ޔާރޭތީމަގޭ
ނާމީއަކީ ގުރޭޑްފަހެއް ކިޔެވިއިރު އަހަރެންގެ ކުލާސް ކުއްޖެކެވެ. އަވަށްޓެރި ކުއްޖަކަށްވުމުން އަހަރެމެންގެ މެދުގައި އޮތީ ވަރަށްވެސް ގާތް ގުޅުމެކެވެ. ނާމީ ވަރަށް ވާހަކަދައްކައި ނުހަދާ ނެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްނޫނީ ނުބުނާނެއެވެ. ނާވީއަށް ގުދުރަތުން ލިބިފައިވާ މަޑު ނޫކުލައިގެ ލޮލަކީ އަހަރެންނަށް މާވީ ކަމުދިޔަ މައިގަނޑު ސަބަބެވެ.
ސުކޫލުން ނިމިގެން ގެއަށް އަންނަ މަގުމަތީގައި އަހަރެން ގެއަށް ދަނީ މާވީއާއި އެކުއެވެ. މާވީގެ ހުންނަ މަޑުމައިތިރި މިޒާޖު އަހަންނަށް ކަމުދާން ފެށިއެވެ. މާވީއާއި ވަކިވާން އަހަނަށްޖެހުނެވެ. މަންމަ އަހަންނަށާއި ބޭބެއަށް ކިޔަވައިދިނުމަށްޓަކައި މާލެ ބަދަލުވާން ނިއްމީއެވެ. މާވީއާއި ބައްދަލުކޮށް އަހަރެން މާލެ ބަދަލުވާން އުޅޭވާހަކަ ބުނީމެވެ.މާވީ އަހަރެން ގާތުގައި ނުބުނިނަމަވެސް މާވީގެ މޫނުމަތިން މާޔޫސްކަން ފެންނަން ހުއްޓެވެ. ރަނގަޅަށް ކިޔަވައި މޮޅުކުއްޖަކަށް ވުމަށް މާވީ އަހަރެންގެ ކިބައިން އެދުނެވެ.
މާލެ ދާންޖެހޭ ދުވަސް ޖެހިއްޖެއެވެ. އެންމެފަހުގެ ސަލާން ކުރުމަށްޓަކައި މާވީއާއި އަހަރެން ބައްދަލްކުރީ އަހަރެންނާއި މާވީ އަބަދުވެސް ދިމާވާ ހިރުނދުގަސް ދޮށުންނެވެ. މާވީ އަހަންނަށް ހަނދާނަކަށް ރިހިކުލައިގެ އަތުގައަޅާ ކެވެލިކޮޅެއް ދިނެވެ. އަހަރެން މާވީއާއި ސަލާން ކުރީމެވެ. އަދި ބައްދަލްވާނެ ކަމުގައި ބުނީމެވެ. މާވީ މަތިން ވަރަށް ހަނދާން ވާނެޔޭވެސް އަހަރެން ބުނީމެވެ. އަހަރެން މަންމައާއި ބޭބެއާއިއެކު މާލެ ދިޔުމަށް ބޯޓަށް އެރީމެވެ.
ލޮލުން ކަރުނަ އަޔެވެ. ރަށުގައި ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާނަށް ވާނެތީއެވެ. މާވީ ފެނުމުގެ ނަސީބެއް އަވަހަކަށް ނުލިބޭނެތީ އަހަރެން ވަރަށް ދެރަވިޔެވެ. އަހަރެން އަޒުމު ކަނޑައެޅީމެވެ. ކިޔަވައި ނިމުނުހާ އަވަހަކަށް ރަށަށް ދިޔުމަށެވެ. މާލެ އައިސް އަހަރެން ކިޔެވުމާއިގެން މަޝްއޫލުވީމެވެ. މާވީގެ ހަނދާންތައް އަހަންނަށް ގޯނާކުރަމުން ދިޔައެވެ. ސުކޫލްދައުރުގެ ކިޔެވުން ނިމުނެވެ. އަހަރެން މަންމަ ގާތުގައި ރަށަށް ދިޔުމުގެ ހުއްދަޔަށް އެދުނީމެވެ. ނަމަވެސް އަންހެން ކުއްޖަކު އެކަނި ރަށަށް ނުފޮނުވާނެކަމުގައި މަންމަ ބުންޏެވެ.
އަހަރެން ދެރަވިއެވެ. މަންމަ ކައިރީ އާދޭސް ކުރީމެވެ. އެހެނަސް މަންމަ އަހަރެން ރަށަށް ދިޔުމުގެ ހުއްދައެއް ނުދިނެވެ. ޑޮކުޓަރުކަން ކިޔެވުމަށް ސަރުކާރުން ދޭ ސުކޯލާޝިޕް އަހަރެން ނަށް ލިބިގެން ދިޔައެވެ. ޗައިނާޔަށް އަހަރެން ދިޔައީ ކިޔެވުން ނިމުނުހާ އަވަހަކަށް ރާއްޖެ އަނބުރައި އައުމަށް ނިޔަތްގަ ނެގެން ނެވެ. މާވީ ދެކިލުމަށް ރަށަށް ދިޔުމަކީ ކިޔެވުން ނިމުމުން އަހަރެން ކުރަން ނިއްމާފައިވާ އެންމެމުހިންމު ކަންތަކެވެ.
ހަތްއަހަރު ފަހުން އަހަރެން މާލެއައީ ލޮލުގެ ހާއްސަ ޑޮކުޓަރަކަށް ވެގެންނެވެ. މަންމައާއި ބޭބެ ތބީ ވަރަށްވެސް އުފަލު ންނެވެ. މަންމަ އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.”ދަރިފުޅު މިއަދު މަންމަގެ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައިފި. ދަރިފުޅަށްޓަކައި މަންމަ ފަހުރުވެިވަން. މިހާރުތީ މަންމަގެ ޑޮކުޓަރު ކީރާ އެހެންނު. މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ . ބައްޕަގެ ލޮތްބާއި އަޅާލުމެއް ނެތި ދަރިފުޅާއި ދަރިފުޅުގެ ބޭބެ އިލާފް މި މަންމަ ބަލާބޮޑުކުރީ ވަރަށްބުރަ މަސައްކަތުން. ދަރިފުޅުމެން ދެބެންވެސް ނުބައިމަގަކުން ނޮގޮސް ރަނގަޅު ތަރުބިއްޔަތަކާއި އެކު ބޮޑުކުރެވުނީތީ މަންމަ އުފާކުރަން.” މަންމަގެ ވާހަކަތައް އިވުނު ހިނދު އަހަރެންގެ ހިތް އުފަލުން ފުރުނެވެ. މަންމަގެ ހުވަފެނުގައި ކުލަޖެއްސުނީތީ އަހަރެން ﷲއަށް ހަމްދުކުރީމެވެ.
ޓުރީޓޮޕް ހޮސްޕިޓަލުން އަހަންނަށް ވަޒީފާ ހަމަ
ޖެހިގެން ދިޔައެވެ. ޑިޔުޓީއަށް ނުކުތް ފުރަތަމަ
ދުވަސްކޮޅަށްވުމުން އަހަރެން އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ. އަހަރެންގެ ކަމަކީ ޑިއުޓީއަށް ގޮސްފައި އައިސް ކައިކައިގެން ނިދުމެވެ. ފަސްދުވަހުގެ އޮފް ލިބުމާއެކު އަހަރެން ރަށަށް ދިޔުމަށްޓަކައި ދަތުރު ހަދަންފެށީމެވެ. ނަސީބަކުން މިފަހަރު ރަށަށް ދާވާހަކަ ބުނުމުން މަންމަ ދެކޮޅެއް ނުހެދިއެވެ.
ރަށަށް ލޯންޗު ކައިރިކުރުމާއެކު ދަބަސް ކޮނޑުގަ އަޅުވާލަމުން ލޯންޖުން އަހަރެން ފޭބީމެވެ. ހަމައެ މަގުތަކެވެ. ރަށުގެ ގެތަކައް ކޮންމެވެސް ވަރެއްގެ ބަދަލްތަކެއް އައިސްފައި ހުއްޓެވެ. ރަށުގައި ހޭދަކުރި އުފާވެރި މަޖާ ދުވަސްތައް ލޯކުރިމަތިން ސިފަވަމުންދިޔައެވެ. އަހަރެން ގެއައް ދިޔައީމެވެ. އަހަރެން ރަަށަށް އަންނާތީ މަންމަހުރީ މީހަކު ލައްވައި ގޭތެރެއޮތީ އެއްކޮއް ސާފުކޮއްފައެވެ. ދަބަސް ކޮޓަރީގަ ބެހެއްޓުމަށްފަހު ނާވީއާއި އަހަރެން ދެމީހުން ބައްދަލުކުރާ ހިރުނދުގަސް ހުންނަ ސަރަހައްދައް ދިޔައީމެވެ.
ހިރުނދުގަސް ދޮށުގައި ޖޯލިތަކެއް ހަދާފައި ހުއްޓެވެ. އަހަރެން އެއިން ޖޯއްޔެއްގައި އިށީނީމެވެ. އަހަރެންގެ ހިތައްއެރިއެވެ. ނާމީ މިހާރު ރަށުގައި އުޅޭނެބާއެވެ. ނޫނީ ނާމީ މިހާރު ދިރިއުޅޭނީ ކޮންތާކުބާއެވެ. ނާމީ އަހަރެންގެ މަތިން ހަނދާން ހުންނާނެބާއެވެ. ނާމީގެ ހިޔާލުތަކަށް ގެއްލިފައިން އަހަރެން ހިޔާލީ ދުނިޔެއިން ނެރެލީ މީހަކު ބާރަކަށް އަހަރެންގެ ނަމުން ގޮވާލުމުންނެވެ. “ކުޑައިރުގެ ކީރާއެކޭ އެއްވެސް ތަފާތެއްނެތް. އަހަރެން ކީރާ އަންނާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކޮއްފިން. މީކާކުކަން މިހާރު އެނގިއްޖެކަމަށް މިބަލަނީ. ކީރާ މިހާރު މާރީތި. ވަރަށް މިސްވި އިނގޭ އަސްލުވެސް.” އަހަރެން އެމީހެއްގެ ވާހަކަ ނިމުމުން ވާހަކަދައްކަން ފެށީމެވެ.
” ކިހިނެތް ހަނދާން ނެތޭނީ. ދުވަހަކުވެސް ނުނެތޭނެ ހަނދާނެއް. ތިއީ އަހަރެންގެ އެކުވެރިޔާ މާވީ އެއްނު. އަހަރެން ރަށަށް އަންނަން އުޅުނީމޭ. ސުކޫލް ނިމުނު އަހަރު. އެކަމަކު މަންމަ ހުއްދަ ނުދިިނީމަ ނާދެވުނީ. އަހަރެން ވައުދުވިން ކިޔަވާ ނިމުމަށްފަހު މާވީ ކައިރިޔަށް މާވީ ދެކިލަން ރަށަށް އަންނަން. އެކަމަކު މިބުނިހެން މަންމަ އޯކޭ ނުވީމަ ނާދެވުނީ. އައި އޭމް ރިއަލީ ސޮރީ ނާވީ. އަހަރެން ޑޮކުޓަރުކަ ން ކިޔަވަން ޗައިނާއަށް ދާން ފުރުސަތުލިބުމުން ކިޔަވާ ނިއްމާފަ މާލެއައިތާ މިވީ ތިންމަސް. އޮފް ލިބު ނީމަ މިއައީ ނާމީ ދެކިލާހިތު ން. އިވެން އައި މިސްޑްޔޫޓޫ ނާވީ. ޔުނޯ ވަޓް. އައި ލަވްޔޫ .ފުރޮމް ޑޭވަން. އައިލަވްޔޫ ވިތްއޯލް މައިހާޓް. މިހުރިހާދުވަހެއް ފާއިތުވެ ދިޔައިރުވެސް އައިކާންޓު އަންލަވްޔޫ ނާމީ. ކީއްވެކަމެއް ނޭނގެ. އަހަރެންނަށް އިގޭހާވެސް އެއްޗަކީ ނާވީގެ ލޯބި އަހަރެން ބޭނުންކަން. އަދި އަހަރެންގެ ހިތްބުނަނީ ނާވީ ވެސް އަހަރެންދެކެ އިންތިހާޔަށް ލޯބިވެޔޭ.” އަހަރެން އެއް ނޭވާއިން ހުރިހާވާހަކައެއް ފައްޗަކަށް އަމުނާލީމެވެ.
“ކީރާ މާތްﷲ ގަންދީބުނަން ކީރާގެ ހަނދާން އަހަރެން ނުކުރާ ދުވަހެއް ވަގުތެއް ނުދާނެ. ރަށުން ކިޔެވުން ނިއްމާލުމަށްފަހު އަހަރެންވެސް މާލެދިޔައިން. ޓީޗިން ކޯސް ފުރިހަމަކޮށް އަހަރެން މާލޭގަ ޓީޗަރަކަށް އުޅޭތާ މިހާރު ކިތަންމެދުވަހެއް. މަންމަ ކުޑަކޮށް ބަލިކޮށް އުޅޭތީ ރަށަށް އައިސް މިއުޅެނީ. ކީރާގެ ހަބަރެއްނުވާތީ ނުކެރުނީ. ކީރާ ހޯދަންއުޅޭކަށް.އަހަރުތަކަކަށްފަހު ކީރާ ފެނުމުން އަހަރެން ވަރަށް އުފާވެއްޖެ. ކީރާގެ ހަނދާންތައް ހިނދުކޮޅަކަށްވެސް އަހަންނާއި ދެތަނެއް ނުވޭ. އަހަރެންވެސް ކީރާ ދެކެ ވަރަށް ލޯބިވޭ. މެރީމީ ކީރާ. ވަރަށްދިގު އިންތިޒާރެއް ކުރެވިއްޖެ. ދެން ކީރާ އާއި ދުރުގަ އަހަރެންނަށް ނޫޅެވޭނެ. ސޭޔެސް. މެރީމީ ކީރާ.” ނާވީގެ އެދުމަށް އަހަރެން ލޮލުން ބޮލުން ރުހި އެއްބަސްވީމެވެ.
ދިގު އިންތިޒާރެއްގެ ނިމުން އައީ ވަރަށްވެސް އުފާވެރިކޮށެވެ. އަހަރެންނަކީ މިހާރު ނާވީގެ އަންހެނުންނެވެ. އަހަރުތަކެއްފަހުން ނަމަވެސް އަހަންނަށް ނާވީގެ ލޯބި ލިބުނީތީ އަހަރެން މިހިރީ ނުހަނު އުފަލުންނެވެ. ދިރިއުޅުމަށްޓަކައި އަހަރެން ދެކެމުންއައި ހުވަފެންތަކުގައި ހަގީގީ ކުލަޖެހިއްޖެއެވެ. އަހަރެންގެ ޔާރު އަހަންނަށް މިލްކުވެއްޖެއެވެ. ނާވީގެ ލޯބިލިބޭހާ ދުވަހަކު އަހަރެން ހުންނާނީ އުފަލުންނެވެ.
ނިމުނީ
5 Comments!
Comments are closed.


Nice keep it up love
Ma sha allah vrh furihama
ThanQ? Laiii
Varah reethi…. Ufaaveri feshumakun Ufaaveri nimumakah ai vaahaka eh mi noonee nukiyan. Thanks ???
ThanQ Dear?