެ ކަން އަމަލުން ސާބިތު ކޮއްދިނީމެވެ. އޯޓިޒަމްގެ ބަލިހުރެމެ ކާމިޔާބަށް އަހަރެން ދަތުރުކުރީ  ކެތްތެރިކަމާއި އަޒުމާއި ޖޯޝުގައެވެ. މީހެއްގެ ހުންނަ އުނިސިފަޔަކުން އެމީހަކާއި ދިމާލަށް ބަދުބަސް ރައްދުކުރާމީހަކަށް ތިބާ ނުވާށެވެ. އަދި ކުޅެދުނު ކަމުގަވިޔަސް ނުކުޅެދުނަސް މީހެއްގެ ހިތްމަރާލާ މީހަކަށްވެސް ތިބާނުވާށެވެ. އަހަރެންގެ ހެޔޮނަސޭހަތަކީ އެއީއެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 25

Next

ހުދާއްކޮ 6

Next
June 10, 2020

ހުދާއްކޮ 6

Previews
June 10, 2020

ލޯ ފޮހެލާދޭށެ މަގޭ 25



All Right Reserved!